Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހަދިޔާ (ބައްތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 1, 2019 9 Mins Read
32 Comments

އެ ޕާރުސަލުގައިވީ މިރްޒާނާއި އަމްނާގެ ދެމެދުގައި ބަދަލުވެ ދިޔަ ހަދިޔާތަކުގައި އާއްމުގޮތެއްގައި ހުންނަ ދެކުލައެވެ. އަންހެން މީހާ އެއަށް ބަލަހައްޓައިގެން ހުރެފައި އޭގެ ކައިރީގައި ބޭއްވިފައި އޮތް ތުނި ތުނޑެއް ހުރި މާކަރެއް ނެގިއެވެ. އަދި މާކަރުގެ މަތި ނަގާލަމުން ތުރުތުރު އަޅަމުން ދިޔަ އަތަކާއި އެކީގައި އޭގެ ކަނެއްގައި އަކުރެއް އަޅަން ފެށީއެވެ. އިރުކޮޅެއް ވަންދެން ލިޔުމަށްފަހު އަންހެން މީހާ އޭގެ މަތިން އަތް ހިއްލާލިއިރު ތުރުތުރުގެ އަސަރު ހުރި އަކުރުތަކުން އެޅިފައިވީ ‘މިޒް’ އެވެ.

 

**

 

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އައްޒާމް ލޯ ހުޅުވާލުމާއެކު އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމާދަށް ދިޔުމަށްޓަކައި ތާޒާވެ ވުޟޫކުރަމުން ދިޔަ ވަގުތުގައާއި ނަމާދަށް ދިޔަ މަގުމަތީގައި ވެސް އެ މޫނުމަތިން އެ ހިނިތުންވުން ފިލާގޮތެއްނުވެއެވެ. އޭގެ ފަހަތުގައިވި ސަބަބަކަށް ވެފައިވީ އޭނަ މާޝާގެ ކައިރިއަށް އަނބުރާ ދިޔުމަށްޓަކައި ޓިކެޓް ނަގަން ނިންމީ އޭގެ ކުރީ ރޭ ނިދަން އޮށޯވެ ކަމަށްވުމުންނެވެ. އޭނަ އިތުރަށް މާޝާއާއި ދުރުގައި ނުހުންނާނެ ކަމުގެ ޚިޔާލުން ވެސް އޭނައަށް އުފާވެރިކަމެއް ލިބިފައިވި ފަދައެވެ. ބަލިއިރުވެސް މިސްކިތަށް ދާން ގަދަ ހެދި ކާފައާއެކީ ނަމާދުން ނިމިގެން މިސްކިތުން ފޭބި ވަގުތު ކާފައަށް ވެސް އެކަން ފާހަގަވިއެވެ. އެހެނަސް ކާފަ އެ ސުވާލުކޮށްލީ ގެއަށް ގޮސް ވަދެވުމުންނެވެ.

 

“ހާދަ ހެވިފައޭ ތި ހުންނަނީ……މިއަދު މާ ޚާއްޞަކަމެއްވާން އޮތީތަ؟” ހާޝިމް އެމީހުން އުޅޭ ޢިމާރާތުގެ ފަންގިފިލާއަށް މަޑުކޮށްލި ލިފްޓުން ނިކުންނަމުން އައްޒާމް ކުރެން ސުވާލުކުރިއެވެ. އެއާއެކު އައްޒާމަށް ހީލެވުނެވެ.

 

“ހެހެ….ރަނގަޅަށް ތި ހީވީ ކާފާ. ވަރަށް ޚާއްޞަކަމެއް ވާންއުޅެނީ އިން ޝާ ﷲ!” އައްޒާމް ހިސާބަކަށް ރަތްވެގެން ދިޔަ މޫނަކާއެކީ ހެވިފައިހުރެ އެހެން ބުނަމުން ގޮސް އެމީހުންގެ އެޕާޓްމެންޓަށް ވަދެވޭ ދޮރު ހުޅުވާލިއެވެ.

 

“އެހެންތަ؟ އަނެއްކާ ކޮންކަމެއްބާ؟” ހާޝިމް އައްޒާމާއެކީ އެޕާޓްމެންޓަށް ވަދެގެން ދަމުން ސުވާލުކުރިއެވެ. އައްޒާމް ދެންވެސް ލަދުން ކަހަލަ ގޮތަކަށް ހީލިއެވެ.

 

“މިއުޅެނީ….މުލަކަށް ދާންވެގެންކަމަށް.” އައްޒާމް ހެނދުނުގެ ސަޔަށްޓަކައި ކާގެއަށް ވަންނަމުން ކާފައަށް ބަލާލަމުން ބުނެލިއެވެ. އައްޒާމް ބުނެލި ވާހަކައިން ދެބުމަ ކައިރިވެގެން ދިޔަ ހާޝިމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އައްޒާމް އެ ބުނި ވާހަކައިގެ މާނަ ނަގައިގަނެވުމުން އޭނަގެ ނިތުން ރޫތަށް ފިލައިދިޔައެވެ.

 

“މާ ޝާ ﷲ! ހާދަ އުފާވެރި ޚަބަރެކޭ….ހެހެ….ތި ވާހަކަ އައްޒާމް ކައިރި ދައްކަންވެގެން އުޅެނިކޮށް ތިހެން ތި ބުނީވެސް. ވަރަށް އުފާވެއްޖެ އަސްލުވެސް!” ހާޝިމް އޭނަގެ ލަސް ހިނގުމުގައި ވާހަކަ ދައްކަމުން އައްޒާމްގެ ފަހަތުން ކާގެއަށް ވަނެވެ. އެއަށްފަހު ވެސް އައްޒާމަށް ދެމީހުންނަށްޓަކައި ސައި ތައްޔާރު ކުރެވެން ދެންވެސް ދެމީހުންގެ ދެމެދުގައި އެ ވާހަކަ ދެކެވުނެވެ. ހާޝިމް ފުރަނީ ކޮން ދުވަހަކުތޯ ސުވާލުކުރުމުން އައްޒާމް ދެން އަންނަ ހުކުރު ދުވަހަކު ކަމަށް ބުންޏެވެ. އެއީ މީގެ ހަފްތާއެއްހާ ދުވަސްފަހެވެ. ހަފްތާއެއްފަހުން ދާން ނިންމީ އޮފީސް ކުޑަކޮށް ހަމައަކަށް އަޅުވާފައިދާން ބޭނުންވުމުންކަމަށް އައްޒާމް ބުންޏެވެ. އެއަށްފަހު ދެކެވިގެން ދިޔައީ ހާޝިމަށް އެ ދަތުރުގައި ނުދެވޭނެ ވާހަކައެވެ. ހާޝިމް ބަލިވެ އުޅޭތީ އެދުވަސްކޮޅު ދަތުރު ނުކުރަން ޑޮކްޓަރުން ނަޞޭޙަތްތެރިވެފައިވުމުންނެވެ. އެކަމާމެދު އައްޒާމް ދެރަވިއެއްކަމަކު ހާޝިމް ހިތާމަ ނުކުރުމަށް އެދުނެވެ. އަދި އުފާވެރިކަމާއެކީ އެނބުރި އައުމަށް އެދުނީ އޭނަ އުޅޭނީ އެ ޢިމާރާތުގައި ކުއްޔަށް އުޅޭ އިސްމާޢީލްމެންނާއި އެކީކަމަށް ބުނަމުންނެވެ. ތަޤްދީރުގައި ލިޔެވިފައިވި ނުހަނު ކައިރީގައި އޮތް މުސްތަޤްބަލުގައި ކުރިމަތިވާން އޮތް ހިތްދަތިކަމުގެ ހިލަމެއްނުވެ އައްޒާމް ކާފައާއެކީ ސައިބޯން ފެށީ އުއްމީދުން ފުރިފައިވި ހިތަކާއި އެކީގައެވެ. ސައިބޯން ފެށިތާ މާ ގިނައިރެއްނުވެ އެދުވަހު ފުރަތަމަ ފަހަރަށް ކާފައާއި އޭނައާއި ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކަށް ސީރިޔަސް މިޞްރާބެއް އެޅުނީ، ކާފަ ވިސްނުމެއްގައި އިނދެ އޭނައަށް ގޮވާލުމުންނެވެ. އައްޒާމް މާ ބޮޑު އެއްޗެކޭ ހިތަށް ނާރުވައި ލައްބައޭ ކިޔައި އިސްއުފުލާލިއެވެ.

 

“އައްޒާމަށް ޔަޤީންތަ މާޝާ އަދިވެސް ހުންނާނީ ހުސްހަށިބަޔަށްހެން؟” ހާޝިމް ކޮށްލި ސުވާލުން ސައިތަށިން ކޯވަރެއް ދަމާލި އައްޒާމް ކޮށި އަރާ ގޮތްވިއެވެ. ނުބައި ކެއްސުމަކުން އޭނަ ކެއްސަން ފެށި ވަގުތު އޭނަގެ ނޭވާ ކުރުވެ މެއަށް ނުތަނަވަސްކަމެއް ވެރިވިއެވެ. ކަންބޮޑުވެގެން ދިޔަ ކާފަ އޭނަގެ ބުރިކަށީގައި މަޑުމަޑުން ފިރުމާލުމުން ކެއްސުން ހުއްޓުނެއްކަމަކު އެ ނުތަނަވަސްކަން އޭނަގެ ހިތުން ފިލައެއް ނުދެއެވެ. ކާފަ ދެންމެ އެ ކޮށްލީ އޭނަ ދުވަހަކުވެސް ހިތަށް ނާރުވާ ޒާތުގެ ސުވާލެކެވެ. އެ ޚިޔާލު ސިކުނޑިއަށް ވެރިވެސް ނުވީ ކީއްވެކަން އެނގުންވުމުން އައްޒާމަށް ވާހަކަ ދެކެވުނެވެ.

 

“އާނ ކާފާ. ވަރަށް ހިއެއްނުވޭ މާޝާ އެހެން މީހަކާ އިންނާނެ ހެންނެއް. އަހަރެން ކިޔައިދިނީމެއްނު އެންމެ ފަހުން މާޝާއާއި ބައްދަލުވި ދުވަހު މާޝާ ދެއްކި ވާހަކަތައް؟ އޭނަ ބުނީ ތިމަންނަ އިންތިޒާރު ކުރާނަމޭ. މާޝްއަކީ ދޮގު ހަދާ ކުއްޖެއްނޫން.” އައްޒާމް ރަނގަޅަށް ވިސްނޭތޯ މަސައްކަތް ކުރަމުން ކާފަގެ ސުވާލާއިމެދު ހިސާބަކަށް ނުރުހުންވެފައިހުރެ ޖަވާބުދިނެވެ.

 

“ކާފަ ނުބުނަން އިނގޭ އެއީ ދޮގު ހަދާނެ ކުއްޖެކޭ. އެކަމަކު ހަމަ ހިތަށްއެރި ވާހަކައެއްވީމަ ބުނެލީ. ކުރިންވެސް ކާފަ ބުނިގޮތަށް އައްޒާމް މާޝާގެ ބައްޕައާ އެ ވާހަކަ ދައްކާފަ އޮތްނަމަ މި ބިރު މިއަދު ނެތީސް. އެކަމަކު އިން ޝާ ﷲ ބަލަމާ ދޯ އައްޒާމް ތި ބުނިހެން ހުރިހާ ކަމެއް ދާނީ އެންމެ ރަނގަޅަށްކަމަށް؟” ހާޝިމް ހިނިތުންވުމެއް ދައްކާލަމުން ބުނެލިއެވެ. އެ ސުވާލަށް އައްޒާމް ބޯޖަހާލަން ޖެހުނީ ގަދަކަމުން ވެރިކުރުވި ހިނިތުންވުމަކާއެކީގައެވެ. ހިނދުކޮޅަކަށް ނަމަވެސް އެހާރުން އެހާރަށް މާޝާގެ ބައްޕައަށް ގުޅައި އޭނަ އަންނަން އުޅޭ ވާހަކަ އަންގަން ބޭނުންވިއެވެ. އެހެނަސް މާޝާގެ ބައްޕައާއި އެ ޒާތުގެ ވާހަކައެއް ދައްކަން ކުރީއްސުރެވެސް ހިތުގައި އޮތް ޖެހިލުންވުމާއެކު އޭނަ މާޝާއަށް ‘ސަޕްރައިޒް’ ދޭނީއޭ ހިތައި މާޝާގެ ބައްޕައާއި ދައްކަންޖެހޭ ވާހަކަ ވެސް އޭނަ މުލަކަށް ދާ ދުވަހަކަށް ފަސްކޮށްލިއެވެ. އައްޒާމަށް ނޭނގުނު ކަމަކީ އޭނައަށް އެ ނިންމުނު ނިންމުމުގެ ސަބަބުން އޭނަގެ ރޭވުންތަކާއި އެއްގޮތަށް ކަންތައް ނުދާނެކަމެވެ. އެހެނަސް ކަންތައް އޭނަގެ ރޭވުމާއި އިދިކޮޅަށް ދިޔުމުގެ ފަހަތުގައިވެސް އޭނައަށްޓަކައި ފޮރުވިފައިވި ރަޙްމަތެއްވާނެކަމެވެ.

 

އައްޒާމް އޭނަގެ މުސްތަޤްބަލަށްޓަކައި ރޭވުންތައް ރާވަމުން ދިޔައިރު މާޝާވެސް އެފަދަ ހުވަފެންތައް ދެކެމުން އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން މަސައްކަތް ކުރަމުން ދިޔައެވެ. މިގޮތުން އޭނައަށް ކަމުދާ ދާއިރާއިން ކިޔެވުމަށް އޭނަ މާލޭގެ ކޮލެޖަކަށް އެޕްލައި ކުރިއެވެ. ކޯހުން ފުރުޞަތު ލިބުމާއެކު މާލޭގައި އުޅޭ އޭނަގެ ބައްޕަ ފަރާތު ބޮޑުބޭބެއެއްގެ ޢާއިލާ އުޅޭ ގެއަށް އުޅުން ބަދަލުކުރުމަށް މާޝާ ދިޔައީ ތައްޔާރީތަކެއްވަމުންނެވެ. އެ ތައްޔާރީތަކުގެ ތެރޭގައި މަޝްޣޫލުވެގެން ދިޔަ ހިނދު ސިކުނޑީގެ ކަނެއްގައި އައްޒާމްގެ ނަންވެސްވިއެވެ. މަންމަމެން އޭނަ ބޮޑުބޭބެގެ ގެއަށް ފޮނުވާ ވާހަކަ އިވޭ ކޮންމެ ފަހަރަކު އޭނަ އުޅޭނީ އައްޒާމާއި އެކީގައި ނޫންތޯ ހިތަށްއަރައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އައްޒާމް ހަމަ ދެންމެ ދެންމެ އޭނަ ބަލާ އައިސްދާނެކަމަށް މާޝާގެ ހިތް ބުނަމުން ދިޔަ ޢަދަދު އިތުރުވަމުން ދިޔައެވެ.

 

އެހެނަސް ކަންތައްވެގެން ދިޔައީ އެ ދެހިތަށްވެސް ސިހުން ގެނުވާ ފަދައަކުންނެވެ. އެ ސިހުމުގެ އަސަރު އެންމެ ފުރަތަމަ ކުރީ އެ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އާދައިގެ މަތިން ކާފަ ކައިރިން ކޮންމެވެސް ސޫރަތެއްގެ ތަފްސީރު އަޑުއަހަން އިން އައްޒާމަށެވެ. ވަކި ހިސާބަކުން ކައިވެންޏާއި ބެހޭ އާޔަތެއް ކާފަ ތަފްޞީލާއިއެކީ ކިޔައިދޭން ފެށުމުން އައްޒާމް އިނީ އެ ވާހަކަތަކަށް ގެއްލިފައެވެ. އެ ވަޢުޟުގެ ތެރެއަށް ގެއްލިފައިވުމުގެ ސަބަބުން ކުއްލިއަކަށް އެޕާޓްމެންޓުގެ ބެލް އަޅުވާލެވުނު އަޑަށް އައްޒާމް ދިޔައީ ސިއްސައިގެންނެވެ. އެއާއެކު އޭނައަށާއި ކާފައަށް އެކުއެކީގައި ހެވުނެވެ.

 

“އެ ވާނީ އިސްމާޢީލުގެ ގޭގަ އުޅޭ ސޮރަށް. މިސްކިތުން ދިމާވީމަ ބުނިން އަންނައްޗޭ އައްޒާމްއާއެކީ ގޭގަ އޮންނަ ދަރުސް އަޑުއަހަން. ބުނީމަ ބުނީ ތިމަންނައަށް ބޭބެ ގެންގުޅޭ ތަފްސީރު ފޮތެއް ދެވިދާނެ ހެއްޔޭ. ކާފަ ބުނިން އާނއެކޭ. އައްޒާމް ނިކަން ކާފަގެ ކޮޓަރިއަށް ގޮސް އެ ފެހިކުލައިގެ ފޮތް ހިފައިގެން ގޮސް އޭނަ އަތަށް ދީބަލަ.” ހާޝިމް ބުނެލިއެވެ. އައްޒާމް އަދަބުވެރިކަމާއެކީ ބޯޖަހާލަމުން ތެދުވެލީ ހިނިތުންވުމަކާއި އެކީގައެވެ. އިސްމާޢީލްބެގެ ދަރިފުޅަކީ ކާފަ މިސްކިތުގައި ބޭއްވި ދަރުސްތަކުގެ ތެރެއިން އޭނަގެ ގާތް އެކުވެރިއަކަށްވެފައިވި ކުއްޖަކަށްވީތީވެއެވެ. އެކުއްޖާގެ ހިތުގައި ﷲ އާއި އެކަލާނގެ ދީނަށްޓަކައިވާ ލޯބި އެނގުންވާތީ އެކުއްޖާގެ ނަން ގަނެވުމުން ވެސް އައްޒާމަށް އުފާވެރިކަމެއް ލިބެއެވެ. އައްޒާމް ހިސާބެއްގެ އަވަސް ފިޔަވަޅުތަކެއްގައި ފޮތް ނަގަން ދިޔައީ ނުހަނު އަވަހަށް އެ އެކުވެރިޔާ ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް…..

 

**

 

ހާޝިމަށް ޚާއްޞަކުރެވިފައިވާ އެޕާޓްމެންޓްގެ ލައްޕާލެވިފައިވި ދޮރުމަތީގައި ހުއްޓިގެން ތިބީ އަންހެނަކާއި ފިރިހެނެކެވެ. ފިރިހެންމީހާ ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރިއިރު، ކުރު ޓޮޕަކާއި ބާރު ޖިންސެއްގައި ހުރި އަންހެން މީހާގެ އެ އިސްތަށިގަނޑުގެ އެކި ތަންތާނގައި ގަދަ ދަނބު ކުލައެއް ޖެއްސިފައިވިއެވެ. ދެމީހުންގެ ވެސް އެއްކައިރީގައި ބޮޑެތި ސޫޓްކޭސްވީއިރު ދެމީހުން އައީ ދިގު ދަތުރެއް ކޮށްފައިކަން އެނގެއެވެ. އެމީހުން ބެލް އަޅުވާލިތާ އިރުކޮޅެއްވުމުން ފިރިހެން މީހާ ވާހަކަ ދެއްކިއެވެ.

 

“ރަނގަޅަށްތަ މިކަންތައް ކުރެވެނީ؟” ބެލްގެ ކައިރީގައި ހުރި ފިރިހެން މީހާ ސުވާލުކުރިއެވެ.

 

“މީގަ އޮތީ ކޮން ނުބައެއް؟ އަހަރުމެންގެ ދަރި ގޯސް މަގަކުން ދަންޏާ އޭނަ ބުއްދި ޤަބޫލުކުރާ މަގަށް އެޅުވުމަކީ އަހަރުމެންގެ ޒިންމާއެއް! ނުދެކެންތަ އޭނަގެ ޕްރޮފައިލްތަކުގަ ޝެއާރކޮށްފަ ހުރި ޕޯސްޓްތައް؟ ބޯހަލާކު!” އަންހެން މީހާ ރުޅިވެރިކަމާއެކީ ބުނެލިއެވެ.

 

“އަހަރެން މި ދައްކަނީ އަހަރުމެން އޭނައާ ދޭތެރޭ ކުރި ކަންތަކަށްފަހު….” ފިރިހެން މީހާ ދައްކަން ފެށި ވާހަކަ މެދުކެނޑުނެވެ.

 

“ފޯ ދަ ލާސްޓް ޓައިމް! ވެދިޔަ ކަމެއް ވެ ނިމިއްޖެ. ކާކު އެހާ ދުރު މާޒީއެއްގެ މަތިން ހަނދާން ހުންނާނީ؟ އޭނައަށް ވެސް މިއަދު އެ ވަނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފަ. އިތުރަށް އެދުވަސްތަކުގެ މަތިން ހަނދާންކުރުމުގެ ބޭނުމެއް އޭނައަށް ވެސް އަދި އަހަރުމެންނަކަށް ވެސް ނެތް. އެހެންނޫނަސް އަހަރުމެންގެ އަތުގަ ހުރި ފައިސާއާ ބާރު ފެނިފަ ކާކު ނުހެއްލޭނީ؟” އަންހެން މީހާ އެހާވަރަށް ވިސްނައިދީފައި ފަހު ސުވާލު ކުރުމުން ވެސް ފިރިހެން މީހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. އޭނަ އިތުރު އެއްޗެކޭ ނުބުނުމުން އަންހެން މީހާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“ހަމަ ގައިމުވެސް އެ އަންހެނާއަށް މީހުންގެ ވިސްނުން ބަދަލުކުރެވެންޏާ އަހަރުމެންނަށް ވެސް އެކަން ކުރެވޭނެ. އަދި އެކަން ކުރަމު! ދެން ކާމިޔާބު ލިބެން އޮތީ ހަމަ އަހަރުމެންނަށް. އޭނައަށް ދެން މާ ގިނަދުވަހު އެ މުސްލިމާއެކޭ ކިޔައިގެން ނުއުޅެވޭނެ. ސޫންއަށް އެނގިއްޖެ އޭނަ ހުރިތަނެއް. ސޫންއަށް އޭނަ ހިފަހައްޓާލެވޭއިރަށް އަހަރެން ބޭނުން އައްޒާމްވެސް މުށުތެރެއަށް ލާން. އޭގެ ފަހުން ސޫންއަށް ދެރަ ދިން އެ މިރްޒާންއަށް ހަދާނެ ގޮތަކާމެދު ވިސްނާނީ. މި ކަންތައް ނުކޮށް މަށަށް ހަމަ ނޭވައެއް ނުލެވޭނެ!” އަންހެން މީހާ ރުޅިވެރި ރާގަކަށް އެހެން ބުނެލި އަޑަށް ފިރިހެން މީހާ އޭނައަށް ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ހިނދު އަންހެން މީހާ އަނެއްކާވެސް ބެލް އަޅުވާލަން އެދުމުން ފިރިހެން މީހާ ވަކި ދެކޮޅު ހެދުމެއްނެތި އެގޮތަށް ހެދިއެވެ.

 

**

 

ދެވަނަ ފަހަރަށް ބެލްގެ އަޑު އިވިގެން ދިޔުމުން ހާޝިމަށް ދޮރާއި ދިމާލަށް ބަލާލަމުން އައްޒާމަށް ގޮވާލެވުނެވެ. އައްޒާމް ލައްބައޭ ކިޔައި މި އަންނަނީއޭ ބުނިތާ މާގިނައިރެއްނުވެ އޭނަ ސިޓިންގް ރޫމުން ފެނިގެން ދިޔައެވެ. އެކުވެރިޔާ ދެކިލާހިތުން އައްޒާމް އެޕާޓްމެންޓްގެ މައިދޮރާއި ދިމާލަށް ދިޔައީ ހިނިތުންވުމަކާއި އެކީގައެވެ. އޭނަ ގޮސް ދޮރު ހުޅުވާލީ ވެސް އެ ހިނިތުންވުމުގައި ހުރެއެވެ. އެހެނަސް ދޮރު މަތީގައި ތިބި ބަޔަކު ފެނިގެން ދިޔުމުން އިސާހިތަކު އެ ހިނިތުންވުން ފިލައި ދެލޯ ބޮޑުވިއެވެ. އަތުން ވާގި ދޫވާން އުޅުނުހެން ހީވި ހީވުމުގައި އެއްއަތުން ހިފައިގެން އައި ފޮތުން ދޫނުވީ ވެސް ކިރިޔާއެވެ. ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ކުރިމަތިން ފެންނަމުން ދިޔަ މީހުންނަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް އައްޒާމަށް ނުކުރެވުނެވެ.

 

“ކޮން ބައެއްތަ ދަރިފުޅު؟” މައިދޮރު މަތީގައި ތިބި މީހުން ނުފެނުނު ހާޝިމަށް އަހާލެވުނެވެ. އައްޒާމް އޭނަގެ ސުވާލަށް ޖަވާބު ނުދިން ތާނގައި އޭނައަށް ބަލާވެސް ނުލުމުން ހާޝިމް ކަންބޮޑުވިއެވެ. އޭނަ ވަގުތުން ކޮޅަށް ތެދުވެލަމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް އައްޒާމްގެ ފުރަގަހުގައި ހުއްޓިލިއެވެ. އެއާއެކު އޭނަގެ ވެސް ދެލޯ ބޮޑުވެގެން ދިޔައެވެ.

 

“އާޝިޔާ!” ހާޝިމަށް ލިބުނު ޙައިރާންކަމާއި އެއްވި ޖަޒުބާތުތަކެއްގެ ތެރޭގައި ކިޔާލެވުނެވެ. އެއާއެކު އޭނަގެ ކުރިމަތީގައި ހުރި އާޝިޔާގެ މޫނުމައްޗަށް އެއްމިޔަކަނުގެ ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ ޒަމީން އައްޒާމަށް ބަލާލަމުން ހިނިތުންވެލީ ގޮތުން އޭނަ އައީ އެއްވެސް ނުބައި ކަމަކުހެން ހިއެއްނުވެއެވެ.

 

“ސަޕްރައިޒް، ބައްޕާ! އުފާނުވޭތަ އަހަރެން އަނބުރާ އައިމަ؟” އާޝިޔާ ވަކި އިޒުނައެއްވެސް ނެތި އޭނަގެ ދަބަހާއެކީ އެތެރެއަށް ވަންނަމުން އެހިއެވެ. އައްޒާމާއި ހާޝިމް ބުނާނެ ވަކި އެއްޗެއް ނޭނގިފައި ބަލަހައްޓައިގެން ތިބީ ލިބިފައިވި ޝޮކެއްގެ ބޮޑުކަމުންނެވެ. އާޝިޔާ ޒަމީން ކައިރީގައި ވެސް އެތެރެއަށް ވަންނަން އެންގުމުން ހަމަ ހޭވެރިކަމެއް ލިބުނު ޒަމީން އެއްފަހަރު އާޝިޔާއަށް އަނެއްފަހަރު އައްޒާމަށް ބަލާލިއެވެ. އެއަށްފަހު އޭނައަށް ދެންވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނިތުންވުން ފެނުނު އައްޒާމަށް އޭގެ މާނަ ނަގަންވީ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެއީ އޭނައަށް އެތައް އަނިޔާތަކެއް ކުރި ބައްޕައެވެ. އެތައް ދުވަހެއްގެ މަތިން ސަބަބަކާނުލާ އޭނަ ރޮއްވައި އޭނަ ފަޟީޙަތްކުރި ބައްޕައެވެ. ބައްޕަގެ އެ ސޫރަ ފެނުމުން ވެސް އައްޒާމްގެ ހަނދާނަށް އަންނަމުން ދިޔައީ އެ ރުޅިވެރި މޫނެވެ. އެ ގަތް ވޭންތަކެވެ. އެ ނުތަނަވަސް އިޙްސާސްތަކެވެ. އައިސްފައިވި ރުޅިއާއި އެކީގައި ވެސް އެއްޗެކޭ ނުބުނެވުނު ހިނދު މޫނަށް ވެސް ބަދަލެއް ގެންނަން އައްޒާމް ނުކުޅެދުނީ އެ އިޙްސާސްތަކުގެ ސަބަބުންނެވެ. އޭނަގެ މަންމައާއި ބައްޕަ ގޮސް އެޕާޓްމެންޓުގެ ސޯފާގައި އަރާމުކޮށް ޖައްސާލިއެވެ. އެ ހިނދު ހާޝިމް އުދަގޫ ފިޔަވަޅުތަކެއްގައި ސޯފާތަކުގެ ކައިރިއަށް ދިޔައީ އޭނަގެ ދޮށީ ދަރިފުޅާއި ވާހަކަ ދައްކަން ބޭނުންވެފައިވި މިންވަރުންނެވެ. އެ ދަރިފުޅަށް ހިދާޔަތް ދައްކަވައި އެ ދަރިފުޅު އަނބުރާ އޭނަ ގާތަށް ފޮނުއްވުމަށް އެދި ދުޢާ ކުރެވުނު ޢަދަދެއް ވެސް ހާޝިމަކަށް ނޭނގެއެވެ. މިވަގުތު އާޝިޔާ ބޭރުފުށުން ކޮންމެ ގޮތަކަށް ފެންނަމުން ދިޔަޔަސް އޭނަގެ ވިސްނުން ބަދަލުވެފައި ވެދާނެކަމަށް ބުނެ ހާޝިމްގެ ސިކުނޑި ރަނގަޅަށް ވިސްނޭތޯ ބެލިއެވެ. ފުރަތަމަ ސިކުންތުގައި އާޝިޔާއާއި ދިމާލަށް އެއްޗެހި ގޮވައިގަންނަން އުޅެފައިވެސް އެހެން ނެހެދުނީ އެހެންވެއެވެ. އެހެނަސް ހާޝިމް ގޮސް އާޝިޔާ ފެންނަ ހިސާބަށް ދިޔަތަނާހެން އާޝިޔާ ދެއްކި ވާހަކައިން ހާޝިމްގެ ހިތް ކުދިކުދިވިއެވެ.

 

“އޭ މުސްކުޅި ބޭބޭ އަހަރުމެންނަށް ދޭން ފެން ތަށްޓެއް ގެނެސްދީބަލަ!” އާޝިޔާ އެހެން ބުނެލީ ސޯފާއަށް ލެނގިގެން އިނދެ އެތާ ހުރި މޭޒުމައްޗަށް ދެފައި އަރުވަމުން ހާޝިމަށް ބަލާލުމެއްވެސް ނެތިއެވެ. އެ ބަސްތައް އިވިފައި ދުރުގައި ހުރި އައްޒާމްގެ ގޮށްމުއްކެވުނެވެ. ކާފަގެ ދެރަވެގެން ދިޔަ މޫނު ފެނިފައި އޭނަގެ ހިތުގައި މަންމައާއި ބައްޕައަށްޓަކައި އޮތް ނަފްރަތު ހޭލިއެވެ. އެއާއެކު އައްޒާމް ދިގު ފިޔަވަޅުތަކެއްގައި އެދެމީހުންގެ މޫނު ފެންނާނެ ހިސާބަށް ގޮސް މަޑުކޮށްލިއެވެ. ހަޅޭއްލަވައިގަނެވެން އުޅުނެއްކަމަކު އާޔަތެއްގެ މަތިން ހަނދާންވެފައި އައްޒާމް ހަމަޖެހޭތޯ މަސައްކަތް ކުރިއެވެ.

 

“އެއީ މިގޭގެ މަސައްކަތު މީހެއްނޫން. އެއީ މިގޭގެ ވެރިމީހާ. ތި ބޭފުޅުން ބޭނުމިއްޔާ ބަދިގެއިން ފެންފުޅިއެއް ނެގުން އެދެން.” އައްޒާމް ވެސް އޭނަގެ ވާހަކައިން އެ މަންމައާއި ބައްޕަ ދުރުކޮށްލީ ގޮތުން މަންމަގެ މޫނުމައްޗަށް ވެރިވީ ނުރުހުންތެރިކަން ވިޔަސް ބައްޕައަށްވީ ކާފައަށް ދެންމެ ވީ ކަހަލަ ގޮތެކެވެ. އެކަމާމެދު ވިސްނެން ފެށި އައްޒާމަށް ކަމެއް ފާހަގަވީ އެވަގުތެވެ. އޭނަގެ މަންމަ ފައި އަރުވައިގެން އިން މޭޒުމަތީގައި ޚަތިމެއްވިއެވެ. އެ މަންޒަރު ފެނިފައި އައްޒާމަށް ވާހަކަ ދެކެވުނެވެ.

 

“ތި މޭޒުމަތިން ފައިތިރި ކޮށްލުން އެދެން. ޚަތިމެއް އެބައޮތް އެތާ.” އައްޒާމް އެކަމާމެދު އައި ރުޅީގައި އެހެން ބުނެވުނީ ނުރުހުންތެރިކަމާއި އެކީގައެވެ. އާޝިޔާ އެ ވާހަކަ އިވިފައި އެ ޚަތިމަށް ބަލާލިއެވެ.

 

“ނުބޭލިއްޔާ ކީއްކުރާނީ؟” އާޝިޔާ ކިބުރުވެރިކަމާއެކީ ސުވާލުކުރިއެވެ. އެ ހިނދު އައްޒާމާއި ހާޝިމްގެ މޫނުމަތިން ވެސް ފާޅުވީ ބިރުވެރިކަމާއި ރުޅިވެރިކަން އެކުލެވިގެންވި އަސަރެކެވެ. ދެމީހުންނަށް އެކީގައި ވާހަކަ ދެކެވެން އުޅުނެއްކަމަކު އެންމެ ފުރަތަމަ އެއްޗެކޭ ބުނެވުނީ އައްޒާމަށެވެ.

 

“ﷲ އަށް ބިރުވެތިނުވަނީތަ؟” އައްޒާމަށް ޙައިރާންކަމާއެކީ އެހެން އަހާލެވުނީ އޭނަގެ މަންމައާއި ބައްޕައަކީ ދީނާއި ކިހާ ދުރު ބައެއްކަން އޭނައަށް އެނގިފައިނުވުމުންނެވެ. މަންމަ އޭނަ ކުރި ސުވާލަށް ހޭންފެށުމުން އިތުރަށް ޙައިރާންވީ އެހެންވެއެވެ. އޭނަ ބަލަބަލާހުއްޓާ މަންމަ ސޯފާއިން ތެދުވެ އޭނަ ކައިރިއަށް އަންނަން ފެށިއެވެ.

 

“މި މުސްކުޅި މީހާ ޒާމްވެސް ރަނގަޅަށް ވާ ވައްދައިފިދޯ؟ އެހެންވެގެންނޭ ޒާމްގެ މަންމަ ކުރީގަ ވެސް ޒާމްއަށް ގުޅާފަ ބުނަމުން ދިޔައީ މަންމަމެން ކައިރިއަށް އަންނާށޭ. ޒާމްއަށް ހެޔޮއެދޭ ޒާމްދެކެ ޙަޤީޤަތުގަ ލޯބިވާ ބަޔަކީ މިއީ. އަދިވެސް ލަހެއްނުވޭ. ޒާމް ބޭނުމިއްޔާ މިހަފްތާ ތެރޭގަވެސް ވެސް މަންމަމެންނާއެކީ ޒާމް ގެންގޮސްފާނަ…” އާޝިޔާ ނުހަނު އަސަރާއެކީ ވާހަކަ ދައްކަމުން ގޮސް އައްޒާމްގެ ކޮނޑުގައި ހިފަހައްޓާލި ވަގުތު ރުޅިން ރަތްވި ހާޝިމް އަޑު އުފުލިއެވެ.

 

“ޚަބަރުދާރު ކަލޭމެން އައްޒާމް އެއްވެސް ތަނަކަށް ގެންދިޔައިއްޔާ! ލަދެއް ނުގަނޭތަ ތިހެން ތިބެގެން އައިސް ވާހަކަ ދައްކާއިރު؟! އެކުއްޖާ ކަލޭމެންނަށް އެންމެ ބޭނުންވި ދުވަހު ދޫކޮށްލާފަ މިއަދު ވަކި އޭނަ ކައިރިއަށް ތިއައީ ލޯބިވެގެންނެއްނޫން! ކަލޭމެން ތިއައީ ކަލޭމެންގެ އަމިއްލަ އެދުމެއް ފުއްދަން. އެކަމަކު ﷲ ގެ އިރާދަފުޅުން އައްޒާމް ކަލޭމެންގެ އެދުމަކަށް އިޖާބައެއް ނުދޭނެ. ﷲ ގެ ރަޙްމަތުން އައްޒާމަކީ ކަލޭމެން ކަހަލަ ނުވިސްނޭ މީހަކަށް ނުވި!” ހާޝިމް މިއިން ކައިރި ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅިއައިސްފައި ހުރެ ވާހަކަ ދެއްކިއެވެ. އެ ވާހަކަ ވެސް އާޝިޔާއަށް މާ ބޮޑު ކަމަކަށް ވީހެނެއް ހިއެއްނުވެއެވެ.

 

“ތެދެއްތަ ޒާމް؟ ކޮންކަހަލަ ވާހަކައެއްދޯ އޭނަ އެދައްކަނީ؟ ނުފެންނަ ކަންތަކުގެ ވާހަކަ ދައްކާ މީހެއް. ދުވަސްކޮޅަކުން ސިކުނޑި ގޯސްވެދާނެ އޭނައާއެކީ އުޅެންޏާ. ޙަރާމޭ ކިޔާފަ އޭނަ ޒާމް މަޙްރޫމްކުރަނީ ކިތައް ކަމަކުން ކަމެއްވެސް މަންމައަކަށް ނޭނގޭ. ޔޫ ޑިޒާވް ބެޓާރ! ތިކަހަލަ ސްމާޓް އަދި ހޭންޑްސަމް ކުއްޖަކަށް މި ދުނިޔެމަތިން ނުލިބޭނެ ކަމެއްނެތް. ފައިސާ ބޭނުމިއްޔާ އެކޮޅަށް ގޮސް ހުސްނުވާވަރަށް ފައިސާ ލިބޭނެ ގޮތް މަންމަމެން ހަމަޖައްސަ ދޭނަން. އެ ފައިސާއިން ޒާމް ބޭނުން ވައްތަރެއްގެ ކާރެއް ގަނެގެން ބޭނުން ޒާތުގެ ތަންތަނަށް ގޮސް ބޭނުން ކަހަލަ ބުއިންތަކެއް ބޮވޭނެ. އެއްވެސް މީހަކު ޒާމް ނުހުއްޓުވާނެ. އަދި އެތާ ތިބޭނެ މިތާ ތިބޭ އަންހެން ކުދިންނަށްވުރެ މާ ރީތިވެފަ ހޮޓް ކުދިން. އެތަނަށް ގޮސް އޭގެއިން އައްޒާމް އެދޭ ކުއްޖަކާ އިނަސް ހެޔޮ. އަދި އިންނަން ބޭނުމެއްނޫނިއްޔާ އައްޒާމާއެކީ ރޭތައް ހޭދަކުރަން ބޭނުންވާ ކުދިން ގެއަށް ގެނަޔަސް މަންމަމެން މައްސަލައެއް ނުޖައްސާނަން. ހިނގާ އަވަހަށް މަންމަމެންނާ އެކީ!” އާޝިޔާ ޒުވާން ފިރިހެން ކުއްޖެއްގެ ހުރިހާ އެދުމެއް އެކުލެވޭ ފަދައަކުން އޭނަގެ ވާހަކަ އަތުރާލީ އައްޒާމް ބަލިކަށި ކުރުވުމުގެ ނިޔަތުގައެވެ. އެކަން އެނގުންވި ހާޝިމަށް އައްޒާމަށް ބަލާލެވުނީ ހިސާބަކަށް ނުތަނަވަސްވެފައިވި ހިތަކާއި އެކީގައެވެ. ޒަމީން ވެސް ސޯފާގައި އައްޒާމަށް ބަލަހައްޓައިގެން އިނީ އައްޒާމް ދޭނެ ޖަވާބަކަށް ކެތްމަދުވެފައި އިން ފަދައަކުންނެވެ. އައްޒާމް އެ ވާހަކަތައް އަޑުއަހަން އޭނަގެ މަންމައަށް ބަލަހައްޓައިގެން ހުރީ ފެންކަޅިވެފައިވި ދެލޮލާއި އެކީގައެވެ. އޭނަގެ އިޙްސާސްތައް ދޭހަކުރަން އެއްވެސް މީހަކަށް ނުކުޅެދިފައިވަނިކޮށް އޭނަ ވާހަކަ ދެއްކިއެވެ.

 

“ތި ނިމުނީތަ…..މަންމާ؟” އައްޒާމް އިވޭ ނުއިވޭ އަޑަކުން ސުވާލުކުރިއެވެ. އެއާއެކު އޮޅުންއެރި އާޝިޔާގެ ނިތަށް ރޫގިނަވިއެވެ. އޭނަ މަޑުމަޑުން ބޯޖަހާލިއެވެ. އެއާއެކު އައްޒާމް ޖަވާބު ދޭން ފެށިއެވެ.

 

“މަންމަ ތި ނަންގަތީ މަންމަ މި ފަނާކުރަނިވި ދުނިޔެއިން އަހަންނަށް ހޯދައިދޭނެ ނިޢުމަތްތަކެއް ކަމަށްވަންޏާ އެއަށްވުރެ ފުރިހަމައަށް ﷲ އާޚިރަތުގައި އަހަންނަށް ތި ނިޢުމަތްތައް ދެއްވާނެ. އެއީ އަހަރެން އެކަލާނގެ ރުހިވޮޑިގެންވާފަދަ ގޮތަކަށް އުޅެފިނަމަ. އަހަރެން އެކަލާނގެ ވަޢުދުފުޅުތަކާމެދު އެއްގޮތަކަށްވެސް ޝައްކެއް ނުކުރަން. އަދި ޙަޤީޤަތް އެނގުމަށްފަހު ދުވަހަކުވެސް އެ ޙަޤީޤަތަށް ލޯ މަރާލާ މީހުންގެ ތެރެއިން ވާކަށް ވެސް ބޭނުމެއްނޫން. އަހަންނަށް ހުރިހާ ކަމަކަށްވުރެ ވެސް މުހިއްމީ ﷲ ގެ ރުހިވޮޑިގަތުން. އެ ރުހިވޮޑިގަތުމަށް ފަސްދީފައި ތީގެއިން އެއްވެސް ކަމެއްގެ ފަހަތުން ގޮސްފިނަމަ އަހަންނަށްވުރެ ބޮޑު ބަދުނަސީބުވެރިއެއް ނުހުންނާނެ….” އައްޒާމް ތުރުތުރު އަޅަމުން ދިޔަ އަޑަކުން އޭނަ ޝުޢޫރުތައް ފާޅުކުރުމުން އާޝިޔާގެ ދެލޯ ބޮޑުވެ އޭނަގެ އަނގަ ސަކަރާތްވީ އިރު ދުރުގައި ހުރި ހާޝިމްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުޅެލިއެވެ. ޒަމީންވެސް އިނީ އައްޒާމް ބުނި އެއްޗަކާމެދު ފަޚުރުވެރިވާ ފަދައަކުންނެވެ. އާޝިޔާ އިތުރު އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް އައްޒާމް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އަދި އެހެންނޫނަސް ﷲ ގެ ދީނަށް އުޅުމުން އަހަރެން އެއްވެސް ކަމަކުން މަޙްރޫމްވީއެއްނޫން. ﷲ ރުހިވޮޑިގެންވާފަދަ ގޮތްގޮތަށް އަހަންނަށް ތި ހުރިހާ ނިޢުމަތްތަކެއް މިހާރު ވެސް ލިބޭ. އަހަންނަށް ﷲ ދެއްވި އަތާއި ފައި ބޭނުންކޮށްގެން އެކަލާނގެ އިރާދަފުޅުން އަހަންނަށް ތަނަވަސް އުޅުމެއް އުޅެވޭވަރަށް ފައިސާ ލިބޭ. އަހަރެން މީރު ކެއިންތަކާއި މީރު ބުއިންތައް މިހާރު ވެސް ކައިބޮއި އުޅެން. އަމިއްލައަށް ފައިސާ އެއްކޮށްގެން ބުރަ މަސައްކަތުން ގަތް ކާރެއްވެސް އެބައޮތް. އަދި އިން ޝާ ﷲ ދުވަސްކޮޅަކުން އެކަލާނގެ ރުހިވޮޑިގެންވާފަދަ ކުއްޖަކާއެކީ އެންމެ ފުރިހަމަ ގޮތުގަ ދިރިއުޅުމެއްވެސް ފަށަން މިއުޅެނީ.” އައްޒާމް އެ ހުރިހާ ވާހަކަތައް ދެއްކީ ހިތުގެ އަޑިން އެ ހުރިހާ ކަމަކަށްޓަކައި ޙަމްދުކުރާ ޙާލުގައެވެ. އައްޒާމް ބުނެލި ފަހު ވާހަކައާއެކީ އާޝިޔާ ދެލޯ ހަނިކޮށްލިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

2234

Next

މަންމަގެ ހަނދާން

Next
February 1, 2019

މަންމަގެ ހަނދާން

Previews
January 31, 2019

2234

32 Comments!

  1. Jana says:
    February 1, 2019 at 8:48 am

    Assalaam’alaikum. kan dhimaavi gothun mi bai kuruvaane. ekamaku ithurah lasnukuran vegen mi up kury. In Sha Allah dhen oiy bai dhigu kolla dheynan 🙂

    In Sha Allah miadhuge post thah ves miadhu genesdheynan. 🙂

  2. Sis says:
    February 1, 2019 at 9:16 am

    Koh irakun next part ???

    1. Jana says:
      February 1, 2019 at 4:51 pm

      next part monday ga In Sha Allah 🙂

    2. Sis says:
      February 1, 2019 at 8:42 pm

      Alhugandah fennany jana sis liyaa vhk thah fotheh ge sifaaga publish kurumah.. Eyrun v gina bayakah eygen iburai haasil vaane in sha allah..

    3. Anonymous says:
      February 2, 2019 at 12:46 pm

      Yeah!! I also agree with you Sis.. Eirah Internet nethasves foiyy athuga othiyyaamu beynun irehga kiyaaves leveyne.. Vrh beynun Jana sis ge vaahaka fotheh publish ve e foiyy gannan.. 🙂

    4. Jana says:
      February 2, 2019 at 4:38 pm

      hehe….aslu jana ah bodah heevany online koh hen gina meehun vaahaka kiyai ulheny. vaki dhiraasaa eh koffa huregeneh noon mihen mibuny. ekamaku varah nufeney dhivehi foiy thah ganegen ulhey meehunneh. plus online koh publish kureema free koh kiyeyne dho? 🙂 adhi dheenaai dhuru bayaku amudhun dheenee vaahaka akah spend eh nukuraane dho? ehenve bodah thikamaa noolhe mi hunnany.

      adhi ehen noonas fotheh publish kurumaky faseyha kameh noon. vakin khaassakoh dheenee mauloomaathu himeney fotheh publish kurumah vaki procedure egge dhashun dhaanjeheyny. fotheh gothah publish kurun worth viyya dho ehaa burathakaa eky ehaa bodu kameh kureveyny. Anyways jana balan masakkaiy kuraanan kihaa varakah tho kiyuntherin foiy thah khiyaaru kurany net ge badhaluga. eyrun thikan kuran hiyvvareh ves libeyny In Sha Allah 😀

  3. Nattu says:
    February 1, 2019 at 9:17 am

    wow im first dhw . mi part vx vvv reethi . v ginain jana ge vaahaka kiya ekam comment mikurany dhevana faharu kanne . keep it up u r the best one of my fav writers

    1. Jana says:
      February 1, 2019 at 4:51 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 ummeedhaky Nattu ah vaahaka thakun faidha evves kurun In Sha Allah 😀

  4. Fathimah says:
    February 1, 2019 at 9:23 am

    Ma Sha Allah❤❤

    1. Jana says:
      February 1, 2019 at 4:52 pm

      😀 <3 <3 <3

  5. jiji says:
    February 1, 2019 at 12:21 pm

    It’s ok sis???…Ma Sha Allah..mi part vx vrh reethi ngey..LY??❤❤

    1. Jana says:
      February 1, 2019 at 4:53 pm

      thank you for understanding jiji. adhives vv dheravefa mihiry mi bai kuruveema. ekamaku e hithaamain dhen oiy bai dhigu kuran hiyvvareh ves eba libey In Sha Allah. Alhamdhulillah! 😀 love you too sis <3 <3 <3

  6. Anonymous says:
    February 1, 2019 at 12:51 pm

    Jana can you pls help me with something..mirzan menge manma men gotha magey mamma ves v siyaasy kankamuga kuryga ulhey..ehnve mamma ah faidha vaane fadha post eh up kollevidhaane tha.. i will search previous posts of you too and share with my mom in sha Allah..
    Magey mom visnaa gothuga emyhunge partyge myhunna mathy job thakaa ehenihen job thah ves dheynjeheny
    E job akah ehaa boda gaabil noonas …adhi emyhunge party myhunna ah focus kurun ei goahe kama nudhekey..emyhun kuraa nubai kantha goahe nuvey adhi emyhunna v support kurey ?

    1. Jana says:
      February 1, 2019 at 5:00 pm

      Subhaanallah Anonymous….mikamuga jana ah buneveyne maa bodu ehcheh neh. bunan oiy haaves ehchaky kehtherikamaa eky mamma ah naseyhaiy therivaashey. efadha vaahaka thah ivey komme faharaku ey rangalhu kameh noonkan mamma ah reethi gothuga visnaidheyn masakkaiy kuraashey. adhi ginaginain dheenuge ehenihen naseyhaiy thah ves anonymous amilla ah ves mamma aa hissaa kuraashey. aharumennah hama ekani handhuma kohdheveyny. hidhaayaiy dhakkavaany hama ekani Allah. aharumen dhey naseyhaiy thakun vaguthun badhaleh naisiyya ein evves asareh nukurihen heeviyas eyge asaru kuramun dhaakamah ves vedhaane. e hurihaa kameh molhah dhenevodigenvany Allah. ehenkamun natheeja eh nufenunas kehtheri kamaa eky mamma ah naseyhaiy theri vaanvy In Sha Allah. adhi mamma attakai dua ves kohdheynvy. In Sha Allah adhi mamma ah visneyne.

      Maai Allah alhamen emmennah heyo visnun dhevvai alhamennah hidhaayaiy ithuru kohdhevvaashi. Ameen!

  7. Jana says:
    February 1, 2019 at 4:40 pm

    Blog post (i):

    Love for the sake of Allah is truly a thing of beauty. Be it between spouses, family or friends. You just see this person who has love for Allah and His Messenger (SAW), and can’t help but wear your brightest smile. You can’t help but wish the best for them. You can’t help but want to spend time with them. You can’t help but miss them when you are not around them. For the reason that they remind you of Allah. With their words and their actions. People like that are true blessings!

    May Allah make us of those who love Him and His Messenger (SAW) more than anything else and surround us with those who share the same love with us. Ameen!

    ********************************

    ﷲ އަށްޓަކައި ލޯބިވުމުގެ ރީތިކަމާއެވެ! އެއީ ދެމަފިރިއެއްގެ މެދުގައިވިޔަސް އަދި ޢާއިލާގެ މެދުގައިވިޔަސް އަދި އެކުވެރިންގެ މެދުގައި ވިޔަސްމެއެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިވާ މީހަކު ފެނުމުން ތިބާއަށް އުޖާލާވި ފަދައަކުން ހިނިތުންވެލެވެނީ ބޭއިޚްތިޔާރުގައެވެ. އެމީހަކަށްޓަކައި އެންމެ ރަނގަޅު ގޮތްވުމަށް ތިބާއަށް ހިތުގެ އެންމެ އަޑިން އެދެވެއެވެ. އެމީހަކާއެކީ ވަގުތު ހޭދަކުރަން ތިބާގެ ހިތް އެދެއެވެ. އެމީހަކު ނެތުމުން އެމީހެއްގެ މަތިން ތިބާ ހަނދާންވެއެވެ. އެއީ އެމީހަކު ތިބާއަށް ﷲ މަތިން ހަނދުމަކޮށްދޭކަމަށްޓަކައެވެ. އެމީހުންގެ ބަހާއި ޢަމަލުން ކަމަށްވިޔަސްމެއެވެ. އެފަދަ މީހުންނަކީ އަގުހުރި ނިޢުމަތެކެވެ.

    މާތް ﷲ އަޅަމެންނަކީ އެހެން ހުރިހާ ކަމަކަށްވުރެ އެކަލާނގެއާއި އެކަލާނގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިވާ ބަޔަކު ކަމުގައި ލައްވައި އަޅަމެންގެ ވަށައިގެން އެ ލޯބި ޙިއްސާކުރާ މީހުން ލައްވާށި! އާމީން!

  8. Jana says:
    February 1, 2019 at 4:47 pm

    Blog post (ii):

    Shaithaan tempts us to do wrong in multiple ways. But the common feelings that accompany with each of those ways are nothing but…..ingratitude and greed. We seek the few things that Allah forbade us from, by ignoring the many blessings that He swt made permissible for us because of our ingratitude. We hold on to the wealth we earn with great might, not realizing that Allah Will only increase for those who give and are grateful. We seek impermissible ways of fulfilling our desires, when we don’t realize what Allah made permissible for us is more beautiful and dignified. We use our ears and eyes for impermissible things, not realizing that if we use them the right way, they could lead us to best in this world and in the next. Subhaanallah!

    So the next time you are tempted to do something wrong, ask yourself. “What are the favours that my Master has done for me, that I can be grateful for?” Engross yourself in counting those favours and you will no longer feel weak in the face of your sins In Sha Allah.

    May Allah make us of those who are grateful and thus make us of those who stay away from what displeases Him. Ameen!

    ******************************

    ޝައިޠާނާ އެކި ގޮތްގޮތުން ފާފަކުރަން އަހަރުމެންނަށް ހިތްވަރުދެއެވެ. އެހެނަސް މީގެއިން ކޮންމެ ގޮތަކާއި އެކީގައި ވެސް އަހަރުމެންގެ ހިތްތައް ފުރިގެންދާ ދެ އިޙްސާސެއްވެއެވެ. އެއީ ޝުކުރު ނުކުރުމާއި ދަހިވެތިކަމެވެ. ﷲ އަހަރުމެންނަށްޓަކައި ޙަލާލު ކުރެއްވި އެތައް ނިޢުމަތަކަށް ފުރަގަސްދީފައި އެކަލާނގެ ޙަރާމް ކުރެއްވި މަދު އެއްޗެއްގެ ފަހަތުން އަހަރުމެންނަށް ދެވެނީ ޝުކުރުވެރި ނުވުމުގެ ސަބަބުންނެވެ. އަހަރުމެން ހޯދާ ލާރީގައި ހިފަހައްޓައި މުއް ބާރު ކުރަނީ ﷲ އިތުރުކުރައްވަނީ އެހެން މީހުންނަށް ދީ ޝުކުރުވެރިވާ މީހުންނަށްކަން ހަނދާން ނެތޭތީވެއެވެ. އަހަރުމެންގެ އެދުންތައް ފުއްދުމަށްޓަކައި ﷲ ރުހިވޮޑިގެންނުވާ ފަދަ ގޮތްތައް ޚިޔާރު ކުރެވެނީ އެކަލާނގެ ރުހިވޮޑިގެންވާ ގޮތް ކިހާ ރީތިވެފައި ޤަދަރުވެރިކަން އިޙްސާސް ނުކުރެވޭތީވެއެވެ. އަހަރުމެންގެ ލޯތަކާއި ކަންފަތްތައް ނުބައި ކަންތަކަށްޓަކައި ބޭނުންކުރަނީ، އެ ޙިއްސުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ ދެދުނިޔޭގެ ބާއްޖަވެރިކަން ވެސް ލިބޭނެކަން ނޭނގިއެވެ. ސުބްޙާނަ ﷲ!

    އެހެންކަމުން ފާފައެއްކުރަން ތިބާގެ ހިތް ދެން އެދޭ ހިނދު އަމިއްލަ ނަފްސުގާތު މި ސުވާލުކުރާށެވެ. “އަހަންނަށް ޝުކުރުނުކޮށް ފަސް މިދެވެނީ އަހަރެންގެ ވެރިރަސްކަލާނގެ ދެއްވި ކޮން ނިޢުމަތްތަކަށް ހެއްޔެވެ؟” އެ ނިޢުމަތްތަކުގެ މަތިން ހަނދުމަކޮށް ގުނުމުގައި މަޝްޣޫލުވާށެވެ. އޭރުން އެ ފާފައިގެ ކުރިމަތީގައި ތިބާ އެހާ ބަލިކަށިއެއް ނުވާނެއެވެ. (އިން ޝާ ﷲ)

    މާތް ﷲ އަޅަމެންނަކީ އެކަލާނގެއަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވައި އަޅަމެންނަކީ އެކަލާނގެ ރުހިވޮޑިގެންނުވާ ކަންތަކުން ދުރުހެލިވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

  9. Jana says:
    February 1, 2019 at 5:02 pm

    Assalaam’alaikum. miadhuge Arabi lesson maadhama ah faskuran nimmaigen jana mihiry. ey miadhuves dhen oiy bai liyan fashanvegen. mirey ves jana kudakoh busy vaanethy mihaarussure plan koggen noony nueh liyeveyne. ehenveema Arabi lesson In Sha Allah maadhama. 🙂

  10. Ha says:
    February 1, 2019 at 5:17 pm

    Masha ahlhah vvvv salhi koniraku next part

    1. Jana says:
      February 2, 2019 at 4:27 pm

      next part In Sha Allah monday ga 🙂

  11. Nattu says:
    February 2, 2019 at 11:46 am

    already faidhaa kohffi mihaaru baraabarah naamadhukuran and i lernt a lot abt islam dheen

    1. Jana says:
      February 2, 2019 at 4:29 pm

      Subhaanallah….Alhamdhulillah! hama yageenunves hidhaayaiy dhakkavany hama ekani Allah. e hidhaayathah aharumen emmenves beynunvegenvey. Maai Allah alhamen emmennah hidhaayaiy ithuru kohdhevvai alhemenge faithilathah ekalaange dheenugai saabithu kuravvaashi. Ameen!

  12. ?Shifna? says:
    February 2, 2019 at 1:57 pm

    Masha allah. Mi part vx varah reethi. Shifoo beynun jana sis aa frnd vaan. Kihinei jana sis aa frnd vevey nee. When next part. Waiting waiting….

    1. Jana says:
      February 2, 2019 at 4:31 pm

      jana aa friend vaan beynumiyya thireegai mioh fb page ah gos msg eh kollun edhen

      https://www.facebook.com/Asr-1445208739121696/

      fb ga noolhenya jana ge number ah request koffa 7997991 ah msg eh kollanvy. e number in jana ah shifna sis ge number libunu avahakah shifna sis ah msg kuraanan In Sha Allah 🙂

    2. ?Shifna? says:
      February 3, 2019 at 9:44 am

      Alhey. Shifu ah jana sis ah message kureveynee feb 10 ge fahun. So eyge fahun shifoo message kohlaanan

    3. Jana says:
      February 3, 2019 at 10:21 pm

      will wait for your msg In Sha Allah 😀

  13. Jana says:
    February 2, 2019 at 4:26 pm

    Assalaam’alaikum 🙂 miadhuge Arabi lesson ge link:

    https://guidancefromquran.blogspot.com/2019/02/ism-lesson-4-type.html

    Mi lesson ahfahu ism thakuge sifathah overall koh kiyaidhee nimuny. dhen fesheyny thankolheh tafseel koh anekkaaves e sifathah kiyaidhey filaavalhuthah. dhe faharegge mathin mi baithah mi genesdheny mee jana ves kiyevi gothah vaathy. mi baithakaky muhimmu baithakah veema mi filaavalhuthakuge basthakah faritha veevarakah kuriah huri filaavalhuthah faseyha vegen dhaany In Sha Allah.

    jana ge varah bodu edhumeh evves shakkeh othiyya ahaalun. varah dheravaane jana ah filaavalhu genesdhevifa oiy gothun neyngigen evves kiyuntheri aku give up koffiyya. blog ga comment koggen viyas shakkuthah olhun filuvun edhen In Sha Allah 🙂

  14. Jana says:
    February 3, 2019 at 10:22 pm

    Assalaam’alaikum. next part maadhama (monday) haveeru In Sha Allah 🙂 e bai target kuri hisaabah liyeveytho mi balany In Sha Allah.

  15. Haii says:
    February 4, 2019 at 10:50 am

    Jana sis V age in body tha?????denied kuraakahala sugarless bed noon she exam hama ahaaly

  16. Haii says:
    February 4, 2019 at 10:55 am

    Mee kuraakahala suvaaleh noon dhw aslu* nubaikoh liyevuny igey

    1. Jana says:
      February 4, 2019 at 4:34 pm

      Haii ah heeva age eh hama nimmaaleema baraabaru vaane 😀

  17. curious me ??? says:
    February 4, 2019 at 2:46 pm

    could u pls tell me ur age.. jana sis.. u hv so much knowledge masha allah.. barakallah.. i want to knw ur age.. if u r my age thn i wanna knw hw u use ur time to learn all these things.. btw i’m 14

    1. Jana says:
      February 4, 2019 at 4:49 pm

      trust me i dont have much knowledge. there are many things that i still need to learn. and perhaps there are many of you who are more knowledgeable than i am Ma Sha Allah 🙂

      Even if you dont get to know my age, i can tell you how i use my time. I do have a LOT to do within a given day. (have a lot of pending things to do even right now as i speak) and some days i really cant find the time to study about the Quran or Arabic or anything about deen. But i make sure i stay in touch with the Quran. Even if its reciting one page or listening to one surah. and i ensure that an entire gap doesnt go by without me learning something knew. And i dont leave something after i read or listen to it once. if its something i benefited from, i read and listen to it even though i already know what it says. because no matter how much we learn, especially about the Quran, we will always find a new lesson even from the same ayah. and we must be humble when we learn. its arrogant to say about anything in deen especially an ayah or a hadhith that ‘i already know it therefore i won’t listen to it’. never say this to yourself. listen to it repeatedly. because at the end of the day, the Quran and the Words of our Rasool (SAW) are reminders. and reminders do benefit believers. think of it as an ‘iman booster’. though you wont feel its effects right away, as it grows you will feel the change within your heart and within your character. never feel intimidated about how less you know. entire oceans start forming with the first few drops. 🙂 always remember that. and remember, always ensure that your intention for gaining knowledge is sincere. do it because you want to remember Allah. because you want to know more about Him and His deen. because you want to know what He wants from you so that you could obey Him. because you no longer want to be in doubt and because you want to be from those who get Allah’s love.

      if you understood what i just said, at the age you are in right now, and you decide to apply it, Wallaahi you are in for success In Sha Allah. In this world and in the next. May Allah bless you with beneficial knowledge, understanding of His deen and plant your feet firm on any cause you start only for His sake. May Allah increase all of us in guidance and keep our hearts firm on His deen. Ameen! 🙂

Comments are closed.

Next Episodeހަދިޔާ (ތެއްތިރީސްވަނަ ބައި)←


All Right Reserved!