މޭޒު މަތީގައި ބޯ އަޅައިގެން އޮތް ރައިހާނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހުޅުވާފައި އޮތް ފޮތުގެ ގަނޑު ކަރުނައިން ތެމެމުން ދިޔައެވެ. ގިސްލެވޭހެން ހީވުމާއެކު ރައިހާނާ އަނގަ މަތީ އަތް އަޅާލިއެވެ. “ރައި. ތެދުވެބަ މިސް އެބާދޭ” ރައިހާނާ ކޮނޑުގައި ކޮށްޓާލަމުން އަންޖަލް ބުންޏެވެ. މޭޒުމަތިން ބޯ ނުނަގައި އެއޮތްގޮތަށް އޮވެ ކަރުނަތައް ފޮހެލުމަށްފަހު ރައިހާނާ ބޯނެގިއެވެ. އޭރު ކުލާހު ތިބި ހުރިހާ ކުދިންގެ ނަޒަރުވަނީ ރައިހާނާއަށް ހުއްޓިފައެވެ. ރައިހާނާ ބަލާލުމާއެކު ހުރިހާ ކުދިން އެކުދިންގެ […]
“ހުރިހާ އައިޓީ މީހުންގެ ތެރެއިން ވެސް އައްޒާމް މި ޚިޔާރުކުރީ އައްޒާމް މި ކަންތަކަށް ކިހާ ޤާބިލުކަން އެނގޭތީ…..އަދި އެ ހެކަރުންނަށް ހެޔޮ ވިސްނުން ވިސްނައިދެވޭނެ މީހަކީ ވެސް އައްޒާމްކަން އެނގޭތީ.” އެ އަންހެން މީހާ ދެއްކި ވާހަކައިގެ ޒާތުން އައްޒާމްގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ހެކަރުންގެ ކިބައިން ސައިޓް ސަލާމަތް ކޮށްދެވުނަސް އެ ހެކަރުންނަށް ހެޔޮ ވިސްނުން ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ މިއީ އޮޅުމެއްގެ ތެރޭގައިވި އަންހެނެކޭ ހިތައި އައްޒާމަށް ވާހަކަ ދެކެވުނެވެ. “އަމް…އަޅުގަނޑަކަށް […]
އަޔާން ޒޯޔާއާއި އިތުރަށް ގާތްވެލިއެވެ. ޒޯޔާހުރީ އަޔާންއާއި އަލުމާރިއާއި ދޭތެރޭ ތާށިވެފައެވެ. އަޔާން ޒޯޔާގެ ކަންފަތާއި ކައިރި އަށް މޫނު ތިރިކޮށްލިއެވެ. އަޔާންގެ ހޫނުނޭވާ ޒޯޔާގެ ކަންފަތަށް އެޅެމުން ދިޔައެވެ. ” ޢީދު މުބާރިކު.. ޒޯ ” އަޔާން ވަރަށް ލޯބިން ޒޯޔާގެ ކަންފަތްދޮށުގައި ބުނެލިއެވެ. އަޔާންގެ ޖާދުވީ އަސަރުގަދަ އަޑު ޒޯޔާގެ ކަންފަތުގައި ޖެހުމާއި އެކު ޒޯޔާއަށް ތެޅިގަނެވުނެވެ. އަދި މަރާފައިވާ ދެލޯ ހުޅުވައިލެވުނެވެ. އޭރެ ޒޯޔާގެ ކޯތާފަތަށް މަޑު ފިޔާތޮށިކުލައެއް އަރާފައިވެއެވެ. އަޔާން ޒޯޔާގެ […]
[ސަމާލުކަމަށްް ކުރިންް މިވާހަކަަ ލިޔެނީ އަޅުގަނޑު އުކަމްް އޮޅިގެން އިނދީ ނުބާ ނަމެއް ޖެހިފައި ] ”އިންޝާﷲ އިރާދަ ކުރެއްވިއްޔާ ޒީން ދެން ވަރަށް އަވަހަށް ރަގަނޅު ވެެދާނެ”އޭނަގެ އެކުވެރިޔާ ރައުލާ އެހެން ބުއްޔެވެ.ރަޝުތެރޭގައ އުޅޭ ބައްޔެއް ވަނީ ކައިޒީން އަށް ޖެހިފައެވެ.އުމުރުން 20އަހަރުގެ ޒީން އުޅެނީ ސުކޫލް ޓީޗަރަކަށެވެ.އެހާލުގައި އޮވެ ވެސް އޭނަގެ 2 ކޮއްކޮގެ ކަންތައް ކޮށްދެއެވެ.”ރައު މަށަށް ކަމެއް ކޮށްދީބަލަ”ކޮންކަމެށް؟” ދޭބަލަަ މި ރުފިޔާއަށް ޕެނަޑޯލް ކާރޑެއް ގަނެދޭން” އޮކޭ” ކައިޒީން އާއި […]
އޭނާއަކަށް ނޭނގޭނެއެވެ. އަހަރެން އިންތިހާއަށް އޭނާދެކެ ލޯބިވިކަމެއް އޭނާއަކަށް ނޭނގޭނެއެވެ. މެންދަމުގެ އެހިތްޤައިމު ވަގުތު މޫދުގައި ނަގާ ކުދި ކުދި ރާޅުތަކަށް ބަލަންއިންއިރު އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެބަސްތަކެވެ. އޭނައަކަށް ނޭނގޭނެއެވެ. ދެން ދުވަހަކުވެސް އޭނާއަކަށް ނޭނގޭނެއެވެ. ބީޗުގެ އެއްދިމާލުގައި ދިއްލިފައިވާ ލައިޓްގެ އަލީގައި ވަރަށް ސާފުކޮށް އެހިތްޤައިމު މަންޒަރު އަހަންނަށް ފެންނަމުން ދިޔައެވެ. އެވަގުތު ޖެހެމުންދިޔަ މަޑު މަޑު ލުއި ލުއި ވައިރޯޅިތަކާއި އެރީތި މަންޒަރުން އަހަރެންގެ ހިތަކަށް ކުޑަވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އަހަރެންގެ […]
އައްސަލާމް އަލައިކުމް އެކުވެރި ކިޔުންތެރިން.. އަޅުގަނޑަށް ކިޔަނީ އާނިކާ… ލޯބިން ކިޔާ އުޅެނީ އަކީ… އަޅުގަނޑުގެ ފަރާތުން ތިހުރިހާ ކިޔުންތެރިންނަށްވެސް ކޮންމެ ދުވަހަކުވެސް ކުރުވާހަކައެއް ކިޔާލަން ލިބޭނެ އިންޝާﷲ.. ލޯތްބާއި ހިތާމަ އާއި އެކުލެވިގެންވާ އަސަރުންފުރިގެންވާ ވާހަކަތައް ކިޔާލަން ބޭނުންނަމަ އަޅުގަނޑުގެ ވާހަކަތައް ކިޔާލައްވާ.. އިންޝާﷲ ތިހުރިހާ ކިޔުންތެރިން ލޯބި ކުރާނެ ކަހަލަ ހިތްގައިމު ރީތި ވާހަަކަ ތަކެެއް ގެނެސްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.. ވީމާ ތިއެންމެހާ ކިޔުންތެރިންވެސް އަޅުގަނޑުގެ މަސައްކަތަށް އެއްބާރުލުން ދީ ރަނގަޅުކުރަންޖެހޭ ކަމެއް އޮތް ނަމަ ބުނެލަ ދެއްވުން އެދެން.. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ފުރަތަމަ ވާހަކަ ” އޭނައަކަށް ނޭނގޭނެއެވެ.” އިންޝާﷲ އަޕްލޯޑްކޮށްލާނަމެވެ.
08 ވަނަ ބައިގެ ތެރެއިން……. ބެލްކަނީގައި ކޮފީ މަގެއް ހިފައިގެން ހުރި ޔަޒްދާންގެ ނަޒަރު ހުއްޓިފައިވަނީ މަތިމައްޗަށް ހިއްލާލާފައި ހުރި މާލޭގެ އުސް އިމާރާތްތަކަށެވެ. އޭނާގެ އަޅިކުލައިގެ ކަޅި އެހެންދިމާލަކަށް ހަރަކާތްވެސް ކޮށްނުލައެވެ. ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ކޮފީތަށި ބަހައްޓަމުން ލައިގެން ހުރި ޖީބަށް އަތްކޮށްޕާލުމަށްފަހު ފޯނު ނެގިއެވެ. އިރުކޮޅަކުން ފެނުނީ އޭނާގެ ދެލޯ ކަރުނުން ފުރިގެން ދިޔަތަނެވެ. “ޔަޒްދާން! ދައްތަ ހާދަ ގޮވައިފީމޭ. މިތާހުންނާނެ ކަމެއް ނޭނގޭނެއްނު” ކުލްޝޫމް ފެނުމުން ހީލާފައި ޔަޒްދާން އޭނާގެ ފޯނު […]
“އިއްޔެ ކީ އެއްޗިއްސަކީ ތެދުހެން އަޅުގަނޑަށްވެސް ވަރަށް ހީވޭ. ތޫބާއަކީ އަޅުގަނޑުގެ ދަރިފުޅު އައިކާކަން މިހާރު ޔަގީނާ ގާތްވެއްޖެ…” ރާއިދާ ބުނެލި އެތިން އެތާ ތިބި އެންމެންގެ އަނގަ ހުޅުވިއްޖެއެވެ. ރާއިދާ ހިތް ބަލިވެގެން ބުނި އެއްޗެއްކަމަށް ޔޫސުފް އަވަހަށް އޭނާ ހުއްޓުވަން ދާން އުޅުނެވެ. ނަމަވެސް އޭނާ ހުއްޓުވީ އީތަންއެވެ. ރާއިދާ އޭނާގެ މާޒީގެ ހުރިހާ ވާހަކައެއް އެންމެން ކުރިމަތީ ބަންޑުންކޮށްލިއެވެ. ލަދެއް ނެތިގެންނެއް ނޫނެވެ. ދަރިފުޅު އަނބުރައި ބޭނުންވުން ފިޔަވައި އެހެން ކަމެއް އޭނާއަކަށް […]
ލޯބި ވެރިޔާ ( ނަން ހާމަ ކުރަން ބޭނުންމެނޫން ) : ހަލޯ ( ދެރަވެފާ ) އަހަރެން : ކިހިނެއް ވީ ؟ ލޯބިވެރިޔާ : އަހަންނަށް މާފް ކުރޭ … އަހަރެން ތި ލޮއިއްބަށް އެޅުނީ ހުރަހެއް އަދި އަހަރެން ގެ ހިތުގައިވަނީ ތި ނަން އެކަމް އަހަރެން ގެ މައިންބަފައިން މިހާރު އޯކޭ އެއް ނޫން … އަހަރެން : އޭ ކީއްވެ ؟ ލޯބިވެރިޔާ : ނޭންގެ … އަހަރެން މި […]