އަހަރެން ވިސްނަމުންދިޔައީ އަހަންނަން ކުރެވުނު ނުބާއަމަލާމެދުއެވެ.އަހަރެން އެކަން ސިއްރު ކުރަން ބޭނުންވިއެވެ.ނަމަވެސް އަހަންނަށް އެކަން ސިއްރު ކުރުންވީ އުދަނގުލަކަށެވެ. މިދުނިޔޭގައި ހުރެވެން އޮތީ ތިން ދުވަހެވެ. އަހަރެން ތައިބާވީމެވެ.ނަމަވެސް އަހަރެން ކުރީ ދުނޔޭގަ ހުއްޓާ ކުރެވޭނެ އެންމެ ބޮޑު ކުށެވެ. އަމިއްލަ މައިމީހާ މަރާލުމެވެ. އަހަރެންނައް އަހަރެންގެ މައިމީހާއަކީ އެކައްޗެއްވެސް ނޫނެވެ. އެދުވަހު ވަރަށް ދެރަވީމެވެ. އަހަރެން މަންމަ މަރައިލީ އަަހަރެން ކުރު ހެދުން ލާތީ އެއްޗެހިކީމައެވެ. އަހަރެން ހެނދުން އަޅަނީ އަހަންނަށް އެންމެ ކަމުދާ […]
އަންޖަލް މިހާރު ސްކޫލަށް ދަނީ ދާ ހިތަކުން ނޫނެވެ. ހަމްޒާ ޗުއްޓީ ނެގިކަން އެނގުނީންސުރެ ހުންނަނީ ފާޑަކަށް ރުޅި ގަދަވެފައެވެ. އެހެން ގަޑިތަކުގައިވެސް ފިލާވަޅަށް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. އަންޖަލްގެ އުޅުން ބަދަލުވިކަން ކުލާސް ހުރިހާ ކުދިންނަށް އެނގުނެވެ. އަދި އަންޖަލްގެ އުޅުން ބަދަލުވާން ދިމާވި ސަބަބަކީ ހަމްޒާ ނައުންކަންވެސް ކުދިންނަށް އެނގިގެން ދިޔައެވެ. އަންޖަލްގެ ހިތުގައި ހަމްޒާއަށް ވީ އިހްސާސްތަށް ހުރިހާ ކުދިންނަށް ފަޅާއެރިއެވެ. އެއްބައި ކުދިން ދިމާކޮށްފައި އުޅުނެވެ. އަނެއްބައި ކުދިން އެއީ […]
މިންހާގެ އެފެނިލުމާއެކު އެޒުވާނާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައި ވަނީ މިންހާގެ ތަސްވީރުތަކުންނެވެ. މިރޭގެ ނިދިވެސް ވަނީ އޭނަ އާ އެތައް ހާސް މޭލެެއް ދުރުގައެވެ. ލޯ މަރާލާއިރަށް ސިފަވަނީ މިންހާގެ ހިތްގައިމު ސޫރައެވެ. އެއިން ކޮންމެ ފަހަރަކު އެޒުވާނާގެ ތުންފަތަށް ހިނިތުންވުމެެއްވެރިވެއެވެ. އެގޮތުގައި އެތައް އިރަކު ހޭދަކުރުމަށްފަހު އެޒުވާނާ ގޮސް އެނދުގައި އޮށޯތީ އެރޭ ބާރަވެސް ޖެހިފަހުންނެވެ. މުޅިން އައު ދުވަހަކަށް އިރު އިރުއަރައިފިއެވެ. ސާފު ނޫއުޑުގައި ހުދު ކުލައިގެ ވިލާތައް ބައިބަޔަށް ދަތުރުކުރަމުންދެއެވެ. ހިތްގައިމު ވަރަކަށް […]
21 ވަނަ ބައިގެ ތެރެއިން…. “ބުނަންތަ މަންމާ! މަންމަ އަށް އަޅުގަނޑު ވަރަށް ގަދަރުކުރަން. ތިއީ އަޅުގަނޑުގެ ފިރިމީހާގެ މަންމައަށް ވެފައި އަޅުގަނޑަށް ވުރެ އުމުރުގެ ގޮތުންވެސް ބޮޑު މީހަކަށް ވީތީ. އެކަމަކު މަންމަގެ ހިތުގައި އަށަގަނެފައިވާ އަމިއްލަ އެދުމުގެ ރޫހުން ތިމަސައްކަތްކުރަނީ ކުށެއްނެތް އުމުރުން ހަގު މާބަނޑު އަންހެންކުއްޖަކަށް އެތައް ހާލެއް ޖައްސަން. އެކުއްޖާގެ އޮތީ ކޮންކުށެއް. ނާލްއަށް އެކަން އެގިއްޖެނަމަ ކިހާ އަސަރެއް ކުރާނެ. އެކުއްޖާއަށް މިވަގުތު އަޅާލާނީ ކާކު” ޝިފާއަށް ރޮވެމުން ދިޔައެވެ. […]
1 ވަނަ ބައިގެ ތެރެއިން… ސައިބޮއި ނިންމާލުމަށްފަހު، މޭޒުމަތި ސާފުކޮށްލާފައި ރަޝާވަނީ އޭނާގެ ކޮޓަރިއަށެވެ. ވަދެ އިސްތަށިގަނޑުގައި ޖަހާފައިވާ ހުޅި ނައްޓާލާ ބޯ ނިއުޅުވާލިއެވެ. އުނަގަނޑަށް ވުރެއް ދިގު އިސްތަށިގަނޑު އޭނާގެ ގައިގައި ބީހޭކަހަލަ އެވެ. ކުޑަކޮށް އަރާމްކޮށްލުމަށް އެނދަށް އަރައި، އެނދުގައި އޮތް އޭނާގެ ފޯނުނަގާ ބަލާލިއެވެ. އޭރު އޭނާ އެ މަސެޖަކަށް އިންތިޒާރު ކުރަމުން ދިޔަ މެސެޖު އައުސްފައި އޮތެވެ. މެސެޖުގައި ވެއެވެ. ” ގުޑް މޯނިން، ރަޝާ.” މަޑުމަޑު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. ******************************** އެއީ މީގެ ހަމަސް ކުރިއެވެ. މަދަރުސާ ނިންމާލާފައި ރަޝާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ހަމްދާއާއި އެކު މިސްރާބުޖެހީ ގެއަށް ދިއުމަށެވެ. އޮލަވާހަކައިގައި ދަނިކޮށް ދެކުދިންނަށްވެސް ހުއްޓިބަލާލެވުނީ އެކުދިން ކައިރިން ބަޔަކު ކުރަސްކޮށް ދިޔުމުންނެވެ. އެއީ މީގެ ކުރިން ދެކޭބައެއްނޫންކަމުން ދެކުދިންނަށްވެސް ބަލާލެވުނީ އެމީހުނާ ދިމާލަށެވެ. އެމީހުން ލާފައި ތިބި ސްޓެލްކޯގެ ޓީޝާރޓުން އެއީ މާލޭން ކަރަންޓު މަސައްކަތެއް ކުރަން އައިސް އުޅޭބައެއްކަން އެންގުނެވެ. ރަޝާ ސިއްސައިގެން ދިޔައީ އެތާހުރި އެއް ޒުވާނަކު ފަހަތަށް އެންބުރި ރަޝާއާ ދިމާލަށް ބަލާލުމުންނެވެ. އަދި ހީލިއެވެ. ރަޝާ އަވަސްއަވަހަސް އެންބުރި ހިންގައިގަތެވެ. ރަޝާ ގެއަށް ލާފައި ނޫނީ ދުވަހަކުވެސް ހަމްދާ ގެއަކަށް ނުދާނެއެވެ. އެގޮތުން މިޔަދުވެސް ރަޝާގަތު ތަނީއޭ ބުންޏެވެ. ރަޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން ހަމްދާ ރަޝާގެ އަތުގައި ކޮއްޓާލިއެވެ. ރަޝާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންވެހުރެ ވީކީއްތޯ ހަމްދާ ސުވާޅުކުރިއެވެ. “ހަމް. ދެއްމެ ފެނުނެއްނު ދޯ އައިމަގުމަތީ ސްޓެލްކޯ ބަައެއް. އެތާ ހުއްޓެއްނު ވިލު ނޫކުލައިގެ ދަބަހެއް އަޅައިގެން ހެޑްސެޓެއް ޖަހައިގެން ހުރި ކުއްޖެއް. އޭނަ ވަރަށް ރީތި ދޯ؟.” “އޯއައިސީ. މަހިތައްއަރައިފިޔޭ މީނަ ހާދަ މައިތިރި ވެފައޭ މިހުންނަނީ. ގައިމު ކްލާހުން ނުކުތް އިރު ހީވަނީ އެހެންފަދަ ކަމެއްހެނޭ. ހަހަހަ.. މަށަކަށް ތިބުނާ މީހަކު އަޅައެއްނުގަނޭ. އެއީ ރަޝާގެ ނަސީބު. އެހެން ނޫންނަމަ މަވެސް ތިމީހެއްގެ ވާހަކަ ދެއްކީހެއްނު.. ސަމާސާ ރާގެއްގައި ހަމްދާ ބުންޏެވެ. “ހޫން، އެންމެ ރަނގަޅޭ. އަހަންނަށް މީހަކު ކަމުނުގޮސްގެން އެންމެ ޝަކުވާކުރާ މީހަކީ ވެސް ހަމަ ތީ. އެއްމެފަހުން މީހަކު ރީތި ވެގެން ބުނީމަވެސް ދިމާތިކުރަނީ.” “އެހެންދޯ ވާނީ. ވީ ހައިރާނެއްގެ ބޮޑުކަމުން ވީގޮތެއް އެއީ. މާދަންވެސް އެހެންވީމަ އެހާއިރުު އަންނަން މަޑުކޮށްލާނީދޯ. މަގޭ ބެސްޓްފޮރެންޑަށް ފުރަތަމަ ނަޒަރުން ހިތްކިޔުނު ސޮރެއްގެ ތިހުރިވަރެއް މަވެސް ބަލާލަން ބޭނުންވާނެއެއްނު.” ދެކުދިން އެއްފަހަރާ ހޭންފެށިއެވެ. ހަމްދާގާތު ގެއައްގޮސް މެސެޖް ކޮއްލައްޗޭ ބުނެފައި ރަޝާވެސް ވަނީ ގެއަށެވެ. ގަޑިން މެންދަމު 3 ޖެހީއެވެ. ނިދަން އުޅެއުޅެ ވެސް ރަޝާގެ ލޮލަކަށް މިރޭ ނިންޖެއްނައެވެ. އެންމެ ފަހުން އުނދަގޫވެގެން ތެދުވެ އެނދުގެ ފަނޑީގައި ލެންގިލާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން […]
“ތޭންކްސް މައި. އެކަމް ކިހިނެއް އަހަރެމެން މިކަންތައް ކުރާނީވެސް. ދެން ނެތެއްނު އޭރުން މާ ގިނަ ދުވަހެއްވެސް. މިހާ މަދު ދުވަސްކޮޅަކުން އެހާ ބާރުގަދަ ގޭންގެއް އަހަރެމެންނަށް ބަލިކުރެވޭނެތަ؟ އެމީހުން ބައްދާލަންވެސް އެމީހުންނާއި ދެކޮޅަށް ޕްރޫފްވެސް ހޯދަންޖެހޭނެއެއްނު. ކިހިނެއް އެހުރިހާ ކަމެއް ކުރާނީ؟” ރާދިން އިނީ ބޯ ހާސްވާގޮތްވެފައެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މި ކަންތައް ގަނޑުން ސަލާމަތްވާން އޭނާ ބޭނުންވެއެވެ. އަދި އަވްލީން އޭނާގެ ހައްގަކަށް ހަދަންވެސް އެހިތް ދަނީ ތެޅި ފޮޅެމުންނެވެ. “އެބައޮތް […]
އިރު އޭގެ ވާޖިބް އަދާކުރުމަށްފަހު އޮއްސެމުން ދިޔައިރު އުޑުމައްޗަށް އަރައި ފައިބަމުންދިޔަ ކުލަތަކުގެ ހިތްގައިމުކަން ބަލަން ހުރި މީހަކަށް ބަލާ ފޫހިނުވަހާވެސް ނަލައެވެ. ޒީން އިށީނދެލަގެން އިނީ ގޮޑުދޮށާވަރަށް ކައިރީގައެވެ. ބައެއްފަހަރު ޖަހާލާ ރާޅު އޭނާގެ ފައިގައި ބޮސްދީފައި ދާއިރު ތުންފަތް މައްޗަށް ހިނިތުންވުން ވެރިވާ ތަން ފެނެއެވެ. ބަންގީގެ އަޑަށް ޒީން އޭނާ އިންތަނުން ތެދުވެ އެއްގަމަށް ދާން ހިނގާލީ އޭނާގެ ފަސް އަހަރަށް ދާ ކުޑަ ދަރިފުޅު އަތުގައި ހިފައިލައިގެންނެވެ. އެއްގަމަށް އަރާ ހިނގަމުން […]
އީތަން ކުއްލިއަކަށް ފޯނު ކަނޑައިލުމުން އަލީޝާ އޮތީ ހިތް ނުތަނަވަސްވެފައެވެ. ދެ އަތުގައި ނުވަަތަ ދެ ފައިގައިވެސް އޮޅާފައިވީ ޓޭޕުގަނޑު ދަމާދަމައި ނެއްޓެން ހިތަށްވެސް ނޭރިއެވެ. ކޮޓަރިއަށް ވަދެގެން އައި އިބްރާހިމްގެ ޓީޝާޓުގައި ހުރި ލޭ ފެނިފައި އަލީޝާގެ ދެލޯ ތަންމިނަށް ބޮޑުވިއެވެ. އޭނާ ހީކުރީ އެއީ އީތަންގެ ލޭ ކަމަށެވެ. ފެންކަޅިވާނެ ފުރުސަތެއްވެސް ނުދީ އިބްރާހިމް އައި ގޮތަށް އައިސްް އަލީޝާ ކޮނޑަށް ނަގައިގެން އެ ކޮޓަރިން ނުކުތެވެ. ފުލުހުން އާދޭތޯ ބަލަން މައިދޮރު ކައިރިއަށް […]
ވާހަކަ އަޕް ނުކުރެވި ގިނަ ދުވަސްތަކެއްވެގެން ދިޔަ ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް މާފަށްއެދެން. އަޅުގަނޑު އޮފީހުގައި ވަރަށް ބިޒީކޮށްއުޅެންޖެހުނު ދުވަސްކޮޅަކަށްވީމަ ވާހަކަ ގެނެސްނުދެވި ލަސްވީ. އެކަމަކު ވާހަކައިގެ އާއެޕިސޯޑެއް ވަރަށް އަވަހަށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނަން.