Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 29

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
February 19, 2019 9 Mins Read
55 Comments

މިންހާގެ އެފެނިލުމާއެކު އެޒުވާނާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައި ވަނީ މިންހާގެ ތަސްވީރުތަކުންނެވެ. މިރޭގެ ނިދިވެސް ވަނީ އޭނަ އާ އެތައް ހާސް މޭލެެއް ދުރުގައެވެ. ލޯ މަރާލާއިރަށް ސިފަވަނީ މިންހާގެ ހިތްގައިމު ސޫރައެވެ. އެއިން ކޮންމެ ފަހަރަކު އެޒުވާނާގެ ތުންފަތަށް ހިނިތުންވުމެެއްވެރިވެއެވެ. އެގޮތުގައި އެތައް އިރަކު ހޭދަކުރުމަށްފަހު އެޒުވާނާ ގޮސް އެނދުގައި އޮށޯތީ އެރޭ ބާރަވެސް ޖެހިފަހުންނެވެ.

މުޅިން އައު ދުވަހަކަށް އިރު އިރުއަރައިފިއެވެ. ސާފު ނޫއުޑުގައި ހުދު ކުލައިގެ ވިލާތައް ބައިބަޔަށް ދަތުރުކުރަމުންދެއެވެ. ހިތްގައިމު ވަރަކަށް ޖެހެމުންދިޔަ ވަޔާއެކު ގަސްތަކުގެ ފަތްތައްވެސް އެފަތް އަނެއްފަތާ ސަމާސާކޮށްލައެވެ. ފަތިހުންސުރެ ނާހިދާ އެންމެ ފަހަރަކުވެސް މަޑަކުން ނުހުރެއެވެ. އަބަދުވެސް އުޅެނީ ކޮންމެވެސް ކަމެއްގައި އަވަސް އަރުވާލައިގެންނެވެ. ވާނީވެސް އެހެންތާއެވެ. އެތައް ދުވަހަކަށްފަހު ހުރި ހަމައެކަނި އަންހެން ދަރިފުޅު ކާމިޔާބުކަމާއެކު މޮޅަށް ކިޔަވައިގެން މައިންބަފައިންގެ ގާތަށް އަންނަނީއެވެ. ކޮންމެ މަންމައަކު އަދި ބައްޕައަކުވެސް އެދުވަހުން އުފާވާނެ ނޫން ހެއްޔެވެ؟ އެމީހުންގެ ދަރިންނާމެދު ފަޚުރުވެރިވާނެކަން ގައިމެވެ. ” ވާއު މަންމީ… ދޮންތީގެ ކޮޓަރި ހާދަ ރީއްޗޭ… މަންކޮއަށްވެސް ބޮޑުވީމަ މިކަހަލަ ރީތި ކޮޓަރިއެއް ހަދައިދޭނަންދޯ… މަންކޮ ބޭނުމީ ޕިންކް ކުލައިގެ ކޮޓަރިއެއް… ” ގެ ތިންބުރިއަށް ނަގާ އެބައިގައި އަލުން މިންހާއަށް ހަދައިދީފައި ހުރި ކޮޓަރީގެ ބޮޑު އެނދުގައި ބެޓް ޝީޓު އަޅަމުން ދިޔަ މައިޝާ އާ އޭނަގެ ހަތް އަހަރުގެ ދަރިފުޅު މަންހާ ވާހަކަ ދެއްކިއެވެ. ”ޕްރިންސަސް ބޮޑުވީމަ ޕްރިންސަސްއަށްވެސް މިކަހަލަ ރީތި ކޮޓަރިއެއް ލިބޭނެ އިންޝާ ﷲ…” މައިޝާއަށް އެއްޗެކޭ ނުބުނެވެނީސް އެވަގުތު ކޮޓަރިއަށް ވަދެގެން އައި މާހިލް ބުނެލިއެވެ. އޭރު މާހިލް ހުރީ އޭނަ އާއި މައިޝާގެ ދެއަހަރުގެ މާއިން އުރާލައިގެންނެވެ. މާހިލްގެ އަޑަށް ދޮރާއި ދިމާލަށް ބަލައިލި މައިޝާއަށް ހިނިތުންވެލެވުނެވެ. މާހިލް އާއި މައިޝާ އެމީހުނަށް ލިބުނު ފުރަތަމަ ދަރިފުޅަށް ނަންދިނީ މިންހާ އާ ގުޅުވައިގެންނެވެ. އެކަމުންވެސް އެމީހުން މިންހާދެކެ ލޯބިވާވަރު ހާމަވެއެވެ. ” ދޮންތި އަންނާނީ ކޮންއިރަކުންތަ ޑެޑީ… ” މާހިލް ފެނުމާއެކު މަންހާ އޭނަގެ ގާތަށް ދަމުން ސުވާލުކޮށްލިއެވެ. ” ދޮންތީ އަންނާނީ މެންދުރުން… ” އެވަގުތު މާއިން ތިރީގައި ބަހައްޓަމުން މާހިލް ޖަވާބުދިނެވެ. ” މަންކޮ ހާދަ ވަރެކޭ ދޯ ދޮންތިއަށް މިހުންނަނީ… ހެހެހެ… ” އޭނަގެ މަސައްކަތައިގެން ކުރިއަށްދިޔަ މައިޝާ މަޑު ހުނުމަކާއެކު ބުނެލިއެވެ. ” ޔެސް މަންމާ… މަންކޮ ބޮޑުވެގެން ބޭނުންވަނީ ދޮންތި ކަހަލަ މޮޅު ކުއްޖަކަށް ވާން… ” ނުހަނު އުފާވެފައިހުރެ މަންހާ ޖަވާބުދިނެވެ. މަންހާގެ އެޖަވާބުން މާހިލް އާއި މައިޝާގެ ތުންފަތަށް ފުޅާ ހިނިތުންވުމެެއް ވެރިވިއެވެ. އެކި ވާހަކަ ދައްކަމުން އެންމެންވެގެން ކޮޓަރި ވަރަށް ފުރިހަމައަށް ތައްޔާރުކޮށްލިއެވެ.

އެންމެން އެކުގައި ތިރިއަށް ފައިބާ ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ބަދިގޭ ދޮރު މަތީގައި މަޑުކޮށްލުމާއެކު އަވަދިނެތި ބަދިގޭގައި ހަރަކާތްތެރިވަމުންދިޔަ ނާހިދާ ފެނުނެވެ. މައިޝާ ނާހިދާއަށް އެހީތެރިވުމުގެ ގޮތުން ބަދިގެއަށް ވަނުމާއެކު މާހިލް މަންހާ އާއި މާއިން ގޮވައިގެން ސިޓިންރޫމަށް ދިޔައެވެ. ބަދިގޭގެ ކަންތައްތައް ނާހިދާ އާއި މައިޝާ ނިންމާލުމަށްފަހު ދެން އެންމެންވެސް ދިޔައީ އަވަހަށް ފެންވަރާ ނަމާދުކޮށް ތައްޔާރުވާށެވެ. މިންހާމެން އަންނަތަނަށް ގަޑިއަށް ދާން އެންމެންވެސް ތިބީ ނުހަނު ބޭނުންވެފައެވެ.

ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓުގެ ކުޑަދޮރާއި ކައިރި ސީޓެއްގައި އިން މިންހާގެ ނަޒަރު ސީދާވެފައި ވަނީ ބޭރުން ފެންނަމުންދާ ގުދުރަތީ ރީތި މަންޒަރަށެވެ. މާދުރަށް ފެތުރިފާވި މާސިންގާ ކަނޑުގެ އެކި ހިސާބު ހިސާބުން ފެންނަމުންދިޔަ ފެހިކަން ގަދަ ޖަޒީރާ ރަށްތަކުން މިންހާގެ ތުންފަތަށް ހިނިތުންވުމެެއްވެރިވެފައިވެއެވެ. މިމަންޒަރުތައް ބަލާލި ކޮންމެ މީހަކަށްވެސް މާތް ﷲ ގެ ކުޅަދުންވަންތަކަން ހާމަވެގެންދާނެއެވެ. ދަތުރު ކުރަމުން ދިޔަތާ މާގިނަ އިރެއްނުވަނީސް މިންހާމެންގެ މަންޒިލަށް ފޯރާފިއެވެ. ހުރިހާ ކަމެއް ނިމި އެއާޕޯޓުގެ އެރައިވަލްސް ގޭޓުން އޭނަގެ ބައްޕައާއެކު މިންހާ ނިކުތެވެ. ހިނގަމުން އައި މިންހާއަށް އޭނަގެ އާއިލާގެ މީހުން ފެނުމާއެކު މިންހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެެއް ވެރިވިއެވެ. އޭނަގެ އާއިލާގެ އިތުރުން ނާއިލްގެ އާއިލާގެ އާއިލާވެސް އައިސް ތިއްބެވެ. ނާހިދާގެ ކުރިމަތީގައި ގޮސް ހުއްޓި މަންމާއޭ ކިޔާ ނާހިދާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. ލޮއެބާއެކު ނާހިދާ މިންހާގެ ބޮލުގައި ފިރުމާލިއެވެ. އޭރު ނާހިދާގެ ލޮލަށް ވަނީ އުފާވެރިކަމުގެ ކަރުނަތައް ޖަމާވެފައެވެ. ” މަންމާ… އަޅުގަނޑު އައިމަވެސް މަންމަ ރޮނީ… އަޅުގަނޑު އެކޮޅުގަ ހުރިއިރުވެސް މަންމަ ދެރަވޭ… އަނެއްކާ ދާންވީ ދޯ އެކޮޅަށް މަންމަ ރޮންޏާ… ” ނާހިދާއާ ދުރުވެލި މިންހާއަށް އޭނަގެ މަންމަ ކަރުނަތައް ފޮހެލި މަންޒަރު ފެނުމާއެކު ބުނެލިއެވެ. ” މީ އުފާވެރިކަމުގެ ކަރުނައޭ ދަރިފުޅާ… ހަމަ ހަޤީޤަތުގަވެސް މިބުނަނީ މަންމަ މިއަދު ވަރަށް ވަރަށް އުފާވެއްޖެ… ދަރިފުޅާމެދު ފަޚުރުވެރިވޭ… މަންމަ އަބަދުވެސް ﷲ ގެ ހަޟްރަތުގަ ޝުކުރުދަންނަވަން މަންމައަށް އެހާ ކިޔަމަންތެރި ރަނގަޅު ދެދަރިން ދެއްވިކަމަށްޓަކައި… ” އުފާވެފައިހުރެ ނާހިދާ މިންހާގެ ބޮލުގައި ފިރުމާލަމުން މާހިލްއަށް ބަލަހައްޓާއިގެން ހުރެ ބުނެލިއެވެ. އޭރު އެންމެންގެ ތުންފަތުގައިވެސްވީ ފުރިހަމަ ހިނިތުންވުމެކެވެ.

މިންހާ ދެން ގޮސް ހުއްޓިލީ މާހިލްގެ ކުރިމަތީގައެވެ. ” ދޮންބޭ… އައި މިސްޑް ޔޫ ސޯ މަޗް… ” ހިނިތުންވެލަމުން މިންހާ ބުނެލިއެވެ. އެދެމެދުގައި އޮންނަ ލޯބި އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެއެވެ. ” އައި މިސްޑް ޔޫ ޓޫ ދޮންބެގެ ޕްރިންސަސް… އެން އައިމް ސޯ ޕްރައުޑް އޮފް ޔޫ… ” މިންހާގއ ދެކޮލުގައި މަޑުމަޑުން ހިފާލަމުން ފުރިހަމަ ހިނިތުންވުމެއްގައި ހުރެ މާހިލް ބުނެލިއެވެ. ” ދޮންބެދައްތާ… ރަނގަޅުތަ… ދޮންބެދައްތަ އަތުން ހަދާލަދޭ ޗޮކްލެޓް ކޭކް ހާދަ ކާހިތްވެޔޭ… އައި ނިސްޑް ދެޓް… ” މާހިލްއާ ޖެހިގެން ހުރި މައިޝާގެ ގައިގައި ކުޑަކޮށް ބައްދާލަމުން މިންހާ ބުނެލިއެވެ. ” ދޮންބެދައްތަ ހަމަ ބަރާބަރު… މިންނު ރަނގަޅުތަ… ދެން ނުޖެހޭނެ މިސްވާކަށް… މިންނު ބުނާ އެއްޗެއް ތައްޔާރުކޮށްލަދޭނަން… އޯކޭ އެއްނު… ” މިންހާއާ ދުރުވެލުމަށްފަހު ކޮލުގައި ހިފާލަމުން މައިޝާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެއާއެކު މިންހާ ބޯޖަހާލިއެވެ. ” މަންކޮ… މާއްކޮ… އައި މިސްޑް ޔޫ ޓޫ… ކަމޯން ގިވް މީ އަ ބިގް ހަގް… ” މައިޝާ ގާތު ހުރި މަންހާ އާއި މާއިންއާ އެއްވަރަށް ތިރިވެލުމަށްފަހު ދެއަތް ފުޅާކޮށްލަމުން މިންހާ ބުނެލިއެވެ. އެއާއެކު މަންހާ އާއި މާއިން ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން މިންހާގެ ގައިގައި ބައްދާލިއެވެ. ” އައި މިސްޑް ޔޫ ޓޫ ދޮންތީ… ” އެހެން މަންހާ ބުނެލިއެވެ. ”ދޮންތީ ކޮއްކޮއަށް… ހަދިޔާ ގެނައިންތަ… ” މިންހާ ދެކުދިން ދުރުކޮށްލުމާއެކު ކުޑަކުޑަ މާއިން ބުނެލިއެވެ. ” ޔެސް… ބައިވަރު ގިފްޓްސް ގެނައިން… ކޮއްކޮއަށް ހަދިޔާ ނުލައެއް ދޮންތީއެއް ނާންނާނެއެއްނު ދޯ… ” މާއިން ކޮލުގައި ލޮއެބާއެކު ފިރުމާލަމުން މިންހާ ބުނެލިއެވެ. އެއާއެކު މާއިންގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ” ތުއްތާ… ތުއްތަންބެ… ދޮންތަ އެން ދޮންތަބެ… ނާޝް ކޮއްކޮ… ކިހިނެއްތަ އެންމެން… ” ނާސިހާމެންގެ ކުރިމަތީ ހުއްޓި އެންމެނަށް ވަކިވަކިން ގޮވާލަމުން މިންހާ ހާލުއަހުވާލު އަހާލިއެވެ. އަދި ނަޝްފާގެ ގާތު ހުރި ނާޝްގެ ބޮލުގައި ފިރުމާލިއެވެ. އެންމެންވެސް ރަނގަޅު ކަމުގައި ބުނެލިއެވެ. ނާސިހާ މިންހާގެ ބޮލުގައި ލޮއެބާއެކު ފިރުމާލިއެވެ. ނާސިހާ ދެކެނީ މާހިލް އާއި މިންހާ އަދި މައިޝާއަކީވެސް އޭނަގެ ދަރިން ފަދައިންނެވެ. ނަޝްފާވެސް އައިސް ކުޑަކޮށް ބައްދާލިއެވެ. ” ތުއްތު އާދޭ ދޯ ދެތިން ދުވަސް ފަހުން މިކޮޅަށް… ރޭގަ އަޅުގަނޑަށް ގުޅާފަ ބުނި އަންނަ ވާހަކަ… ” މިންހާ އެހެން ބުނެލިއެވެ. ” ދެން ހުރިހާ ވާހަކައެއް ދައްކަނީ މިތަނުގަ ދަރިފުޅާ… ދެން ހުރި ވާހަކަތައް ގެއަށް ގޮސް ދައްކަމާ… ހެހެހެ… ” ލުއި ހުނުމަކާއެކު އަޝްރަފް އެހެން ބުނެލުމާއެކު އެންމެނަށްވެސް ހެވުނެވެ. އަދި ދާން ހިނގާށޭ ބުނެ އެންމެން އެކުގައި އެތަނުން ނިކުތެވެ.

މާހިލް މާއިން ގޮވައިގެން ސައިކަލުގައި ނައްޓާލިއިރު ނާސިހާމެން ރަޝީދުގެ ކާރަށް އެރިއެވެ. މިންހާ އާއި ދެންތިބި މީހުން އަޝްރަފާއެކު ކާރުގައި ދިއުމަށް އެކާރަށް އަރަން ފެށިއެވެ. ” މިންނޫ… ” ކާރަށް އަރަން ކާރުގެ ދޮރު ހުޅުވާލި މިންހާގެ ކަންފަތުގައި އަޝްރާގެ އަޑު ޖެހުނެވެ. އެއާއެކު ފުޅާ ހިނިތުންވުމަކާއެކު ފަސްއެނބުރި އަޑު އައި ދިމާލަށް ބަލައިލިއެވެ. އޭރު އަވަސް ހިނގުމެއްގައި އަޝްރާ އޭނަ އާއި ދިމާލަށް އަންނަނީއެވެ. ” މިންނު… ހައުޒް ޔޫ މައި ބެސްޓީ… ހާދަ މިސްވިޔޭ މިންނު މަތިން… އައިމް ސޯ ސޮރީ ލަސްވީމަ… އޮފީހުގަ ވަރަށް ބިޒީކޮށް އުޅުނީ… ޕްލަސް ޓެކްސީއެެއް ލިބުނީވެސް ވަރަށް އުނދަގުލުން… ސޮރީ… ” އަޝްރާ އައިސް ކުޑަކޮށް ބައްދާލުމަށްފަހު މިންހާއާ ދުރުވެލަމުން ހުރިހާ އެއްޗެއް އެއްފަހަރާ ބުނެލިއެވެ. ” އިޓްސް އޯކޭ… އައިމް ފައިން… އަޝޫ ރަނގަޅުތަ… ” މިންހާ ބުނެލިއެވެ. އެއާއެކު އަޝްރާ ރަނގަޅު ކަމުގައި ބުނެ ހިނިތުންވެލިއެވެ. ” މިހާރުވެސް ނެތް ހުރެވޭކަށް މިންނު… ނާއިލް އަންނާތީ ވަރަށް ބިޒީކޮށް މިއުޅެނީ… ބައެއް ބަދަލުތައް ގެންނާތީ… އެން ރަޝީދުބެއާ ނައުޝާދުބެވެސް މިންނު އަންނަ ތަނަށް އައިއްސަދޯ… ސޯ… އަހަރެން އެކޮޅުގަ ހުރުންދޯ ބޮޑަށް ރަނގަޅު ވާނީ… އިންޝާ ﷲ އޮފީސް ނިންމާލާފަ ހަވީރުން މިންނު ގާތަށް ދާނަން… އޯކޭ… ” އަޝްރާ ވާހަކަ ދެއްކިއެވެ. ” އޯކޭ… ސީ ޔޫ ދެން… ” މިންހާ މިހެން ބުނެ ކާރާ ދިމާލަށް މިސްރާބުޖެހިއެވެ. އެއާއެކު އަޝްރާވެސް ހިނިތުންވެލަމުން އޭނަ އައި ޓެކްސީ އާއި ދިމާލަށް މިސްރާބުޖެހިއެވެ.

މިންހާ ކާރަށް އެރުމާއެކު އަޝްރަފް ކާރު ދުއްވާލިއެވެ. ކާރުގައި އިންއިރު މިންހާއަށް ލޯގަނޑުން ބޭރު ބެލެމުން ދިޔައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރަށަށް ވަނީ ވަރަށް ބޮޑު ތަރައްގީއެއް އައިސްފައެވެ. ރަށުގައި މިހާރު އެއާޕޯޓެއްވާއިރު ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެޅިފައިވެއެވެ. މަގުތަކުގައި ތާރު އަޅާ ރަނގަޅު ފެންވަރަކަށް މަގުތައް ހަދާފައިވީއިރު ބޮޑު ބައެއް ހިއްކާ ގިނަ ބަޔަކަށް ގޯތި ދޫކޮށްފައިވެއެވެ. ގެސްޓް ހައުސްގެ ވިޔަފާރިވެސް މިހާރު ރަށުގައި ފަށާފާވެއެވެ. ގެތައް ވެސް މިހާރު ގިނައިން ހުރީ ތިން ބުރި ހަތަރު ބުރިއަށް ނަގާފައެވެ. ބޮޑެތި ފިހާރަތަކާއި ޕާކުފަދަ ތަންތަން ހަދާފާވީއިރު ކިތަންމެ ތަރައްގީވެފައިވީ ނަމަވެސް ރަށުގައި އަދިވެސް ހައްދާފައިވި އެކި ކަހަލަ ގަސްގަހުން ފެހިކަން ގެނުވައިދެއެވެ. އެކި ކުލަކުލައިގެ މާ އަޅާ ގަސްތަކާއި މޭވާފަދަ ތަކެތި އަޅާ ގަސްގަސް އަދި އެހެނިހެން ބާވަތްތައްތަކުގެ ގަސް އިންދާފައި ހުންނަތަން ފެނެއެވެ. އެކަމުން ހިތްތަކަށް ހަމަޖެހުން ގެނުވައިދެއެވެ. ދިގު ދަތުރަކަށްފަހު ގެއާއި ހަމައަށް ދެވުނެވެ. ގެއާއި ހަމައަށް ދެވުމާއެކު އެންމެން އެކުގައި ކާރުން ފޭބިއެވެ. މިންހާމެނަށް ގެއަށް ދެވުނުއިރު މާހިލް ހުރީ ގެއަށް އައިއްސައެވެ. އަޝްރަފްގެ އިތުރުން މާހިލް ކާރުން ފޮށިތައް ބާލާ ގެއަށް އެއްޗެހިތައް ވެއްދުމުގައި އުޅުނެވެ. އެކަކަށްވުރެވެސް ކުރިން މައިޝާ ގޮސް އަވަސް އަވަހަށް ގޭތެރެއަށް ވަންއިރު އެކަން އެހެން މީހަކަށް އެނގުނު ހެނެެއް ހިޔެއްނުވެއެވެ.

އާދައިގެ ހިނގުމެއްގައި ހިނގާފައި ގޮސް ގެއަށް ވަން މިންހާއަށް ލިބުނު ހައިރާން ކަމުގައި އަނގަ މަތީގައި އަތް އަޅާލަމުން ދެލޯ ބޮޑުކޮށްލެވުނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ ސިޓިން ރޫމުގެ ފާރަށެވެ. ހުދުކުލަ ލެވިފައި އެފާރުގައި ދަނބު ކުލައިގެ ކަރުދާހުން އަކުރުތަކެއް ކަފާ ”ކޮންގްރެޖުލޭޝަންސް ޑރ. އައިޝަތު މިންހާ އަޝްރަފް ” ލިޔެފައިވެއެވެ. އެކި ކުލަކުލައިގެ ކަރުދާހުން ރީތި ގޮތަކަށް މަލާއި ކޮކާ ފަދަ ތަކެތި ހަދާ އެބަސްތަކުގެ ކައިރީގައި ރީތި ގޮތަކަށް ތަތްކުރެވިފައިވުމުން ހިތްގައިމު ގޮތެއް ހުރެއެވެ. ދެން މިންހާގެ ނަޒަރު ހުއްޓުނީ ސިޓިން ރޫމުގެ ބިއްލޫރި މޭޒު މަތީގައި ހުރި ޗޮކްލެޓް ކޭކަށެވެ. ހިތުގެ ބައްޓަމަށް ހައްދަފައިވި އެކޭކުގައި ގިނަ އަދަދަކަށް ކޮކޯ އަޅާފާވާއިރު ކޭކު އިތުރަށް ރީތިކޮށްލުމުގެ ގޮތުން ކޭކުގެ އެއްފަރާތުން ތަންކޮޅެއް މަތީގައި ދަނބު ކުލައިގެ ދެ ފިނިފެންމާ އައިސިންގެ އެހީގައި ހަދާފައިވެއެވެ. ކޭކު ފެނުނަސް މީހުން ކާހިތްވާހާވެއެވެ. ” މިންނު… ތިތަނުގަ ބަލަން ހުންނަނީތަ… ދޮންބެދައްތަ މިހާރުވެސް ކޭކު ކާހިތުން މިހުންނަނީ… އާދޭ އަވަހަށް… ” ހިނިތުންވެލަމުން މައިޝާ އެހެން ބުނުމާއެކު ހެވިފައި ހުރެ މިންހާވެސް ކުރިއަށް ހިނގައިގަތެވެ. މިންހާ މެދުގައި ހުރެ ކޭކު ފަޅާލިއެވެ. ކޭކު ފެޅުމުގައި ނަޝްފާމެންވެސް ބައިވެރިވިއެވެ. އެންމެން އެކުގައި ކޭކު ފަޅާ އެކަކު އަނެކަކަށް ކޭކު ލަވާ ހެދިއިރު ދެއާއިލާގެ ދެމެދުގައިވި ވަރުގަދަ ގުޅުން ފެނިގެން ދިޔައެވެ. އެގޮތުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު މިންހާ އޭނަ ގެނައި ހަދިޔާ ފޮށި ކަނޑާ އެމީހަކަށް ޚާއްސަކޮށްފައިވި ހަދިޔާ ދިނެވެ. އުފާވެރި ވަގުތުކޮޅަކަށްފަހު ނަޝްފާމެން އެނބުރި އެމީހުންގެ ގެއަށް ދިޔައީ ފަހުން އަންނާނޭ ކަމަށް ބުނެފައެވެ.

މިންހާ ތާޒާވެލަން ބޭނުންވުމާއެކު މައިޝާ އާއި ދެމީހުން މައްޗަށް އަރާ އޭނަގެ ކޮޓަރިއަށް ދިއުމަށް މިސްރާބުޖެހިއެވެ. މަންހާ އާއި މާއިން ދެކުދިންނަށް ލިބުނު ހަދިޔާ ހިފައިގެން ކޮޓަރިއަށް ދިއުމާއެކު މާހިލްވެސް އެކުދިންގެ ފަހަތުން ކޮޓަރިއަށް ގޮސް ވަނެވެ. އަޝްރަފްވެސް ތާޒާވެލުމަށް ގޮސް ފާޚާނާއަށް ވަނުމާއެކު ނާހިދާ މެންދުރުގެ ކެއުމަށް ތައްޔާރުކުރި ތަކެތި ކާމޭޒު މަތީ ތަރުތީބުކޮށް އަތުރާލާ ކެއުން ތައްޔާރުކުރުމަށް އަވަސްވެގަތެވެ. ގަދަ މުށިކުލައިގެ ދޮރު ހުޅުވާލުމަށްފަހު މިންހާ ކޮޓަރިއަށް ވަނެވެ. އެއާއެކު އޭނައަށް ވަށާއިގެން ކޮޓަރިއަށް ބަލައިލެވުނެވެ. ކުރީގެ ކޮޓަރިއަށްވުރެ މިކޮޓަރި ބޮޑުވެފައި މާ ރީތިކަމަށް ދައްކައެވެ. އެނދު ޖައްސާފައި ހުރި ފާރުގައި ދަނބު ކުލަ އާއި ހުދު ކުލައިގެ ރީތި ޑިޒައިނެއް ވާއިރު އެހެން ފާރުތަކުގައި ވަނީ ރީތި ދަނބު ކުލައެއް ލައިފައެވެ. ދޮރު ފޮތިތަކާއި ފަރުނީޗަރުތައްވެސް ހުރީ އެދެކުލައިންނެވެ. ކޮޓަރިއަށް ވަންނައިރު އެއްފަރާތުގައި ބޮޑު ދަނބު ކުލައިގެ ސޯފާއެއް ހުރިއިރު ސޯފާގައި ހުދާއި ދަނބު ކުލައިގެ ރީތި ޑިޒައިނެއް އެކުލެވޭ ކުޝަންތަކެއް އަތުރާލާފައިވެއެވެ. ސޯފާގެ އެއްފަރާތުގައި ބޮޑު ފޮތް ހަރުގަނޑެއް ހުރިއިރު ޖެހިގެން ހުރީ އިސްތިރިކުރާ މޭޒެކެވެ. އެނދުގައިވެސް އަޅާފައިވަނީ ދަނބު ކުލައިގެ ފިނިފެންމާތަކެއް ޖަހާފައިވި ބެޑް ޝީޓެކެވެ. ބްލޭންކްޓްވެސް ދަނބު ކުލައިގައި އޮތްއިރު ހުދާއި ދަނބު ކުލައިގެ ރީތި ކުރެހުމެއް އެކުލެވޭ ތިން ކުޝަން ބާލީސްތަކުގައ ޖައްސާ ތަރުތީބުކޮށް އަތުރާލާފައިވެއެވެ. ކޮޓަރީގައި ފުލް ބެޑް ރޫމް ސެޓެއްގެ އިތުރުން ފަތި ޓީވީއެއްވެސް ހަރުކުރެވިފާވެއެވެ. އެކޮޓަރީގެ ރީތިކަން އިތުރުކޮށްދެނީ އެކި ކުލަކުލައިގެ މާތައް ޖަހާފައިވި ވާސްތަކުގެ އިތުރުން މިންހާ ހޯދާފައިވި ހަނދާނީ ފިލަ އާއި ތަށި ފަދަ ތަކެތި ތަރުތީބުކަމާއެކު ބެހައްޓާފައި ހުރުމުންނެވެ. މިފަހަރުގެ ކޮޓަރިވެސް ހަދާފައިވަނީ ބެލްކަންޏަށް ނުކުމޭ ގޮތަށެވެ. މިންހާ ބެލްކަންޏަށް ނިކުމެ އެތަނަށްވެސް ނަޒަރު ހުއްޓާލިއެވެ. ބެލްކަނީގައި ހިޔާކޮށްފައިވި ތަންކޮޅުގައި ހުދު ކުލައިގެ އުނދޯއްޔެއް އިނެވެ. އާދައިގެ މަތިން ބެލްކަނީގެ އެކި ތަންތަނުގައި އެކި ކުލަކުލައިގެ ރީތި މާތައް ފޮޅިފައިވި މާގަސްތައް ޕޮޓްޓަކުގައި އިންދާފާވެއެވެ. މުޅި ބެލްކަނީގައިވެސް ހިފާލާފައިވަނީ އެމާމެލާމެލީގެ މީރު ވަހެވެ. ހިތްތަކަށް ހަމަޖެހުން ގެނުވައިދޭނެފަދަ ފުރިހަމަ މަންޒަރަކަށް އެމަންޒަރުވެގެން ދިޔައެވެ. ” އައި ލަވް އިޓް ދޮންބެދައްތާ… ވަރަށް ރީތި… ” ކޮޓަރި ތެެރެއަށް ވަންނަމުން މިންހާ މައިޝާއާ ވާހަކަ ދެއްކިއެވެ. ”މިންނުއަށް ކަމުގޮސްފިއްޔާ ތިވީ… ” މައިޝާވެސް ހިނިތުންވުމެެއްގައި ހުރެ ބުނެލިއެވެ. މައިޝާގެ އެހީތެރިކަމާއެކު މިންހާ ވަރަށް އަވަހަށް އޭނަގެ އަންނައުނުތައް އަލަމާރިއަށް ލައި ރީތިވާން ބޭނުންކުރާ ސާމާނުތައްވެސް ޑްރެސިން ޓޭބަލްގެ މަތީގައި ތަރުތީބުކޮށްލިއެވެ. މައިޝާ އެކޮޓަރިން ނިކުތީ މިންހާ ގާތު ފެންވަރާ ތާޒާވެލައިގެން އަވަހަށް ކާން އައުމަށް ބުނެފައެވެ.

މައިޝާ ދިޔުމާއެކު މިންހާ ފެންވަރާ ތާޒާވެލިއެވެ. ގޭގައި އުޅޭއިރު ލައި އުޅޭ ކަހަލަ އޮރެންޖު ކުލައިގެ ހެދުމަކާއި ކަޅު ކުލައިގެ ޓައިޓެއް ލައި އާދައިގެ ތިނެސްކަން ބުރުގަލެެއް އަޅާ ކުޑަ ގޮތަކަށް ތައްޔާރުވެގެން އަވަހަށް ތިރިއަށް ފޭބީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ތިރިއަށް ފޭބިއިރ އެންމެން ސިޓިން ރޫމުގައި އޭނަގެ އިންތިޒާރުގައި ތިއްބެވެ. މިންހާ އައުމާއެކު އާއިލާ އެކުގައި ކާކޮޓަރިއަށް ގޮސް ވަނެވެ. މިންހާ ފެން އަޅަން އުޅެން ފެށުމުން ނާހިދާ އެކަން މަނާކޮށް އިށީނުމަށް ބުނުމާއެކު މިންހާ އޭނައަށް ޚާއްސަ ކުރެވިފައިވި ގޮނޑީގައި އިށީނެވެ. އެއާއެކު ނާހިދާ ފުރިޖްގެ ދޮރު ހުޅުވާލާ ކޮންމެ މީހަކަށް އަނބު ޖޫސް ތައްޓެއް އަޅާލަދިނެވެ. މިންހާގެ ތައްޓަށް އެޅުމާއެކު ލަސްނުކޮށް މިންހާ އޭގެން އެތިފޮދެއް ބޯލިއެވެ. ހުތް އަނބު ފަންޏަކީ އޭނައަށް އަބަދުވެސް ވަރަށް ކަމުދާ ބުއިމެކެވެ. ތަށިތަކުގެ މަތި ނެގުމާއެކު މިންހާގެ ކުޅު ދިޔާވިއެވެ. އެތައް ދުވަހަކަށްފަހު މަންމަގެ އަތުން ތައްޔާރުކުރި މީރު ކެއުން ބަނޑު ފުރެންދެން ކާލިއެވެ. މެންދުރުގެ ކެއުމަށްފަހު މިންހާ ބޭނުންވީ އަރާމުކޮށްލާށެވެ. އެހެންކަމުން ކައި ނިންމުމަށްފަހު މިންހާ އޭނަގެ ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެލިއެވެ. ދަތުރު ކުރުމުގެ ސަބަބުން ހަށިގަނޑަށް ވެރިވފައިވި ލޮނޑުކަމާއެކު މާގިނައިރެއްނުވަނީސް އަރާމު ނިންޖެއްގެ ތެރެއަށް މިންހާ ގެނބިގެން ދިޔައެވެ. އޭރު ނިދި ގޮތަށް މިންހާއަށް ހޭލެވުނީ ހަވީރު ފަސް ގަޑި ސާޅީސް ހާއިރުއެވެ. އެނދުން ތެދުވެ އަވަހަށް ފެންވަރާލައިގެން ތިރިއަށް ފޭބިއެވެ. ގޭތެރޭގައި އެކަކުވެސް ފެންނަން ނެތުމާއެކު މިންހާ ސިޓިންރޫމުގެ ސޯފާގައި އިށީންދެ ޓީވީ ހުޅުވާލިއެވެ. މާގިނަ އިރެއްނުވަނީސް ނާހިދާ އޭނަގެ ކޮޓަރިން ނިކުމެ ސިޓިންރޫމަށް އައެވެ. ”މަންމަ ގޭގަތަ… އަޅުގަނޑު ހީކުރީ އެކަކުވެސް ގޭގަ ނޫޅޭކަމަށް… ” ނާހިދާ އައިސް ސޯފާގައި އިށީނުމާއެކު މިންހާ ބުނެލިއެވެ. ” އާނ… މަންމަ ގޭގަ މިއުޅެނީ… ބައްޕަގެ ގަމީސް ކޮޅަކާއި ފަޓުލޫނުތައް އިސްތިރިކޮށްލީ… ބައްފަ އަޞުރުން އައި ގޮތަށް ދިޔައީ އަރީފްބެއާއެކު ކޮފީއަކަށް… އޭރު ދިޔަ ގޮތަށް އަދި ނާދޭ ގެއަކަށް… ދޮންބެމެން ވެއްޖެ މަންކޮމެން ގޮވައިގެން ބޭރަށް ގޮއްސަ… މަންކޮއާ މާއްކޮއާ އުޅުނު ވަރަކުން ދަރިފުޅު ނުހޭލައިގެން… ދޮންތީވެސް ގޮވައިގެނޯ ހިނގާލަން ދާނީ… ” ނާހިދާ އެހެން ބުނުމާއެކު މިންހާ ހިނިތުންވެލިއެވެ.

” އަދި ހަނދާން ނެތިފައޭ މިހުރީ މަންމަ… އަޝޫ އައޭ ދަރިފުޅު ހޯދަން… މަންމަ ބުނިން ކައިގެން އަރާމުކޮށްލާށޭ ދިޔައީ… ނިދުނީހެނޭ ހީވަނީ… ބުނީމަ ބުނި މިރޭ އަންނާނަމޯ… ” ނާހިދާ އަޝްރާ އައި ހަނދާންވުމާއެކު ބުނެލިއެވެ. ”އާނ… އަޅުގަނޑު ގާތު ކުރިން ބުނި އަންނާނަމޭ… އެކަމަކު ވަރުބަލުވެފަ ހުރި ވަރުން ޖައްސާލެވުނީ… ” މިންހާ ޖަވާބުގައި ބުނެލިއެވެ. ދެން އެދެމެދުގައި ދެކެވިގެން ދިޔައީ މިންހާގެ ވަޒީފާގެ ވާހަކައެވެ. މާދަމާ ވަޒީފާއަށް ނިކުންނަން ޖެހޭކަން ފާހަގަ ކުރުމާއެކު ނާހިދާ އޭނަގެ ދަރިފުޅަށް ވަރަށް ނަސޭހަތްދިނެވެ. މަސައްކަތުގެ މާހައުލުގައިވެސް މީހުނަށް އޯގާތެރިވެ ކެތްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްކުރުމަށް ހަނދާންކޮށްދިނެވެ. ކުރާ ކޮންމެ މަސައްކަތެއްވެސް ކުރާހިތުން ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކީ ކުރުމަށް ނަސޭހަތްދީ އަބަދުވެސް އެހެން މީހުނަށް އިޙުތިރާމްކުރުމަށް ހަނދާންކޮށްދިނެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން މިންހާ އޭނަގެ މަންމަގެ ކޮންމެ ނަސޭހަތެއް ހިތުން ގަބޫލުކުރާ ހާލު ބޯޖަހާލައެވެ. ދެމައިން ވާހަކައިގައި ތިއްބާ މާހިލްމެން އައިސް ވަނެވެ. މާހިލްމެނާއި ދާދި އެކުއެކީގައި އަޝްރަފްވެސް އައުމާއެކު އެންމެންވެސް މިސްރާބުޖެހީ ހަވީރުގެ ސަޔަށް އިންސާފުކުރުމަށެވެ. މިއަދުގެ ކޮންމެ ކެއުމަކަށްވެސް ތައްޔާރުކޮށްފައި ވަނީ މިންހާއަށް އެންމެ ކަމުދާ ތަކެއްޗެވެ. ސަޔަށަ އިންސާފުކުރަމުން ދިޔައިރު ކުޑަކުޑަ މާއިންގެ ވާހަކަތަކުން އެންމެންގެ ތުންފަތުގައިވެސްވީ ހިނިތުންވުމެކެވެ.

ރޭގަނޑު ވަގުތެވެ. މިންހާ އާއި އަޝްރާ ތިބީ މިންހާގެ ކޮޓަރީގައެވެ. އެތައް ދުވަހަކަށްފަހު ދެއެކުވެރިން ބައްދަލުވުމުން ދައްކާނެ ވާހަކަވެސް ހުންނާނެތާއެވެ. ކޮންމެ މީހަކުވެސް ދިޔައީ މިވޭތުވެދިޔަ ދުވަސްތަކުގައި ކަންތައް ހިނގާދިޔަ ގޮތް އެކަކު އަނެކަކާ ހިއްސާކުރަމުންނެވެ. ވޭތިވުދިޔަ ހަތްއަހަރު ހޭދަވެގެން ދިޔަ ގޮތް އެންމެ ގާތް އެކުވެރިޔާއާ ހިއްސާކުރަމުންނެވެ. ވާހަކަ ތަކުގައި ތިބި ދެމީހުންވެސް ސިހުނީ އަޝްރާގެ ފޯނުގެ ރިންގުގެ އަޑަށެވެ. ” ނައުޝާދުބެ… މިގަޑީގަ… ” ފޯނުގެ ސްކްރީނަށް ބަލައިލި އަޝްރާއަށް ސުވާލުން ފުރިގެންވީ ފަދައިން ބުނެލެވުނެވެ. ” ފޯނު ނަގާބަލަ ދެންވެސް… އޭރުންނެއްނު އިނގޭނީ ކިހިނެއްވީކަން… ” މިންހާ އެހެން ބުނުމާއެކު އަޝްރާ ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. އެކޮޅުން ނައުޝާދު ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އަޝްރާގެ މޫނު މަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. ނައުޝާދުގެ ފޯނު ކޯލަށްފަހު ފޯނު ބޭއްވިއިރު އަޝްރާގެ މޫނު މަތިން ފެންނަމުން ދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ”އަޝޫ… ކިހިނެއްވީ… ” އަޝްރާގެ މޫނު މަތީގެ ކުލަވަރު ހުރި ގޮތުން މިންހާ ސުވާލުކޮށްލިއެވެ. ”ނާއިލް އައުން އަވަސްވެއްޖެއޯ މިހާރު… މިރޭ ރާއްޖެ އައިސް މާދަމާ މިކޮޅަށް އަންނަ ގޮތަށް… އޭގެ އަނެއް ދުވަހުނ އޮފީހަށް ޖޮއިންކުރޭ… މާދަމާ ވަރަށް ބިޒީވާނެޔޯ… ސޯ ބީ ޕްރިޕެއާޑްއޭ ބުނީ… ” ނުތަނަވަސްވެފައިވި އަޝްރާ އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ. ” އޯހް… ވާއު… ދެޓްސް ގްރޭޓް… ތުއްތުއާ މީޓް ނުވާތާ ހާދަ ދުވަހެއްވެއްޖެއޭ… ” އުފާވެލާފައި އިނދެ މިންހާ ބުނެލިއެވެ. ” ދެޓްސް ނޮޓް ގްރޭޓް ފޯ މީ… އޭނައާއެކުއޭ ދެން އަހަރެން ވޯކް ކުރަންޖެހޭނީ މިންނު… އެންމެ ފުރަތަމަވެސް އެއްޗެހި ކަންނޭނގެ ކިޔާނީ… މަށަށް ހީވަނީ އަބަދު އަހަރެމެން ދެމީހުން ޖެހޭނީ ދެބަސްވާންހެން… އައި ވޮންޑާ ހައު ކުޑް އައި ޓޮލަރޭޓް ހިމް އެއިޓް އަވާސް… ” މިފަހަރުވެސް އަޝްރާ ވާހަކަ ދެއްކީ ނުތަނަވަސްވެރިކަމާއެކުގައެވެ. ” އޯ ހޯ… ސާބަސް އަޝޫއަށް… މިހާރު ތިވަރު ވަންޏާ ތުއްތު ކުރިމަތީގަ ހުންނައިރު ކިހާ ވަރެއް ވާނެ… ރިލޭކްސް… ހަތްއަހަރު ފާއިތުވެ ދިޔައީ މިހާރު މިހެން ކަންތައްވަމުންދާތާ… އަހަރެމެން ދެމީހުނަށްވެސް މިހާރު ގަބޫލުކުރެވެއެއްނު އޭރު ކަންތައްކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން… އަހަރެމެން ދެމީހުންވެސް ބޭނުންވަނީ އަހަރެމެން ހަތަރު މީހުންގެ ދެމެދުގަ ކުރީގަ އޮންނަފަދަ ރަހުމަތްތެރިކަމެއް އޮންނާކަށްނު… ހަމައެގޮތަށް ތުއްތު އާ އާންވެސް ބޭނުންވެދާނެއެއްނު… އެން އަހަރެމެނަށް މިސްޓޭކެއް ހެދުނީމަ އެކަމަށް މަޢާފަށް އެދެން ޖެހޭނީވެސް އަހަރެމެންދޯ… ލެޓްސް ސީ ވަޓް ހެޕެންސް… ” މިންހާ އޭނައަށް ފެންނަ ގޮތް ހާމަކުރިއެވެ. އަޝްރާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެރޭ އަޝްރާ ގެއަށް ދިޔައީ އެތައް އިރަކު މިންހާއާ ވާހަކަ ދައްކަން އިނދެފައެވެ. އަޝްރާ ދިޔުމާއެކު މިންހާ އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން ނިދަން އޮށޯތެވެ. މާދަމާއަކީ ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަހަށްވުމުން ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަވާން ބޭނުމެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނެކަމުގެ އުއްމީދުގައި ނިދާލުމަށް މިންހާ ދެލޯ މަރާލިއެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ދިނީ ޒަހަރު…. 22

Next

ބުނާށޭ ލޯބި ނުވަނީހޭ…..7

Next
February 19, 2019

ބުނާށޭ ލޯބި ނުވަނީހޭ…..7

Previews
February 19, 2019

ދިނީ ޒަހަރު…. 22

55 Comments!

  1. ifoo says:
    February 19, 2019 at 7:27 pm

    Salaam dear readers ???❤️❤️❤️… Here is the next part ???… Hope all will like this part too n feel free to comment your views ???… Next part In Sha Allah Friday night ga ???… Thankyou soooooo much all for the support n love ❤️❤️❤️?????????… Love you all my readers ???❤️❤️❤️??????…

  2. Poop?? says:
    February 19, 2019 at 7:27 pm

    Waah
    V salhi
    Next part…….

    1. ifoo says:
      February 20, 2019 at 9:39 am

      Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah Friday night ga ???… Keep waiting ???…

  3. Scarlet says:
    February 19, 2019 at 8:06 pm

    Very nice ifoo ?? but expected more but balive ulhemun vx mivaru kohdhinyma v v v bodah thanks ❤️❤️ And gws ?? can’t wait to know what’s coming next !!!!

    1. ifoo says:
      February 20, 2019 at 9:43 am

      Scarlet ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… Alhamdhulillah now I am totally fine… So next part mi part ah vure ragalhu kureveythr v bodah masaikah kuraanan In Sha Allah ???… Next part In Sha Allah Friday night ga???… Keep waiting ???… Much loves from me ❤️❤️❤️?????????…

  4. Sidu says:
    February 19, 2019 at 8:19 pm

    Ifoo haalu rangalu kama umeedhu kuran.varah reethi mi part vess

    1. ifoo says:
      February 20, 2019 at 9:44 am

      Sidu ❤️❤️❤️… Alhamdhulillah ifoo mihaaru ragalhu ???… Ummeedhukuran sidu ge haaluvx ragalhu kamah ???… Thankyou soooooo much for the support ❤️❤️❤️?????????…

  5. mailyn says:
    February 19, 2019 at 8:27 pm

    GWS SOON IFOO..
    VAAHAKA AH V CURIOUS KOH INTHIZAARU KURAN…

    1. ifoo says:
      February 20, 2019 at 9:46 am

      Mailyn ❤️❤️❤️… Thankyou soooooo much dear n alhamdhulillah I’m totally fine now ❤️❤️❤️?????????… Keep waiting ???…

  6. Someone says:
    February 19, 2019 at 8:33 pm

    Yai…aakhirakaar..ap..jaisa ki aamataur par kahaanee kamaal kee thee aapako

    1. ifoo says:
      February 20, 2019 at 9:47 am

      Someone ???… Hehhe ???… Thankyou ❤️❤️❤️?????????…

  7. Haxoo says:
    February 19, 2019 at 8:34 pm

    It’s so great. V v v reethii mih part ves?. I’m waiting for next part. ❣️

    1. ifoo says:
      February 20, 2019 at 9:49 am

      Haxoo ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting ???…

  8. Saajy says:
    February 19, 2019 at 9:03 pm

    Wow salhi hama.. Ifoo kihineh tha?? ????

    1. ifoo says:
      February 20, 2019 at 9:51 am

      Saajy ❤️❤️❤️… Alhamdhulillah ifoo hama v ragalhu ???… Hope you are fine ???… Thankyou soooooo much ❤️❤️❤️?????????…

  9. jiji says:
    February 19, 2019 at 9:26 pm

    Ifoo sis ge haalu kihineh tha????…jiji ge haalu rangalhu ingey In Sha Allah???..as usual mi prt vx vrh reethi..kiyaa hithun indha nimuny..hehe.. ❤❤❤ sifakurunthah hama best ingey..mihaaru remaining kithah prts ebain sis????..
    Ehenvyma Friday night ah dhw wait kuran mi jehuny..hehe..mi comment jiji ge ehn comment hn dhigu nuvedhaane ❣️❣️❣️..ifoo aa talk kohlan beynunvaa thy thankolheh kury dhuvahaku I asked Admin to give ur number..he said he will give but adhivx nudhey..so sad????..ehenvyma ifoo aa meet kohleveyne dhuvahakah inthizaaru kuraanan..jiji ah vure bodu kujjakah viyas???..LY sooooooo Much ???

    1. ifoo says:
      February 20, 2019 at 9:56 am

      Jiji ❤️❤️❤️… Alhamdhulillah ifoo v ragalhu ???… Thankyou soooooo much for the support ???❤️❤️❤️??????… V v v ufaavehje ???… Yahh… You have to wait for Friday night ???… It’s ok jiji comment kuruviyas… Comment kohleema v ufaavehje ???… Ehentha… So now ifoo admin gaathu bunelaifin ifoo ge number ah ehvx reader eh request kohfinama ifoo ah number fonuvaaladhinumah… So number libunuhaa avahah In Sha Allah message eh kohlaanan ???… Heheh… How old are you jiji??? ???… Much more loves from me ❤️❤️❤️?????????…

    2. jiji says:
      February 20, 2019 at 1:23 pm

      Ifoo sis ge number libunyma private koh bunelaanan In Sha Allah..??????hama ekamu aharemen dhemeehunneh noonehnu hama ekani mi site ga ulheny..????so ehnveyma sis ge number libunyma bunelaanan private koh..OKon? ????????

    3. ifoo says:
      February 23, 2019 at 7:44 am

      Yesss jiji ???…

  10. Shehe says:
    February 19, 2019 at 9:52 pm

    This part was so nice ❤❤❤❤❤❤curiously waiting for the nxt part

    1. ifoo says:
      February 20, 2019 at 9:57 am

      Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…

  11. Naum says:
    February 19, 2019 at 10:00 pm

    Ifoo…how are you now? Hope you are well now..??.. story is fab hama..???…
    Waiting for aan..??..
    Much love…????????.. and get well soon

    1. ifoo says:
      February 20, 2019 at 9:59 am

      Naum ❤️❤️❤️… Alhamdhulillah I’m totally fine now ???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting ???… Much more loves from me ❤️❤️❤️?????????…

  12. @Ikleel says:
    February 19, 2019 at 10:18 pm

    Its here again…❤❤???…Just wow dear…❤❤????…Mi part vex vrh reethi ingey….❤❤????
    Sifa kohfa hunna goiy vrh kamudhey..❤❤????…Koba aan..?? Kon irakun aan ge habareh vaany..?? ❤❤????…Alhe aan and minnu gulhuvaba…❤❤????.. Hope it happened soon..❤❤????…Kobaa shamha men mihaaru…❤❤????…Hope next part ga e myhunge habareh vaane kamah..????….Keep it up dear ifoo..❤❤????…God bless you dear…❤❤????…Wish you all the best…❤❤????…Waiting for next parr..❤❤????…Much loves dear ifoo…❤❤????
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

    1. ifoo says:
      February 20, 2019 at 11:49 am

      @Ikleel ❤️❤️❤️… Thankyou soooooo much for the support ❤️❤️❤️?????????… It means a lot for me ???… Aaan menn ge habareh vx vaane adhi ???… Keep waiting ???… Much loves ❤️❤️❤️?????????…

  13. Faimu says:
    February 19, 2019 at 10:27 pm

    Masha Allah ?? hama eh vanaige vhk eh mii vrh salhi hama vrh salhi❤❤❤ Superb ❤❤??❤ Ifoo thi hama vhk liyan rangadeh✨✨ Keep up the Good Work dear ?❤❤Masha Allah❤ You are Amazing on this ????❤

    1. ifoo says:
      February 20, 2019 at 11:51 am

      Awwwwnn ❤️❤️❤️???… Haadha loabi comment ekey ???… V v v ufaavehje ???… Thankyou soooooo much Faimu ❤️❤️❤️?????????… It means a lot for me???… Once again thankyou so much n much more loves from me ❤️❤️❤️?????????…

  14. A..na says:
    February 19, 2019 at 11:12 pm

    Ifoo are you ok now??? Be in a gud health dear…this part is also very nice. Thihaa balive ulhemunves stry up kohdhinathy and for your work i hats off to u….☺☺???????????????????????????☺☺☺

    1. ifoo says:
      February 20, 2019 at 11:52 am

      A..na ❤️❤️❤️… Alhamdhulillah ifoo mihaaru ragalhu ???… I hope you are fine ???… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Much more loves from me dear ❤️❤️❤️?????????…

  15. Maai says:
    February 20, 2019 at 9:30 am

    Mashaa allah…yor are the one of the best young writer in this site..???? I appreciate your hard work.. ???.keep it dear…???..
    Story is amazing… i hope…naail and ashra will be together soon..lots of love from me…
    “yours big fan maai”

    1. ifoo says:
      February 20, 2019 at 11:55 am

      Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… Ur so sweet dear ???… It means a lot for me ???… Asluvx v v v ufaavehje ifoo ???… V v v ufaavehje ehaa big fan eh libunyma ???❤️❤️❤️… Let’s see what happens ???… Much more loves from me dear ❤️❤️❤️?????????…

  16. rifoo says:
    February 20, 2019 at 4:21 pm

    alhey ifoo.. adhi mi kiyuny.. story varah varah reethi.. kihineh baa dhw dhen vaany?? kobaitha aan??

    1. ifoo says:
      February 22, 2019 at 9:54 pm

      Rifoo ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje comment kohleema ???… Aaan vx ulheyne ???… Let’s see ???… Much more loves from me ❤️❤️❤️?????????…

  17. Naju says:
    February 20, 2019 at 4:31 pm

    Just wow dear ??? Ifoo mi partvx v v v rythi ingey ❤❤❤???… n I hope dhn avahah aan n minnu gulhaavane kamah plus naaif n ashravx ??????… Keep up the good work dear I really appreciate ingey balikoh ulhemunvx up kohladhinyma ??????… v v v happy ur sooo nice ??????… curiously waiting for the next ??????… much n more loves ⭐⭐⭐???☀☀☀???

    1. ifoo says:
      February 22, 2019 at 9:56 pm

      Naju ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Ifoo v v v ufaavehje ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…

  18. Eyna ge girl ? says:
    February 20, 2019 at 6:53 pm

    Adhi mikiyuny alhugadah vx..ifoo next thankolheh avahah jeheyny igey up kuran..bcox last part thankolheh Las v ma???????? ??..mi part vx vvvvvvvvvvvv nice.????hope next part will like this too..take care

    1. ifoo says:
      February 23, 2019 at 6:13 am

      Thankyou soooooo much girl ❤️❤️❤️?????????… V v v ufaavehje ???… Now next part kiyaaleveyne ???… Much more loves from me ❤️❤️❤️?????????…

  19. Yaax says:
    February 20, 2019 at 8:48 pm

    Wow nice

    1. ifoo says:
      February 23, 2019 at 6:13 am

      Yaax ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…

  20. Livy says:
    February 20, 2019 at 10:44 pm

    Hello dear ❤❤❤ How are you ? Livy iraadha kurevviyya better ingey.. ?? varah varah reethi story hama.. Hama 100 ????Hama next part ah inthizaaru kollany mi ???? aloof men ge habareh next part ga genesdhehchey.. Aan ves ??❤❤❤ Lots of love ??????❤❤❤???????????????

    1. ifoo says:
      February 23, 2019 at 6:15 am

      Hello livy ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje dhuvaskolheh fahun vx livy ge comment fenunyma ???… Let’s see what happens ???… Now next part kiyaaleveyne ???… Much more loves from me dear ❤️❤️❤️?????????…

  21. muslim says:
    February 21, 2019 at 2:01 pm

    i am a really big fan of this story, tho i never commented….. just couldnt stop myself when i read this part…. just wanted to tell u that ur the best… ur the best of the best…..i simply love this story…. and a nice cover pic tooo…. hageegathugaves mi story kiyaafa varah gina kankamah inspire vi… mi story aky mi mujuathamauge varah gina kudhinnah filaavalhuthakeh libigen dhaane story eh hen varah heevey… ifooo use kuraa fashuvi ibaaraaithah mihaaru annaniii dhuvahun dhuvahah ithuruvamun… Ma Sha Allah…. i try to use them in my dhivehi… i simply love it…. may Allah make u a successful writer and may he make u among his beloved onessss….. ONCE AGAIN…… IFOO, U ARE THE BEST

    1. ifoo says:
      February 23, 2019 at 7:12 am

      Awwwwnn ❤️❤️❤️???… So sweet ???… Muslim ge comment kiyaalaafa ifoo mihury hama bunaane ehchehvx neyngifa ufalun goss ❤️❤️❤️???… V v v ufaavehje ingey asluvx comment kiyaalaafa ???… V bodah encourage vehje ???… Once again thankyou so much for the supportive comment ❤️❤️❤️?????????… It means a lot for me ???… Hope to see ur comment more often ???… N may Allah fullfill all your dreams ❤️❤️❤️?????????…

  22. Sidu says:
    February 21, 2019 at 4:30 pm

    Varah ufaa veje ifoo haalu rangalu veema. Sidu haalu varah rangalu.muslim thi bunee varah rangalu vaahaka ye mi vaahaka vaane hama filaavalaka.muslim aekamu aee funko vissnaa kudin na.ifoo keep it up

    1. muslim says:
      February 21, 2019 at 8:37 pm

      true Sidu!

    2. ifoo says:
      February 23, 2019 at 7:14 am

      Sidu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ❤️❤️❤️???… Much more loves from me ❤️❤️❤️?????????…

  23. suha says:
    February 21, 2019 at 7:07 pm

    very nice… ifoo keep it up..

    1. ifoo says:
      February 23, 2019 at 7:20 am

      Suha ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…

  24. suha says:
    February 21, 2019 at 7:09 pm

    konirku tha part 30 upload vaany… can’t wait.. reethi kmun hama kiyaa hiyy vany

    1. Ishaaa ishu says:
      February 22, 2019 at 6:17 pm

      NEXT PART MIREY OOH IFOO BUNY INSHAA ALLAH

    2. ifoo says:
      February 23, 2019 at 7:21 am

      Last night I have uploaded the story ???… Now you can read it ???… N thankyou ishaaa ishu ???…

  25. ~~ItsMe~~ says:
    February 22, 2019 at 5:07 pm

    V reethi story???

    1. ifoo says:
      February 23, 2019 at 7:41 am

      Thankyou soooooo much ❤️❤️❤️??????????… It means a lot for me ???….

  26. unique says:
    February 22, 2019 at 5:34 pm

    cant wait for the next part its so interesting exams feheythy unique ah vaahaka kiyanvx time eh nulibey
    just mikiyaalevuny
    heheh
    missed ifoo n the story

    1. ifoo says:
      February 23, 2019 at 7:43 am

      Unique ❤️❤️❤️… Thankyou soooooo much ❤️❤️❤️??????????… It means a lot for me ???…. Missed your comments ???… Much more loves from me ❤️❤️❤️?????????… N now next part kiyaaleveyne ???…

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 30←


All Right Reserved!