ރަންކަމާ….. އެކަނިވެރި ޙަޔާތުގާ މަށާ ދިމާވި ކުއްޖަކާ ވެވިއްޖެ ލޯބި ގަސްތަކާ ނުލާ މަ ހުއްޓަ މަސްތުގާ ހީތަކަށް މަ ހެއްލިފާ ލަދު އޮތީމަ ހިތްފުރާ ވީމެ މަންމަނެއް ފަދައިން ދުރުވެފާ މަ ބަސްތަކާ ވީމަ ކަން މިހެންވެފާ ކުރިމަތީގަ ވީ ތުރާ ހިއްސުތައް މަގޭ ބުނާ ނުވާނެޔޭ މަށަށް ގިރާ ދުވަސްތަކެއް އެތައް ހިނގާ ކުރިއެރުން މަށަށް ނުވާ ކުރި އެކީ ބެދެން ފަށާ ވެއްޖެ ގޮތް މަ ހުސްވެފާ […]
އެޒުވާނާއެހެން ބުނުމުން ލީން ބުނެލީ ” މަންމަ ވީ ބަދިގޭގަ މިގޮވައިލަނީ….” ބުނުމައްފަހު ދެން ދިޔައީީ މަންމަ ގާތަށެވެ.މަންމަ އަައް އެޒުވާނާ ފެނުމައިކު ހީލިއެވެ.”އަނހާ ޒައިން އަދި ޒާން ކިހިނެއް ވީ….. ކަމެއް ބޭނުންވީތަ؟….”ލަތީފާބުއްޔެވެ. ”ނޫން ހަމަ އައިސްލީ…. ދައްތަ ނުފެންނާތީ…. ” ޒައިން ބުއްޔެވެ.ލީންވެސް ވަހާކަ ދެއްކިއެވެ. ”ތި ކާކު އަހަރެން ނުދަންނަން… އެކަމް މަންމަ ތިބުނީ ރައްޓެއްސެކެ….އެހެންނެއް ނުވާނެ…” ލީން ބުއްޔެވެ.”މަންމަ ދަރިފުޅުކާރީ ނުބުނަން މި ޒަަަަައިން ވާހަކައެއް……” ލަތީފާ ބުންޔެވެ. ވާހަކަ […]
އިރުގެ އަލިކަން ނިދިފައި އޮތް ލީންގެ މޫނައް އެރިއެވެ. އިރުގެ އަލިކަން ލީންގެ މޫނައް އުދަނގޫ ކުރާތީ ލީން އަށް ހޭލެވުނެވެ. ދެން ބަލައިލެވުނީ ފޯނުގެ ވައިބުރޭޓް އަޑަށެވެ. އެ ވަގުތު ކަޅި ހުއްޓުނީ ނަޝްވާގެ މެސެޖްއަށެވެ. މެސެޖް ގައި އޮތީ ” ލީން އައި ނީޑް ޔުއަރ ހެލްޕު ބިކޯޒް ނައު މައި މޮމް އިޒް ސިކް” ލީން އަށް އެ މެސެެޖު ފޮނުވީ ނަޝްވާއެވެ. ލީން މޫނު ދޮވެލައިގެން ދިޔައީ ނަޝްވާމެންގެ ގެއަށެވެ. ދިޔައިރު […]
މީރާގެ އަސަރުގަދަ ސިޓީ ކިޔުމައްފަހު މަރިޔަމް ދިޔައީ ހޮސްޕިޓަލަށެވެ.މަރިޔަމް އަށް ދެވުނު އިރު މީރާ ވަނީ މި ދުނިޔެ އާވަކިވެފައެވެ. ކެންސަރުގެ ބައްޔައް ފަރުވާ ނުލިބުމުގެ ސަބަބުންނެވެ. **ނިމުނީ… {މަންމަ ދޭހާ ހެޔޮ ނަސޭހަތް އަޑު އަހާށޭ… ދުނިޔޭގަ ހުރި ވަގުތުގެ ބޭނުން ހިފާށޭ…..}
އަރައިގެން އައި އިރުގެ ދޯދިތައް ރަޝާގެ މޫނަށް އެޅިފައިވެއެވެ. ކުޑަކޮށް އިސްޖަހާލީ އިރުގެ ދޯދިތައް އޭނާގެ ލޮލަށް ގޯނާކުރާތީ އެއިން ސަލާމަތްވުމަށެވެ. އަބަދުވެސް ފަތިސްނަމާދު ކޮށްލައިގެން ހޫނު ކޮފީތައްޓެއް ހިފައިގެން އޭނާ ގޮންޑުދިށަށް ނުކުމެއެވެ. އެބީދައިން މިޔަދުވެސް އޭނާ އިށީންދެލައިގެން އިނީ ކޮންމެދުވަހަކުވެސް އިންނަ ގަސްދޮށުގައެވެ. ކޮންމެދުވަހަކުވެސް އިރުއަރަނީ އޭނާ އެތާންގައި އިންދައެވެ. އިރު އަރާ މަންޒަރަކީ ރަޝާ އަބަދުވެސް ނިކަން ބަލާހިތުން ބަލާ މަންޒަރެކެވެ. ކޮންމެ ދުވަހަކު ބެލިކަމުގައިވިޔަސް، ބަލާ ފުހިނުވި މަންޒަރެކެވެ. އެރީތި މަންޒަރު […]
ހަތް އަހަރު ފަސް………. ކަޅު ކުލައިގެ ޓެކްސީ އައިސް މަޑުކޮށްލީ ފަސް ބުރިއަށް ނަގާފައިވި އިމާރާތެއްގެ ކުރިމައްޗަށެވެ. ޓެކްސީ މަޑުކޮށްލުމާއެކު އޭގައި އިން އަންހެން ކުއްޖާ ޓެކްސީގެ ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ޓެކްސީއިން ފޭބިއެވެ. އެކުއްޖާ ލައިފައިވަނީ ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމެކެވެ. ހެދުމުގެ އަތުކުރިއަށް ހިމަ ރަބަރެއްލައްވާފައިރު ހެދުމުގެ ސީދަލަށް މެދުން ހުދު ކުލައިގެ ޖަވާހިރު ތަކެއްފަދަ އެއްޗެއް ހަރުކުރެވިފައިވުމުން ވަރަށް ރީތިކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިގަނޑާއި މޭމަތި ރަނގަޅަށް ނިވާވާނޭހެން ކަޅު ކުލައިގެ […]
ހެނދުނުގެ ހިތްގައިމު ވަގުތެވެ. އަރަމުން އައި އިރުން ދޯދިތައް ވަނީ ފަޒާގެ ތެރޭގައި ފަތުރާލާފައެވެ. ކޮވެއްޔާއި ކާޅު ފަދަ ދޫނި ސޫފާސޫފީގެ އަޑު ދޭތެރެ ދޭތެރެއިން ފަޒާގެ ހިމޭން ކަން މުގުރާލައެވެ. އެޔާއިއެކު އިރުއިރުކޮޅުން ހިތަށް ފިނިކަން ގެނުވާ ވައިރޯޅި ތަކުން ގަސްތަކުގެ ފަތްތައް އެއްފަތް އަނެއް ފަތާއި ތޮޅެލާ ހިތްގައިމު އަޑު އިވިއިވި ހުއްޓެވެ. ޖޫހީ އަށް ހޭލެވުނީ އިރުގެ ދޯދިތައް އައިސް އެރީތި ލޮލަށް އުނދަގޫ ކުރަމުން ދާތީއެވެ. މޯޅިއަކަށް ދަމާލާފައި ގަޑި ބަލާލި އިރު […]
18 ވަނަބައިގެ ތެރެއިން…. “ހެޔޮނުވާނެ… މިކަމަށް ހުރަސް ނާޅަބަލަ. އަހަރެން އުމުރުން ސަތާރަ އަހަރުވިޔަސް މިހާރު އަހަރެންނަކީ ކުޑަކުއްޖެއްނޫނޭ. އަހަރެން އަމިއްލަ ފުރާނައަށް ވުރެ ވެސް ބޮޑަށް ޔަޒްދާން ދެކެ ލޯބިވަން” މިހުރިހާއިރު ހިމޭނުން އިން ޔަނާލް ވާހަކަދެއްކިއެވެ. ހުރިހާ މީހުންގެ ނަޒަރު ޔަނާލަށް ހުއްޓުނެވެ. އެ ހުރިހާ މީހުންގެ ތެރޭގައި ޔަނާލް އޭނާ ޔަޒްދާނަށް އެދޭ މިންވަރު ހާމަކުރުމުން ދުރުގައި ހުރި ޔަޒްދާން ޔަނާލަށް ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ****************************** “ޒުވާން އުމުރަށް އެޅިގެން […]
އިންޓަސްކޫލް ނެޓް ބޯޅަ މުބާރާތަށް ކުދިން ހޮވުމަށް ބައްވާ ފަރިތަކުރުން ތަކުގައި ރައިހާނާ އަދި އަންޖަލްވެސް ބައިވެރިވިއެވެ. ކިޔެވުމެގެ އިތުރަށް ސްކޫލްގައި އޮންނަ އިތުރު ހަރަކާތްތަކުގައިވެސް ވީ ވަރަކުން ރައިހާނާ އަންނަނީ ބައިވެރިވަމުންނެވެ. ރައިހާނާއަކީ މުޅި ސްކޫލުންވެސް ފާހަގަ ކޮށްލެވޭ އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާއެވެ. ކުރީ ދެއަހަރުގެ އިންޓަ ސްކޫލް މުބާރާތުގެ އެންމެ މޮޅު ގޯލް ޝޫޓާރ(ޖީ.އެސް) އަކަށް ރައިހާނާ ވަނީ ހޮވިފައެވެ. ފައިނަލާ ހަމައަށް ގެންގޮސް ދިނުމުގައި ވޭތުވެ ދިޔަ ދެއަހަރުވެސް ރައިހާނާގެ ދައުރު […]