Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު…. 22

Ushaali Level 810 Stories100 Comments100 Stories500 Comments
February 19, 2019 8 Mins Read
18 Comments

21 ވަނަ ބައިގެ ތެރެއިން….

“ބުނަންތަ މަންމާ! މަންމަ އަށް އަޅުގަނޑު ވަރަށް ގަދަރުކުރަން. ތިއީ އަޅުގަނޑުގެ ފިރިމީހާގެ މަންމައަށް ވެފައި އަޅުގަނޑަށް ވުރެ އުމުރުގެ ގޮތުންވެސް ބޮޑު މީހަކަށް ވީތީ. އެކަމަކު މަންމަގެ ހިތުގައި އަށަގަނެފައިވާ އަމިއްލަ އެދުމުގެ ރޫހުން ތިމަސައްކަތްކުރަނީ ކުށެއްނެތް އުމުރުން ހަގު މާބަނޑު އަންހެންކުއްޖަކަށް އެތައް ހާލެއް ޖައްސަން. އެކުއްޖާގެ އޮތީ ކޮންކުށެއް. ނާލްއަށް އެކަން އެގިއްޖެނަމަ ކިހާ އަސަރެއް ކުރާނެ. އެކުއްޖާއަށް މިވަގުތު އަޅާލާނީ ކާކު” ޝިފާއަށް ރޮވެމުން ދިޔައެވެ.

“އެއްކަލަ ކަޓު އަންހެނާ. ރާކް! ކަލޭ ވެއްޖެއްނު މި އަންހެނާއަށް ކްލާސް ނަގައިދޭން. އެހެންޏަ. ނާދުވެސް އެހެރީނު. އެހުންނަނީނު ނުބެހޭ ކަންތަކާއި ނުބެހި” އިފްނާ އަށް އެއްޗެއް ނުބުނެ ނީންދެވުނެވެ.

********************************************

“އަހަރެން ކަލޭގޮތަށް ނުބައި ރޭވުންތައް ނުރާވާ ﷲ އެންގެވި މަގުން ހިނގާތީތަ ކަޓު މީހަކަށްވީ. ނޫނީ ތިމާގެ ފިރިމީހާ މަގުން ކައްސާލައިގެން ދާކާން އިނގޭއިރު ކަލޭގޮތަށް އަހަރެންގެ ފިރިމީހާއަށް އަހަރެން ހިތްވަރުނުދޭތީތަ ކަޓުވީ. ނޫނީ ކަލޭ ގޮތަށް އައުރަ ކަޝްފު ކޮށްގެން ނޫޅޭތީތަ؟ ” ޝިފާ އިފްނާއަށް ޖަވާބުދިނެވެ. ޙަޤީޤަތުގައިވެސް ޝިފާ ވަރަށް ރުޅިގަދަވިއެވެ.

“ޝިފާ! މައިންޑް ޔުއަރ ލެންގްއޭޖް…..” އަޑުހަރުކޮށް އާކިން ބުނެލިއެވެ.

“ކޮބާ ރާކިން. ހީވޭ ކަމެއްހެން. މިއީ ކަލޭގެ ކަންތައް. މަ އޭރުވެސް ބުނިންދޯ މިކހަލަ އަންހެނަކާ އިނދެގެން މިގެއަށް ނުގެންނައްޗޭ” މާއިރާ އެއްޗެއް ބުނީ ކުރިމަތީގައި ހިމޭނުން އިން ރާކިންއަށެވެ.

“ހެޔޮ ކޮންމެގޮތެއް ވިޔަސް. މިގޭތެރެއިން ފެންނަ ކަންތަކުގެ މައްޗަށް ފަސްއަޅާ ފޮރުވައިގެން މަށަކަށް ނޫޅެވޭނެ. އަހަރެންނަށް ލިބިފައިވަނީ ތިކަހަލަ ތަރުބިއްޔަތެއްނޫން. އަހަރެން ތިއެންމެން ފަޅާއަރުވާލާނަން. ބައްޕައަށް ހުރިހާ އެއްޗެއް ކިޔާދޭނަން” މީހަކު ބުނާ އެއްޗަކަށް ބެލުމެއްނެތި ޝިފާ ސިޑިއާއި ދިމާލަށް ދުއްވައިގަތެވެ.

“ބުނަންތަ ރާކިން ވާހަކައެއް؟ މިއިން އެއްވެސް ކަމެއް ޝިފާގެ ފަރާތުން ހާރޫނަށް އެނގިގެންނުވާނެ. އެނގިއްޖިއްޔާ އަހަރެން ޝިފާވެސް މިދުނިޔެއިން ފޮހެލާނަން. މިހާރު ކަލޭމެންނަށް އިނގޭނެ އަހަރެން ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެކަން” މާއިރާ ކްލާސް ނަގައިދިނީ ރާކިންއަށެވެ.

ރާކިން ސިޑިން އަރައިގެން ދިޔައީ މަޑުހިނގުމެއްގައެވެ. އެއީ މަންމައަށް ވީތީ އެ މަންމައާއި ދެކޮޅަށް އެއްވެސް ކަމެއް ކުރަން އޭނާ ބޭނުމެއްނުވެއެވެ. އަދި ލޯބިވާ އަނބިމީހާ ހިތުގައިޖެހޭފަދަ އަމަލެއް ހިންގަންވެސް އޭނާ ބޭނުމެއްނޫނެވެ. ދެ ވިސްނުމެއްގައި ހުރެ ރާކިން ކޮޓަރި ތަޅުގައި ހިފާ އަނބުރާލިއެވެ. އޭރު ޝިފާ އުޅުނީ އަލަމާރި މަތީގައި ހުރި ބްރީފްކޭސް ނަގައިގެން އެއަށް ހެނދުންތައް އަޅައެވެ. ރާކިންއަށް އެމަންޒަރު ފެނުމުން ކޮޓަރި ތެރެއަށް ވަދެވުނީ އަވަސް ފިޔަވަޅުތަކެއްގައެވެ.

“ތީ ކޮންކަމެއް” ރާކިން އަހާލިއެވެ.

“އަހަރެން ބޭނުމެއްނޫން މިގޭގައި ހުންނާކަށް. މިއީ ބިރުވެރިކަމުން ފުރިފައިވާ ގެއެއް. ކުރިމަތީގައި ހީފައި ސަމާސާކޮށް ހަދާފައި ފުރަގަސް ޖެހުމާއެކު ޚަންޖަރު ހަރާނީ ބުރަކަށްޓަށް.” ޝިފާ ރާކިންއަށް ބަލާވެސްނުލާ ޖަވާބުދިނެވެ.

“ކާކު އުޅެނީ ޝިފާ މަރަން” ހިތްހަމަނުޖެހިފައި ރާކިން ބުނެލިއެވެ.

“ރާކިންއަށް އެއްވެސް އިތުބާރެއްނެތް” ދެލޮލުން އައި ކަރުނަތައް އެއްއަތުން ފޮހެލަމުން ޝިފާ ބުންޏެވެ.

“ޝިފާއަށް ތިހެން ނުއެއްދެވޭނެ” ރާކިން ބުނެލިއެވެ.

“ކީއްވެ؟ ކީއްވެ މަށަށް ނުދެވެންވީ. ކާކު މަހުއްޓުވާނީ. ރާކިންތަ؟ ކޮން ހައިސިއއްޔަތަކުން ރާކިން މަ ހުއްޓުވާނީ” ޝިފާ ވާހަކަދެއްކިއެވެ.

“ފިރިއެއްގެ ހައިސިއްޔަތުން” ރާކިން ޖަވާބުދިނެވެ.

“ފިރިއެކޭ. އެހެންވިއްޔާ ރާކިން ފިރިއެއްހެން އުޅެބަލަ. އަނބިމީހާ އެއްޗަކަށް ނުލާ ނޫޅެބަލަ. ހެއްދެވި ފަރާތަށް ބިރުވެތިވެބަލަ. ފިރިމީހާ މަގު ގެއްލިގެންދއިރު ހެޔޮ މަގަށް ގެނައުމަށް އެންމެ ކުރީގައި ހުރެ މަސައްކަތްކުރަން ޖެހޭ މީހަކީ އަނބިމީހާ. އަހަރެންގެ ފިރިމީހާ ހުރީ ހުރިހާ އިންތަކެއް ފަހަނައަޅާ ގޮށްސައި” ޝިފާ ޖަވާބުދިނެވެ. އިރުކޮޅަކާއި ދެލޮލުން ވެއްޓޭ ކަރުނަތިކި ފޮހެލައެވެ.

“ޝިފާ! ޕްލީޒް…. ސްޓޮޕް އިޓް…. ކޮބާތަ އެކަމުގަ އަހަރެންގެ ކުށަކީ؟” ރާކިން ބުނެލިއެވެ.

“ރާކިންގެ ކުށަކީ ކުށެއްނެތް އަންހެންކުއްޖެއްގެ ދިރިއުޅުން ބަރުބާދުކޮށްލަން ބަޔަކު ޖަހައިގެން އުޅޭ މަޅިއެއްގެ އެއްފަރާތުގައި ހިފައިގެން ރާކިން ހުރިކަން. ރާކިންގެ ކުށަކީ އެއީ ފާފައެއްކަން އިނގޭ އިރުވެސް އެކަމުން ދުރުނުވެ ހުރިކަން. ރާކިންގެ ކުށަކީ އަމިއްލައަށް ފައި ތިއެޅެނީ ޖަޙައްނަމައިގަކަން އެނގޭއިރުވެސް ހީލާފައި ބިރެއްނެތި އުޅޭކަން. އެވަރު މަދުތަ؟” ޝިފާ އެއްފައްޗަކަށް އަމުނާލިއެވެ.

“ކޮން އަންހެނެއްގެ ވާހަކަތަ ތިދައްކަނީ.  ޔަނާލްތަ؟ އޭނަގެ ސަބަބުން އަހަރެމެންނަށް ހާދަ ހާލެއްޖެހެން އުޅެފިޔޭ. ކޮންމެފަހަރަކު ސަލާމަތްވަނީ މަންމަގެ ސަބަބުން. ތިބުނީ އަހަރެންގެ މަންމައާއި ދެކޮޅުވާށޭ” ރާކިން ބުނެލިއެވެ.

“މަންމައެއް ކަމަކު ނުބައި މަގަކުން ދާކަމަށްވާނަމަ ދަރިން ވެސް ޖެހޭނެ މަންމައަށް ރަނގަޅު މަގު ދައްކަން” ޝިފާ ބުނެލިއެވެ.

“އަހަރެންގެ އެތެރެހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި މަންމައާއި ދެކޮޅެއްނުވާނަން. އަޑުއިވިއްޖެތަ؟” ރާކިން އަޑު ހަރުކޮށް ބުނެލިއެވެ.

“ފައިން. އަހަރެން ހުއްޓުވަން މަސައްކަތް ނުކުރާތި. މަސައްކަތް ކޮށްފިއްޔާ ތިއެންމެން ބޭޒާރުކޮށްލާނަން” ޝިފާގެ ޖަވާބު އިއްވާލުމަށްފަހު ފޮށި ދަމަމުން ކޮޓަރިން ނިކުންނަން ދިޔައެވެ.

“ހަނދާންކުރާތި ޝިފާ. މިކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއް އެޅިޔަސް ތީ މަގޭ އަންތްބެއްނޫން” ރާކިން ފަހުބަސް އިއްވާލިއެވެ. ވަގުތުން ޝިފާގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައެވެ. ރާކިންގެ މޫނަށް ބަލާލީ ކަރުނަވީ ދެލޮލަކުންނެވެ. ޝިފާ ބަލާލުމާއެކު ރާކިން އެނބުރުނީ އަނެއް ފަރާތަށެވެ. ޝިފާ ހުރަސްކޮށް އޭނާ ކޮޓަރިން ނިކުމެގެން ދިޔައީވެސް އިތުރު ބަހެއް ނުކިޔައެވެ. ފޮށި ބަހައްޓާފައި ޝިފާ ރޮމުން ރޮމުން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ކޮންފަދަ ރަހުމެއްނެތް ބައެއް ހެއްޔެވެ؟ ރާކިންގެ ބަހާއި ޚިލާފަށް އޭނާއަށް ފިޔަވަޅެއް އެޅެންނެތެވެ. އޭނާގެ އާއިލާ ހުރިހާ މެންބަރުން ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ. މިދަންވަރުގަ އޭނާ ނިކުމެގެން ގޮސް ވަންނާނެ އެއްވެސް ތަނެއް ނެތެވެ. އަމުދުން ރާކިން އޭނާ ވަރިކޮށްފިނަމަ އޭނާ ހިތްވެސް ހުއްޓިދާނެއެވެ. ރާކިންއަކީ އޭނާގެ ހަޔާތުގައި ފުރުތަމަ ވެވުނު ލޯތްބެވެ. އެތައް އިރަކު ރުއިމަށްފަހު ޝިފާ ނިންމީ އަދިވެސް ވާހަކަދައްކައިގެން ރާކިންއަށް ވިސްނާދިނުމަށެވެ. ފަހަރެއްގައިވެސް އެގޭތެރޭގައި ހިންގާ ކަންތައްތަކަށް އެއްބާރުލުން ދިނުމެއް އޭނާގެ ވިސްނުމުގައި ނެތެވެ. ފިރިމީހާއާއި ޔަނާލާއި ދޭތެރެން އެކަކު އިޚްތިޔާރުކުރަން ޖެހޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އޭނާ އަބަދަށްޓަކައި ފިރިމީހާ ދޫކޮށް ޔަނާލްގެ އަތުގައި ހިފާނެއެވެ.

***************************************

ޔަނާލް ވިހެއެމުގެ ކުރިން ކުޑަދަރިފުޅަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށް އޭނާއާއި އެކުގައި ބޭރަށް ނިކުތީ ޝިފާއާއި ނާދުއެވެ. ވަގުތަކީ ހަވީރެވެ. މަޖީދީމަގުގައި ހުރި ފިހާރައަކުން ނިކުމެ ވައަތް ފަރާތުން ހިނގާފައި ދަމުން ޔަނާލް ޝިފާއަށް ބަލާލީ އެހެންޏާ ނުދައްކާ ކަހަލަ ވާހަކައެއް ޝިފާ ދައްކަން ފެށުމުންނެވެ..

“ނާލް! ޝިފައްތަ ބުނަންތަ ވާހަކައެއް؟ ހުރިހާ އިރެއްގައި މި ބޯ ފުނާޅަން ހަމައެކަނި ބޭނުންނުކުރާތި. ދިރިއުޅޭ މާހައުލާއި މެދުވެސް ވިސްނަންވާނެ” ޔަނާލްގެ ބޮލުގައި އިނގިލިން ޖަހާލަމުން ޝިފާ ބުނެލިއެވެ.

“ތިބުނީ؟ ނޭނގުނު” ހީލަމުން ޔަނާލް ބުނެލިއެވެ.

“ސާބަސް. މި ޅަ ސިކުނޑިއަކަށް ނުވިސްނޭނެ. މިބުނީ އަބަދުވެސް ނާލްގެ ވަށައިގެން ހިނގާ ކަންތައްތަކާއި މެދު ވިސްނައްޗޭ. ފިކުރުކުރައްޗޭ. ފިސާރި އަންހެނަކަށްވާށޭ. އެއްވެސް މީހަކަށް މާބޮޑަށް އިތުބާރު ނުކުރައްޗޭ. އަބަދުވެސް ލަނޑުދޭނީ އެންމެ ކައިރީގައި އުޅޭ މީހުންނޭ. މީހުން ބުނެއެއްނު. އެންމެ ކައިރީގައި ހީފައި އުޅޭ ރައްޓެހިން ފަހުން ބޭވަފާވާނޭ. ޝިފައްތަ ބުނާނީ ހަމައެކަނި ރައްޓެހިންނެއްނޫނޭ. އޭގައި އާއިލާއާއި ގާތްތިމާގެ މީހުންވެސް ހިމެނެޔޭ” ޔަނާލަށް ނަގައިގަނެވޭނެހެން ޝިފާ އޮޅުންފިލުވައިދިނެވެ.

“ކީއްވެ ޝިފައްތަ ތިކަހަލަ ވާހަކަ ތިދައްކަނީ” ޔަނާލް އަހާލިއެވެ.

“އެއީ ޝިފައްތަ ނާލްދެކެ ލޯބިވާތީ. އަބަދުވެސް ނާލްއަށް ހެޔޮގޮތް ވުމަށްއެދޭތީ” ޔަނާލްގެ މޫނުގައި ފިރުމާލަމުން ޝިފާ ބުނެލިއެވެ. ތިން މީހުން ހިނގަމުން އައިސް ގެއާއި ހަމަވެފައި ހުއްޓުނެވެ.

“ނާލް! މިހާރު ހުންނާނީ ވަރަށް ވަރުބަލިވެފަ. ވަދޭ ގެއަށް. ހަނދާންކޮށް ސިޑިން މައްޗަށް އަރާނީ ފިނިފެންދޮއް ބޯލައިގެން އިނގޭ” ޝިފާ ބުނެލިއެވެ. ހީލާފައި ޔަނާލް އެތެރެއަށް ވަނީ ގާޑްމީހާ ގޭޓް ހުޅުވާދިނުމުނެވެ.

ޔަނާލް ވަނުމާއެކު ޝިފާ ހިފީ ކައިރީގައި ހުރި ނާދުގެ އަތުގައެވެ. ނާދު ހައިރާންވެފައި ޝިފާއަށް ބަލާލިއެވެ. ނާދުއަށް އެއްވެސް ސުވާލެއްކުރާނެ ފުރުސަތެއްނުދީ ޝިފާ ނާދުގެ އަތުގައި ހިފައިގެން ހިނގައިގަތީ ކުރިމަތީގައި އޮތް ޕާކާއި ދިމާލަށެވެ. ޝިފާ ނާދުގެ އަތުން ދޫކޮށްލީ ޕާކަށްވަދެ ހުސް ގޮނޑިއެއްގައި އިށީނދެފައެވެ.

“ވަޓްސް ރޯންގް” ނާދު އަހާލިއެވެ. އަދި ޝިފާ ހިފި އަތުގައި އަނެއް އަތުން ފިރުމާލިއެވެ.

“ސޮރީ އިނގޭ” ހީލާފައި ޝިފާ ބުނެލިއެވެ. ނާދު ހީލިއެވެ. ނާދުއަކީ އެއްވެސް އިރެއްގައި މީހުންދެކެ ރުޅިއަންނަން އިނގޭމީހެއް ނޫނެވެ.

“ވަހަކައެއް ދައްކަން މިގެނައީ” ޝިފާ ބުނެލިއެވެ.

“ބުނެބަލަ. އެކަމު މިތަނަށްތަ ވާހަކަބުނަން އަންނަނީ. ގޭގަވެސް ބުނެވޭނެއްނު” ނާދު ބުނެލިއެވެ.

“ނޫން. މީ އެންމެ ސޭފްތަނަކީ” ޝިފާ ބުނެލިއެވެ.

“އަނެއްކާ ކިހިނެއްވީ؟” ނާދު އަހާލިއެވެ.

“ނާދުއަށް އިނގޭތަ ގޭތެރޭގައި ހިނގާއެއްވެސް ކަމެއް” ޝިފާ ބުނެލިއެވެ. ނާދު ދެކޮނޑު އަރުވާލަމުން ނޫނެކޭ ބުނެލިއެވެ.

“ހެޔޮނުވާނެ ނާދު. މިހާރު ހުރި މީހަކީ ހަމައެކަނި ނާދު. އަހަރެންގެ ދުލުގައި ވަނީ ގޮށްޖަހާފައި. އިފްނާ ހުރީ ގެއްލި ހަލާކުވެފައި. ނާދުވެސް ތި މަޑުމައިތިރިކަން ކަނޑާލާފައި ނިކަން މީހަކަށްވެބަލަ” ޝިފާ ބުނެލިއެވެ. ނާދު އިނީ ޝިފާ ދައްކަމުންދިޔަ ވާހަކަ ނަގައިގަންނަން ނޭނގިފައެވެ.

“ނުވިސްނުނު. ދުލުގަ ގޮށްޖެހިފައޭ…. ދައްކަބަލަ” ނާދު ބުނެލިއެވެ.

“މިއީ އަނެއްކާ އަނެއް މޮޔަ……އާނ. ގޭތެރޭގައި ވަރަށް ނުބައި ރޭވުންގަނޑެއް އެބަރާވާ. އެވެސް ނާލްއާއި ދެކޮޅަށް. އޭގައި ނާދުގެ ފިރިމީހާ ޒާކުވެސް ހިމެނޭ. ޒާކްއަށް ވިސްނަދީ” ޝިފާ ބުނެލިއެވެ.

“ޝިފައްތަ ކޮންކަހަލަ ވާހަކަތަކެއް ތިދައްކަނީ މިއަދު” ނާދު ބުނެލިއެވެ.

“އަހަރެން މިދައްކަނީ ތެދު ވާހަކަ. ގޭތެރޭގައި އުޅޭއިރު އަބަދު ކެމެރާ ހިފައިގެން ވީޑިޔޯ ކުރަމުން ފޮޓޯނަގަމުން އިންސްޓަގްރާމަށް ފޮޓޯއަޅަމުން ދުވުނަކަސް އެއްވެސް ކަމެއްނުވާނެ. ސިކުނޑީގެ ބޭނުން ހިފާބަލަ” ޝިފާ އިތުރަށް އޮޅުންފިލުވާދިނެވެ.

“ހޫނ… މިހާރު ވިސްނިއްޖެ. އެކަމަކު ޝިފައްތަ ތިދައްކާ ވާހަކައާއި އަހަރެން އެއްބަހެއް ނުވާނަން. އެމީހުން ކިހިނެއް ނާލްއަށް ގޮތެއް ހަދާނީ. ނާލްއާއި ހެދި އެމީހުން އުޅޭވަރު ޝިފައްތައަށް ނުފެނޭތަ؟ މިޒަމާނުގަ އެކަހަލަ ބޭބެތަކެއް ލިބިފދާނެތަ؟ ނާލް ވަރަށް ނަސީބުގަދަ” ނާދު ބުނެލިއެވެ. އެންމެފަހުން ނާދުއަށް ހުރިހާވާހަކައެއް ކިޔާދިނީ އެކަމުން ޒާކިން އެއްފަރާތް ކުރެވޭތޯއެވެ. ޝިފާ އިސްޖަހާލިއެވެ. ގަދަކަމުން އެވާހަކަތައް ނާދުއަށް ވިސްނައެއް ނުދެވޭނެއެވެ. އޭނާއަށް ހުރިހާކަމެއް އެނގުނު ފަދައިން ނާދުއަށްވެސް އެކަމުގައި ޝައްކެއް ވަންދެން މަޑުކުރުން ނޫންގޮތެއް ނެތެވެ. ނަމަވެސް ކަންތައްމިވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އެހަޤީޤަތް ޤަބޫލުކުރަން ނާދު ތައްޔާރެއްނޫނެވެ. ވާނީވެސް އެހެންނެވެ. ލޮލަށްފެންނަ މަންޒަރަށް އަބަދުވެސް ނާދު އިތުބާރުކުރެއެވެ.

“އޯކޭ… އަސްލު މިވާހަކަ މިދެއްކީ ޝިފައްތައަށް ވަރަށް ފާޑުފާޑުގެ ހުވަފެން ފެންނާތީ. ވަރަށް ބިރުގަނޭ. ފެންނަނީ މިއާއިލާ ތެރޭގައި ވަރަށް ބޮޑު ކަންތައްގަނޑެއް ހިންގާލައިގެން އުޅޭތަން” ޝިފާ އޭނާގެ ވާހަކަތާއި ވާހަކަދެއްކުމުގެ ރާގު ބަދަލުކޮށްލިއެވެ.

“ހުވަފެނަކީ ބިލާހެއް. އެހާ ބޮޑަށް ނުވިސްނަބަލަ އެކަމާ. ހިނގާދާން. ވަރަށް ބަނޑުހައި” ޝިފާގެ އަތުގައި ހިފާލަމުން ނާދު ބުނެލިއެވެ. ނާދު ހިނގައިގަތުމުން ޝިފާ ހިފެހެއްޓީ ނާދުގެ އަތުގައެވެ.

“ނާދު ޕްލީޒް. ޝިފައްތަ މިވާހަކަ ދެއްކި ވާހަކަ ގޭތެރޭގައި ނުކިޔާތި އިނގޭ. ރާކްއަށް އެނގިއްޖިއްޔާ ވަރަށް ކަންތައްބޮޑުވާނެ. ޕްލީޒް އިނގޭ” ޝިފާ ބުނެލިއެވެ. ނާދު ހީލަމުން ބޯޖަހާލިއެވެ.

***************************************

ވިއްސާރަ ދުވަހެކެވެ. ހެނދުނު ވެހެންފެށި ވާރޭ އަދިވެސް ހުއްޓާނުލައެވެ. ވައިނުޖެހުނެއް ކަމަކު ވާރޭއަކަށް ބަދަލެއް ނާދޭއެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ކޮޓަރީގައި އޮވެއޮވެ ފޫހިވެގެން ޔަނާލް ބަގީޗާއަށް ނިކުތެވެ. ނިކުމެފައި ހުރި ބަނޑުގައި ފިރުމަމުން އޭނާ ބގީޗާއަށް ވަދެގެން ގޮސް މަޑުކޮށްލީ ހިޔާކޮށްފައި ހުންނަ ބައިގައެވެ. އެބައިގެ ހާމައަށް އޮތް ތަނުގައި ޕޮޓްތަކުގައި އިންދާފައިވާ އެކިކަހަލަ މާގަސްތަކަށް ބަލަން ޔަނާލް އޮތީ ބީޗް ގޮނޑިއެއްގައެވެ. ކުއްލިއަކަށް ޔަނާލް ސިހުނީ އޭނާގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ. އޭނާ ބަލާލިއެވެ. މާއިރާ ދާދި ގާތުގައި ހުރިތަން ފެނުމުން ޔަނާލް ހައިރާންވިއެވެ. އެ އޯގާތެރި އަތުގެ ފިރުމުންތަކަށް އޭނާ އެދޭތާ ކިހާ ދުވަހެއް ހެއްޔެވެ؟

“މަންމާ!” ޔަނާލް މަޑުމަޑުން ގޮވާލިއެވެ.

“ދަރިފުޅު ބަނޑުގައި ތިވަރަށް ތިފިރުމަނީ ރިއްސަނީތަ” ޔަނާލް ކައިރީގައި އިށީންނަމުން މާއިރާ އަހާލިއެވެ. ޖަވާބެއްނުދެވި އުޅެނިކޮށް ޔަނާލްގެ ދެލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. އޭނާއަށް މާބޮޑަށް ޖަޒްބާތީ ވެވުނީއެވެ.

“މަންމައަށް އިނގޭ މި ވޭތުވެދިޔަ ދުވަސްތަކުގައި މަންމަ ދަރިފުޅާ ވަރަށް ދުރުވެއްޖެކަން. މަންމައަށް އެބަދަލު އަންނަންވީ ސަބަބެއް ހުދު މަންމައަކަށްވެސް ނޭނގޭ” ޔަނާލްގެ ދެލޯ ކައިރި ފޮހެދެމުން މާއިރާ ބުނެލިއެވެ.

“މަންމާ! އަޅުގަނޑަށް ކުށެއް ކުރެވިފައިވަންޏާ އަޅުގަނޑަށް މަޢާފްކޮށްދީ. ފަހަރެއްގައި އަޅުގަނޑަށް މިހާލު ޖެހުނީ ކައިވެނި ކުރިއިރު މަންމަގެ ރުހުން ނުލިބި އަވަސް އަރުވާލީމަ ކަންނޭނގެ” މައިރާގެ ކޮނޑުގައި ބޯއަޅާލަމުން ޔަނާލް ބުނެލިއެވެ.

“ނޫން ނޫން މަންމަގެ ދަރިފުޅާ! މަންމަގެ ހެޔޮ ދުޢާ އަބަދުވެސް ވަނީ ދަރިފުޅާއެކު. މަންމައަށް މަޢާފްކުރޭ. ދަރިފުޅާމެދު މަންމައަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން” މާއިރާ ބުނެލިއެވެ. އަދި ޔަނާލްގެ ނިތުގައި ބޮސްދިނެވެ. އެމަންޒަރު އެވަގުތު ރާކިން އާއެކު އުނދޯލިގޭ ކުރިމައްޗަށްއެރި ޝިފާއަށް ފެނުނެވެ.

“އަހަރެން ބުނީމެއްނު މަންމަ ބަދަލުވެއްޖޭ. މަންމައަށް ވިސްނިއްޖޭ. އަހަރެން މަންމައަށް ވިސްނަދިނީ ޝިފްއަށްޓަކައި. އަހަރެން އަތުން ޝިފް ބީވާން ނޭދޭތީ” ޝިފާގެ އަތްތިލައިގާ ހިފާލަމުން ރާކިން ބުނެލިއެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމުގައި ޝިފާގެ ދެލޮލުން ކަރުނާ ނީރާލިއެވެ. ހެއްދެވި ފަރާތަށް ޙަމްދު ކުރެވުނެވެ.

“ތިއްތި” ފަހަތް ބަލާލި ވަގުތު ޔަނާލްގެ ލޮލުގައި ދޮރުމަތީގައި ހުރި ރާކިން އަޅައިގަތުމުން ގޮވާލިއެވެ. އެވަގުތު މާއިރާވެސް އެނބުރި ބަލާލިއެވެ.

“ޕްރިންސަސް. ރަނގަޅުތަ؟ ތިއްތި ހިއެއްނުކުރަން މިތަނުގަ ތިބެދާނެ ކަމަކަށް” ރާކިން އެދިމާލަށް އަންނަމުން ބުނެލިއެވެ.

“އާނ… ނާލް މިތަނުގައި އެކަނި ހިޔާލަކަށް ގެއްލިފައި އޮތްތަން ފެނުނީމަ މަންމަގެ ހިތަށް ކެތްނުވީ. ތިހުރިހާ ކުދިންނަށް ވުރެ ވެސް ބޮޑަށް މަންމަގެ ހިތުން ޖާގައެއް ދެވިފައިވަނީ ހަމައެކަނި މިދަރިއަށް” ރާކިންއަށް ބަލާލަމުން މާއިރާ ބުނެލިއެވެ. ޔަނާލް ހިނިތުންވެލިއެވެ. ޝިފާ ޔަނާލްގެ އަނެއްފަރާތުން އިށީނދެލިއެވެ.

“ދަރިފުޅާ ޝިފާ! ތިހުރިހާ ކުދިންނަށްވެސް އިނގޭނެ ކަމަކާއި ހިތްހަމަނުޖެހިއްޖެނަމަ މަންމައަށް ވާހަކަދެއްކުމުގެ ރާގު ބަދަލުވާކަން. ދަރިފުޅުވެސް ހިތްހަމަނުޖެހިފައިވާ އެއްޗެއް މަންމައަށް ބުނެވިފައިވާނަމަ މަންމައަށް މަޢާފްކޮށްދެއްޗެ. މަންމަ ބޭނުމީ ހުރިހާ ކުދިންނާއިވެސް ގުޅިގެން އުޅެން” މާއިރާ ބުނެލިއެވެ.

“ނެވަރ މައިންޑް” ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ޝިފާ ބުނެލިއެވެ. ޝިފާ ޔަނާލްގެ ގައިގާ ބައްދާލި ވަގުތު މާއިރާއާއި ރާކިން އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ރާކިން އެއްލޯ މަރާލި މަންޒަރު ފެނުނީ ހަމައެކަނި މާއިރާއަށެވެ. ޝިފާ މައިތިރިކުރުވަން އޭނާއަށް ފެނުނު އެންމެ މޮޅު ގޮތް ޚިޔާރުކުރީ އެކަމުގައި މާއިރާވެސް  ކިޔާދީފައިވާ ގޮތަށެވެ.

***************************************

އައި ނައިތަނެއް ނޭނގި ކުއްލިއަކަށް ބަނޑުމަތީގައި އައިސްޖެހުނު ބޯޅައިން ޔަނާލަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާ ހިންދެމިލަމުން ބަނޑުގައި ފިރުމާލިއެވެ. ހިޔާލުތަކުގެ ކަނޑަށް އޭނާގެ މުޅި ވިސްނުމާއި ނަފްސު ދޫކޮށްލައިގެން ކިހާ އިރަކު އޮވެވިއްޖެބާއޭ ހިތަށް އެރިއެވެ. ޔަނާލް އޭނާގެ އަތުކުރީގައިވާ ގަޑިއަށް ބަލާލިއެވެ. ހައެއްޖަހާ ބޮޑުވެއްޖެއެވެ. ގެއަށް ދިޔުމަށް ތެދުވި ވަގުތު އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ބަލާލިއިރު ފައިޒަންއެވެ.

“ނަނާ! ކޮންތާކު؟ ހާދަ ހޯދައިފީމޭ” ޔަނާލް ކަންފަތުގައި ފޯނު ޖެހުމާއެކު އެކޮޅުން ފައިޒަން ބުނެލިއެވެ.

“ފޫހިވެގެން ހިނގަމުން އަންނަނިކޮށް މިތާ ރަސްފަންނަށް އާދެވުނީ. މިހާރު މިދަނީ ގެއަށް” ޔަނާލް ޖަވާބުދިނެވެ.

ގެއާއި ދިމާލަށް ހިނގާފައި ދިޔައިރު ޔަނާލްގެ ހިޔާލުތައް އޭރުގެ ހަނދާންތަކާއި ގުޅުނެވެ. އޭނާގެ އުފާވެރި ހަޔާތަށް ބަޔަކު ރޭވުމަކުން ޒަހަރުލީ ގޮތެވެ. އިސާހިތަކު އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. އެބަޔަކަށް އޭނާ ދިން އިހުތިރާމާއި ލޯބީގެ ބަދަލުގައި ދިނީ ޒަހަރެވެ.

********************************

ފައިޒަން ޔަނާލައި ބައްދަލުކުރީ ރޭގަނޑުގެ ކެއުމުގެ ފަހުންނެވެ. ޔަނާލްގެ ކޮޓަރީގައެވެ. ޔަނާލް ފައި މަތީގައި ބާލީހެއް ބާއްވައިގެން  ޔާޒް ނިންދަވަމުން ދިޔަ މަންޒަރު ބަލަން ދުރުގައި ހުރި ސޯފާގައި ފައިޒަން އިނެވެ. އޭނާ އިނީ ޔަނާލްގެ މޫނަށް ބަލަހައްޓައިގެންނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޔަނާލްގެ މޫނުމަތިން ފެންނަންހުރި އުފާވެރިކަން އެމޫނުމަތިން މިހާރު ވަނީ ގެއްލިފައެވެ. މާޔޫސްކަމާއި އެކަނިވެރިކަން އެދެލޮލަށް އެކަނި ބަލާލިޔަސް ފާހަގަވެއެވެ.

“ކޮންތާކަށް ދާނީ” ފައިޒަން ސިހުނީ ޔަނާލްގެ އަޑުންނެވެ. ބަލާލިއިރު ޔަނާލް މަޑުކޮށްލައިގެން ހުރީ އޭނާއާއި ދާދި ގާތުގައެވެ.

“އަހަރެން ގެންދިޔަ ތަނަކަށް” ތެދުވެ ހީލަމުން ފައިޒަން ބުނެލިއެވެ.

“އޯކޭ ފައިން. އެކަމު ޔާޒް….” ޔަނާލް ބުނެލިއެވެ.

“މަންމަ ކައިރީގައި ބުނެލާފައި ނަނާ ދޭ. އަހަރެން ދާނަން ވަކިން. މަގުގެ ކަންމަތިން އަހަރެން ނަނާ ނަގާނަން” ފައިޒަން ބުނެލިއެވެ. ޔަނާލް އެގޮތާއި އެއްބަސްވިއެވެ.

ޔަނާލް ނިކުމެގެން ދިޔަ މަންޒަރު ބަލަން ސިޓިންގްރޫމު ސޯފާގައި އިން މާއިރާ އިނީ މޫނު ހަދައިގެންނެވެ. އެގެއަށް ޔަނާލް ގަދަހަދާލައިގެން އުޅޭތީ މާއިރާ ކައިރިއަށް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ.

“ބޮޑު ބައްޔެއް ލައިގަނެފައި މީނީ. މި ޑައިނުގެ ކަންތައްވެސް ޔަނާލްގެ ކަންތައް ދުއްވާލިހެން ދުއްވާލަންވީ ކަންނޭނގެ” މާއިރާ އަމިއްލަ ނަފްސަށް ބުނެލިއެވެ.

“ކީކޭ މަންމާ! މިހާރު ކޮންކަމަކާ ތުންތަޅުވަނީ ތި” މާއިރާ ކައިރީގައި އައިސް އިށިން އިފްނާ އަހާލިއެވެ.

“އިފޫއަށް ކެރޭނެތަ މި ޔާނާއަށް ބޮނޑިއެއްދޭން” ދެފަރާތް ބަލާލުމަށްފަހު މާއިރާ ބުނެލިއެވެ.

“ތިބުނީ ކޮންކަހަލަ ބޮނޑިއެއް” އިފްނާ އަހާލިއެވެ.

“އަހަރެން ހާދަފޫއްސެކޭ ވަނީ އޭނަދެކެ. އަހަންނަށް ހީވަނީ އޭނަ ހާރޫނު ރަނގަޅުކުރަން އުޅޭހެން. އެކަން އޭނައަށް ކާމިޔާބުވިއްޔާ އަހަރެމެން ޖެހޭނީ އަތް ފޮޅާލާފައި ޖަލަށްދާން. އޭރުން އޮންނާނީ ހުވަފެންތަކުގަ ކުލަ ޖެއްސިފައި” މާއިރާ ދަތްކުނޑި ވިކަމުން ވާހަކަދައްކަމުން ދިޔައެވެ.

“އަހަރެންވެސް ނިކަން ރުޅިއާދޭ އޭނަދެކެ. ހިތަށް އަރާ ފައި ކީތްކުރަން ގެނެސްގެން އުޅޭ އަންހެނެއްބާއޭ” އިފްނާ ބުނެލިއެވެ.

“މަންމަމެންނަށް ހާދަ އެއްޗެއް ނުވިސްނެޔޭ ދޯ” މާއިރާއާއި އިފްނާ ބަލާލީ އެމީހުންގެ ފުރަގަހުން އާފަލެއް ކަމުން އައިސް ހުއްޓުނު އާކިންއަށެވެ.

“ކޯޗެއް ނުވިސްނެނީ” އިފްނާ އަހާލިއެވެ.

“ހިތަށްނާރާތަ ފައިޒަން މީހަކާއި ނުއިނދެ ހުންނަނީ ކީއްވެގެންބާއޭ” އާކިން ސޯފާއަށް އެރީ އަނެއްފަރާތުގައި ހުރެފައި ފުންމައިގެންނެވެ.

“ތިބުނީ އެ ޔާނާއާއި އިންނަންވެގެނޭތަ” މާއިރާ އަހާލިއެވެ.

“އާނ… މިހާރުވެސް އެ ޔާނާއެއްގެ ކޮޓަރިއަށް ދަންވަރު ވަދެގެން ދެމީހުން އެގަންނަ ގަނޑެއް ގަންނަނީ. ދެން މަންޒަރު ރީތިވާނީ އިނީމާތާ. ބަލާތި ވަރަށް އަވަހަށް މިގޭތެރޭގައި ފައިޒަންގެ ކައިވެނި ވާހަކަ ދައްކަން ފަށާނެ”  ޔަޤީންކަމާއެކު  އާކިން ވާހަކަދެއްކިއެވެ. މާއިރާ ބޯޖަހާލިއެވެ. އޭނާއަށް ދަންވަރު އެދެމީހުން އެކީގައި ތިއްބާ ވަނީ ފެނިފައެވެ.

***************************************

ޔަނާލް މަޑުކޮށްލައިގެން ހުރީ މަގު ކަންމަތީގައެވެ. އިރުކޮޅަކުން ކާރުގައި ފައިޒަން އައިސް މަޑުކޮށްލިއެވެ. ޔަނާލް ކާރަށް އެރި މަންޒަރު ފިހާރައިން ނިކުތް ޒާކިންއަށާއި ނާދުއަށް ފެނުނެވެ. ޒާކިން ނާދުގެ މޫނަށް ބަލާލީ ހައިރާންކަން އެކުލެވިގެންވި ބެލުމަކުންނެވެ. އެހެންނަމަވެސް ނާދުގެ ތުންފަތްމަތިން ފެނުނީ ހިނިތުންވުމެކެވެ.

“ވަރަށް ގުޅޭ. މާޝާﷲ” ޒާކިން އެއްޗެއް ނުބުނަނިސް ނާދު ބުނެލިއެވެ.

“އެއީ އެއްގޮތަކަށްވެސް ކުލައްތަ ރުހޭނެކަމެއް ނޫން. މިވާހަކަ ޖެހޭނީ ގޭތެރޭގައި ފަޅާލަން” ޒާކިން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ކޮބާތަ މައްސަލައަކީ؟ ފައިވެސް ވާނެ ދޯ ކޮންމެސް އެއްދުވަހަކުން މީހަކާއި އިންނަން. ޒާކް އަނެއްކާ ޖޭ ވީތަ؟” ނާދު އަހާލިއެވެ.

“އަނގަ. މަ މޮޔަވެގެންތަ މިއުޅެނީ” ޒާކިން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

ފައިޒަން ޔަނާލް ގޮވައިގެން ދިޔައީ ވިލިމާލެއަށެވެ. ދެމީހުން އެއްކޮށް ޓެކްސީއަކަށް އަރައިގެން ގޮސް މަޑުކޮށްލީ ގެސްޓްހައުސްއެއްގެ ދޮރުމައްޗަށެވެ. ޔަނާލްގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ފައިޒަން އެތެރެއަށް ވަންނަން ހިނގައިގަތުމުން ޔަނާލް މަޑުޖެހުނެވެ. އޭނާ ފައިޒަންގެ މޫނަށް ބަލާލީ ތަފާތު ބެލުމަކުންނެވެ. އެގޮތަށް އޭނާ ގޮވައިގެން ގެސްޓްހައުސްއަކަށް އަޔުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

“ކަމްއޯން ނަނާ! ޑޯންޓް ގެޓް މީ ރޯންގް….. އަދިވެސް އެކަހަލަ ވިސްނުން ވިސްނަންތަ” ޔަނާލް ބަލަހައްޓައިގެން ހުރިގޮތުން މޫނާއި ކައިރިކޮށް ފުއްޓަތްކެއް ޖަހާލަމުން ފައިޒަން ބުނެލިއެވެ. ޔަނާލް ކައިރިއަށް ހިނިއައެވެ. އެކަން ފައިޒަންއަށް އިނގުނީ ހަމައެކަނި ފެންނަންހުރި ޔަނާލްގެ ދެލޮލަށް އައި ބަދަލުންނެވެ.

“މީހުން ގެސްޓްހައުސްތަކަށް ހަމައެކަނި އަންނަނީ ނުބައި ކަންތައް ކުރާކަށްނޫން. ބައެއް މީހުން އާދޭ ވަރަށް ރަނގަޅު ކަންތައްތައް ކުރަންވެސް” ލިފްޓަށް އަރަމުން ފައިޒަން ބުނެލިއެވެ. ޔަނާލް ހީލިއެވެ. ހަތަރު ފްލޯރއަށް ލިފްޓް ހުއްޓާލުމާއެކު ދެމީހުން ފޭބިއެވެ. ފައިޒަން ފަހަތުގައި ހުރެ ޔަނާލް ހިނގާފައި ދިޔައިރު އޭނާގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ. ފައިޒަން ބެލްއަޅާލީ ވައަތް ފަރާތުން ތިންވަނައަށް ހުރި ކޮޓަރީގައެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި އައްޔުމަން ފެނި ޔަނާލްގެ ތުންފަތަށް ހިނިތުވުމެއް ވެރިވެގެން ދިޔައެވެ. އަވަހަށް އެތެރެއަށް ވަދެ މޫނުމަތި ނިވާކޮށްފައިވާ ފޮތިކޮޅު އެއްފަރާތް ކޮށްލުމަށްފަހު އައްޔުމަން ގައިގާ ބައްދާލިއެވެ. އެތެރެއަށް ވަދެ ފައިޒަންވެސް ދޮރު ލޮކްކޮށްލިއެވެ. ޔަނާލްގެ ކަޅި ހަރަކާތްކޮށްލި ގޮތަކުން އެނދުގައި ހެވިފައި އިން ހާރޫން ފެނި ޔަނާލަށް އައްޔުމަންއާއި ދުރަށް ޖެހިލެވުނެވެ. އޭނާއަށް އެދިމާ ބަލާލެވުނީ ޤަބޫލުނުކުރެވިފައެވެ. އެއީ ހަމަ އޭނާގެ ބައްޕައެވެ. މީގެ އަހަރެއް ކުރިން އޭނާއަށް ފެނިފައިވާ ބައްޕަ ފެނުމުން އަނގަމަތީގައި އަތް އަޅާލެވުނެވެ. ތުނބުޅި އެއްވަރަށް ކޮށާފައިވާއިރު މޫނުމަތީގައި ވަނީ ތަފާތު އުޖާލާކަމެކެވެ. ތަފާތަކީ ހަމައެކަނި ފުރޮޅުލީ ގޮނޑީގެ އެހީގައި ނޫނީ އެއްތަނުން އަނެއްތަނަށް ނުދެވޭ ކަމެވެ. ޔަނާލް ކައިރިއަށް އަންނަތަން ފެނުމުން ހާރޫން އަނގަ ހުޅުވާލިއެވެ. އޭނާ ދަރިފުޅާއޭ ކިޔާ ގޮވާލަން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ކާމިޔާބެއްނުވިއެވެ. ދެލޮލުން ކަރުނަ ފައިބާގަތީ ހިތަށް ކުރި އަސަރަކުންނެވެ. ޔަނާލް ހާރޫނުގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ދެބަފައިން ރޮމުން ދިޔަ މަންޒަރުން ފައިޒަންއާއި އައްޔުމަންގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހިމޭންކަން.. (2)

Next

ވިންދޭ ލޯބި ތީ އެދޭ 29

Next
February 19, 2019

ވިންދޭ ލޯބި ތީ އެދޭ 29

Previews
February 18, 2019

ހިމޭންކަން.. (2)

18 Comments!

  1. Ushaali says:
    February 19, 2019 at 12:41 pm

    salaam all
    🙂 mi bai ves huriha kudhinnah kamudhaane kamah heekuran

    1. Anaa says:
      February 19, 2019 at 1:01 pm

      Varah reethi mibai ves dheh oibai maadhamaa kiyaaleveyne kamah uhmeedhu kurah

  2. tooo says:
    February 19, 2019 at 12:59 pm

    Adi miyadhu ehbai genrs dheebala plx pkx v v vreethi

    1. Ushaali says:
      February 19, 2019 at 2:58 pm

      🙁 so sorry tooo… miadhu hiyeh nuvey ithuru baeh genesdhevidhaane heneh. ekamu dhn in bai vr avahah kiyaalan libeyne ingey. dont worry

  3. Anonymous says:
    February 19, 2019 at 1:20 pm

    mi vaahakaige 1 inn 8 ge partuthah kobaatha

    1. mary says:
      February 19, 2019 at 2:57 pm

      Ushaali ge vaahaka jahaagen fb vadhebala ey run fennaane

    2. Ushaali says:
      February 19, 2019 at 2:59 pm

      🙂 yes. ushaaly ge fb page ga innaane huriha baithakeh

  4. jinn says:
    February 19, 2019 at 2:09 pm

    Who is AYYUMAN? Can any one tell me plzz

    1. Someone says:
      February 19, 2019 at 2:45 pm

      Ei haaroon ge rattesseh

    2. Ushaali says:
      February 19, 2019 at 3:01 pm

      story feshunu iru yanaal bappa kiyaany AYYUMAN ah. adhi details libeyne kuriah 🙂 huri baithakun

  5. Mary says:
    February 19, 2019 at 3:03 pm

    Yanaalge mum dho ei

  6. Yaan says:
    February 19, 2019 at 3:31 pm

    V reethi …1&8 kiyaaleveyne fenvaru online…

  7. Anonymous says:
    February 19, 2019 at 4:48 pm

    thanks

  8. yaaanaa says:
    February 20, 2019 at 9:10 am

    hei Ushaali,
    Fenvaru Online ga inee Mi vaahakaige 4 vana bayaa hama ah. thn huri baithah kiyaalan libyne gotheh neh tha?

    1. kail says:
      February 20, 2019 at 8:39 pm

      noon ushaali sis ge fb site in vss kiyaalan libeyne

    2. yaaanaa says:
      February 21, 2019 at 11:37 am

      thank you Kail

  9. Zee says:
    February 20, 2019 at 8:26 pm

    Aley miadu up nuvaneetha please up soon

  10. Jasmine says:
    February 21, 2019 at 11:42 am

    Ushaa kobaa next part????

Comments are closed.

Next Episodeދިނީ ޒަހަރު…. 23←


All Right Reserved!