ފަސް ބުރިި އިމާރާތުގެ ބޮޑުމިނައް ފަރުމާ ކުރެވިފައިވި ހުދު ކުލައާއި ކަޅު ކުލައިގެ ގެ ނުލާހިކުު ބަލާލަން ހިތްގައިމެވެ.ޖެހިލާ ވައިރޯޅިތައް ދަނީ މަންޝާގައިގާ ޖެހެމުންނެވެ.ތިރީގައި ހިނގާ މަންޒަރުތައް ބަލަން މަންޝާ ހުރީ އޭނާގެ ކޮޓަރީ ހުންނަ ބެލްކަނީގައެވެ.އެތާގެ ޗާލުކަަން ބަލާލަން ނުލާހިކު ހިތްގައިމެވެ.އެކި ވައްތަރު ވައްތަރުގެ މާމެލާމެލި ހައްދާފައިވުުުމުުން އިތުރަށް ފުރިހަމަ ވެގެންދިޔައެވެ.މަންޝާގެ ގެ އާއި މަންޝާގެ ކޮޓަރި ހުންނަނީ ރަށުގެ އިރުމަތި ފަރާތުގައެވެ. ހެނދުނު ވަގުތު ކަމުން އަރަމުންދިަ އިރުގެ ރީތިކަން ނުލާހިކު ހިތްގައިމެވެ. މަންޝާއަށް […]
ވެހޭމުންދާ ބޯ ވާރެއާއެކު ސްކޫލްގެ ގޭޓްކައިރީގައި އަހަރެން މަޑުކޮށްލައިގެން ހުރީމެވެ. ބެލެނިވެރިން ކުޑަނަގައިގެންނާއި, ކޯޓުލައިގެން ކުދިން ބަލާ ސްކޫލްދޮށަށް އައިސްތިއްބެވެ. ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑުވެސް އެހާގަދައެވެ. މީންއިރަކު ވާރޭހުއްޓާކަށް ނެތްކަހަލައެވެ. އަހަރެން އެހެންހުންނަތާ ފަނަރަ ވަރަކަށް މިނެޓް ވެއްޖެއެވެ. އަޅެ ކޮންމެވެސް މީހަކު އަހަރެން ބަލާ އަންނާނޭނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ކިތަންމެ އިރަކު އެހެން ހުއްޓަސް އަހަރެންބަލާ އަންނާނެ މީހަކު އަހަރެންގެއަކު ނުހުންނާނެކަން އަހަރެންނަށް ކުއްލިޔަކަށް ހަނދާންވީދެނެވެ. ކުޑައިރުކޮޅެއް ފަހުން ވެހޭބޯވާރޭ ތުނިކޮށްލުމުން، އަހަރެން ގެއަށްދާން […]
ކޮންމެއަކަސް އަހަރެންގެ ހިތް ބަދަލުވެއްޖެވެ.އަހަރެން ލޯބިވީ ހަމައެކަނިި ޒާން ދެކެ އެއް ނޫން އަހަރެން ލޯބިވީ އަޔާންދެކެއެވެ. އަހަރެން އަޔާންގެ ޖާދޫގައި ޖައްސައިފިއެވެ. 5އަހަރުފަސް………. އަހަރުތައް ފާއިތުވަމުން ދިޔައީ އަހަރެން އިންތިޒާރު ކުރާދުވަސް ނާސްފައެވެ. ******** އެއްދުވަހެއްގެ ހެނދުނު ވަގުތެވެ. ދޫނި ސޫފާ ސޫފީގެ އަޑުތައް ދަނީ އިވެމުންނެވެ.ނަމަވެސް އަހަރެން އޮތީ އަޑެއް ނުލައްވަ އޮވެވޭތޯއެވެ. އެއީ އަހަންނައް ލިބުނު ހަބަރުންނެވެ. އަދި ހިތާމަވެރި ހާދިސާއިންނެވެ.އަހަރެންގެ ހިތް މުޅިން ފުނޑު ފުނޑުވެއްޖެވެ. އަހަރެން އެންމެ ލޯބިވާ ބައްޕަ […]
މުޅި މަގުމަތީގައި އިސާހިތަކު ލޭގެ ކޯރެއް އުފެދިގެންދިޔައެެވެ. ރާދިން ގޮސް އަވްލީން ނެގިއިރު އަވްލީންގެ ހެޔެއްނެތެވެ. އަވްލީން އޮތް ހާލުފެނުމުން ރާދިންގެ ހިތް ކުދި ކުދި ވިކަހަލަ އިހުސާސެއްކުރެވިގެންދިޔައެވެ. މާހިލްއަށްވެސްވީ ރާދިންއަށް ވީވަރެވެ. ހަރާކަތެއްނެތް މައިރާގެ ހަށުގަނޑު އުފުލާލިއިރު އެހިތް ފޮތިފޮތިވެގެން ދިޔައެވެ. ހިތުގެ މަލިކާ އަށް އެފަދަ ހާކެއްޖެހިފައި އޮއްވާ ބަަލަން ކެއްވާނީ ކާކަށް ހެއްޔެވެ. ރާދިން އާއި މާހިލް އަވަސްވެގަތީ ދެމީހުން ގޮވާގެން ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ދިޔުމަށެވެ. މަގުމަތީގައި ތިބި މީހުންގެ އެހީއާއިއެކު […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެން ލޯބިވާ މައިންބަފައިންނާއި އުފަން ރަށް ދޫކޮށްލީ ހަމައެކަނި ފިރިމީހާއަށްޓަކައެވެ. އެކަމަކު އޭނާ ކިހާ އިންސާފެއްނެތް ހެއްޔެވެ؟ އަހަރެން ގެނެސް އޭނާގެ ރަށަށް ލުމަށްފަހު އޭނާއުޅެނީ މާދުރު ރަށްރަށުގައެވެ. އަހަރަކު އެއްފަހަރުވެސް އަހަރެންގެ ޙާލު ބަލާލަން އާދެވޭ ކަމަކަށް ނުވެއެވެ. އޭނާނެތި މިތަނުން އަހަރެންނަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ އޭނާގެ ޢާއިލާގެ މީހުން ރަގަޅެވެ. އެކަމަކު އަހަރެން ހޯދަން މިއުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެން މިހައި ދުރަށް ގެނައި ބާރު […]
އަޝްރާ ދިޔުމާއެކު މިންހާ އެއްޗެހި ބަދަލުކޮށްލައިގެން އައިސް ނިދަން އޮށޯތެވެ. މާދަމާއަކީ ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަހަށް ވުމާއެކު ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަވާން ބޭނުމެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނެކަމުގެ އުއްމީދުގައި ނިދާލުމަށް މިންހާ ދެލޯ މަރާލިއެވެ. އިރުގެ ރަންދޯދިތަކުން ދުނިޔެ މައްޗަށް އަލިކުރަމުން ދިޔައެވެ. އިންސާނުންނެކޭ އެއްފަދައިން ދޫނިސޫފާ ސޫފިތައްވެސް އެސޮރުމެންގެ ހާލިތަކުން ނިކުމެ ދުވަހުގެ މަސައްކަތް ފެއްޓިއެވެ. ކާޅާއި ކޮވެލީގެ އަޑު ފަޒާގެ ތެރޭގައި އިވިއިވި ހުއްޓެވެ. ބައެއް މީހުން މަގުމައްޗަށް އެޅިފައިވި […]
“ކޮބާ އީތަން؟” އަލީޝާއަށް ފުރަތަމަވެސް އަހައިލެވުނެވެ. ހުދާ ވީ ގޮތް އޮޅުން ފިލުވައިދިނެވެ. ޔޫސުފް އަލީޝާއާއި ހަވާލުވުމުން، ޕޮލިސް ސްޓޭޝަނަށް ގޮސް ފުލުހުންގެ ތަހުގީގުތަކަށް ޖަވާބުދިނުމަށްފަހު އީތަން ދިޔައީ ގެއަށްކަމަށް ބުންޏެވެ. އަދި ޝަކީބުގެ މަރުގެެ ތުހުމަތުގައި ފުލުހުން އިބްރާހިމް ހައްޔަރުކުރިކަމާއި ޝަކީބުގެ ޖަނާޒާގެެ ކަންތައް ކުރިއަށްދާ ވާހަކަވެސް ބުންޏެވެ. އެ ހުރިހާ ވާހަކައެއް ނިމުނުއިރު އަލީޝާގެ ހިތުގައި އޮތީ އެެންމެ އެދުމެކެވެ. އީތަން ދެކިލުމަށެވެ. ************************** ކުލާސް ކުރިމަތިން ދަމުން، ދޮރާއި ހަމައަށް ފޯރުމުގެ ކުރިން […]
އާނިޝް އާއި ރާން މިސްރާބް ޖެހީ ސީދާ މަގަށެވެ. އޭނާގެ ލޯބިވެރިޔައިގެ ސީދާ މަގަށެވެ. ނަމަވެސް އެއީ ރަނގަޅު މަގު ބައި؟ *********************** އެލީޝާ ހޭލީ ފަތިސް ނަމާދުުެެ ބަންގީގެ އަޑަށެވެ. ނަމަވެސް އެލީ އަށް އެއަޑު ނީވޭ ކަމައް ހަދައި ނިދީއެވެ. އެލީީޝާގެ މަންމަ އެވަގުތު ގޮވައިލިއެވެ. ނަމަވެސް އެ ގޮވައިލި ގޮވައިލުން ކަންފަތުގައި ޖެހޭ ގޮތެއް ނުވިއެވެ. މީ ހާދަ ހޭ ކުޅަދާނަ ކުޖެއްބާއޭ؟ ************ ރާއިފާވެސް ކަންތައް ކުރީ މިހެންނެވެ. ނީޒާ ފަތިސްް […]
އެއީ މަންހާގެ ފަރާތުން އައި މެސެޖެކެވެ. މަންހާވަނީ ވީހާވެސް އަވަހަކަށް އޭނައަށް ގުޅާލުމަށް އެދިފައެވެ. ބަލާބެލުމަށް މަންހާ އެ މެސެޖުކުރީ ބޮޑު ކަމަކުހެން ހީވިއެވެ. އެހެނަސް މަންހާ މާޝާއާއި ބައްދަލު ނުވާތާވެސް ވަނީ އެތައް ދުވަހެއްވެފައެވެ. ވީއިރު މަންހާގެ ފަރާތުން އޭނަ ކަންބޮޑުވެދާނެ ޒާތުގެ ވާހަކައެއް އިވޭނީ ކިހިނެއް ހެއްޔެވެ؟ ސިކުނޑިއަށް ވެރިވި އެ ސުވާލުން އެ ވަގުތުގައި މަންހާއަށް މެސެޖަކުން ވިޔަސް ޖަވާބެއްނުދީ މާޝާއަށް ފަސްކޮށްލެވުނީ އެވަގުތު އޭނަ ވަށައިގެން ވެސް ސީރިއަސް ވާހަކައެއް ދެކެވެމުން […]