Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭ ނަމަ 17

Aami Level 210 Stories100 Comments
February 18, 2019 6 Mins Read
16 Comments

“ތޭންކްސް މައި. އެކަމް ކިހިނެއް އަހަރެމެން މިކަންތައް ކުރާނީވެސް. ދެން ނެތެއްނު އޭރުން މާ ގިނަ ދުވަހެއްވެސް. މިހާ މަދު ދުވަސްކޮޅަކުން އެހާ ބާރުގަދަ ގޭންގެއް އަހަރެމެންނަށް ބަލިކުރެވޭނެތަ؟ އެމީހުން ބައްދާލަންވެސް އެމީހުންނާއި ދެކޮޅަށް ޕްރޫފްވެސް ހޯދަންޖެހޭނެއެއްނު. ކިހިނެއް އެހުރިހާ ކަމެއް ކުރާނީ؟” ރާދިން އިނީ ބޯ ހާސްވާގޮތްވެފައެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މި ކަންތައް ގަނޑުން ސަލާމަތްވާން އޭނާ ބޭނުންވެއެވެ. އަދި އަވްލީން އޭނާގެ ހައްގަކަށް ހަދަންވެސް އެހިތް ދަނީ ތެޅި ފޮޅެމުންނެވެ.

“އެބައޮތް ޕްލޭންއެއް. ފަހަރެއްގަ މިގޮތަށް ކަންތައްކޮށްގެން އަހަރެެމެންނަށް މި ކަންތައްގަނޑުން ސަލާމަތްވެވިދާނެ. އެކަމް މީތި ވޯކް ނުކޮށް އަހަރެމެންނަށް ބެކް ފަޔަރ ކޮށްފިއްޔާ ރިސްކު ވެސް އޮންނާނެ. އެކަމް ޓްރައި ކުރެވިދާނެއެއްނު.” ވަރަށް ވިސްނުމަށްފަހު ރާހިލް ވާހަކަދެއްކިއެވެ.

“ކިތެއްމެ ރިސްކު ބޮޑަސް ޓްރައިކުރާނަން. ކޮންމެ ގޮތެއް ހަދާފަވެސް އަހަރެން ބޭނުން މި ކަންތައްގަނޑުން ސަލާމަތް ވާން. ކިޔާދީ ޕްލޭން.” ރާދިން އިނީ މި ކަމުން ސަލާމަށްވާން ބޭނުންވެފައެވެ. އަވްލީން އާއި ވަކިން ދިރިއުޅުމެއް ބިނާކުރުމަކީ ރާދިން އަށް ކުޅަދާނަވާނެވަރުގެ ކަމެއް ނޫނެވެ.

“އޯކޭ ރާދް ބުނީމެއްނު އެ ގޭންގެ ބޮޑަކަށް ހުންނަނީ އެ އަންޖަލްގެ ބޭބެ އެކޭ. އަދި އޭނަ ރާދް އަށް ބައެއްފަހަރު ގުޅަންވެސް ގުޅަޔޭ އަންޖަލްގެ ކަންތަކުގަ ދޯ؟” ރާހިލް ކޮށްލީ ސުވާލެކެވެ.

“އާން ބުނިން. އެކަމް މި ވަގުުތު ތި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟” ރާދިން އިނީ ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތް ވެފައެވެ.

“މިޔެއްނު ޕްލޭންއަކީ. ރާދް އަތުގަ އިންނާނެ އެެއްނު އޭނަގެ ނަމްބަރު. އަހަރެމެން ކޮންމެވެސް މީހެއް އޭނައަށް ގުޅާނީ. އޭނަ ފޯނު ނެގީމަ އަހާނީ ނެތްހޭ އެއްޗެއް؟” ރާހިލް އޭނާގެ ހިޔާލު އެހެން މީހުންނާއި ހިއްސާކުރިއެވެ.

“އެއްޗެއް ނެތްހޭ އަހާނީއޭ؟ ކޮން އެއްޗެއް ނެތްހޭ އަހާކަށްތަ އަނެއްކާ ރާހިލް ހަމަތަ؟” މައިރާ އަކަށް ރާހިލް ދެއްކި ވާހަކައެއް އެއްގޮތަކަށްވެސް އޮޅުމެއްނުފިލިއެވެ.

“ސާބަސް މައި އަށް. އެކަހަލަ ޑްރަގް ބިޒްނަސް ކުރިއަށް ގެންދާ މީހުންނަށް ގުޅާފަ ކޯއްޗެއް ހުރިތޯތަ އަހާނީ؟ މޭކަޕު ކުރާ ސާމާނު ހުރިތޯ އެއް ނޫނެއްނު އަހާނީ.” އެއޮތް ސީރިއަސް މާހައުލުގައިވެސް މައިރާ ކޮށްލި ސުވާލަކުން މާހިލްއަށް އޭނާގެ ހިނިގަނޑު ކޮންޓްރޯލް ކުރެވޭގޮތެއްނުވިއެވެ. މާހިލް އާއި ބައިވަމުން ރާދިން އާއި ރާހިލް ވެސް ހޭންފެށިއެވެ.

“އާން ދެން ހެވޭ ކޮންމެހެން ދިމާކުރާނެކަމެއް ނެތް. އެހެންބުނީމަ ނޭނގޭނެއެއްނު.” މައިރާ ވެސް ދެރަވާކަށް ބޭނުމެއްނުވިއެވެ.

“އޯކޭ ދެން ސީރިއަސް. ދެން އޭނަ އެބަހުއްޓޭ ބުނެއްޖެއްޔާ ކިހިނެތް ކަންތައްކުރާނީ؟ ޕޮލިހެއްގެ ހެލްޕާއި ނުލައި އަހަރެމެންނަށް އޭނަ އެކްސްޕޯސްއެއް ނުކުރެވޭނެ އެއްނު.” ރާދިން އިނީ ދެން ކަންތައްކުރަންވީ ގޮތް އެނގެން ބޭނުންވެފައެވެ.

“އެކަންވެސް ހަމަޖެހޭނެ. އަހަރެންގެ ހުންނާނެ ފްރެންޑެއް އޭނަ އެއީ ޕޮލިހެއް. އޭނަ ގާތު ބުނާނީ މިކަމުގަ އަހަރެމެންނަށް އެހީވާށޭ.” ރާހިލް އޭނަ ކަންތައް ކުރަން ހިޔާލުކުރިގޮތް އެންމެންނާއި ހިއްސާކުރިއެެވެ.

“އަހަރެންނަކަށް ނޭނގޭ މީތި ސަކޭތަ ޕަސެންޓް ވޯކް ކުރާނެކަމެއް. އެކަމް މިކަހަަލަ ހާލަތެއްގަ ރިސްކެއް ނަގަންދޯ ޖެހޭނީވެސް. މީތި ވޯކްކޮށްފިއްޔާ އެ ގޭންގު މީހުން އެއްކޮށް ބެދޭނެ. ދެން އެ އަންޖަލް އަކަށް އިތުރަށް ރާދް އަށް ބިރެއްނުދެއްކޭނެ އެންޑް އެކަކަށް ވެސް ރާދް އާއި ލީންގެ ދެމެދަކަށް ނާދެވޭނެ.” އެންމެންގެ މޫނު ތަކަށް ބަލަން އިނދެފައި ރާހިލް ބުނެލިއެވެ.

އެންމެންނަށްވެސް މި ކަމަކީ ރިސްކީ ކަމެއްކަން ޤަބޫލުކުރެވެއެވެ. ނަމަވެސް މި ނޫން އެހެން ގޮތެއްވެސް މިއަދު އެމީހުންނަށް ނެތެވެ. އެހެންކަމުން ވަރަށް ވިސްނުމަށްފަހު 4 މީހުންވެސް މި ޕްލޭންއާއި އެއްގޮތަށް މަސައްކަތްކުރާން ނިންމިއެވެ.

“ޑޯންޓް ވޮރީ ރާދް. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ.” މާހިލް ރާދިންއަށް ހިތްވަރުލައިދިނެވެ.

**************

އަވްލީން އޮތީ އޭނާގެ ކޮޓަރީ އެނދުމަތީ ވާހަކަ ފޮތެއް ކިޔާށެވެ. ކުއްލިއަކަށް ފޯނަށް މެސެޖެއް އައި އަޑުއިވުމުން ފޯނު ނަގައިބަލައިލިއިރު  މައިރާގެ މެސެޖެކެވެ. މިއަދު ހަވީރު އޭނަ އާއިއެކު ހިނގާލަންދާން ތައްޔާރުވެގެން ހުރުމަށް އެދިފައެވެ. އަލްވީން ބޭރަށްދާ ހިތްނުވި ނަމަވެސް މައިރާ އެދުމުން ދެކޮޅު ހަދާކަށްނުކެރުނެވެ. އޯކޭ އޭ ކިޔާ މެސެޖެއް ފޮނުވާލުމަށް ފަހު އޮތް ތަނުން ތެދުވެގެން ގޮސް ހަވީރަށް ލާނެ ހެދުމެއް ނަގައި އިސްތިރި ކުރަން ފެށިއެވެ.

***************

އަވްލީން ގެ މެސެޖު ލިބުމުން މައިރާގެ ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވިއެވެ. މެސެޖު ކުރިއިރުވެސް އަވްލީން އޭނާގެ އެދުމަށް އިންކާރު ނުކުރާނެކަން މައިރާއަށް އެނގެއެވެ.

“ލީން އެއްބަސްވެއްޖެ ބޭރަށް ދާން. އެނގެއެއްނުދާނެ ތަން ދޯ؟ ޝާޕް 5 އަށް އެތަނަށްދާތި އެންޑް ބީ ރެޑީ.” މައިރާ ވަގުތުން ރާދިންއަށް މެސެޖު ކޮށްލުމަށްފަހު އަވްލީން ބޭރަށްދާން އެއްބަސްވި ހަބަރު ދިނެވެ.

އޮފީސް ނިންމާލާފަ އައިސް އަރާމުކޮށްލަން ބޭނުންވި ނަމަވެސް ރާދިންގެ އެދުމަށް އަވްލީން ގޮވާގެން ބޭރަށް ދިއުމަށް މައިރާ އެއްބަސްވިއެވެ. ރާދިންއަށް އަވްލީން ނުފެނި ގިނަ ދުވަސް ވުމުން އަވްލީންގެ ސޫރަ ދެކިލަން ބޭނުންކަމަށް އެދުމުން ދެކޮޅު ހަދަން ނުކެރުނީއެވެ.

މައިރާގެ މެސެޖު ލިބުމުން ރާދިން ވަރަށް ހިތްހަމަޖެހުނެވެ. އަވްލީންގެ ރީތި ސޫރަ ނުފެންނަތާ އެތައް ދުވަހެއްވެއްޖެއެވެ. އެހެންކަމުން ދުރުން ނަމަވެސް އެ ސޫރަދެކިލާ ހިތުން ރާދިން ހުރީ ކެއްމަދުވެފައެވެ.

ގަޑިން ހަތަރުގަޑި ފަންސާސް ވީ އިރު ރާދިން ހުރީ މައިރާ އަންނަން ބުނި ތަނަށް ދާން ތައްޔާރުވެގެންނެވެ. ގެއިން ބޭރަށް ނިކުމެ ކާރަށް އެރިތަނާ އޭނާގެ ފޯނަށް މީހަކު ގުޅަން ފެށިއެވެ. ފޯނު ނަގައި ބަލައިލިއިރު އަރައިފައި އިން ނަމެއް ފެނިފައި ރާދިން ވީ ފޫއްސެވެ. ނަމަވެސް ފޯނު ނުނަގައިފި ނަމަ މައްސަލަ ގޯސްވާނެކަން އެނގޭތީ އިތުރު ގޮތެއް ނެތުމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

“ރާދް އާދެބަލަ އަހަރެން ގޮވާގެން ބުރެއްޖަހާލަން ދާން. ވަރަށް ފޫހިވާތީ މިއުޅެނީ. ރެޑީވެސް ވެގެން މިގުޅީވެސް އާދެ އަަހަރެންގެ އެޕާޓްމަންޓް ކައިރިއަށް.” ފޯނު ނެގުމާއި އެކު އަންޖަލް އޭނާ ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލީ ރާދިންއަށް އެއްޗެއް ބުނޭނެ ފުރުސަތެއްވެސް ނުދީއެވެ.

“އަހަރެން ބިޒީ މިއަދު އެހެން ދުވަހަކުން ދާނީ. މިދަނީ ރާހިލް މެން ބުނެގެން ކަމެއްގަ.” ރާދިންގެ ޖަވާބުކުރެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މިއަދު އަންޖަލްގެ ކިބައިން ސަލާމަތްވާން އޭނާ ބޭނުންވެއެވެ.

“ރާދިން އަށް މުހިންމު ވަނީ އެ ރާހިލް މެންތަ ނޫނީ ރާދިންގެ ވާން އެޅޭ އަންހެނުންތަ؟ ބުނަން އަހަރެން ބުނާ ގޮތަށް ކަންތައްނުކުރަންޏާ ވާނެ ގޮތް ރާދިންއަށް ރަނގަޅަށް އެނގެއެއްނުދޯ؟ އެހެންވީމާ އަހަރެން ގާތަށް އިތުރަށް ރުޅި ނާރުވާހުރޭ.” އަންޖަލް ހީވަނީ ރުޅިއައިސްގެން ފަޅައިގެން ހިނގައިދާނެ ހެންނެވެ. އެއްގޮތަކަށްވެސް ރާދިން އޭނާ އަށް ވުރެ އެހެން މީހުންނަށް ސަމާލުކަންދީ މުހިންމުކަންދޭކަށް އޭނާ ބޭނުމެއްނޫނެވެ.

“މިބުނީ އެންނު މިއަދު ބިޒީއޭ. އަންޖަލް ބުނާ ކަންތައް އަހަރެން ކުރަންދޯ. އަންޖަލް ބުނެގެން އަހަރެން ލީން އާއިވެސް ދުރުވީ. އެންޑް ރާހިލް މެން އެއީ އަހަރެންގެ ފެމެލީ ސޯ އެމީހުންނާ އަހަރެން ދުރުކުރުވަން ނޫޅޭ. މިއަދު ރާހިލް މެން މާކުރިން އަހަރެން ކައިރީގަ އަންނަން ބުނެފަ އޮތީ. ސޯ އަންޖަލް ގޮވާގެން އެހެން ދުވަހަކުން ދާނަން. އިތުރަށްދެން މިކަމާ ހިފަން ނޫޅޭ.” އަންޖަލް ކިތެއްމެ ބިރެއްދައްކަން އުޅުނު ނަމަވެސް ރާދިން ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

“އޯކޭ މައްސަލައެއްނެތް. އެކަމް ދެން ދުވަހަކުން ރާހިލް މެންނާ އެއްކޮށް ކަމެއް ކުރަން ޕްލޭންކުރަންޏާ އަހަރެން ކައިރީ ބުނާތި.” ދައްކަން ބޭނުން ވާހަކަ ދެއްކުމަށްފަހު އަންޖަލް ފޯނު ކަނޑާލީ ރާދިން ބުނާ އެއްޗަކަށް ބެލުމެއްވެސް ނެތިއެވެ.

ދުވަސްކޮޅަކުން އަހަރެން ނުޖެހޭނެ ތި އަންޖަލް ބުނާ ބަހަކަށް ހެއްލިގެން ހުންނާކަށް. ޖަސްޓް ވެއިޓް އެންޑް ވޮޗް. ފޯނާ ދިމާއަށް ބަލަން އިން ރާދިންގެ ހިތަށް އަރަމުން ދިޔައެވެ.

“އަހަރެންނާ އިނީމަ ތިފާޑަށް އުޅޭކަށް ނުކެރޭނެ. މިހާރަށް އެ އަވްލީން އާއި ދުރު ހުރީމަ އަހަރެންނަށް ފުދޭ. ލީން އޯ. ލީން މައި ފޫޓް.” އަތުގައި އޮތް ފޯނަށް ބަލަންހުރެ އަންޖަލް އެއްޗިސް ކިޔާލިއެވެ. އިރުކޮޅެއްވަންދެން ފޯނަށް ބަލަން ހުރުމަށްފަހު ނަމްބަރަކަށް ގުޅާލިއެވެ. މާގިނަ އިރަކު އިންތިޒާރުކުރާކަށްނުޖެހުނެވެ. އެންމެ ރިންގަކުން އެކޮޅުން ފޯނު ނެގިއެވެ.

“އޭ ރައިި ވަރަށް ވައި ވެގެން މިއުޅެނީ ހިނގާބަލަ ބުރެއްޖަހާލަންދާން.” އެކޮޅުން ފޯނު ނެގިއިރަށް އަންޖަލް ބުނެލިއެވެ.

“އޯކޭ ހިނގާ ދާން. އަހަރެންވެސް ފޫހިވާތީ މިއުޅެނީ.” ރައިފާ ވެސް ވަރަށް ފަސޭހައިން އަންޖަލްގެ ބަހަށް އެއްބަސްވީ އޭނާ ވެސް ބޭރަށް ގޮސްލަން ބޭނުންވެފައި ހުރުމުންނެވެ.

****************

“ލީން އާދެބަލަ މިިތާގަ އިށީންނަން.” ރަސްރަނި ބަގީޗާގައި އިން ބެންޗެއްގައި އިށީންނަމުން މައިރާ އަވްލީން ކައިރީގައި އެތާގައި އިށީނުމަށް އެދުނެވެ.

” ދެން ދުވަސްކޮޅަކުން ލީން ދިޔާމަ އަހަރެމެން ދެމީހުން ދިމާވެސް ނުވާނެދޯ. އައި ވިލް މިސް ޔޫ އަލޯޓް އިނގޭ.” އަވްލީންގެ އަތަށް މަޑު މަޑުން ފިތައިލަމުން މައިރާ ބުނެލިއެވެ. އަވްލީން އެމީހުންނާއި ދުރަށް ދިޔަ ނުދޭން ޕްލޭންތަކެއް ކުރަމުން ދިޔަ ނަމަވެސް އަވްލީން ގޮސްދާނެތީ މައިރާ އިނީ ދެރަވެފައެވެ. އެމީހުން ހީކޮށްގެން ތިބި ގޮތަށް ކަންތައް ނުވެއްޖެނަމަ އެންމެންވެސް މާޔޫސްވެ ދެރަވާނެއެވެ. ހާއްސަކޮށް ރާދިންއެވެ. މި  ހިޔާލުތައް ސިކުނޑިއަށް ވަންނަން ފެށުމުން މައިރާ ކުޑަކޮށް ބާހަލުވާލާ ހަމަޖެހިލިއެވެ.

“ތި ވަރަށް ދެރަ ނުވެބަލަ މައި. މުޅި އުމުރަކަށް ނޫނެއްނު އަހަރެން މިދަނީ. އެންޑް އެކޮޅަށް ދިޔަސް އަބަދުވެސް މައި އަށް ގުޅައި ހަބަރުވާނަމޭ. ހީވޭތަ އަހަރެންގެ ކިބައިން އެހާ ފަސޭހައިން ސަލާމަތްވޭނެހެން؟” އަވްލީން ހިނިގަނޑެއްޖަހައިލަމުން އެހެން ބުނެލީ މައިރާ ހެއްވާލުމަށްޓަކައެވެ. ކަންވީވެސް އެހެންނެވެ. މައިރާ ހީގަންނަމުން އަވަލީންގެ ކޮނޑުގައި ޖަހައިލިއެވެ.

ބެންޗުގެ ފަހަތުގައި އިން ގަސްގަނޑެއް ކައިރީގައި ހުރި ރާދިން ހުރީ ކަޅިޖަހާވެސް ނުލައި އަވްލީން އަށް ބަލާށެވެ. އޭނާއަށް އަވްލީން މި ފެނުނީ ހާދަ ދުވަހެއް ފަހުންނެވެ. އަވްލީންގެ އެ ރީތި ސޫރަ ފެނުމުން ހިތަށް އާދިރުމެއް ލިބިގެން ދިޔަހެން ރާދިން އަަށް ހީވިއެވެ. ކަޅިޖަހާލަންވެސް ނޭގި ބަލަން ހުރެވުނީ އެހެންވެއެވެ.

“އޭބަލަ ރާދް ތިވަރަށް އެމަންޖެއަށް ނުބަލަަބަލަ. މިތާ ތިބޭ މީހުން ކީކޭތަ ހިތަށް އަރާނީ.” ރާދިން ކައިރީގައި ހުރި މާހިލް ހުރީ ރާދިން އަވްލީން އާއި ދިމާލަށް ބަލާވަރުން މަޖާވެފައެެވެ. އެހެންކަމުން ރާދިންއަށް ޖެއްސުންކޮށްލިއެވެ.

“ހެވޭ މީހުން ކޮންމެ އެއްޗެކޭ ކިޔަސް. ހާދަ ދުވަހެއް ފަހުންނޭ އަހަރެންނަށް ލީން މިފެނުނީ.” ރާދިން އިނީ ގޮތް ދޫކުރާކަހަލަ ގޮތަކަށް ނޫނެވެ.

“އޯކޭ އޯކޭ. ހިތް ފުރެންދެން ބަލަން އިނދޭ.” މާހިލްވެސް ހިނިގަނޑެއްޖަހައިލަމުން ބުނެލިއެވެ.

ރަސްރަނި ބަގީޗާއަށް ވަދެގެންއައި އަންޖަލް އަށް ހައިރާންކަމެއް ލިބުނީ އެތަނުން ރާދިން ފެނުމުންނެވެ. ގައިމު އެއީ ބިޒީ އޭ ބުން މީހާއެވެ. ބޭރަށް ދާން އުޅުނު ނަމަ އޭނާ އަންނަން ބުނުުމުން ދޮގު ހެދުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. ދެން އަންޖަލްގެ ނަޒަރު ދިޔައީ ރާދިން ބަލަން ހުރި ދިމާއަށެވެ. ކަޅިޖަހާނުލާ ރާދިން ބަލަން އިނީ ކޮން އެއްޗަކަށްތޯ އަންޖަލް ބަލަން ބޭނުންވިއެވެ. އަންޖަލްެގެ މޫނު މައްޗަށް ރުޅިވެރިކަން ވެރިވީ ކުރިމަތީގައި އިން އަވްލީން ފެނުމުންނެވެ. އެނާ ބުނުމުން ރާދިންއަށް ނާދެވުނު ސަބަބަކީ މިއީ ހެއްޔޭ އަންޖަލްގެ ހިތަށް އެރިއެވެ. އޭރު ރުޅިން މީހާ ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ.

“ޔޫ ވިލް ރިގްރެޓް އެބައުޓް ދިސް ރާދިން. އައި ވިލް މޭކް ޝުއަރ އޮފް އިޓް ޖަސްޓް ވެއިޓް އެންޑް ވޮޗް.” އަވްލީން އާއި ދިމާލަށް ބަލަން ހުރެ އަންޖަލް ވާހަކަ ދެއްކިއިރު އެ އަޑުގައި ނުރައްކާތެރިކަމެއް ހުއްޓެވެ. އަވްލީން އާއި ދިމާއަށް ބަލަހައިޓައިގެން ހުރި ގޮތުން ހީވީ ދެން ދެންމެ އަވްލީން ނޮޅާލައިފާނެ ހެންނެވެ.

“ލީން ހިނގާބަ އައިސްކޯން ބޯންދާން އަހަރެން ވަރަށް އައިސްކޯން ބޯހިތްވޭ އެބަ.” މައިރާ ގެ އެދުމަށް އަވްލީން މައިރާ އާއި އެއްކޮށް ހިނގައިގަތީ އަވްލީން ވެސް އައިސްކޯން ބޯހިތްވެފައި ހުރުމުންނެވެ.

އައިސްކޯން ގަނެގެން މަގު ހުރަސްކުރަން ދިޔަ އަވްލީން އާއި މައިރާ އަށް ސިހުން ލިބުނީ ކުރިމަތިން ބާރު ސްޕީޑް އެއްގައި އަންނަމުން ދިޔަ ކާރު ފެނުމުންނެވެ. ކާރު އަންނަމުން ދިޔައީ ސީދާ އަވްލީން އާއި ދިމާއަށެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އަވްލީން އަށް ހުރެވުނީއެވެ. އޭރު ކާރާއި އަވްލީން އާއި ދޭތެރެގައި އޮތް ޖާގަކުޑަވަމުން ދިޔައެވެ. މަގުގެ އަނެއް ފަރާތުގައި މަންޒަރު ބަލަން ހުރި ރާދިންއަށް ވެސް ލިބުނީ ޝޮކެކެވެ. އަވްލީން ސަލާމަތްކުރުމަށް އެދިމާލަށް ދުއްވައިގަންތަނާ މުޅި ފަޒާގައި ގުގުމައިގެން ދިޔައީ އަވްލީން އާއި މައިރާގެ ހަޅޭކުގެ އަޑެވެ. ރާދިން އާއި މާހިލްއަށް ދުވަމުން އަވްލީން މެންނާއި ހަމައަށް ދެވުނުއިރު ކާރު އަވްލީންގެ ގައިގާ ޖައްސާފައި އެދިޔަ ބާރު މިނުގައި ހިނގައްޖެއެވެ. އަވްލީން ސަލާމަތްކުރުމަށްޓަކައި މައިރާ އަވްލީންގެ އަތުގައި ހިފައިދަމައިގަންނަން އުޅުމުގެ ސަބަބުން ކާރުދިޔައިރު ދިޔައީ ދެމީހުންގެ ގައިގާޖިހިފައެވެ.

މުޅި މަގުމަތީގައި އިސާހިތަކު ލޭގެ ކޯރެއް އުފެދިގެންދިޔައެެވެ. ރާދިން ގޮސް އަވްލީން ނެގިއިރު އަވްލީންގެ ހެޔެއްނެތެވެ. އަވްލީން އޮތް ހާލުފެނުމުން ރާދިންގެ ހިތް ކުދި ކުދި ވިކަހަލަ އިހުސާސެއްކުރެވިގެންދިޔައެވެ. މާހިލްއަށްވެސްވީ ރާދިންއަށް ވީވަރެވެ. ހަރާކަތެއްނެތް މައިރާގެ ހަށުގަނޑު އުފުލާލިއިރު އެހިތް ފޮތިފޮތިވެގެން ދިޔައެވެ. ހިތުގެ މަލިކާ އަށް އެފަދަ ހާކެއްޖެހިފައި އޮއްވާ ބަަލަން ކެއްވާނީ ކާކަށް ހެއްޔެވެ.

ރާދިން އާއި މާހިލް އަވަސްވެގަތީ ދެމީހުން ގޮވާގެން ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ދިޔުމަށެވެ. މަގުމަތީގައި ތިބި މީހުންގެ އެހީއާއިއެކު އަވްލީން އާއި މައިރާ ކާރަކަށް އަރުވާގެން ރާދިންމެން ހޮސްޕިޓަލަށް ދާން ނައްޓާލިއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

ލޯތްބައްޓަކާ ހިތް އެދި ރުޔަސް…. 01

Next

ހިމޭންކަން.. (2)

Next
February 18, 2019

ހިމޭންކަން.. (2)

Previews
February 18, 2019

ލޯތްބައްޓަކާ ހިތް އެދި ރުޔަސް…. 01

16 Comments!

  1. Nana says:
    February 18, 2019 at 4:53 pm

    Pls save avleen and raadh aw gulhuvaba Leen avahah.

    1. Aami says:
      February 20, 2019 at 11:44 pm

      Lets see dhw what happens next ?❤️

  2. Uha says:
    February 18, 2019 at 6:09 pm

    Dhuvas thakakah fahu.. btw thankx… story vrh salhi.. nxt time avahah story up kohdheyne kamah hykuran

    1. Aami says:
      February 18, 2019 at 7:47 pm

      Thanks dear for understanding and for the support ❤️?
      InShaAllah dhn story up kuran ehaa gina dhuvaheh nunagaanan ❣️

  3. jiji says:
    February 18, 2019 at 6:41 pm

    Vrh salhi????????kyp it up Aami..I appreciate ur work????????????❤❤??

    1. Aami says:
      February 20, 2019 at 7:07 pm

      Thanks jiji dear ❤️?
      Glad you liked it ?

  4. SCARLET❤ says:
    February 18, 2019 at 6:58 pm

    Oooh.. kurin keen mi vaahaka… vv reethi.. avahah nxt prt up kohdhehchey..????

    1. Aami says:
      February 18, 2019 at 7:48 pm

      Glad that you liked the story dear ?
      Next part vrh avahah genesdheynan InShaAllah ❤️?

    2. yaaanaa says:
      February 20, 2019 at 1:23 pm

      kon site akun kiyaali?

  5. Aami says:
    February 18, 2019 at 7:50 pm

    I would like to apologise to all the readers for talking such a long time to upload the story. I was vry busy with my work due to which i was unable to upload the story in past few days. But i will try my best to never let it happen again ??

  6. Poop?? says:
    February 18, 2019 at 11:16 pm

    Dhn oiy bai awass pls

    1. Aami says:
      February 19, 2019 at 12:24 pm

      InShaAllah vrh avahah next part genesdheynan ❤️

  7. Noor says:
    February 19, 2019 at 8:16 am

    Vaahaka mathin handhaan nethifa huttaa fenuneema surprise vejje. Thank you dear n vaahaka varah reethi Ekam thankolheh kuru genesdhinleh mihaadhuvaskohlaafa

    1. Aami says:
      February 19, 2019 at 12:25 pm

      Sorry dear story kuruveema.. next part dhigukoh genesdheynan InShaAllah ?❤️
      Keep waiting ❣️

  8. uan says:
    February 19, 2019 at 3:12 pm

    hello…… thx for updating this part.. vrh reethi avas next part

  9. Kitty says:
    February 22, 2019 at 9:34 am

    Wooooww…. Masha allah varah reethi mi bai ves.. Plx varah avahah next part up kohla dhehchey…. Cnt wait to read the next part.. Its very beautiful…. ??❤️❤️????❤️

Comments are closed.

Next Episodeވާ ލޯބި އެނގޭ ނަމަ 18←


All Right Reserved!