ލީން އަށް ވީނުވީ ނޭނގި ލޯ ހުޅުވާލެވުނެވެ. ލީން ބިރުން ފެލި ގަތެވެ. އޭނަގެ މަންމަ އެއަޑައް އެ ކޮޓަރިއަށް އައެވެ. ދެނަމާދު ގަޑީ ނިދުނީމަ ވީ ކަމެއްބާ މީ؟ލީން ހިތުގައި ސުވާލް އުފެދުނެވެ. ލަތީފާ ކޮޓަރިއަށް އައުމާއެކު ލީންް އިތުރައް ބިރުގަތެވެ.”ދަރިފުޅާ ކިހިނެއްވީ ” ލަތީފާ ސުވާލު ކޮއްލިއެވެ. ” ކުރެޕެއް ފެނުނީ” ލީން ގަދަކަމުން ދޮގު ހެދިއެވެ.އޭނާއަށް ބިރުން ނުނިދުނެވެ. އެއީ އެކަހަލަ ހުވަފެނެއް ފެނި ދާނެތީއެވެނަމަވެސް ޝަހާދެއް ކިޔައިގެން ލޯމަރާލިއެވެ. ލީން އަކައް […]
20 ވަނަބައިގެ ތެރެއިން…. ހެނދުނުގެ ވަގުތެކެވެ. ނާސްތާއަށްފަހު ޔަނާލް ކޮޓަރިއަށް އައިސް ވަނެވެ. ފެންވަރަން ވަންނަން އުޅެފައި މަޑުކޮށްލީ ރަނގަޅަށް ހެނދުނުގެ ނާސްތާ ނެގުމުން ހަށިގަނޑު ލޮޑުވެފައި ހުރުމުންނެވެ. އެނދުގައި ޔަނާލް އިށީނީ ލެޕްޓޮޕް ހިފައިގެންނެވެ. ހުޅުވާލުމާއެކު ފެނުނު ފޮޓޯއަކުން އޭނާގެ ދެލޯ ފުރިގެންއައެވެ. އެއީ ކައިވެނި ކުރެވުނު ރޭގައި ޔަޒްދާން އޭނާގެ ކޯތާފަތުގައި ބޮސްދިން ވަގުތު ފައިޒަން ނަގާފައި އިން ފޮޓޯއެކެވެ. ދުވަސްތަކަކަށްފަހު ޔަނާލް ހިތްފުރޭ ވަރަށް ރޯލިއެވެ. އޭނާ ހުއްޓާލީ ދަރިފުޅު ތޮޅެން ފެށުމުންނެވެ. […]
“ދެން ހެވޭ ތިވަރަށް ނުހެވުނަސް! ދޭބަލަ އައީ އާއިއެކު މައްޗަށް! އިޝް އެބަދަން މި ދަބަސްތައް ކޮޓަރިއަށް ލާފައި!” ލުބްނާއާއި ލިބާންގެ ދަބަސް ނަގަމުން އިޝްރާ މިސްރާބުޖެހީ އެމީހުނަށް ހާއްސަކުރެވުނު ކޮޓަރިއާއި ދިމާލަށެވެ. އެވަގުތު އިޝްޔާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ތިން ޒުވާނުން މިސްރާބު ޖެހީ މައްޗަށް ދިއުމަށެވެ. ދަބަސްތައް ކޮޓަރިއަށް ލާފައި އިޝްރާ އައި އިރު ތިން މީހުން ސައުންޑް ސިސްޓަމް ކައިރީގައި އުޅޭތަން ފެނި އިޝްރާ ގޮސް އޭގެ ކޮންޓްރޯލްސްތައް ހަދާ ނިންމާލުމުން ލިބާން އާއި އައިހަމް ގޮސް ގިޓާ ނަގައިގެން އައިސް ހަމަޖެހިލިއެވެ. އެއަށްފަހު މަޝްވަރާކުރެވިގެންދިޔައީ ޝޯގައި ކިޔާނެ ލަވަކޮޅަކާއި މެދުގައެވެ. އެގޮތުން 4 މީހުން އެކީ ކިޔާނެ ލަވައައި ވަކިވަކި ގްރޫޕްތަކުގައި ކިޔާނެ ލަވަތަކުގެ އިތުރުން ސޯލޯ ލަވަތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ހުރިހާ މަޝްވަރާތަކެއް ކޮށް ނިމުނުއިރު 11 ޖަހައި ބޮޑުވެފައިވުމުން މެންދުރުފަހު ޕްރެކްޓިސްތައް ފަށަން ނިންމާ އެމީހުން މިސްރާބުޖެހީ އެފްލޯގައި ހަދާފައި ހުރި ބަދިގެ ބަޔާއި ދިމާލަށެވެ. އެންމެން އެކުގައި ސަކަރާތް ޖަހަމުންގޮސް ބަދިގެ ތެރޭގައި ފޯރިނަގަމުން ދިޔައިރު އެތަނަށް އިތުރު މީހަކު ވަތްކަމެއް ރޭކާނުލިއެވެ. ކުއްލިއަކަށް ގައިގައި ފަހަތުން މީހަކު ކޮއްޓައިލުމުން ސިހިފައި އިޝްރާއަށް ފަހަތް ބަލައިލެވުނެވެ. އޭރު ފަހަތުގައި ހުރި މީހާ ފެނިފައި އިޝްރަގެ މޫނުމަތީގައި ވިދައިގަތީ އުފާވެރިކަމެވެ. “ދޮންބޭ!” ކުއްލިއަކަށް ހަޅޭއްލަވައިގަންނަމުން އިޝިރްގެ ގައިގައި އިޝްރާ އޮޅުލައިގަތީ ލިބުނު ކުއްލި އުފާވެރިކަމެއްގެ ސަބަބުންނެވެ. އެވަގުތު އެތާ ތިބި އެންމެންވެސް ދެލޯ ބޮޑުވެފައި ތިބީ ލިބުނު ކުއްލި ސިހުމުގެ ސަބަބުންނެވެ. އެވަގުތު މުޅި ފްލޯ ގުގުމައިގެންދިޔައީ އެމީހުންގެ އަޑުންނެވެ. އެއަޑަށް ތިރީގައި ތިބި އިޝްޔާއާއި އަލީޒާ ދުވެފައި ކަހަލަ ގޮތަކަށް މައްޗަށް އެރިއެވެ. “އިޝްކޮ! ކިހިނެއްވީތަ މިތާ ހާދަ އަޑުގަދައޭ!” އިޝްޔާ މައްޗަށް އެރި ގޮތަށް ވީ ކީއްތޯ އަހާލަމުން އޭނާގެ ކޮއްކޮ ގަޔާއި ކައިރިކޮށްލީ ކޮއްކޮ ހަމައަކަށް އަޅުވައިލާ ވީގޮތް އޮޅުންފިލުވުމަށެވެ. “އަޅެ ދޮންތާ! މީހަކަށް ރުޅިނައިސް ހުރެވިދާނެތަ؟ މި ދޮންބެގަނޑު ކައިރީ ކޮންމެފަހަރަކު އިޝްއަށް ބުނެވޭ އަންނަން ޝޮޕިން ކުރާއިރު އަންގާލާށޭ! އެކަމަކު މިފަހަރުވެސް ބަލާބަލަ ކުރި ކަންތައް! ދެން އިޝް ކިހިނެއްތަ އެއްކަލަ ފޯނު ހަދާނީ؟ އެފަހަރުވެސް މަންމަ ބުނީ ދޮންބެއަށް ފޮނުވިއަކަސް އެންމެފަހުން އޭތި އޮންނާނީ ވީނުވީއެއް ނޭނގި […]
19 ވަނަބައިގެ ތެރެއިން…. “ދޮންބެ! މިގަޑީގަ ކީތްކުރަން ދާންއަށް އެގުޅަނީ” ސައިޑްކަބަޑް މަތީގައި އޮތް ޔަޒްދާންގެ ފޯނު ނަގަމުން ޔަނާލް ބުނެލިއެވެ. “ނޭނގެ. ނަގަންވާނެ. ނާލްގެ ބޭބެމެންނަކީ މިހާރު އަހަރެންގެވެސް ބޭބެމެން” ޔަޒްދާން ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ. އޭނާ އެނދުން ތެދުވެ އިރުކޮޅާކު އާކިން އާއި ފޯނުން ވާހަކަދައްކަން ހުއްޓެވެ. އެކޮޅުން ދައްކާ ވާހަކަ އަޑު ނީވުނަސް ޔަޒްދާންގެ ތުންފަތްމަތިން ހިނިތުންވުން ފެންނަމުންދާތީ ޔަނާލް އެނދުގައި އިނީ އެގަޑީގައި އާކިން ގުޅައިގެން ދެއްކި ވާހަކައަކީ […]
ދެތިން ދުވަސް ފަހުން ރައިހާނާ ހުރީ ހަމައަކަށް އެޅިފައެވެ. އެހެނަސް ޒިވާން ފެނުމުން ހިތްދަތިވާ ގޮތްވެއެވެ. އެއިން ކޮންމެ ފަހަރަކު އަންޖަލް އޭނާއަށް ހިއްވަރު ލައިދޭން ހުރެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އިންޓަ ސްކޫލް ނެޓް ބޯޅަ މުބާރަތް ފެށި ރައިހާނާމެން އެހެން އަހަރުތަކެކޭވެސް އެއްފަދައިން ފައިނަލާއި ހަމައަށް ދަތުރު ކުރިއެވެ. ރައިހާނާއެކޭ އެއްފަދައިން އަންޖަލްވެސް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔައެވެ. އެ ޓީމުގެ ގޯލް ކީޕާރ(ޖީ.ކޭ)ގެ މަޤާމު ވަރަށްވެސް ފުރިހަމައަށް އަންޖަލް އަދާކުރަމުން ދިޔައެވެ. […]
ދޯސް ޑިމްޕަލްސް………..” ލައިލް އެހެން ބުނެފައި އިނގިލި ޖައްސާލީ ކޮލުގެ އަޑިވެފައިވާ ތަނުގައެވެ. އަދި އިތުރަށް އަހަންނާއި ކައިރިވެލިއެވެ. އެހަށިގަނޑުން މީރުވަސް އޭރު އަރައެވެ. ކުއްލިއަކަށް ލައިލް އަހަންނާއި ދުރުވެލިއެވެ. އެމޫނުން ފެންނަން ހުރީ މީގެ ކުރިން ފެންނަން ހުރި ރުޅިވެރިކަމެވެ. އަޖައިބެކެވެ. ދެން ލައިލް އަމިއްލައަށް ރުޅި އައިސް އައިސްފައި އުޅުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ. ސިޑިން މައްޗަށް އަރައިގެން ދަމުން ލައިލް ފަހަތަށް އެއްފަހަރުވެސް ބަލައެއް ނުލައެވެ. ޖެހިގެން އައި ދުވަހު ރޫމީ ފެނުމާއިއެކު […]
އަކީގެ ފުރަތަމަ ދިގުވާހަކަ “ޝަބްނަމް” އަށް އިންތިޒާރު ކޮށްލައްވާ…. ވާހަކައިގެ ކެރެކްޓާރސް ތައް:- ޝަބްނަމް: އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ ފަގީރު ބަލި އަދި ދީންވެރި ކުއްޖެއް (ވިކްޔަންގެ އަނބިމީހާ) ވިކްޔަން: މުއްސަނދި ރީތިކަމަށް ލޯބިކުރާ އެހެންނަމަވެސް ހިތްތިރި ކުއްޖެއް:( ޝަބްނަމްގެ ފިރިމީހާ އަދި ޝެރީގެ ލޯބިވެރިޔާ) ވިޝްކާ: ވިކްޔަންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ޝަރަފްގެ ލޯބިވެރިޔާ ޝަރަފް: ޝެރީގެ ދެބޭންގެދެދަރި ކޮއްކޮ އަދި ވިޝްކާގެ ލޯބިވެރިޔާ ޝެރީ: ރީތި ފޮނިބޮޑު އަދި މުއްސަނދި ކުއްޖެއް ( ވިކްޔަންގެ ލޯބިވެރިޔާ) މޫސާމަނިކު: ޝަބްނަމްގެ ކާފަ ޝިޔާމް: ވިކްޔަންގެ ބައްޕަ ވިމްލާ: ވިކްޔަންގެ މަންމަ ޒައިރާ: އަރުޝަލްގެ އަނބިމީހާ އަދި ޝެރީގެ އެންމެ ގާތް އެކުވެރިޔާ އަރުޝަލް: ޒައިރާގެ ފިރިމީހާ އަދި ވިކްޔަންގެ އެންމެ ގާތް އެކުވެރިޔާ އިންތިޒާރުކޮށްލައްވާ!! އިންޝާﷲ ވަރަށް އަވަހަށް!! ކޮންމެ ކެރެކްޓާ އަކާ ގުޅޭ ފިލްމީ އެހެންނޫނީ ޓެލެވިޟަން ތަރިއެއްގެ ނަން ބުނެލަދީފިއްޔާ އަކީއަށް ކުރިއަށް ގެންދިއުމަށް ވަރަށް ފަސޭހަ ވާނެ/ ” ބޮލީވުޑް، ހޮލީވުޑް، ޓަރކިޝް އަދި ކޮރިއަން ވިޔަސް އޯކޭ… (:
“ލައްބަ ކާފާ. މާތް ﷲ އަހަންނަށް މި އިމްތިޙާން ކުރިމަތިކުރެއްވީ އަހަރެންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި ކަމަށްވާނަމަ އަހަރެން ނުގުޑާ ޢަޒުމެއްގައި ހަމައެކަނި އެކަލާނގެއަށްޓަކައި ހެޔޮ ކަންތައް ކުރުމުގައި ދެމިހުންނާނަން. މާތް ﷲ އަހަރެންގެ ކިބައިން ނެންގެވީ އެންމެ ނިޢުމަތެއްކަމަށްވާނަމަ އެހެނިހެން އެތައް ނިޢުމަތެއް އެކަލާނގެ އަހަންނަށް ދެއްވި. އަހަރެން އެއްގޮތަކަށް ވެސް އެކަން ހަނދާން ނައްތައެއް ނުލާނަން.” އައްޒާމް ދައްކަމުން ދިޔަ ވާހަކަތަކުން ދުރުގައިހުރި ޒަމީންގެ ހިތަށް ކުރިން ނުކުރާ ފަދަ އަސަރުތަކެއް ކުރިއެވެ. އައްޒާމް […]
“ކޮންތާކު ތިއިނީ؟” އީތަންއަށް ވަގުތުން ގޮނޑިއެއްގައި ބަނދެވިފައި އިން އަލީޝާ ސިފަކުރެވުނީ މާ ގިނައިން ފިލްމު ބަލާތީކަންނޭންގެއެވެ. ފޯނުން ނޯށަން އަޑެއް ނޫނީ ނީވުނެވެ. އަލީޝާ އިނީ ޖަވާބުދެވޭނެ ހާލަތެއްގައި ނޫންކަން އިނގިހުރެވެސް އީތަންއަށް ކޮށްލެވުނީ މޮޔަ ސުވާލެކެވެ. “އޭތް މަ ކުރާ ސުވާލަށް ޖަވާބުދޭން ފޯނުގަ ޖަހާލާއިނގޭ. އާނއެކޭ ވެއްޖިއްޔާ ދެ ފަހަރު ނޫނެކޭ ވެއްޖިއްޔާ ތިން ފަހަރު.” ފޯނުން ގުޅުނީ ކޮންމެވެސް ގޮތަކުން އަތްލައިގެންކަމަށް ވިސްނި އީތަން އިރުޝާދުދިނެވެ. ފޯނު ހިފައިގެން އެހެން މީހަކު […]