“ކީއް މިވަނީ ، ފެނިފަ ތި ލޯ ، އިހްސާސެކޭ އާ ، މީ ވިންދުގައިވާ ، ހިތުގައި ހިނގާމީ އިޝްގްހޭ ، ހައިރާންވާހާ ޗާލޭ ތި ލޯ ، ހައިރާންވާހާ ޗާލޭ ތިލޯ ” އަބާން ކަންފަތަށް ޖަހާފައިވާ ހެޑް ސެޓް އިން އަޑު އަހަމުން ދިޔަ ލަވައިން އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ. ޒީން އަށް އަބާން އާއި ދިމާލަށް ބަލާލެވުނީ އޭނާއާއި ދިމާލަށް ބަލާކަން ފާހަގަ ކުރެވިގެންނެވެ. އަބާން ޒީން އާއި ނަޒަރު […]
ގޭގޭ މައި ދޮރު ހުޅުވުމާއި އެކު ނާޒިއާ އޭނާގެ ދަރިފުޅު އައިސް ބައްދާލުމަށްފަހު ވަޒީފާ ލިބުނު ވާހަކަ ބުނެލިއެވެ. ޒީން އަށް މަރުހަބާ ކިޔުމަށްފަހު ނާޒިއާ ބަދިގެއަށް ވަނީ ރޭގަނޑު ކެއުމަށް ތައްޔާރުވާށެވެ. ޒީން ވަޒީފާއަށް ނިކުތް ފުރަތަމަ ހަފްތާގައި އަބާން ނެތުމުން ތަނަށް ހޭނުމަށާއި ކުރަންޖެހޭ މަސަތްކަތް ދަސްކުރަން މާބޮޑު އުނދަގުލަކަށް ނުވިއެވެ. އޮފީސް މާހައުލް ހަމަހިމޭން ވުމުން ޒީންއަށް ރަހްމަތްތެރިން ހޯދަން ވީ އުނދަގުލަކަށެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނެލުން ނޫނީ އޮފީސްތެރޭ […]
އިރު އޭގެ ވާޖިބް އަދާކުރުމަށްފަހު އޮއްސެމުން ދިޔައިރު އުޑުމައްޗަށް އަރައި ފައިބަމުންދިޔަ ކުލަތަކުގެ ހިތްގައިމުކަން ބަލަން ހުރި މީހަކަށް ބަލާ ފޫހިނުވަހާވެސް ނަލައެވެ. ޒީން އިށީނދެލަގެން އިނީ ގޮޑުދޮށާވަރަށް ކައިރީގައެވެ. ބައެއްފަހަރު ޖަހާލާ ރާޅު އޭނާގެ ފައިގައި ބޮސްދީފައި ދާއިރު ތުންފަތް މައްޗަށް ހިނިތުންވުން ވެރިވާ ތަން ފެނެއެވެ. ބަންގީގެ އަޑަށް ޒީން އޭނާ އިންތަނުން ތެދުވެ އެއްގަމަށް ދާން ހިނގާލީ އޭނާގެ ފަސް އަހަރަށް ދާ ކުޑަ ދަރިފުޅު އަތުގައި ހިފައިލައިގެންނެވެ. އެއްގަމަށް އަރާ ހިނގަމުން […]