2 ވަނަ ބައިގެ ތެރެއިން.. “ހައި. އައި އޭމް ހިޝާން، އެންޑް ޔޫ އާ..؟ އެއްވެސް އުހްތިޔާރަކާނުލާ ރަޝާއަށް ހިޝާން އާ ސަލާމް ކުރުމަށް އަތް އުފުލާލެވުނެވެ. އަދި އަމިއްލައަށް ތައާރަފްވެލިއެވެ. “ރަޝާ، މަށަށް ކިޔަނީ ރަޝާ.” ************************************** ސަލާމްކުރުމަށް ހިފިއަތުން ދޫކޮށްލަންވެސް ރަޝާހުރީ ހަންދާންނެތިފައި ކަހަލައެވެ. އެވަގުތު އޭނާއަށް ވަމުންދިޔަ ގޮތް ކިތައްމެ ވަރަކަށް ފޮރުވަން މަސައްކަތް ކުރިކަމުގައިވިޔަސް އެކަން އޭނާއަށް ކާމިޔާބު ވީހެނެށް ހިޔެއްނުވެއެވެ. އޭ.ސީ ގެ ފިނިން ގަނޑު ވެފައިވާ އެ ފިހާރަ ތެރޭގައިވެސް ރަޝާ ހުރީ ދާހިއްލާފޯވެފައެވެ. އެ ދޮން ބައްޓެެއްފަދަ ކޯތާފަތްވަނީ ރަތްވެފައެވެ. ރަތްކަން ގަދަ އެ ތުންފަތުގައި ކުޑަކޮށް ދަތްއަޅާލެވުނީ ހިޝާން އޭނާއާ ދިމާލަށް ބަލަންހުރިގޮތް ފެނި ލަދުން އިސްޖަހާލަމުންނެވެ. ރަޝާ މަޑުމަޑުން ހިޝާންގެ އަތުން ދޫކޮށްލިއެވެ. ހީލާފައި 2 ނޫޑްލިސް ޕެކެޓު ހިފައިގެން ކައުންޓާރާދިމާލަށް ހިނގައިގަތެވެ. ހިޝާން ވެސް ރަޝާގެ ފަހަތުން ގޮސް ކައުންޓަރުކައިރީ ކަޑުކޮށްލިއެވެ. އޭނާ އެއްވެސް އެއްޗެއް ނުގަނެ ރަޝާގެ ފަހަތުން ނުކުތެވެ. ރަޝާއަށް އެކަން ފާހަގަވެ އެއްޗެއްނުބުނެ ދާން ނުކެރިގެން ފަހަތަށް އުންބުރިލާފައި ދަނީއޭ ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ހިޝާން ބޯ ޖަހާލިއެވެ. އަދި ފެއްނާނެ ދޯ އޭ ރަޝާ ކުރެން އަހާލިއެވެ. ރަޝާގެ ފަރާތުން ލިބުނީ ލުއިލުއި ހިނިތުންވުމެކެވެ. ރަޝާ ހިނގަމުންގޮސް ލޯމަތިން ގެއްލެންދެން ހިޝާންއަށް ބަލަންހުރެވުނީ އެއްވެސް އިޙްތިޔާރަކާނުލައެވެ. އެނާގެ ހަނދާނަށް އައީ އޭނާއަށް ރަޝާ ފެނުނު އެންމެ ފުރަތަމަ ދުވަހެވެ. އެއީ މިރަށަށް އޭނާ އައި ދުވަހެވެ. ހއ. ކެލާ ގެ ބަނދަރަށް ލޯންޗް ގާތްކޮށް ލުމުން އެންމެ ފުރަތަމަ ލޯންޗުން ފޭބީ ހިޝާންއެވެ. މި ދަތުރަކީ ސޮޓެލްކޯއިން ހއ. ކެލާގެ މަދަރުސާއާއި ރަށު އޮފީހުގެ ކަރަންޓު މަސައްކަތެއް ކުރުމަށް އެކުންފުނީގެ ޓީމެއް ފޮނުވި ދަތުރެކެވެ. މި ޓިމުގައި ހިޝާންވެސް ހިމެނެއެވެ. ރަށްފުށުގެ ދިރިއުޅުން ތަޖުރިބާ ކުރެވިފައިނުވާ ހިޝާންއަށް މިމާހައުލު ވީ އަޖައިބަކަށެވެ. ފެހިކަން ގަދަ ގަސްތަކުން އެޅިފައިވާ ހިޔާތަކުގައި ކުޑަކުދިން ކުޅޭން ތިއްބެވެ. ޖެހެމުންދިޔަ ތާޒާ ވައިރޯޅިން ހިތަށް ފިނިކަން ލިއްބައިދެމުންދިޔައެެވެ. މާލޭގެ ހަލަބޮލިކަމާ ރައްފުށުގެ މާހައުލާ އަޅާކިޔާލެވުނެވެ. ރަށުތެރޭން ފެންނަމުންދިޔަ ހިތްގައިމު މަންޒަރުތަކަށް ހާއްސަ ސަމާލުކަމެއްދީގެން ދިޔަ ނަމަވެސް އޭނާގެ ނަޒަރު، ގެއެއްގެ ގޯތިތެރޭގައި ފޮތެއްކިޔަން އިން އަންހެން ކުއްޖެއަކަށް ހުއްޓި އިތުރު ތަނަކަށް ބަލަންވެސް ހަނދާންނެތުންކަހަލައެވެ. ހިތްތައް ގަތުލުކުރުވާފަދަ ރީތިކަމެށް އެކުއްޖާއަށް ލިބިފައިވެއެވެ. ރަތްކަންގަދަ އެ ތުންފަތުގައިވަނީ ލުއި ހިނިތުންވުމެކެވެ. ދިގު އެސްފިޔަތަކުން ހިޔާއެޅިފައިވާ އެރީތި ކަޅިރަވައިގައިވަނީ ހިޝާންމެންފަދަ އެތައް ޒުވާނުންނެއްގެ ހިތްތައް ކަތިލާ ފަދަ ތޫނު ނަޒަރެކެވެ. ހިޝާން ސިހުނީ ފަޒީލް އޭނާއަށް ގޮވާލުމުންނެވެ. އޭރު އެމީހުންތިބީ ހިޝާންއަށް ވުރެއް މާ ކުރީގަ އެވެ. އޭނާ ވަރަށް ނޫންކަމަށް ހަދާލާފައި އެމީހުނާދިމާއަށް ހިނގައިގަތެވެ. އެންމެ ފަހު ފަހަރަށް އެ ކުއްޖާއާ ދިމާލަށް ބަލާލީ އެ ސޫރަ […]
1 ވަނަ ބައިގެ ތެރެއިން… ސައިބޮއި ނިންމާލުމަށްފަހު، މޭޒުމަތި ސާފުކޮށްލާފައި ރަޝާވަނީ އޭނާގެ ކޮޓަރިއަށެވެ. ވަދެ އިސްތަށިގަނޑުގައި ޖަހާފައިވާ ހުޅި ނައްޓާލާ ބޯ ނިއުޅުވާލިއެވެ. އުނަގަނޑަށް ވުރެއް ދިގު އިސްތަށިގަނޑު އޭނާގެ ގައިގައި ބީހޭކަހަލަ އެވެ. ކުޑަކޮށް އަރާމްކޮށްލުމަށް އެނދަށް އަރައި، އެނދުގައި އޮތް އޭނާގެ ފޯނުނަގާ ބަލާލިއެވެ. އޭރު އޭނާ އެ މަސެޖަކަށް އިންތިޒާރު ކުރަމުން ދިޔަ މެސެޖު އައުސްފައި އޮތެވެ. މެސެޖުގައި ވެއެވެ. ” ގުޑް މޯނިން، ރަޝާ.” މަޑުމަޑު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. ******************************** އެއީ މީގެ ހަމަސް ކުރިއެވެ. މަދަރުސާ ނިންމާލާފައި ރަޝާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ހަމްދާއާއި އެކު މިސްރާބުޖެހީ ގެއަށް ދިއުމަށެވެ. އޮލަވާހަކައިގައި ދަނިކޮށް ދެކުދިންނަށްވެސް ހުއްޓިބަލާލެވުނީ އެކުދިން ކައިރިން ބަޔަކު ކުރަސްކޮށް ދިޔުމުންނެވެ. އެއީ މީގެ ކުރިން ދެކޭބައެއްނޫންކަމުން ދެކުދިންނަށްވެސް ބަލާލެވުނީ އެމީހުނާ ދިމާލަށެވެ. އެމީހުން ލާފައި ތިބި ސްޓެލްކޯގެ ޓީޝާރޓުން އެއީ މާލޭން ކަރަންޓު މަސައްކަތެއް ކުރަން އައިސް އުޅޭބައެއްކަން އެންގުނެވެ. ރަޝާ ސިއްސައިގެން ދިޔައީ އެތާހުރި އެއް ޒުވާނަކު ފަހަތަށް އެންބުރި ރަޝާއާ ދިމާލަށް ބަލާލުމުންނެވެ. އަދި ހީލިއެވެ. ރަޝާ އަވަސްއަވަހަސް އެންބުރި ހިންގައިގަތެވެ. ރަޝާ ގެއަށް ލާފައި ނޫނީ ދުވަހަކުވެސް ހަމްދާ ގެއަކަށް ނުދާނެއެވެ. އެގޮތުން މިޔަދުވެސް ރަޝާގަތު ތަނީއޭ ބުންޏެވެ. ރަޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން ހަމްދާ ރަޝާގެ އަތުގައި ކޮއްޓާލިއެވެ. ރަޝާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންވެހުރެ ވީކީއްތޯ ހަމްދާ ސުވާޅުކުރިއެވެ. “ހަމް. ދެއްމެ ފެނުނެއްނު ދޯ އައިމަގުމަތީ ސްޓެލްކޯ ބަައެއް. އެތާ ހުއްޓެއްނު ވިލު ނޫކުލައިގެ ދަބަހެއް އަޅައިގެން ހެޑްސެޓެއް ޖަހައިގެން ހުރި ކުއްޖެއް. އޭނަ ވަރަށް ރީތި ދޯ؟.” “އޯއައިސީ. މަހިތައްއަރައިފިޔޭ މީނަ ހާދަ މައިތިރި ވެފައޭ މިހުންނަނީ. ގައިމު ކްލާހުން ނުކުތް އިރު ހީވަނީ އެހެންފަދަ ކަމެއްހެނޭ. ހަހަހަ.. މަށަކަށް ތިބުނާ މީހަކު އަޅައެއްނުގަނޭ. އެއީ ރަޝާގެ ނަސީބު. އެހެން ނޫންނަމަ މަވެސް ތިމީހެއްގެ ވާހަކަ ދެއްކީހެއްނު.. ސަމާސާ ރާގެއްގައި ހަމްދާ ބުންޏެވެ. “ހޫން، އެންމެ ރަނގަޅޭ. އަހަންނަށް މީހަކު ކަމުނުގޮސްގެން އެންމެ ޝަކުވާކުރާ މީހަކީ ވެސް ހަމަ ތީ. އެއްމެފަހުން މީހަކު ރީތި ވެގެން ބުނީމަވެސް ދިމާތިކުރަނީ.” “އެހެންދޯ ވާނީ. ވީ ހައިރާނެއްގެ ބޮޑުކަމުން ވީގޮތެއް އެއީ. މާދަންވެސް އެހެންވީމަ އެހާއިރުު އަންނަން މަޑުކޮށްލާނީދޯ. މަގޭ ބެސްޓްފޮރެންޑަށް ފުރަތަމަ ނަޒަރުން ހިތްކިޔުނު ސޮރެއްގެ ތިހުރިވަރެއް މަވެސް ބަލާލަން ބޭނުންވާނެއެއްނު.” ދެކުދިން އެއްފަހަރާ ހޭންފެށިއެވެ. ހަމްދާގާތު ގެއައްގޮސް މެސެޖް ކޮއްލައްޗޭ ބުނެފައި ރަޝާވެސް ވަނީ ގެއަށެވެ. ގަޑިން މެންދަމު 3 ޖެހީއެވެ. ނިދަން އުޅެއުޅެ ވެސް ރަޝާގެ ލޮލަކަށް މިރޭ ނިންޖެއްނައެވެ. އެންމެ ފަހުން އުނދަގޫވެގެން ތެދުވެ އެނދުގެ ފަނޑީގައި ލެންގިލާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން […]
އަރައިގެން އައި އިރުގެ ދޯދިތައް ރަޝާގެ މޫނަށް އެޅިފައިވެއެވެ. ކުޑަކޮށް އިސްޖަހާލީ އިރުގެ ދޯދިތައް އޭނާގެ ލޮލަށް ގޯނާކުރާތީ އެއިން ސަލާމަތްވުމަށެވެ. އަބަދުވެސް ފަތިސްނަމާދު ކޮށްލައިގެން ހޫނު ކޮފީތައްޓެއް ހިފައިގެން އޭނާ ގޮންޑުދިށަށް ނުކުމެއެވެ. އެބީދައިން މިޔަދުވެސް އޭނާ އިށީންދެލައިގެން އިނީ ކޮންމެދުވަހަކުވެސް އިންނަ ގަސްދޮށުގައެވެ. ކޮންމެދުވަހަކުވެސް އިރުއަރަނީ އޭނާ އެތާންގައި އިންދައެވެ. އިރު އަރާ މަންޒަރަކީ ރަޝާ އަބަދުވެސް ނިކަން ބަލާހިތުން ބަލާ މަންޒަރެކެވެ. ކޮންމެ ދުވަހަކު ބެލިކަމުގައިވިޔަސް، ބަލާ ފުހިނުވި މަންޒަރެކެވެ. އެރީތި މަންޒަރު […]