Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިމޭންކަން.. (2)

Mystical Level 1
February 18, 2019 One Min Read
7 Comments

1 ވަނަ ބައިގެ ތެރެއިން…

ސައިބޮއި ނިންމާލުމަށްފަހު، މޭޒުމަތި ސާފުކޮށްލާފައި ރަޝާވަނީ އޭނާގެ ކޮޓަރިއަށެވެ. ވަދެ އިސްތަށިގަނޑުގައި ޖަހާފައިވާ ހުޅި ނައްޓާލާ ބޯ ނިއުޅުވާލިއެވެ. އުނަގަނޑަށް ވުރެއް ދިގު އިސްތަށިގަނޑު އޭނާގެ ގައިގައި ބީހޭކަހަލަ އެވެ. ކުޑަކޮށް އަރާމްކޮށްލުމަށް އެނދަށް އަރައި، އެނދުގައި އޮތް އޭނާގެ ފޯނުނަގާ ބަލާލިއެވެ. އޭރު އޭނާ އެ މަސެޖަކަށް އިންތިޒާރު ކުރަމުން ދިޔަ މެސެޖު އައުސްފައި  އޮތެވެ. މެސެޖުގައި ވެއެވެ.

” ގުޑް މޯނިން، ރަޝާ.”

މަޑުމަޑު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.

********************************

އެއީ މީގެ ހަމަސް ކުރިއެވެ. މަދަރުސާ ނިންމާލާފައި ރަޝާ އޭނާގެ އެންމެ ގާތް  ރަހުމަތްތެރިޔާ ހަމްދާއާއި އެކު  މިސްރާބުޖެހީ  ގެއަށް ދިއުމަށެވެ. އޮލަވާހަކައިގައި ދަނިކޮށް ދެކުދިންނަށްވެސް ހުއްޓިބަލާލެވުނީ އެކުދިން ކައިރިން ބަޔަކު ކުރަސްކޮށް ދިޔުމުންނެވެ. އެއީ މީގެ ކުރިން ދެކޭބައެއްނޫންކަމުން ދެކުދިންނަށްވެސް ބަލާލެވުނީ އެމީހުނާ ދިމާލަށެވެ. އެމީހުން ލާފައި ތިބި ސްޓެލްކޯގެ  ޓީޝާރޓުން އެއީ މާލޭން ކަރަންޓު މަސައްކަތެއް ކުރަން އައިސް އުޅޭބައެއްކަން އެންގުނެވެ. ރަޝާ ސިއްސައިގެން ދިޔައީ އެތާހުރި އެއް ޒުވާނަކު ފަހަތަށް އެންބުރި ރަޝާއާ ދިމާލަށް ބަލާލުމުންނެވެ. އަދި ހީލިއެވެ. ރަޝާ އަވަސްއަވަހަސް އެންބުރި ހިންގައިގަތެވެ.

ރަޝާ ގެއަށް ލާފައި ނޫނީ ދުވަހަކުވެސް ހަމްދާ ގެއަކަށް ނުދާނެއެވެ.  އެގޮތުން މިޔަދުވެސް  ރަޝާގަތު ތަނީއޭ ބުންޏެވެ. ރަޝާގެ  ފަރާތުން ޖަވާބެއް ނުލިބުމުން ހަމްދާ ރަޝާގެ އަތުގައި ކޮއްޓާލިއެވެ. ރަޝާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންވެހުރެ ވީކީއްތޯ  ހަމްދާ ސުވާޅުކުރިއެވެ.

“ހަމް. ދެއްމެ ފެނުނެއްނު ދޯ އައިމަގުމަތީ ސްޓެލްކޯ ބަައެއް. އެތާ ހުއްޓެއްނު ވިލު ނޫކުލައިގެ ދަބަހެއް އަޅައިގެން ހެޑްސެޓެއް  ޖަހައިގެން ހުރި ކުއްޖެއް. އޭނަ ވަރަށް ރީތި ދޯ؟.”

“އޯއައިސީ. މަހިތައްއަރައިފިޔޭ މީނަ ހާދަ މައިތިރި ވެފައޭ މިހުންނަނީ. ގައިމު ކްލާހުން ނުކުތް އިރު ހީވަނީ އެހެންފަދަ ކަމެއްހެނޭ. ހަހަހަ.. މަށަކަށް ތިބުނާ މީހަކު އަޅައެއްނުގަނޭ. އެއީ ރަޝާގެ ނަސީބު. އެހެން ނޫންނަމަ މަވެސް ތިމީހެއްގެ ވާހަކަ ދެއްކީހެއްނު..

ސަމާސާ ރާގެއްގައި ހަމްދާ ބުންޏެވެ.

“ހޫން، އެންމެ ރަނގަޅޭ. އަހަންނަށް މީހަކު ކަމުނުގޮސްގެން އެންމެ ޝަކުވާކުރާ މީހަކީ ވެސް ހަމަ ތީ.  އެއްމެފަހުން  މީހަކު  ރީތި ވެގެން ބުނީމަވެސް ދިމާތިކުރަނީ.”

“އެހެންދޯ ވާނީ. ވީ ހައިރާނެއްގެ ބޮޑުކަމުން ވީގޮތެއް އެއީ. މާދަންވެސް އެހެންވީމަ އެހާއިރުު  އަންނަން  މަޑުކޮށްލާނީދޯ.  މަގޭ  ބެސްޓްފޮރެންޑަށް ފުރަތަމަ ނަޒަރުން ހިތްކިޔުނު ސޮރެއްގެ  ތިހުރިވަރެއް މަވެސް ބަލާލަން ބޭނުންވާނެއެއްނު.”

ދެކުދިން އެއްފަހަރާ ހޭންފެށިއެވެ. ހަމްދާގާތު ގެއައްގޮސް މެސެޖް ކޮއްލައްޗޭ ބުނެފައި ރަޝާވެސް ވަނީ ގެއަށެވެ.

ގަޑިން މެންދަމު 3 ޖެހީއެވެ. ނިދަން އުޅެއުޅެ  ވެސް ރަޝާގެ ލޮލަކަށް މިރޭ ނިންޖެއްނައެވެ. އެންމެ ފަހުން  އުނދަގޫވެގެން  ތެދުވެ އެނދުގެ ފަނޑީގައި  ލެންގިލާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ.  ނަމަވެސް އެކަން  ވާގޮތެއްނުވިއެވެ.  ހަމަ ވިސްނެނީ އެޒުވާނާޔާ ދޭތެރޭގައެވެ. އެއީ ރީތި  ޒުވާނެކެވެެ.  ހަންގަނޑުގެ ކުލަ އައްޔެވެ.  އިސްތަޝިގަނޑު  ރީތިކޮށް ކޮށާފައިހުރި އިރު  އަތްކުރު  ޓީޝާޓާ ކްރީމް  ކުލައިގެ ފަޓުލޫނާއެކު ފެންނަނީ ވަރަށްވެސް  ސްމާޓްކޮށެވެ.  މަތިމަހާއި ތުންބުޅިން ފިރިހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ. ރަޝާ އަށް ނުވިސްނެނީ އެ ޒުވާނާގެ ހިޔާލުތަކުން އޭނާއަށް  މިހާބޮޑަށް އިންދަގޫވާންވީ ސަބަބެކެވެ. އެއިީ އަދި މިޔަދު އަލަށް ފެނުނު މީހެކެ. އެއީ ކޮން  ރަށެއްގެ  ކާކުކަމެއްވެސް  ނޭންގޭ ބީރައްޓިއްސެކެވެ.  މީއީކީ ދުވަހަކުވެސް  މީހަކު ފެނިގެން  ރަޝާއަށް ވީގޮތްތަކެއް ނޫނެވެ. އެހެން އޮވެފައި މާދަންވެސް  މަދަރުސާއަށްދާން ތެދުވަންޖެހޭތީ  އެ ހިޔާލުތަކާ  ދުރުވެ ނިދޭތޯ އޭނާ މަސައްކަތް ކުރިއެވެ.

ޖެހިގެންއައި ދުވަހުގެ ކްލާހުގެ ގަޑި  ހިންގާލެއް ލަސްކަމުން  އެޝަކުވާ ރަޝާދިޔައީ ހަމްދާ ގާތު  ކުރަމުންނެވެ.  ހަމްދާއަށް  މިވަނީ ކީއްކަން  އިންގުން ހިސާބުން ރަޝާއަށް ވަރަށް ދިމާކުރިއެވެ. ވަގުތު ހިނގަމުންގޮސް އެއްމެފަހުން ރަޝާ  އިންތިޒާރު ކުރަމުން ދިޔަ ވަގުތު  އައިސް  ޖެހިއްޖެއެވެ.  މަދަރުސާއިން ނުކުތް  އިރު ރަޝާ ހުރީ ދާހިތްލާ  ފޯވެފައެވެ. މި މަންޒަރު  ފެނި ހަމްދާއަށް  ރަޝާއާ ނުބެހިލާ ނުހުރެވުނެވެ.

“އެކަމަކުވާ ރަޝާ، ރަޝާއަށް ތިހިރަ ވާގޮތެއް. މަށަށް ޝައްކު ތި ފެނިގެން އުޅެނީ އިންސާނަކާމެދުކަންވެސް މިހާރު.. ހަހަހަ….”

ރަޝާ ހަމްދާއާ ދިމާއަށް ލޯ އަޅާލާފައި ތުން އަނބުރާލިއެވެ.

“ތީކީ މަށާ ދިމާކުރަން މާ ރަނގަޅު މީހެއްނޫން. ހަނަފް ފެނިގެން ފުރަތަމަ އުޅުން ދުވަސް ކޮޅު ހަމަ މިހެން ހަމްދާ ވެސް އުޅުނީ.”

ހަނަފް އަކީ ހަމްދާ ރައްޓެހިވެގެން އުޅޫ ކުއްޖާއެވެ. ހަމްދާ ރަޝާއަށް ދިމާކުރަމުން ގޮސް ގެއާ ހިސާބައް ދުވުން އިރުވެސް އެ  ޒުވާނާއެއް ނުފެނުނެވެ. ރަޝާގެ މޫނުމަތިން ފެންނަންހުރި ނުތަނަވަސްކަން ފެނި ހަމްދާވެސް ކުޑަކޮށް ދެރަވިއެވެ.

“ވެދާނެ ދޯ ފުރީކަމަށް. ނޫނީ މިޔަދު މަސައްކަތަށް ނުދަނީ ކަމަށްވެސް.. ދެން އެކަމާ ނުވިސްނާ..”

ރަޝާ ހަމްދާގެ ވާހަކަތަކަށް އެއްބަސްވިއެވެ.. ސަބަބަކީ އެއީ ހަމަ ވެދާނެ ގޮތެއްކަން އޭނާގެ ޒަމީރު ގަބޫލުކުރާތީއެވެ.  އެރޭ  ރަޝާ ގޭތެރޭގައި އުޅުންގޮތުން ހުސްނާގެ ހިތުގައި ސުވާލު އުފެދުނެވެ. ސަބަބކީ ހުސްނާ ދެއްކި އެއްވެސް ވާހަކައެއް  ރަޝާ އަށް އަޑުނީވުނީމައެވެ. އަދި ރަޝާގެ ފަރާތުން އެއްވެސް  ޖަވާބެއް ނުލިބުމުންނެވެ.  ނަމަވެސް އެކަން އޭނާ  މާ ބޮޑު  ކަމަކަށް ނަހަދައެވެ.

ރަޝާ ސިހުނީ އޭނާގެ މަންމަ ތަންކޮޅެއް ގާތައް އައިސްފައި “ދަރިފުޅާ،  ދޭބަލަ އަދި  ދެ ނޫޑްލިސް  ޕެކެޓު ގައްނަން.”  މިހެން ބުނެލުމުންނެވެ. ރަޝާ އޯކޭ، މަންމާ އެބައަންނަމޭ ބުނެފައި ފިހާރައަށް ދާން  ނުކުތެވެ.  ފިހާރައިގެ ދޮރުންއެތެރެއަށް  ވަދެ އިސްއުފުލާލި ހިންދު ރަޝާގެ އަތްފައި ފިނިވެގެން ދިޔައެވެ.  ފިހާރަތެރޭ އެހުރީ އެންމެ  ފުރަތަމަ  ފެނުންވަގުތުން  ފެށިގެންވެސް އަލުން  ދެކިލުމަށް އޭނާގެ ހިތް އެދެމުންދާ  ޒުވާނާއެވެ.  އެވަގުތު ދެ ޒުވާނުންގެ ހަތަރުކަޅި  ހަމަވިއެވެ.  ބުނަން ނޭންގޭ   އިހުސާސްތަކެއް އެ  ހިންދު ރަޝާއަށް ކުރެވުނެވެ.  އެ ޒުވާނާއަށް  ރަޝާ އަށް  ވީގޮތް  އިންގުން  ކަހަލައެވެ.  ރަޝާ  ވަގުތުން  އިސްޖަހާލިއެވެ.  އަދި ނޫޑްލިސް  ޕެކެޓު ހުންނަ ރެކާ ދިމާލަށް  ހިންގައިގަތެވެ. އެހިސާބަށް ދެވުން އިރު އޭނާހުރީ ހާސްވެގެންގޮސް ހަލާކުވާން ކައިރިވެފައެވެ.  ރަޝާ  ފަހަތަށް  އެންބުރި  ބަލާލީ މީހަކު އޭނާކައިރީ ހުރިހެން ހީވެގެންނެވެ.

ރަޝާގެ ކުރިމަތީގައި ހިނިތުންވެލައިގެން ހުރީ އެ ޒުވާނާއެވެ. އޭނާ ފެނި ރަޝާ ސިހުނު ގޮތް ފެނިފައި އޭނާ ގާތަށް ހިނިއައެވެ.  ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލަމުން ކުޑަކޮށް ތައާރަފް ވެލިއެވެ.

“ހައި. އައި އެމް ހިޝާން، އެންޑް ޔޫ އާ؟.. ”

އެއްވެސް އިހްތިޔާރަކާއިނުލާ ރަޝާއަށް ހިޝާން އާ ސަލާމް ކުރުމަށް އަތް އުފުލާލެވުނެވެ. އަދި އަމިއްލައަށް ތައާރަފްވެލިއެވެ.

“ރަޝާ، މަށަށް ކިޔަނީ ރަޝާ.”

(ނުނިމޭ)

 

 

Share Article

Follow Me Written By

Mystical

Level 1

Other Articles

Previous

ވާ ލޯބި އެނގޭ ނަމަ 17

Next

ދިނީ ޒަހަރު…. 22

Next
February 19, 2019

ދިނީ ޒަހަރު…. 22

Previews
February 18, 2019

ވާ ލޯބި އެނގޭ ނަމަ 17

7 Comments!

  1. jiji says:
    February 18, 2019 at 6:45 pm

    Vrh vrh obi..curiously waiting for the next?????❤❤❤

    1. jiji says:
      February 18, 2019 at 6:46 pm

      Btw me first dhw????

    2. Anonymous says:
      February 19, 2019 at 9:25 am

      yes .. its my first time here 🙂 Thankyou. i really appreciate the feedback <3

  2. Avlyn says:
    February 18, 2019 at 7:20 pm

    Me first dhw….can’t wait to read dhen oihbai! Kon irakun up kurany? Vvvv Vvvv interesting… ❤️❤️

    1. Anonymous says:
      February 19, 2019 at 9:26 am

      Thankyou.. <3 in sha allah will update tonight 🙂

  3. Kitty says:
    February 18, 2019 at 8:46 pm

    Noooo.. Suspense… Enem salhi thankolhun ninmaaly kyhve tha miabai??????….. Varah salhi ingey mi part ves… Whn next part… Plx avahah up kohdhehchey… ❤️❤️❤️❤️???❤️?

  4. Anonymous says:
    February 19, 2019 at 9:35 am

    hehe sorry ehisaabun niymaalevuneema. in sha allah will update tonight <3

Comments are closed.



All Right Reserved!