Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ލޯތްބައްޓަކާ ހިތް އެދި ރުޔަސް…. 01

Xeeesh Level 1
February 18, 2019 5 Mins Read
13 Comments

އިރު އޭގެ ވާޖިބް އަދާކުރުމަށްފަހު  އޮއްސެމުން ދިޔައިރު އުޑުމައްޗަށް އަރައި ފައިބަމުންދިޔަ ކުލަތަކުގެ ހިތްގައިމުކަން ބަލަން ހުރި މީހަކަށް ބަލާ ފޫހިނުވަހާވެސް ނަލައެވެ. ޒީން އިށީނދެލަގެން އިނީ ގޮޑުދޮށާވަރަށް ކައިރީގައެވެ. ބައެއްފަހަރު ޖަހާލާ ރާޅު އޭނާގެ ފައިގައި ބޮސްދީފައި ދާއިރު ތުންފަތް މައްޗަށް ހިނިތުންވުން ވެރިވާ ތަން ފެނެއެވެ. ބަންގީގެ އަޑަށް ޒީން އޭނާ އިންތަނުން ތެދުވެ އެއްގަމަށް ދާން ހިނގާލީ އޭނާގެ ފަސް އަހަރަށް ދާ ކުޑަ ދަރިފުޅު އަތުގައި ހިފައިލައިގެންނެވެ. އެއްގަމަށް އަރާ ހިނގަމުން ދިޔައިރު އޭނާގެ ފަހަތުން އެކި ފުރައިގެ އަންހެންވެރިން އެމީހެއްގެ ދަރި އަތުގަ ހިފައިގެން އަންނަ އަޑު އިވެއެވެ. “ޒީން” ކުއްލިއަކަށް އެޅިފިޔަވަޅު ހުއްޓުނެވެ. ފަހަތް ބަލާލިއެވެ. އޭނާއަށް ގޮވާލީ ފިރިހެން އަޑަކުންނެވެ. ނަމަވެސް ފެންނަ ހިސާބުގައި ފިރިހެނެއް ނެތް ކަން ޔަގީނެވެ. ދަރިފުޅު މީރާގެ އަތުގައި ކުރިއަށްވުރެ ބާރަށް އޭނާއަށް ހިފާލެވުނެވެ. މަގު ކޮޅާ ހަމަވިއިރު އޭނާ ދިރިއުޅޭ ގެ ކުރިމަތިން ފެންނަށް ހުއްޓެވެ.  ޒީން އޭނާގެ ދަރިފުޅަށް ގެއަށް ވަންނަ އިރު ކިޔާ ދުއާ ކިޔާދިނުމަށްފަހު ގެއަށްވަނެވެ. “މާމަގެ ދޫނި މީރާ ، ހާދަ ލަހުންނޭ ތިޔައީ ” ނާޒިއާ އޭނާގެ މާމަ ދަރިފުޅަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ޒީން އޭނާގެ މަންމައަށް ހިނިތުންވުމެއް ދިނުމަށްފަހު ކޮޓަރިއަށް މިސްރާބު ޖެހީ އަވަހަށް ނަމާދުކޮށްލުމުގެ ބޭނުމުގައެވެ. މީރާ އޭނާގެ މާމަގެ ފަހަތުން ބަދިގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޒީން ނަމާދުކޮށް ސަލާމް ދިނުމަށްފަހު އޭނާގެ ކަންފަތުގައި މިއަދު އެ ޖެހުނު އަޑާއި މަދު ފުންކޮށް ވިސްނާލެވުނެވެ. އެއީ އޭނާއަށް ދުވަހަކުވެސް އޮޅޭނެ އަޑެއް ނޫނެވެ. ހައަހަރު ފަހުން އެއަޑު އޭނާއަށް އެ އިވުނީ ކީއްވެބާ ؟ މިރަށުން އެއަޑު އިވެންޖެހޭ ސަބަބެއް އޭނާއަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ.ލޮލުން ކަރުނަ ނިރާލީ ހަނދާން ކުރަން ބޭނުން ނުވާ ހަޔާތުގެ ސޮފްހާއެއް މަތިން ހަނދާންވީމައެވެ.

“06 އަހަރު ކުރި”

“ބައްޕާ އަޅުގަނޑު ވަރަށް ބޭނުމޭ ވަޒީފާއަކަށް ދާން ” ޒީން އޭނާގެ ބައްޕަ ކައިރީ ބޮޑާ ހާކާލިއެވެ. ނާޒިއާ އަށް މި މަންޒަރު ފެނުމުން އޭނާގެ ފިރިމީހާ ނާޒިމް އާ ދިމާލަށް އިޝާރާތް ކޮށްލަމުން އާބަސް ބުނުމަށް އެދުނުވެ. ނާޒިމް ޒީން އަށް ބަލާލުމަށްފަހު ބުނެލިއެވެ.” ދަރިފުޅަށް އިނގޭނެ ބައްޕަޔަކަށް އަދި ޒީން ބޮޑު ނުވާކަން ، އެކަމަކު ދަރިފުޅު ތިހާ ބޭނުން ކަމެއް ހުއްޓުވާކަށް ބައްޕައެއް ނެތިން…. ދަރިފުޅަށް އިނގެންވާނެ ރަނގަޅައި ނުބައި … ބައްޕަ ބުނާނެ ވާހަކައެއް ނެތް ވިޔާނުދާކޮށް ދަރިފުޅު އުޅެގެންނުވާނެ ” ނާޒިމް އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ނަސޭހަތްދިނެވެ. ޒީން އުފަލުން ކޮޓަރިއަށް ދުއްވައިގަތެވެ. ޒީން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިކަން  ޔަގީން ވުމުން އޭނާ ނާޒިއާ އާއި ކުރިމަތިލިއެވެ. ” ނާޒިއާ އަށް އިނގޭނެ ހަމަ ރަނގަޅަށް އަހަރެން އަދި ޒީން ވަޒީފާއަށް ފޮނުވަން ހިތްހަމައެއް ނުޖެހޭކަން… ދަރިފުޅުގެ ޅަ ސިކުނޑިއާއި މީހަކު ކުޅެލަފާނެތީ އަހަރެން ވަރަށް ބިރުގަނޭ” ނާޒިމް އޭނާގެ އަނބިމީހާ ކައިރީ ޝަކުވާ ކޮށްލިއެވެ. ނާޒިއާ އޭނާގެ ފިރިމީހާއަށް ދަރިފުޅު ބޮޑުވެއްޖެކަން ހަނދާން ކޮށްލަދިނެވެ.

ނާޒިއާ އާއި ނާޒިމް މާލެ ބަދަލުވީ ޒީން އަށް އެންމެ ދެ އަހަރުގައެވެ. ހދ.ކުޅުދުއްފުއްޓަށް އުފަން ދެމީހުންވެސް އަމިއްލަ ވަޒަން ދޫކޮށް މާލެ ބަދަލުވާނ ޖެހުނީ އެ މީހުންގެ ހަމައެކަނި ހުރި ދަރިފުޅަށް ރަނގަޅު މުސްތަގްބަލެއް ހޯދައި ދިނުމުގެ މަގްސްދުގައެވެ. ނާޒިމް އަކީ ރިސޯޓެއްގެ މެނޭޖަރެއް ކަމުން އޭނާ ގިނައިން ދިރިއުޅެން ޖެހެނީ އާއިލާއާއި ދުރުގަ ރިސޯޓްގައެވެ. ނާޒިއާ އޭނާގެ ދަރިފުޅު ޒީން އަށް ހުރިހާ ވަގުތެއް ހުސްކޮށްގެން ހުންނައިރު ދެފަރާތު އާއިލާ މީހުންވެސް ދޭތެރެ ދޭތެރޭން މާލެ އަންނަ ދަތުރުވަރުގައި އެމީހުން ދިރިއުޅޭ ގޭގައި މަޑުކުރެއެވެ. ދެފަރާތުގެ އާއިލާގެ އެއްބާރުލުމާއެކު އެ ކުޑަ ކުޑަ އާއިލާ ދިރިއުޅެމުންދިޔައީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް މީހުން ބުނެއުޅޭ ގޮތަށް ކޮންމެ ދިރިއުޅުމެއްގައިވެސް އަޑި ގުޑަންތަން ހުންނާނެ، އެ އަޑި ގުޑަން ތަކުން ސަލާމަތްވެސްގެން ދިރިއުޅުން ކުރިޔަށް ގެންދަން މަސަތްކަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެވެ. މާތް ﷲ އެއްވެސް މީހަކަށް އެ މީހަކަށް ނުއުފުލޭ ބުރައެއް ނުޖައްސަވާނެއެވެ. މި ކުޑަ ކުޑަ އާއިލާއަށްވެސް މީހެއްގެ ހިޔަނި އެޅުނީއެވެ. ނާޒިމް އާއި ނާޒިއާގެ ދިރިއުޅުން ބަނަވެގެން ދިޔައީ އެކަމަށް ނުވިސްނާ ހުއްޓައެވެ. ޒީން އަށްޓަކައި ދެމެފިރިން ކިތަންމެ އެކުވެރިކޮށްފެނުނަސް  އެއީ ހަމަ ރީތި މަންޒަރެކެވެ. ޒީންގެ އަށާރަ ވަނަ އުފަންދުވަސް ވީ އެދެމަފިރިންގެ ކައިވެނީގެ އެންމެ ފަހު ދުވަހަށެވެ. ނާޒިއާ އަށް އޭނާގެ ހިޔާލުތަކުން ނިކުމެވުނުއިރު ނާޒިމް ފެންނާކަށް ނެތެވެ. އޭނާގެ ދެލޮލުން ކަރުނަ ނިރާލީ ދަރިފުޅު ވަޒީފާއަށް ދިއުމުން އޭނާ އެކަނިވެރިވާނޭ ވަރާއި މެދު ވިސްނާލާފައެވެ.

ހަފްތާއެއް ފަހެވެ. ” މަންމާ އައި ގޮޓް އަ ޖޮބް، ” ޒީން އައިސް އޭނާގެ މަންމަގެ ގައިގައި އޮޅުލައިގަތެވެ. ނާޒިއާ އޭނާގެ ދަރިފުޅުގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދުމަށްފަހު ވަޒީފާއާއި ބެހޭ ގޮތުން ސުވާލުކުރަން ފެށިއެވެ.  “ދަރިފުޅު އިންޓަވިއުއަށް ނުގޮސް ކިހިނެއް ވަޒީފާ ލިބުނީ ؟ ނާޒިއާ ކޮށްލި ސުވާލުން ޒީން އަށް ހީގަނެވުނެވެ. ” މަންމާ ދެން އަޅުގަނޑު ލައިފިއްޔާމް އަޅުގަނޑަށް އިރާދަކުރެއްވިއްޖެއްޔާމް ލިބޭނެ ކަމަށް މި ބެލީ ” ޒީން ޅަ ވެލާފައި އޭނާގެ މަންމައަށް ޖަވާބުދިނެވެ. ” ދެން ދަރިފުޅާ ރީތިކޮށް ބުނެބަލަ ކޮންއިރަކު އިންޓަވިއުއަށް ދާން ޖެހެނީ ” ނާޒިއާ އޭނާގެ ދަރިފުޅު ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ” މިއަދު ދޭއް ޖަހާއިރަށް ” ޒީން ޖަވާބު ދިނެވެ.

އިންޓަވިއުއަށް ދާން ޒީން ތައްޔާރު ވަމުން ދިޔައިރު އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. ހުދުކުލައިގެ އަތްދިގު ގަމީސް ލާފައި ހުރި އިރު އަތް ކުރި ވަނީ އުޅަބޮއްޓާއި ހަމައަށް އޮޅާލެވިފައެވެ. ތިރިން އަޅިކުލައިގެ ސްކާރޓެއްގައި ބެގީ ޖަހާލައިފައި ހުރިއިރު ހީވަނީ ޔޫރަޕް މީހެއްހެނެވެ. ނިއުޅާލެވިފައިވާ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައިވާއިރު ކޮނޑާ ހަމަޔަށް އަރާ އިސްތަށިގަނޑުވަނީ ލޭޔާރސް ކޮށް ކޮށާލާފައެވެ. ކުރުކޮށް ކޮށާފައިވާ އިސްތަށިކޮޅު ނިއްކުރިމައްޗަށް ވައްޓާލައިފައިވާއިރު މުޅި ނިކުރި ވަނީ ފޮރުވިފައެވެ. ލޮލުގައި އަޅާފައިވާ އަދުން އޭނާގެ ލޮލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭއިރު މަޑު ފިޔާތޮށިކުލައިން ތުންފަތްވަނީ ފެވިފައެވެ. ގަދަ އަޅިކުލައިގެ ހީލް އަކަށް އަރާލައިފައި ހުރުމުން މީހާގެ އިސްކޮޅު އާއްމު އިސްކޮޅަކަށް ފުދެއެވެ. ޒީން ރީތިވެލައިގެން ބޭރަށް ނިކުތްއިރު ނާޒިއާ ހުރީ އިސްތިރި ކުރާށެވެ. “މަންމާ ވަޓް ޑޫ ޔޫ ތިންކް … އޭމް އައި އޯވަރ ޑްރެސްޑް” ނާޒިއާ އޭނާގެ ދަރިފުޅަށް ބާލާލުމަށްފަހު ޒީން އާއި ދިމާލަށް ހިނގައިގަތެވެ. ” މަންމަގެ ދަރިފުޅު ހާދަ އަވަހަކަށޭ ތި ބޮޑުވީ … ދަރިފުޅު ވަރަށް ރީތި އެކަމަކު މަންމަ ބުނަމެއްނު ތިގޮތަށް ހެދުން ނާޅަށް ” ނާޒިއާ އޭނާގެ ދަރިފުޅު ގައިގައި ބައްދާލަމުން ބުނެލިއެވެ.  ޒީން ދަބަސް ހިފައިގެން ދޮރުން ނިކުންނަށް ދިޔައިރު ނާޒިއާގެ ލޮލަށް ފަރުވާތެރިކޮށް ބަލާލިއެވެ. ނާޒިއާގެ ފެންކަޅިވެފައިވާ ލޮލުން މަންމަ ކަމަކާއި ފިކުރު ކުރާކަން ހާމަވެއެވެ. ސިޑިން ފައިބައިގެން ޓެކްސީއެއް ހޯދުމަށް މަގުމައްޗަށް ނިކުމެލުމަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

ލައިލެކް ވިއުގެ މައި އޮފީހުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި އަންހެން ކުއްޖާއަށް އެންމެންވެސް ނަޒަރު ހިންގާލިއެވެ. ޒީން ގޮސް ރިސެޕްޝަންގައި މަޑުކޮށްލުމަށްފަހު އޭނާ އައި ބޭނުން ހާމަކޮށްލިއެވެ. ރިސެޕްޝަންގައި ހުރި ޕިލިޕީން ކުއްޖާ ފޯނެއްކޮށްލުމަށްފަހު އޭނާގެ ފަހަތުން އައުމަށް ބުނެލިއެވެ. މަދު މީހުން އުޅޭ އޮފީހެއްކަން އެތުރިފައިވާ މޭޒު ތަކުން އިނގެއެވެ. ބިއްލޫރިން ކެބިން ވަކިކޮށްފައި ހުރިއިރު އިތުރު އަންހެން ކުއްޖެއް އޮފީސްތެރެއިން ފެންނަން ނެތްކަން ހާމަވެއެވެ. ރިސެޕްޝަނިސްޓް ފަހަތުން ޒީން ވަދެގެން ގޮސް ދެވެނައަށް ޖެހުނު ކެބިންގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ދޮރުން ވަތް އިރު ހަރުކުރެވިފައިވާ ނަމަށް ޒީން ސަމާލުވެލިއެވެ. އަބާން އަހްމަދު ، ޖެނެރަލް މެނޭޖަރ … ޒީން އެތެރެއަށް ވަދެލުމަށްފަހު ރިސެޕްޝަނިސްޓް އިށީންނަށް ބުނެލި ދިމާލުގައި ގޮސް އިށީނދެލިއެވެ. ” ވެއިޓް ހިއަރ ފޯ އަ ވައިލް ހީޒް އޮން ހިސްވޭ ” އެހެން ބުނެލުމަށްފަހު އެކުއްޖާ ނިކުމެގެން ދިޔައެވެ. ކެބިންގައި ހަރުކުރެވިފައިވާ ކުރެހުންތަކަށް ފަރުވާތެރިކަމާއި އެކު ޒީން ބަލަމުން ދިޔައިރު ކުޑަ ދޮރާ ދިމާލަށް ބަލާލުމުން ފެންނަނީ މާލޭގެ މަސް މާރުކޭޓާ ދިމާލުން އަޅާފައިވާ ދޯނި ތަކެވެ. ވަރަށް ހިތްގައިމެވެ. ޒީން އޭނާ އިށީނދެގެން އިން މޭޒަށް ނަޒަރު ހިންގާލިއެވެ.ބިއްލޫރި މޭޒުގެ އެއް ފަރާތުގައި ބަހައްޓާލާފައިވާ ފޯނާއި މޭޒުގެ މެދަށް ވާ ގޮތަށް ބައިންދާލައިފައިވާ އެޕަލް މެކް ބުކް އަދި ހުޅުވާލައިފައި އެއްފަރާތުގައި ބާއްވަފައިވާ ފޮތެވެ. މުޅި ކެބިން ފަރުމާ ކުރެވިފައިވަނީ އަޅި އަދި ހުދުންނެވެ. މުޅި ތަނަށް ނަޒަރު ހިންގާލުމުން ސާފު ތާހިރުމާއި ތަރުތީބުކަން ފެނެއެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލުމާއި އެކު ޒީން ސިއްސައިގެން ދިޔައެވެ. ފަހަތަށް އެނބުރި ބަލާލިއިރު ކަންފަތުގައި ފޯނު ޖަހައިގެން ހުރެ ކެބިން ތެރެއަށް ވަދެގެން އައި ޒުވާނާއަށް ނަޒަރު ހިންގާލެވުނެވެ. ޒީން އަށް އިން ގޮޑިން ތެދުވެވުނެވެ. ޒުވާނާ އޭނާއަށް އިށީނުމަށް އިޝާރާތް ކޮށްލުމަށްފަހު އަނެއްކާވެސް ފޯނުން ވާހަކަ ދައްކަން ފެށިއެވެ. އަޅި ކުލައިގެ ކޯޓު ފަޓްލޫންގައި ޒުވާނާ ހުރިއިރު ލައިގެން ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި އަޅި ކުލައިގެ ޓައި އެކެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފައި ހުރި އިރު ވަނީ އެއްފަރާތަށް ސަޑު ނަގާ އެތް އަރިއަށް ވާ ގޮތަށް ފުނާ އެޅިފައެވެ.މަތިމަސް ތުނިކޮށް ކޮށާލެވިފައިވާއިރު ، ކުރުކޮށް ކޮށާލެވިފައިވާ ތުބުޅިން އެ ދޮން މޫނަށް  އިތުރު ސާދާ ކަމެއް ގެނެސްދެއެވެ. ޒީން އަށް ހިތާ ހިތާ ކިޔާލެވުނެވެ . “ހީ އިޒް ހޭންޑްސަމް” . ” ހެއި އައި އޭމް އަބާން ” ސަލާމަށް އަތްދިއްކޮށްލަމުން ޒުވާނަ ބުނެލިއެވެ. ޒީން އަބާންގެ އަތުގައި ހިފާލަމުން ސަލާމް ކޮށްލިއެވެ. އަބާން އޭނާ ކުރަން ޖެހޭ މަސަތްކަތް ތައް ކިޔާ ދެމުން ދިޔައެވެ. އަދި ވަޒީފާ އަށް ނިކުމެވޭނޭ ދުވަހެއް އޮޅުން ފިލުވިއެވެ. ޒީންގެ ހިތް އަވަސް ވަމުންދިޔައެވެ. “ޒީން” އެކޮޅުން އަބާން ބުނެލި އަޑު އިވުމުން ޒީން އަށް އޭނާއާއި ދިމާލަށް ބަލާލެވުނެވެ. ދެމީހުންގެވެސް ހަތަރުކަޅު ހަމަވެގެން ދިޔައިރު ވާހަކަ ނުދެކެވި ކުޑަ ވަގުތު ކޮޅެއް ދިޔައެވެ. ” އައި ކޭން ސްޓާރޓް ޓުމޯރޯ ” ޒީން ޖަވާބު ދިނެވެ. އަބާން އޭނާގެ މޫނާ ނަޒަރު ވަކިކޮށްލުމަށްފަހު ފޯނު އަތްގަނޑު ނަގާ ރިސެޕްޝަން އަށް ގުޅާލިއެވެ. “މާޔާ ޕްލީސް އެސިސްޓް މައި ނިއު ޕީއޭ ، ޝީ ވިލް ސްޓާޓް ޓުމޯރޯ ” ފޯނު ބާއްވާލަމުން އަބާން ގޮޑިން ތެދުވެ ޒީންއަށް އަށް މަރުހަބާ ކިޔަމުން ސަލާމް ކޮށްލިއެވެ. މާޔާ ދޮރު ހުޅުވާލުމަށްފަހު ވަދެގެން އައިސް ޒީން ކައިރީ އޭނާ އާއި އެކު އައުމަށް އެދުނެވެ. ޒީން މާޔާ ފަހަތުން އޭނާ ކުންފުންޏާއި ބެހޭ ގޮތުން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަމުން ، ނޭނގޭ ކަންކަން އޮޅުން ފިލުވަމުން ގެންދިޔައެވެ. ޒީން އަށް ގެއަށް އައިސް ވަދެވުނުއިރު ހުރީ އިރުއޮއްސި ހައެއް ޖަހާފައެވެ.  ގޭގޭ މައި ދޮރު ހުޅުވުމާއި އެކު ނާޒިއާ އޭނާގެ ދަރިފުޅު އައިސް ބައްދާލުމަށްފަހު ވަޒީފާ ލިބުނު ވާހަކަ ބުނެލިއެވެ. ޒީން އަށް މަރުހަބާ ކިޔުމަށްފަހު ނާޒިއާ ބަދިގެއަށް ވަނީ ރޭގަނޑު ކެއުމަށް ތައްޔާރުވާށެވެ.

-ނުނިމޭ-

Share Article

Follow Me Written By

Xeeesh

Level 1

Other Articles

Previous

އެނގުމެއްނެތި…15

Next

ވާ ލޯބި އެނގޭ ނަމަ 17

Next
February 18, 2019

ވާ ލޯބި އެނގޭ ނަމަ 17

Previews
February 18, 2019

އެނގުމެއްނެތި…15

13 Comments!

  1. Rosy says:
    February 18, 2019 at 6:50 pm

    Yey Me first…. Varah interesting ingeyy…

    1. Xeeesh says:
      February 19, 2019 at 9:56 am

      thanks Rosy

  2. Avlyn says:
    February 18, 2019 at 6:59 pm

    Wow.. Vvvv salhi.. Kon iraku next part up kurany? Can’t wait ❤️❤️❤️

    1. Xeeesh says:
      February 19, 2019 at 9:57 am

      Next Part Insha Allah Miadhu up kohlaanan 🙂

  3. Aysha says:
    February 18, 2019 at 10:40 pm

    Masha Allah vaahaka vrh vvv reethi ❤

    1. Xeeesh says:
      February 19, 2019 at 10:00 am

      Thanks Aysha … 🙂

  4. God says:
    February 19, 2019 at 2:25 pm

    Love you Gog

  5. Eyelash says:
    February 19, 2019 at 8:49 pm

    Maasha allah….very nice..

    1. Xeeesh says:
      February 20, 2019 at 2:39 pm

      Thanks 🙂

  6. Nisha says:
    February 20, 2019 at 8:30 am

    Vrh reethi …MAASHA ALLAH

    1. Xeeesh says:
      February 20, 2019 at 2:40 pm

      Thanks Nisha 🙂

  7. iima says:
    February 20, 2019 at 2:49 pm

    Ohhh…. My lil bro’s name is abaan… So cuuute… I show it to him…. And he was like as proud as a peacock….. Himself…. Hehehe… Btw story hama vrh salhi… Great job

  8. Adhoo says:
    April 18, 2019 at 3:52 pm

    Masha Allah varah salhi

Comments are closed.



All Right Reserved!