އެރޭގެ ވަގުތެވެ.ލޯގަނޑު ކުރިމަތީ ހުރެ ސަނާ ތައްޔާރު ވަމުން ދިޔައީ އަލޫކްމެން ގެއަށް ދިއުމަށެވެ.ރޯޔަލް ގުރީން ކުލައިގެ ޓޮޕްގެ ތިރިން ކަޅު ކުލައިގެ ޓައިޓްގަ ހުރި އިރު ސަނާ ވަރަށް ރީއްޗެވެ.ކަޅެ ފަން ދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްފައިއޮތެވެ. ނުވައެއްގެހި ތަނާ ޔުއާން ކާރު ސަނާ އުޅޭ ގޭގެ ކުރިމައްޗަށް މަޑުކޮށް ލިއެވެ. “ލޫކް ނާހާތަ އަހަރެންގެ ވާހަކައެއް”ކާރު ދުއްވާލުމުން ސަނާ ޔުއާން ކުރެ އެހިއެވެ.ޔުއާން އެއަށް ޖަވާބު ދޭން ބޭނުން ނުވިއެވެ.އެހެން ކަމުން އޭނަ ހަމަ […]
މާކިން މިދިލިގަހެއްގައި ލެގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ހަޔާތާ މެދުގައެވެ.އެވޭނީ އިހްސާސްތައް މުޅި ހަށިގަނޑުގައި އަޅާ ކަހަލައެވެ.އެހެންނުވާންވީ ސަބަބެއް ނެތެވެ.ތިމާ ދިރިހުއްޓާ މަރުގެ އިންޒާރު ލިބުމަކީ އަމިއްލައަށް މަރުވުމަށްވުރެ ވޭންހުރި ކަމެކެވެ. އިރުކޮޅެއްފަހުން މާކިންގެ ހިޔާލަށް އައީ މީގެ 2 އަހަރު ކުރިއެވެ.މާކިން އޭނާގެ ޒުވާން […]
ވާރޭ ހުއްޓާލިނަމަވެސް ފަޒާގައި ހިފާލައިފައިވަނީ ކަށިތައް ތޮރުފާލައިފަދަ ފިނިކަމަކެވެ. އެ ފިނިކަން އިތުރުކޮށްދެނީ އިރުއިރުކޮޅުން ޖެހިލާ ބާރު ވައިރޯޅިތަކުންނެވެ. ބާރު ވައިރޯޅިތަކާއިއެކު ގަސްތަށް ހޫރެމުންދިޔައިރު އެގޮފި އަނެއް ގޮތްޕާއި ކޯޅިގަންނަ އަޑު ނާމާންގޮތަކަށް ދޭތެރެއަކުން އިވިލައެވެ. ޝަލީން ހޫނު ފެނުން ފެންވަރައިލައިގެން ނިކުމެ ރީތިވާންފެށިއެވެ. ރަތްކުލައިގެ ކަކުލާއި ހަމަޔަށް އަރާ ރަތްކުލައިގެ މިޑީގައި ޝަލީން ފޮޅިފައިވާ ފިނިފެންމަލެއްފަދައެވެ. އެ ރީތި ލޮލާއި އެސްފިޔަތަށް އަދުނާއި މަސްކަރާއިން ފަވާލިގޮތުން ލޮލުގެ ރީތިކަން ދެގުނަވިއެވެ. ވަށް މޫނުކޮޅުވަށައިގެން އޮޅިފައިވާ އިސްތަށިތައް […]
34 ވަނަ ބައިގެ ތެރެއިން… “ކުލައްތާ….!!! މަންމަ ދައްކާ ވާހަކަ އަޅުގަނޑު ޤަބޫލެއް ނުކުރަން. މަންމަ ކީތްކުރީތަ…؟” ދެވަނަ ފަހަރަށް ރާކިން ސުވާލުކުރިއެވެ. “އަހަރެން ލަދުވެސްގަނޭ ބުނަން. ރާކިންގެ އެއްބަނޑު ޒާކިންގެ ހަގަށް ކޮއްކޮއަކު މިދުނިޔެއަށް އުފަންކުރަން ތައްޔާރުވަމުން އެދަނީ…” ކުލްޝޫމް ބުނެލިއެވެ. ވަގުތުން ފައިޒަން އަތުން ހިފައިގެން ހުރި އުލާއި ސަމްސާ ދޫވެ ތަށިތެރެއަށް ވެއްޓުނެވެ. އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހިނދުކޮޅަކަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. ********************************************** އެ ހައިރާންކަމުގައި ރާކިންއަށް […]
” މިންހާ… ” ހިތްހަމަނުޖެހިފައިވި ވަރުން ރަނގަޅަށް މަގަށް ބެލުމެއްނެތި މަގު ހުރަސްކުރި މިންހާގެ ގައިގައި އެވަގުތު އައި ޕިކަޕުން ޖެހުމާއެކު އަލޫފްއަށް ބާރަށް މިންހާގެ ނަމުން ގޮވާލެވުނެވެ. އެވަގުތު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ އެންމެންގެ ނަޒަރުވެސް ދުރަށް ވިއްސައިގެން ގޮސްފައިވި މިންހާއަށް ހުއްޓުނެވެ. ” މިންހާ… ” މިންހާގެ ނަމުން ބާރަށް ގޮވާލަމުން އަލޫފްއަށް ސިހިފައި ތެދުވެވުނެވެ. އޭރު މުޅި މީހާ ވަނީ ދާހިތްލާާ ފޯވެފައެވެ. އަވަސް ނޭވާތަކެއް […]
ވެހެމުންދިޔަ ވާރޭއަށް ގެއްލިފައި އިން އިފްރާގެ ވިސްނުމުގައި ވަނީ މީގެ 2 އަހަރުކުރީގެ ހަދާންތަކެވެ. އެއީ ކޮންފަދަ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟ ނަމަވެސް ގިނަ ދުވަސްތަކެއް ނުވަނީސް އެއުފާވެރިކަން ވަނީ އޭނަޔާ އަލްވަދާއު ކިޔާފައެވެ. އިފްރާގެ ފިރިމީހާ އަކުމަލްގެ ފުރާނަނެތް މަސްގަނޑާއެކީ އެ ނިކަމެތި އަންހެން ކުއްޖާގެ އުފާތައްވެސް ވަޅުލެވިފައިވާކަހަލައެވެ.އަކުމަލާއަ އަފްރާގެ ކައިވެންޏަށް އަހަރެއް ފުރުނު ދުވަހަކީ އިފްރާގެ މަންމަ، ޒޫނާ މި ފަނާވަނިވި ދުނިޔެއަށް އެންމެފަހު ނޭވާލި ދުވަސްވެސް މެއެވެ. އޭގެ ފަހުން އިފްރާގެ މުޅި […]
“މޯމް.. ކޮބާ ތަ ޑޭޑް….؟” ސިމާހް ސުވާލް ކޮއްލީ މަޑު މާތިރި ކަަމާއެކުއެވެ.” ދަރިފުޅާ…!! ޑޭޑް އެއީ ކޯންޗެއް…. މަންމަ އަކައް ނޭނގޭ ތަމަޅަ ބަހުރުވަ އެއް ހެހެެ” ހިނގަނޑަކާއެކު ހުމޭޒާ ޖަވާބް ދިނެވެ.އިނގި ހުރެ ހަމަ ދޮގު ހެދީ ސިމާހް އައްޓަކައެވެ.”ބައްޕަ ކޮބާ…؟”މި ބުރު ސިމާހް ރިޕީޓ ކުރީ ސާފު ދިވެހި ބަހުންނެވެ.އެހެން ކަމުން ހުމޭޒާ އައް ޖަވާބް ދޭން މަޖްބޫރް ވީއެެވެ.”ދަރިފުޅާ..، ބައްޕަ އަކީ އެހެން މީހުންގެ ގަދަރު ލިބޭ މީހެއް.. ބައްޕަ ބުނީ […]
މުސައްލަ ފައްޖަހާ ލުމައްފަހު ތެދުވެ ލާނާ ވަނީ ބަދިގެއަށެވެ. ކުޑަ ގޮތަކަށް ސައި ބޮއެގެން އަވަހަށް ނުކުތީ ލާނާ ގެ ބެލުމުގެ ދަށުން ކުރިޔަށްދާ ޔަތީމު ޙާނާ އަށް ދިއުމަށެވެ. މަގުމަތިން ދިމާވާ ކޮންމެ މީހަކުވެސް މަރްޙަބާ ކިޔައެވެ. މިކަމުގެ ސަބަބުން ލާނާ ގެ ހިތަށް ކުރާ އަސަރު ދަނީ އިތުރު ވަމުންނެވެ. ޔަތީމް ޙާނާ އަށް ދިޔަ އިރު ލާނާ އަތުގަ ހުރި މަދު ރުފިޔާ ކޮޅަކުން ބޭނުން ބައެއް އެއްޗިހި ގަތެވެ. ހަމްޒާޔާ ކައިވެނި ކޮއްގެން އުޅުނުއިރު ލާނާ ބޭނުންގޮތަކަށް ހަރަދު ކުރަން ރުފިޔާ ހަމްޒާ ދީފާ ހުރެއެވެ. ލާނާ އަށް އޭރު މިކަހަލަ އެއްވެސް ކަމަކާ ނޫޅެވެއެވެ. ހަމްޒާ ބޭނުންވަނީ ލާނާ ރީތިކޮއް ހެދުން އަޅުވައިގެން ބޭރުތެރޭ ގެންގުޅޭށެވެ. އަތުގައި ހުރި ކޮތަޅު ބަރުވުމުން ތަންކޮޅު ކޮޅުން ބަހަށްޓަމުން ލާނާ ޔަތީމް ޙާނާ އަށް ވަންނަން އަންނަތަން ބަލަން ތުންދަމާލައިގެން ހުރި ޔަނާލް ފެނުނީ ދޮރުން އެތެރެއަށް ލާނާ ވަތްފަހުންނެވެ. “މި ކޮތަޅުތައް ހާދަބަރޭ! އެއްވެސް މީހަކު ނެއްތަ އެހީ އެއްވެދޭކަށް”؟ ވައްކަޅިން ޔަނާލް އަށް ބަލާލަމުން ލާނާ ސުވާލު ކޮއްލިއެވެ. “އަހަރެން ތި ކޮތަޅު ގެންގޮސް ދީފާނަން“ ދައްތަ އަހަރުމެން ދޫ ކޮއްލާފަ ދިޔައީމަ ދެންކާކު އެހީވާނީ”؟ ޔަނާލް ސުވާލު ކޮއްލި އެވެ. ޔަނާލް ރުޅި އައިއްސަ ހުރި ސަބަބު ލާނާ އަށް ކޮންމެވެސް ވަރަކައް އެންގިއްޖެއެވެ. “ކާކު ބުނީ ދައްތަގެ ދޫނި ތައް ދޫކޮއްފަ ދާންއުޅެއޭ“؟ ލާނާ މިހެންބުނީ ޔަނާލް ގެ ބޮލުގަ ފިރުމާލަމުންނެވެ. “ގަވަރްނަރ އަންނަނީ ދައްތަ ބަލަ އޭ ސަރީފާ ދައްތަ ބުނި. އެހެންވެ ދައްތަ ދެކެ ރުޅި އައިއްސަ މި ހުރީ. ދައްތަ ދިޔައީމަ ޔަނާލް ވަރަށް ދެރަވާނެ”ޔަނާލް ލާނާ ގެ މޫނައްބަލަމުން ބުނެލިއެވެ. ހާސްކަން ފޮރުވާލަމުން ލާނާ ހޭންފެށިއެވެ. ވާހަކަ އޮޅުވާލަމުން އަވަހަށް ސައިބޯން ހިންގާށޭ ބުނެލި އިރު ހިތައް އަރަމުންދިޔައީ ސާރީފާ ދައްތަ ކުދިންނަށް ބުނެދޭނީ އެގޮތައްކަންތައް ވިޔަސް ކުދިންދެރަނުވާނެ ކަމަށް ބަލާފަތާއ ޭހިތަށް އަރުވާލިއެވެ. އެކަމަކު އެ ގޮތަށް ކަންތައްވުން އެއީ ލާނާ އެއްވެސް ގޮތަކައްބޭނުންވާ ކަމެއްނޫނެވެ. ކޮންމެ ހާލެއްގާ ވިޔަސް ލާނާ ﷲ އަށް ހަމްދުކޮއް އެ ހާލަތަކަށް ހޭނޭނެ ކަންޔަޤީނެވެ. ރޭގަނޑަށް ތަންދެމުން އިރު އޮއްސެންދާ ކަމުގެ ކުލަވަރު އުޑު މަތިން ފެންނަން ފަށައިފިއެވެ. ވަރުބަލި ކަމާ އެކު މަޑުހިނގު މެއްގާ ލާނާ ގެޔާ ދިމާލަށް ހިނގަމުންދެއެވެ. ލާނާ ގެ ހިންގުމަށް ހުއްޓުންއެރީ ކުރިމަތިން ދުވެފާ އަންނަ އައިސާފުޅު ފެނިގެންނެވެ. “އައިސާފުޅާ ތިހެން ދުވަނިކޮއް ވެއްޓި އަނިޔާއެއް ވެއްޖިޔާ ކިހާ ދެރަ“ހައިރާން ކަމާ އެކުވެސް ދެރަވެލާފަ ލާނާ ވާހަކަ ދެއްކީ ގަނޑު ވަރުގެ ނޯކަރެއް ކަމުގައިވާ އައިސާ ފުޅާއެވެ. އުމުރުގެ ފަހުބަޔައް އަޅާފައިވާ އައިސާފުޅިކީ ވަރަށް ހިތްހެޔޮ މީހެކެވެ. “ސާހިބު ކަމަނާ އަވަހަށް ވަޑައިގަންނަވާ އަލީ ވަހީދު ކަމަނާ ކޮބާތޯ އެބައައްސަވާ. ކަމަނާ ގޮވައިގެން އަވަހަށް އައުމަށް އަޅުގަނޑަށް އެންގެވި”.އައިސާފުޅު ހުރީ މާނޭވާލެވިފައެވެ.ނަމަވެސް އެމޫނޫ ވަނީ އުޖާލާވެފައެވެ. ލޮލުންވަނީ ކަރުނަ ފޭދިލާފައެވެ. ލާނާގެ ހިތް ބާރަށް ތެޅެމުންދިޔަ. ވާން މި އުޅެނީ ކިހިނެއްކަމެއް ނޭންގޭ ހާލު ފަޔަށް ބާރުލާ ގަނޑު ވަރާ ދިމާއަށް ހިންގައި ގަތީ ހިތުގެ ފުންމިނުން ދުޢާ ކުރަމަންނެވެ.
އަހަރެން އެނބުރި އަންނާނަން! … (3 ވަނަ ބައިގެ ތެރެއިން) “މިރޭ ހާދަ ލޯތްބޭ..” ސީދާ އަހަރެންގެ މޫނަށް ނަޒަރުހުއްޓާލައިގެން އިނދެ ޒައިދާން ބުންޏެވެ. ” ހޫން…ތީ ތަ ތި ދައްކަން ތިއައި ވާހަކައަކީ..؟” އަހަރެން ރަކި ނުވާކަމަށް ހެދެމުން ބުނީމެވެ. “މީވެސް އޭގެ ބައެއް!؟..” ޒައިދާން ލާނެއް ގޮތަކަށް ބުންޏެވެ. “ދެން ސަކަރާތް ނުގަނެ ބުނެބަލަ! އަހަރެން ޒައިދާން އަތުގައި ހިފާލަމުން ބުނީމެވެ. +++++++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން! … (4 ވަނަ ބައި) “..ބުނަން […]