“އައިސާފުޅު އޭނަ ދެކުނިންތަ؟ ކުޑައިރުން ފެށިގެން އައިސާފުޅު އޭނަ ދަންނަމެއްނު” ލާނާ އަހާލީ ވަރަށް އުންދަގުލުންނެވެ. ލާނާ ގެ މުޅި އަރުތެރެ އާ އަންގަތެރެ ވަނީ ހިކިފައެވެ. މީންދުވަހަކު ފެންފޮދެއް ނުލިބޭ ފަދައެވެ. “އެއީ ހަމަ އަޅުގަނޑުގެ ސާހިބު” އައިސާފުޅު ބުނީ އުފަލުންނެވެ. ލާނާ ގެ ހިތް ތެޅޭއަޑު އައިސާފުޅަށް ނީވޭނެ ބާއޭ ލާނާ ހިތަށް އެރިއެވެ. އަލީ ވަހީދު ކީއްވެބާ ނުސްދަންނަ މީހަކު ގެޔަށް ގެންނަންވީ؟ ލާނާ ސުވާލު ކުރީ އަމެއްލަ ނަފުސާއެވެ. އެހާ އަވަހަށް ޖަވާބު ވެސް ލިބިއްޖެއެވެ. އެކަމަކު އޭނާ ވީ މަރުވެފަ. ލާނާ ގެ ފިކުރު މިހިސާބަށް ދިޔަތަނާ އައިސާފުޅު ލާނާ ގެ އަތުގަ ހިފާލިއެވެ. އަވަހަށް ހިންގަވާ ސާހިބާ. ލާނާ އަށް ބަލަންހުރެ އައިސާފުޅު ބުނެލިއަޑުއިވުނެވެ. އޭރު ލާނާ އަށް ހުރެވުނީ ހުއްޓިގެންކަން އެންގުނީ މި ހިސާބުންނެވެ. “އައިސާފުޅު ދޭ ގަނޑުވަރަށް އަހަރެން ކުޑަކޮއް ހަމަ ޖެހިލައިގެން އެބަދަން” ލާނާ އަނބުރާލީ ލާނާ އުޅޭ ގެޔާ ދިމާލަށެވެ. އައިސާފުޅު އަވަސް ފިޔަވަޅު ތަކެއްގަ ދިޔައީ ގަނޑުވަރާ ދިމާލަށެވެ. ލާނާ ގެޔަށް ވަދެ ފާހަނާޔަށް ވަދެ މޫނު ދޮވެލިއެވެ. ލާނާ ގެ ދެ އަތްވެސް ތުރުތުރު އަޅައެވެ. ފުންނޭވާ ތަކެއްލަމުން ކޮޓަރީގެ ލޯގަނޑު ކައިރިއަށް ހުއްޓި ހުރީ މޫނަށް ބަލާށެވެ. ލާނާ ގެ ދިރި އުޅުމަށް އަންނަން މި އުޅޭ ތޫފާންގެ އަސަރު މޫނު މަތިންފެންނަމުން ދިޔައެވެ. ބޮލުގަ ހުރި ދަތިތަށް ނައްޓަންފެށީ ބޯއޮމާން ކޮއްލުމުގެ ނިޔަތުގައެވެ. ދަތިނަގާ މޭޒުމަތީ ބާއްވާލަމުން ލޯގަނޑަށް ބަލާލީ ހިޔަންޏެއް ހުރިހެން ހީވެގެންނެވެ. ލާނާ ގެ ފަހަތުން އެ ހިޔަނި ކައިރިވީ ލާނާ ގެ ބޮލާ ދިމާލަށެވެ. ކައިރިވުމުން ލާނާ އަރަނީ އެމީހެއްގެ ކޮނޑާ ހަމަޔަށެވެ. ލާނާ ނަގަމުންދިޔަ ދަތި ލާނާ ގެ އަތުން އަތުލާ މޭޒު މަތީ ބޭއްވިއެވެ. ލާނާ ގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުންދިޔައީ ވަރަށް ބޮޑަށެވެ. ” މީ ހަޤީގަތެއްނޫން. މިހެން ނުވާނެ” ލާނާ އަށް ވައި އަޑުން ބުނެލުވުނެވެ. ލާނާ ހަޅޭ ލަވަންބޭނުންވިއެވެ. ދުވެ ފިލަންވެސް ބޭނުންވިއެވެ އެކަމަކު އެއްވެސް ހަރަކާތެއް ކުރަންނޭންގިފަ ހުރެވުނީއެވެ. އަހަރެންމީ ޖިންނިއެއް ނޫން ލާން” ހަމްޒާ ބުނެލިއެވެ. ލާނާ އަށް ވަގުތުން ހަމްޒާ ޔާ ދިމާލަށް އެންބުރިލެވުނީ ވަރަށް ބާރަށެވެ. ލާނާ އަށް ލާން އޭ ކިޔާ ގޮވާނީ ހަމަ އެކަނި ހަމްޒާއެވެ. ހަމްޒާ ގެ މޫނަށް އިސްއުފުލާ ބަލާ ލެވުނީ ކިރިޔާއެ ލާނާ ގެ މޫނު މައްޗަށް އަންދިރި ވެގެން އަރިއަޅާލީ އެވެ. ހަމްޒާ ލާނާ ހިފެހެއްޓީ އުންދަގުލަކާ ނުލާއެވެ. ލާނާ ނަގައި ގަނެގެންގެންގޮސް އެންދުގާ ބޭއްވިއެވެ. ލާނާ އަށް ރަންގަޅަށް ހަމްޒާ ބަލާލިއެވެ. ލާނާ ގެ ހަށިގަންޑު ވަނީ ހިކި އަނަރޫފަ ވެފައެވެ. އެކަމަކު ލާނާ ފެނުމުން ހަމްޒާގެ ހިތުގެ ތެޅުމަށް ބަދަލު އައެވެ. ލާނާ ގެ ރީތި ސޫރަ އެ ހިތުގަ ހަރުލާ ހުރެއެވެ. ލާނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. ހަމްޒާގެ ލޮލަށް ބަލަން ލާނާ އަށް އޮވެވުނީއެވެ. ހަމްޒާ ހިނިތުންވެލީ ހަމްޒާ ގެ ލޮލުންފެންނަން ހުރި އަސަރުތަށް ފޮރުވަމުންނެވެ. ޖިންނިންވެސް އިންސާނުންގެ ސިފައިގާ ތިބޭއިރު އަސްލު މީހާޔާ ހާދަ ވައްތަރޭ ލާނާ ހިތަށް އެރިއެވެ. މަޑުމަޑުން ހަމްޒާގެ މޫނުގަ އައްޖައްސާލިއެވެ. ހަމްޒާ އަކީ މުޅި އުމުރުގައިވެސް ދަގަނޑު ހާ ވަރުގަދަ އެއްވެސް އިހުސާސެއް ނުއް މީހެއްގެ ގޮތުގައި ދައްކައިގެން އުޅުނަސް ކެއްކުރަން ދަތިމިވަނީ ވެފައެވެ. ހަމްޒާ ބޭނުންވީ ގުދުވެލާ ލާނާ ގެ ހަށި ގަނޑުގެ ހުނު ލިބިގަންނާށެވެ. އެކަމަކު މި ވަގުތަކު ނޫނެވެ. ވަރަށް އަވަހަށެވެ. ހަމްޒާ ތެދުވެ މޭޒު ކައިރީ ހުއްޓިލާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ބޭނުމަކީ ކުރަމުންމުދާ އިހުސާސް ތައް ހުއްޓުވާލުމެވެ. “ތީ ކާކު؟” ލާނާ ސުވާލު ކޮއްލިއެވެ. “އަހަރެންމީ ކާކުކަން އިންގޭނެ” ހަމްޒާ މިހެންބުނުމުން ލާނާ ތެދުވެ ހިންގައިގަތީ މޭޒާ ދިމާލަށެވެ. “އަހަރެން ސައި ހަދާލާނަން އަހަރެމެން ވާހަކަދައްކައިގެން މި ކަންތަކައް ރަންގަޅު ހައްލެއް ލިބިދާނެ.” ލާނާ ވާހަކަ ދެއްކިއެވެ. އެހެންވީމަ ލާނާ ހީ ކުރަނީ އަހަރެންމީ ކޮންމެސް ނިކަމެތި މީހެއްކަމަށް ތާ ދޯ. ފާޑަކަށް ހިނިތުން ވެލަމުން ހަމްޒާ ގެ ހިތަށް އެރިއެވެ. ހަމްޒާ ގޮސް ލާނާ ގެ އަތުގައި ހިފާލިއެވެ. ލާނާ އަތުގައި ހިފާލުމާއެކު ހަމްޒާގެ ކޮންޓުރޯލް ކުރަން އުންދަގޫ އިހުސާސް ތަކެއްވިއެވެ. “އަހަރެންމީ ލާނާ ގެ ފިރިމީހާ. އަހަރެން މި ހުރީ އެންބުރި އައިސް” ހަމްޒާ ބުނެލިއެވެ. ލާނާ ގެ ފައިންބާރުދާން އުޅޭހެން ހީވާންފެށިއެވެ. އަންގައިން ބުނަން ދަތިވެފައި ލާނާ އަށް ހުރެވުނީ ހަމްޒާ އަށް ބަލާށެވެ. “މީ ހަމްޒާ ބިރުނުގަނޭ ލާނާ” ހަމްޒާ މަޑު މަޑުން ބުނެލިއެވެ. ލާނާ އަށް މި ކަމާ ދެކޮޅު ހެދޭ ކަށް ނެތެވެ. ހަމްޒާގެ ސިފައަށް ބަދަލަކަށް އައިސްފަ ހުރީ ހަމަ އެކަނި ހިކިފާ ހުރުމެވެ. ” އަހަރެންގެ ފިރިމީހާ ވަނީ މަރުވެފާ” ލާނާ އަނެއްކާވެސް ބުނެލިއެވެ. ‘އަހަރެން ސާބިތު ކޮއްދޭނަން އަހަންނަކީ ހަމްޒާ ކަން” ހަމްޒާ ބުނުލީ ޔަޤީން ކަމާ އެކުއެވެ. މިހެން ބުނުމާއެކު ހަމްޒާ ލާނާ ގެ މޫނުގަ ދެ އަތުންހިފާ ކައިރި ކޮއްލިއެވެ. ލާނާ ޔަށް ވާނުވާ ނޭންގި ހުރެވުނީއެވެ. މި ވާ ގޮތް ކުއްލި އަކަށް ލާނާ އަށް ވިސްނުމުން ހަމްޒާގެ މޭގަ އަތްއަޅާ ދުރަށް ކޮއްޕާ ލެވޭތޯ ލާނާ އުޅުނެވެ. “އަހަރެންގެ ގައިގަ އަތްލަން ކެރުނީ ކީއްވެ”؟ލާނާ ގެ ސުވާލު ކުރިއެވެ. “ތީ އަހަރެންގެ އަންބިމީހާ” ހަމްޒާ އިތުރަށް ލާނާ ކައިރި ކޮއްލިއެވެ. ” ހަމްޒާ އަކީ ތިކަހަލަ ކަންތަށް ކުރާ ހިތްވާ މީހެއްނޫން” ލާނާ މިހެން ބުނީ މުޅި ކައިވެނީ ގެ ހަޔާތުގައިވެސް ހަމްޒާ ގެ އޯގާތެރި ބީހުމެއް އިހުސާސް ވީ މި ފުރަތަމަ ފަހަރެވެ. “އަހަރެން މިހާރު މި ހުރީ ބަދަލްވެފައި” ހަމްޒާ ބުނެލިއެވެ. “އެކަމަކުވެސް ތީ އަހަރެންގެ ފިރިމީހާއެއްނޫން” ލާނާ ފަހަތަށް ޖެހެން ކުރި މަސައްކަތް ކާމިޔާބުވީ ހަމްޒާ ދޫކޮއްލުމުންނެވެ.
ރޭގަނޑުގެ ވަގުތެވެ.ދުރުދުރަށް ދާންދެން ބަގީޗާގައި ދިއްލާފައިވާ ބޮކިތަކުގެ ރީތި އަލިން ބަގީޗާ އަލިކޮށްލައިފައިވާއިރު ވަރަށް ފުރިހަމައެވެ.ޖެހެމުން ދިޔަ ފިނި ވައިރޯޅިއާއިއެކު ފަތްތައް ދެފަރާތަށް ހެލެމުން ދިޔަ ވަގުތުގައި އިވެމުން ދިޔަ ރީތި މިއުޒިކީ ރާގުން ހިތްތައް ފިނިކޮށްދެއެވެ.އަދި ގޭގެ ދޮރާ ކައިރީގައި ދިއްލާފައިވާ ވާމް ވައިޓް ފެއަރީ ލައިޓްސް ތަކުގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.7 އަހަރުގެ ޒާއިފް ބަގީޗާއަށް ނުކުތީ ޒާއިފްގެ މަންމައާއި ބައްޕަ ކަމަކާއި ދެބަސްވެ ޒުވާބުކުރަން ފެށުމުންނެވެ.އެއީ އަބަދުގެވެސް ހާލަތެވެ.ބަގީޗާގެ އެ […]
ސިރުމިީނާ އެހެން ބުނިތަނަާ އާސާފުޅު ނިކުމެގެން ދިޔައެވެ.އޭނާ ގެއައް ދިޔަތަނާ ސިރުމީނާ ބޯހޫރުވާލިއެވެ. *************** “ކައެ ކާރޭ މަ ބުނީމެންނު އެއައް ޑިސްކައުންޓް ނަގާށޭ…. ޒިޔާދު އކައް ނޭނގޭނެ މިހާރުވެސް ހިރީ ކުޑަ ލަާރިކޮޅެއް…. އަދި މަމި އުޅެނީ ގުރޭޑު 8ގަޭ ކިހިނެއް ލާރި ހޯދޭނީ”އަޔާން ވާހަކަ ދައްކަމުން ދިޔައީ ޒިޔާދުއާއެވެ.”އޯކޭ”ޒިޔާދް ބުނެލިއެވެ. ****************@ “އަލިޔާ ކޮބާ ބައްޕަ ވަކިވުމުގެ ކުރިން ދިން ފޮތް އޭގަ ހުންނާނެ ބައެއް ލާރި… ގެނޭ..” އަލިޔާާއަ ދިމާލައް އާސާފުޅު އެހެން […]
ދުވެފައި ކަހަލަގޮތަކަށް ކްލިނިކް ތެރެއަށްވަދެގެން އައި މަޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ނައިނާ ފެނިފައެވެ. “ޔާން…” ޝަލީން ތެދުވެގެން ގޮސް ހުއްޓުނީ މަޔާންއާއި ދާދި ގާތުގައެވެ. މަޔާން ކަޅުކުލައިގެ ކޯޓްއާއި ފަޔަށްފިޓް ފަޓްލޫނުގައި ހުރިއިރު މޫނުމަތީވި ތާޒާކަމުންވެސް މަޔާން އައީ އޮފީހަށް ދިޔުމަށް ތައްޔާރުވެގެންކަން ޝަލީންއަށް އިނގުނެވެ. ޝަލީން ހެނދުނު ކްލިނިކްގައި މަސައްކަތްކުރާ ދުވަސްދުވަހު މަޔާން ވަޒީފާއަށް ދިޔުމުގެ ކުރިން ޝަލީންގެ ގާތަށް އައުމަކީ އާދައެކެވެ. ޝަލީންގެ މޫނު ދެކިލައިފައި ދިޔުމުން މަޔާންގެ މުޅި ދުވަސް ފުރިހަމަވެގެންދާހެން […]
އަހަރެން އެނބުރި އަންނާނަން! … (4 ވަނަ ބައިގެ ތެރެއިން) އެނދުމަތީ އިށީދެނގެން އިރުކޮޅަކު އިނުމަށްފަހު، ޒައިދާން އަށް ގުޅާ ލަން އަހަރެން ބޭނުންވިއެވެ. އެހެނަސް އެ ދަންވަރު ޒައިދާން ހޭލައްވާލަން ބޭނުންނުވާތީ، އަހަރެން ނުގުޅަން ނިންމީމެވެ. އާދައިގެމަތިން އަހަރެންގެ ނިދި އެއްކޮން ފިލިއެވެ. އަލިވިލެންދެން އަހަރެން އެހެންއިނުމަށް ފަހު ނިދިޖެހުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ލީޝާގެ މަންމަ، އަހަރެންގެ ދޮރުގައި ޓަކިޖަހާ ސައިބޯން ގޮވުމުންނެވެ. ++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން! … (5 ވަނަ ބައި) […]
(ފުރަތަމަ ބައި) ރިންގް ވަމުން ދިޔަ ފޯނަށް އަހަރެން ބަލާލީ އެދަންވަރު ގުޅާނީ ކާކުކަން ރަނގަޅަށް އެނގިހުރެއެވެ. ވިސްނައިދޭން މިހާތަނަށްވެސް ކުރި މަސައްކަތް ބޭކާރުވެފައިވީ ނަމަވެސް މައިރީންއަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައިކަން އަހަރެން ހަނދާން ނައްތައެއްނުލަމެވެ. އެހެންނަމަވެސް އަހަރެންގެ ދިރިއުޅުމުގެ އެއްބައިކަމުގައި މައިރީން ވާފަދައިން ކިރަން އަކީވެސް އަހަރެން ދިރިއުޅުމުގެ މުހިންމު ބައެކެވެ. ސައިލެންޓަށް ލުމަށްފަހު ފޯނު ބަންޑުން ބާއްވާލީ ކިރަންއަށް ހޭލެވިދާނެތީއެވެ. މަޑު ފެހި ކުލައިގެ ނައިޓީގައި ކިރަން ފެންނަލެން ވަރަށް ޗާލެވެ. ހަށިގަނޑަށް އަބަދުވެސް ބަލައިގެން […]
ސިޓިންގ ރޫމުގެ ސޯފާގައި އިން ލީނާ ކެތްތެރިކަމާ އެކީ އިންތިޒާރު ކުރަމުންދިޔައީ އޭނަގެ ފިރިމީހާއާއި ދަރިފުޅު އަންނާނެ އިރަކަށެވެ. އޭނަގެ އިންތިޒާރުގެ ނިމުންއައީ ދޮރުގެ ރަގަބީލުގެ އަޑުންނެވެ. ލީނާ އިފްރާއަށް ގޮވައިލާފައި ހިގައިގަތީ ގޭގެ ދޮރާދިމާއަށެވެ. ދޮރު ހުޅުވާލުމާއެކީ އެ މޫނުގައިވި ހިނިތުންވުން ފަޑުވެ ހައިރާންކަމުގެ އަސަރުތަކުން އެ މޫނުވަށައިލައިފިއެވެ. މީހަކު ފެންނަންނެތް ނަމަވެސް ދޮރުކައިރީ ހުރި ފޮށިތައް ހެކިވަނީ އެތަނަށް މީހަކު އައިކަމަށެވެ. ނޫނީ މީހަކު ޖެއްސުމެއް ކުރީބާއެވެ؟. އެކަމަކު އެކަންކުރާނީ ކާކު ހެއްޔެވެ؟ ގަޑުވެފައިހުރި […]
ޔުއާން ދިއުމުން ސަނާ ގެއަށް ވަނުމުގެ ބަދަލުގައި ހިނގައިގަތީ އެއްވެސް މިސްރާބެއް ނެތިއެވެ.ފަނަރަ ވަރަށް މިނެޓް އަށް ހިނގުނުތަނާ ސަނާއަށް ހުއްޓެން މަޖްބޫރުވީ ކުރިމަތިން ފެނުނު މަންޒަރެވެ. އަލޫކް އަންހެން ކުއްޖެއްގައިގަ ބައްދައިގެން ހުރިތަން ފެނި ސަނާއަށް ހީވީ އޭނަގެ ހިތަށް މީހަކު ހޫނު ފެން އެއްޗެއް އޮއްސާލިހެނެވެ.ސަނާއަށް އެތާނުހުރެވޭނެކަން ޔަގީންވުމުން އަނބުރާލާފަ އައިކޮޅަށް ދިޔައެވެ. “ވަރަށް ބަލިވެފަ ހުރީ އެހެންވެ ނައީ ހަވީރު”އަލޫކް ކިއާރާއާދުރުވެލަމުން ބުނެލިއެވެ.”އެހެންތަ ކިއާހީކުރީ ސަނާއަށް ފިލަން ދުވާނީކަމަށް މިއަދު” ކިއާރާ ހީލަމުން […]
އިރުގެ ރަން ދޯދިތައް ދޮރުފޮތިގަނޑު ފާއްދައިލިއެވެ. ލޮލަށް އަލި އެޅުމުން ދެލޯ އިތުރަށް ބާރުކޮށްލި ނަމަވެސް ނިދިން ހޭލެވިއްޖެއެވެ. ބޯ ހިއްލައިލިއިރު ކަނދުރާއިން ނެގި ތޫނު ތަދަކުން އީތަންއަށް އަތް އަޅައިލެވުނެވެ. ރަނގަޅަށް ލޯ ހުޅުވައިލައިފައި ބަލައިލިއެވެ. ނިދުނީ ކުރުގެޅިގެން، ސޯފާގެ އަތްގަނޑުގައި ބޯ އަޅައިގެންނެވެ. ސޯފާގެ އަނެއްފަޅީގައި ބޯޅައެއްހެން ވަށްވެގެން ނިދާފައި އޮތް އަލީޝާއަށް އީތަން ބަލައިލިއެވެ. އަލީޝާގެ ބޯލާކޮޅުގައި ހުރި ދޮރުފޮތިގަނޑުން ކެހިފައިވީ ތަންކޮޅުން އަވި އެޅިފައިވީ ސީދާ އަލީޝާގެ މޫނަށެވެ. އީތަން ސޯފާގައި […]