Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީރަށްޓެހި ލޯބި 4

ishaadam Level 110 Stories100 Login
March 13, 2019 One Min Read
2 Comments

މުސައްލަ ފައްޖަހާ ލުމައްފަހު ތެދުވެ ލާނާ ވަނީ ބަދިގެއަށެވެ. ކުޑަ ގޮތަކަށް ސައި ބޮއެގެން އަވަހަށް ނުކުތީ ލާނާ ގެ ބެލުމުގެ ދަށުން ކުރިޔަށްދާ ޔަތީމު ޙާނާ އަށް ދިއުމަށެވެ. މަގުމަތިން ދިމާވާ ކޮންމެ މީހަކުވެސް މަރްޙަބާ ކިޔައެވެ. މިކަމުގެ ސަބަބުން ލާނާ ގެ ހިތަށް ކުރާ އަސަރު ދަނީ އިތުރު ވަމުންނެވެ.

ޔަތީމް ޙާނާ އަށް ދިޔަ އިރު ލާނާ އަތުގަ ހުރި މަދު ރުފިޔާ ކޮޅަކުން ބޭނުން ބައެއް އެއްޗިހި ގަތެވެ. ހަމްޒާޔާ ކައިވެނި ކޮއްގެން އުޅުނުއިރު ލާނާ ބޭނުންގޮތަކަށް ހަރަދު ކުރަން ރުފިޔާ ހަމްޒާ ދީފާ ހުރެއެވެ. ލާނާ އަށް އޭރު މިކަހަލަ އެއްވެސް ކަމަކާ ނޫޅެވެއެވެ. ހަމްޒާ ބޭނުންވަނީ ލާނާ ރީތިކޮއް ހެދުން އަޅުވައިގެން ބޭރުތެރޭ ގެންގުޅޭށެވެ.

އަތުގައި ހުރި ކޮތަޅު ބަރުވުމުން ތަންކޮޅު ކޮޅުން ބަހަށްޓަމުން ލާނާ ޔަތީމް ޙާނާ އަށް ވަންނަން އަންނަތަން ބަލަން ތުންދަމާލައިގެން ހުރި ޔަނާލް ފެނުނީ ދޮރުން އެތެރެއަށް ލާނާ ވަތްފަހުންނެވެ.

“މި ކޮތަޅުތައް ހާދަބަރޭ! އެއްވެސް މީހަކު ނެއްތަ އެހީ އެއްވެދޭކަށް”؟ ވައްކަޅިން ޔަނާލް އަށް ބަލާލަމުން ލާނާ ސުވާލު ކޮއްލިއެވެ.

“އަހަރެން ތި ކޮތަޅު ގެންގޮސް ދީފާނަން“ ދައްތަ އަހަރުމެން ދޫ ކޮއްލާފަ ދިޔައީމަ ދެންކާކު އެހީވާނީ”؟ ޔަނާލް ސުވާލު ކޮއްލި އެވެ.

ޔަނާލް ރުޅި އައިއްސަ ހުރި ސަބަބު ލާނާ އަށް ކޮންމެވެސް ވަރަކައް އެންގިއްޖެއެވެ.

“ކާކު ބުނީ ދައްތަގެ ދޫނި ތައް ދޫކޮއްފަ ދާންއުޅެއޭ“؟ ލާނާ މިހެންބުނީ ޔަނާލް ގެ ބޮލުގަ ފިރުމާލަމުންނެވެ.

“ގަވަރްނަރ އަންނަނީ ދައްތަ ބަލަ އޭ ސަރީފާ ދައްތަ ބުނި. އެހެންވެ ދައްތަ ދެކެ ރުޅި އައިއްސަ މި ހުރީ. ދައްތަ ދިޔައީމަ ޔަނާލް ވަރަށް ދެރަވާނެ”ޔަނާލް ލާނާ ގެ މޫނައްބަލަމުން ބުނެލިއެވެ.

ހާސްކަން ފޮރުވާލަމުން ލާނާ ހޭންފެށިއެވެ. ވާހަކަ އޮޅުވާލަމުން އަވަހަށް ސައިބޯން ހިންގާށޭ ބުނެލި އިރު ހިތައް އަރަމުންދިޔައީ ސާރީފާ ދައްތަ ކުދިންނަށް ބުނެދޭނީ އެގޮތައްކަންތައް ވިޔަސް ކުދިންދެރަނުވާނެ ކަމަށް ބަލާފަތާއ

ޭހިތަށް އަރުވާލިއެވެ. އެކަމަކު އެ ގޮތަށް ކަންތައްވުން އެއީ ލާނާ އެއްވެސް ގޮތަކައްބޭނުންވާ ކަމެއްނޫނެވެ. ކޮންމެ ހާލެއްގާ ވިޔަސް ލާނާ ﷲ އަށް ހަމްދުކޮއް އެ ހާލަތަކަށް ހޭނޭނެ ކަންޔަޤީނެވެ.

ރޭގަނޑަށް ތަންދެމުން އިރު އޮއްސެންދާ ކަމުގެ ކުލަވަރު އުޑު މަތިން ފެންނަން ފަށައިފިއެވެ. ވަރުބަލި ކަމާ އެކު މަޑުހިނގު މެއްގާ ލާނާ ގެޔާ ދިމާލަށް ހިނގަމުންދެއެވެ. ލާނާ ގެ ހިންގުމަށް ހުއްޓުންއެރީ ކުރިމަތިން ދުވެފާ އަންނަ އައިސާފުޅު ފެނިގެންނެވެ.

“އައިސާފުޅާ ތިހެން ދުވަނިކޮއް ވެއްޓި އަނިޔާއެއް ވެއްޖިޔާ ކިހާ ދެރަ“ހައިރާން ކަމާ އެކުވެސް ދެރަވެލާފަ ލާނާ ވާހަކަ ދެއްކީ ގަނޑު ވަރުގެ ނޯކަރެއް ކަމުގައިވާ އައިސާ ފުޅާއެވެ. އުމުރުގެ ފަހުބަޔައް އަޅާފައިވާ އައިސާފުޅިކީ ވަރަށް ހިތްހެޔޮ މީހެކެވެ.

“ސާހިބު ކަމަނާ އަވަހަށް ވަޑައިގަންނަވާ އަލީ ވަހީދު ކަމަނާ ކޮބާތޯ އެބައައްސަވާ. ކަމަނާ ގޮވައިގެން އަވަހަށް އައުމަށް އަޅުގަނޑަށް އެންގެވި”.އައިސާފުޅު ހުރީ މާނޭވާލެވިފައެވެ.ނަމަވެސް އެމޫނޫ ވަނީ އުޖާލާވެފައެވެ. ލޮލުންވަނީ ކަރުނަ ފޭދިލާފައެވެ.

ލާނާގެ ހިތް ބާރަށް ތެޅެމުންދިޔަ. ވާން މި އުޅެނީ ކިހިނެއްކަމެއް ނޭންގޭ ހާލު ފަޔަށް ބާރުލާ ގަނޑު ވަރާ ދިމާއަށް ހިންގައި ގަތީ ހިތުގެ ފުންމިނުން ދުޢާ ކުރަމަންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishaadam

Level 110 Stories100 Login

A writer who believes Allah never lets you down no matter what ........

Other Articles

Previous

އަހަރެން އެނބުރި އަންނާނަން!… (4 ވަނަ ބައި)

Next

ވަކިވުމުގެ ކުރިން……1

Next
March 13, 2019

ވަކިވުމުގެ ކުރިން……1

Previews
March 13, 2019

އަހަރެން އެނބުރި އަންނާނަން!… (4 ވަނަ ބައި)

2 Comments!

  1. Amna says:
    March 16, 2019 at 5:52 pm

    Varah….reethi…..

    1. ishaadam says:
      March 18, 2019 at 8:09 pm

      shukuriyya

Comments are closed.

Next Episode5 ބީރަށްޓެހި ލޯބި←


All Right Reserved!