“މަގޭ ދަރިފުޅަށް ކިހިނެއްވީ؟ އާމިރު މި ސުވާލު މަންމައާއި ކުރިއިރު ވެސް އާމިރުގެ ހިތް ތެޅޭ އަޑުއިވެއެވެ. “ދަރިފުޅު އޮތީ މަރުވެފަ” އައިމިނަ އުންދަގުލުން ބުނެލިއެވެ. އައިމިނަގެ އަޑުއިވުމާއި އެކު އާމިރު އަށް ބާރަށް ރޯންފެށުނެވެ. “ތިހެނެއް ނުވާނެ. އަހަރެންގެ ދަރިފުޅު އަހަރެން ބޭނުން” އާމިރު ރޮމުން ވާހަކަ ދެއްކިއެވެ. އާމިރު އިނީ ބަލިމީހުނަށް ޒިޔާރަތް ކުރަން އަންނަ މީހުން ތިބޭ ކޮޓަރީގެ ގޮނޑިއެއްގައި އިށީންދެގެންނެވެ. ދަރިފުޅު މަރުވި ޙަބަރު ލިބުނު ފަހުން މިހާރު ދުވަސް ކޮޅެއްވެއްޖެއެވެ. އެދުވަހު އާމިރުގެ މަންމަ އާމިރުގެ މޫނު މަތީ ވަރަށް ބާރަށް ޖެހިއެވެ. އައިޝާގެ ފަހަތުން ނުކުންނަން ދަމުން ވައި އަޑަކުން އަލީވެސް ބުނެލީ “ތި ކަހަލަ ނުަލަފާ މީހެއްގެ ކިބައިން އުންމީދު ކުރެވޭނީ ވެސް ތިކަހަލަ ނުބައި އަމަލެކެވެ” އާމިރު ވަނީ ހިތާމައިން ހަދާނެ ގޮތް ހުސްވެފައެވެ. ކޮންމެ ފަހަރަކު ވެސް އާމިރުގެ ގޭ މީހަކު ހޮސްޕިޓަލަށް އަޔަސް ޑޮކްޓަރު ކައިރިން ނަތާގެ ހާލު އަހާލުމަށް ފަހު ދަނީއެވެ. އާމިރު އަކީ އެތާ އިންމީހެއް ކަންވެސް ނުދަނެއެވެ. ދުވަހަކު ވެސް އާމިރު އަދި މިވަރަށް އެކަނިވެރި އެއްނުވެއެވެ. އާމިރުގެ ކިރިޔާވެސް އުންމީދަކީ ނަތާއެވެ. އެކަމަކު ނަތާ އެވަނީ އާމިރުގެ އަޑު ނުއިވޭހާ ދުރުގައެވެ. އާމިރު ގެ އެތަށް މަސަތްކަތަކާ ބިރު ދެއްކުމުންވެސް ޑޮކްޓަރުން ވަނީ އާމިރު އަށް ނަތާގެ ހާލު ފެނުމުން ކެއްނުވާނެ ކަމަށް ބުނެފައެވެ. ނަތާގެ ހާލު ގޯސް ކަމުން އެމީހުން ނަތާ ބާއްވަނީ ހޭނަށް ތާފައެވެ. ސަބަބަކީ އެތަކެއް ހޮޅިތަކަކާ މެޝިން ތަކެއްގެ އެހީގައި ނަތާ އޮތުމުންނެވެ. “އާމިރު” މީހަކު ގޮވާލި އަޑަށް އާމިރު ސިހިފައި ބަލާލީ އެފަލުންނެވެ. ސަބަބަކީ މި ހުރިހާ ދުވަހުވެސް ޑޮކްޓަރުން ފިޔަވާ އިތުރު އެއްވެސް މީހެއް އާމިރު އަށް ގޮވާފާއި ނުވުމުން އާމިރު އުންމީދު ކުރީ އުފާވެރި ޙަބަރަކާއިގެން ޑޮކްޓަރު އައީ ކަމަށެވެ. އާމިރުގެ ހިތްވަރު އެލުނީ ކުރިމަތިން ނަތާގެ މަންމަ އާއި ބައްޕަ ފެނުމުންނެވެ. “އޭނާ އަށް ކިހިނެއްވީ”؟ އާމިރު ވިސްނާލިއެވެ. އަދިވެސް ނަތާގެ މަންމަ ނަތާގެ ނަމުންވެސް ގޮވަން އިންކާރުކުރުމުން ނެވެ. މިކަމުގެ ސަބަބުން އާމިރު އަނެއްކާ ވެސް އަމެއްލަ ނަފްސު ކުއްވެރި ކުރިއެވެ. “ކާރު އެކްސިޑެންޓެއް ވީ” އާމިރު ބުނެލިއެވެ. “އޭނާ ދުނިޔޭގައި ހުންނާނެތަ؟” “އަދި ނޭންގެ އެއްޗެއް ބުނާކަށް. ޑޮކްޓަރުން އަހަރެން ގެ އެފަދަ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭ” އާމިރު ދެރަވެލާފައި ބުނެލިއެވެ. “އޭނަ ދިރި ހުރުމުގެ އެއްވެސް ބޭނުމެއް ނެއް” ނަތާގެ މަންމަ ރަހުމު ކުޑަ ގޮތަކަށް ބުނެލިއެވެ. ނަތާގެ ބައްޕަ ނަތާގެ މަންމަ އަށް ބަލާލީ ރުޅިވެރިކަމާއެކުގައެވެ. ނަތާގެ މަންމަ މިފަދަ ގޮތަކަށް ވާހަކަދެއްކުމުން އެއްޗެކޭ ބުނުމަށް އަނގަ ހުޅުވާލިތަނާ އާމިރު ވާހަކަ ފެށިއެވެ. “އޭނާ އެއްވެސް މީހަކަށް ކަމެއް ގޯސް ކޮށެއް ނުކުރޭ. އެއީ ތި މިހުންގެ ދަރިފުޅެއްނު؟” އާމިރު ސުވާލު ކުރިއެވެ. “މިހާރު އެއީ އަހަރެންގެ ދަރިއެއްނޫން” ނަތާގެ މަންމަ ޖަވާބުދިނެވެ. އަދިވެސް ނަތާގެ ކުށެއް ނެއްކަމަށް ނަތާގެ މަންމަ ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. “މަންމަ މެނަށް ގުޅާފަ އަހަރެން ދެއްކި އެއްވެސް ވާހަކަ އަކީ ތެދެއްނޫން” އާމިރު މަސައްކަތް ކުރީ ތެދު ހާމަ ކުރެވޭތޯ އެވެ. “މިހާރު ކޮންދޮގެއް ތި ހަދަނީ؟ އޭނަ އެއީ ފައިސާ އަށް އުޅޭ އަންހެނެއް. އޭނަ އެއީ ވަފާތެރި އެއްނޫން އެއީ ފާފަ ވެރިއެއް. އަހަރެންގެ ދަރިއެއްނޫނޭ އެއީކީ” ހިތްވަރު ކޮއްގެން ހުހްޓާވެސް ނަތާގެ މަންމަ ކެއްނުކުރެވިގެން ހުރިހާ އެއްޗެއްކިޔާލިއެވެ. ކިޔާ ނިމުނު އިރު ވަނީ ކުޑަ ކަކޫ މައްޗަށް ތިރިވެފައެވެ. ބާރު ބާރަށް ގިސްލަމުން ރޮމުން ދިޔައެވެ. ނަތާގެ ބައްޕަ ބެލީ ނަތާގެ މަންމަ ހަމައަކަށް އެޅުވޭތޯއެވެ. “އަހަރެންގެ ދަރިފުޅު ހޭ އެރުމުން އަހަރެމެން އެނބުރި ދާނީ އޭނާ ގޮވައިގެން” ރުޅިވެރި ކަމާއި އެކީ އާމިރު އަށް ބަލާލަމުން ނަތާގެ ބައްޕަ ބުނެލިއެވެ. “ކަލޭމެން ހީ ކުރަނީ ކިހިނެއްތަ؟ އަހަންނަށް އިންގޭ ނަތާގެ އެ ހާލުގެ ޒިންމާ އުފުލަން ޖެހޭނީ އަހަރެން ކަން. އެކަމަކު މި ކަމުގަ ކަލޭމެންގެ ވެސް އިހުމާލު ނުވާކަމަށް ނުހަދާ. ނަތާ ގެ ހިތް ކުދިކުދި ވި އެ ދުވަހު ކަލޭމެން ނަތާ އާއި ދިމާލަށް ނަތާ އަކީ ކަލޭމެންގެ ދަރިއެއްނޫނޭ ބުނުމުން. އަހަރެން މީ އެންމެ ރަހުމު ކުޑަ މީހާ އެކަމަކު އަހަރެންގެ ވެސް ހިތް ފަޅާއިގެން ދާހާ ވަރުވި އެދުވަހު ނަތާ ރުއި މަންޒަރު ފެނި” އާމިރު މިހެން ބުނުމުން ނަތާގެ މަންމަގެ ރުއިން އިތުރަށް ގަދަވެގެންދިޔަ އެވަގުތަކީ ޑޮކްޓާރު އެ ކޮޓަރި އަށް ވަދެގެން އައި ވަޤުތެވެ. ޑޮކްޓަރު ފެނުމާއި އެކު އާމިރު ދުވެފައި ޑޮކްޓަރުގެ ކައިރިއަށް ދިޔައެވެ. ފަހަތުން ނަތާގެ މަންމަ އައި ބައްޕަވެސް ދިޔައެވެ. “ނަތާގެ ހަލު ރަންގަޅު ވަމުން އަންނަނީ އެހެންވެ އަހަރެމެންގެ ޓީމުން ނިންމައިފިން ނަތާ ހޭ އަރުވަން ބޭސް ފެށުމަށް. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ނަތާ އެއްކޮށް ރަންގަޅު ވާނެ. ނަތާ ވަރަށް ހިތްވަރުގަދަ މި ހުރިހާ ކަމެއްގެ ތެރޭގައިވެސް ނަތާގެ ހަށިގަނޑު ރަނގަޅު ވުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ނަތާ ރަނގަޅު ވުމަށް ނަތާގެ އުންމީދު” ޑޮކްޓަރު ބުނެލިއެވެ. މިހެން ޑޮކްޓަރު ބުނި ކަމުގައިވިޔަސް މި ހުރިހާ ވެސް ކަމަކީ ﷲ ގެ ކުޅަދުން ވަންތަކަމާ އޯގާވަންތަ ކަން ކަމަށް އާމިރު ހިތުގެ އަޑިން ޤަބޫލު ކުރެއެވެ. އާމިރު ހުރީ އުފަކުން ފޮޅިފައެވެ. ލޮލުން ކަރުނަ ހިލިފައި ވާހިރު ހިތުގައި އޮތީ ﷲ އަށް ހަމްދެވެ. “އަހަންނަށް ނަތާގެ ކައިރިއަށް ވަދެވިދާނެތަ؟” އާމިރު އަވަހަށް ސުވާލު ކޮއްލިއެވެ. “އަވަހަށް ވަދޭ، އެކަމަކު ފަހަރަކު މީހަކު” ޑޮކްޓަރުގެ ވާހަކަ ނުނިމެނިސް އާމިރު ދުއްވައިގަތީ ނަތާ އޮތް ކޮޓަރި އާއި ދިމާލަށެވެ. އެކަމަކު އާމިރުގެ ހަލުވި ފިޔަވަޅު ތަކަށް ބަދަލު އައީ ނަތާ އޮތް ހާލު ފެނުމުންނެވެ. ނަތާގެ އެނދު ކައިރީ ހުރި ގޮނޑީގައި ހިފާ ލެވުނީ ހަމަ ކިރިޔާއެވެ. އާމިރުގެ ދެ ފައިން ބާރު ދޫވެގެން ދިޔައެވެ. ނަތާގެ އޮތީ ހިކި އަނަރޫފަ ވެފައެވެ. ނަތާ މި ދުވަސް ތަކުގައި އުޅުނީ ނުކައި ބާވައެވެ. ނޫނީ އާމިރު މެންގޭގައި އުޅުނު އިރުވެސް ނަތާ ހިކުނީ ބާވައެވެ؟ މައްސަލަ ޖެހުނު ފަހުން ނަތާ އާއި ދިމާލަށް ރުހުމާއި އެކު އާމިރު ނުބަލައެވެ. އާމިރު ދެ ލޯ މަރާލިއެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ސިހިފައި ލޯހުޅުވާ ލެވުނީ ދޮރުން މީހަކު ވަނުމުންނެވެ. ނަތާގެ ބައްޕަ މަޑު ހިނގު މެއްގައި ނަތާ އޮތް އެނދުގެ ކައިރިއަށް ހުއްޓުނެވެ. ނަތާ އަށް ފަރުވާތެރި ކަމާ އެކު ބަލާލިއެވެ. އާމިރު އާއި ނަތާ ހަވާލު ކުރިއިރު ނަތާ ހުރީ މިހެނެއް ނޫނެވެ. މޫނުގެ އެކި ހިސާބު ތަކުގައި އެތަކެއް ލަކުނެއް ހުއްޓެވެ. މިއިން ކޮންމެ ލަކުނަކާއިއެކު ހާދިސާ އެއްވާނެކަން ނަތާ ގެ ބައްޕަ ދަނެއެވެ. މީ އޭނާ އެންމެ ލޯބިވީ ދަރިފުޅުގެ ސިފަޔާއި ވައްތަރު ކަށި ގަނޑެކެވެ. ނަތާގެ ބައްޕަ އަށް އިންގެ އެވެ ނަތާ އަށް ލިބިފައިވާ ކޮންމެ އަނިޔާ އެއް ނުފެންނާނެކަން. މީ އަދި ހަމަ އެކަނި ބޭރުފުށުގެ އަނިޔާތަކެވެ. އެތެރެ އޮންނާނީ ކިހިނެއްބާއެވެ. ނަތާގެ ބައްޕަ އަށް ރޮވުނީ ދަރިފުޅުގެ ހާލު ފެނިފައެވެ. އަނގަ އާއީ ނޭފަތާ މުޅި މީހާ ވަނީ ހޮޅި ތަކުން ފުރާލެވިފައެވެ. އެނދުގެ ވަށާއިގެން ވަނީ އެކި އަޑުކިޔާ މެޝިނުތަކެވެ. “ނަތާ މަގޭ ލޯބި ދަރިފުޅާ! ބައްޕަ އަށް މާފް ކޮއްދީ ދަރިފުޅުގެ އެއްވެސް ވާހަކަ އެއް ޤަބޫލު ނުކުރެވުނީ. މީ އެންމެ ނުލަފާ ބައްޕަ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ އަނިޔާ ވެރި ބައްޕަ” ނަތާގެ ބައްޕަ ރޮމުން ނަތާ އާއި ވާހަކަ ދެއްކި އެވެ. “ބައްޕަ އަންނާނަން މާދަމާ މަންމަ ބޭރުގައި ރޮއެރޮއެ ހަލާކު ވަނީ. މަންމަ ބަލި ވެދާނެ” ނަތާގެ ބައްޕަ ގުދުވެލާ ނަތާގެ ބޮލުގައި ބޮސްދިނެވެ. ދޮރުން ނުކުތުމުގެ ކުރިން އާމިރު އާއި ދިމާލަށް އެނބުރި ލަމުން ބުނެލިއެވެ. ” އަންހެނަކު ހޮސްޕިޓަލުގެ އެނދުގައި އޮންނަން ޖެހޭނީ ދަރިއަކު ވިހެއުމަށް ފަހު. ކަލޭ އަހަރެންގެ ދަރިފުޅަށް ހިމާޔަތެއް ނުދިން. އަހަރެން އުންމީދު ކުރަން އަހަރެންގެ ދަރިފުޅު ކަލެއަށް އަދި އަހަރެމެން އެކަކަށް ވެސް މާފް ނުދޭނެ ކަމަށް. އަަހަރެމެން އެކަކަށވެސްަް ނަތާގެ މާފް ހައްގެއްނޫން.”
އާމިރު ޙަތިމް ހިފައިގެން މަންމަ އާއި ހާނިމް އިން ސޯފާގެ ކައިރި އަށް ދިޔައެވެ. އައިމިނަ ރޯމަހެއްހެން ތެޅިގަނެފަ އިންތަނުން ތެދުވިއެވެ. އެކަމަކު އާމިރު ގެ މަޑުމައިތިރި އަޑު އިވި އަވަސް އަވަހަށް އިށީނެވެ. “ މަންމަ ކީއްވެ ހުވާނުކުރަން ތި އުޅެނީ؟ އަހަންނަށް އިންގޭ މަންމަ އެއްވެސް ކަމެއް ގޯސްކޮށް ނުކުރާނެކަން“ އައިމިނަ ވިސްނަނީ ހަދާނެ ގޮތަކަށެވެ. ހުވާނުކޮށް ސަލާމަތް ވާނެ ގޮތެއް ނެތުމުން ޙަތިމް މަތީ އަތްބޭއްވިއެވެ. އިރު ގަނޑަކު ވިސްނަންއިނެވެ. ހުވާ ކޮއްލީމަ ނަތާގެ ކިބައިން ސަލާމަތްވީއެވެ. ނުކޮއްފިއްޔާ މުޅި އުމުރަށް ލޯބިވާ ދަރިފުޅު ގެއްލިދާނެއެވެ. އައިމިނަ އަކީ ނަމުގަ މުސްލިމެކެވެ. ނަމާދަކަށް ސަޖިދަ ކޮއްލި ދުވަހެއް އައިމިނަ ހަނދާން ހުރުމަށް ވުރެން ނުހުރުން ގާތެވެ. ޤުރްއާނަކީ ފޮހެލާފައި ކަބަޑުގައި ބާއްވާ އެއްޗެކެވެ. އިރުގަނޑަކު ވިސްނާލާފައި ހުވާކުރުމަށް ނިންމިއެވެ. ހިތުގައި ނަތާ އަށް އޮތް ނަފްރަތުގެ ބޮޑުކަމުން ﷲ މަތިން ހަނދުމަ ކޮއްލުމެއްނެތި ބުނެލިއެވެ. “ އަހަރެން ހުވާކޮއްފާ ބުނަން އަހަރެން އެ އަންހެނާ އެކޮޓަރިކައް ނުފޮނުވަން. އަޑު ތަކެއްއިވިގެން އަހަރެން ދިޔައީ އެކޮތަރިއަށް. އަހަންނަށް މި އަންހެނާ ފެނުނީ ހާނިމްގެ ގައިމަތީ އޮއްވާ. މީ އެއްވެސް ދޮގެއްނެއް ހަޤީގަތެއް“ އައިމިނަ ޙަތިމް މަތިން އަތް ނެގިއެވެ. ނަތާ އަށް ބާރަށް ރޯން ފެށުނެވެ. އާމިރުގެ މަންމަ އަކީ ކޮންކަހަލަ އިންސާނެއް ބާއޭ ހިތަށް އެރިއެވެ. ﷲ އަށް ގެ އަޒާބެއް މި ވަގުތުވެސް އައިސްދާނޭ ހިތަށް އެރުމުން ނަތާ ތުރުތުރު އަޅާއިގަތެވެ. އާމިރު ޙަތިމް ހިފައިގެން ހާނިމް އާއި ކައިރިވިއެވެ. ހާނިމް މަރާލުމަށް ހިތުގައި ރޭވުނީ އާދެވިފައިވާ ރުޅިއަކުންނެވެ. ހާނިމް ވެސް ބޮޑުދައިތަ މިވަރުގެ ކަމެއް ބިރެއްނެތި ކުރުމުން ބަލާކަށް ނުހުރެ ޙަތިމް މަތީ އަތް ބާއްވާ ވާހަކަ ދައްކަން ފެށިއެވެ. “ ކަލޭގެ އަންހެނުން އަހަރެންގެ ގައިމައްޗަށް އަރާ ނުފައިބާ އިނީ. އޭނާ އުޅުނީ އަހަރެން ހައްދާލަން ގައިގައި އަތްލާ ހެދި“ އާމިރު ދެލޯ މަރާ ބާރު ކޮއްލިއެވެ. އަޑު އަހަން ބޭނުން ނޫނަސް އަޑު އިވެމުން މިދަނީ ލޯބިވާ އަނބިމީހާގެ ފާހިޝް އަމަލުގެ ވާހަކައެވެ. އާމިރު ދެން ހިނގައިގަތީ ނަތާ އާއި ދިމާލަށެވެ. އޭރު ނަތާ ބޮލުގައާއި އެކު އަތް އަޅާއިގެން ގަދަ އަށް ރޮނީއެވެ. އަަމިރު ގޮސް ނަތާގެ ކައިރިއަށް ހުއްޓި ނަތާ ހުވާކުރާށޭ ބުނެ ޙަތިމް ދިއްކޮއްލިއެވެ. އިސްއުފުލާ ނަތާ ބަލާލީ އާމިރުގެ މަންމަ އާއި ދިމާލަށެވެ. “ކަލޭ ތި ކުރި ނުބައި ކަމުގެ ހިތި ﷲ ކަލެއަށް ދައްކަވާނެ” ނަތާ ބާރަށް ބުންޏެވެ. އާމިރު ކޮންޓުރޯލުން ނައްޓައިގެން ދިޔައެވެ. ކުރި ނުބައި ކަންތައް މަންމަގެ ބޮލުގައި އަޅުވާލީމައެވެ. ބަލާކަށް ނުހުރެ ގައިގައި ހުރި ބާރެއްލާ ނަތާގެ މޫނު މަތީ ޖަހާލިއެވެ. މި ފަދަ އަނިޔާ އަކަށް ވިސްނާފައިނުވާ ނަތާ ވެއްޓުނީ ސޯފާ ކައިރި ބިންމައްޗަށެވެ. ލިބުނު ވޭނާއި އެކު ވާނުވާ ނޭންގޭ ހާލު ތަންދޮރު ވަކިވާންފެށީ ނަތާގެ ބޮލުގެ އިސްތަށި ގަނޑުގައި ހިފާ ދަމާފައި އާމިރު ނަތާ ގެންދާތީއެވެ. ލިބޭ ވޭނާއި ބިރުވެރިކަން ހިތައް ވަނުމުން ނަތާ ބެލީ ކޮންމެސް ތަނެއްގައި ހިފެހެއްޓޭތޯ އެވެ. ރޮމުން އާދޭސް ކުރަމުން ނަތާ އާމިރު އަށް އާދޭސްކުރިއެވެ. އެކަމަކު އާމިރުގެ ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ. ނަތާ ގެންގޮސް ކޮޓަރިއަށް ލުމާއިއެކު ދޮރު ލައްޕާ ތަޅުލިއެވެ. ލައިގެން ހުރި ޖިންސުގެ ބެލްޓުނަގައި ނަތާގެ ގައިގައި ތަޅަން ފެށިއެވެ. “ގޮތްކުޑަ ދަހި އަންހެނާ. ކަލޭ އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮއްލައިފި. ތިކަހަލަ ނުލަފާ އަންހެނުން ނަށް ހަދަންގެހޭ ގޮތް އަހަންނަށް ރަނގަޅަށް އިންގޭ“ އާމިރު ގައިގައި ހުރި ބާރެއްލާފައި ނަތާގެ ގައިގައި ތަޅާއިރު މީ ހަމަ އާމިރު ކަހަލަ އިންސާނެއް ކަން ހަނދާން ހުރިހެން ހިއެއްނުވޭ އެވެ. ނަތާ އާމިރު އަށް ވިސްނާދެވޭތޯ އުޅުނެވެ. އެކަމަކު އަޅާ ވޭނަށް ކެއްނުވުގެން ބާރަށް ހަޅޭއްލަވާ ރޯންފެށިއެވެ. ފެންޑާގައި މިހުރިހާ ކަމެއްބަލަން އިން އައިމިނަ އަށް ނަތާގެ ވޭނީ ހަޅޭކުގެ އަޑު އިވުމުން މޭޔަށް އުންދަގުލެއްވި އެވެ. އެކަމަކު މިކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކޮއް އަވަހަށް ކޮޓަރި އަށް ވަނީ އަޑު ނުއިވޭ ހިސާބަށެވެ. ހާނިމް އަވަސް އަވަހަށް ކޮޓަރި އަށް ވަދެ ދަބަހަށް އެއްޗެހި އަޅައިގެން ނުކުމެގެން އެގެއިން ދިޔައީ ބޮޑުދައިތަގެ ބަހަށް މި ކުރިކަންތައް ފަޅާ އަރާ އާމިރުގެ ހަމަލާ އެއް ހާނިމް އަށް ލިބިދާނެ ކަމަށެވެ. އަލީ ވެސް އައިޝާ ވެސް ދެކުނު ގޮތުގައި މީ ނަތާ އަށް ހައްޤު އަނިޔާ އެކެވެ. އެކަކުވެސް ނަތާ އަށް އެހީ ވުމަށް ވިސްނާއެއް ނުލިއެވެ. ލިބޭ ވޭނަށް ކެއްނުވެ ނަތާގެ ޙަބަރު ހުސްވި އިރުވެސް އާމިރު އަކަށް ހަމަހޭވެރިކަމެއް ނާދެއެވެ. ނަތާގެ ގައިގެ އެތަން މިތަނުން ލޭ އައިސް އައިސް ހުއްޓެވެ. އައިމިނަ ހޮސްޕޓަލަށް ވަދެގެން އައީ ހާސްކަމާއެކީއެވެ. އަދި ދަރިފުޅު އިންހާލުފެނި އައިނަގެ ހިތުގައި ޖެހުނެވެ. އާމިރު އިނީ ގޮނޑިއެއްގައި އިށީން ދެގެންނެވެ. ބޮލުގައި ދެއަތުން ހިފަހަށްޓައިގެން އިންއިރު ކޮންމެސް އެއްޗެއް ކިޔާކަން އެނގެއެވެ. އާމިރުގެ ގަމީހުގައި ވަނީ ކިލާ ހޭކިފައެވެ. އެކަމަކު އޭނާގެ ހިތުގައި ޖެހިފައިވަނީ ނުފިލާ ވަރުގެ ކިލާގަނޑެކެވެ. އައިމިނަ އާމިރު އާއި އަރާ ހަމަ ވުމާއި އެކު އާމިރުގެ ގައިގައި ހިފަހަށްޓާ ރޯންފެށިއެވެ. އައިމިނަގެ ނުބައި ރޭވުމެއްގައި ބޭބެގެ ދިރިއުޅުން ހަލާކުވި ތަންފެނި އަލީ ވަނީ ވަރަށް ބޮޑަށް މަންމަ އާއި ދުރުވެފައެވެ. އައިޝާ ބިރު ގަތީ އަލީގެ މަންމަ މި ފަދަ ކަމެއް އެމީހުންގެ ދިރި އުޅުމަށް ކޮއްފާނެތީއެވެ. އެހެން ކަމުން އަލީގެ މަންމަ އާއި ދައްކަނީ ކޮންމެހެން ދައްކަން ޖެހޭ ވާހަކަ އެކެވެ. އައިމިނަގެ ފިރިމީހާ އަށް މިކަން އެނގި އޭނާ ވަނީ އައިމިނަ އާއި އެކީ ދުރުވެފައެވެ. އޭނާގެ އަމެއްލަ ގެޔަށް ބަދަލުވީ އައިމިނަގެ ކުށުގެ ބޮޑުކަން އައިމިނަ އަށް ވިސްނާދޭށެވެ. ނަތާ ކަމެއް ކުރިޔަސް އާމިރު ނަތާ އަށް ކުރި އަނިޔާ އޭނާ ކުއްވެރި ކުރީހެވެ. އައިމިނަ އިރު ކޮޅަކު މިހެން ހުރެފައި އަލީ އާއި ދިމާލަށް ބުންޏެވެ. “ ދޭބަލަ ވެންޑިން މެޝިން އިން ފެންފުޅި އަކާ ދަޅެއް ގެންނަން“ އަލީ އައްވެސް މަންމަ ކައިރީ ހުރުމަށް ވުރެން ދުރުގައި ހުރުން ހިތް ހަމަޖެހޭ ކަހަލައެވެ. އަނގައިގައި އެއްކޮޅު އޮއްވާ ފުންމައިގެން ތެދުވެ ހިނގައި ގަތެވެ. އާމިރު ބަލާލީ މަންމަގެ މޫނަށެވެ. “މަންމާ ނަތާ އަކަށް އެއްވެސް ކަމެއް ނުވާނެ ދޯ. ނަތާ ރަނގަޅު ވާނެ ދޯ“ އައިމިނަގެ މޭގައި އަތް އަޅާލަމުން އައިމިނަ ޖަވާބު ދިނެވެ. “ނުވާނެ އެއްވެސް ކަމެއް. ވަރަށް އަވަހަށް ރަނގަޅުވާނެ. އެކަމަކު ދަރިފުޅު ދޭބަލަ ގެޔަށް. ގޮސް ފެނަވަރައި ގެން ކައިގެން އާދޭ. މަންމަ މެން މަޑު ކުރާނަން“ އައިމިނަ މިހެން ބުނުމުން އާމިރު އައިމިނަގެ ގައިން ދޫ ކޮއްލިއެވެ. “ނަތާ ނެރޭއިރު އަހަރެން ނެތީ މަ ޔޯ؟“ރުޅި އައިއްސަ އާމިރު ބުނެލިއެވެ. އައިމިނަ އަވަސް އަވަހަށް އާމިރު އަށް ވިސްނާދޭން އުޅުނެވެ. “ ދަރިފުޅު ތިހެން ހުއްޓާ ނަތާ އަށް ފެނުނީމަޔޯ؟ ފެންވަރާ ރީތި ވެގެން ހުރިއްޔާ ނަތާ ހިތް ހަމަޖެހޭނެ“ އާމިރު ވެސް މިކަމާ އެއްބަސްވެ ދިއުމަށް ހިނގައިގަތެވެ. އެކަމަކު ދިއުމުގެ ކުރިން މަންމަ އަށް ބަލާލިއެވެ. “ ނަތާ ނެރޭއިރަށް ގުޅާތި މަންމާ“ ހީވާ ގޮތުން އައިމިނަ އަށް އިތުބާރު ކިރުމަކީ އާމިރު އަށް ދަތި ކަމެކެވެ. ސައިކަލުގައި އާމިރު ނައްޓާލީ ގެޔަށް ދިއުމަށް ވަރަށް ފޮނި އުންމީދު ކުރަމުންމެވެ. އެނބުރި ހޮސްޕިޓަލް އަށް އަންނަ އިރު ނަތާ އަށް ދިނުމަށް ވަރަށް ބޮޑު ފިނިފެންމާ ބޮނޑި އެއްވެސް ގަތުމަށްް ހިތަށް އަރުވަމުންނެވެ. މާ ދުރަށް ނުދެވެނިސް ފޯނު ރިންގުވާން ފެށުމުން މަގެގެ އެއްފަރާތެއްގާ ސައިކަލް މަޑުކުރަމުން ފޯނު ޖީބުން ނެގިއެވެ. މަންމަގެ ނަންފެނުމުން ތެޅި ތެޅި އޮތް ހިތްކާއިއެކު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ދަރިފުޅާ އަވަހަށް އާދެބަލަ! ނަތާ… ނަތާގެ…… އައިމިނަގެ އަޑު ކެންޑޭ ގޮތްވިއެވެ. “ މަންމާ ކީއްވީ ނަތާ އަށް. ބުނެބަލަ އެއްޗެކޭ!” އާމިރު ހާސްވެ ތުރުތުރު އަޅަން ފެށިއެވެ. “އަވަހަށް އާދޭ ދަރިފުޅާ“ އައިމިނަ ފޯނު ކަނޑާލިއެވެ. އާމިރު ފޯނު ޖީބައްލުމަށްފަހު ބާރަށް ސައިކަލް ދުއްވާާލީ ހޮސްޕިޓަލާ ދިމާއަށެވެ. ހޮސްޕިޓަލް ތެރެއިން އައިމިނަ އާއި އެހެން މީހުން ތިބި ގޮތްފެނުމުން އާމިރު އަވަސް އަވަހަށް ވީ ކީއްތޯ އަހާލިއެވެ. އެކަކުވެސް ޖަވާބު ނުދިނުމުން އާމިރު ބާރަށް ހަޅޭއްލަވައިގަތެވެ. “ ވެގެން އުޅޭ ގޮތެއް ބުނެބަލަ ކިހާ ވަރުގަދަ ކަމެއްމީ“ އާމިރު ގެ އަޑު އިވުމުން އަލީ އައިސް އާމިރުގެ ގައިގައި ބައްދާލި އެވެ. އަދި ވާހަކަ ދައްކަންފެށިއެވެ. “ދޮންބޭ! މަންމަ ނަތާ އޭ ކިޔައިގެން ދޮގު ވާހަކަ އެއް ފެތުރިޔަސް އަސްލު ނަތާ އަކީ ވަރަށް ވިޔާނުދާ މީހެއް“ އައިމިނަ ވެސް އާމިރުގެ ކައިރިއަށް ޖެހިލަމުން އާމިރުގެ ގައިގައި ފިރުމާލިއެވެ. “ދަރިފުޅާ ނަތާ ބަނޑު ބޮޑު. ބަނޑަށް ވީ 4 މަސް އެހެންވީމާ އެއީ ނަތާ ދަރިފުޅާއި ދުރުގަ އުޅުންއިރު ކޮއްފަ އޮތް ފާފައެއް. އަހަރުމެން ހީކުރި ކަހަލަ މީހެއްނޫން ނަތާ އަކީ“ އައިމިނަ މިހެން ބުނިއިރު ރޮވެނީއެވެ. ކުއްލިއަކަށް އާމިރު އަށް ސިހުމެއްލިބުނު ހެން އެންމެނާ ދުރަށް ދިޔައެވެ. “ އެއީ އަހަރެންގެ ދަރިއެއް. މަންމާ އެއީ އަހަރެންގެ ބޭބީ“ އާމިރުގެ ލޮލުން ކަރުނަ ފައިބައި ގަތެވެ. އެކަމުގެ ޒިންމާ ދަރިފުޅު ނަގާނެ ކަމެއްނެއް. އެ އަންހެނާގެ ވިޔާނުދާ އަމަލުގެ ނަތީޖާ އެއީ“ އައިމިނަ ރުޅިއައެވެ. އާމިރު އާއި ނަތާގެ މައްސަލަ ޖެހުނު ފަހުން ނަތާ ދެކެ އާމިރު ނުހަނު ރުޅި އާދެއެވެ. އަނެއްކޮޅުން ނަތާ އާމިރު ދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. މި ދުވަސް ކޮޅުގެ ތެރޭގައި ނަތާ އާއި އާމިރު މިފަދަ ގޮތަކަށް ކައިރި ނުވާކަން އައިމިނަ އަށް ޔަޤީނެވެ. “އެއީ ފާފަ އެއްނޫން އެއީ އަހަރެންގެ ދަރިއެއް. އަހަރެން ނަތާ ގެ ނުޤަބޫލުގައި ނަތާގެ ގަޔަށް އެރިން“ އާމިރު ލަދުން އިސްޖަހާލިއެވެ. ނަތާ ބަނޑު ބޮޑު ކަމަކީ އާމިރު އަށް އާ ޙަބަރެއްނޫނެވެ. ނަތާ އެވަާހަކަ އާމިރު ކައިރީ ބުނިއެވެ. އެކަމަކު އެވާހަކަ މަންމަ އަށް އިންގުނީ ކިހިނެއްބާ އެވެ. އާމިރު މަންމަ އަށް ބަލާލިއެވެ. މަންމަ އެ ރޮނީ ކީއްވެބާ އެވެ. އާމިރު މަންމަ އާއި ސުވާލުކުރި އިރުވެސް އާމިރުގެ ހިތް ތެޅޭ އަޑުއިވެއެވެ. “ މަގޭ ދަރިފުޅަށް ކިހިނެއްވީ؟
ކުއްލިޔަކަށް ނަތާ އަށް ހޭލެވުނީ ނަތާގެ ނަމުން ގޮވާ އަޑުއިވިގެންނެވެ. ހޭލެވުމާއި އެއްކޮށް ނަތާ ފުންމައިގެން ތެދުވިއެވެ. ގައިގައި އަޅާ ވޭނަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ތެދުވީ ބޭރުން އިވުނީ މަންމަގެ އަޑުވީމައެވެ. ނަތާ ހުރީ އާމިރުގެ ޓީޝާޓެއްލައިގެންނެވެ. ހެދުން ބަދަލުކުރަން އުޅެފަވެސް މަންމައަށް ލަސްވެދާނެތީ އަވަހަށް ބުރުގާ އަޅާލައިގެން ދޮރު ހުޅުވާލިއެވެ. މަންމަ ހުރީ ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ނަތާ ވަރަށް ކަންތަށް ބޮޑުވެފަހުރެ މަންމައަށް ގޮވާލިއެވެ. “ މަންމާ ކިހިނެއްވީ؟“ ނަތާ މަޑުމަޑުން ގޮވާލިއެވެ. އައިމިނަ ހިނިތުންވެލަުން ނަތާ އާއި ދިމާލަށް އެނބުރިލިއެވެ. އަދި ވަރަށް ލޯބިން ބުނެލިއެވެ. “ ނަސީބެއް ނަތާއަށް ހޭލުވުންކަން. މަންމަ މި އުޅެނީ ގައިގަ ރިއްސާތީ ނުނިދިގެން. ކާންގެންގުޅޭ ބޭސްފުޅި ވެއްޖެ މަންމަ ކޮޓަރި އެނދު ތަންދޮށައް ވެެއްޓިފަ. އެނދު ދަށައްގުދުވެވޭ ވަރެއްނޫން ފަލަކަމުން. ހާނިމް ނިދާފަ އޮއްވާ އެނަގާނީ ކިހިނެއް؟ މަންމަމެންގެ ކޮޓަރި ހާނިމް އަށްދީފަ މަންމަ މި އޮތީ ކުޑަ ކޮޓަރީގަ. ދޭބަލަ އެ ބޭސްފުޅި ނަގައިގެން ގެންނަން“ ވަރަށް ލޯބިން ނަތާގެ ކޮނޑުގައި ހިފާލަމުން އައިމިނަ ބުނެލިއެވެ. މަންމަ މިހާލޯބިން ނަތާ އާއި ވާހަކަ ދައްކާފައި ނުވުމުން ލިބުނު އުފަލުގައި ބޯ ޖަހާލަމުން ނަތާ ބާރަށް ހިނގާފައި ދިޔައީ މަންމަގެ ކޮޓަރިއަށެވެ. ނަތާގެ ފަހަތުން އައިމިނަ ގެ އަޑުއިވުނެވެ ބޮކި ނުދިއްލާތި މަޑުމަޑުން އުޅޭތި! ދަތުރު ވަރުބަލީގަ ނިފިފަ އެސޮރު އޮތީ” އައިމިނަ ހުރީ ވަރަށް ހިނި އައިއްސައެވެ. އެކަމަކު މިހާ ލަސް ގަޑިއެއްގައި ހާނިމް ނިދާފައި އޮއްވާ އެތަނައް ވަނުމަކީ ނަތާ ބޭނުން ގޮތެއްނޫނެވެ. މަންމަ ނުރުހުން ވެދާނެތީ މިކަމާ ނޫނެކޭ ބުނާކަށް ނަތާ އަކަށް ނުކެރުނުވެ. އަވަހަށް އެބޭސް ފުޅި ހޯދައިގެން ނުކުނަން ނަތާގެ ހިތަށް އެރިއެވެ. މަންމަ ކޮޓަރި ދޮރު ހުޅުވާލުމުން ނަތާގެ ގައިން ހީބިހި ނެގިއެވެ. އެ ކޮޓަރި ވަރަށް އަނދިރިއެވެ. ނަތާ ވަރަށް ބިރުންހުރެ ކޮޓަރިއަށް ވަނެވެ. ދޮރު ނުލައްޕާ ބެހެއްޓީ ބޭރުން އެޅިފައިހުރި ފަނޑު އަލިން ތަންކޮޅެއް ހިތްހަމަ ޖެހޭތޯއެވެ. އެނދު ކައިރިއަށް ނަތާ ކައިރިވި ތަނާ ފަހަތުން ވަރަށް ބަރަށް ނަތާ ކޮއްޕާލިއެވެ. ބަނޑު ވަތަށް ނަތާ ވެއްޓުމާއި އެކު ނަތާގެ ބުރުގާގައި ހިފާ ވަރަށް ބާރަށް ދަމާ ބޮލުން ނައަޓާލިއެވެ. ނަތާ ލައިގެންހުރި ޓީޝާޓުގެ މޭމަތިން ވީދާލީ ނަތާ ރޮމުން ތެދުވަން މަސައްކަތް ކުރަނިކޮށެވެ. ނަމަވެސް ނަތާގެ ގައިގައި ހިފާއިގެން ހުރި މީހަކު ނަތާ ދުލެއްނުކުރިއެވެ. ކުއްލިއަކަށް ކޮޓަރި އަލިވެގެންދިއުމާއި އެކު އައިމިނަ ގެ ބާރު ހަޅޭކުގެ އަޑު އިވުނެވެ. ނަތާގެ ހިތްހަމަޖެހުނީ މަންމަ ދޮރުމަތިން ފެނުމުންނެވެ. އެކަމަކު އެ ހަމަޖެހުން ގެއްލިގެންދިޔައީ ނުލަފާ ފާޑަކަށް ނަތާ އަށް ބަލާފައި އައިމިނަ ހޭތަން ފެނުމުންނެވެ. ނަތާގެ ގައިމަތީ އޮތީ ކާކުތޯ ބަލާލެވުނީ އެވަގުތުއެވެ. ހާނިމް އޮތީ ނަތާ އަށް ބަލާށެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހާނިމް ނަތާގެ ގައިގައި ހިފާ ފޮރޮޅިގަތެވެ. މިހާރު ނަތާ އިނީ ހާނިމްގެ މޭމަތީއެވެ. ނަތާގެ ގައިގައި ހިފަހަށްޓާފައި ހުރި ހާނިމް ނަތާގެ ގައިން ދޫކޮއްލައިފިއެވެ. އައިމިނަގެ ބާރު ހަޅޭކުގެ އަޑަށް އެތަނައް ގޭ އެންމެންހެން އައިއްސިއެވެ. އެމީހުނަށް ފެނުނީ ނަތާ ހާނިމްގެ ގައިމަތީ އަރާ އިނދައެވެ. ނަތާގެ ބުރުގާ އޮތީ ބިންމަތީއެވެ. މި ކުޑަ ވަގުތު ކޮޅުތެރޭ ވީ ކަންތަށް ނިތާ އަށް ނަގައި ގަނެވުމާއިއެކީ ފުންމައިގެން ބިންމައްޗަށް ފޭބިއެވެ. އޭރު އަޑުން އަޑުނަގައި ނަތާ އަށް ރޮވެނީއެވެ. މަންމަ ހާނިމް ދުރުނުކޮއް ބަލަން ހުރުމުންނާއި ހިނިއައިއްސާ ހުރުމުން ދޭހަވަނީ މީ މަންމަ ރާވައިގެން ކުރިކަމެއްކަމެވެ. ސައިކަލުގައި އާމިރު ދުއްވަމުން ދިޔައީ ވަކި މިސްރާބެއްނެތިއެވެ. އާމިރުގެ ހިތުގައި ޖަވާބު ނުލިބޭ އެތަށް ސުވާލެއްވެއެވެ. ނަތާ އެކަންކުރީ ގަސްތުގަބާއެވެ؟ ނޫނީ ހާނިމް ނަތާ އާއި ބެހެން އުޅުނީބާއެވެ؟ ނަތާ އެހާ ރޭގަނޑު އެ ކޮޓަރި އަށް ވަނީ ކީއްކުރަންބާއެވެ؟ނަތާ އަކީ ހިލޭ ފިރިހެނުންނާއި ގުޅުންބާއްވާ ކަހަލަ އަންހެނެއްނޫނެވެ. ނަތާ އަކީ ވަފާތެރި އަނބެކެވެ. އިސްލާމް ދީން ހުއްދަނުކުރާ ކަމެއް ނަތާ ނުކުރާނެއެވެ. ނަތާ އަކީ ފައިސާގެ ބޭނުމުގައި އުޅޭ މީހެއްނޫނެވެ. ނޫންނަމަ ނަތާ ބޭނުންނޫން އެއްޗެހި ގަނެ ބޭކާރު ގޮތުގައި ރުފިޔާ ޙަރަދު ކުރީހެވެ. ނަތާ ބުނެފި ނަމަ އާމިރުގެ ހުރިހާ ފައިސާ އެއްވެސް ނަތާގެ ނަމަށް ބަދަލު ކުރުމަކީ އާމިރު އަށް އުނދަގޫ ކަމެއްނޫނެވެ. ވިސްނާ ވިސްނާ އާމިރުގެ ބޯ ގޮވަންކައިރި ވެއްޖެއެވެ. މި ހުރިހާ ސުވާލެއް ގޮސް ނަތާ އާއި ކުރުމުން ޖަވާބު ލިބޭނެއެވެ. ވަގުތުން އާމިރު ސައިކަލް ބާރަށް ދުއްވާލިއެވެ. ގެޔަށް ދިއުމަށްޓަކާ އެވެ. އާމިރު ގޮސްގެޔަށް ވަތްއިރު އެންމެން ތިބީ ފެންޑާގެ ގޮނޑި ސެޓުގައެވެ. އާމިރު ފެނުމުން އައިމިނަ ވާހަކަ ފެށިއެވެ. “ ހަމަ މިހާރު އެ މުޑުދާރު އަންހެނާ މިގެއިންނެރޭ. އަހަރެން ލަދުން ހަލާކުވެއްޖެ. އެކަހަލަ މީހަކާ ދަރިފުޅުގެ ކައިވެނި ކޮއްދެވިނީތީ މަންމަ ވަރަށް ދެރަވެއްޖެ“ އައިމިނަ އިނީ ދެރަވާ ކަމަށް ހަދައިގެންނެވެ. “ނަތާ ކޮބާ؟“ އާމިރު ސުވާލު ކުރިއެވެ. “އެކަމަނާ އެބައޮތް ކޮޓަރި ކޮޅުގައި”އައިމިނަ ޖަވާބު ދިނީ މޫނަށް ކުނި ވައްތަރު ތަކެއް ޖައްސަމުންނެވެ. އާމިރު ކޮޓަރީގެ ދޮރު ވަރަށް ބާރަށް ހުޅުވާލިއެވެ. އެތެރެއަށް ވަނުމަށްފަހު އެޔަށް ވުރެން ބާރަށް ދޮރުލެއްޕިއެވެ. ނަތާ އޮތީ އެނދުގައި ގިސްލާފައި ރޯށެވެ. އާމިރު ފެނުމުން ނަތާ އާމިރުގެ ގައިގައި ބައްދާލީ ބާރަށެވެ. “އާމިރު އަހަރެން އެއްވެސް ކަމެއްނުކުރަން. އެއީ މަންމަ އާއި ހާނިމް ކުރި ކަމެއް. ޤަބޫލްކުރޭ އާމިރު އަހަރެން މި ހަދާނީ ތެދު“ ނަތާ ވާހަކަ ދެއްކީ ރޮމުންނެވެ. “ނަތާ ހުހްޓާލާފައި ހަމަޖެހިގެން ވެގެން އުޅޭ ގޮތް ކިޔާ ދީބަލަ“ އާމިރު ވެސް ވާހަކަ ދެއްކީ މަޑުމަޑުން ހަމަޖެހިގެންނެވެ. ނަތާ އަކީ މީހުންގެ ނުބައިކަމާ ނުބައި ކަންތަކަށް ލޯ ހުޅުވިފައިވާ އަންހެން ކުއްޖެއްނޫނަސް ކަންތައް ވެގެން މި ދާ ގޮތްދެނެ ގަނެވެއެވެ. ފުރަތަމަ ކަމަކަށް އެ ގަނޑު ކޮޅު ގެއްލުން ކަމުގައި ބެލިޔަސް ކޮންމެސްމީހަކު އެ ފޮރުވިކަން ނަތާ އަށް ޔަޤީނެވެ. އެހެންނޫން ނަމަ ނަތާ އެ ބޭއްވިތާ ނެތީ ކީއްވެގެންހެއްޔެވެ. އަނެއްކަމަކީ އައިމިނަ ނަތާ އެ ކޮޓަރިއަށް ފޮނުވުމެވެ. އައިމިނަ ބުނިކަމިގައި ވިޔަސް ނަތާ އެ ކޮޓަރި އަށް އަލިވާހެން ދޮރު ހުޅުވާފައި ބެހެއްޓިއެވެ. ދެންއޮތް ކަމަކީ ނަތާ އެވަރަށް ސަލާމަތްވާން މަސައްކަތް ކުރިއިރުވެސް އައިމިނަ އެހީ ނުވިކަމެވެ. ހާނިމް އާއި ދިމާލަށް އައިމިނަ ހީލިތަން ނަތާ އަށް ވަނީ ފެނިފައެވެ. މި ހުރިހާ ކަމަކުން ނަތާ އަށް ހަމަ އެކަނި ވިސްނެނީ ނަތާ ދެކެ އައިމިނަ ލޯބި ނުވާކަމެވެ. އެކަމަކު އަމެއްލަ ދަރިފުޅުގެ ދިރިއުޅުން މަންމަ އަކު ހަލާކު ކޮއްފާނެ ކަމައް ނަތާ އަށް ވިސްނިފައެއް ނެތެވެ. ނަތާ ވަރަށް ހިތްވަރުކޮއްފައި ވާހަކަ ދައްކަންފެށިއެވެ. އެކަމަކު ގިނައިރު ތަކަކު ރުއިމުގެ ސަބަބުން ނަތާ އަށް ވާހަކަ ދައްކަން ވަނީ ވަރަށް އުނދަގޫ ވެފައެވެ. “އަހަންނަށް ހޭ ލެވުނީ މަންމަ ގޮވާ އަޑަށް. ނުކުތީމަ މަންމަ ބުނީ ބޭސްފުޅި އެނދު ތަނދޮށަށް ދިޔަވާހަކަ. މަންމަ ޔަށް އެ ނަގާދިނުމަށް މަންމަ ބުނީމަ އަހަރެން ދިޔައީ އެކޮޓަރިއަށް. ކޮޓަރި ތެރެއިން ހާނިމް އަހަރެން ވައްޓާލީ އެނދު މައްޗަށް އަދި ބުރުގާ ބާލުވައި ހެދުން ވީދާލީ. މަންމަ އައިސް ހުރީ ބަލަން ހާނިމް އަހަރެންގެ ގައިގައި ހިފާ އަހަރެން މައްޗަށް ވާހެން ބޭންދީ. މި ކަންތަށް ވީ އިރު މަންމަ ހުރީ ހާނިމް އަށް ބަލަން ހެވިފަ. މީ އެމީހުން ރާވައިގެން އަހަރެން ކުއްވެރިކުރަން ކުރިކަމެއް“ ނަތާ ވީ ގޮތް ކިޔާދިނެވެ. އާމިރު އިނީ ރުޅި އައިސް ދަތް ވިކިފައެވެ. މަންމަޔާ ބެހޭ ގޮތުން މިފަދަ ވާހަކަ ތަކެއް ނަތާ ދެއްކުމުން އާމިރު ހިތް ހަމަ އެެއް ނުޖެހުނެވެ. އަނެއްކޮޅުން ހާނިމް އާމިރުގެ އަނބި މީހާގެ ގައިގައި އަތް ލުމުން އާމިރު ހުރީ ހާނިމްގެ އަތެއް ފައެއް ބިންދާލާ ވަރުވެފައެވެ. ކޮންމެ ގޮތެއްވިޔަސް މި ކަމުގައި ނުބައެއް އެބަ އުޅޭއެވެ. އާމިރު ނަތާގެ އަތުގައި ހިފައިގެން ފެންޑާ އަށް ނުކުތެވެ. އާމިރުގެ އާއިލާ އެތަނުގައި ތިބުމުންނެވެ. ނަތާ އާއި އާމިރު ސޯފާގައި އިށީނުމަށްފަހު އަލީ ކައިރީ ހާނިމް އަށް ގޮވުމަށް ބުންޏެވެ. އަލީ ގޮސްއައީ ހާނިމް ގޮވައިގެންނެވެ. ސޯފާ ގައި އިށީނުމުގެ ކުރިން ނަތާ އާއި ދިމާލަށް އަލީ ނުރުހުމާއި އެކު ބަލާފައި “ ހަށި ވިއްކާ އަންހެނާ“ އޭ ބުނެލިއެވެ. ނަތާ އިނީ ދެ ލޯ ބޮޑުވެފައެވެ. ބުނާނެ އެއްޗެއް ނޭންގި އިންދާ ލޮލުން ކަރުނަތަށް ފައިބައި ގަތެވެ. ހާނިމް ނަތާ އަށް ބަލަންއިނދެ ބުނެލިއެވެ. “ އާން އަހަރެންގެ ގައި މަތިން ފައިބަންވެސް ނޭންގުނު ވިއްޔާ“ އެވަގުތު އާމިރު އެންމެ އަނގަ މަޑުންލުމަށް އިންޒާރު ދިނެވެ. އާމިރު ތެދުވެގެން ގޮސް ކޮޓަރިއަށް ވަނުމަށް ފަހު އައީ ޙަތިމް އެއް ހިފައިގެންނެވެ. އެންމެންގެ ލޯތަށް ބޮޑުވިއެވެ. ޙާއްސަކޮށް އައިމިނަ އާއި ހާނިމްއެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލާލީ ބިރުވެރި ކަމާއި ހާސްކަމާއެކީއެވެ. އާމިރު އައިސް ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒު މަތީ ޙަތިމް ބޭއްވިއެވެ. ފުންނޭވާއެއް ލުމަށް ފަހު އައިމިނަ އާއި ސުވާލު ކޮއްލިއެވެ. “މަންމަ ކީއްވެ ހާނިމް ނިދާފަ އޮއްވާ ނަތާ އެތަނަށް ފޮނުވީ؟ ނަތާ ބުނި މަންމަ އަށް ހުރިހާ ކަމެއް މަންމަ އަށް ފެނުނު ވާހަކަ. އެކަމާ މަންމަ ކަމެއްނުކޮއް ބަލަން ހުރީ ކީއްވެ؟ އައިމިނަގެ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. “ އާމިރު އަހަންނާ ސުވާލު ތި ކުރަނީ ކޮންތަހުޤީގެއް ހިންގަން؟ މަށާ ސުވާލު ތި ކުރަނީ މީންދަ ނުލަފާ އަންހެނާ ދިފާއު ކޮއްފަތަ؟ އޭނަ އެކަން ކުރަން ހުއްޓާ ފެނުމުން ވެސް މަގޭ ބޮލުގަތަ އަޅުވަނީ؟”އައިމިނަ ކޮޅަށް ތެދުވީ އެތަނުން ދިއުމަށެވެ. “ މަންމާ އިށީންދޭ. އަހަރެން މި އުޅެނީ މި ކަންތަށް ސާފުކުރަން” އާމިރު މަންމަ އަށް ބަލާލީ ހިތާމަޔާ އެކުއެވެ. “ބޮޑު ދައިތައާއި ސުވާލު“ހާނިމް އަށް ބުނެވުނީ މިހިސާބަށެވެ. އާމިރުގެ ބާރު އަޑު ގުގުމާލިއެވެ. “ ކަލޭ ކޮންވާހަކަ އެއްދައްކާކަށް؟ އަނގަ މަޑުން ލައިގެން އިނދޭ! މިކަމިގަ ކަލޭ ކުއްވެރި ވާނަމަ 6 ފޫޓް އަޑީގަ ކަލޭ ވަޅުލާނަން“ އާމިރު ޙަތިމް ނަގާ ނަތާ އަށް ދިއްކޮއްލިއެވެ. “ ނަތާ ހުވާކޮއްފަ ބުނެބަލަ ނަތާ ތި ބުނަނީ ތެދެކޭ“ އާމިރު އަށް ހުރީ ހަދާާނެ ގޮތް ހުސްވެފައެވެ. އެއްކޮޅުން އާމިރު އަށް ދީނުގެ ކަންތައް އޮޅުން ފިލުވާދީ ލޯތްބަކީ ކޮންކަހަލަ އިޙްސާސް އެއްކަން ބުނެދިން އަނބި މީހާއެވެ. އަނެއްކޮޅުން އާމިރު ގެންގުޅެ ބޮޑު ކުރި މައިމީހާއެވެ. ނަތާ ޙަތިމް އަށް ބަލާލުމަށް ފަހު ބުންޏެވެ. “ ފުރަތަމަ މަންމަ އާއި އޭނަ ލައްވާ ހުވާ ކުރުވާށެވެ.” ނަތާ މިހެންބުނީ ޙަތިމް އަކީ ކުޅޭ ކުޅޭ އެއްޗަކަށް ހަދަން ބޭނުން ނުވާތީ އެވެ. ޙަތިމް ގައި އަތްލާ ހުވާ ކުރުން އެއިީ ކުއްވެރިން ކުރަން ބިރުގަންނަ ކަމެއްކަން ނަތާ އަށް އިންގެްެވެ.
ނަތާ އަކީ އެއްވެސް ކަމެއްގަ ޝަކުވާކުރާ ކުއްޖެއްނޫނެވެ. އެހާ ބޮޑަށް އިންތިޒާރު ކޮއްގެންހުރި ހަނީމޫން ދަތުރު ނުދެވި އަހަރެއްވާން ދިޔައިރުވެސް އެކަމުގެ ނަންވެސްނުގަނެއެވެ. އާމިރުގެ އަޅާލުމާއި ލޯބި ލިބޭ ކަމަށްޓަކާ ޝުކުރުކޮއްލައިގެންހުރީއެވެ. ”ނަތާ ނިމިއްޖެތަ؟”ފަހަތުންއައިސް ނަތާގެ ގައިގައި ބައްދާލަމުން އާމިރު ސުވާލު ކޮއްލިއެވެ. ނަތާ އަވަސް އަވަހަށް ދުރުވެލީ ކައްކަންހުރި ބަޓާ ޗިކަންއެތި އުނދުންމަތިން ބޭލުމަށްޓަކާއެވެ. މިއަދު ކައްކާ ހުރިހާ އެއްޗެއްވެސް އާމިރުގެ މަންމަ ބޭނުންވަނީ އެންމެ ފުރިހަމަ ކޮއްބަހަށްޓާށެވެ. ނަތާގެ ކެއްކުން ވަރަށް ފުރިހަމައެވެ. އާމިރުގެ މަންމަގެ އަންގައިން ތައުރީފުގެ ބަހެއް ނުލިބުނަސް އާމިރުގެ މަންމަވެސް ނަތާ ކައްކާ އެއްޗެހި ކަނީ ވަރަށް ހިތްހަމަޖެހި ހުރެއެވެ. އަނެއްކާވެސް އާމިރު އައިސް ނަތާގެ ގައިގައި ބައްދާލިއެވެ. ކުޑައިރު ކޮޅެއް އާމިރު އަށް ދިނުމަށްފަހު ނަތާ ދުރުވެލަމުން ބުނެލިއެވެ. “ އަހަރެންގެ ސަބަބުން މަންމަ ހިތްހަމަ ނުޖެހޭކަށް ބޭނުމެއްނޫން“ އާމިރު އަށް ޤަބޫލް ނުކުރެވުނަސް ނަތާ އާއި ދިމާލަށް އެތަށް ފަހަރަކު އައިމިނަ އެއްޗެހި ގޮވާންހުއްޓާ އާމިރު އަށްވެސް އެތަނަށް އާދެވެއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އައިމިނަ އަވަހަށް ވާހަކަ ބަދަލްކޮއްލައެވެ. ކުއްލި އަކަށް ދުވެފައި ބަދިގެއަށް ވަތްތަންފެނުނީ އަލީއެވެ. ފަހަތުން އައީ އަލީގެ ދެކުދިންނެވެ.އަލީ އައިސް އާމިރުގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ދެކުދިން ދުވެފައި ދިޔައީ ނަތާގެ ގައިގައި ބައްދާލާށެވެ. ނަތާ ވަރަށް އުފަލުން ދެކުދިންގެ ކައިރިއަށް ގުދުވެ ބައްދާލިއެވެ. “ ތާތަ ވީ މިސްޔޫ“ ދެކުދިންވެސް ނަތާއަށް ގޮވަނީ އެނަމުންނެވެ. “ އައި މިސްޑްޔޫ ގައިސް މޯ“ ނަތާ ވެސް ބުނެލިއެވެ. އާމިރު އާއި އަލީގެ ވާހަކަ އޮލަވެފައި ތިބިވަރުން ބަދިގޭގެ އަޑު ގަދަވެގެން އެތަނަށް ވަތް އައިމިނަ ފެނުނީ އައިމިނަ ކަރު ކެހިލުމުންނެވެ. އަލީ އާއި ކުދިންވެސް ދުވެފައި ދިޔައީ އައިމިނަގެ ކައިރިއަށެވެ. އައިމިނަ ރުޅި މައިތިރި ކޮއްލާހީލިއެވެ. އައިމިނަ ބަދިގެއަށް އައީ އަޑު ގަދަވެގެންނެވެ. ނަތާގެ ކައިރިއަށް ފުރަތަމަ އެންމެން އައުމުން އައިމިނަ ހުރީ ވަރަށް ރުޅި އައިއްސައެވެ. “ ނަތާ ދޭބަލަ ރީތި ވާން. މިހާރު ހާނިމް އަންނާނެ“ އައިމިނަ ނަތާ އަށް ލޯ އަޅާލަމުން ބުލެލިއެވެ. ހާނިމް އަކީ އައިމިނަގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ދަރިފުޅެވެ. ހާނިމް ވެސް މިއަދު ޗުއްޓީ އަށް އަންނަނީއެވެ. އަލީމެންވެސް އައީ ޗުއްޓީ ލިބުނީމައެވެ. ހާނިމްގެ މަންމަ ވަނީ ހާނިމް ވަރަށް ކުޑައިރު ނިޔާވެފައެވެ. ހާނިމް ގެންގުޅުނީ އައިމިނައެވެ. މީގެ 5 އަހަރު ކުރިން ކިޔަވަންދިޔަ ގޮތަށް މިހާރު ހާނިމްވަނީ ސިންގަޕޫރުން ވަޒީފާ ހީދާފައެވެ. ”ނަތާ ކޮޓަރިއަށް ވަތްއިރު އެނދު މަތީ ކޮތަޅެއްއޮތެވެ. ނަތާ އެ ކޮތަޅު ހުޅުވާލުމަށްފަހު އެތެރޭގައި އޮތްހެދުން ނެގިއެވެ. ވަރަށް ރީތިކޮށް ޖަރީ ކޮއްލާފައިވާ ގަދަ ނޫކުލައިގެ ހެދުމާއި އެކު ނޯޓެއް އޮތެވެ. “މިއަދު މިހެދުން ލާ“ އައިމިނަ ގެ ނަން ޖަހާފައި އޮތުމުން މީ އައިމިނަ ދިން ހެދުމެއްކަން އެންގި ނަތާގެ ލޮލުން ކަރުނަ ހިލުނެވެ. މިފަހުން އައިމިނަ އަބަދު ހުންނަނީ ނަތާ ދެކެ ހިތްހަމަނުޖެހިފައެވެ. ނަތާގެ ހިތުން މަންމަ އަށް ހެޔޮދުޢާ ކުރަމުން ފެންވަރަން ވަނެވެ. ފެންވަރައިގެން ނުކުމެ ލޯގަނޑުން ނަތާ ބަލާލިއެވެ. ހެދުމުގެ ޑިޒައިން ވަރަށް ވެސް ރީއްޗެވެ. އެކަމަކު ހެދުން ހުރީ ނަތާގެ ގައިގައި ހިފާފައެވެ. މޭމައްޗާއި އުނަގަނޑާދިމާލުން ހިފާފައި ހުރުމާއި އެކު ހެދުމަކީ ކަކުލާ ހަމައަށް އަރާ ހެދުމެކެވެ. ނަތާ އަކީ ދިގުކޮށް ހެދުންލާ ކުއްޖެއްކަން އެންގިހުރެވެސް މަންމަ މިހެދުން ދިނީ ކީއްވެބާއެވެ؟ އަދި މިޔަދު ލުމަށް އެދުނީ ކީއްވެބާއެވެ؟ ނަތާ އަކަށް އެއްވެސް އެއްޗެއްނުވިސްނެއެވެ. އާމިރު ކޮޓަރިއަށް އާދޭތޯ ދެކޮޅަށް ހިންގާލަ ހިންގާލަ ހުއްޓެވެ. ހެދުމާއި އެކީ އޮތް ބުރުގާ ނަތާ އަޅާލިއިރު މިވެސް ވަރަށް ކުރެވެ. މޭމަތި ނިވާވަނީ ކިރިޔާއެވެ. މަންމަ ރުޅި އަންނާނެތީ ބާލާކަށް ވެސް ނުކެރުނެވެ. އާމިރުގެ ފޯނު އޮތީ ކޮޓަރި މޭޒު މަތީގައެވެ. އެހެންކަމުން ގުޅެނެ ގޮތެއްވެސްނެތެވެ. އަނެއްކޮޅުން އައިމިނަ ހުރީ އާމިރު ކޮޓަރިއަށް ގޮސްދާނެތީ ކަމަކަށް ފަހު ކަމެއް ޖައްސާފައެވެ. މިހެން ހުއްޓާގޭގެ ރަނގަބީލް ޖެހި އަޑު އިވުމާއި އެކީ ނުލަފާ ހިނިގަނޑެއް ޖަހާލާފައި ނަތާ އަވަހަށް އަންނާށޭ ގޮވާލިއެވެ. ނަތާ އިސްޖަހާލައިގެން ހުރެ ކާމޭޒު ތައްޔާރު ކުރަންފެށިއެވެ. ހާނިމް ވަދެގެން އަންނަމުން ނަތާ އަށް ސަލާމް ގޮވާލިއެވެ. ނަތާ ހިނިތުން ވެލާފައި ސަލާމް ބަލައިގަތެވެ. އައިމިނަ ހުރީ އަނގަ ހުޅުވިފައެވެ. އައިޝާ މެން ދެމަފިރިންވެސް ތިބީ އަނގަ ހުޅުވިފައެވެ. އާމިރު ހުރީ ވަރަށް ރުޅި އައިއްސައެވެ. މި ފަދަ ހެދުމެއްގައި ހިލޭ ފިރިހެނެއްގެ ކުރިމައްޗަށް ނަތާ އަރާނެ ކަމަށް އާމިރު ކުޑަ ކޮއްވެސް ހިތަކަށް ނާރައެވެ. މަންމަ އެއްޗެކޭ ބުނޭތޯ ނަތާ އިރު ކޮޅަކާ މަންމަގެ މޫނަށް ބަލާލައެވެ. މޭޒު ކައިރީ ނަތާ އިށީނީ އާމިރު އާއި ޖެހިންއިން ގޮނޑީގައެވެ. އާމިރު ވަރަށް ބާރަށް ނަތާގެ އަތަށް ފިތާލިއެވެ. “ ކޯންޗެއްތަ ލައިގެން ތި އިނީ؟ އާމިރު ހަރިކަށި ކަމާއެކީ ސުވާލު ކުރިއެވެ. ނަތާ އަނެއްކާވެސް ބަލާލީ އައިމިނަގެ މޫނަށެވެ. އައިމިނަ ހައިރާން ކަމާއެކު ނަތާ އަށް ބަލަންއިނެވެ. އަދި ހާނިމް އާއި ވާހަކަ ދައްކަންފެށިއެވެ. އައިޝާ ވެސް އެންމެ ހައިރާންވީ ލަދުރަކި ނަތާ މިކަހަލަ ހެދުމެއްގައި ފެނުމުންނެވެ. ކާން އިންއިރު އާމިރު އަށް އެންމެ ގިނައިން ބެލުނީ ހާނިމް އަށެވެ. ނަތާ އަށް ބަލަން ހާނިމް އިންދާފެންނަ ކޮންމެ ފަހަރަކު އާމިރުގެ ލޭ ކެކެއެވެ. ބޭބެ އެއް ކަމަކު އާމިރުގެ އަނހެނުންނަށް ހާނިމް އިޙްތިރާމް ކުރަން ޖެހޭނެއެވެ. ކާންއިނދެފައި އައިމިނަ ތެދުވީ ފާހަނާ އަށް ދިއުމުގެ ނަމުގައެވެ. ނަމަވެސް އައިމިނަގެ މިސްރާބު ހުރީ ފާހަނާ އާއި ވަރަށް ދުރަށެވެ. މަޑުމަޑުން ގޮސްވަނީ ނަތާ މެންގެ ކޮޓަރިއަށެވެ. މިރެއަކީ ނަތާގެ ހަމަޖެހުން ނަގާލެވޭނެ ރޭ ކަމުން ކުރެވުނު ކަންތަކާ އުފާވެ ހިތްހަމަޖެހިލިއެވެ. ހެދުން ލީ ކޮތަޅުގެ ކައިރީ އައިމިނަ ލިޔުނު ނޯޓް ކޮޅު އޮތެވެ. ބަލާކަށް ނުހުރެ ނަގާ ވީދާލާ ކުޑަ ދޮރުން ބޭރަށް އުކާލިއެވެ. ނަތާގެ ކުށެއްނެއް ކަމުގެ ހެކި ނައްތާލެވުމުން އުފަލާއި އެކު ކާންއިށީނެވެ. ކައިނިމިގެން ތަށި ތައްނަގާ ސާފު ކުރުމަށްފަހު ނަތާ އައިސް ހުއްޓުނީ އާމިރުގެ ކުރިމަތީއެވެ. އާމިރު ލޮލުން ކޮޓަރި އާއި ދިމާލަށް އިޝާރާތް ކޮއްލުމާއިއެކު ނަތާ އަވަހަށް ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގަ ދެކޮޅަށް ހިނގަ ހިނގަ ހުއްޓާ އާމިރު އައިސްވަނެވެ. ދޮރު ލައްޕާ ތަޅުލުމާއި އެކު އާމިރު ސުވާލުކުރިއެވެ. “ނަތާ ކޮންޗެއްތަ ލައިގެންތި ހުރީ؟ އާމިރު ހުރީ ވަރަށް ރުޅި އައިށްސައެވެ. ރުޅި އަށްވުރެން އާމިރު ހުރީ ހަސަދަވެރިވެފައެވެ. ނަތާ މި ހެދުމުގައި ވަރަށް ވެސް ރީއްޗެވެ. އެކަމަކު ނަތާގެ ރީތި ކަމަށް އެހެންފިރިހެނެއްގެ ނަޒަރު ދިއުމަކީ އާމިރު އެދޭ ގޮތެއްނޫނެވެ. ހާނިމް ނަތާ އަށް އެފަދަ ނަޒަރަކުން ބެލުމުން އާމިރު ވަނީ ކެއްކުރަން ދަތި ހާލަކަށް ގޮއްސައެވެ. ނަތާ ގެ މޫނަށް ބަލަންހުރެ ސުވާލު ތަކުރާރު ކޮއްލިއެވެ. ރުޅި އަކީ ޝައިތާނީ ކަމެއްކަމާ ރުޅި ކޮންޓުރޯލް ކުރުމަކީ އެންމެ އީމާންތެރިންގެ ގޮތްކަން އާމިރު އަށް ވަނީ ނޭންގިއެވެ. އެހެންކަމުން ރުޅި އަންނަ ފަހަރު ކޮންމެސް ސިފައެއްގައި އަމަލުން އެކަން ދައްކާލުމަކީ ބާރުގަދަކަން ކަމަށް އާމިރު ދެކެއެވެ. “ މަންމަ ދިން ހެދުމެއްއެއީ މިރޭ އެހެދުން ލާންބުނެފަ ނޯޓަކާ އެކީ އޮތީ އެނދުމަތީ ބާއްވާފަ“ ނަތާ މިހެންބުނިއިރު ނަތާ ގަނޑު ކޮޅު ބޭއްވިތަން ހޯދަމުންދިޔައެވެ. “ނަތާ އެއްޗެކޭ ކިޔައިގެން އެހެންމީހުންގެ ބޮލުގައި ކަންތަށް ނާޅުވާ. މި އަހަނީ ކޮބާހޭ ތިކިޔާ ގަނޑު ކޮޅު؟“ އާމިރު ހަޅޭއްލަވައިގަތެވެ. އާމިރު އަށް ވިސްނޭގޮތުގައި މަންމަ އަކީ ބާރު ހެދުމާއި މާބޮޑަށް ޖަރީ ކޮއްލުމަށް އެދޭ މީހެއްނޫނެވެ. މަންމަ މިވަރުގެ ކަމެއް ނުކުރާނެއެވެ. ”ހާނިމް އަށް ދެއްކެންބޭނުން ވާނީތަ؟އަހަންނަށް ނަތާގެ ބޭނުންތައް ފުއްދައި ނުދެވެނީތަ؟ އާމިރު ނަތާގެ އަތުގައި ހިފާ އާމިރު އާއި ދިމާލަށް އަނބުރާލިއެވެ. ނަތާ ގެ ފުރިހަމަ ކަމާ ރީތިކަން ދައްކަން ހަމައެކަނި ޖެހޭނީ އާމިރު އަށެވެ. ހާނިމް ކުރިމަތީ ނަތާ މިހެން ހުރީ ކީއްވެބާއެވެ. “ޤަބޫލް ނުކުރެވެންޔާ އަންނާނަން މަންމަ ގޮވައިގެން. އާމިރު އަހާލަބަލަ މަންމަ ކައިރީ؟“މިހެން ބުނުމާއި އެކު ނަތާ ހިނގައިގަތީ ދޮރާއި ދިމާލަށެވެ. އެކަމަކު ދޮރާ އަރާ ހަމަ ނުވަނިސް އާމިރު ނަތާގެ އަތުގައި ހިފާ ދަމާއިގަތެވެ. “ދާނެ ކަމެއްނެއް. އަހަންނަކީ ނަތާގެ ބޭނުންތަށް ފުއްދޭ މީހެއްކަން ދައްކާލާނަން” މިހެން ބުނުމާއި އެކު ނަތާގެ އުނަގަނޑުގައި ހިފާ އެނދާއި ދިމާލަށް ކޮއްޕާލިއެވެ. ނަތާގެ ދެލޯ ބޮޑުވެގެން ދިޔައީ ގަތްބިރަކުންނެވެ. އާމިރު ނަތާގެ ގައި މައްޗަށް ޖެހިގަތީ ސިންގާއެއް ފަދައިންނެވެ. ފިރިއަކުވެސް ގަދަކަމުން އަނބިމީހާގެ ބޭނުން ހިފުމަކީ ޢީތްފަތްތެރިކަން ފޭރިގަތުންކަން އާމިރުގެ ނުވިސްނައެވެ. ހަރުކަށި ކަމާއި ހަސަދައިން ފޯވެފައިވާ އާމިރުގެ ހިތަކަށް މާބޮޑު އެއްޗެއްނާރައެވެ. ހަމަ އެކަނި ތަކުރާރުވި އިންޒާރެއްފަދަ ބަސްތަކަކީ “ ތީ ހަމަ އެކަނި އަހަރެންގެ މިލްކެއް. އެހެން އެއްވެސް މީކަހަށް ނަތާ ޔާ ކައިރިއެއްނުވެވޭނޭ“
“ހިނގާ އެއްޗެއްކާލަން ދަމާ، ވަރަށް ބަނޑުހައި ދޯ؟ އާމިރު މިހެންބުނެ ނަތާގެ އަތުގައި ހިފައިގެން ލިފްޓަށް އަރަންދިޔައެވެ. ލިފްޓުން ފޭބުމާއިއެކު ނަތާ ހިނިގަނޑެއްޖަހާލިއެވެ. ހަމަ ޔަޤީނެވެ އާމިރުއަށް މިފަހަރު އޮޅުނީއެވެ. ނަތާ މެނަށް ތިބެވުނީ ހޮޓަލުގެ ޓެރަސްގައެވެ. ނަތާ ހެމުންއެނބުރިލީ އެނބުރި ލިފްޓަށް އަރާށެވެ. އެކަމަކު އާމިރު ނަތާ ހުއްޓުވިއެވެ. މަޑުމަޑުން ނަތާގެ ލޮލޮގައި އަތްއަޅާލިއެވެ. އަދި ލޯ ނުހުޅުވުމަށް އެދުނެވެ. ނަތާގެ ކޮނޑުގައި އެއްއަތް އަޅާ ކުރިޔަށް ހިނގަންފެށިއެވެ. ނަތާ އަށް ވާނުވާއެއް ނޭންގުނަސް ޝަކުވާއެއްނުކޮއް އާމިރު ބޭނުންވާހެން ކަންތަށް ކުރިއެވެ. ތަންކޮޅަކަށް ހިނގާލުމަށްފަހު އާމިރު ހުއްޓުނެވެ.އަދި ނަތާގެ ލޯމަތިން އަތް ނެގުމަށްފަހު ލޯ ހުޅުވާލުމަށް އެދުނެވެ. ނަތާ ލޯ ހުޅުވާލުމާއި އެކު ދެ ލޯ ބޮޑުކޮއްލިއެވެ. ކުރިމަތިން ފެންނަންހުރީ ސްޓޭޖެއްހެން ހަދާފައިވާ ތަނެކެވެ. އެތަނުގެ ވަށާއިގެންހުރީ ބޮކި އެލުވާފައެވެ. އެކި ވަށްތަރުގެ މާތަކުން މުޅި ހިސާބު ވަނީ އެއްވަސްވެފައެވެ. ވަށްބުރަށް ހުރި މޭޒުގަ ހުރީ ނަތާ ދުވަހަކު ވެސް ނުދެކޭ ކަހަލަ އެކި ވައްތަރުތަކުގެ ކާއެއްޗިއްސެވެ. ރީތި ތަށިތަކުގައި އެއްޗެހި އަތުރާލާފައި ހުރި ގޮތުން ބަލަންހުރުމުން ހިތްފުރެއެވެ. އިށީނުމަށްހުރީ ސޯފާއެކެވެ. ނިދާލުމަށްވެސް އެއްވެސްދައްޗެއްނުވާނެއެވެ. އާމިރުއާއި ދިމާލަށް އެނބުރިލީ ނަތާގެ އިޙްސާސްތަށް ބުނެދެވޭތޯއެވެ. އާމިރު އިނީ ކުޑަ ކަކޫ މަތީ އެއްފައި މަށްޗަށް އިށީންދެއެވެ. ނަތާ އަށް ހުރެވުނީ ބުނާނެ އެއްޗެއްނޭންގިފައެވެ. އާމިރު ވަރަށް ލޯބިން ނަތާގެ އަތުގައި ހިފާލިއެވެ. “ ނަތާގެ މުޅި އުމުރު އަހަންނާއެކީ ހޭދަ ކޮއްލަދީފާނަން، އަހަރެން ނަތާ ދެކެ ވަރަށް ލޯބިވޭ، އަހަރެން ބޭނުންވަނީ އަހަރެމެން ލޯބިން އެކީއުޅެން މި ދުނިޔޭގަޔާއި ސުވަރުގެއިންވެސް” އާމިރު ވަރަށް ލޯބިން ވާހަކަދެއްކިއެވެ. ނަތާ އަށް ހުރީ ރޮވިފައެވެ. “އިންޝާ ﷲ “ ބުނެލުމާއި އެކު އާމިރުގެ ގައިގައި ބައްދާލީ ވަރަށް ބާރަށެވެ. އާމިރު ތެދުވީ ނަތާ އަށް ދަނޑިމަތީ ބާއްވާއިގެންނެވެ. އަދި ގޮނޑީ ގައި ނަތާ ބޭންދިއެވެ. ދެ މީހުނަށް ވެސް ވަރަށް ހާއްސަ މި ވަޤުތު ވެގެންދިޔައީ އެތަށް އުފާވެރި ހަނދާން ތަކެއް ހަޔާތުގެ ސަފްހާތަހަށް އިތުރު ކުުރުވަމުންނެވެ. ހުނުމާއި މަޖަލުގައި ވަޤުތު ހޭދަވި ގޮތްވެސް ނޭންގުނެވެ. ކޮޓަރިއަށް އައިއިރު ވަނީ މެންދަމުން އަލިވުމާއި ގާތްވެފައެވެ. ފޯނު ރިންގުވާ އަޑަށް ނަތާ އަށް ހޭލެވުމުންވެސް ނިދީގެ ފޮނިކަންބޭނުންވެ ހުރެ އާމިރު އަށް ގޮވާލިމުން އަނެއްކާވެސް ނިދޭތޯ އެންބުރިލިއެވެ. ނަމަވެސް އާމިރުގެ ވާހަކަ އަޑު އިވުމުން ނަތާ އަށް ވެސް ހާސް ކަމެއް ގެނުވިއެވެ. ލޯ ހުޅުވާލާ އާމިރު އަށް ބަލާލިއެވެ. އޭރު އާމިރު ހުރީ ކޮޓަރި ތެރޭ ދެކޮޅަށް ހިންގާލަ ހިންގާލައެވެ. ފޯނު ބޭއްވުމަށް ފަހު ނަތާ ކައިރީ އެނދުގައި އިށީނެވެ. ވަރަށް ދެރަވެލާފައި ވާހަކަ ފެށީ ނަތާ ބުނާނެ އެއްޗެއްނޭންގޭތީ ކަންތަށް ބޮޑުވެފައިހުރެއެވެ. “ނަތާ އަހަރުމުން އެނބުރި މާލެ ދާންޖެހިއްޖެ، އަހަރެން އޮފީހިގައި ކުރަމުން އައި ވަރަށް ބޮޑު ޕްރޮޖެކްޓެއްގެ ކަމަކާ މަޝްވަރާ ކުރަން އޮސްޓޮރޭލިއާގެ ވަފުދެއް މާދަމާ މާލެ އެބަ އާދޭ. ކުރިން ޝެޑިއުލް ކޮއްފައި އޮތީ ދެ މަސްފަހުން އަންނަގޮތަށް އެކަމަކު ވަރަށް އާރޖެނޓްކޮއް އެމީހުން އަންނަން ނިންމީ އަހަރެންގެ މަސައްކަތް ބެލުމަށްފަހު އަވަހަށް ގޮތެއްނިންމުމަށް، ވަރަށް ބޮޑަށް ސޮރީ. އަހަރެންގެ މި ޕްރޮޖެކްޓު ނިމުމުން އަލުން އެނބުރި މި ކޮޅަށް އަންނާނަން” އާމިރު ބެލީ ކަމުގެ މުހިންމުކަން ނަތާ އަށް ވިސްނާދެވޭތޯއެވެ. “ސޮރީ އޭނުބުނޭ ، އަހަންނަށް އިނގޭ އާމިރުއަށް އެހެން ގޮތެއްއޮތްނަމަ ނުދާނެކަން” ކިތައްމެ މާޔޫސްވެ ދެރަވިޔަސް ނަތާ ބެލީ އާމިރުގެ ހިތްހަމަ ޖައްސާ ދެވޭތޯއެވެ. “ޔޫ އާދަބެސްޓް ވައިފް އިންދަ ހޯލްވޯލްޑް” އާމިރު ނަތާގެ ބޮލަށް ބޮސްދިނެވެ.” ޕްލީޒް ދެރަނުވަށްޗޭ، މިހެން ބުންޏަސް އިނގޭ ނަތާ ދެތަވާނެކަން އަހަރެންވެސް ވަރަށް ދެރަވޭ” އާމިރު ދެރަވެފައި ވާތަން ބެލުމަކީ ނަތާ އަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. “އާމިރު އަހަރެން ދެރައެއްނުވޭ އަސްލުވެސް، އަވަހަށް ފުރުމުގެ ކަންތަކާ އުޅެމާ؟” ނަތާ ހިނިތުންވެލީ ގަދަކަމުންނެވެ. އާމިރު ފޯނު ނަގައި އަވަސް އަވަހަށް ޓިކެޓްގެ ކަންތަކާ ގުޅަންފެށިއެވެ. ނަތާ މަޑުމަޑުން ވަނީ ފާހަނާ އަށެވެ. ލޮލުން ފޭބި ކަރުނަތަށް ފޮހެލުމަށްް ފަހު ހިތް ހަމަޖައްސާލެވޭތޯ ބެލިއެވެ. ހަނީމޫން ދަތުރު ކުރުކޮއްލާފައި އައުމަށްފަހު އައި ދުވަސް ކޮޅަކީ އާމިރު ވަރަށް ބުރަކޮއް މަސައްކަތުގައި އުޅެމުން އައި ދުވަސް ކޮޅެކެވެ. ކިތަށްމެ ބުރަކޮއްއުޅުނަސް ނަތާ އަށް ވަޤުތު ދެވޭތޯ އާމިރު ވަރަށް މަސައްކަތްކުރެއެވެ. ނަތާ ގެ ވަޤުތު ތަށް ފޫހިކަމެއްނެތި ގޭގެ މަސައްކަތުގައި އުޅެމުންދެއެވެ. އެކަމަކު މި ފަހަކަށް އައިސް އާމިރުގެ މަންމަ ހިތް ހަމަޖެހޭ ގޮތަކަށް ނަތާ އަށް ކަމެއްނުކުރެވެއެވެ. ގޭގައި އާންމުކޮއްް ކައްކާއުޅެނީ ވަރަށް ގިނަ އަދަދަކަށް ހަވާދާއި ތެޔޮ އެކުލެވޭ ކެއެންތަކެވެ. ނަތާ ބޭނުން ވަނީ އެންމެންވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށެވެ. އެހެންވެ ފައިދާހުރި ކާނާ ގޭގައި ތަށްޔާރު ކުރަންފަށައިފިއެވެ. ގޭ އެންމެނަށް ވެސް މި ކެއްކުންތަށް ވަރަށް މީރެވެ. އެންމެންގެ ތައުރީފް ނަތާ އަށް ލިބެއެވެ. އެކަމަކު މަންމަ އަބަދުވެސް ބުނާނީ ކޮންމެސް ކަހަލަ ދެރަވާކަހަލަ އެއްޗެކެވެ. އޮފީހުގައި އުޅޭ ވަޤުތު ތަކުގައި އާމިރު އަކީ ބޭރުން ކެއުމަށް ވަރަށް ފޮރި ހުންނަމީހެކެވެ. ނަމަވެސް މިހާރު ވަޤުތު ހޯތައިގެން ބަލާނީ ގެޔަށް ކާން އާދެވޭތޯއެވެ. ނަތާ މިކަމާ ވަރަށް އުފާކުރެއެވެ. މަންމަގެ ވިހަގަދަ ބަސްތަށް ކިތައްމެ ވަރަކަށް އަޑުއިވުނަސް އާމިރުގެ ހެޔޮކަމާ ލޯބިން އެކަން ނަތާގެ ހިތަކު ނޯވެއެވެ. އަލި ކަމަކީ އަޖާއިބު ކުރުވަނިވި އެއްޗެކެވެ. އެސްފިޔަ ޖަހާލާ ފަދަ އަސް ކަމެއްގައި އަނދިރިކަން އަލިކަމަށް ގަދަވެގަނެއެވެ. ހިތް ބިރު ގަތުމާއި މާޔޫސްކަން ލިބެއެވެ. އާމިރުގެ ދިރި އުޅުމަކީ ވެސް ވަރަށް އަނދިރިތަނެކެވެ. މަންމަ އާއި ބައްޕަގެ އަވަދިނެތުމާއި ހެދި ދަރިންނަށް ވަނީ ލޯތްބާއި އަޅާލުން މަޙްރޫމް ވެފައެވެ. އެކަމަކު ލާރި އަކީ ދަރިންނަށް ހޯދާ އެއްޗެއްގެ ގޮތުގައި އަބަދުވެސް މަންމަމެން ދެކެއެވެ. ނަމަވެސް ނަތާގެ ލޯބިން އާމިރުގެ ދިރިއުޅުން މިހާރު މިވަނީ އުޖާލާވެފައެވެ. އާމިރު މަސައްކަތް ކުރަނީ ނަތާ އާއި އެކު ވަކި ދިރިއުޅުމެށް އުޅުމަށް ފެންވަރު ރަނގަޅު ގެއެއް ގަތުމަށެވެ. ކުޑަކޮއްވެސް ވިސްނާނުލެވުނީ ނަތާ އަކީ އާއިލާ އާއި އެކު އުޅޭ ހިތްވާކުއްޖެއްކަމެވެ. އައިޝާމެން ނިއުޒިލެންޑަށް ދިރިއުޅުން ބަދަލުކުރުމުން ބޮޑު ގެ އެއްގައި ނަތާ ވަނީ ވަރަށް އެކަނިވެފައެވެ. އެކަނިވެރިކަމުން ސަލާމަތްވޭތޯ ނަތާ ވަރަށް ގިނަ މަސައްކަތްކުރެއެވެ. ހުސްވަޤުތު ހޯދައިގެން ޤުރުއާން ހިތުދަސްކުރަން ވަނީ ފަށާފައެވެ. އުންމީދަކީ އާމިރު އަށްވެސް މިކަމަށް ބާރު އަޅާދިނުމެވެ. އާމިރުގެ މަންމަ އެކަނި ގޭގައި އުޅުނަސް ނަތާ އާއި ވާހަކަ ދައްކާލެވޭ ކަމަކަށް ނުހަދައެވެ. ކޮޓަރީގައި އެކަނި އޮވެ ޓީވީ ބެލުމަކީ އޭނާގެ އާދައެވެ. ނަމާދު ކުރުމާއި ދީނީ ކަމަކާ އުޅުމަކީ އޭނާ ދަންނަކަމެއްނޫނެވެ. ދަނބި ދަރިފުޅުގެ އޯގާތެރިކަން ބޭނުން ނުވާކަމަށް އެތަށް ފަހަރަކު ނަތާ އާއި ދިމާލަށް ވެސް ވަނީ ބުނެފައެވެ. އެކަމަކު ބަލިވުމުން ނަތާގެ އެހީ ނުލިބި އެއްވެސް ކަމެއްނުވެއެވެ. ނަތާ އަށް ލޯބިން ބަލާލުންވެސް އެއީ އާމިރުގެ މަންމަގެ ހިތަށް އަރާވެސް ކަމެއްނޫނެވެ. މިހުރިހާ ކަމެއްގެވެސް އަސްލަކީ އާމިރު ނަތާ އާއި ހެދި އުޅޭތަންފެނުމުވެ. އެކަމަކު އާމިރު އަބަދުވެސް މަންމަގެ ހާލު ބަލައެވެ. މަންމައާއި ވާހަކަ ދައްކަންއިނދެއެވެ. އެކަމަކު އެތަނަކަށް ނަތާ އަންނަތަންްފެނުނަސް ބިރުންފިލާހެން ފިލައެވެ. ނަތާ އާމިރުގެ ހަޔާތުން ދުރުކޮއްލެވިއްޖިއްޔާ ދަރިފުޅުގެ ހުރިހާ ލޯތްބެއް މަންމަ އަށް ލިބޭނެ ކަމުގައި އައިމިނަދެކެން ފަށައިފިއެވެ. ނަތާ އަކީ ހާދަ ވިހަގަދަ އަންހެނެކެވެ. އެ އަސަރު މުޅި އާއިލާ އަށް ފޯރާ ހުރިހާ ކަމެއް ބަދަލުކުރަން މަސައްކަތް ކުރާކަމަށް އައިމިނާ އަށް އިޙްސާސްވެއެވެ. މި ކަމުން ސަލާމަތްވުމަށް މަސައްކަތްކުރަން އަޒުމް ކަނޑައަޅާ އެކަމަށް އަތުކުރި އޮޅާލިއެވެ. މިކަމުން ފަހުން ލިބޭނެ ދެރައަކަށް ވިސްނޭވަރަށް ވުރެން އައިމިނަ ހުރީ ޝައިތާނަާގެ ބަސްއަހާފައެވެ.
ބޭރުންފެންނަ އެއްވެސް މަންޒަރަކަށް ބަލާ ހިތެއްް ނަތާގެ ނެތެވެ. ޕެރިސްގެ ރީތި މަންޒަރުތަށް ބެލާލުމަށް ހިތްނޭދޭތީ އެއްނޫނެވެ. ފިރިމީހާގެ ނުރުހުން ލިބިފައިވުމުން ހިތުގައި އަޅާ ވޭން ވަރަށް ބޮޑެވެ. މިކަމުގައި ނަތާގެ ކުށެއްނެއްކަން ސާބިތު ކޮއްދޭނެ ގޮތެށް ނަތާ އަކަށް ނޭންގެއެވެ. ހޮޓަލުގެ ދޮރަމަށްޗަށް ކާރު މަޑު ކުރުމާއިއެކު އާމިރު ކާރުންފައިބާ ނަތާގެ އަތުގައި ބާރަށްހިފާ ކާރުން ބޭލުވިއެވެ. ހޮޓަލުގެ ދޮރުން ވަނުމަށްފަހު ވެސް ދަމާފައި ކަހަލަ ގޮތަކަށް ނަތާ ގޮވައިގެން ކައުންޓަރަށް ދިޔައެވެ. އާމިރު އަކީ މަޝްހޫރު ބިޒްނަސް މަނެކެވެ. މި ހޮޓަލަކީ އެތައްފަހަރަކު އާމިރު ޕެރިސް އަށް އައިސް ހުރިތަނެކެވެ. މިހެންވުމުން ކޮޓަރީގެ ތަޅުދަނޑި ހޯދަންވެސް ހަމައެކަނި ނަން ބުނެލުމުން ފުދެއެވެ. ކޮޓަރީގެ ތަޅުދަނޑި ލިބުމާއިއެކު ބާރު ބާރަށް ނަތާގެ އަތުގައި ހިފައިގެން ލިފްޓަށް އެރުމަށް ހިންގައިގަތެވެ. ކޮޓަރިއަށް ވަދެވުމާއި އެކު އެނދާއި ދިމާލަށް ނަތާ ހޫރާލިއެވެ. ނަތާ ގުޅަވަރަކަށް އެނދަށް ވެއްޓުމާއި އެކު އާމިރު އަށް ގޮވާލިއެވެ. އާމިރުގެ އަންހެނުން އާމިރުދެކެ ބިރުންހުރި ތަންފެނި ކުޑަކޮށް އާމިރުގެ ރުޅި މަޑުވިއެވެ.އެކަމަކު ހިލޭ ފިރިހެނަކު ނަތާގެ ގައިގައި ބީ ހުމުން އާމިރުއަށް ކެއްކުރަން އުންދަގުވިއެވެ. ނަތާ ފުރަތަމަ ކުލާހުގައި ދަތުރު ކުރުމަށް ދެކޮޅު ހެދީ އިކޮނޮމީ ކުލާހުން ގިނަމީހުނަށް ފެންނަންބާއޭ އާމިރުގެ ހިތަށް އެރިއެވެ. ނަތާ ބޭނުން ވަނީ ފިރިހެނުންގެ ސަމާލުކަންލިބި އެމީހުންނާ މަސްހުނިވެ އެމީހުނާ އެކީ ވިޔާނުދާކޮއް އުޅެންބާއެވެ. މިހާ ތަނަށް އާމިރު އަށް ފެނިފައިވަނީ މުއްސަންދިންގެ ފަހަތުން އަންހެންކުދިން ވިޔާނުދާ ކަންތަކުގައި މަސްއޫލުވެ އުޅޭތަނެވެ. މި ހުރިހާ ވަސްވާސް ހިތަށް ވަނުމުން ބަލާކަށް ނުހުރެ މޭޒުގެ އެއްކަނުގައި ހިފާ ނަގާ ދުރަށް އެއްލާލިއެވެ. އަދި އެނދުގެ އެއްކަނުގައި ބަހަށްޓާފައިވާ މާ ޓުކުރި އާއި ރިމޯޓު ތަށް ވެސް ފާރަށް އަމާޒުކޮއް އެއްލިއެވެ. އަލާމާރީގެ ބިއްލޫރި ގަނޑުގައި އަތުންޖަހާ ތަޅާލިއިރު މާނޭވާލެވި އާމިރު ހުރީ ނޭވާކުރުވާ ގޮތްވެފައެވެ. ނަތާ އަށް އޭރު އަޑުން އަޑު ނަގާ ރޮވެނީއެވެ. އާމިރު ފުންމާފައި ކަހަލަ ގޮތަކަށް އެނަދައްއެރިއެވެ. ނަތާގެ މޫނުގައި ދެއަތުންހިފާ ތަޅުވައިގަތެވެ. “ ތީ އަހަރެންގެ އަނބި މީހާ، އެހެން އެއްވެސް މީހަކު ނަތާގެ ގައިގައި އިންގިލި ކުރި ޖައްސާލަންވެސް އަހަރެން ނޭދެން، އަޑު އިވިއްޖެތަ“؟ އާމިރު މިހެން ބުނުމާއެކު ނަތާ އަވަސް އަވަހަށް އަހަންނަށް މާފް ކުރާށޭ ބުނެ އާމިރުގެ މޫނުގައި އަތްޖައްސާލިއެވެ. “ އަހަރެން ހީކުރީ އަހަރެން ކައިރީ ހުރީ އާމިރު ކަމަށް“ ނަތާ އަދިވެސް ބެލީ ކަންވީ ގޮތް ކިޔާދެވޭތޯއެވެ. “ އެއްވެސް ވާހަކަ އެއް އަޑު އަހާކަށް ބޭނުމެއްނޫން މީގެ ފަހުން ނަތާ ނުވާނެ މިފަދަކަމެއްތަކުރާރު ކޮއްގެނެއް” އާމިރު އަދިވެސް ހުރީ ހަމައަކު ނޫނެވެ. “ ނަތާ އަށް މީހަކު ބަލާލަންވެސް އަހަރެންނޭދެން، ނަތާ ދުވަހަކުވެސް އަހަރެންނާ ދުރުވިޔަކަނުދޭނަން އަހަންނާދުރުކުރެވޭނީ ހަމައެކަނި މަރު“ އާމިރު މިހާހިސާބަށް ބުނުމާއިއެކު ނަތާ އާމިރުގެ ގައިގައި ބާރަށް ބައްދާލާ ރޮމުންވާހަކަ ދެއްކިއެވެ. ﷲ އަށް ޓަކާ އަހަރެން ކުރާވައިދެއްމީ އަހަރެންމީ ހަމައެކަނި އާމިރުގެ މީހެއް، ދުވަހަކުވެސް އެހެން މީހަކު ބޭނުމެއްވެސްނޫން، ޤަބޫލުކުރޭ އާމިރު“ އާމިރުގެ ރުޅިވެސް މިހާރު މަޑުވެއްޖެއެވެ. މަޑުމަޑުން ނަތާގެ ކައިރީ އިށީންދެއްޖެއެވެ. އެވަގުތު ނަތާ އަށް އާމިރު އަށް ބަލާލެވުނެވެ. އާމިރު ވަނީ ދާހިތްލާ ފޯވެފައެވެ. ނަތާ އާމިރުގެ އަތުގައި ހިފާލުމުން އާމިރު އަތް ދަމާއިގަތެވެ. ނަތާ އަށް އާމިރުގެ އަތްފެނުނީ އެވަގުތުއެވެ. އަތުން ލޭއަންނަތަން ފެނުމުން ފުންމައިގެން ނަތާ ތެދުވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަލަމާރި ތެރެބަލަންފެށިއެވެ. ނަތާއެ ހޯދާއެއްޗެއް ނުފެނުމުން އެނދުގެ ކައިރީ ހުރި ކުޑަ މޭޒުގެ ވަތްގަނޑު ހުޅުވާ ބަލާލިއެވެ. އޭގެ އެތެރެއިން ފަސްޓްއެއިޑް ފޮއްޓެއްނެގިއެވެ. ފޮށި ހިފައިގެން އާމިރުގެ ކައިރިއަށް އައިސް އުޑަފައިން އިށީންދެ އިންދެ އާމިރުގެ އަތް މަޑުމަޑުން ސާފު ކުރުމަށްފަހު ބޭސް އަޅާލިއެވެ. އާމިރު އިނީ ނަތާ އަށް ބަލަހަށްޓައިގެންނެވެ. “ ވަރަށް ތަދުވޭދޯ!” ނަތާ މަޑުމަޑުން އަހާލިއެވެ. “ އަހަރެންގެ ހިތަށް ކުރި އަސާރާއި ގާތަށްވެސް ތަދެއްނުވޭ“ އާމިރު ހާމަކުރީ ހިތުގެ ހާލަތެވެ. “ ނަތާ ގެއްލެން އަހަރެން ދުވަހަކުވެސް ބޭނުމެއްނުވޭ، އެހެންމީހަކު ނަތާ އާއި ކައިރިވާން ބޭނުމެއްނުވޭ، އަހަރެން ބޭނުންވަނީ ނަތާ ތިގޮތަށް އަހަރެންގެ ޙިދުމަތުގައި ހުންނަން“ އާމިރު ނަތާ އަތުގައި ހިފާ އެންދުގައި ބޭންދިއެވެ. ނަތާ ފުން ނޭވާއެެއްލަމުން އެވާހަކަ ހުއްޓާލަން އެދުނެވެ. ނަތާ ކައިރީ އަރާމު ކޮއްލަން ބުނެފައި އާމިރު ވަނީ ފާހަނާއަށެވެ. އާމިރު ނުކުމެގެން އައިސް ނަތާގެ މަގަތުގައި އޮށޯވެލިއެވެ. އަދި ނަތާ އާއި ކައިރިވެލިއެވެ. ނަތާ އާމިރުގެ ގައިގައި ބައްދާލުމަށްފަހު ބުންޏެވެ. “ ހިންގާ ނުކުމެލަން ބޭރުބަލާލަން“ އާމިރު ނަތާގެނަސް އާމިރުގެ ގަޔާލާ ފިއްތާލަމުން ވައި އަޑުންޖަވާބުދިނެވެ. “ ބޭރަށް ނުދިޔަސް ކުރާނެ ކަންތަށް އެބަހުރި” އާމިރު މިހެންބުނުމުން ނަތާ ހޭންފެށިއެވެ. “ އާމިރު އަށް އިންގޭދޯ އަހަރެންމި އިންގޮތް“ ނަތާ މިހެން ބުނަމުން ކުޑަކޮއްދުރަށް ޖެހިލިއެވެ. “ އަހަރެން މި ބުނީ ނިދާ ވާހަކައޭ، ނަތާ މިހާރު ހާދަ ނޯޓީއޭދޯ“ އާމިރު ވެސް ކުޑަކޮށް ދުރުވެލާފާ ލޯމަރާލިއެވެ. އާމިރު އޮތީ ނިދާފާއެވެ.ނަތާ އަކަށް ނުނިދުނެވެ. ތެދުވެ ފެންވަރާލައިގެން މަޑުމަޑުން ބޭރަށް ނުކުމެލީ ހޮޓާތެރެ ބަލާލާ ހިތުންނެވެ. ނަތާ މެންގެ ކޮޓަރީ ހުރީ ވަރަށް މަތީގައެވެ. ކޮޓަރިން ނުކުތުމާއިއެކު ނަތާ ގެ އަނގަ ހުޅުވުނީ ކުރިމަތިން ފެންނަމަންޒަރުގެ ހިތްގައިމު ކަމުންނެވެ. އިރު އޮއްސެން ކައިރިވެފައިވީއިރު އިރުގެ ގަދަ އޮރެންޖު ކުލައިގެ ދޯދިތަށް އެޅިފައި ހުރީ މަސްފެންގަނޑަކަށެވެ. މަސްތަށް ހީވަނީ ދިއްލިފައި ހުރިހެންނެވެ. ފެންގަނޑުގެ ފަހަތުން ވަރަށް ރީތި އިމާރާތް ތަކެއްފެންނަން ހުއްޓެވެ. ނަތާ އަޖާއިބުވެފައި ހުރެގެން ހިންގައިގަނެވުނީ މަސްފެންގަންޑާއި ދިމާލަށެވެ. ނަތާ ސިއްސައިގެންދިޔައީ ކުއްލިއަކަށް މީހަކު ނަތާ ގެ އަތުގައި ހިފާ ދަމާއި ގަތީމައެވެ. “ކަނބުލޯ ބަލާލައިގެންއުޅޭ“ ނަތާ ބަލާލިއިރު ކައިރީގައި ހުރީ ބޯޓުންވެސް ނަތާ ވެެެއްޓުނަ ނުދީ ހިފެހެއްޓި ޒުވާނާއެވެ. ނަތާ އަވަހަށް އަތް ފޮޅުވާލާފައި ވަށާއިގެން ހޯދާލިއެވެ. މިއަދު ވީ ގޮތް ހަނދާންވުމުން އޭނަ އާއި ދުރަށް ޖެހިލިއެވެ. “އަހަންނަށް ކިޔަނީ މަތީން” މަތީން އަމެއްލަ ތައާރަފެއްދިނެވެ. “ އަހަންނަށް ކިޔަނީ ނަތާ، މިއަދު ވީ ކަންތަކާ ވަރަށް ބޮޑަށް މާފަށް އެދެން“ ނަތާ އަވަހަށް ބުނެލިއެވެ. “ އަޅާނުލާ ތިކަހަލަ ރީތި ކުއްޖެއްލިބިފަ ހުރި ކޮންމެ މީހަކަށް ވެސް ވާނީ އެހެން” މަތީން ބުނެލި އެވެ. “ ހިނގާ ކޮފީއެއްބޯލަން، މީގެ މަތީ ފުލޯގައި ހުންނާނެ ބައިވަރު ރެސްޓޯރަންޓް ތަށް“ މަތީން އަވަށް ބެލީ ފުރުސަތުގެ ބޭނުން ހިފާށެވެ. “ ނޫން އަހަރެން މިތާ މަޑުކޮއްލާފައިދާނީ ކޮޓަރިއަށް“ ނަތާ މިހެން ބުނެލުމާއިއެކު ނަތާ އަށް ގޮވާހެން ހީވެގެން އެނބުރިލީއިރު އާމިރު ނަތާ އާއި ދިމާލަށް އަންނަނީއެވެ. ނަތާ އަވަހަށް ބަލާލީ މަތީން ކޮބާތޯއެވެ. މަތީން އޭރު ބާރު ހިންގުމުގައި ގޮސް ލިފްޓަށް އަރަނީއެވެ. ލިފްޓުގެ ދޮރުލެއްޕުމުގެ ކުރިން ނަތާ އަށް އެއްލޯމަރާލިއެވެ. ނަތާ ކައިރިއަށް އާމިރު ހުއްޓިފައި ހޭންފެށިއެވެ. “ ސޮރީ ޑާލިންގް އަހަންނަށް މާ ގިނައިރު ނިދުނީ ދޯ“ އާމިރު މާފަށް އެދުނެވެ. ނަތާ ހަށި ފުރާނޭވާއެއްލީ އާމިރަ އަށް މަތީން ނުފެންނަކަން އެންގުމުންނެވެ. “ ހިންގާ އެއްޗެއްކާލަން ދާމާ، ވަރަށް ބަނޑުހައިދޯ“ އާމިރު މިހެންބުނެ ނަތާގެ އަތުގައި ހިފައިގެން ލިފްޓަށް އަރަން ދިޔައެވެ.
ނަތާ ދެ ލޯ ބޮޑު ކޮއްލާފައި ހަޅޭއްލަވައިގަތެވެ. “ޕެރިސް” ނަތާ އަށް ކިޔާލެވުނެވެ. “އަހަންނަށް އިނގޭ ހަނީމޫން ވަރަށް ލަސްވެއްޖެކަންވެސް އެކަމަކު އަހަރެން މި މަޑުކުރީ ގިނަދުވަހު ތިބެވޭގޮތަށްދާން. މިހާ ވަރަށް ބުނެދެވޭނީ ދެންއޮތީ ސަޕްރައިޒް” އާމިރު ވަރަށް އުފާ ވެފައިހުރެ ބުނެލިއެވެ. ނަތާގެ އަރު ބެދޭގޮތްވިއެވެ. ވާހަކަ ދައްކަން ދަތިވެ ހުރުމަށް ފަހު ވަރަށް އުންދަގުލުން ބުނެލިއެވެ. “އަހަރެން ވަރަށް އުފާވެއްޖެ، ވަރަށް ބޮޑަށް ޝުކުރިއްޔާ” ނަތާގެ ލޮލުން ކަރުނަފައިބަން ފެށުމުން އަވަސް އަވަހަށް އާމިރު ގައިގައި ބައްދާލިއެވެ. އާމިރު ކުޑަކޮށް ނަތާ ދުރު ކޮއްލުމަށްފަހު ނަތާގެ މޫނަށް ބަލާލިއެވެ. “ނަތާ ކީއްވެ ތި ރޮނީ؟” “އުފަލުން ރޮވުނީ” ނަތާ މިހެން ބުނުމުން އާމިރު ނަތާގެ ގެނަސް ކައިރި ކޮއްލިއެވެ. ނަތާ ނުބުންޏަސް ކައިވެންޏަށް 2 މަސްވާން ކައިރިވިއިރު ނަތާ ވަނީ ހަނީމޫނަކަށް ކުރި އިންތިޒާރު ދޫ ކޮއްލާފައެވެ. އެވާހަކަ ނުދެއްކިޔަސް ނަތާ އެންމެ ކުޑައިރުވެސް ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ދިއުމުގެ ހުވަފެންދެކެއެވެ. “ނުރޮއެ ނަތާ! މީ އުފާވެލާފަ ހުންނަންވީ ވަގުތު. އަވަހަށް އަހަންނަށް ހިނިތުންވުމެއް ދައްކާލާ” އާމިރު ގަޔާ ނަތާ ދުރުކޮއްލިއެވެ. ނަތާ ލަދުން މޫނު އަނބުރާލިއެވެ. އަވަހަށް ވާހަކަ އޮޅުވާލަމުން އިޝާ ނަމާދު ކުރަން ހިންގާށޭ ބުނެލިއެވެ. އާމިރު ވިސްނާލިއެވެ. ނަތާ އާއި ކައިވެނި ކުރެވުން އެއީ އާމިރުގެ ނަސީބެވެ. ވަރަށް ބައިވަރު ހެޔޮ ބަދަލުތަށް އާމިރު އަށް ވަނީ އައިއްސައެވެ. މިވަރު ކަމެއް ނަތާ އަށް ކޮއްދިނުމަކީ އާމިރު އަށް ލިބޭ ވަރަށް ބޮޑު އަފަލެކެވެ. ނަމާދު ކޮއްނިމިގެންވެސް ތަކުރާރުކޮއް އާމިރު ދުޢާ ކުރިއެވެ. ބޯޓު ރަންވޭ މަތިން ނައްޓާލި ވަގުތު އާމިރު ނަތާގެ އަތުގައި ހިފާލިއެވެ. އާމިރު ހައިރާންވީ ނަތާގެ އަތް އޮތީ މުއްކަވާ ބާރުކޮއްލާފައެވެ. ނަތާ އަށް ބަލާލިއިރު ނަތާ އިނީ ދެލޯމަރާ ފިއްތާލައިގެންނެވެ. “ނަތާ ކިހިނެއްވީ؟” އާމިރު ހާސްވެފައި އަހާލިއެވެ. “ކަ..ކަމެއްނުވޭ” ވަރަށް އުންދަގުލުން ނަތާ ބުނެލިއެވެ. “ކޮންދޮގެއްތި ހަދަނީ؟ ނުބުނަންތި އުޅެނީ ކީއްވެ؟” އާމިރު އައީ ރުޅިއެވެ. ހައިރާން ވެފައި ނަތާ އަށް ލޯ ހުޅުވާލެވުނެވެ. “މާފްކުރޭ އާމިރު، ރުޅި ނާދޭ އަހަރެން ވަރަށް ބިރުގަނޭ އުސްތަން ތަނަށް އަރަން. އެހެންވެ ވަރަށް ބިރުގަނޭ ބޯޓު މަށްޗައް އަރާތީ” ނަތާ ދެރަވެލާފައި ބުނެލިއެވެ. އާމިރު ވަރަށް ބާރަށް ހޭންފެށިއެވެ. އަދި ނަތާގެ ގައިގައި ބާރަށް ބައްދާލިއެވެ. ނަތާ ހިތަށް އައިހައި ހެޔޮއެއްޗެއްކިޔަމުން އަނެއްކާވެސް ލޯމަރާލިއެވެ. ނަތާގެ އަތުގައި ހިފަހަށްޓާލަމުން އާމިރު ވަރަށް ލޯބިން ނަތާގެ އަތުގައި ފިރުމަންފެށިއެވެ. ކުޑަ އިރުކޮޅެއްްގެ ތެރޭގައި ނަތާ ގެ މުއްކަވާފައިވާ އަތުގެ ވާންކަން ކުޑަވެ އަތް ހުޅުވާލާ އާމިރުގެ އަތުގައި ހިފާލިއެވެ. އާމިރު ހިނިތުން ވެލަމުން ތަނާގެ އަތުން ދޫކޮއްލީ ޖީބުގައި އޮތް ނިދާ ބޭސް ގުޅަ ނަތާ އަށް ދޭށެވެ. “ނަތާ މި ބޭސް ގުޅަ ކާލައިގެން ނިދާލާ. އޭރުން ވަރަށް ހަމަޖެހޭނެ ދެވެންވާއިރަށް” ނަތާ ލޯ ހުޅުވާލާ އާމިރު ދިއްކުރި ބޭސް ަގުޅައިގައި ހިފާ ފެންފުޅިނަގާ ބޭސްގަޅަ ކާލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ނަތާ އަށް ނިދިއްޖެއެވެ. އާމިރު ވެސް ހަމަޖެހިލާ ލޯ މަރާލިއެވެ. މާ ގިނަ އިރުތަކެއްނުވެ އާމިރު އަށް ވެސް ނިދިއްޖެއެވެ. ނަތާ އަށް ހޭލެވުނީ ވަރަށް ބާރަށް މީހަކު ނަތާގެ ކޮނޑުގައި ހިފާ ތަޅުވާތީއެވެ. “ނަތާ އަވަހަށް ހޭލާ ބޯޓު ޖައްސައިފި” ނަތާ ލޯ ހުޅުވާލުމުން އާމިރު އަތް ދަބަސް ހިފައިގެން ނުކުންނަން ހިނގައިގަތެވެ. ލޯހުޅުވާލާ ނަތާ ބަލާލީ ބޯޓު ތެރެއަށެވެ. ބޯޓުގައިތިބީ ވަރަށް މަދު މީހެކެވެ. މުޅި ދަތުރު އެކީ ނިދުނީތީ ނަތާ ހުރީ ހައިރާންވެފައެވެ. އަވަސް އަވަހަށް ތެދުވިއިރުވެސް ނަތާގެ ބޮލައް ބަރުވެ އަރިއަޅާ ގޮތްވަނީ ވެފައެވެ. ހިތްވަރުކޮއްފައި ތެދުވެ ނެގި ފިޔަވަޅާއިއެކީ ނަތާ ވެއްޓެންދިޔައެވެ. ލޯމަރާ ބާރުކޮއްލީ ވެއްޓުމުން ލިބޭނެ ވޭނަށް ތައްޔާރުވާ ކަހަލަ ގޮތަކަށެވެ. އެކަމަކު ނަތާ ހީކުރިގޮތާއި ޙީލާފަށް ނަތާ ބިންމައްޗަކު ނުޖެހެއެވެ.މީހަކު ނަތާ ހިފެހެއްޓިއެވެ. ފުންނޭވާއެއްލަމުން ނަތާ ލޯ ހުޅުވާލީ އާމިރު އަށް ޝުކުރު އަދާ ކުރުމަށް ތައްޔާރުވަމުންނެވެ. ލޯ ހުޅުވާލުމާއިއެކު ތެޅި ގަނެވުނީ ނަތާ ގެ ގައިގައި ހިފަހަށްޓައިގެންހުރީ އާމިރު ނޫންކަން އެންގުމުންނެވެ. “ ލޯބީ ބަލައިގެންއުޅޭ ނޫނީ ތި ލޯބި ކުއްޖާއަށް އަނިޔާއެއް ވެދާނެ“ ނަތާ އާއި ދާދި ކައިރިން ނަތާ އަށް ބަލަންހުރި މީހާ ބުނެލިއެވެ. ނަތާ އަވަސް އަވަހަށް އޭނާގެ އަތުތެރެއިން ދުރުވެލިއެވެ.އަދި ސޮރީއޭ ބުނެލިއެވެ. ރުޅިއައިސް ރަތް ވެފައިވާ އާމިރު އައިސް ނަތާގެ އަތުގައި ހިފާ ދަމައިގަންނަމުން އެމީގެ މެއިގައި އަޅާ ކޮއްޕާލިއެވެ. އަދި އެވަރުންވެސް ނުފުދިގެން ގޮސް އެމީހާގެ މޫނުމަތީ ބާރު އެތިފަހަރެއް ޖަހާލިއެވެ. “މަގޭ އަންހުނުންގެ ގައިގައި އަތްނުލާތި، ކޮން ލޯބިއެއް ކިޔާކަށް؟ ނުލަފާ ފިރިހެނާ“ އާމިރުގެ ވާހަކަ މިހިސާބަށް ދިޔައިރު އަނެއްކާވެސް އެމީހާގެ ގައިގައި ހިފަން އަތްހޫރަނީއެވެ. އޭރު ފުރަތަމަ އާމިރު ޖެހިތަނުގައި އަތްއަޅާ ފައިބަމުންދިޔަ ލޭ މައިތިރި ކުރަން މަސައްކަތް ކުރަނީއެވެ. އެވަގުތު ކައިރީ ތިބި މީހުން އާމިރު އެމީހާ އާއި ދުރުކުރެވޭތޯ އުޅެއެވެ. މި މަންޒަރު ފެނި ނަތާ ކަންތައްބޮޑުވެ އާމިރު ކައިރިއަށް ގޮސް އާމިރުގެ ގައިގައި ހިފެހެއްޓޭތޯ އުޅުނެވެ. އާމިރު ނަތާ ގެ އަތުގައި ހިފާ ދަމާފާހެން ހިފަހަށް ޓައިގެންތިބި އެންމެން ދުރަށް ކޮއްޕަމުން ނުކުންނަން ހިންގައިގަތެވެ. މާފް ކުރާށޭ ބުނާ ކަހަލަ ގޮތަކަށް ނަތާ އެމީހާއަށް ބަލާލިއެވެ. ރުޅިވެރި ގޮތަކަށް އެމީހާ އާމިރު އަށް ބަލަމުން ކައިރީތިބި މީހުނާ ކޮންމެސް ވާހަކަ ތަކެއް ދައްކައެވެ. ބޯޓުގެ ސިޑިން ވެސް އާމިރު ނަތާ ގެންދިޔައީ އެއްވެސް ބެލުމެއްނެތިއެވެ. ލަގެޖް އަންނަން ދެކަށް ހުއްޓި ހުރިއިރު ނަތާ އާމިރު އާއި ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. އެކަމަކު އާމިރު ރުޅިއައިސް ރަތްވެފައި ނަތާ އަށް ބަލާލުމުން ނަތާ އަވަހަށް ވާހަކަ ހުއްޓާލައެވެ. މިކަހަލަ ގޮތަކަށް އެއަރޕޯޓުން ނުކުމެ ހޮޓަލުގެ ވޭނަށް އެރިއެވެ. ވޭނަށް އެރުމާއި އެކު ނަތާ ގެ ކޯމަތީ އާމިރު ވަރަށް ބާރަށް ޖަހައިފިއެވެ. ވީ ތަދާއި އެކު ނަތާގެ ބޮލަށް އެންބުރުންވެސް އަރައިފިއެވެ. ހޮޓަލާއި ހަމައަށް ދެވެންދެކަށް ވެސް ނަތާ ގިސްލާރުއީއެވެ. އެކަމަކު އާމިރު އަށް މިކަމުން އަސަރެއް ކުރިހެން ހީހެއްނުވެއެވެ.
ނަތާ ނަމާދު ކޮށް ނިމިގެން ސޯފާ ގައި އިށީންދެލީ ވަރަށް ވަރުބަލިވެފައި ހުރުމުންނެވެ. ކުޑަ އިރު ކޮޅެއްގެތެރޭގައި ނަތާ އަށް ނިދިއްޖެއެވެ. އާމިރު ގެޔަށް ވަދެގެން އައިއިރު ނަތާ އަށް ނިދިފައި އިންތަންފެނި ނަތާ ގެންގޮސް ކޮޓަރިއަށް ލުމުގެ ބޭނުމުގައި ކައިރިވީ ވަގުތު ސިހުނީ ބަދިގެއިން އަޑެއް އިވުމުންނެވެ. ބަދިގެޔާ ކައިރިވީއިރު އާމިރުގެ މަންމަގެ އަޑު އިވުނެވެ. ޝަކުވާ ކުރަމުން ބިންމައްޗަށް ވެއްޓި ތެޅިފައި އޮތް ތަށި ނަގަން މަންމަ އިނީ އުޑަފައިން އިށީންދެގެންނެވެ. “އާމިރު” މަންމަ ބާރަށް ގޮވާލިއެވެ. “ޝޫޝް މަންމާ ނަތާ އަށް އޮތީ ނިދިފައި!” އާމިރު ވައި އަޑުން ބުނެލިއެވެ. ދަރިފުޅުގެ މި ބަސްތަށް އައިމިނަ އަށް ޤަބޫލު ކުރަން ދަތިވެފައި އިންދެވުނެވެ. އެ ނުލަފާ އަންހެނާ އަހަރެންގެ ދަރިފުޅުގެ ލޮލަގައި މި ހުރީ ކޮންކަހަލަ އަނދުނެއް އަޅުވާފަ ބާއޭ ހިތަށް އެރިއެވެ. “މުޅި ދުވަހު ނިދުން ނޫން ކަމެއް އޭނަ އެބަ ކުރޭތަ؟” އައިމިނަ ދޮގުހަދާލިއެވެ. އާމިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ދެން ކާކު ގޭތެރޭ ކަންތަށް ކުރަނީ؟” އާމިރު ސުވާލު ކުރިއެވެ. ” ކާކު ހެން ހީވަނީ؟” ދެރަވާ ގޮތް ދައްކާލަމުން އައިމިނަ ބުންޏެވެ. އާމިރު އަށް ދަތްވިކާލެވުނެވެ. ނަތާ ކުރިންދުވަހަކު މަންމަގެ އެހީ ބޭނުންވާ ވާހަކަ އެބުނީ ނަތާ ކަމެއް ނުކޮއްހުރެތާ! ހިތާ ހިތުން މިހެން ބުނަމުން އާމިރު މަންމަ ގާތު ކޮޓަރިއަށް ދިއުމަށް އެދުނެވެ. “އަހަރެން ނަތާ އާއި ވާހަކަ ދައްކާނަން” މިހެން ބުނެ އާމިރު އެންބުރި ދިޔައީ ނަތާ ކައިރިއަށެވެ. އައިމިނަ ހަމަ ޖެހުމުގެ ނޭވާ އެއްލަމުން ކޮޓަރިއަށް ވަނެވެ. އައިމިނަ ބޭނުންވާހެން ކަންތަށް ވުމުން ކުރެވުން މޮޅުކަމާއިގެން ހެވިފައި ހުރެ އެނދުގައި އޮށޯތެވެ. އާމިރު ހީކުރީ ކުޑަކޮއްވިޔަސް މަންމަ އަށް ނަތާ އެހީ ވާކަމަށެވެ. ހިތުގައި ރުޅިވެރިކަން ގަދަކުރަމުން ނަތާ ނިދާފައި އޮއްވާ ކައިރިއަށް ގޮސް އަތުގައި ހިފާ ބާރު ލުއްކިއެއްޖަހާލިއެވެ. ނަތާ އަށް ކުއްލިއަކަށް ހޭލެވުމާއި އެކު ތެދުވެއްޖެއެވެ. “ކިީއްވެ ތި ނިދަނީ މިގަޑީގައި؟” އާމިރު ސުވާލު ކުރީ ވަރަށް ރުޅި އައިށްސަހުރެއެވެ. “ސޮރީ ވަރުބަލިވެގެން ނިދުނީ، ގަސްތުގައެއްނޫން” ނަތާ ޖަވާބުދިނީ ވަރަށް ބިރުން ހުރެއެވެ. ކޮންކަމެއް ކުރާތީ މީނަމިހާ ވަރުބަލިވަނީ އާމިރު ހިތާހިތުން ސުވާލު ކޮއްލިއެވެ. އިތުރަށް ރުޅި އައުމުން ނަތާ ގެ އަތުގައި ހިފައިގެން ބަދިގެޔަށް ދަމާާފައި ކަހަލަ ގޮތަކަށް އާމިރު ގެންދަންފަށައިފިއެވެ. ބަދިގެ އާއި ހަމަވުމުން ނަތާ ގެ ބުރަކަށީގައި އަޅާ ބަދިގެ ތެރެއަށް ކޮއްޕާލަމުން “ގޭ މަސައްކަތް ނުނިންމާ ނިދައިގެން ނުވާނެ” މިހެން ބުނުމަށް ފަހު އާމިރު ކޮޓަރިއަށް ހިންގައްޖެއެވެ. ކޮއްޕާލުމުން ނަތާާ ވެއްޓުނީ ތެޅިފައިވާ ތަށީގެ ފުޅި ތޮށި ތަކުމައްޗަށެވެ. ދެ ފައިގެ ކަކޫ ޖެހުނީ ބިންމަތީގައިއެވެ. އަތް ވިއްދާ ލެވުނީ ކިރިޔާއޭ އެހެންނޫންނަމަ ގަޔަށްވެސް ފުޅިތޮށި ހެރުނީހެވެ. ކަކުލަގަ އަޅާ ވޭނަށް ނުވިސްނާ އަވަހަށް ބަދިގެ ސާފުކުރަން ނަތާ ފަށައިފިއެވެ. މަސައްކަތުގައި ހުރި އިރު ނަތާ އަށް ގިސްލަ ގިސްލާފައި ރޮވެމުންދިޔައެވެ. އާމިރުގެ ފަރާތުން މިފަދަ ކަމެއްފެނިދާނެކަމަށް ކުޑަކޮއްވެސް ނަތާ ނުވިސްނާއެވެ. ބަދިގެ ސާފު ކުރުމަށްފަހު ނަތާ ދިޔައީ ފާހަނާ އަށެވެ. ލައިގެން ހުރި ހަރުވާޅު ބޭލިއިރު ހީކުރި ވަރަށް ވުރެން ބޮޑަށް ދެ ކަކޫ ވަނީ ހަލާކުވެފައެވެ. މަޑުމަޑުން އެތަން ސާފުކުރަން ނަތާ ފެށިއިރުވެސް ނަތާ އަށް ރޮވެމުންދިޔައެވެ. ގިސްލާ އަޑު ފާހަނާ އިން އިވުމުން ޓީވީ ބަލަން އޮތް އާމިރު ފުންމައިގެން ގޮސް ފާހަނާގެ ދޮރު ހުޅުވިއެވެ. އޭނާގެ ސަބަބުން ނަތާ އަށް މިވަރުގެ އަނިޔާ އެއްލިބުނުކަން އާމިރު ނުދެނެހުއްޓެވެ. ބަލާކަށް ނުހުރެ ނަތާ ނަގާ އަތް މައްޗަށް ލައިގެން ގެނަސް އެނދުގައި ބޭންދުމަށްފަހު ބޭސްފޮށި ހިފައިގެން އައިސްބޭސް އަޅާދޭންފެށިއެވެ. “އަހަންނަަށް ވަރަށް ބޮޑަށް މާފު ކޮއްދީ، އަނިޔާ އެއްދޭކަށް ނޫން އަހަރެން ނަތާ ކޮއްޕާލީކީ. އެއްގޮތަކަށް ވެސް ހަނދާނެއްނެއް ތަށި ތެޅިފައި އޮތަކަމެއް” އާމިރު އަށް ހަމަ އަސްލުގައިވެސް އެވަރު ހަނދާން ނެތުނީއެވެ. ކޮއްޕާލުމުން ނަތާ ވެއްޓުނުކަން އާމިރު ދެނެހުއްޓެވެ. އެކަމަކު އައިސްފާ ހުރި ރުޅި އަކުން އެކަމާ އަޅާނުލާ އައީ އެވެ. “އަހަރެން މާފް ކޮއްފިން” ގިސްލަމުން ނަތާ ބުނެލިއެވެ. އާމިރުގެ ހަށިގަނޑާ ކައިރި ކޮއްލަމުން ނަތާ އެނދުގައި ބޭއްވިއެވެ. އަދި އާމިރު އެނދުގައި އޮށޯތެވެ. “އަހަންނަށް މާފު ކޮއްދީ ، އެއްގޮތަކަށްވެސް ގަސްތުގަ ކުރިކަމެއްނޫން ނަތާ” އާދޭސްކުރާ ކަހަލަ ގޮތަކަށް އާމިރު ބުނިއެވެ. “އަސްލުވެސް އަހަރެން މާފު ކޮއްފިން ” ނަތާ މިހެން […]
މި ރެއަކީ ނަތާގެ ކައިވެނި ވެވުނުރެއެވެ. ނަތާ ހުރީ ވަރައްބޮޑަށް ބިރުގަނެފައެވެ. އާމިރުގެ ކޮޓަރިއަށް ނަތާ ވެއްދީ އާމިރުގެ ކޮއްކޮ އާއި ފަހަރިއެވެ. އެކި އެއްޗިި ކިޔަމުން ނަތާ އާއި ދިމާކުރަމުން ކޮޓަރީގެ އެތެރެއަށް ނަތާ ލުމައްފަހު ދޮރުލައްޕާފަ ނުކުމެގެންދިޔައީއެވެ. މިއަދަށް އިރުއެރިއިރު ނަތާ ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ނަތާ ކުރަމުންއައި ދުޢާ އިޖާބަ ކޮއްދެއްވުމުންނެވެ. ނަތާގެ ހިތުގެ ރަސްގެފާނު އައިސް ނަތާ ގެންދާތީ ނަތާ ހުރީ އުފަލުން ފޮޅިފައެވެ. ނަމަވެސް މިހާރު ނަތާ ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ. . މި ކައިވެންޏަކީ ދެފަރާތުގެ އާއިލާ އިން ހަމަޖެއްސި ކަމެއްނަމަވެސް ނަތާ އާއި އާމިރު ވެސް މިކަމާ ރުހިޤަބޫލުވީ ދެމީހުނައްވެސް އެކަކު އަނެކަކު ކަމުދާތީއެވެ. ކައިވެނީގެ ކުރިން ދެފަހަރަކު އާއިލާއާއި އެކު ދިމާވެ ވާހަކަ ދައްކާލެވުނަސް ނަތާ އަށް އާމިރު ވަރަށް އަލެވެ. ނަތާ އެންމެ ބިރުގަންނަނީ މީ މުޅިން އާ ތަނަކަށް ވެފައި މި ގޭގައި ދިރިއުޅުންވޭތު ކުރަން ނަތާ އަށް އުންދަގުވެދާނެތީއެވެ. އާމިރު އާއި މި އާއިލާގެ ކަންތަށް ނަތާ ޖެހޭނީ ދަސްކުރަންށެވެ. މަންމަގެ ބަސްތަށް ނަތާގެ ހިތަށް ވަނެވެ. ” ނަތާ އަބަދުވެސް ހަނދާން ކުރާތި ނަތާގެ ޒިންމާތަށް،، ނަމާދު ނާޅާތި، ފިރިމީގެ ދެ ދުނިޔެ ބާއްޖަވެރި ކޮއްދޭ މީހަކަށް ނަތާ ވާތި، އާމިރުގެ މަންމަ އަކީ މި މަންމަ ނޫނަސް މަންމަ ކަމަށް ދެކިގެން ހުރިހާ ކަމެއްކޮއްދޭތި، ކެއްތެރި ކަމާއެކު ހުރިހާ ކަމެއްގަ އިސްކުރާތި”. ނަތާގެ ހިޔާލުތަށް މިހިސާބުން މަޑު ކޮއްލުމަށްފަހު ނަތާ އަށް މި އިނދެވުން ކޮޓަރި ބަލާލެވުނީ އަދި ކިރިޔާއެވެ. މުޅި ކޮޓަރީގެ ފަރުނީޗަރު ތަށް ހުރީ ކަޅު ކުލައިގެ ވަކަރުންނެވެ. ކަޅު ކުލައިގެ ދޮރުފޮއްޗާއި ކަޅު ބެޑްޝީޓެ ކެވެ. ހުދު ކުލައިގެ އެންދަކާާ ހުދު ބާލިސްތަކެކެވެ. މުޅި ކޮޓަރިންވެސް ފެންނަން ހުރީ މުއްސަނދިކަމެވެ. ބޮޑު ޓީވީ އެއްފާރުގައި ހުރިއިރު ކުޑަ އައިސް އަލަމާރިއެއްވެސް ކޮޓަރީގެ އެއްކަނެއްގައި އެބަހުއްޓެވެ. ނަތާ އަކީ އާދައިގެ ދިރިއުޅުމަކަށް އާދަވެފައިވާ ކުއްޖެކެވެ. މި ކަހަލަ ދިރިއުޅުމަކަށް ހޭނެން ވަގުތު ނަގާނެއެވެ. ނަތާ އާއި ވަރަށް ކައިރިން ގޮދަޑި މަޑު މަޑުން އަޑި އަށް ދިއުމުން ނަތާ ސިހިފައި ބަލާލިއިރު އާމިރު ދާދި ކައިރީގައި އިށީންދެއިނީ ނަތާ އަށް ބަލާށެވެ. ނަތާ އިސްޖަހާލީ ލަދުންނެވެ. “އައްސަލާމު އަލައިކުމް” އާމިރު މަޑު މަޑުން ސަލާމް ގޮވާލިއެވެ ވައި އަޑުން ނަތާ ސަލާމް ބަލައިގަތެވެ.” ވައަލައިކުމުއް ސަލާމް ” ނަތާ ގެ ނަމާ އެއްވަރަށް ނަތާ ވެސް ވަރަށް ރީތި ” ނަތާ ގެ ދަތްދޮޅީގައި ހިފާ އާމިރު އާއި ހަތަރު ކަޅި ހަމަ ކޮއްލަމުން އާމިރު ބުނެލިއެވެ. ނަތާ އަށް ބަލަން އާމިރު އިނީ ވަރަށް ލޯބިންނެވެ. ނަތާ ގެ ބޮޑު ދެލޯ އާމިރުގެ ހިތް ފަތަހަ ކޮއްފިއެވެ. ނަތާގެ ރީތި ކަމާ އެއްވަރަށް ރީތި އަޙްލާގެއް ލެއްވުމަށް އާމިރު ހިތާހިތުން ދުޢާ ކޮއްލިއެވެ. ނަތާ އަކީ ހިކި ކުއްޖެއްނޫނެވެ. އެކަމަކު ފަލަވެގެން ހުތުރެއްނޫނެވެ. ނަތާ ހުންނަނީ އާމިރު އެންމެ ގަޔާވާހެނެވެ. ނިވާ ވާ ވަރަށް ބުރުގާ އެޅުމަކީ ނަތާ އަބަދުވެސް ވަރަށް ވިސްނާ ކަމެކެވެ. ދިގުކޮއް ހެދުން ލާފައި ކަޅު ބުރުގާ އެޅީ ސްކޫލު ނިމުނު ގޮތަށެވެ. އޭގެ ކުރިންވެސް ނަތާ އަކީ ކުރުހެދުން ލައިގެން އުޅުނު ކުއްޖެއްނޫނެވެ. ނަތާގެ މަންމަ އާއި ބައްޕަ އަކީ ވެސް ދީނަށް ލޮބި ކުރާ ދެމީހުނެވެ. އެހެން ކަމުން ނަތާމެން ބޮޑު ވެގެންއައީ އިސްލާމީ ތަރުބިއްޔަތު ލިބިގެންނެވެ. […]