އިރު އޭގެ ވާޖިބް އަދާކުރުމަށްޓަކައި ދުނިޔެމަތި އަލިކޮށްލިެެވެ.ހެނދުނު ވަގުތު ޖެހޭ ފިނި ރޯޅިން ހިތަށް ފިނިކަން ލިބެއެވެ. އެވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް އިން ނުކުތް ޒުވާނާ އަށް އެތަށް ބައެއްގެ ލޯ ހުއްޓެމުން ދިޔައެވެ. ކަޅުކުލައިގެ ޓީޝާޓަކާ ކަޅުކުލަެިގެ ސްކިނީ ފަޓުލޫނެއް ގައި ހުރިއިރު ދޮންހަންގަމޑާ ނުހަނު ގުޅެއެވެ.ފަން ކަޅުކަން ގަދަ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްފައި ހުރިއިރު ކަޅުކަން ގަދަ ދެ ލޮލުގެ ޖާދޫ ގައި ކޮންމެ މީހަކު ވެސް ޖެހޭނެކަން […]
ރޭގަނޑުގެ އަނދިރިކަން ފިލައި އައު ދުވަހަކައް އިރު އެރީއެވެ. ގޭތެރޭގައި މަސައްކަތްތެރިވެ ެކި މޭހުން އުޅުނެވެ. ކޮންމެ ދުވަހަކު ވެސް ހާލަކީމިއީއެވެ. އެކި މީހުން އެކި ކަން ކުރަމުން ދިޔައިރު މައިހާ ހުރީ ބަގީޗާގައި އިންދާފައި ހުރި ގަސްތަކައް ފެންދެމުންނެވެ. ބަގީޗާގައި އެކި ކަހަލަ މާ ގަސް ތައް ވަނީ އިންދާފައެވެ.އޯކިޑް މާ،ސާމާ،ފިނފެންމާ،މަލިކުރުވާ މާ،އަސުރު މާ ހިމެނޭ ގޮތައް ހުރި މި ބަގޭޗާއަކީ ވަރަށް ރީތި ބަގީޗާއެކެވެ. ސުމާ ގޭތެރޭގެ ހުރިހައި މަސަަކަތެއް ކުރާއިރުވެސް ނުކައި އެތައް […]
“ހަލޯ…” ނުދަންނަ ނަންބަރަކުން އައި ފޯނު ކޯލަށް ޖަވާބުދިން ހުދާ ކިޔައިލިއެވެ. “އަލީޝާގެ ހަބަރެއް ވެއްޖެތަ؟” އެކޮޅުން އީތަންގެ އަޑު އިވުމުން ހުދާއަށް ކަންފަތުން ނަގާފައި ފޯނަށް ބަލައިލެވުނެވެ. އޭނާގެ ނަންބަރު އަނެއްކާާ ތަނެއްގައި ސޭލްއަޅުވާފައި އޮތީބާއޭ ހިތަށްއެރިއެވެ. “ހަމްދާން ވިސްނައިގެން އުޅޭތި!” އީތަންއަށް ނަންބަރު ދިން ފަރާތަކު ހިތުލަފައަކަށް ހުދާ ވައިއަޑުން ކިޔައިލިއެވެ. “ކީކޭ؟” އީތަންއަށް ހުދާ އެއްޗެއް ބުނި އަޑު އިވިގެން އަހައިލިއެވެ. “ނޫން ނޫން އެއްޗެކޭ ނޫން.” ހުދާ އަނެއްކާވެސް ކަންފަތުގައި ފޯނު […]
” އަޅުގަނޑު ތިޔަ އާއިލާއަކަށް މަޖުބޫރެއް ނުކުރާނަން… ކޮންމެ ޖަވާބެއް ދިނަސް އަޅުގަނޑު ހަމަ ހިތްހެޔޮ… ޖަވާބަކީ ނޫނެކޭ ކަމުގައިވާނަމަ މީ ނުދައްކާ ވާހަކައެއް…” މޫސާމަނިކު ބުންޏެވެ. ” އައި ޖަސްޓް ކާންޓް ބިލީވް ދިސް.. ހައު ޑެއަރ ޔޫ ވިކީ… ” ވިކްޔަންގެ ގިރުވާނުގައި ދެއަތުން ހިފައި ބާރުކޮށްލަމުން ޝެރީ ބުންޏެވެ. ” ޝެރީ މައި ޗެރީ… އައި ލަވްޔޫ” ބެލްކަނީގައި ތިރިއަށް ބަލަހައްޓައިގެން ހުރި ޝެރީގައިގާ ފަހަތުން ބައްދާލަމުން ވިކްޔަން ބުންޏެވެ. ” މީގެ ފަހުން އަހަރެން އަންނަންދެން އިންތިޒާރު ނުކުރާތި… ތިހުންނަ މުސްކުޅި ގޮތްގަނޑު އަހަންނަށް ކަމަކުނުދޭ..” ގައިގާ ރަޖާ އަޅާލުމަށްފަހުުު ލޯމަރާލަމުން ވިކްޔަން ބުންޏެެވެ. ” ބައިވަރު ޑޮކްޓަރުންނަށް ދެކިއްޖެ.. އެކަމަކު އެދެވޭ ކަހަލަ ފަރުވާއެއް ނުލިބުނު…. މާލޭގަ ތިބި ޑޮކްޓަރުންވެސް ބުނަނީ ރާއްޖޭން ބޭރަށް ދާން… އެފެންވަރެއް އަހަރުމެންގެ ކިބައަކު ނެތް…” މޫސާ މަނިކުގެ އަޑުގައިވި ރިހުމާ ޝަބްނަމްގެ މޫނުމަތިން ފެންނަމުންދިޔަ […]
އަރައިގެން އައި އިރާއެކު މާއިރާއަށް އިވިގެންދިޔަ ހަބަރަކުން ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ކަހަލައެވެ. އޭނާއަށް އެޙަބަރު ގެނެސްދިން އިފްނާގެ މޫނުމަތި ވަގުތުން ފުސްވިއެވެ. ޤަބޫލުކުރަން ދަތިވިއެވެ. އެނދުމަތީގައި އޮތް މީހާ ކުއްލިއަކަށް ކޮޅަށް ޖެހުނެވެ. “ތީ ކާކު އިފްނާ ކައިރީގައި ދައްކައިގެން އުޅޭ ވާހަކައެއްތަ….؟” މާއިރާ ހަޅޭއްލަވާގަތެވެ. “އާކުގެ ރައްޓެއްސެއް ގުޅާފައި ބުނީ. އެއީވެސް އެކަމުގައި އުޅޭ މީހެއް. ރޭގައި އާކު ނިދާކަށްވެސް ނާދޭ. ފޯނުވެސް އޮފްކޮށްފަ އޮތީ” އިފްނާ ވާހަކަދެއްކިއެވެ. އޭނާގެ މޫނުމަތީގައި […]
އޭރު ވާރޭގެ ތިކިތައް ހުއްޓުމެއްނެތި ބިމަށް ހަމަލާދެމުންދިޔަގޮތުން ނައިނާ ތެމިފޯވާކަށް ގިނަވަގުތެއް ނުނެގިއެވެ. ޑްރައިވްވޭގައި ހެދިފައިވާ ފެންކޯރުތަކުގެ ތެރެއިން ނައިނާ ގޭޓާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ހައިޒަލް ވާރޭ ތެރޭ ދުވެލައިފައި އައިސް ނައިނާއާއި އަރާހަމަކުރިއެވެ. ނައިނާ ހުއްޓުމެއްނެތި ކުރިއަށްދާންފެށުމުން އަތުގައި ހިފާ އަނބުރާލިގޮތުން ނައިނާ އައިސް ތަތްވީ ހައިޒަލްގެ މޭގައެވެ. ނައިނާގެ ދެލޯބޮޑުވިއިރު ވަގުތުން ހައިޒަލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލައިފިއެވެ. ޔޫ ސުޑް ބީ އޮނަރޑް ޓު ޑްރައިވް އިން މައި ކާރ… ހައިޒަލް […]
މިންހާގެ ރީތި ސޫރަ ފެނުމާއެކު އިއާންގެ ހިތުގައިވި ޖަޒުބާތުތައް އުތުރި އަރަން ފެށިއެވެ. އެހިތް އުފަލުން ނަށަންފެށިއެވެ. އެވަގުތުކޮޅަށް ނިމުމެއް ނާންނާނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. އަބަދުވެސް އެހިތްގައިމު ސޫރައަށް ބަލަން ހުރެވޭނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިޔައިރު ދެހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. އެކަކު އަނެކަކާ ދުރުވާން ނެގިފާ ދެމީހުންވެސް ތިބީ ހުއްޓުންއަރާފައެވެ. ދެމީހުންގެ ލޮލާއި ލޯ ބައްދަލުވެފައިވުމުން އެކަކަށްވެސް ނަޒަރު ވަކިކޮށެއްނުލެވުނެވެ. ހީވަނީ […]
32 ވަނަބައިގެ ތެރެއިން…. “ނަނާ އޭނައަށް ރަނގަޅުގޮތަށް ކަންތައް ކުރާއިރު ކީއްވެ މާއިރާއާއި އޭނަގެ ދަރިންނަށް ދެވަނަ ފުރުޞަތެއް ނުދޭންވީ. ކީއްވެ؟ ބުނެބަލަ؟ މީހަކު މަރާލަން ކަރުގައި ވަޅި ޖެއްސި މީހާއާއި އެކަމަށް ހިތްވަރުދޭ މީހާއަކީ ﷲ ގެ ހަޟްރަތުގައި ހަމަހަމ ވެގެންވާ ދެމީހުން. ދެން ކީއްވެ އެ އަންހެންކުއްޖާ ސަލާމަތްކުރަން ތިއުޅެނީ؟ ކީއްވެ އޭނައަށް ތިގެއިން ޖާގަދިނީ. މަށަށް މިހާރު ވިސްނިއްޖެ. ނަނާ ޑްރާމާ ޖައްސަނީކަން. ޙަޤީޤަތުގައި ނަނާގެ ހިތުގައި ދާންއަށްޓަކައި ލޯތްބެއްނެތް. އެހެންނަމަ ދާންގެ […]
ދެރަވެލާފަ ހިނިތުންވެލަމުން އަލީ ވަހީދު އާއި ލާނާ ސުވާލު ކޮށްލިއެވެ. ” ތިމީހާ އަކީ ހަޤީގަތުގަވެސް މަގޭ ފިރިމީހާ ނަމަ މީގެ ކުރިން ނުފެނުނީ ކީށްވެ”؟ އަލީ ވަހީދު އަކީ ކުރު ކޮށް ހިކި ކޮށް ހުންނަ މީހެކެވެ. ލާނާ ސުވާލު ކުރި އިރު ބަލަންހުރީ ސީދާ އަލީ ވަހީދު އަށެވެ. “އޭނާގެ ވާހަކަ ތަކުން ބުނެދިންގޮތުގައި ބޯޓު އަޑިއަށް ދިޔަފަހުން ދެދުވަސް ވަންދެކަށް ކަނޑުގައި އޮށްވާ މަސްބޯޓަކުން އޭނާ ނެގިއެވެ. ބޯޓަށް ނެގިއިރު އެށްވެސް ކަމެށް ހަންދާނެށް ނެތެވެ. އަމެށްލަ ނަންވެސް ބުނެދޭން ނޭންގުނެވެ. މީގެ މަސްތަކެށް ކުރިން ހަނދާންތަށް އަނބުރާ ލިބުމުން އަވަހަށް މި ރަށަށް އައުމަށް ދަތުރުފެށީ އެވެ”. “އަމެށްލަ ނަންވެސް ހަނދާންނެތުން މީ އަހަރެން އަޑުއަހާފަ ވާ ވާހަކަ އެށް ނޫން” މުހުސިން ރުޅި ވެރިކަމާ އެކީ ބުނެލިއެވެ. “މީ ހަމަ ވެދާނެ ގޮތެށް. އަޅުގަނޑު ވާހަކަ ދެށްކިން މި އާއިލާ އަށް ހުންނަވާ ޑޮކްޓަރ އާއި. މަދުންވިޔަސް ދިމާވާ ގޮތެށް.” އަލީ ވަހީދު މިހެން ބުނުމުން މުހުސިން ގެ ރުޅި އިތުރަށް ގަދަވިއެވެ. “ހާދަ ޝައުގުވެރި ވާހަކަ އެކޭ ދޯ” “ގަވަރނަރ ރަނގަޅަށް ދަންނަ މީހަކު ލަށްވާ ވާހަކަ ނުދަށްކާ ވަކި ގޮތަކަށް ނިންމާ ލެވޭ ކަށްނެއް” އަލީ ވަހީދު ބުންޏެވެ. “އަލީ ވަހީދް” ލާނާގެ ހަށިގަނޑުގެ ތެރޭގައި ހިނގާ ކަންތަށް ކޮންޓުރޯލް ކުރަން މަސައްކަތް ކުރަމުން ބުންޏެވެ. “އަލީ ވަހީދު ތީ އަހަރެންގެ ފިރިމީހާ އެންމެ ބޮޑަށް ދަންނަ އެކަކު. މީ ކަާކުތޯ ބަލާލަ ދިނުމަށް އޭނާގެ ގާތަށް ގޮސް ވާހަކަ ދައްކާލަ ދިނިށްޔާ ވަރަށް ރަނގަޅު. މި މީހަކީ އަހަރެންގެ ފިރިމީހާ ނޫނަސް މިމީހާ އަށް އަހަރުމެންގެ ފަރާތުން އެށްވެސް ކަހަލަ އެހީއެއް ވެދެވެން އޮތިށްޔާ ވެދީ” “ކަމަނާ ގެ ހެޔޮފުޅުކަން، އަޅުގަނޑަށް ބުނަންކެރޭނެ މި ޒަމާނުގަ ބަޔަކަށް އޮޅުވާލަން އުޅޭ މީހަކަށް ހެޔޮކަމެއް ހެޔޮހިތުން މީހަކު ކޮށްނުދޭނެކަން” އަލީ ވަހީދު ބުންޏެވެ. “އާން! މަ ގޭ ފަހަރި ކޮއްކޮ އަކީ ސަލާންޖަހާ މީހުނާ، ގެދޮރުނެއް ކުޑަ ކުދިންނާ މަގުމަތީ އުޅޭ ބުޅާ ތަކަށްވެސް އެންމެ ހެޔޮ އަންހެނާ، މީނާގެ އަތުގަ މީހަކަށް ދީފަ ނުދޭކަށް އެއްޗެށް ނޯންނާނެ” “އެހެންވެގެން އަހަރުމެން ލާނާ އަށް ލާރި ގިނައިން ނުދެނީ، ކުޑަ ކުއްޖަކަށް ވެސް ލާނާ ގެ ބޮލަށް އެރިލައިގެން ލާރި އަތުލެވޭނެ” މުހުސިން ބުނެލީ ވިހަ ގޮތަކަށެވެ. “ގެ ދޮރުނެށް ކުދިން އަހަންނަށް ވުރެން ބޮޑަށް ލާރި ބޭނުންވޭ، އަހަރެމެންނަށް ފަސޭހަކަމާ އެކީ ދެވޭނެ ކިތަށްމެ އެއްޗެށް ނުލިބިފަ އެތިބެނީ” ލާނާ މިހެން ބުނިއިރު އޭނާގެ މޫނުގެ ކުލަވަނީ ރަތްވެފަ އެވެ. ހިތް ހަމަ ނުޖެހިފަ ހުރިކަން އެމޫނުން ރަންގަޅަށް ފާޅުވެއެވެ. “ކުރިޔަށް ތިބި އާއިލާގެ ކުދިންތަކަށް ތަރިކަ މުދާ ރައްކާ ކުރންް އަހަންނަށް ޖެހޭ. މުޅި ރަށުގެ ބިކާރީންނަށް ބަހާކަށް ނުޖެހޭ” މުހުސިން އަޅޭ ލަވައި ގަތީ ވަރަށް ހަރުކަށި ކޮށެވެ. މި ވާހަކަތަށް މެދުކަންޑާލީ އަލީ ވަހީދު ގެ ވާހަކަ އިންނެވެ. ” އެހެންވީމަ އަޅުގަނޑު މި ދަނީ އޭނާގެ ގާތަށް އާއިލާގެ ޑޮކްޓަރު ގޮވައިގެން ދާން” މި ގަނޑު ވަރުން ނުކުމެގެން ލާނާ އަވަސް ފިޔަވަޅު ތަކެށްގަ ދިޔައީ ގަނޑުވަރާ ދުރުގަ ހުރި އޭނާ ދިރިއުޅޭ ގެ ޔަށެވެ. މި ގެ ޔަކީ ވަރަށް ބޮޑަށްބާވެ ހަލާކު ވެފައިވާ ގެ އެކެވެ. މުހުސިނާ އައިޝާ ދެކޭ ގޮތުގައި މި ގެ އަކީ ލާނާ އަށް އެންމެ ފުދޭ ގެ އެކެވެ. މި ގެ އަކީ ގަނޑު ވަރުގެ ބަގީޗާ ބަލަހަށްޓާ މީހާ ހުރި ގެއެވެ. ހަމްދޫން މަރުވުމުން ލާނާ މި ގެޔަށް ބަދަލު ކުރީ އެމީހުން ބުނެގެންނެވެ. ގެ ޔަށް ވަދެ ލާނާ ބޮކި ދިއްލާލުމަށްފަހު ކުޑަ ކުޑަ އެނދުގައި އިށީ ނުމާ އެކު ލާނާ ގެ ގައިން ހީބިހި ނަގަންފެށިއެވެ. ހަމްދޫން ހަމަ މަރެށް ނުވޭބާއޭ ހިތަށް އަރަންފެށިއެވެ. ހަމްދޫން ލާނާ އާއި ކައިވެނި ކުރީ ދަރިން ހޯދަންށެވެ. އެއީ ހަމްދޫން ދެކޭ ގޮތުގައި އަންހެނުންގެ މަގާމަކީ އެއީއެވެ. ލާނާ އަށް ދަރިއަކު ނުލިބި ލަސްވަމުން ދިއުމަކީ ލާނާ މަތިން ހަމްދޫން ހަންދާން ނަށްތާލާ އެހެން އަންހެނުންގެ ގާތަށް ހަމްދޫން ދާންޖެހޭ ސަބަބެއް ކަމަށް ދެކެއެވެ. ލާނާ އާއި އެކު ރޭކުރާ ކޮންމެ ރެއަކީ ހަމްދޫން ގެ ބާރު ދަށްކާ ލާނާ އަށް ނަފްސާނީ އަދި ޖިސްމާނީ ވޭނެށް ކަމަށް ވަނީ ވެފައެވެ. ރަހުމެށް ނެއް ގޮތަކަށް ހަމްދޫން ލާނާ ގެ ބޭނުން ހިފާލަނީ އަމެށްލަ އެދުމުގައެވެ. މިހެންކަންތަށް ވުމުން ހަމްދޫން ފުރައިގެން ދިއުމުން ލާނާ އަށް ހަމަޖެހިލެވެއެވެ. މަރުވި ހަބަރު ލިބުމުން ވެސް ލާނާ އަކަށް މާ ބޮޑު އަސަރެށް ނުކުރެއެވެ. އޭގެ ބަދަލުގައި މީހުނަށް އެކި ގޮށް ގޮތުން އެހީ ވުމުގައި ލާނާ ގެ ދުވަސް ތަށް ހޭދަ ކޮށްލައެވެ. ކުރިޔަށް ދިޔަ 3 ދުވަހުވެސް ލާނާ އަކަށް ހިތްހަމަ ޖެހުމެށް ނުލިބެއެވެ. ރަށުގެ މީހުނަށް މި ޙަބަރު ވެގެން ދިޔައީ އުފާވެރި ޙަބަރަ ކަށެވެ. ވަރަށް ގިނަ މީހުން ލާނާ އަށް މަރުޙަބާ ކިޔައެވެ. ލާނާ ގެ ކޮއްކޮ ވެސް މިކަމާ ގުޅިގެން އަވަސް އަވަހަށް ލާނާ މެންގެ ގެޔަށް އައެވެ. ލާނާ ގެ ކޮއްކޮ ފެނުމުން ލާނާ އަވަހަށް ކޮއްކޮ ގައިގާ ބައްދާލިއެވެ. ލާނާ ގެ ކޮއްކޮ ލީޒާ އަކީ ރަށުގެ އިސް ވަޒީރަކާ ކައިވެނި ކޮއްގެން އުޅޭ ކުއްޖެކެވެ. މުއްސަންދި ކަން ބޮލުން ފެށިގެން ފަޔާ ހަމަޔަށް ފެންނަން ހުރެއެވެ. އަގު ބޮޑު ހެދުމާއި އެއްވަރަށް އަގުބޮޑު ސެންޓުގެ ވަހުން ލާނާ ގެ ކުޑަ ކުޓަރި ވަނީ އެއްވަސްވެފައެވެ. “ދައްތާ ކިތައް ފަހަރު ބުނާނީ މިގޭގަ ނުހުރެ އަހަރުމެންގެ ގެޔަށް ބަދަލުވާށެ؟ މި ގެ ހީވަނީ ބޮލަށް ވެއްޓިދާނެހެން”. ލީޒާ މަތި ބަލާލަމުން ބުނެލިއެވެ. “ލީޒާ ގެ ފިރިމީހާ ލީޒާ ގެ ގައިގަ ޖަހާތަން ބަލަންތަ ދައްތަ ދާންވީ”؟ ލާނާ ބުނެލީ ދެރަވެފަ ހުރެއެވެ. “އެއީ އެންމެ ފަހަރަކު އެށްނު. އޭގެ ފަހުން ނުޖަހައޭ”! ލީޒާ މިހެން ބުނީ އެވާހަކަ އޮއްބާލަންކަން ރަނގަޅަށް ލާނާ ދަނެއެވެ. އެކަހަަލަ މީހަކަށް ދެވަނަ ފަހަރަށް އިތުބާރު ކުރުމަކީ ލާނާ ކުރާނެ ކަމެއް ނޫނެވެ. “މިތަނަށް މި އައީ އަހަރެންގެ ވާހަކަ ދައްކާކަށްނޫން. ހަމްދޫންބެ ދުނިޔޭގަ ހުރި ވާހަކަ އަޑު އެހިން. ދައްތާ އަހަރެން ވަރަށް އުފާ ވެއްޖެ” ލީޒާ އުފަލާއެކު ބުނެލިއެވެ. ” “ކޮއްކޮ އަށް އިންގޭނު އަހަރެން އުޅުންހާލު ކައިވެނިކޮއްގެން. އަހަންނަށް ބޮޑު ވޭނެއްއެއީ” މިހިސާބަށް ވާހަކަ ދިޔަތަނާ ލާނާ ވަރަށް ހިއްވަރުން ހިފަހަށް ޓާއިގެން ހުރި ކަރުނަތަށް ފައިބައި ގަތީ ހިފެހެށްޓުމެށް ނެތިއެވެ. ލީޒާ ދައްތަގެ ގައިގާ ބައްދާލީ ވަރަށް ބާރަށެވެ. ލާނާ އިރުގަންޑަކަށް ފަހު ތެދުވީ ލީޒާ ގެ ހިތްވަރުގެ ބަސްތަށް އަޑު އަހަމުންނެވެ. “ލޯބިން އެއް ފަހަރުވެސް އަހަރެންގެ ގައިގަ އަތެއްނުލާ. ބައްދާލާ ލޯބިން ވާހަކަ ދައްކާލާ އެއް ނުހަދާ. އެކީގަ ކާލާ ތާކަށް ގޮސްވެސް ނުލާ. އޭނާ އަހަރެންގެ ގާތަށް އަންނަނީ އެންމެ ކަމަކު، އެކަން ވީމަ ދެންދަނީ ރައްޓެހިންނާ އެކީ މަޖާ ކުރަން” ލާނާާ ރޮމުން ކިޔާ ދިނެވެ. ދެބެންނަކީ ކުޑައިރުންފެށިގެން ވަރަށް ގާތް ގުޅުމެއްއޮންނަ ދެ ބެންނެވެ. އެހެން ކަމުން ކޮންމެ ވާހަކަ އެއްވެސް ހިއްސާކުރުމަކީ އުންދަގޫ ކަމެށް ނޫނެވެ. “ހަމްދޫންބެ އަސްލު ލޯބި ވަނީ އެހެން މީހެއްދެކެ. އޭނަ ގާތުގަ އުޅެނީ ވެސް. އަހަރެން ވަރަށް މަސައްކަތް ކުރިން ބޭބެ ޔާއެކީ ލޯބިން އުޅެން. އެކަމަކު ދަރިއަކު ނުލިބޭތީ ބޭބެ ރުޅިއަންނަނީ”. ލާނާ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ދެން ކީއްވެ ބޭބެ ދައްތަޔާ އިނީ އެ މީހާޔާ ނުއިންދެ؟ލީޒާ ސުވާލު ކޮއްލިއެވެ. “އެއީ ދައްތަ އުމުރުން ހަގުވީމާ ގިނަ ދަރިންލިބޭނެ ކަމަށް. އެހެން ފަރާތަކަށް މުދާާ ދިޔަނުދޭން ބޭބެ މެންގެ އާއިލާ ބޮޑު ކުރަން ބޭބެ ވަރަށް ބޭނުންވޭ. އެ އަންހެން ކުއްޖާ ކުރިންކުރި ކައިވެންޏަށް ދަރިއަކު ނުލިބޭ އެކަމަކު އޭނާ ދުލެއްނުކުރޭ ދައްތަޔާ ކައިވެނި ކޮއްފަވެސް. ދައްތަ ދިމާލަށް ވަރަށް ބުނާނެ ދަރިން ނުލިބޭ މީހެކޭތި. ކައިވެނި ކުރެވުނީމަ ވަރި ކުރުމަކީ މި އާއިލާ ގެ އަގު ވެއްޓޭ ކަމެއްގެ ގޮތުގަ ދެކެނ”ީ. އެކަކު ކައިރީ ވެސް ނުދައްކަން ހުރި ވާހަކަތަށް މިއަދު ލާނާ ކިޔާދޭން ޖެހުނީ އަނެއްކާވެސް ކުރިން އައި ދުވަސްތައް އަނެއްކާވެސް އަންނަން އުޅޭ ކަމަށް ވަރައް ބޮޑައް ހީވާންފެށީމައެވެ. “ކިއްވެ ކުރިން މި ވާހަކަތައް ކިޔާ ނުދުނީ”؟ ލީޒާ ސުވާލު ކުރީ ހާސްކަމާ އެކުގައެވެ. “ބޭބެ ބޭޒާރު ކުރަން ބޭނުން ނުވާތީ” ލާނާ ދިނީ ކުރު ޖަވާބެކެވެ. އާދުވަހަކަށް އިރުއެރީ ނަމާދު ކޮށްގެން ދުއާ ކުރަން ލާނާ އިންދައެވެ.