އެރޭގެ ވަގުތެވެ.ލޯގަނޑު ކުރިމަތީ ހުރެ ސަނާ ތައްޔާރު ވަމުން ދިޔައީ އަލޫކްމެން ގެއަށް ދިއުމަށެވެ.ރޯޔަލް ގުރީން ކުލައިގެ ޓޮޕްގެ ތިރިން ކަޅު ކުލައިގެ ޓައިޓްގަ ހުރި އިރު ސަނާ ވަރަށް ރީއްޗެވެ.ކަޅެ ފަން ދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްފައިއޮތެވެ.
ނުވައެއްގެހި ތަނާ ޔުއާން ކާރު ސަނާ އުޅޭ ގޭގެ ކުރިމައްޗަށް މަޑުކޮށް ލިއެވެ.
“ލޫކް ނާހާތަ އަހަރެންގެ ވާހަކައެއް”ކާރު ދުއްވާލުމުން ސަނާ ޔުއާން ކުރެ އެހިއެވެ.ޔުއާން އެއަށް ޖަވާބު ދޭން ބޭނުން ނުވިއެވެ.އެހެން ކަމުން އޭނަ ހަމަ އެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ.
ކޮޓަރިން ބޭރަށް ނުކުތް އަލޫކްގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައި ގަތީ ސިޓިންރޫމް ސޯފާގައި އިން ނައިހާއެވެ.
“ނައި ކިހިނެތް ކޮބާތަ މިގޭ މީހުން”އަލޫކް ނައިހާ އާޖެހިގެން ހުރި ސޯފާ ގައި އިށީންނަމުން އެހިއެވެ.”ނައި ރަގަޅު މިގޭ މީހުންދޯ ބައްޕަވީ ރަށްޓެއްސެގެގޭގަ ދެން ތިއްތި ޔަގިން އެދިޔައީ ސަނާދައްތަ ބުނެގެންކަން އެހެން ނޫނީ ނުނިކުންނާނެގެއަކުން”ނައިހާ ބުންޏެވެ.
އެވަގުތަކީ ޔުއާން އެތެރެއަށް ވަން ވަގުތެވެ.ޔުއާންގެ ފަހަތުން ވަން ސަނާ ފެނި އަލޫކްއަށް ތެދުވެވުނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އިށީ
އެއޮވެސް ކަމެށް ނުވާ ކަމަށް ހަދަނުމެވެ.
“ސަނާ ދައްތާ ހާދަ ދުވަހެއްވެއްޖެއޭ މިގެއަށް ނާންނަތާ”ނައިހާ ސަނާ ގެނެސް ސޯފާގައި ބޭންދިއިރު ޔުއާން ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ނައިހާ ވެސް އޭނަގެ ކޮޓަރިއަށް ވަނީ ކްލާސް ކުއްޖެއް ގުޅުމުންނެވެ.
“ލޫކް ކިހިނެތް ކީއްވެ މިއަދު ގޮވީމަ އަޅާވެސް ނުލާ ދިޔައީ ސަނާ ލޫކް މަތިން ވަރަށް ހަނދާންވިއޭ”ސަނާ އެދެމީހުން އެކަނިވުމުން އެހިއެވެ.
“އަހަރެން ކުޑަކޮށް ވެސް ސަނާ މަތިން ހަނދާންނުވޭ”އަލޫކް ބުނެލީ އެއްވެސް އަސަރެއް ނެތިއެވެ.”ލޫކް ދެން ސަމާސާ ނުކޮށް ބުނެބަލަ””އަހަރެން މިބުނީނު އަހަރެން ތި ސަނާ މަތިން ކުޑަކޮށް ވެސް ހަނދާންނުވެއޭ”އަލޫކް އެހެން ބުނެ ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ.
ސަނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.އޭނައަށް އެ ބަސްތަށް އިވުނީ ރަގަޅަށް ބާއޭ ވެސް ހިތަށް އެރިއެވެ.އާއެކެވެ.އިވުނީ ރަގަޅަށެވެ.ނަމަވެސް އިވުނީ އަޑުއަހަން ބޭނުންވި ބަސްތަކެށް ނޫނެވެ.
ކޮޓަރިން ނުކުތް ޔުއާންއަށް ފެނުނީ މަޑުމަޑުން ބޭރު ދޮރާ ދިމާއަށް ދިޔަ ސަނާއެވެ.ސަނާއަށް ހުއްޓެން ޖެހުނީ ޔުއާން އައިސް އޭނަ ކޮޑުގަ ހިފާ ޔުއާންއާ ވި ފަރާތަށް އަނބުރާލުމުންމެވެ.ސަނާގެ ލޮލުގަ ވި ކަރުތަށް ފެނި ޔުއާން ދެރަވިއެވެ.
އެވަގުތަކީ އަލޫކް ބޭރަށް ނުކުތް ވަގުތެވެ.ސަނާ ފެނުމުން ވެސް އަލޫކް އަޅާވެސް ނުލާ ދިޔައީއެވެ.
“އާންއަށް ހީވޭތަ ލޫކް އަހަރެން މަތިން ހަނދާން ނައްތާލާނެހެން”ސަނާ އެހީ ވަރަށް ހިތާމަވެރި ގޮތަކަށެވެ.މިފަހަރު ވެސް ޔުއާން ސަނާގެ ސުވާލަށް ޖަވާބު ދޭން ބޭނުންނުވިއެވެ.”ދެން ވަދޭ އެތެރެއަށް… ބުނަން ރޯނީކީ ނޫން ނިދާނީ”ޔުއާން އެހެން ބުނެ ކާރު ދުއްވާލިއެވެ.
އަލޫކް އައިސް މަޑުކުރީ ދިހަ ބުރިއަށް ނަގާފައިވާ އެޕާޓްމެންޓެއްގެ ކުރިމައްޗަށެވެ.އަދި ފޯނުނަގަ ނަންބަރަކަށް ޑައިލްކޮށްލިއެވެ.
ެއޭގެ ފަސް ވަރަކަށް މިނެޓް ފަހުން އަލޫކް ގާތުގަ މަޑުކޮށްލީ މަޑުނޫކުލައިގެ އެއްކޮށް ދިގުކޮށް ހުރި ހެދުމެއްގައި ހުރި ކުއްޖެކެވެ. އަޅި ކުލައިގެ ޝޯލްގެ ތެރެއިން އެ ކުއްޖާގެ ދޮން މޫނު ފެންނަގޮތް ވަރަށް ރީއްޗެވެ.އެ ކަޅުކަން ގަދަ ބޮޑު ދެލޮލުގެ ޖާދޫގައި އެކަނި ވެސް އެތަށް ބަޔަކު ޖެހޭނެކަން ޔަގީނެވެ.
“އައި މިސް ޔޫ ލޫކް ކީއްވެތަ ހަވީރު ނައީ”އެކުއްޖާ އަލޫގައިގަ ބައްދާލަމުން ބުންޏެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



nice ekamaku thankolheh kuru
Thanks juma ? next part digukuraanan insha Allah
Hi everyone
Here is the second part of the story
Hope you will like it
Feel free to comment
Negative comments are also accepted.
Mistakes ebahuri.. n heeveny adhi thankolheh kuruhenn.. bt nxt prt rangalhu kollahchey… Vaahaka Hama habeys… I luv itt….❤️❤️
I will try my best to correct my mistakes
Thank inaak
Kurin keee story egge cover miiii
Seems odddd
Oh sorry Luth 4th episode ga change kuraanan
I didn’t read that story so I didn’t know it
When is next part
Today ga
Today ga