Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަމަވެސް…ތިޔަ ހަނދާނޭ ވަނީ – 1 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
August 28, 2019 3 Mins Read
33 Comments

ދުނިޔެއަކީ އެކި ދުވަހު އަރާ އިރާއެކު އެކި މީހިންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންދާ ތަނެކެވެ. ބައެއް މީހުންގެ ހަޔާތަށް އުފަވެރިކަން ގެނެސްދޭއިރު އަނެއް ބައި މީހުންގެ ދިރިއުޅުން އެފުން މިފުށަށް ޖަހާލައެވެ. އެކި ގޮތްގޮތަށެވެ. ލޯބީގައެވެ. ނޫނީ އެހެންމީހުން ކުރާ އަނިޔާތައް ތަހަންމަލު ކުރުމުގައެވެ. ނޫނީ ކޮންމެވެސް އެހެން ދުނިޔެވީ ބޭނުމެއްގައެވެ.

އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނަ އައިރާ ގެ ހަޔާތްވެސް އެފުއްމިފުށަށް ޖަހާލިތާ އަދި ވީ ކުޑަ ވަގުތުކޮޅެކެވެ. ލިބުނު ހަބަރަކުން ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ދުނިޔެ ބަރުބާދުވެއްޖެކަހަލައެވެ.

އައިރާ އަކީ ޔާފިއާ އާ އިބްރާހިމަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އެދެ މީހުންވެސް އައިރާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ހުރި ހަމައެކަނި ދަރިފުޅަށް ވުމުންނެވެ. މިޔަދުމީ އައިރާއަށް އަށާރަ އަހަރު ފުރުނު ދުވަހެވެ. ނަމަވެސް މި އުފާވެރި ދުވަސް ނިމުމަކަށް އަތުވެއްޖެއެވެ. މި ފާވެރިކަންވެސް އަބަދުގެ އަބަދަށް އައިރާއާ ވަކިވީއެވެ.

މިޔަދުމީ އައިރާއަށް އަށާރަ އަހަރު ފުރުނު ދުވަހަށް ވުމުން އިބްރާހިމާ ޔާފިއާ މާލޭގެ ހަލަބޮލި މަގުތައްމަތިން ފިހާރަތަކަށް ވަންނަމުން ބަލަމުންދިޔައީ އައިރާ ހިތްހަމަޖެހޭނެފަދަ ހަދިޔާއެއް ގަތުމަށެވެ. ޒިބްރާ ކްރޮސްގެ މެދެއްކަންހާ ހިސާބަށް ދެވުނު ތަނާހެން ގަވައިދާ ހިލާފަށް ވަރަށް ބާރު ސްޕީޑެއްގައި ދުއްވާފައި އެއައި ބާރުމިނުގައި ސައިކަލު ކޮންޓޮރޯލް ނުކުރެވިގެން ޔާފިއާ އާ އިބްރާހިމްގެ ގައިގައި ޖެހުނެވެ. އެދެމީހުން ސައިކަލުގައި ޖެހުނުގޮތަށް ވިއްސައިގެން ދިޔައީ ދުރަށެވެ. ކުރާނީ ކީއްހެއްޔެވެ؟ މިޒަމާނުގައި ސައިކަލެއް ނުވަތަ ކާރަކަށް އެރިއްޖެއްޔާ މީހަކަށް ބަލައިލުމެއް ނޯންނާނެއެވެ. ކޮންމެ މީހަކުވެސް ބަލާނީ ދޭތެރެ ފަޅަމުން އެކެއް އަނެކަކަށް ވުރެ ބާރަށް ދުވުމަށެވެ. މީހެއްގެ ފުރާނައަކަށް ބަލައިލުމެއްނެތެވެ.

ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އިބްރާހިމާ ޔާނިއާގެ ފުރާނަވަނީ ހަށިގަނޑާ ވަކިވެފައެވެ.

– 1 ދުވަސް ފަސް –

ބޮޑު ކޮޓަރިއެވެ. ކަޅާއި މަޑު ފިޔާތޮށި ކުލައިން މުޅި ކޮޓަރި ޒީނަތްތެރި ކުރެވިފައިވެއެވެ. ނަމަވެސް އެކޮޓަރިތެރެވަނީ ކަނު އަނދިރިކަމުގެ ތެރެއަށް ގެންބިފައެވެ. އިވެމުންދިޔައީ ހިތްތަކަށް އަސަރުކުރާނެފަދަ އަސަރުގަދަ އެހާމެ ވޭނީ ގިސްލުމެއްގެ މަޑު އަޑެވެ. މަންމަ އާ ބައްޕަ އޭނާއަށް އަލްވަދާއު ކީތާ އަދިވީ އެއްދުވަހެވެ. ކެއުމެއް ބުއިމެއްނެތި އައިރާގެ ކަމަކީ ހުސް ހިތާމަކުރުމެވެ.

ޔާފިއާ އާ އިބްރާހިމް ނިޔާވި ހަބަރު ލިބުމާއެކު ޔާފިޔާގެ އެންމެ ގާތްއެކުވެރިޔާ ރީމާ އައިރާ އޭނަގެ ޒިންމާއެއްގެ ގޮތުގައި ގެއަށް އެއްކޮށް ގެނައީއެވެ. އާއިލާ މީހުން ހުއްޓެއް ކަމަކު އައިރާއަށް އެމީހުން އަޅާލާނެ ކަމަކަށް ރީމާ އުންމީދެއްވެސް ނުކުރާނެއެވެ. ޔާފިއާ އާމެދުވެސް ޔާފިޔާގެ މައިންބަފައިންކަންތައް ކުރީ ރަނގަޅަކަށް ނޫނެވެ. އަދި އެހެންވީއްޔާ ޔާފިޔާގެ ދަރިއަކަށް އެގޭގައި ހަމަޖެހިލައިގެން އުޅެވޭނެހެއްޔެވެ؟

ޔާފިއާއަށް ދިހައަރު ފުރުމާއެކުހެން ގެތެރޭގެ މަސަތްކަތްތައް ކުރަންޖެހުނެވެ. ކުނިކަހާ އެއްޗެހި ދޮވެ ކައްކައި ތަންމަތިއަޅައި އަދި ކިތަންމެ ކަމެއް ކުރަންޖެހެއެވެ. ސުކޫލަށް ދެވެނީވެސް އެކަންތައް ކޮއްދީފައެވެ. ސުކޫލަށްގޮސް ޔާފިއާ ކުޑައިރުއްސުރެވެސް އޭނަގެ ހުރިހާ ސިއްރު ތަކެއްހެންވެސް ހިއްސާކުރަނީ ހަމައެކަނި ރީމާ އާއެވެ. މިހާރު އެގުޅުމަށް ވިހި އަހަރު ވަނީއެވެ. ނަމަވެސް މިހާރު ޔާފިއާ ވަނީ މީރާމެންނަ މާދުރުގައެވެ. ވެލީގެ ދާނުގައި އެދެމަފިރިންވަނީ ނިދާލާފައެވެ.

ރީމާއަށް އައިރާ އެނގުނެއްކަމަކު އައިރާއަށް ރީމާ ހަމަލޮލުން ފެނުނު މީ ފުރަތަމަ ފަހަރެވެ. އޭނާއަށް އަބަދުވެސް ފެންނަނީ އޭނަގެ މަންމައާ ރީމާ ނަގާފައި ހުންނަ ފޮޓޯތަކެވެ.

ރީމާއަކީ މުއްސަނދި މީހެކެވެ. ގިނަވަގުތު އުޅެނީ އޮފީހުގެ މަސައްކަތްތައް ކުރުމުގައެވެ. ފިރިމީހާ ނިޔާވުމުން އެ ވިޔަފާރި ރޫޅުނެވެ. ނަމަވެސް އޭނަގެ މިއްނެތް މަސައްކަތުން ރީމާ ވަނީ އެ ވިޔަފާރި ކޮޅައްޖަހާފައެވެ. އެއީ އޭނާގެ ދެ ދަރީންނަށްޓަކައެވެ.

“ދަރިފުޅާ އައިރާ……ދެން ތިވަރަށް ރޯކަށް ނުވާނެ……ބަލިވެދާނެ….އަނެއްކާ ތިގޮތަށް ނުކައި ނުބޮއި ހުސް ހިތާމަކުރަންޏާ ދަރިފުޅުގެ މަންމައާ ބައްޕަވެސް ކިހާ ދެރަވާނެ…….މިވަގުތު ދަރިފުޅުގެ މަންމައާ ބައްޕައަށްވެސް ބޭނުންވަނީ ހެޔޮ ދުޢާ…އަބަދުވެސް އައިރާގެ މަންމަ ބުނެއެންނު ދޯ ތީ ވަރަށް ހިތްވަރުގަދަ ކުއްޖެކޭ……ހުރިހާ ކަމަކާވެސް ކުރިމަތިލާން ވާނޭ……” ކޮޓަރިއަށްވަދެ ލައިޓު ޖައްސާލަމުން ރީމާ ބުނެލިއެވެ. ލޮލުގައި އަޅައިފައިވާ ނަންބަރުއައިނު ނަގަމުން ލޮލުތެރޭގައިވާ ކަރުނަތަށް ފޮހެލާފައި އައިނު ހެޔޮވަރުކޮއްލިއެވެ.

ރީމާ ބުނިއެއްޗަކުން އައިރާގެ ރުއިން ހުއްޓުނު ގޮތެއްވެސް ނޭނގުނެވެ. އެއީ ތެދެކެވެ. އޭނާ ރޮއުމުން މަންމަމެންވެސް ދެރަވާނެއެއްނޫން ހެއްޔެވެ؟ މަންމައާ ބައްޕަ ބޭނުންވަނީ އޭނާގެ ހެޔޮދުއާއެވެ. ހިތަށްއެރި އެއްޗަކުން ނިކަން އަވަހަށް ލޮލުތެރެއަށް ގިނަވެގަތް ކަރުނަތަށް އަތުގެ ނުފުށުން ފުހެލައިފިއެވެ.

“ދައްތާ……ދެން އަޅުގަނޑު ހިތްވަރުކުރެވޭތޯ މަސައްކަތްކުރާނަން…..
އެކަމު މަންމައާ ބައްޕަމަތިން ވަރަށް ހަނދާންވާނެ…..” ނޭފަތް ދަމާލަމުން އައިރާ ބުނެލިއެވެ.

ކަޅުކުލައިގެ ތިނެސްކަން ބުރުގަލެއް އަޅާފައިވާއިރު އެ ދޮން މޫނުވަނީ ރޮއުމުގެ ސަބަބުން ރަތްވެފައެވެ. ކަޅުކަންގަދަ ވިދުމެއް ލިބިފައިވާ ބަޑު ލޮލުގައިވަނީ ތެއްކަމެކެވެ. ދިގު އެސްފިޔަ ތަކުގައި ކަރުނަ ތިކިތައް މުތީތަކެއްހެން ވިދަމުންދިޔައިރު ރޮއެފައި ހުރުމުގެ ސަބަބުން އެ ދިގު އެސްފިޔަތަށް މަސްކަރައަކުން ފަވައިލާފަހެން ހީވެއެވެ. ފިޔާތޮށިކުލައިގެ ތުންފަތެކެވެ.

“ހަނދާންވާނެ…..ހަނދާންކުރަންވެސް ވާނެ….ދަރިފުޅާ…..ދެން ހިނގާ ކާން…..މީރާވެސް އެބައިން ދަރިފުޅު ނައިސްގެން…..” ރީމާ ބުނެލިއެވެ. އޭނާގެ ބެލުމުގެ ދަށަށް އައިރާ އައިފަހުން އޭނާ މުހާތަބުކުރަނީ އައިރާއަށް ދަރިފުޅުގެ ގެ ނަމުންނެވެ.

“ލައްބަ ދައްތާ….އަޅުގަނޑު އެބަދަން މޫނުދޮވެލައިގެން….” ހިނިތުންވެލަން މަސައްކަށް ކުރަމުން އައިރާ ބުނެލިއެވެ. ރީމާގެ ހިތަށް ތަދުވީ އެހާ އަސަރުކޮއްފައި ހުރެވެސް އައިރާ ހިނިތުންވާން މަސައްކަތްކުރުމުންނެވެ.

“ދެން ދައްތަ ނުކިޔާ…..ރީއްތަ ކިޔާނީ އިނގޭ….” އައިރާގެ ބޮލުގައި ލޮއެއްބާއެކު ފިރުމާލަމުން ރީމާ ބުނެލިއެވެ. އެހިތް އެކީ އައިރާ އައްޓަކާ ލޯބިންފުރުނެވެ. އައިރާ ލައްބައޭ ބުނުމުން އަވަސްކުރުމަށް ބުނެފައި ރީމާ ހިނގައްޖެއެވެ.

********************

“އިރާ….” ކާބަޔަށް ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލަމުން ރީމާގެ ހަގު ދަރިފުޅު މީރާ އައިރާއަށް ގޮވާލިއެވެ. ނޫޑްލްސް ތައްޓަށް އުލާއި ސަމްސާލައިގެން އިނދެ އެ ހާވަމުންދިޔަ އައިރާ މީރާ ގޮވާލުމުން ސިއްސައިގެންދިޔައެވެ. ނަމަވެސް ނިކަން އަވަހަށް ހަމަޖެހިލަމުން މީރާއަށް ބަލާލިއެވެ. ނަމަވެސް އެ މޫނުމަތިވަނީ މިލާމޯޅިވެފައެވެ.
މިވަގުތުވެސް އައިރާއަށް ވިސްނެމުން ދިޔައީ މަންމަމެން މަތިންނެވެ.

މީރާ އެއްޗެކޭ ބުނަން ހުޅުވާލި އަނގަ ލައްޕާލިއިރު ދެލޯ ބޮޑުކޮއްލި ގޮތަށް ހުރީ ކާކޮޓަރީގެ ވަންނަ ދޮރާދިމާލަށް ބަލާށެވެ. އައިރާ އިސްޖަހާލީ މީރާ އެއްޗެއް ނުބުނުމުންނެވެ. މީރާއަށް އެހެންވި ސަބަބުވެސް ހޯދަން އައިރާ ބޭނުން ނުވާ ފަދައެވެ. ރީމާ މީރާއަށް ވީގޮތް ފެނި ފަހަތް ބަލާލިއެވެ. ރީމާއަށްވެސް ވީ މީރާއަށް ވީވަރެވެ.

ބެގްޕެކްއެއް އަޅުވާލައިގެން ކާކޮޓަރީ ދޮރުކައިރީ ހުރީ ޒުވާން ފިރިހެނެކެވެ. ހަމުގެ ކުލައަތްޔެވެ. އިސްތަށިގަނޑު ރީތި ސްޓައިލަކަށް ކޮށާލެވިފައިވެއެވެ. ކަޅު ދެލިކޮޅެއްފަދަ ކަޅިއެކެވެ. ތުންފަތްމަތީގައި ވަނީ ފިރިހެންވަންތަ ހިނިތުންވުމެކެވެ. އެ ޒުވާނާގެ ތޫނު ނަޒަރު ހުއްޓިފައިވަނީ އޭނާއާ ފުރަގަސް ދީގެން މޭޒުދޮށުގައި އިން އައިރާއަށެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ރިޔާޝާ 2

Next

ކަފުން ވެވިފާ…04

Next
August 28, 2019

ކަފުން ވެވިފާ…04

Previews
August 28, 2019

ރިޔާޝާ 2

33 Comments!

  1. jiji says:
    August 28, 2019 at 6:16 am

    Woah..mal ge new story eh dhw..V v v v salhi..I really luv it..Whn next dear..Btw me first dhw mal❤????

    1. Malsa Moosa says:
      August 28, 2019 at 1:06 pm

      Thanks jiji…..Yeah….
      dhn new story ehthaa?…..
      Next part Insha Allah varah avahah…..yeshh..
      Congra jiji…first veema..?..ly

    2. Malsa Moosa says:
      August 28, 2019 at 1:07 pm

      Hello guys….
      Ummeedhu kuran mal ge new story ge 1st part ves hurihaa kiyunterinnah ves kamudhaane kamah…
      Lve u all❤♥❤

  2. Shahu says:
    August 28, 2019 at 7:06 am

    Woooooww varah salhi story ? ? ? ? ? ? ? love malkko ❤️❤️❤️when next part.. Curiously waiting…..

    1. Malsa Moosa says:
      August 28, 2019 at 1:09 pm

      Thanks Shahu….
      Next part Insha Allah varah avahah….
      lve u too..?..

  3. ? says:
    August 28, 2019 at 7:34 am

    Vrh reethi.. Koba aneh story? Plx don’t stop writing that story dear..

    1. Malsa Moosa says:
      August 28, 2019 at 1:11 pm

      Thankss…..
      Yesshh…Mal ge 2 story ves Insha Allah huttaa nulaa mal kuriah gendhaanan….mi story ves..?

  4. Panino says:
    August 28, 2019 at 10:02 am

    OMG….? Varah Varah Varah Reethi?????????????????????

  5. YoonnaL says:
    August 28, 2019 at 10:12 am

    Reethi❤️ goodluck mal

    1. malsamalkkomal says:
      September 3, 2019 at 11:01 pm

      Thanks YoonnaL…?

  6. malsamalkkomal says:
    August 28, 2019 at 1:12 pm

    Thanks panino…??..

  7. Meekkomee says:
    August 28, 2019 at 1:51 pm

    New story eh dhww…varah reethi ingyy:)

  8. malsamalkkomal says:
    August 28, 2019 at 2:31 pm

    Thanku Meekko….yeah…new story ehthaa dhen?…..thanksss?..

  9. Mimmi7 says:
    August 28, 2019 at 3:17 pm

    Woww mashallah vrh Reethi ??❤️

    1. malsamalkkomal says:
      September 3, 2019 at 11:02 pm

      Thanks mimmi..?♥

  10. Makku says:
    August 29, 2019 at 12:09 pm

    varah rythi mal keep it up lysm…

  11. malsamalkkomal says:
    August 29, 2019 at 2:28 pm

    Thanks Makku…?

  12. Bestie says:
    August 30, 2019 at 10:48 am

    V reethi . Keep it up dear.

  13. malsamalkkomal says:
    August 30, 2019 at 11:09 am

    Thanks bestie..?

  14. IsHa IsHa says:
    August 30, 2019 at 12:18 pm

    VV habbu mal aky i ge fav

    1. malsamalkkomal says:
      September 12, 2019 at 1:36 am

      Awwwwn….thanks Isha…..lve ya…❤

  15. Mimmi7 says:
    August 31, 2019 at 11:38 am

    Woww vrh Reethi mashallah ??Alheyy airaa haadha dhera eh vaaney? eyage parents e niyaavee adhi evex eynage b’dayga… So sad.. Mimmi ah hama rovijje stry kiyaalaafa…. N Feshun vx vrh salhi? I am curious to know who that boy is…

    1. jiji says:
      August 31, 2019 at 1:19 pm

      I guess he’s meeraa ge elder brother???

    2. Malsa Moosa says:
      August 31, 2019 at 3:59 pm

      Awwwwn….Thank u soooo much Mimmi..
      Dont be sad….and lets see dhw…e boy eii kaaku toa….lysm???❤..

  16. malsamalkkomal says:
    August 31, 2019 at 3:59 pm

    Ehehe..jiji..lets see dhw??…

  17. Maisha says:
    September 8, 2019 at 7:27 pm

    Wow vrh reethi… When next part dear? Ly malko

  18. malsamalkkomal says:
    September 8, 2019 at 10:23 pm

    thanks Maisha….inshaa Allah varah avahah….lve ya..?

  19. Thihoo says:
    September 10, 2019 at 9:00 pm

    Nice stry eh. Luv ur stories mal. Keep it up. Mal ge hurihaa vaahaka eh vx kiyan but comment eh nukureveythy sorry?

  20. malsamalkkomal says:
    September 12, 2019 at 1:39 am

    Thanks thihoo…awwn…varah vvvvv ufaaveje malge hurihaa story ehves kiyaakan enguneema…..E oks eyy comment nukurevunas…..kiyaalias mal varah ufaavaane….and sorry nubunaane ingy thihoo…tc..?❤

  21. nash says:
    September 14, 2019 at 5:08 pm

    whn next part

  22. malsamalkkomal says:
    October 2, 2019 at 12:42 pm

    Up koalaafin

  23. Lamko says:
    October 3, 2019 at 10:05 am

    Mal sis varah reethi first part vx…. Keep it up ingey…..sis ur first ingey

  24. malsamalkkomal says:
    October 9, 2019 at 8:16 pm

    Awwwwn..thanks dear??♥️?.

Comments are closed.

Next Episodeނަމަވެސް…ތިޔަ ހަނދާނޭ ވަނީ – 2 –←


All Right Reserved!