Skip to content
އެސްފިޔަ

ތިބާގެ ޗެޕްޓާރ

ވަރަށް ލޯބިވެއެވެ. ވަރަށްވެސް ލޯބިވެއެވެ. މިވާލޯބި ބަޔާން ކޮށްދެވޭނެ ލަފުޒެއް ނުވަތަ އިބާރާތެއްވެސް ނޭގެއެވެ. ލޯމަރާލާއިރަށް ފެންނަނީ ތިބާއެވެ. ތި ރީތި ބުމައެވެ. ތިޔަ ޖާދުވީ ދެލޮލެވެ. ހިތްތައް ލަބާލާފަދަ ތިޔަ ހިނިތުންވުމެވެ. ތި ތަނަވަސް ހަށިގަނޑެވެ. މިވާލޯބި ކަލާއަށް އެނގޭނެނަމައެވެ. އޭ އަހަރެންގެ ލޮތްބާއެވެ. އޭ އަހަރެންގެ ހިތުގެ ތެޅުމާއެވެ. އަހަރެން ނުބުނި ކަމުގައިވިޔަސް އަހަރެން ކަލާދެކެ މިވާލޯބި އިހުސާސްކޮށްބަލާށެވެ. އެންމެ ފަހަރަރަކު ނަމަވެސް މި އަތުގައި ހިފާލަބަލާށެވެ. މި ނިތްކުރިއަށް ބޮސްދީބަލާށެވެ. ބަހާރު މޫސުމުގައި ފޮޅޭ މަލެއްފަދައިން އަހަރެން ފޮޅޭނަމެވެ. ލޯބިވާއެވެ. އަހަރެންގެ އަތުގައި ނުހިފުނަސް އަހަރެންގެ ނިތްކުރިއަށް ބޮސްނުދެވުނަސް އަހަންނާ ދިމާލަށް ބަލާލާނަމައެވެ. ލޯބިވާއެވެ. ތިބާބޭނުންވަނީ މިލޯބީގައި އަހަރެން ފަނާވެދާންހެއްޔެވެ؟ ނޫނީ ތިލޯބީގައި ހަނާވާން ހެއްޔެވެ؟

ލޯބިވާއެވެ. ތިބާނުފެނި އިރުކޮޅެއްވިޔަސް އަހަރެންގެ ހިތްތެޅެއެވެ. އެގޭހެއްޔެވެ؟ ތިބާފެނުމުން އަހަރެންގެ ހިތް އެއަށްވުރެ ބާރަށްތެޅެއެވެ. ހީވަނީ ހަމަ ދެންމެ ބާނާފައި އެއްގަމަށް އެއްލާލި ރޯ މަހެއްހެއްނެވެ. ލޯބިވާއެވެ. އެންމެފަހަރަކު ނަމަވެސް މިހިތް ހަމައަކަށް އަޅުވައިދޭން އާދެބަލާށެވެ. އެތައްފަހަރަކު ތިބާ ފެންނަހިސާބުން ދަމެވެ. ތިބާ އަހަންނަ ދިމާލަށް ބަލާލާތޯއެވެ. އަޅެ އެންމެ ފަހަރަކު ނަމަވެސް ތި ތޫނު ނަޒަރު މިނިކަމެތި ހަށިގަނޑާ އަމާޒުކޮށްލަބަލާށެވެ. އެގޭހެއްޔެވެ. ތިބާގެލޮލާއި އަހަރެންގެ ލޯ ދިމާވާއިރު ކަންތަށްވެގެންދާނެ ގޮތް ހިތަންވެސް ގެންނަން ނުކުޅަދާނެއެވެ.

ލޯބިވާއެވެ. ތިބާގެ ޖާދުވީ އަޑު އަހަން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ތިބާއާ ވާހަކަދައްކާނެހާ ހިތްވަރެއް ނެތެވެ. ތިބާ އެހެންމީހުނާ ވާހަކަދައްކާ އަޑުއަހަން ފާރުގެ އަނެއްފަރާތުގައި ހުންނަމެވެ. އަޅެ ތި ލޯބި އަޑުން އަހަރެންދެކެ ވަރަށް ލޯބިވެއޭ ބުނެބަލާށެވެ. އެންމެކުޑަމިނުން ވަރަށް ލޯބިން އަހަންނަށް ގޮވާލަބަލާށެވެ. އޮފީސް ކަމެއްގައިވިޔަސް ތިބާ އަހަންނާ ވާހަދައްކާލާ ފަހަރަކު އަހަރެންގެ ހިތް އުފަލުން ނަށަންފަށައެވެ. އަހަންނާ އަބަދު އެގޮތަށް ވާހަކަދައްކަން ހުންނާނެނަމައެވެ. ލޯބިވާއެވެ. ތިހަށިގަނޑުގެ ހޫނު އިހުސާސްކުރެވޭ ހިސާބުގައި އަހަރެން ބަހައްޓަދީބަލާށެވެ. އަހަރެންގެ ހަށިގަނޑަށް މިވާފިނި ކަލާއަށް އިހުސާސްކުރެވޭނެނަމައެވެ.

އަހަރެންގެ ދެލޮލުގެ ފިނިކަމާއެވެ. ތިލޯބީގެ ޒައްރެއްގެ މިންވަރުވެސް އަހަންނަށް ލިބޭތޯ އަހަރެން ދުޢާ ކުރަމެވެ. ލޯބިވާއެވެ. އަހަރެންގެ މިއެދުން ފުދޭނެނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. އެއީ ހަމައެހާ ބޮޑު ކަމަކީ ހެއްޔެވެ؟ ނުނީ އެލަފުޒުގެ އަކުރުގެ އަޑު ނެރެން ތިބާއަށް ނޭގެނީ ހެއްޔެވެ؟ އަހަރެން އެންމެއަޑުއަހަން ބޭނުންވާ އަޑުގެ ވެރިޔާއެވެ. ތިއަޑު ރެކޯޑްކޮށްފަ ނަމަވެސް އަހަންނަށް އަބަދުއަޑުއިވޭގޮތް ވާނެނަމައެވެ.

ލޮބިވާއެވެ. ތިބާ އަހަރެންގެ މިލްކަކަށް ވާނެނަމައެވެ. ތިބާ އެހެން މީހެއްގެ މިލްކަކަށްވީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް އަހަރެން ކަމު ނުދަނީހެއްޔެވެ؟ އަހަރެން ހުތުރީހެއްޔެވެ؟ ގޯހީ ހެއްޔެވެ؟ ތިބާ ތީ އެހެން މީހެއްގެ މިލްކެކޭ ހިތައްއަރާ ކޮންމެފަހަރު މި ހިތް ރޮއެވެ. ދެންދުވަހަކުވެސް ތިބާ އަހަރެންގެ މީހަކަށް ނުވާނެކަން ގަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން މިވާލޯބި ކަފުންކޮށް ވަޅުލަންވީ ހެއްޔެވެ؟ ލޯބިވާއެވެ. ތިބާ ތިޔަފަދައިން ކަންތައް ތިކުރީ އަހަރެންގެ ކޮންކުށެއްކޮށްގެން ހެއްޔެވެ؟ ކިތަންމެ ބޭނުންނުވިޔަސް މިއަދު މިޖެހުނީ އަހަރެންގެ ހަޔާތުގެ މި ސަފްހާ ލިޔުން ހުއްޓާލާށެވެ. ތިބާޔާ ނުލައި މި ހަޔާތުގެ އިތުރު ޗެޕްޓާއެއް ފާށާނީ ކިހިނަކުން ހެއްޔެވެ؟ އަޅެ ނިކަން ބުނެބަލާށެވެ. މިސުވާލަށް ތިބާ ޖަވާބު ނުދޭނެކަންވެސް އެގެއެވެ.

(ނިމުނީ)

Comments (9)

  1. Shahu

    Woooooww rovihjeh. Varah salhi ❣️ ? ? ? ? ? love you angie

    1. Angie
      Shahu

      thank you.

  2. Anonymous

    hey anne vaahakaa ge nxt part nikunnany kn iraku

    1. Angie
      Anonymous

      will try to upload it today.

  3. Rai

    Angie Liyan feshi vaahaka kobaa

    1. Angie
      Rai

      ll upload soon

  4. IsHa

    Reeethi

  5. jiji

    ❤??Salhi vhk eh

    1. Angie
      jiji

      thank you.

Comments are closed.