ސާއިލާ އިކާން އާއި އިކާންއަށް ކަމުދާ ފަދަ އަންހެން ކުއްޖަކާ ދިމާވިތޯ ސުވާލުކުރުމުން އިކާން ކޮންމެފަހަރުކުވެސް އަދި އިކާންގެ ހަޔާތަށް އެފަދަ ކުއްޖެއް ނާންނަ ކަމަށް ބުނާތީވެ އިކާންގެ ހަޔާތަށް ރަނގަޅު އަންހެންކުއްޖެއް އައުމަށް އެދި ސާއިލާ އަބަދާއި އަބަދު ކޮންމެ ނަމާދަކަށްފަހު ކުރާ ދުޢާގައި ހިމެނޭއިރު އައިޒަންއާއި އަވަސް ގޮތަކަށް ބައްދަލުވުމަށް އެދިވެސް ދުޢާ ކުރެއެވެ. ސާއިލާ އަށް އޭނާގެ ބަނޑުަގއި އައިޒަންގެ ނިޝާނެއް އުފެދެމުންދާކަން އެނގިގެން ދިޔަ ހިނދުކޮޅު އައިޒަންއާއި ވަގުތުން ބައްދަލުކުރަން ސާއިލާ […]
” އިނގޭތަ! ސާއިލާބަލަން އައި ޑަކްޓަރ ހީކުރީ އަހަރެން މީ ސާއިލާގެ ހަޒްބެންޑްކަމަށް. އެހެންވެ ޕްރެގްނެންސީ ޓެސްޓް ހަދަންވެސް ލޭނެގި. އަހަރެން ބޭސްނަގަން ގޮސް އައިތަނާ އައިވީގެ ޑްރޮޕްލެޓްސް އެޑްޖަސްޓް ކުރަންހުރި ނަރުސްކުއްޖަ އެހެން ބުނެފަ ދިޔައީ. ބުނީ ޓޭކް ކެއަރ އޮފް ޔުއަރ ވައިފް އޭ ހަހަހަ.” އިކާން އެވާހަކަ ދައްކާ ނިންމާލުމުން ސާއިލާއަށް ހެވިއްޖެއެވެ. އެވަގުތު އެތަނަށް ޑަކްޓަރަކާ ނަރުހެއް އައުމުން ދެމިހުންގެ ނަޒަރުވެސް އެދިމާއަށް ހުއްޓިގެން ދިޔައެވެ. ދެމިހުންގެ މޫނަށް ބަލާލަމުން ހިނިތުން […]
މެންދުރުގެ އެވަގުތުގައި އިކާންއާއި ސާއިލާތިބީ މެންދުރުގެ ކެއުން ކާށެވެ. ފިހުނު ގެރިމަހާއި ވަރަށް ސޯސީކޮށް ކުޅިކޮށް ސާއިލާ ހަދާފައިހުރި މަޝްރޫމް ސްޕެގެޓީ ކާންތިބިއިރު އެދެމެދުގައި ދެކެވެމުން ދިޔައީ މަޝްހޫރު ސީރީޒް ފްރެންޑްސްގެ ވާހަކައެވެ. ވަރަށް މަޖާކޮށް ވާހަކަ ދައްކަމުން ދައްކަމުންގޮސް ކައި ނިންމާލައިފައި ފެންތަށި ބޯލައިން ތެދުވިގޮތަށް ސާއިލާ އަނގައިގައި އަތް އަޅަމުން ވަރަށް ބާރަށް ދުއްވައިގަތީ ފާހަނައާއި ދިމާއަށެވެ. އިކާންވެސް ސާއިލާގެ ފަހަތުން ދުވެފައި ދިޔައިރު ސާއިލާއޮތީ ފާހަނަތަށި ކައިރިޔަށް ގުދުވެ ފާހަނަ ތަށިތެރެއަށް ހޮޑު […]
އެންމެ ފުރަތަމަ ދުވަހުވެސް ރޫބީ އައިޒަންއާއި ވަރަށްވެސް ގައިގޯޅިވާން މަސައްކަތް ކުރާކަން އައިޒަންއަށް ފާހަގަވިނަމަވެސް ނުރުހުމުގެ ގޮތުން ރޫބީއާާއި ދިމާލަށް އެއްވެސް އެއްޗެކޭބުނާކަށް އައިޒަން ބޭނުމެއްނުވިއެވެ. އައިޒަން ރޫބީއަށް ފައިލެއް ހަވާލު ކޮށްލިޔަސް އެޔޮށް ބޮޑު ފައިލުގައި ވެސް އައިޒަންގެ އަތުގައި އަތްނުލައި ހިފޭކަމަކަށް ނުވެޔެވެ. ގަދަ ރަތް ކުލައެއް ރޫބީގެ ތުންފަތުގައި ޖައްސާލައިފައި ހުރި އިރު ވަރަށް ވެސް މޭކްއަޕް ކޮށްގެން ހުރިކަން ފާހަގަވެއެވެ. އަދި އިރު އިރުކޮޅާ މޭކްއަޕް ރަނގަޅު ކޮށްލާ ތުއިވެ ތުއިވެފައި […]
ފަތުހީ ސާއިލާ ހޯދުމުގެ މަސައްކަތް އޮސްޓްރޭލިއާގެ ފުލުހުން މެދުވެރިކޮށް ހޯދަން އުޅެ ނާކާމިޔާބުވުމުން އެކަން ޤަބޫލުކޮށް ހުއްޓާލިނަމަވެސް ފަތުހީ ޤަބޫލު ކުރާ ގޮތުގައި ސާއިލާ އަދި ގަދަވެ ސަލާމަތުން ދުނިޔާގައި އެބެހުއްޓެވެ. އަދި އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ފަތުހީމެންނާއި ސާއިލާއަދި ބައްދަލު ވާނެއެވެ. އައިޒަންއަށް އަދިވެސް ސާއިލާއަކީ ކާކުކަން ފަތުހީމެން ބުނެނުދިންނަމަވެސް އައިޒަންއަށް އެކިމީހުންގެ ފަރާތުން ސާއިލާއާއި ބެހޭ އެކި މައުލޫމާތު އިވުނެވެ. އައިޒަންއަށް ސާއިލާއާއި މެދު ޝައުގުވެރިވެވުނީ އެއީ އޭނާގެ އަނބިމީހާކަންވެސް ނޭނގިހުރެ ހަމައެކަނި ނަން އަޑުއިވިލުމުންނެވެ. އެކި […]
އިސްތަށިގަނޑު އެއްކޮށްލުމަށް ފަހު ވޫލުން އޭނާގެ އިސްތަށިގަނޑު ދެފަށް ވާހެން އައްސާލުމަށްފަހު ޑްރެސިންގ ޓޭބަލްމަތީހުރި އެއްޗިހި ނަގައިގެން ސާއިލާ ހިނގައިގަތީ ފާހަނައާ ދިމާލަށެވެ. ފާހަނައަށް ވަދެ އެކި ކޮޅު ކޮޅަށް ލޯހިންގާލެވުނީ އެ ފާހަނައިގެ ބޮޑު ކަމާއި ރީތި ކަމުންނެވެ. އެބޮޑު ފާހަނައިގައި މެދެއްހާހިސާބުގާ ބޮޑު ޖަކޫޒީއެއް ބައިންދާފައި އިންއިރު ފެންވަރާތަން އިނީ ވަކިން ބިއްލޫރި ޖަހާ ބަންދު ކޮށްފައެވެ. މޫނުދޮންނަ ތައްޓާ ފާލަނަ ތަށިވެސް ބޮޑުވެފާ ރީތި އިރު ފާހަނައިން ވެސް ފެންނަމުންދިޔައީ މުއްސަނދިކަމުގެ ކުލަވަރު […]
ކާރުން ނުކުމެގެން އައިސް އައިޒަން އާއި އެކު އެތެރެއަށް ވައިން ސާއިލާއަށް ދިޔައީ ގޭގެ އެކި ދިމަ ދިމާއަށް ލޯ އުކެމުންނެވެ. ސަންގުމަރުމަރުގެ ހިލައިން ފަރުމާކުރެވިފައިވި ފާރުތައް އޮމާންވެފާ ރީތި އިރު މުށިތައް މަތީ ވަނީ ކާޕެޓް އެޅިފައެވެ. ކުކުޅު ބިސް ކުލައިގެ ސޯފާސެޓެއް ސިޓިންގ ރޫމްގައި ބޭންދިފާ ހުރި އިރު ސޯފާ ކުރިމަތީގާ އެއްބިތް ފުރޭވަރުގެ ބޮޑު ފަތި ޓީވީ އެއް ހަރުކޮށްފައި ހުއްޓެވެ. ކާގެ އިނީ ފާރެއްޖަހާފައި އެބޮޑު ސިޓިންގް ރޫމާ ފުދޭވަރަކަށް ދުރުގައެވެ. […]
ސޯ މިހާރު ކައިވެސް ނިމުނީނު. ދެން ބުނެބަ ތި ބުނަން އުޅޭ ބޮޑު ވާހަކައެއް.! އައިޒަން! ސާއިލާ.. ޑޯންޓް މިސްއަންޑަސްޓޭންޑް. ލިސެން ޓުމީ ކެއާރފުލީ. އަހަރެން ދޭނަން އަހަރެންގެ ބޯންމެރޯ ބަޓް އިންސްޓެޑް ކޭން ޔޫ ޕްލީޒް ޑޫ ސަމްތިންގް ފޯ މީ؟ ވަޓް؟ އަހަންނަށް ކޮށްދެވޭ ވަރު ކަމެއް ވިއްޔާ ކޮށް ދޭނަން އިންޝާﷲ. ސާއިލާ… ސާއިލާ… ވިލް ޔޫ ޕްލީޒް……. ސާއިލާ! ވިލްޔޫމެރީ މީ؟ ލެޓްސް ސޭދެޓް އައި ލައިކް ޔޫ އަލޮޓް އެންޑް މައި ޕޭރެންޓްސް ސެއިޑް އިފް އައި ޑޯންޓް ޝޯ މައި ގާލް ފްރެންޑް އައި ހެވްޓު މެރީ ރަނާ.. ކޮޒް ދޭ ޑޮންޓް ބިލީވް މީ ވެން އައި ސޭ އައި ހޭވް އަ ގާލް ފްރެންޑް. ރަނާ އެ ބިޒްނަސް ޕާރޓްނާއެއްގެ ހުރިހަމަ އެކަނި ދަރި އެންޑް އައި ޑޯންޓް ލައިކް ހާ އެޓް އޯލް ބިކޮޒް ޝީ އިޒް އެ ޕްރޮސްޓިޓިއުޓް. “އަސްލު ބުނަން؟ އަހަންނެއް ނޫނޭ ޑޯނާ އަކީ.” “ވަޓް؟ އަސްލު ޑޯނާ އަކީ ދެން ކާކު؟ ދެން ކީއްވެ އަހަންނަށް އެގޮތައް ތި ޕްރޮޕޯޒް ކުރީ؟ އައިޒަން..!! ” “އަސްލު އަހަންނަކަށް ވެސް […]
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form] ޑޮކްޓާރ! ހަމަ އެނޫންގޮތެއް ނެތްތޯ ؟ ޓެސްޓްތަކުގެ ނަތީޖާތައްދައްކާގޮތުން ކީމޯތެރަޕީ ދީގެން ރަނގަޅު ވާވަރަށްވުރެ ބޮޑަށް ލިއުކީމިއާވަނީ ފެތުރިފަކަމުން ބޯންމެރޯ ޓްރާންސްޕްލާންޓެއް ވަރަށް އަވަހަށް ނުލިބިއްޖެނަމަ ފުރާނައަށް ނުރައްކާވާ ހިސާބަށް ޕޭސަންޓްގެހާލަތު ގޮސްދާނެ. ޓެެސްޓު ކުރިއިރު ތިފަރާތުގެ ބޯންމެރޯ އަދި ޕޭޝަންޓްގެ ބޯންމެރޯ މެޗް އެއްނުވޭ. އެހެންކަމުން އަޅުގަނޑުމެން މިހާރު ރިކުއެސްޓް ކޮށްފިން މެޗިންގ ޑޯނާ އެއް ލިބޭތޯވެސް. ލިބުން ހާ އަވަހަކަށް ސާރޖެރީކުރެވޭނެ މިކޮޅުން. އެތެރެހަށީގެ ހާއްސަ ޑޮކްޓާރ ހިތްހެޔޮކަމާ އެކު ވާހަކަ ދައްކަމުން ގެންދިޔަނަމަވެސް ސާއިލާ އިނީ ހާސްވެފައެވެ. ޑޮކްޓަރުކޮޓަރިން ނުކުމެ ސާރާ އޮތް ވާރޑް އާދިމާއަށް މިސްރާބު ޖެހިއިރުވެސް ސާއިލާއަށް ހުރެވުނީ ފުންވިސްނުމެއްގައެވެ. ސާރާއަށް މި ހަބަރުލިބުމުން ދެންވާނެ ގޮތަކާމެދުވެސް ސާއިލާއަށް ދިޔައީވިސްނެމުންނެވެ. ސާއިލާގެ ބޯންމެރޯއާއި ސާރާގެ ބޯންމެރޯ ދިމާވިނަމަ ކިހާއުފާވެރި ވީސް ހެއްޔެވެ.؟ އެހެންނަމަ ހަމަ ވަގުތުން އޮޕަރޭޝަން ކުރެވޭނެއެވެ. ސާއިލާ އަކީ މަންމައެއްވެސް އަދި ބައްޕައެއްވެސް ނެތް ޔަތީމު ކުއްޖެކެވެ.ސާއިލާގެ ހުރިހަމައެކަނިވެސް މީހަކީއޭނާގެ އެއްބަނޑު އެއްބަފާކޮއްކޮ ސާރާއެވެ. އެހެންކަމުން މިއަދު ސާރާއަށް އެފަދަ ބައްޔެއް ޖެހުމުން ސާއިލާ އިންތިހާއަށް ހުރީހާސްވެދެރަވެފައެވެ. ދިމާވި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްގައި ސާއިލާގެމަންމަ އާއި ބައްޕަ ދުނިޔެ ދޫކުރީ މީގެ ތިންއަހަރު ކުރިން ސާއިލާ އޭލެވެލްހަމަނިންމި ތަނާހެންނެވެ. އެކްސިޑެންޓަށް ފަހު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ދެމީހުންވީ ނިޔާވެފައެވެ. ލިބުނު ހިތާމަ ކިތަންމެ ބޮޑު ނަމަވެސް އެ ހިތާމައިން އަރައިގަނެ އާމްދަނީ ލިބޭފަދަ މަސައްކަތެއް ކުރަން ދެބެންނަށް މަޖުބޫރުވީ އެހިސާބުންނެވެ. ސާއިލާ އެލް.އެލް ކުންފުނީގައި މަސައްކަތް ކުރަން ފެށިއިރު ސާރާ ވެސް އޯލެވެލަ ނިންމިގޮތަށް އޭލެވެލްކިޔަވަން ބޭނުންނޫންކަމަށް ބުނެ ބާޓާގެ ސޭލްސްގާރލް އެއްގެ ގޮތަށް ވަޒީފާއަށް ދާންފެށިއެވެ. ކޮއްކޮ ރާއްޖޭންބޭރަށްގެންދާނެފެންވަރެއް ސާއިލާގެ ނެތުމުން ޑޯނާރ އެއްގެ އިންތިޒާރުގައި ހުރުން ނޫން ގޮތެއްވެސް އޭނާއަކަށް ނެތެވެ.ސާރާކުޑައީ ސާއިލާއަށްވުރެ ދެއަހަރުކަމުން ދެބެންނަކީވަރަށްވެސް އެކުވެރި ދެބެންނެވެ. ސާރާއޮތްވޯޑަށް ދެވުންއިރު ސާރާއިނީ އެނދުގައި ލެނގިލައިގެން ވިސްނުމެއްގައެވެ. “ސާރާ! ސާއިލާ ސާރާއަށް ގޮވާލުމާއެކު ސާރާބަލާލާފައި ހީލިއެވެ. ހޭއި އިޓްސް ގޮންނަބީ ފައިން. އައެމް ޝުއާރ ދެޓް ޔޫލްބީ ބެޓާރ ސޫން އިންޝާﷲ!” “ސާއި! ޔޫ ޑޯންޓް ނީޑް ޓު ކޮންސޯލްމީ. އައެމްފައިން އެންޑް އައި ނޯ ދެޓް، ނޯ. އިންފެކްޓް ވީ އޯލް ނޯ ދެޓް ވީވިލް ޑައި ވަންޑޭ.” “ސާރާ! ޔޫލްބީ ފައިން އިންޝާﷲ. ތިހެން ނުބުނެބަ ދެން އެޓްލީސްޓް ޕްލީޒް ސާރާ!” “ސާއި އައެމް ސޮރީ. އައި އޯލްރެޑީ ނިއު ދެޓް އައި ހެޑް ކެންސާރ. މީގެ ހަފްތާއެއްކުރިން ބާޓާގަ ހުއްޓަ އަނބުރައިގަނެގެން ވެއްޓުނީ. ދެން ޓެސްޓް ކުރީމަ އިނގުނީ” […]