Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 33

Belle Level 310 Stories100 Comments100 Login500 Login
August 28, 2019 5 Mins Read
45 Comments

 

” ނޯ ” ތެދުވުމަށްފަހު ލިވީ ކުޑަކޮށް ހަޅެއްލަވައިގަތެވެ.

 

” ނޯ ؟ ” ސުވާލު އުފެދިފައި ހުރެ ޝިފާވެސް ބަލާލިއެވެ.

 

” ޒައިކު ކައިރީ ބުނެގެން ނުވާނެ އަހަރެން ހުރި ތަނެއް، ދުނިޔޭގަ ހުރިކަމެއްވެސް، އަހަރެން ނުދާނަން އެކަކާއެކުވެސް ” ލިވީގެ ބަހާއެކު އެކަކު އަނެކަކު ބަލާލިއެވެ.

 

***************

 

ބެލްކަނީގައި ދުރުދުރަށް ދާންދެން ފެތުރިފައިވާ ރީތި ކަމަށް ގެއްލިފައި ލިވީ ހުއްޓެވެ. ސައިފުމެން ދިޔަތާ އިރުކޮޅެއް ވީ އިރުވެސް ލިވީ އެހުރީ ހަމަ އެ ހުރި ތަނުގައެވެ. މިދުވަހަކީ އޭނާ ކުޑަކޮށްވެސް ފެނިދާނެކަމަކަށް އުންމީދުކޮށްގެން ހުރި ދުވަހެއް ނޫނެވެ. ޒައިކު….އާހް އެރީތި ސޫރަ ހިތުން ފޮހެވިގެން ނުދާނެކަން ކަށަވަރެވެ. އެއަށްވުރެ ހައިރާންވާން ޖެހޭ ސަބަބަކީ އޭނަގެ އަންހެނުން ޒައިކު ކައިރިއަށް އަލުން ދިއުމަށް އެދޭތީއެވެ. އެއަންހެން ކުއްޖާ އެ އެދެނީ އޭނަގެ ފިރިމީހާގެ ފުރަތަމަ ވާން އުޅުނު އަނބިމީހާ އަލުން އެ ދިރިއުޅުމަށް ދިއުމަށެވެ. އެއްވެސް އަންހެން ކުއްޖަކު ފިރިމީހާ އެހެން އަންހެނަކާ ހިއްސާކުރުމަކަށް ނުރުހޭނެއެވެ. އެކަމަކު ޝިފާ އެހެން އެބުނަނީ ކީއްވެ ކަމެއް ލިވީއަކަށް ނުވިސްނެއެވެ. އަލުން އޭނަ އަނބުރާ ޒައިކުގެ ދިރިއުޅުމަށް ގޮއްސިނަމަ ވާނެގޮތް ހަމަ ނޭގެނީބާއެވެ؟.  ” ނޫން ނޫން ޒައިކު އަހަރެން ބަލައެއްވެސް ނުގަންނާނެ، ކީއްވެތަ އަމިއްލަ ފެންވަރު އޮޅިގެން މިއުޅެވެނީ . ޒެކް އަހަރެންދެކެ ވި ލޯބީގެ ބަދަލުގައި އަހަރެން އޭނައަށް އޮޅުވާލީ ” އަމިއްލަ ނަފްސައް ވާހަކަ ދައްކަމުން ލިވީ ތެދުވިއެވެ.

 

އަދިވެސް ލިވީ ހަނދާންވަނީ ޝިފާ ދެއްކި ވާހަކަ ތަކެވެ. އެއަންހެން ކުއްޖާ ވާހަކަ ދެއްކުމުގައި އެއްވެސް ކަމެއް ފޮރުވުމެއް، އޮޅުވާލުމެއް ނުގެންގުޅެއެވެ.

 

***************

 

” ވައި ވޯންޓު ޔޫ ކަމް ބެކް؟ ހުރިހާއެންމެން ހީކޮއްގެން ހުރީ ފިލައިގެން ގޮސް މިހާރު ދުނިޔޭގައިވެސް ނެއްކަމަށް ” ދާން ތެދުވެފައިވެސް ޝިފާ ކުރު ނުކުރިއެވެ.

 

” މޭބީ އިޓްސް ބެޓާރ ދިސް ވޭ ”

 

” ދޭ ޑިޒާވް ޓު ނޯ ދަ ޓުރޫތް ”

 

” ހަގީގަތަކީ ، ލިވީ ވީ ހާޓް އެޓޭކެއް ޖެހިގެން މަރުވެފައިކަން. މިހާރު އެންމެން ކުރިމަތީ މިހުރީ އީމާ . އަހަރެން މީ މިހާރު ތަފާތު މީހެއް، ލައިފް ހޭޑް ޗޭންޖުޑް މީ ޝިފާ ”

 

” ޖަސްޓު ކަމް ބެކް ވަންސް. ޒައިކު އަށް ހަގީގަތް އެނގެން ޖެހޭނެ ”

 

 

ޝިފާގެ ދުލުން ޒައިކުގެ ނަން އިވިލާ ކޮންމެ ފަހަރަކު ލިވީއަށް ކުރެވެނީ ތަފާތު އިހުސާސެކެވެ. އެނަމުން އެކަނިވެސް އޭނަގެ ހިއްސުތައް ހަމައިން ނައްޓާލައެވެ. އެރީތިކަން ދެކިލުމަށް ހިތް ބޭގަރާރު ވަމުން ދެއެވެ. މިވަގުތުވެސް އޭނަ ބޭނުން ވަނީ ދުވެލާފައި ގޮސް ޒައިކުގެ ގައިގަ ބައްދާލާ، އެ މޫނުގައި ބޮސް ދިނުމަށެވެ. ކަރުނަ ހުސްވަންދެން އެ މޭމަތީ ބޯއަޅާލައިގެން އޮވެ ރޯލުމަށެވެ. އެކަމަކު އޭނައަކީ އެހާ އަމިއްލަ އެދުން ބޮޑު އަންހެނަކަށް ވާކަށް ބޭނުމެއް ނޫނެވެ.

 

ޝިފާ އަކީ އޭނާގެ އަމިއްލަ އުފާތަކަށްވުރެ ފިރިމީހާގެ އުފާތަކަށް އިސްކަންދޭ ކުއްޖެއްކަން އޭނައަށް ހާމަވެއްޖެއެވެ. އެހެން ނޫންނަމަ ލޯބިވާ ފިރިމީހާއަށް އެހެން އަންހެނަކު ހޯދަދޭން ނޫޅުނީހެވެ. ތަންކޮޅެއް ކުރިންނަމަ ހަމަ އެގޮތައް އުޅުނު މީހަކީ ހުދު އޭނައެވެ. ކޮލެޖުގައި އުޅުނު އިރުވެސް މީރުހާ އެއްޗިއްސައް ދާންދެން،  ހޯމް ވޯރކުތައްވެސް ޒައިކު އަށް ކުރިން ނިންމުމަށް އެހީވެވެއެވެ. އޭނައަށް ޒައިކު ގެއްލެން ދިމާވި އެއްމެ ބޮޑު ސަބަބަކީވެސް ޒައިކުދެކެ ވެވުނު ހަގީގީ ލޯއްބެވެ. ކުޑަ ހިންދުކޮޅަކަށްވެސް ޒައިކު އޭނަދެކެ ރުޅިއައިސްގެން ފެންނަފަށުގައި ހުރުމަކީ އޭނައަށް ކެތްވާނެ ކަމެއް ނޫނެވެ. ހަމަ އެގޮތައް އޭނައަށް ވީގޮތް ޝިފާއަށް ވުމަކަށް ހިތެއް ނުރުހެވެއެވެ. ޒައިކު ހަޔާތުގައި އޭނަ ނޫން މީހަކު ހިއްސާވުމަކީ ދުވަހަކު އެހިތައް ތަސައްލީއެއް ލިބޭނެ ކަމެއް ނޫނެވެ. ޒައިކު އުފާކުރުމަށް ޝިފާ ނުކުރާނެ ކަމެއް ނޯންނާނެކަން އޭނައަށް އެނގެއެވެ.

 

 

ނޫނީ އޭނައަށްވެސް މިހާރު ބޭނުން ވަނީ ޝިފާކަހަކަ އޭނައަށް އަޅާލާ ، އޭނަދެކެ ލޯބިވާ ބައިވެރިއެކެވެ. ސައިފު ކަހަލަ މިހެކެވެ. އެކަމަކު ސައިފުގެ ދިރިއުޅުން ރުއިން ކޮއްލާކަށް ހިތެއް ނޭދެއެވެ. ސައިފުއަކީ ހަމަ އަދި ދިރިއުޅުމުގައި އެއްވެސް ހިތާމައެއް ކަންބޮޑުވުމެއް ދިމާވި މީހެއް ނޫނެވެ. އޭނަގެ އެހިތާމަތައް ލުއިކުރަން ސައިފުއަށް އުނދަގޫކަމަކަށް ވާނެއެވެ. ސައިފުގެ ލޯބި ގަބޫލުނުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީވެސް އެއެވެ. އޭނަދެކެ ލޯބިވާކަމަށް ސައިފު އެއްބަސްވި ނަމަވެސް ކޮންމެ ވެސް ދުވަހަކުން އޭނަގެ ހިތް ބަދަލު ނުކުރެވިއްޖެނަމަ ސައިފުވެސް އޭނަދެކެ ފޫހި ވެދާނެއެވެ.

 

*************

 

ކުރެވެމުންދިޔަ ހިޔާލު ތަކުން ކުޑަކޮށް ދުރުވެލެވުނީ އިތުރު އަޑެއް އިވެމުން ދިޔައީތީއެވެ. މޭޒުމަތިން ފޯނު ރިންގު ވެ ކެނޑުނުއިރުވެސް ލިވީ އެދިމާއަކަށް ބަލައެއް ނުލިއެވެ. އެހެނަސް ދެވަނަފަހަރަށް ރިންގު ވާން ފެށުމުން އެދިމާއަށް ހިނގައިގަތެވެ. އެއީ ކޮންމެވެސް މީހެއްގެ ފޯނެކެވެ. ހަމަގައިމުވެސް އޭނަގެ އެއް ނޫނެވެ. އަލުން ފޯނު މޭޒުމަތީ ބާއްވަން އުޅެނިކޮށް ނޭގިގެން ފޯނު ނެގުމާއެކު ލައުޑަށްވެސް ލެވުނެވެ. ލޯ ބޮޑުކޮށްލަމުން ފޯނަށް ބަލަހައްޓައިގެން ލިވީއަށް ހުރެވުނީއެވެ. ފިރިހެން ވަންތަ ބަރު އަޑެއް އިވުނެވެ.

 

” ޝިފް. ބޭބީ. އާރ ޔޫ އޯކޭ ” ލިވީއަށް އެ އަޑެއް ދުވަހަކުވެސް ނޯޅޭނެއެވެ. އެވަގުތު ކުރެވުނު އިހުސާސް ދުލަކުން ބަޔާން ކޮށްނުދެނޭނެކަން ގައިމެވެ. މޭގައި އެއްއަތުން އަޅާލީ މެޔަށް ފިނިވެލިހެން ހީވުމުންނެވެ. ހިތުގައި އެއްފަހަރާ ވިންދު ޖަހަން ފެށިކަހަލައެވެ. އެއީ އޭނަގެ ޒައިކު އެވެ. އޭނަގެ އަމިއްލަ ޒެކް އެވެ. އެކަމަކު ޒައިކު އެ ގޮވަނީ އޭނާއަކަށް ނޫނެވެ. ޝިފާ އަށެވެ. ޒައިކުގެ ދިރިއުޅުމުގައި އޭނާއަކީ އެއްވެސް މީހެއް ނޫނެވެ. އެ ގޮވާލި ގޮތުންވެސް ޝިފާ އަށް ދީފައިފާ މަގާމު ހާމަވެއެވެ.

 

” ވެއާރ އާރ ޔޫ؟ ރޭއްސުރެ ބޭބީ އަށް ނުގުޅިގެން މިއުޅެނީ. ސައިފު އާއިއެކުތަ ތިއުޅެނީ؟ ފޯނުން ގުޅެން ޖެހޭނެ ދޯ ، ކިހާ ހާސްވެފަ ކަން އިނގޭތަ މިހުރީ؟ ” މަޑުމަޑުން ރައްކާތެރިކަން ދޭ ފަދައަކުން ވާހަކަ ބަދަލުވިއެވެ. އޭރު ލިވީގެ ހިތް ދިޔައީ ފޮތިފޮތި ވަމުންނެވެ. ދުނިޔެ އެނބުރި ގަން ފަދައެވެ. މިހުރިހާ ދުވަހަކު ނުވި ދެރަ، ނުލިބުނު ހިތާމަ، އެއްފަހަރުން ސިކުންތު ކޮޅެއްގެ ތެރޭގައި ލިބިއްޖެއެވެ.

 

އެއްވެސް އެނގުމަކާއި ނުލާ އޭނަގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެ ބާރެއްނެތް ކަރުނަތައް އޭނަގެ ތުންފަތުން ތިރިއަށް ދެމެމުން ، އަގެއްނެތް ތަޅުންމަތިން ޖާގަ ހޯދިއެވެ. އަދިވެސް އެއަޑު އަހާ ހިތް ވީއެވެ. ކިތަންމެ އަނިޔާ ދޭ އަޑަކަށް ވިއަސް އޭނާއަށް ފަރުވާލެއް ނެތެވެ. އެއްފަހަރާ ތުނޑުތޫނު ކަށިތަކެއް އޭނާގެ މެޔަށް ހަރާލެވުނު ކަހަލައެވެ. ހިތާމައިގެ ތަސްވީރެކެވެ. ދިރި ހުރުމުގެ ބާރު ނެތި ދިޔަފަދައެވެ.

 

ފޯނު ކަނޑާލުމަށްފަހު، ދުރުން ފެންނަން ހުރި ސޯފާ އާ ދިމާއަށް ހޫރާލެވުނީ އަމިއްލަ ބާރަކު ނޫނެވެ. ދެއަތްތިލަ ތުރުތުރު އަޅަންފެށިއެވެ. އޮފްއަރައަރާ ހުރި މަޑު ފިޔާތޮށި ކުލައިގެ ދިގު ނިޔަފަތި ތަކުން ބޮލުގެ ހަންގަނޑަށް ބާރުކޮށްލެވުނެވެ. އަޑުން އަޑު ނަގައި ބާރަށް ރޯންފެށިއެވެ. ބަލާލާ މީހަކަށް ކެތް ކުރަން އުނދަގޫ ވޭނީ ރުއިމެކެވެ. ކަކޫ މާބުލް މަތި ޖެއްސުމަށްފަހު އަނގަ މަތީ އަތް އެޅުމަށްފަހު އެ އަޑު ކެނޑޭތޯ ބޭކާރު މަސައްކަތް ކުރިއެވެ. ކަރުނައިގެ ކޯރެއްގައި ފެތޭކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ދުވަހަކު ސަލާމަތް ވާނެކަމުގެ އުންމީދެއް ނެތް ފަދައެވެ. އެހެން ހުރެވުނީ ކިހާ އިރަކު ކަމެއް ނުވެސް އިނގެނީއެވެ. ދޮރާދިމާއަށް ބަލާލެވުނީ އަނެއްކާވެސް ބެލް އަޅާ އަޑަށެވެ. އަވަސްއަވަހަށް މޫނު ދޮވެލުމަށްފަހު ދޮރު ހުޅުވާލީ ދެވަނަ ފަހަރަށް ޝިފާގެ މޫނު ފެނިދާނެކަމަށް އުންމީދު ނުކޮށް ހުއްޓައެވެ.

 

” ފޯނު ” ޖުމްލަ ފުރިހަމަ ނުވަނީސް އެތެރެއަށް ވަދެ ފޯނު ހިފައިގެން އައިސް ޝިފާއަށް ދިއްކޮއްލިއެވެ.

 

” ތި ފޯނަށް އައި ކޯލެއް އޮޅިގެން ނެގުނު، ކަނޑާލިން ވަގުތުން ” ބުނަން ބޭނުން ވާ އެއްޗެއް ބުނުމަށްފަހު ދޮރު ލައްޕާލަން އުޅުމުން ދޮރުގެ ބޭރުގައި ސައިފު ހިފަހައްޓާލިއެވެ. އަދި އެމޫނަށް ފަރުވާތެރިކަމާއިއެކު ބަލާލިއެވެ.

 

” އެކަނިމާއެކަނި ކިހާ ހިތާމައެއްގަ އުޅެނީ ؟ ” ކައިރިވެލުމަށްފަހު ލިވީގެ އަތުގައި ސައިފު ފިރުމާލިއެވެ.

 

” ޔޫ ޑިޒާވް ހެޕިނެސް ލިވީ ”

 

“އީމާ! ކޯލް މީ އީމާ ”

 

” އޯކޭ ، އީމާ ލެޓް މީ ގިވް ޔޫ އޯލް ދަ ލަވް ޔޫ ޑިޒާވްސް ” އުންމީދާއެކު ސައިފު ހިނިތުންވެލިއެވެ.

 

” ނޯ، ސައިފު. ޑޯންޓް ޑޫ ދިސް. އަހަރެމެން މިކަމާ ވާހަކަ ދައްކައިފީމެއްނު. އަހަރެމެން ދެމީހުންނަށް އެކުވެރިކަމަށްވުރެ ގާތް ކަމެއް ނުބޭއްވޭނެ. އެކަމާ ސައިފު އެއްބަސް ވީމެއްނު ” ނުތަނަވަސްކަން ފިލުވުމަށް ލިވީ މަސައްކަތް ކުރިއެވެ.

 

” ބަޓް ވައި؟ ”

 

” ދެވަނަ ފަހަރަށް އަހަރެންގެ މި ބަލިކަށި ހިތް އެހެން މީހަކަށް ނުދެވޭނެ ސައިފް. ޕްލީޒް އަންޑަސްޓޭންޑު ވެބަލަ ”

 

” އޯކޭ . ދެރަނުވައްޗޭ. އަބަދުވެސް އަހަރެން އެންމެ ކައިރީ ވާނަން. އީވްނިންގަ ރަޝިޔާއަށް ދާން ފުރާނަން. ދެން ދެމީހުން ބައްދަލުވާނީ އެތަނުން ” ހީލަމުން ކުޑަކޮށް ލިވީ ގައިގަ ބައްދާލަމުން ދުރަށްދިއުމަށް ހިނގައިގަތެވެ.

 

” ޝިފާ ” ފަހަތައް އެނބުރި ބަލާލީ އޭނަގެ ނަމުން ލިވީ ގޮވާލުމުންނެވެ.

 

” އައެމް ޝުއާރ، ޒައިކު އިޒް އިން ގުޑް ހޭންޑްސް. އައި ޑޯންޓު ހޭވް ޓު ކެއާރ އެބައުޓް ހިމް ނައު ” ހިނިތުންވެލަމުން ލިވީ ދޮރުލައްޕާލީ ހިތްހަމަ ޖެހިގެންނެވެ. ހަޔާތުގައި އެންމެ ބޭނުންވި ލޯބި ނުލިބުނަސް ، އޭނަ ދެކެ ލޯބިވާ ފަރާތެއް ހުރިކަން ހިތައް އެރުމުންވެސް ހިތްހަމަޖެހުމެއް ލިބެއެވެ.

 

*******************

 

ރޭގަނޑުގެ ވަގުތެވެ. މުޅި ގެ ވަނީ ފަޅުވެފައެވެ. ޝިފާ ނެތި އެންމެ ދުވަހެއްވެސް މިހާރު ޒައިކުއަށް ހީވަނީ އެއްހާސް އަހަރު ވާހެނެވެ. އެ ލޮބުވެތި ބީހިލުންތަކަށް އަބަދު އެދެވެއެވެ. ގޭގެ ޓެރެސްގަ މަޑުކޮށްލައިގެން ހުރީ ޝިފާ މިރޭގެ ވަގުތެއްގައި އަންނާނެ ކަމަށް ބުނުމުންނެވެ. އެއާޕޯޓަށް ބަލާދާން ބުނުމުންވެސް އަންނަ ގަޑިނުބުނުމުން ޒައިކު ހުރީ ހިތްހަމަ ނުޖެހިފައެވެ. އެހެން ނަމަވެސް މީގެ އެއްގަޑި އިރުކުރިން ޑުރައިވަރު އެއާޕޯޓަށް ފޮނުވީ ޑްރައިވަރަށް ޝިފާ ގުޅުމުންކަން ޒައިކު އަށް އެނގުނެވެ. އޭނައަށް ނާންގާ އަންނަނީ ސަޕްރައިޒެއް ދިނުމަށް ކަމަށް ހިތުން ނިންމަމުން މޭގައި ފިރުމާލިއެވެ.

 

އެގޮތުގައި އިރުތަކެއް ވޭތިވެ ދިއުމަށްފަހު ވަކި ދިމާލަކަށް ނަޒަރު ހިންގާލީ ކާރުގެ ބަރުގޮނުގެ އަޑުންނެވެ. ބޭރަށް ދިއުމުގެ ބަދަލުގައި އަވަސް އަވަހަށް ކޮޓަރިއަށް ވަނުމަށް ހިނގައިގަތީ ޝިފާ ވަންނަ ގަޑީ ސިއްސުވާލުމުގެ ބޭނުމުގައެވެ. އެނދުގައި އިށީންނުމާއިއެކު ދޮރު ހުޅުވާލާފައި ޝިފާ ވަނެވެ. ޒައިކު ފެނުމާއި އެކު ފުރަގަސް ދިނުމަށްފަހު ފާރުގައި ބޯ ޖައްސާލިއެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު ކޮޓަރިތެރެއަށް ފޫދެމުން ދިޔައެވެ.

 

ޝިފާގެ އުނަގަނޑުގައި ހިފާ ކުރިމައްޗަށް އަނބުރާލަމުން އެމޫނުގައި ޒައިކު ބޮސްދިނެވެ. ދެއަތުން ބައްދާލަމުން ކަނދުރާ ކައިރީ މަޑުމަޑުން ވަސްގަތެވެ.

 

” އުމްމްމް. ވަރަށް މުހިންމު ވާހަކަ އެއް ބުނަން ”

 

” ޝުޝްޝްޝް ” ޝިފާ ގެ ތުންފަތުގައި ޒައިކު އިނގިލި އަޅާލަމުން ބޯހޫރާލިއެވެ.

 

” އައެމް ސޯ ސޮރީ ޒައިކު ”

 

” ފޯރ ވަޓް؟ ”

 

” އައި ހޭވް ޓު ޓެލް ޔޫ ސަމްތިންގ ޒައިކު ” ޝިފާ ވާހަކަ ދެއްކި ގޮތުން ޒައިކުގެ މޭ ތެޅެން ފެށިއެވެ. ހިތް ބިރުގަތީ އެހެނަކުން ނޫނެވެ. އެ އަސަރުގަދަ އަޑުން އެބުނަން އުޅެނީ ދިރި އުޅުމުގައި ހަބަރައްވުރެ ހިތި ހަގީގަތެއްކަމެއް ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. އެދެ ލޮލުން ފެނުނީ ހުސްކަމެވެ. ވީރާނާކަމެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ނޭނގިހުރެ ވެވުނު ލޯބި (4ވަނަ ބައި)

Next

ވިލާދޭ ސޯސަން

Next
August 28, 2019

ވިލާދޭ ސޯސަން

Previews
August 28, 2019

ނޭނގިހުރެ ވެވުނު ލޯބި (4ވަނަ ބައި)

45 Comments!

  1. Shaa says:
    August 28, 2019 at 5:47 am

    Varah reethi masha Allah ????????❤️keep it up????????sis athy kitha part baky ebain…? When next part?

    1. Belle says:
      September 9, 2019 at 1:27 pm

      Thanks

  2. Shahu says:
    August 28, 2019 at 5:48 am

    Woooooww varah salhi mi part ❤️❤️❤️?????love you belle

    1. Belle says:
      September 9, 2019 at 1:27 pm

      Thanks

  3. niyaaasha says:
    August 28, 2019 at 8:16 am

    when new part uploading??? kithah part innaaani>?

    1. Belle says:
      September 9, 2019 at 1:28 pm

      wait kurey adhi

  4. Maryy says:
    August 28, 2019 at 10:01 am

    Woooow soo vvvv reethi mi part ves ❤️ keep it up ? ❤️ ? ? ? ? ? ? ? ? ? ? ❤️ ❤️.. Whn next part ? avas kohllathi ingey ? ? ?

    1. Belle says:
      September 9, 2019 at 1:28 pm

      thanks

  5. Maii says:
    August 28, 2019 at 10:53 am

    Wow mi part vx v v salhi. Dhen vaany kihineh baa dhw..next part v kiyaalaa hithun mihiree.. Lysm belle???❤❤❤

    1. Belle says:
      September 9, 2019 at 1:28 pm

      thankss

  6. jikook says:
    August 28, 2019 at 12:42 pm

    ehaalahun up kuranee and ehaa kurukoh gen naanee abdhu vs…
    ekms story reethi 😀

    1. Belle says:
      September 9, 2019 at 1:28 pm

      thanks

  7. Butterfly says:
    September 1, 2019 at 10:04 am

    Why you are not reply these comments??????

    1. Belle says:
      September 9, 2019 at 1:29 pm

      sorry varah balikoh ulhunyma, miadhu mi on vevunyvess

  8. ??‍? says:
    September 1, 2019 at 7:56 pm

    Dear when is next part. Curiously waiting for next.

    1. Belle says:
      September 9, 2019 at 1:30 pm

      up kohfin , dhen conyinious koh up vaane

  9. A-R-S-H-A-N☺aroo☺ says:
    September 2, 2019 at 8:34 pm

    Masha allah! Story varah reethi.waiting for next part……………

    1. Belle says:
      September 9, 2019 at 1:30 pm

      thanks

  10. Naax says:
    September 3, 2019 at 3:42 pm

    When is next part

  11. Sam says:
    September 3, 2019 at 5:32 pm

    Avahah next part up kohla deeba…….

    1. Belle says:
      September 9, 2019 at 1:30 pm

      ok, sorry

  12. Shaako❤️ says:
    September 4, 2019 at 11:28 pm

    Alhey kondhuvahakuntha up kondheveyni? kohfa huhna comments thakah reply vess nukerey vihyaa??? up kureveyne dhuvahehviyas Bunan ok ehnu dhw ????????

    1. Kokko says:
      September 5, 2019 at 8:39 pm

      Kehtheri vebala. Kommes kameh veema dhw belle ah ved up koh nudheveny. Thi heekuraa faseyha kameh nooney eii vaahaka liyefa type kohfa eythi up kurakah.. Be patience.

    2. Belle says:
      September 9, 2019 at 1:31 pm

      sorry Shaako, v balikoh ulhunyma, reply nudhevuny,

  13. dhiraa wish says:
    September 5, 2019 at 9:13 pm

    Belle dear kobaa vaahaka.. belle baleetha?? Alhe vegen ulhey gotheh bunelabala.. varah wait kurevey mi vaahaka ah.. plxx upload soon

  14. Ainth says:
    September 6, 2019 at 9:38 am

    Kameh dhimaaviyas comment thakah reply kohleyma dho kiuntharihnah engeyney … eyrah iru iru kolhakaa naahaane up kuraney konirakuthoeh

    1. Jungkook says:
      September 7, 2019 at 2:50 am

      Dhw.. Eyrun hama gaimuvess naahaane vaahaka up nukoh Las vanee keehvehey vess.. Kohfa huhna comments thakah reply kureema dhw igeyni keehvegen tho up nuve lasvanyvess….

    2. Belle says:
      September 9, 2019 at 1:26 pm

      sorry varah balikoh ulhunyma, foonu ga ahvess nulevi midhiyaee

  15. Afee says:
    September 8, 2019 at 10:27 am

    Aslu jeheyne comment thakah reply kuran. Ehennoony up kuraani dhuvaheh bunefa in nama dhw… Mi story ga vx enme reethi hisaabah dhiyaeema up nukoh las kurany. belle ah kameh viyas ingeynee comment thakah reply kuranyaa eynun.eyrakun kiyuntherinneh abadhaku nukiyaane ehenneh… Mi comment negative koh nudhekeythi… nudhekeythi belle.

    1. Belle says:
      September 9, 2019 at 1:31 pm

      sorry

  16. niyaaasha says:
    September 8, 2019 at 2:08 pm

    mi vaaahaka konmes site ehga eba othey buni fahun belle varah faruwaaa kuda koh mi page ah up kurani vaaahaka

    1. Belle says:
      September 9, 2019 at 1:26 pm

      sorry

  17. .... says:
    September 8, 2019 at 11:42 pm

    އަވަަހައް އަޕްލޯޑު ކޮއްދީބަލަ

    1. Belle says:
      September 9, 2019 at 1:25 pm

      miadhu new part up koffin

  18. .... says:
    September 8, 2019 at 11:48 pm

    Belle varah molhu vaahaka liyan ekam mihaarakah ais belle varah faruvaa kuda kurey. Comment thakakah reply eh vx nukurey. Belle ah vaahaka upload nukurevey sababeh vx buneema dhw ingeyni. Vaahaka kiyaa kudhin vx foohivaane migothah kanthah vanyaa. Vaahaka upload nukurevunas comment thakah reply kohdheebala and vaahaka up nukurevey sababeh bunedheeba belle…

    1. Belle says:
      September 9, 2019 at 1:25 pm

      sorry, v balikoh midhuvas thakugawi ulhunymi

  19. Mal says:
    September 9, 2019 at 7:18 am

    Kobaahey kobaahey vaahaka

    1. Belle says:
      September 9, 2019 at 1:24 pm

      sorry every one. varah balikoh ulhunyma ehgothakahvess fone nugengulhen….varah bodah sorry. miadhu new part v dhigukoh up kohffin

  20. Reesha says:
    September 9, 2019 at 2:23 pm

    Hi belle
    Alhugadakah nufenunu 34 vana part eh

    1. Hulerm says:
      September 9, 2019 at 4:45 pm

      Hey reesha how could u leave me I miss you

  21. Reesha says:
    September 9, 2019 at 4:47 pm

    Hulerm dho aslu I never love you I just hate you

  22. Shaako❤️ says:
    September 10, 2019 at 8:46 pm

    Kobaatha up kuri bai nueh fenunu plzzzzz avahah up kohba and sorry for everything that I have said aslu vaahaka up nuve ginadhuvas veema ehn kiyuni sorry igey ???

  23. Sher says:
    September 10, 2019 at 10:19 pm

    Vedhaane up nuve pending ga kamah inee

  24. rifa says:
    September 11, 2019 at 8:19 am

    belle up kury mey bunyas page in up nukurani keehve tha.. ehen vaahakathah hurey up kohfa.. i think you now pending ey kiyaafa lying

    1. .... says:
      September 11, 2019 at 7:21 pm

      Eba iney mihaaru fennan p 34

Comments are closed.

Next Episodeލޯއްބެއްގެ ފެށުން 34←


All Right Reserved!