Skip to content
އެސްފިޔަ

….ރީން….

ރޯދަމަހުގެ ފުރަތަމަ ރޭގެ ތަރާވީހަށް ރީން ދިޔައީ ވަރަށް ހެވިލާފައި ހުރެގެންނެވެ. ވާނެ ގޮތެއް އޭނާއައް އެނގޭނީ ކިހިނެތް ހެއްޔެވެ؟
ރީން އަކީ އުމުރުން ބާރަ އަހަރުގެ އަންހެން ކުއްޖެކެވެ. ނަމަވެސް ގިނަ މީހުން ރީން ފުރަތަމަ ފަހަރު ފެނުމުން ހީކުރަނީ އޭނާ މިހާރު އުޅެނީ ގްރޭޑް ދިހައެއްގައި ކަމަށެވެ. ރީން އަކީ ވަރަށް އާދައިގެ ގޮތަކަށް އުޅޭ ކުއްޖެކެވެ. ހަމުގެ ކުލަ އަލިވެފައި އޮމާނެވެ. ލޮލެކޭ ފުން ކަނޑެކޭ އެއްގޮތެވެ. ހީލާ އިރު ކޮލައް އެޅޭ އަދިކޮޅުން ކޮންމެ މީހަކުވެސް އާށޯހު ކުރުވާނެެވެ.
ނަމާދުކޮށް ނިމި، ގެއަށްދާން ރީން ނުކުތް ރީން އަށް ފެނުނީ ބަލާލަންވެސް ދަތިވާ ވަރުގެ މަންޒަރެކެވެ. ދެ އަންހެން ކުދިން ރީން އަށް ބަލަން ހެވިލާފައި ތިއްބެވެ. ރީން ގެ ބޫޓު ފުރާ ހުރީ ހުސް ވެއްޔެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ ފެންކަޅި ވެފައިވާ ހާލުގައި ބޫޓުން ވެލި ފޮޅާލައިގެން ގެޔަށް ދިޔައީއެވެ.
އެ ދެކުދިންނަކީ ރީން އަށް އެންމެ ނަފްރަތް ކުރާ ދެކުދިންނެވެ. އެއީ މާނީ އާއި ޒީންއެވެ. އެ ދެކުދިން އަބަދުވެސް ތިބޭނީ ރީން އާ ޖައްސާލައިފައެވެ. ސްކޫލުގައި ވެސް އެ ދެކުދިންގެ ކަމަކީ ރީން އާ ހަނގާ (ބުލީ) ކުރުމެވެ. އެކަމާހެދި ރީން ރޮއެ ހިތާމަކުރެއެވެ. ރީން ގެ މަންމަ ކައިރީގައި ބުނުމުން ވެސް އަޅައެއް ނުލިއެވެ. މުދައްރިސުން ވެސްމެއެވެ.
ދުވަސްތައް މިގޮތަށް ފާއިތުވަމުން ދެއެވެ. މުޅި ސްކޫލުގައި ވެސް ރީން ގެ ރަހުމަތްތެރިއަކަށް އިންނަނީ ހަމައެކަނި ނީރާއެވެ. ނީރާ ވެސް ފަހުން ދުރުވަމުން ދުރުވަމުން މިހާރު ރީން އަކާ ވާހަކައެއް ނުދައްކައެވެ. ރީން އެންމެ ދެރަވި ސަބަބަކީވެސް އެއީއެވެ. ރީން ގެ ހުރިހާ ސިއްރު ތަކެއް ނީރާ އަށް އެނގޭތީ އޭނާ ބަދުނާމު ކޮށްފާނެތީ ރީން އަބަދުހެން އިންނަނީ ހިތް ބިރުގަނެފައެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ. ރީން ގެ މިޒާޖަށް ބޮދެތި ބަދަލުތަކެއް އަތުވެއްޖެކަން ރީން ގެ އާއިލާއަށް އެނގެންފެށިއެވެ. ކުރިން ރީން އަކީ ރުޅިއައިސްގެން ވެސް މަޖަލަކަށް ވެސް މީހެއް ގަޔައް އަތް އިސް ކުރުމަކީ ރީން ދުވަހަކުވެސް ކުރި ކަމެށް ނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ކުދިކުދި ކަންތައްތަވައިވެސް ރީން ކޮއްކޮ މެންގަޔަށް އަތް އިސްކުރަން ފެށިއެވެ. މިކަމާ އޭނާގެ މައިންބަފައިން ވަރަށް ހިތްހަމަނުޖެހެއެވެ. ބައެއްފަހަރު ރީން އާ ދިމާލަށް ހަޅޭއް ވެސް ލަވައެވެ.
ސްކޫލު ކަންތައްތަކަށް ރީން އަށް ފަރުވާކުޑަ ކުރެވެން ފެށިއެވެ. ގިނަ ދުވަސް ދުވަހުގައި މިހާރު ރީން ސްކޫލަށް ދަނީ ގަޑިޖެހިގެންނެވެ. އަދި ފިލާވަޅުތަށް ނުނިންމައެވެ. ކުރީ ކުލާހުން ނަގާ ޓެސްޓު ތަކުން މުޅި ކުލާހުން އެންމެ މަތީ މާކްސް ހޯދާ ރީންއަށް މިހާރު ލިބެނީ ވަރަށް ދަށް މާކްސްއެވެ. މިކަމުގެ ސަބަބު ހޯދާކަށް އެއްވެސް މީހަކު މަސައްކަތެއް ވެސ ނުކުރެއެވެ.
މިހާރު ރީން ގެ ކަމަކީ އަބަދު ހިންދީ ޑްރާމާ އާއި ސީރީޒް ބެލުމެވެ. އެނޫން ކަމެއް މިހާރަކު ރީންއެއް ނުކުރެއެވެ. މަންމަމެން ކިތަންމެ ވަރަކަށް ހަޅޭއް ލެވިއަސް މެއެވެ. ނަމަވެސް ކުރީ ރީން ސްކޫލުން އަންނަގޮތަށް ފަށަނީ ފިލާވަޅު ހަދާށެވެ. އެއައްފަހު ފޮތް ކިޔާށެވެ. ނަމަވެސް މިހާރުގެ ރީން އަކީ މުޅިން ތަފާތު ރީން އެކެވެ.
އޭގެ ހަފްތާއެއް ފަހުން ރީން ގެ ބެލެނިވެރިން ސްކޫލަށް ހާޒިރު ކުރިއެވެ. ދެއްކީ މުޅިންވެސް ރީން ގެ ގޯސް އާދަތަކުގެ ވާހަކައެވެ. ކުރީގެ ރީން އާއި މިހާރުގެ ރީން ގެ ތަފާތު ވާހަކަ އެވެ. ރީން އަކީ ޕްރިފެކްޓެއް ނަމަވެސް މިއަދަށް ފަހު ރީން އަކީ ޕްރިފެކްޓެއް ނޫން ކަމަށް ރީން ގެ ބެލެނިވެރިންނާ ބައްދަލު ކުރެއްވި ސްކޫލުގެ ޕްރިންސިޕަލް ބުނުއްވިއެވެ. އެއީ އެހާ އަޙްލާގު ދަށް ފެންވަރުގެ ކުދިންނަށް ދެވޭނެ މަގާމެއް ނޫން ކަމަށް އޭނާ ބުނުއްވިއެވެ.

(ނުނިމޭ)

މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ވަރަށް ގިނަ ކުށް ހުރުން އެކަށީގެން ވެއެވެ. ކިޔުންތެރިން ވާހަކަ އާމެދު ދެކޭ ގޮތް ކޮމެންޓަކުން އަންގާލުން އެދެމެވެ.
***ޝުކުރިއްޔާ***

Comments (11)

  1. ❤️shyn❤️

    V. Reethi mi part.. When next part… My ge younger sis ah ves kiyanee ryn.. Hama 12 years ❤️❤️

    1. RifuRifu
      ❤️shyn❤️

      Thank you

  2. Xa-who

    Rangalhu but adhi kudakoh improve kohla… Insha allah you’ll be a good writer?

    1. RifuRifu
      Xa-who

      Thank you

  3. ®¥N

    Evaru kameh vedhaane dhoo”❤️shyn ❤️

    1. Anonymous
      ®¥N

      Stry Reethi

  4. RifuRifu

    Hi readers. Hoe u all will like this part. Feel free to comment.☺

    1. RifuRifu
      RifuRifu

      Hope

  5. Shahu

    Woooooww varah salhi mi story ? ? ? ?. When next part. Curiously waiting… ?

  6. ®¥N

    Stry Reethi

  7. A aaR

    wow rifu whn nxt

Comments are closed.