Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގިހުރެ ވެވުނު ލޯބި (4ވަނަ ބައި)

YoonnaL Level 110 Stories
August 28, 2019 5 Mins Read
41 Comments

ކާރުން ނުކުމެގެން އައިސް އައިޒަން އާއި އެކު އެތެރެއަށް ވައިން ސާއިލާއަށް ދިޔައީ ގޭގެ އެކި ދިމަ ދިމާއަށް ލޯ އުކެމުންނެވެ. ސަންގުމަރުމަރުގެ ހިލައިން ފަރުމާކުރެވިފައިވި ފާރުތައް އޮމާންވެފާ ރީތި އިރު މުށިތައް މަތީ ވަނީ ކާޕެޓް އެޅިފައެވެ. ކުކުޅު ބިސް ކުލައިގެ ސޯފާސެޓެއް ސިޓިންގ ރޫމްގައި ބޭންދިފާ ހުރި އިރު ސޯފާ ކުރިމަތީގާ އެއްބިތް ފުރޭވަރުގެ ބޮޑު ފަތި ޓީވީ އެއް ހަރުކޮށްފައި ހުއްޓެވެ. ކާގެ އިނީ ފާރެއްޖަހާފައި އެބޮޑު ސިޓިންގް ރޫމާ ފުދޭވަރަކަށް ދުރުގައެވެ. ހަތަރު މީހުންނަށް ދެކައިރީގައި ތިބެވޭ ވަރުގެ ބޮޑު ކަކަޅު ކުލައިގެ މޭޒެއް އެތާ މެދުގައި ހުރި އިރު ދެކައިރިން ވާގޮތަށް ހަތަރު ގޮނޑިވެސް އިނެވެ.

އެތަނުން އެއް ގޮނޑީގައި އިން ފަތުހީ ކުރިންވެސް ސާއިލާ ދުށް ނަމަވެސް އައިޒަންގެ މަންމައެއް ސާއިލާ އަދި ނުދެކެއެވެ. އައިޒަންގެ މަންމަ އާއި ބައްޕަ ފެނިފާ ސާއިލާއަށް ސާއިލާގެ އަމިއްލަ މަންމަައާއި ބައްޕަމަތިން ހަނދާންވާ ގޮތް ވިއެވެ. ދެމީހުންގެ މޫނުމަތިންވެސް ސާއިލާއަށް ފެނުނީ ހިތްހެޔޮކަމެވެ.

“އާދޭ އާދޭ. އަވަހަށް އިށީނދޭ ދެކުދިންވެސް.!” އައިޒަންގެ މަންމަ އަނުމްއަށް ކާގެ ތެރެއަށް ވަތް ސާއިލާ އާއި އައިޒަން ފެނުމުން ގޮވާލިއެވެ. ޖެހިލުންވެފައި ހުރި ސާއިލާ އައިޒަންގެ މަންމަ ގޮވުމުން އައިޒަންގެ މަންމަގެ ކުރިމައްޗައް ހުރި ގޮނޑީގައި ގޮސް އިށީނެވެ. ސާއިލާގެ ފަހަތުން ގޮސް އައިޒަންވެސް ސާއިލާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

“ސާއިލާ ދޯ ކިޔަނީ؟” ހިތްހެޔޮ ކަމާއެކު އަނުމް ސުވާލު ކޮށްލުމުން ސާއިލާއަށް ކުރެވުނުހާވެސް ކަމަކީ ބޯ ޖަހާލުމެވެ. އިސްޖަހާލި ގޮތަށް ސާއިލާ އިނީ އިސް އުފުލާލާ ބަލާލަން ވެސް ނުކެރިފައެވެ.

“ހިނގާދޯ ކާން ފަށަން. ވާއޮ މަންމަ ދޯ މިހުރިހާ އެއްޗެއް ކެއްކީ؟ ހާދަ މީރުވާނެހެން ހީވެޔޭ..” ތައްޓަށް އެކިބާވަތް ބާވަތުގެ އެއްޗިހި އަޅަމުން އައިޒަން ވާހަކަ ދައްކަން ފެށީ ސާއިލާ ހާސްވެފާ އިންކަން އައިޒަންއަށް އެނގުމުން ތަނަށް ވެރިވެފައި އޮތް ހާސްކަން ކަނޑުވާލުމުގެ ބޭނުމުގައެވެ. އައިޒަން ހަމަ އެއްޗިހި އަޅާ ނިންމާލި ގޮތަށް ކާންފެށި އިރު ސާއިލާ އިނީ އަޅަންވީ ކޯޗެއް ކަންވެސް ނޭނގިފައެވެ. ބަތާއި މުގު ރިހައާއި ޕާސްތާއަދި ހިކިކޮށް ހަދާފައި ހުރި އަލުތްވާއި ކުކުޅުހުރި އިރު މޭޒުމަތި ފަޅު ފިލާވަރު ވެއެވެ. ސުފުރާމައްޗަށް ބަލަންއިން ސާއިލާ އިނީ މިބާވައޭ އެބާވައޭ އަޅަން ވީ ހިތަށް އަރަ އަރައެވެ.

އެންމެފަހުން ސާއިލާ އެޅީ ބޮޑު ޕާސްތާ ތައްޓެކެވެ. ހިކިކޮށް ހަދާފައި ހުރި އަލުތްވާއި ކުކުޅުވެސް އެޅިއެވެ. އެޅިގޮތަށް ކާންފެށިއިރު ފަތުހީ އަށާއި އަނުމް އަށް ތިބެވުނީ އައިޒަންއާއި ސާއިލާ އުޅުންގޮތް ބަލާށެވެ. ނިކަން ހެވިފާތިބެ އެދެމިހުން ކާންފެށި އިރު ހިތާހިތުން އައިޒަން އާއިި ސާއިލާގެ ރީތިކަން ވަރަށް ގުޅޭޔޭ ހިތާ ތައުރީފު ކޮށްލެވުނެވެ.

ކައިނިންމާފައި ދެންދެކެވުނީ ކައިވެނީގެ ވާހަކައެވެ.

ކައިވެނި ކުރަން ހަމަ ޖެހުނީ އޭގެ ދެދުވަސް ފަހުން އައިޒަންމެންގެ ގޭގަ ރޭގަނޑު އިޝާނަމާދަށް ފަހުއެވެ. ކުޑަގޮތަކަށް ކުރަން ހަމަޖެހުނު މިކައިވެނީގައި ފަތުހީއަދި އަނުމްގެ ބައެއް އެކުވެރިންގެ އިތުރުން އޮފީހުގެ ބައެއް މުވައްޒަފުންނަށްވެސް ދައުވަތު ދިނުމަށް ހަމަޖެހުނެވެ. ކިތަންމެ ކުޑަކޮށް ކައިވެނި ކުރަން ހަމަޖެހުނު ކަމުގައި ވިނަމަވެސް އައިޒަންގެ މަންމަ އާއި ބައްޕަ ބޭނުންވީ ސާއިލާ ވެޑިންގް ޑްރެސް އަދި އައިޒަން ވެސް ސޫޓް ލުމަށެވެ.

ހުރިހާކަމެއްވެސް ވަމުން ދިޔައީ ވަރަށް ހަލުވި ކޮށެވެ. އަނުމްއާއި ފަތުހީ ނިންމީ އެދުވަހު ހަވީރު ފިހާރަތައް ހުޅުވުމުން އެދުވަހުން އެދުވަހުން އެދުވަހަށް ހެދުންގަނެ ކަންތައްކޮށް ނިންމާލުމަށެވެ. ސާއިލާއާއި އައިޒަން އަދިއަނުމްއާއި ފަތުހީވެސް ބާޒާރު ކޮށްލަން ނުކުތީ ހަވީރު ހަތަރެއް ޖެހުމުންނެވެ.

ހުކުރު ދުވަސްކަމުން މާލޭގެ މަގުތަކުގައި ކާރޫބާރޫ އެހެންދުވަސް ތަކަށްވުރެ މާ ބޮޑުހެން ހީވެއެވެ. މަޑުމަޑުން އެކި މަގުތަކުގައި ދުއްވަމުންގޮސް މާލޭގެ މަޝްހޫރު ފިހާރައެއްކައިރީގައި ކާރު ޕާރކްކޮށްލުމަށްފަހު އެފިހާރައަށް ވަދެގެން ދިޔައީ ކައިވެނީގެ ހެދުން ގަތުމަށެވެ.

ވެޑިންގް ޑްރެސް ގަނެގެންގޮސް ސާއިލާއަށް ހެޔޮވަރު ވާނެ އެކި ވައްތަރު ވައްތަރުގެ ހެދުމާ ގުޅޭ ގޮތުން ބޫޓާ ދަބަސް އެއްޗިހި ގަނެދެމުން ދިޔަ އަނުމް ހުރީ ވަރަށް އުފާވެފައެވެ. ހެދުންގަނެގެން ސާއިލާ ގޮވައިގެން އަނުމް ގޮސް ވަނީ ގަހަނާ ވިއްކާތަނެއްގެ ތެރެއަށެވެ. ސާއިލާއަށް ރީތި އެއްޗެއް ގަނެދިނުމުގެ ބޭނުމުގައެވެ. ހުދުރަނުގެ ކުރު ހިމަ ވަރަށްރީތި ފަށަކާއި އަނގޮޓިއެއް ގަނެދީފައި އަނގޮޓި އަތުގައި އަޅުވައިދިނެވެ. ފަށް ގެއަށް ގޮސް އަޅާށޭ ބުނެފާ އަނުމް ފަށް ލީ ފޮށި ސާއިލާގެ އަތުތެރެއަށް ލައިދިންއިރު ސާއިލާ އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ.

“ދައްތާ! މީއްޗިހި އަޅުގަނޑަކަށް ނުކެރޭނެ ބޭނުންކުރާކަށް. މީއްޗިހި ނުލާހިކު އަގު ބޮޑު.” ސާއިލާ އެހެންބުނުމުން އަނުމް ސާއިލާއާއި ދިމާއަށް ބަލާލުމަށް ފަހު އެއްވެސް އެއްޗެކޭނުބުނެ އެތަނުން ނުކުމެގެން ދާން ހިނގައި ގަތެވެ. އަނުމް އެއްވެސް އެއްޗެކޭނުބުނެ ދާންފެށުމުން ސާއިލާ އަނުމް އޭނާދެކެ ރުޅި އައީއޭ ހިތާ އަނުމްގެ ފަހަތުން ގޮސް ކާރަށް އެރުމުން ފަތުހީ ކާރު ދުއްވާލިއެވެ.

“އައިޒަން. ދަރިފުޅުގެ ވާން އުޅޭ އަނބިމީހަ މަންމަ އާއި ދިމާލަށް ދައްތަ ކިޔާތި މަންމަ މިހިރީ ވަރަށް ދެރަވެފަ. ދަރިފުޅު ބުނެބަލަ އެމަންޖެ ކައިރީ މަންމައަށް މަންމަ އަދި ބައްޕަ އަށް ބައްޕަ ކިޔާށޭ.” އަނުމް އެހެންބުނުމުމުން އައިޒަން ސާއިލާއާއި ދިމާއަށް ހިނި އައިސްފާ ބަލާލި އިރު ސާއިލާވެސް ހިނިތުންވެލީ އަނުމް ސާއިލާދެކެ ރުޅި ނާންނަ ކަން އެނގުމުންނެވެ. ފަތުހީވެސް ހިނި އައިސްފާ އޭނާގެ އަނބިމީހާއާދިމާއަށް ބަލާލީ ލޯބިން ފުރިގެންވާކަހަލަ ގޮތަކަށެވެ.

އައިޒަންގެ ގެޔަށް މަޑުކުރުމަށްފަހު އައިޒަން ސާއިލާ ގެއަށް ލައިދެން ދިޔަ މަގުމަތީގައި ސާއިލާއާއި އެކު ސްކޫޕަށް ވަނީ އައިޒަން އައިސްކްރީމް ބޯހިތް ވެފާހުރުމުންނެވެ. “ސާއިލާ!” އައިސްކްރީމް ބޯން އިނދެފައި އައިޒަން ސާއިލާއަށް ގޮވާލިއެވެ.

“މަންމަ އެއްޗިހި ގަނެދީ އެހެން އެއުޅުނީ މަންމަގެ އަންހެން ދަރިއެއް ނެތީމަ. މަންމަ އަބަދުވެސް ވަރަށް ބޭނުންވި އަންހެން ދަރިއެއް. އަހަރެންވެސް ވަރަށް ބޭނުންވި ކޮއްކޮއެއް. އެހެންނަމަވެސް މަންމައަށް އަހަންނަށް ފަހު އިތުރު ދަރިއެއްް ލިބޭގޮތް ނުވީ މަންމަގެ ބަނޑު ތެރޭގައި އުފެދުނު ސިސްޓެއް ނަގަން ކުރި އޮޕަރޭޝަނެއްގެ ސަބަބުން.” އައިޒަން ވާހަކަ ދެއްކިއިރު އައިޒަންގެ މޫނުމަތީގައި ހިތި ހިނިތުންވުމެއް ވިއެވެ.

“އިޓްސް އޯކޭ. އައިޒަންގެ މަންމަ އަހަރެން ދަރިއެއްގެ ގޮތުގައި ބަލައި ގަތީތީ ވަރަށް އުފާވޭ.އައިޒަންގެ މަންމަގެ އަންހެން ދަރިއަކަށް އަހަރެން ވާންނު. އެންޑް އައިޒަންގެ ކޮއްކޮ އަކަށް ސާރާވެސް ވާންނު” އައިޒަން ދެއްކި ވާހަކަތަކަށް ރައްދެއްގެ ގޮތުން ސާއިލާ ބުނެލިއެވެ.

ސްކޫޕުން ނުކުމެ އައިޒަން ސާއިލާ ގެއަށް ލައިދޭން ދިޔަމަގުމަތީގައި ސާއިލާއަށް ޖިލްބާބު ފެނުމުން ކުއްލިއަކަށް އަދި ސާރާއަށް ހެދުން ގަންނަން ހިތައް އެރިއެވެ.

“އައިޒަން. ޖިލްބާބަށް މަޑު ކޮށްލަބަލަ.” ސާއިލާ އެހެންބުނުމުން އައިޒަން ކާރު ހުއްޓާލިއެވެ. ސާއިލާ އެބައަންނަމޭކިޔާފައި ކާރުން ނުކުމެގެން ގޮސް ޖިލްބާބު ތެރެއަށް ވަތް މަންޒަރު ބަލަން އައިޒަންއިނީ ހިނިތުންވެފައި ބަލާށެވެ. ސާއިލާ ޖިލްބާބަށް ވަދެ ސާރާއަށް ހެޔޮވަރުވާނެ އަބާޔާ އަކާ އެޔާ ގުޅޭގޮތުން ޝޯލްއެއް ގަނެގެން އައިސް ކާރަށް އެރުމުން އައިޒަން ކާރު ދުއްވާލިއެވެ.

****

ދެދުވަސް ފަހެވެ. ކައިވެނިކުރެވޭނެ ވަގުތު ކުޑަތަންވަމުން ދިޔައިރު ކައިވެނީގެ ހުދު ހެދުމުގައި ސާއިލާ އިނީ ބޮޑު ލޯގަނޑެއްގެ ކުރިމަތީގައެވެ.ސާދާ މޭކަޕެއް ސާއިލާގެ މޫނުމަތިން ފެންނަމުން ދިޔައިރު ސާއިލާގެ ރީތިކަން ދެގުނަވެފާވާހެން ހީވެއެވެ. ސާއިލާގެ ހަޔާތުގައިމީ ވަރަށް މުހިންމު ދުވަހެއް ނަމަވެސް ސާއިލާގެ މޫނުމަތިން މާބޮޑު އުފާވެރިކަމެއް ނުފެނެއެވެ. އަދި ހިތާމަވެރިކަމެއް ވެސް ނުފެނެއެވެ.

“ވާއޮ ސާއި. މިއަދު ސާއި ސާއި ހެންވެސް ހީނުވޭ.” ސާއިލާގެ ކައިރީގައި ސާއިލާ ސާރާއަށް ގަނެދިން ގަދަ ދަނބު ކުލައިގެ އަބާޔާލައި އެޔާގުޅޭގޮތުން ސާއިލާގަނެދިން މަޑު ދަނބު ކުލައިގެ ޝޯލް އަޅައިން ހުރި ސާރާ ބުނެލިއެވެ. ސާރާ އެހެންބުނުމުން ފަނޑު ހިނިތުންވުމެއް ސާރާއަށް ދިނުމަށްފަހު އިށީނދެ އިން ގޮނޑިން ތެދުވިއެވެ.

ހުދުކުލައިގެ އެހެދުން ސާއިލާގެ އުނަގަނޑުންފެށިގެން ތިރިއަށް ހުރީ ކުޑަކޮށްފުއްޕާލެވިފައި ވީއިރު އެހެދުން އަރަނީ ސާއިލާގެ ފައިގެ ތަނބިކަށްޓާ ހަމައަށެވެ. ދީނީ ގޮތުން ބަލާއިރު ހެދުން ބިންމަތީގައި ދެމޭވަރަށް ހުރުމަކީ މާތްﷲ ނަހީ ކުރައްވާފައި ވާކަމަކަށް ވުމުން ސާއިލާ ސާއިލާގެ ކައިވެންޏަށް ހޯދީ ބިންމަތީގައި ނެހޭކޭވަރުގެ ހެދުމެކެވެ.

ކައިވެނީގެ ހެދުމުގައި ހުރި ސާއިލާ ފެެނި ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައިހުރި އައިޒަން އިނީ ބަސްހުއްޓި ކަޅި ޖަހައިވެސް ނުލާ ބަލާށެވެ. ރަނަކަށް ކީ ދެހާސްފަސްސަތޭކަ ފަސް ރުފިޔާއެވެ. ރަންކިޔުމަށްފަހު ގާޒީ ހުތުބާ ލައިދިނުމުން އައިޒަން އަނބި ގަބޫލު ކޮށްފީމޭ ބުނި ހިސާބުންފެށިގެން ސާއިލާ އައިޒަންގެ ހައްޤަކަށް މުޅި އުމުރަށް ވީއެވެ.

އެކުޑަ ހަފްލާގައި ބައިވެރިވި މަދު މީހުންގެ ތެރެއިން އަންހެނުން ގަދަ ދަނބުކުލައިގެ ދިގު ހެދުންލާ މަޑު ދަނބު ކުލައިގެ ޝޯލް އަޅައިން ތިބިއިރު، ފިރިހެނުން ތިބީ ދަނބު ގަމީހާއި ކަޅު ފަޓުލޫނު ލައިގެންނެވެ.

ތަން ހިޔާކޮށް އެތަންމިތަނުގައި އެކި ޝޭޑް ތަކުގެ ދަނބުކުލައިގެ މާހަރުކުރެވި މުޅިތަން ވީ ވަރަށް ރީތިކޮށް ޒީނަތްތެރި ކުރެވިފައެވެ. މޭޒުތަކުގައި ހުދު ފޮތި އަޅާ ކޭންޑްލްސް ބަހައްޓާފައިހުރި އިރު ބަލާލަން ރީތި ހިތްގައިމު ގޮތެއް ހުރެއެވެ.

 

****

ހަފްލާނިމިގެން އައިޒަންއާއެކު ގޮސް އައިޒަންގެ ކޮޓަރިއަށް ވަދެވުނު ހިސާބުންފެށިގެން ސާއިލާގެ އަތްފައި ފިނި ވާން ފެށިއެވެ. ހިތްވެސް ޑަންޑަން ލާފާއި ތެޅެމުން ދިޔައީ ދެންވާނެ ގޮތެއްނޭނގޭތީއެވެ. ފާޑަކަށް ހުރި ސާއިލާފެނި ޖެއްސުމެއް ކޮށްލަން އައިޒަންގެ ހިތައް އެރިއެވެ. އައިޒަން ސާއިލާއާއި ދިމާއަށް ދިޔައީ ސާއިލާގެ ފަހަތުގައި ހުރި ހަރުގައި އޮތް އައިޒަންގެ ތުވާލި ނެގުމަށެވެ. ކުރިމަތިން އައި އައިޒަންފެނި ސާއިލާ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ހަރާ ކައިރި ވުމުން ހުއްޓުނެވެ. ސާއިލާއާއި ނުހަނު ގާތުގާ ހުރި އައިޒަންފެނި ސާއިލާ ހުރީ އަތަކަށް ޖެހިލަންވެސް ނުކެރިފައެވެ.

ސާއިލާ އެހެންހުއްޓާ އައިޒަން ތުވާލި ނަގައިގެން ސާއިލާއާ ދުރަށް ޖެހެލުމުން ސާއިލާއަށް އައިޒަން އުޅުނީ ތުވާލި ނަގަންކަން އިނގި، ސާއިލާއަށް އުޅެވުނު ގޮތް ހިތަށް އަރާފައި އަމިއްލަ މޮޔަކަމާމެދު ނިތުގައި އަތް ޖަހާލެވުނެވެ.

“ޑޯންޓް ވޮރީ. ސާއިލާގެ ނުރުހުމުގަ އަހަރެން ނޫޅޭން ސާއިލާގެ ގައިގަ އިނގިލި ކުރި ޖައްސާލަންވެސް. މިކައިވެނި މި ކުރެވުނީ ވަރަށް އަވަސް އަރުވާލައިން ކަމުން އިނގޭ ސާއިލާވެސް ޓައިމް ބޭނުންވާނެކަން. ސާއިލާ ބޭނުނަވަންދެ އަހަރެން ސާއިލާއާއި ގާތްވެސް ނުވާނަން. އައި ޕްރޮމިސް . ލެޓްސް ޖަސްޓް ބީ ފްރެންޑްސް ފޮރ ދި ޓައިމް ބީންގ. ޖަސްޓް ގުޑް ފްރެންޑްސް.” ސާއިލާ ހުރީ ހިތް ނުތަނަވަސް ވެފާކަން އައިޒަންއަށް އިނގުމުން އައިޒަން ބުނެލިއެވެ.

ހިނިތުންވެލައިން ހުރެ އައިޒަަން އެހެންބުނުމުން ސާއިލާވެސް ހިނިތުންވެލީ އެއީ އޭނާވެސް ބޭނުންވާގޮތް ވީމައެވެ. “އޯކޭ.” ސާއިލާވެސް އައިޒަން ބުނި ގޮތާ އެއްބަސްވިއެވެ.

“ދޭ ފެންވަރައިން އެއްޗިހި ބަދަލު ކުރަން. ތި ވެޑިންގ ޑްރެސްގަނޑު ލައިން އިންނަން އުނދަގޫވާންނު” އައިޒަންއެހެން ބުނުމުން ސާއިލާ އެނދުކައިރީ ހުރި އޭނާގެ ފޮށި ހުޅުވާލުމަށް ފަހު ނިދާހެދުމާއި ދަތްއުނގުޅާ ބުރުސް ނަގައިންގޮސް ޑްރެސިންގ ޓޭބަލް މަތީގާ އެއެއްޗިހި ބަހައްޓާލުމަށްފަހު ސާއިލާ ފުރަތަމަ ފެށީ އޭނާ އަޅައިން ހުރި ހުދު ކުލައިގެ ޝޯލްގައި ހުރި ޕިންތައް ނައްޓާށެވެ. ބޯމަތިން ޝޯލް ނެގުމުން ސާއިލާގެ ރާޅުބާނީ ބޯ އިސްތަށިގަނޑު ލޫއްދިގެން އޭނާގެ އުނަގަނޑާހަމަށް ފައިބައިގެން ދިޔަ މަންޒަރު ބަލަން އައިޒަން އިނީ އާޝޯހުވެފައެވެ.

އިސްތަށިގަނޑު އެއްކޮށްލުމަށް ފަހު ވޫލުން އޭނާގެ އިސްތަށިގަނޑު ދެފަށް ވާހެން ރީތިކޮށް އައްސާލުމަށްފަހު ޑްރެސިންގ ޓޭބަލްމަތީހުރި އެއްޗިހި ނަގައިގެން ސާއިލާ ހިނގައިގަތީ ފާހަނައާ ދިމާލަށެވެ. ފާހަނައަށް ވަދެ އެކި ކޮޅު ކޮޅަށް ލޯހިންގާލެވުނީ އެ ފާހަނައިގެ ބޮޑު ކަމާއި ރީތި ކަމުންނެވެ. އެބޮޑު ފާހަނައިގައި މެދެއްހާހިސާބުގާ ބޮޑު ޖަކޫޒީއެއް ބައިންދާފައި އިންއިރު ފެންވަރާތަން އިނީ ވަކިން ބިއްލޫރި ޖަހާ ބަންދު ކޮށްފައެވެ. މޫނުދޮންނަ ތައްޓާ ފާލަނަ ތަށިވެސް ބޮޑުވެފާ ރީތި އިރު ފާހަނައިން ވެސް ފެންނަމުންދިޔައީ މުއްސަނދިކަމުގެ ކުލަވަރު ތަކެވެ.

ސާއިލާ ވެޑިންގް ޑްރެސްގެ ފަހަތުގައި އިން ޒިބު ތިރި ކުރަން އުޅިއުޅިވެސް ޒިބު ތިރިއެއް ނުކުރެވުނެވެ. އައިޒަންގެ އެހީ ހޯދުން ނޫންގޮތެއް ނެތް ކަން އިނގުމުން ދޮރު ހުޅުވާލުމަށްފަހު ސާއިލާ އައިޒަންއަށް ގޮވާލިއެވެ.

 

  • – ނުނިމޭ –

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

YoonnaL

Level 110 Stories

like to read all genres including dhivehi and english stories Yoonal is just a username.

Other Articles

Previous

ލޯބިވާތީ 4

Next

ލޯތްބެއްގެ ފެށުން 33

Next
August 28, 2019

ލޯތްބެއްގެ ފެށުން 33

Previews
August 28, 2019

ލޯބިވާތީ 4

41 Comments!

  1. YoonnaL says:
    August 28, 2019 at 5:36 am

    Miothy neyngi hure vevunu loabi 4 vana Bai. Mibai ehen Bai thaakaaa balaafa varah dhogu vaane. Alhugandu varah belin English words minimize kureveytho ves. Heekuran readers ah mibai kamudhaane kamah . Buni dhuvahah upload kohdhevihjje. Next part insha’Allah Friday ga. Love you all?❤️

  2. YoonnaL says:
    August 28, 2019 at 5:36 am

    Miothy neyngi hure vevunu loabi 4 vana Bai. Mibai ehen Bai thaakaaa balaafa varah dhigu vaane. Alhugandu varah belin English words minimize kureveytho ves. Heekuran readers ah mibai kamudhaane kamah . Buni dhuvahah upload kohdhevihjje. Next part insha’Allah Friday ga. Love you all?❤️

  3. Shahu says:
    August 28, 2019 at 5:49 am

    Woooooww varah salhi mi part ves. Curiously waiting for next part.. ???❤️❤️❤️❤️ly

    1. YoonnaL says:
      August 28, 2019 at 10:07 am

      Thankyou shahu. ❤️ Ly too

  4. Dheen says:
    August 28, 2019 at 6:39 am

    Dheenee gothun anhenunge hedhun thanbi kattah vure thiri ah hurun Allah nahee kuravvaafa veyey vanee kon thanegga ba. Mi fadha mauloomaathu neyngi dhinun mee varah dhera kameh. Anhenunge hedhun onnany dhigu kuran. Thanbi kattaa hamayah hunnan jehenee firihenunge thirin laa echchihi. Neyngeynama mi fadha vahaka nudhekkun buhdhi veri. Varah salam

    1. zuha says:
      August 28, 2019 at 10:06 am

      Aee wedding dress ga fahathah dhigukohfa onna Bai ge vaahaka hen heevanee

    2. YoonnaL says:
      August 28, 2019 at 10:08 am

      Thankyou. Fahaih vaahaka ei. Yes zuha

  5. Kaily says:
    August 28, 2019 at 8:09 am

    Wowwwwwwww…. V salhi Mi part vs…. Whn is nxt part dear ???

    1. YoonnaL says:
      August 28, 2019 at 10:09 am

      Thankyou kaily. insha’Allah Friday ga

  6. ? says:
    August 28, 2019 at 9:40 am

    Ranves nukiyaa directly inytha???

    1. YoonnaL says:
      August 28, 2019 at 10:06 am

      Ran kee vaahaka ebothennu

  7. Lily says:
    August 28, 2019 at 9:58 am

    Anhenun dress hunnan jeheny thanbikattaa hama ah. Eah vuren dhiguvejjaa edhiguvaa bai eii naraka ah dhaa bai. It means binmathy keyhthey bai. Ehen noonas eah vuren dhiguveema eii israafu dhw. Israafu kurun eii nahee kuravvaafavaa kamei dhw. Konme hen hedhun dhigu nukuriyas staakeen eryma aura nivaa vaane dhw.

    1. YoonnaL says:
      August 28, 2019 at 10:11 am

      Ya ehen kiyaa adu ivun alhugandah. Thankyou lily ?

  8. Maii says:
    August 28, 2019 at 11:14 am

    Wow???..varah reethi mi part vx .you are good writer
    ???.. Lysm yoonnaL????????❤❤❤❤❤❤

    1. YoonnaL says:
      August 28, 2019 at 1:43 pm

      Thankyou Maii??

      Hella heart eyes for you .?

  9. Flora? says:
    August 28, 2019 at 11:29 am

    Wow. Vrh salhi. Eba improve vey mihaaru.?? Vrh reethi mi bai. Masha allah. Keep it up dear.????

    1. YoonnaL says:
      August 28, 2019 at 1:41 pm

      Thankyou so much flora? I’ll try my best

  10. Beautym says:
    August 28, 2019 at 1:54 pm

    V v v reethi❤

  11. Shau says:
    August 28, 2019 at 4:05 pm

    Varah reethi ?

    1. YoonnaL says:
      August 28, 2019 at 6:24 pm

      thankyou Shau

  12. Rooha says:
    August 28, 2019 at 11:00 pm

    Wait 2 days thereyga court kahthakeh nunimeyne dear atleast 7 days nagaane

    1. YoonnaL says:
      August 29, 2019 at 5:39 am

      Edhen nimmaaliyyey. Story ehgga anything can happen.

  13. Makku says:
    August 29, 2019 at 12:01 pm

    wow varah reethi keep it up dear… lysm yoonnal

    1. YoonnaL says:
      August 30, 2019 at 8:04 am

      Thankyou sm Makku

  14. Jasmine says:
    August 29, 2019 at 8:17 pm

    Wow this is also amazing. Curiously waiting for next part

  15. nash says:
    August 30, 2019 at 11:11 am

    whn next part

    1. YoonnaL says:
      September 2, 2019 at 9:58 pm

      Submit kohffin

  16. Bestie says:
    August 30, 2019 at 11:17 am

    lysm yoonnal. Keep it up dear.

    1. YoonnaL says:
      September 2, 2019 at 9:58 pm

      Thankyou so much dear

  17. Zoya says:
    August 30, 2019 at 3:32 pm

    Why some are so negetive..heevany up nukoh hen hurihen negetive vaahaka dhakkan..

    1. YoonnaL says:
      September 2, 2019 at 9:59 pm

      Vaahaka eh liyaairu some people will like the story and some will not like it.

  18. Maii says:
    August 31, 2019 at 7:33 pm

    Konirakun next up kohla dheny yoonnal?

    1. YoonnaL says:
      September 2, 2019 at 10:00 pm

      Mihaaru submit kollaifin. Sorry buni dhuvahah nuvi alhugandakah

  19. Aileen says:
    September 1, 2019 at 2:18 pm

    varah salhi <3 when next?

    1. YoonnaL says:
      September 2, 2019 at 10:00 pm

      Mihaaru submit kollaifin. Thankyou Aileen?

  20. Bestie says:
    September 1, 2019 at 8:13 pm

    Yoonnal how old are you dear.?

    1. YoonnaL says:
      September 2, 2019 at 10:01 pm

      Haadha ehen kahala suvaaleh. No comment on this.

  21. Hhhh says:
    September 2, 2019 at 1:00 pm

    Yoonnal when next part waiting

    1. YoonnaL says:
      September 2, 2019 at 10:01 pm

      Mihaaru submit kollaafa onnaany. Sorry buni dhuvahah vure las vehjje dho

  22. Yourwellwisher says:
    September 3, 2019 at 4:33 pm

    Vaahaka varah reethi?
    Waiting for the next part

    1. YoonnaL says:
      September 4, 2019 at 8:15 am

      Thankyou so much dear. Innaane 5th part mihaaru.

Comments are closed.

Next Episodeނޭނގިހުރެ ވެވުނު ލޯބި (5ވަނަ ބައި)←


All Right Reserved!