އިރުއޮއްސޭ ވަގުތެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހަމަހިމޭން ކަމެވެ. އުޑުމަތީގައި ވިލާތައް އެއްވިލާގަނޑާއި ޖެހި އަނެއް ވިލާގަނޑާއި އެކުވެރިކަން ބަދަހި ކުރަމުންދާއިރު އެފެނިގެންދާ މަންޒަރު ދުލުން ބަޔާން ކޮއްދެވޭ ވަރަށް ވުރެ މާ ފުރިހަމައެވެ. ގޮޑުދޮށައް ރާޅު ބީއްސާލާ އަޑު މުޅި ހިސާބުގައި ހިފާލާފައިވެއެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހިތްހަމަޖެހުމެވެ. އަތިރިމަތީގައި ހުރި ދުވަސްވީ ބޮޑު ނިކިގަސް ދަށުގައި އިށީންދެލައިގެން ހުރި ޒުވާން އުމުރުފުރައިގެ ކުއްޖާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް […]
ރައުލް ގޮސް ހުއްޓިލީ ކުޅިއެއްގެ ކުރިމައްޗަށެވެ. ވަށައިގެންވީ ފެހިކުލައިގެ ގަސްތަކުން މުޅި ހިސާބު ހިޔާކުރެވިފައި ވެއެވެ. މާހައުލުގައި ހިފާފައިވީ ހިތްތަކަށް ހަމަޖެހުން ލިބޭ ފަދަ ފިނިކަމެކެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުން ގައިން ހީބިހި ހިލުވާލާ ފަދައެވެ. ފިނިން ރައްކާތެރިވުމަށް ހަށިގަނޑުގައި ދެއަތް ހުރަސްކޮށްލަމުން މަލްޝާ އައިސް ހުއްޓިލީ ރައުލްގެ ފުރަގަހުގައެވެ. ހަތަރު ފޫޓު ދުރުގައެވެ. ރައުލް ފަސް އެނބުރި ބަލާލުމަށްފަހު އަތުގެ އިޝާރާތުް މަލްޝާއަށް އައުމަށް އެންގިއެވެ. މަލްޝާގެ ހިތަ ނުތަނަވަސްވެފައި ވީ ނަމަވެސް މަލްޝާ ބެލީ އެކަން ނުދައްކާ ވޭތޯއެވެ. އިސްޖަހާލައިގެން ހުރެ ލުއި ފިޔަވަޅުތަކެއް އަޅަމުން ގޮސް ހުއްޓިލީ ރައުލްގެ ކުރިމަތީގައެވެ. ރައުލް އޭނަގެ އަތުގައި އޮތް ފެންފުޅި މަލްޝާއަށް ދިއްކޮށްލުމުން މަލްޝާ އެ ފުޅި ކަނޑާލުމަށްފަހު އަތަށް ފެންފޮދެއް އަޅާލިއެވެ. އަދި ރައުލް ލައިގެން ހުރި ހުދު ސްވިމިންސޫޓްގެ މޭމަތީގައި ހުރި ކޯކުގެ އަސަރު ފިލުވާލުމަށް މަލްޝާ އެތަނުގައި ފެންފޮދެއް ހާކާލިއެވެ. މަލްޝާ ބެލީ ވީހާވެސް ދުރުގައި ހުރެގެން އެކަން ކުރެވޭތޯއެވެ. ކިރިޔާ އަތް ދަމާލައިގެން ހުރެ ހާކާލެވޭ ހިސާބުގައި މަލްޝާ ހުރުމުން ރައުލްގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ފުރަގަހުން މަލްޝާގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު ގާތަށް ދަމާލިއެވެ. މަލްޝާ އައިސް ޖެހުނީ ރައުލްގެ މޭމަތީގައެވެ. މަލްޝާއަށް ވާނުވާ ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ތެޅިގަތީ ރައުލްއާ ދުރަށް ދާށެވެ. ހިތް ތެޅެމުން ދިޔަ ބާރު މިނުން ދެންމެ ދެންމެ ބޭރަށް ފުންމާލަފާނެ ހެން ހީވާ ފަހަރު މަދެއް ނޫނެވެ. ރައުލް ގަދަ ހެދުމަކާ ނުލާ މަލްޝާގެ ގައިން ދޫކޮށްލިއެވެ. ” އަޅެ އެހެންޏަ… ގޮސް އެހެރަ ގަސް ކައިރީ ހުރެގެން މި ތަނުގައި ފެން ހާކަ ދޭންވީނު… ހާސް ނުވޭ… އަހަރެން ނޫޅެމޭ މަލްޝާ ކާލާކަށް… ” ރައުލްއާ ދިމާލަށް ކަޅި އަޅާލަމުން މަލްޝާ ހިތް ހަމައަކަށް އަޅުވާލިއެވެ. އަދި ތަންކޮޅެއް ކައިރިއަށް ޖެހިލުމަށްފަހު ކުރިން ކުރަން ހުރި ކަންތަކުގައި މަޝްއޫލުވިއެވެ. ރައުލް ހުރީ މަލްޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. އަންހެންކުއްޖަކު އެހާ ގާތުގައި ހުރުމުން ރައުލް އަށް އޭނަގެ އިހްސާސްތައް ބާރުގެ ދަށަށް ގެނައުމަށް ބޮޑު ހަނގުރާމައެއް ކުރަން ޖެހުނެވެ. ބަސްނާހާ ހިތުގެ އަމުރަށް ކިޔަމަންވަމުން އޭނާގެ އަތް ހަރަކާތް ކުރީ މަލްޝާގެ ނިޔަނެތި ހަށިގަނޑާ ދިމާލަށެވެ. މަލްޝާގެ ހަށިގަނޑަށް ރައުލްގެ ދަހިވެތި ނަޒަރުތައް އަމާޒުވަމުން ދިޔައެވެ. މަލްޝާ ރައުލްގެ ސްވިމިން ސޫޓް ކޯކުގެ ވަސްވެސް ނުދުވާނެ ވަރަށް ސާފުކޮށްލިއެވެ. ހިތްހަމަ ޖެހިފައި ހުރެ ހިނިތުންވެލަމުން އިސްއުފުލާ ރައުލްއާ ދިމާލަށް ބަލާލި ވަގުތު އެ ލޮލުގައިވީ މަސްތީ އަސަރަކުން ހުރިހާ ހޯލިތައް ކޮޅަށް ޖެހުނު ފަދަ އިހްސާސެއް މަލްޝާއަށް ކުރެވުނެވެ. ފުން ކަނޑެއް ފަދަ އެ ލޮލުގެ ތެރެއަށް މަލްޝާ ޣަރަގުވެގެން ދާކަށް މާ ގިނަ އިރެއް ނުނެގިއެވެ. ރައުލް މަލްޝާގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލުމަށްފަހު ޝަހާދަތް އިނގިލި މަލްޝާގެ ނިތްކުރިން ތިރިއަށް ހިނގާލިއެވެ. މަލްޝާއަށް ދެ ލޯ މަރާލެވުނީ ބޭއިޚްތިޔާރުގައެވެ. ރައުލްއަށް އޭގެން މާނަ ނެގުނީ އެހެން ގޮތަކަށެވެ. އެއް އަތުން މަލްޝާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރެ އަނެއް އަަތުން މަލްޝާގެ މޫނުގައި ހިފަހައްޓާލިއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ މަލްޝާގެ ތުންފަތަށެވެ. ރައުލް މަލްޝާގެ މޫނާއިި އޭނާގެ މޫނު ގާތްކޮށްލިއެވެ. އަދި އެ ރީތި ތުންފަތުގައި ބޮސްދިނެވެ. މަލްޝާގެ މުޅި ހަށިގަނޑު ހީލިކެރުވިގެން ދިޔައިރު މަލްޝާގެ އެއް އަތުން ރައުލްގެ ފަށްބޯ އިސްތަށިގަނޑުގައި ހިފާ ބާޜުކޮށްލިއެވެ. ހަގީގީ ދުނިޔެއަށް ލޯ މަރާލަމުން ކުރިމަތިން ހަނާ އަޅަމުން ދިޔަ ޚިޔާލީ ދުނިޔޭގެ ތެެރެއަށް މަލްޝާ ގެނބިގެން ދިޔައީ ފަހުން ވެދާނެ ގޮތަކާމެދު ވިސްނާލުމެއް ނެތިއެވެ. ރައުލް މަލްޝާއާ ދުރަށް ޖެހިލީ ނޭވާ ކޮޅަށް ދިއުމުންނެވެ. އޭރުވެސް އޭނަގެ އެއް އަތް މަލްޝާގެ ހިމަ އުނަގަނޑުގައި ވަށާލެވިފައި ވެއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު އެކަކު އަނެކަކަށް މާނަ ފުން ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ރައުލް މަލްޝާގެ މޫނުގައި ބޮސްދިނެވެ. މަލްޝާއަށް އެ ބީހުންތަކަށް ފުރިހަމައަށް މަރުހަބާ ކިޔުނީ ކިތަންމެ ބީރައްޓެހި ނަމަވެސް އެ ފިރުމުންތަކުން ލިބުނު އަރާމަކުންނެވެ. ހިތް ވީ އެ ފަދަ އަރާށް ފެންބޮވައިގަނެފައެވެ. ރައުލް މަލްޝާގެ ބުރުގާ ކުޑަކޮށް ހިއްލާލުމަށްފަހު ލައިގެން ހުރި ހެދުމުގެ ކޮނޑު ތިރިކޮށްލިއެވެ. މަލްޝާގެ އޮމާން ދޮން ހަންގަނޑުން ބައެއް ހާމަވެގެން ދިއުމާއެކު ރައުލްގެ ހިތުގެ ހިނގުމަށް ބަދަލު އައި ހެން ހީވިއެވެ. ކާއެއްޗަކަށް ދަހިވެތިވެފައިވީ މީހެއް ފަދައިން މަލްޝާގެ ގައިގައި ބައްދާލުމަށްފަހު ކަނދުރާގައި ބޮސްދިނެވެ. މަލްޝާގެ ދެފައިން ވާގި ދޫވާހެން ހީވުމުން ރައުލް ސްވިމިން ސޫޓްގައި ބާރަށް ހިފަހައްޓާލިއެވެ. ފުންވެގެން ދިޔަ ނޭވާ އާއެކު މަލްޝާގެ ދުލުން ބޭރުވެގެން ދިޔައީ ރައުލްގެ ނަމެވެ. ރައުލްގެ ތުންފަތްމައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ރައުލް މަޑުމަޑުން މަލްޝާ ބިންމަތީގައި ބާއްވާލިއެވެ. އަދި މަލްޝާގެ ދެފަރާތުން އަތް ވިއްދާލުމަށްފަހު ތިރިވެލީ ދެއަތުގެ މައްޗަށް ބުރަވަމުންނެވެ. އޭރު މަލްޝާޣެ ބުރުގާ އޮތީ ތަންކޮޅެއް ދުރުގައެވެ. މަލްޝާގެ މުށިކުލައިގެ ފަން އިސްތަށިގަނޑަށް އާޝޯޚުވެފައިވީ ރައުލްގެ ނަޒަރު އަމާޒުވަމުން ދިޔައެވެ. އެހާ ރީތި ދިގު އިސްތަށިގަނޑެއް އޮތް އިރު މަލްޝާގެ ބުރުގާ އެޅީ ކީއްވެ ބާއޭ ރައުލްގެ ހިތަށް އެރިއެވެ. ރައުލްގެ ބީހުންތަކުގެ އޮއެވަރުގައި ޖެހި ހޭވެރިކަން ގެއްލެމުން ދިޔަ ވަގުތު ކަންފަތުގައި ޖެހުނު ފޯނެއްގެ ރިންގުގެ އަޑުން ހީވީ މަލްޝާ އޭނާގެ ޚިޔާލީ ދުނިޔެއިން ދަމާފައި ނެރެ ހަގީގީ ދުނިޔެއަށް ކޮއްޕާލި ހެންނެވެ. ރައުލްއާ ދެމެދު ހިނގާ ދިޔަ ހުރިހާ ކަމެއް މަޑުމަޑުން ހަނދާނަށް އަންނަމުން ދިޔައެވެ. ރައުލް ކޮބައިތޯ ބަލާލިއިރު އޭނަގެ ބަނޑުމަތީ އެއް އަތް ބާއްވާލައިގެން ރައުލްއަށް އޮތީ ނިދިފައެވެ. ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތްކަން އިހްސާސް ކުރެވުނީ އެވަގުތުއެވެ. ފެންކަޅިވެގެން ދިޔަ ދެލޮލުން އެ މަންޒަރު ފެނުނީ ފުސްކޮށެވެ. މަލްޝާ ދުރުގައި ހުރި އޭނާއާ ރައުލްގެ އަންނައުނުތައް ނަގަން ތެދުވެލި ވަގުތު މަލްޝާއަށް ހީވީ އޭނަގެ ދަށް ބަނޑުގައި މީހަކު ވަކި އަޅުވާ ދަމާލި ހެންނެވެ. ލިބުނު ވޭނަށް ކެތް ނުކުރެވި މަލްޝާއަށް ހުރި ތަނަށް ތިރިވެވުނީ ބަނޑުގައި އަތް އަޅައިގެންނެވެ. މަލްޝާގެ ދެތުންފަތް ފޫ އަޅުވާލާފައި ވޭނީ އާޚްތަކެއް ބޭރުވަމުން ދިޔައެވެ. އޭރުވެސް ރައުލްގެ ފޯނު ރިންގުވަމުން ދިޔަ އަޑު އިވެއެވެ. ނަމަވެސް އެ ހިސާބަށް ދާނެހާ ހިތަވަރެއް މަލްޝާގެ ނިކަމެތި ހަށިގަނޑަކު ނެތެވެ. ހަށިގަނޑުގައި ހުރި ކޮންމެ ކައްޓެއް، ކޮންމެ މަސްކޮޅެއްގައި ރިއްސަމުން ދިޔައެވެ. މަލްޝާގެ މަޑު ގިސްލުމުގެ އަޑު އިވުމުން ރައުލް އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯ ހުޅުވާލިއެވެ. ބަނޑުގައި އަތް އަޅައިގެން ރޯން އިން މަލްޝާ ފެނި ވީ ގޮތެއްވެސް ނޭނގުނެވެ. ފުންމައިގެން ތެދުވެ މަލްޝާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ. މަލްޝާއަށް ސިހިފައި ތެޅެގަނެވުނެވެ. ރައުލްގެ އަތު ތެރެއިން ސަލާމަތްވުމަށްފަހު ހިތްވަރުކޮށްފައި ކަކުލުގެ އެހީގައި އެ ހެދުން އޮތް ހިސާބަށް […]
ދުވަމުން ދުވަމުން ގޮސް ޒާޔާ ހައްވާއާއި ފަވާޒްގެ ކޮޓަރިއަށް ވަންއިރު ނަސީބަކުން އެދެމީހުން އަދިވެސް އުޅުނީ ބަދިގޭގައެވެ. ފުރުސަތު ގެ ބޭނުންހިފައި ޒާޔާ އެ ކޮޓަރީގެ އަލަމާރި ހާވަންފެށިއެވެ. ހާވަމުން ހާވަމުން ގޮސް ހެދުންތަކުގެ ބިއްދޮށުގައި ހުރި ކުޑަކުޑަ ފޮއްޓެއް ނަގާ ހުޅުވާލިއެވެ. އަދި އިރުކޮޅެއް ވަންދެން ފޮށި ހާވަން ހުރެފައި އޭގެތެރެއިން ހުދުކުލައިގެ އެއްޗެއްނެގިއެވެ. އޭތި ހިފައިގެން ޒާޔާ ވަރަށް ވަގުވަގަށް އެނބުރި ކޮޓަރިއަށް ދިޔައެވެ. “ކޮއްކޯ… ދެން މަޑުން ހުރެބަ!” ގޭތެރޭގައި ރަޔާންއާއި އޭނާގެ […]
“ބްލޫސް ކޮމްޕެނީގެެ ޗެއަރމަން އަލްހާން ސުލްތާން…. 1998 ވަނަ އަހަރު އޭ.އެޗް.އިންޑަސްޓްރީޒްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި ކުންފުނީގެ ޗެއަރމަން އަޒްހާން ސުލްތާންއާއި އަންހެނުން މަރިޔަމް ހައިލާގެ މަރު ފަހަތުގައި ތިބޭފުޅާގެ އަތެއްވާކަމަށް އަޅުގަނޑުމެންގެ ތަހުޤީގުން ސާބިތުވެފައިވާތީ އަޅުގަނޑުމެން މިއައީ ކޯޓް އަމުރުގެ ދަށުން ދައުވާ ލިބޭ ފަރާތް ހައްޔަރުކުރުމަށްޓަކައި…” ފުލުހުންތަކުގެ ތެރެއިން އާދައިގެ ހެދުމުގައި ހުރި މަޔާން ކުރިއަށްޖެހިލަމުން ދިއްކޮށްލީ ކޯޓް އަމުރެވެ. ގަނޑުގެ މަތީގައި ބޮޑުއަކުރުން ފަވާފައި އަކުރުތައް ލޮލުގައި އަޅައިގަތުމާއިއެކު އަލްހާންގެ […]
ވަސީމާ ގޮސް ދޮރު ހުޅުވާލުމުން ފެނިގެން ދިޔަ މޫނުތަކުން އޭނަ ހުއްޓުންއެރިއެވެ. ދުރުގައި ހުރި އަޔާޒްގެ ބުމަގޮށްޖެހިގެން ދިޔަ ހިނދު ކާކުތޯ ބުނެ ފަހަތް ބަލާލި ނިޝާންގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ. ދޮރުމަތީގައި ހުއްޓި ތިބީ ބަލާބެލުމަށް މެދު ޢުމުރުގެ ފިރިހެނަކާއި ބުރުގާ ނާޅާހުރި އަންހެނެއްގެ އިތުރުން އަޔާޒާއި ދާދި އެއްވަރެއްގެ ޒުވާނެކެވެ. ދޮށީ ފިރިހެން މީހާ ގަމީހަކާއި ފަޓުލޫނެއްގައި ބެގީ ކޮށްގެން ހުރިއިރު މޫނުން ރޫތައް ނަގަން ފަށާފައިވި އަންހެން މީހާ ލައިގެން ހުރީ ފެހި […]
“އަހަންނަށް މަޢާފުކުރޭ… އަހަންނަށް މަޢާފުކުރޭ…” ރޮމުންދިޔަ ނާބިހްގެ ޖުމްލަތަކުން މުޅި ތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ. ******** ލިބުނު ކުއްލި ޝޮކްގައި އެންމެންވެސް ތިބީ ހުއްޓުން އަރާފައެވެ. ދޫތަކުގައި ތަޅެއް ލެވުނު ފަދައެވެ. ޙަދީޖާ ހުރިތަނަށް ތިރިވިއެވެ. ގަބުވެފައި ނަތާޝާ ހުރީ އަނގަމަތީގައި އަތް އެޅި ގޮތަށް ނަގަންވެސް ނޭނގިފައެވެ. ނާބިހްގެ ރުއިމުގެ އަޑާއި އެކުވެގެން އައީ ޙަދީޖާގެ ގިސްލުުމުގެ އަޑެވެ. މުށިތަކުގެ މަތީގައި ރޯން އިން ޙަދީޖާ ފެނުމާއިއެކު ނާބިހްއަށް އެެެދިމާއަށް ދެވުނެވެ. “ނާންނާތި… […]
ކައިޒީން ދިޔުމުން ޒިރާން އަނެއްކާވެސް ގޮސް އިށީންދެލީ ހަމަ ސޯފާގައިއެވެ. ކައިޒީން އެބުނީ ތެދެއް ނޫން ކަމުގައި ޒިރާންގެ ހިތް ބުނަނީއެވެ. އަދި ކައިޒީންއަށް ކަމެއް ވެއްޖެކަމަށްވެސް ޒިރާންގެ ހިތް ދިޔައީ ހުއްޓާ ނުލައި ބުނަމުންނެވެ. ނަމަވެސް ޒިރާންގެ ހިތްހަމަޖައްސާލީ ކައިޒީން އެއީ ދުވަހަކުވެސް އޭނާއަށް ދޮގު ހެދި ކުއްޖަކަށް ނުވާތީ އެކަން ހަނދާންކޮށްލަމުންނެވެ. އަދި އެތާ ނީދެ ޒިރާންވެސް ނިދަން ދިޔައީ ނިދިއައިސްފައި ހުރިލެއް ބޮޑުކަމުންނެވެ. އީނާޝް އެނދުގައި ދެފަރާތަށް ފުރޮޅެމުން ދިޔައީ ނުނިދިގެންނެވެ. އީނާޝްއާއި […]
*މަންމައޭތީ ލޯބިވާ މަންމާތީ، **ހިތް ރޮނީއޭ މަންމަ ފެނިލާށެ،**މަންމަ ކުޑަކުޑަ ވަގުތު ކޮޅަކަށް, **މި ހިތް ވަނީ ބޭގަރާރުވެފައެވެ،**މަންމަ ގާތުގައި ނެތުމުން ހިތް ކުދިކުދިވޭ،**މަންމަ ކާރީގައި ވުމަށް ހިތް އާދޭސްކުރެ،* ގިޓާއިން ރީތި މިއުޒިކެއް ކުޅެލަމުން އަހާނާ އޭނާގެ ހިތާމަތައް ލަވައެއްގެ ގޮތުގައި ހުށައަޅަމުން ދިޔައެވެ. *މަންމައަށް ހެޔޮ އެދި ދުވާކުރަމެ،**މަންމައަށް ހެޔޮ އެދި ދުވަކުރަމޭ،**ހިތުގެ އަޑިން މަންމާ ބުނަމެ،**މަންމައަށް ހެޔޮ އެދި ދުވާކުރަމޭ،*. ލަވަ ކިޔާ ނިމުނު އިރު އަހާނާގެ ދޮން މޫނު ހުރީ އެއްކޮށް […]
“ބެ…ބެ..ބެން…ޝޭ..ޝޭން…..އަވަ….އަވަސް…” ދާނިޝްއާ އިއްބާން ގެ ގައިންވެސް ހީބިހިހިލުވީ އައިރީން ދުވެފައިކަހަލަ ގޮތަކަށް އައިސް ތުރުތުރު އަޅާ އަޑަކުން ބުނެލި ގޮތަކުންނެވެ. ****************** މާނޭވާ ލަމުންދިޔަ އައިރީންއަށް ބަލާލަމުން އިއްބާން ހަލުވި ފިޔަވަޅުތަކެއް ނަގަމުން އައިޝަމް އޮތް ކޮޓަރިއަށް ވަދެވުނު ގޮތެއްވެސް ނޭނގުނެވެ. ފެނުނު މަންޒަރަކުން އިއްބާންގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ފަދަ އިހްސާސެއްކުރެވުނެވެ. އޭނާއަށް ފެނުނީ އެނދުމަތީގައި އޮތް އައިޝަމްގެ ތުރުތުރު އަޅާ އަތް ހަރަކާތް ކުރަނިކޮށެވެ. އެވަގުތު ކޮޓަރީގައިވާ ހަމަހިމޭންކަން ނައްތާލީ މެޝިންތައް އެލާރޓް […]