Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާތީ 4

Sima Level 1
August 28, 2019 4 Mins Read
7 Comments

ގެއަށް ގޮސް ވައިން ޒައިނާގެެ އަތުގައި އަޅާފައި ވާ ޕުލާސްޓަރ ފެނުމާއި އެކު ޝިމާނާާ ސުވާލުތަށް ކުރަން ފެށިއެވެ. ” ދޮންތާ އެވަރު ކަމެއް ނޫނޭ މިހާރު ތަދުވެސް ނުވޭ.” ޒައިނާ މަސައްކަތް ކުރީ ހާސްވެފައި ވާ ޝިމާނާ ހަމައަކަށްް އެޅޭ ތޯއެވެ. އަނެއް ދުވަހު ކޮލެޖް އަށްވެސް ޒައިނާ ނުފޮނުވަން ޝިމާނާ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އެއްވެސް ފިލާވަޅެއް ގެއްލެެންް ބޭނުން ނުވާތީ ކިިޔަަންް ފެށުމުން ފޮނުވީ އެވެ.

ހިތްގައިމު ރީތި ދުވަހެކެވެ. އުޑުމަތީގައި ކުދިކުދި ހުދު ވިލާކޮޅުތައް ދައުރުވަމުން ދިޔައީ މިނިވަން ކަމާއި އެކުއެވެ. އިރުގެ ގަދަ އަވިންް މަގުތަށް ދިއްލިފައި ވާފަދަ އެވެ. ކޮލެޖުުގެެ ގޭޓުން ވަދެގެން ދިޔަ ޒައިނާ ހުރީ ގަދަ އަވީގެ ސަބަބުން ލޯ ހުޅުވާލަަންް އުނދަގުވެފައެވެ. ލޯކުޑަ ކޮށްގެން ދިޔަައީީ ބޮޑެތި ގަސްތަކުން ހިޔާއެޅިފައި ވާ ބެންޗު ތަކުން ބެންޗް އެއް ގައި އިށީނުމަށެވެ. ގަޑި އަށްވުރެ ކުރިން އަންނަން ޖެހުނީ ޔޫސުފް ތަނަކަށް ދާން ޖެހުމުުންް ދަމުން އޭނަ ލާފައި ދިޔައީމަ އެވެ. ވޭތުވެ ދިޔަ ދެދުވަސް ދިޔައީ ސްކޫލުުުން އޭނަ ހޯދަން ބޭނުންވާ ސޫރަ ނުފެނިއެވެ. ބެންޗްއެއްގައި އެކަނި އިން ޒައިނާާ ފެނުމުން ކޮލެޖްއައް ވަދެގެން އައި ރައުހާގޮސް އޭނަ ކައިރީ އިށީނެވެ. ”މިއަދު ހާާދަަ އަވަހަކަށް އައިސް ތީނީ.” ”ހޫމް. ދޮންތަބޭ ތަނަކަށް ދާން ޖެހިގެން ދަމުން ގެނެސްލާފަ އެދިޔައީ”. ޒައިނާ ވާހަކަ ދައްކަމުން ރައުހާ އަށް ބަލައި ލިއެވެ. އަބަދުވެސް އެ މޫނުމަތިން ފެންނަ ހިނިތުންވުމެވެ. އެ ހިތްހެޔޮ ކަމެވެ. ނަމަވެސް އެ ލޮލުގައި ވަނީ ވަރުބަލި ކަމެވެ. ކިތަންމެ އަނގަ ގަދަ ކުއްޖެއް ނަމަވެސް އަމިއްލަ ދިރިއުޅުމާއި ގުޅޭ ގޮތުން ވަހަކަ ދައްކަން ބޭނުން ނުވާ ފަދައެވެ. ސުވާލެއް ކުރިއަސް އަވަހަށް ވާހަކަ ބަދަލު ކޮށްލަނީ ބުނަން ނުވާއެއްޗެއް ބުނެވިދާނެތީ ހެންވެސް ހީވާ ފަހަރު އާދެއެވެ.

” ބަލާބަ އެއްކަލަ މޭކަޕް ކުއީން އެއޮއް އަންނަނީ. ދެން އެހެރީ އޭނަގެ ޕްރިންސް ކޮންމެ އަންހެން ކުއްޖެއް ވިޔަސް އޭނަަައަަށްް ހެޔޮވާނެ.” ގޭޓުން ވަދެގެން އައި ރާކިން އާއި ޝިއުނާ އަށް އިށާރާތް ކޮށް ރައުހާ އެހެން ބުނި އިރު މޫނުމަތީީގައިި ވަނީ ފޫހިކަމެވެ. ”ކީއްވެ ތިހާ ރުޅި އައިސް ތީނީީ؟. އެއީ ޝިއުނާގެ ބޯއީ ފުރެންޑްތަ؟.” ޒައިނާ ސުވާލު ކޮށްލިއެވެ. ރައުހާ ޝިއުނާ ދެެެެކެެ ރުޅި އަންނަ ސަބަބެއް އޭނައަށް އެނގިފައިނުވާތީއެވެ. ”މުއްސަނދި އާއިލާ އަކުން އައިއްސިއްޔާ އުޅެން ނޭނގެނީނުން. އެމީހުންނަށް ހީވަނީ މުއްސަނދިިންް އެކަނި އުޅެން އޮތް ތަނެކޭ ދުނިޔެއަކީވެސް.” މިއީ ރައުހާ އެހާވަރަށް ރުޅި އައިއްސަ ހުއްޓާ ޒައިނާ އަށް ފެނުން ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާ އަށް ވިސްނުން ގޮތުގައި ރައުހާ މުއްސަނދިން ދެކެ އެހާ ރުޅިއަންނަ ނަމަ އެކަމުގައިި ކޮންމެސް ބޮޑު ސަބަބެއް ވާނެއެވެ. ” ދެން އަޅާނުލާ ދޭޭ އިނގޭ ކުލާހަށް ގަޑި ޖެހެނީ. ޒައި ވެސް މިދަނީ ކުލާހަށް. ބްރޭކު ގަޑީގަ ދިމާވާނޭނުން އަދި.” ޒައިިނާާ ދިއުމުން ރައުހާާ ވެސް އިތުރަަށްް މަޑުނުކޮށް ދިޔައީ އެވެ.

އިންޓަވަލް ގަޑި ޖެހުމުން ޒައިނާ ދިޔައީ ކެންޓީނަށެވެ. އެތެރެއަށް ވަދެ ރައުހާ ފެންނަން ހުރިތޯ ހޯދާލިއެވެ. ނަމަވެސް ފެންނަންް ނެތުމުން ގޮސް ޖޫސް ތަށްޓެއް ނަގައިގެން އިށީނެވެ. އެހެން އިނދެ އިސް އުފުލާލެވުން ވަގުތު މޭޒެއް ކައިރީ އެކަނިއައިސް އިށީން ރާކިން އޭނަގެ ލޮލުގައި އަޅައިގަތެެެވެެ. އޭޭޭޭނަ ބޭނުުުންވީީ ކުރީ ދުވަހު އޭނައަށް ވީ އެެެހީތެރި ކަަަމަށް ޝުކުުުރު އަދާކުުުރާށެެވެެ.

”ހާއި. އައިއެމް ޒައިނާ.  ކުރީދުވަހު ވެދިން އެހީ ތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.” ރާކިން އިިންް މޭޒު ކައިރީމަޑު ކޮށްލަމުން ޒައިނާ ޝުކުރު އަދާ ކުރިއެވެ. ރާކިން އިސް އުފުލާ ބަލައިލާާ ހިނިތުން ވެލިއެވެ. ޒައިނާ އޭނައަށް ބަލައިލި ގޮތަށް ހުރީ ކަޅި ޖަހާލަަންް ވެސް ހަނދާން ނެތިފައި އެވެ. އެ ރީތި ހިނިތުން ވުމުގެ ޖާދޫގައި ގައިދު ވެފައި ވާފަދައެވެ. ޒައިނާއަށް ވެސް ހިނިތުން ވެލެވުނެވެ. ނަމަވެސް އެެކަން އޭނައަށް އިޚުސާސް ވެސް ނުވާ ފަދައެވެ. ”މީ ރާކިން. އެންޑް ޔޫއާ މޮސްޓު ވެލްކަމް. ތިހާނާޒުކު ކުދިން ނައް ދިމާވާ އެކަހަލަ ކުދި ކުދި ކަންތައް ތަކުގައި އެހީ ވާން ތިބޭ ބައެއްނު ފިރިހެނުން މީ.” ރާކިން ވާހަކަ ދެއްކި އިރުވެސް ޒައިނާ ހިނިތުން ވެގެން އެެ މޫނުން ނަޒަރު ވަކިކޮށް ނުލާ ބަލަހައްޓައިގެން ހުރީ އެވެ.

” ރާކް ހާދަ ވަރަކަށް ހޯދައި ފީމޭ. މީ ކީއްވެފަ ހުރި މީހެއް މޮޔައެއް ހެެންް ހެވިފަ.” ރާކިިންް ހޯދަމުންް ކެންޓީން އަށް ވަދެގެން އައި ޝިއުނާއަށް އޭނަ ފެނުމުން އައީ ވާހަކަދައްކަމުން ނެވެ. އައިސް އަރާ ހަމަކޮށް ރާކިން ކައިރީ ހެވިފައި ހުރި ޒައިނާ ފެނުމުން އެއްޗެއް ބުނެ ނުލާ ނުހުރެވުނެވެ. ހުރެވުނީ ހިނި އައިއްސަ ކަން އޭނައަށް އެނގުންވީ ވެސް އެވަޤުތު ޝިއުނާ އެހެން ބުނުމުންނެވެ. އޭނާ ގަތްލަދުން ކޯތާފަތް ރަތް ވެެެެެެެގެެންް ދިޔައެވެ. އަވަހަށް އިސްދަށަށް ޖަހައިގެން ހިނގައި ގަތީ އެތަނުން ފިލޭތޯއެވެ.

ބާރު ބާރަށް ހިނގާފައި ކެންޓީންއިން ނުކުންނަން ދިޔަ ޒައިނާ އަށް ރައުހާ ގޮވާލި ނަމަވެެސްް އެއަޑު އޭނައަށް ނީވުނެވެ. ކެންޓީނަށް ވަންނަން އައި ނަމަވެސް ރައުހާ ފަހަތަށް އެނބުރި ހިނގައިގަތީ ޒައިނާގެ ފަހަތުން ނެވެ. މާ ބާރަކަށް ދިއުމުން ވީގޮތެއް އޮޅުން ފިލުވުމުގެ ބޭނުމުގައި އެވެ. ޒައިނާ އިށީނީ ބެންޗެއް ގައިއެވެ. ފަހަތުން އައި ރައުހާވެސް އޭނަ ކައިރީ އިށީނެވެެ. ” ކިހިނެއްވީ މާބާރަކަށް ތިއައީ؟. މަ ވަރުބަލި ވެއްޖެ ޒައި އާ އެއްވަރު ކުރަން ހިނގާ ހިނގާ.” ރައުހާ އަށް ވެފައި ހުރިގޮތް ފެނުމުނެ އޭނަ ކައިރިއަށް އައީ ހިންޏެވެ. ދެލޯބޮޑު ކޮށްލައިގެން އިންއިރު ވަރުބަލި ވެގެެންް މައިނޭވާ ލެވެއެވެ. ” ޒައި އަށް އާދެވުނީ އެހާ ބާރަށް ތަ؟. އެކަމް ރައު ތިހާ ބާރަކަށް ނަޔަސް ޒައި ކައިރިއަށް އާދެވޭނޭނުން.” ހިނި އައިސް އިނދެ އޭނަަަަަަަަ ވާހަކަ ދެއްކުމުން ރައުހާ ތުންދަމާލިއެވެ. ” މިހާރު އަދި ހީވަނީ ބޭބީ އެއްހެން.” ރައުހާ ތުން ދަމާލިގޮތް މަޖާވެގެން އޭނަ ބުނެލިއެވެެ. ”އަދިވެސް ހޭންތަ ވީ މަމިހިރީ ޒައި އަށް ކަމެއް ވީކަމަށް ބިރުން. އެހެންވެ އޭ އެހާބާރަށް އާދެވުނީ. ތީ ކޮލެޖް އަށް އައި ފުރަތަމަ ދުވަހުު އަތުގަައިި ރެނދުއަޅުވައިގެން ދިއަ މީހެއް ވިއްޔަ. ކިހިނެތް އެނގޭނީ މަ ހީކުރީ އަނެއްކާވެސް އެ ޝިއުނާ ޒައި އަށް ކަމެއް ކުރީ ކަމަށް.” ޝިއުނާގެ ވާހަކަ ރަައުހާ ބުނުމުން އޭނަ ދެންމެ ވީ ކަންތަށް ހަނދާން ވިއެވެ. ” ރާކިން އުޅެނީ އަސްލުވެސް އެ ޝިއުނާ އާ ރަށްޓެހި ވެގެންތަ؟.” އޭނަ އެސުވާލު ކުރިި އިރުވެސް ހިތުގެ އަޑިިން އެދެވުނީ އެއީ ދޮގަކަށް ވުމަށެވެ. ”ނޭނގެ ޝިއުނާ ކިޔާނެ މުޅި ކޮލެޖްގަ އޭނަގެ ބޯއީ ފުރެންޑް އަކީ ރާކިން އޭ. އަބަދު ހުންނާނީ އޭނަ ފަހަތުގަ ޖައްސާލާފަ. އެކަމް ރާކިިންް އޭނައާ ހެދި އެވަރަކުން އުޅޭތީ އެއް ނުފެނޭ. ކިހިނެތްވީ އޭނަ މާ ކަމުދިޔައީ ތަ އަނެއްކަ؟.” ޒައިނާ ބޭނުންވި ޖަވާބު ނުލިބުން ނަމަވެސް އުއްމީދު ކަނޑާލަން އޭނާ ބޭޭނުމެއް ނުވިއެވެ. އޭނާގެ ހިތުގައި އުއްމީދުގެ އޮއިވަރު ދަތުރު ކޮށްލީ ހިތަށް އެރި އެއްޗަކުންނެވެ. އޭނަ އަކީ ކާކުކަން އެނގިއްޖެ ނަމަ ރާކިން އޭނަ އާއި ދުރު ނުވާނެކަމަށް ހަމަ ހިތް ބުނަނީ އެވެ. އޭނަގެ ހަޤީގަތް ބުނެދެން ބޭނުންވިއެވެ. ނަމަވެސް ސިކުނޑި އެކަމަށް ހުރަސް އަޅަނީ އެވެ. އެންމެ ފަހުުންް އޭނާ ނިންމީ ދުވަސް ކޮޅެއް ވަންދެން ރާކިން އާއިި ޝިއުނާގެ ގުޅުން ކުރިއަށް ދާގޮތްް ބަލައި ލުމަށެވެ. ގޮތެއް ނިންމާނީ އޭގެފަހުގައި އެވެ.

********************************

ދުވަސްތަށް ދައުރުވަމުން ދިޔައީ އާާދައިގެ ގޮތަކަށެެެވެެ. ޒައިނާ އާއި ރާކިންއާއިި ދެމެދުވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވެއެވެ. ނަމަވެސް ދެމީހުން ވާހަކަ ދަށްކަނިކޮށް ޝިއުނާ އަށް ފެނިއްޖެ ނަމަ އެ ދުވަހަކު އޭންއަށް ކުުުރާ ޖެއްސުން އިތުރުކޮށްލައެވެ. އާންމުކޮށް ކޮންމެ ދުވަހަކު އޭނައަށް ޝިއުނާގެ އުނދަގޫ ފޯރައެވެެ. އެކަމާއި ރައުހާ ވެސް ޝިއުނާ ދެކެ އަންނަ ރުޅި ވަނީ އިތުރުވެފައި އެވެ. ބައެއް ފަހަރު ޝިއުނާގެ ފަރާތުން ލިބޭ އަނިޔާތަކުން އޭނަ މިންޖުކޮށްދެނީ ރާކިން އެވެ. އަދި ޝިއުނާ އާއި ދެކޮޅަށް އޭނަ އެއްޗެހި ބުނެެފިި ފަހަރަކު އެލޮލުން ފެންނަ ރުޅިވެރިކަމުން އޭނަ އަންދާ އަޅިއަށް ހަދާލަން އުޅޭ ފަދައެެެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sima

Level 1

Other Articles

Previous

ކުށަކާ ނުލާ 26

Next

ނޭނގިހުރެ ވެވުނު ލޯބި (4ވަނަ ބައި)

Next
August 28, 2019

ނޭނގިހުރެ ވެވުނު ލޯބި (4ވަނަ ބައި)

Previews
August 26, 2019

ކުށަކާ ނުލާ 26

7 Comments!

  1. Shahu says:
    August 28, 2019 at 5:50 am

    Woooooww varah salhi. Varah reethi ❤️ ❤️ ❤️ love you sima sis. Keep it up. When next part…

  2. Sima says:
    August 28, 2019 at 9:21 am

    Maadhan up kohlaanan Insha Allah. And thank you Shahu??

  3. Maryy says:
    August 28, 2019 at 10:09 am

    Vv nice ingey❤️????????????Keep it up ? ❤️ ?

  4. azker says:
    August 28, 2019 at 3:43 pm

    ??❤️❤️❤️❤️❤️love it cant wait for the next part…… keep up the good work??????

  5. Sima says:
    August 29, 2019 at 2:36 pm

    Miadhu kuri vissaara ya gulhigen dhimaavi hithaamaveri haadhisaa akaai gulhigen miyadhu vaahaka up kohdheven nei vahaka varah hithaamayaai eku bunelan. Sorry readers.?

  6. 12345 says:
    August 30, 2019 at 10:10 pm

    Dhn next part konirakun

Comments are closed.

Next Episodeލޯބިވާތީ 5←


All Right Reserved!