Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކަފުން ވެވިފާ…04

eysh Level 510 Stories100 Comments100 Login500 Comments
August 28, 2019 4 Mins Read
47 Comments

“ކައިކް ޕްލީޒް… އަހަންނަށް ތިހެން ނުހަދާ… ހެޔޮނުވާނެ…” ނައިރާއަށް ރޮވުނެވެ.

********

“އަހަރެން ދައްކާ ވާހަކަ އަޑުއަހާލަދީ…” ނައިރާ އާދޭހާއިއެކު އެދުނެވެ.

ކައިލަންގެ ގައިގައި އަތް ޖައްސައިލި ނައިރާ ސިހުނީ ކައިލަން އެ އަތް ފޮޅުވައިލުމުންނެވެ. ލިބުނު ސިހުމުގައި މެޔަށް ތޫނު ތަދެއް އެރިއެވެ. ނައިރާއަށް އޭނަގެ މޭގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު ކަރުނުން ދެލޯ ފުރެމުން ދިޔައެވެ.

“އިތުރަށް ކޮން ވާހަކައެއް ދައްކަން؟… ތި ދައްކާ ވާހަކައަކުން ނައިރާ ކުރި ކަމެއް ނުކުރާ ކަމަކަށް ވޭތަ؟…” ހިތްހަމަނުޖެހިފައި ކައިލަން ބުންޏެވެ.

ކައިލަންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. އޭނަ ނައިރާ އާއި ދުރަށް ޖެހިލިއެވެ. އެނގުނު ހަޤީގަތްތަކެއްގެ ސަބަބުން އޭނަ ހުރީ ނައިރާ އާއި ދިމާއަށް ބަލައިލަންވެސް ފޫހިވެފައެވެ.

“މާޒީ އަކީ އެއްވެސް މީހަކަށް ބަދަލުކުރެވޭނޭ އެއްޗެއް ނޫން… އެކަމަކު…” އުނދަގޫ ގޮތަކަށް ނައިރާ ބުންޏެވެ.

ނައިރާ އިސްޖަހައިލިއެވެ. އެ އަޑު މަޑުވަމުން ގޮސް އެންމެ ފަހުން ބުނި އެއްޗެއް ކައިލަންއަށް ސާފުވާ ވަރެއް ނުވިއެވެ. ނައިރާގެ ހިމޭންކަން ކައިލަންގެ ހިތަށް ތަދުކުރުވިއެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރެ، އޭނައަށް ދެކޮޅަށް ހިނގެން ފެށުނީ ހިތަށް އުނދަގޫވާން ފެށުމުންނެވެ. ނައިރާދެކެ އޭނަ ވަނީ ސާފު ތެދުވެރި ލޯތްބެކެވެ. ވީއިރު، އެ ދެލޮލުން ކަރުނަ އޮހޭތަން ބަލަން އެ ހިތަށް ކުޅަދާނަ ވާނީ ކިހިނަކުން ހެއްޔެވެ؟

ކައިލަން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ދޮރާއި ހަމަވެފައި ހުއްޓައި ނައިރާ ގޮވާލި އަޑު އިވުމުން އޭނަ ހުއްޓުނެވެ. ފަސްއެނބުރި ބަލައިލުމެއްނެތި އޭނަ ހުރީ ނައިރާ އެއްޗެއް ބުނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

“އަހަރެންގެ ސަބަބުން ކައިކްއަށް ތިވަރުގެ ބޮޑު ހިތާމައެއް ލިބުނީތީ މަޢާފަށް އެދެން… އަހަންނާ އެކީ އުޅެން، ކައިކް ބޭނުން ނުވަންޏާ އެންމެ ރަނގަޅު ދޫކޮށްލިޔަސް…” ނައިރާއަށް ގިސްލެވެން ފެށުނެވެ.

ރުވާފައި ދޫކޮށްލި ވިހަ ތީރުތަކެއްހެން އެބަސްތައް ކައިލަންގެ މެޔަށް ހެރުނެވެ. އެ ދެލޯ ފެންކަޅިވުމާއިއެކު ކަރުނަތަށް ހިފަހައްޓައިލަން އުނދަގޫވިއެވެ. ނައިރާގެ ކުރިމަތީގައި ހިތުގެ ޙާލު ބޭޒާރުވެ ނުދަނީސް، ކައިލަން އެތަނުން ނުކުތެވެ. އެ ހިތުގައި ދުވަހަކުވެސް ނުފިލާނޭ ފާރުގަނޑެއް ލައްވައިލުމަށް ފަހުގައެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް މީހަކު ދެކެ ލޯބިވެވުނީތީ އޭގެ ހިތިރަހަ ނައިރާގެ އަރުބުޑުގައި ލައްވައިލިއެވެ.

ދެފައި ގެނެސް މޭގައި ޖައްސާލައިގެން އޮތް ކައިލަންގެ ދެލޮލުން ކަރުނަ ނުހިކުނެވެ. އެ ހަނދާންތަކުން ހިތް ތޮރުފަމުން ދިޔައެވެ. ކިތަންމެ ދެރަވިޔަސް، މިއަދު ކުރެވޭނޭ ކަމެއް ނެތެވެ. އޭނައަށް ވަނީ އެތައް ގޯހެއް ހެދިފައެވެ. އަމިއްލަ ނަފުޞަށް ދުވަހަކު މަޢާފު ނުދެވޭވަރަށް ހިތުގައި އެ ހަނދާންތައް އާވާން ފެށިއެވެ. ހަތަރު ފަރާތުން އައިސް ބައްދާލާފައިވީ ދުވަހަކު ސަލާމަތް ނުވެވޭނޭ ވަރުގެ ބޯ ޖަންގައްޔެކެވެ.

********

ހެނދުނުގެ ވަގުތެވެ. އިވްޔާ އާއި ރައިން ތިބީ ފަރުހާންގެ ގަރާޖުގައެވެ. ކާރެއްގެ ބައިތަކެއް ޕޮލިޝް ކުރުމުގެ މަސައްކަތުގައި ފަރުހާން އަވަދިނެތި އުޅުނެވެ.

“ނައިރާ އަކީ ވަރަށް މަޑުމައިތިރި ކުއްޖެއް… މާގިނައިން މީހުންނާ ވާހަކަ ދައްކައެއް ނޫޅޭނެ… ގެއިންވެސް ނުކުންނާނީ މަދު ފަހަރަކު…” ފޮތިގަނޑަކުން ދެއަތް ފޮހެމުން ފަރުހާން އައިސް ހުއްޓުނީ ރައިންގެ ކައިރީގައެވެ.

“އެކަމަކު މިފަހަކުން ކޮންމެސް ފިރެހެން ސޮރަކާއި އެކީ އުޅޭތަން ފެނޭ ވަރަށް ގިނައިން… ދެމީހުން ވަރަށް ގިނައިން ވާހަކަ ދައްކަން ތިބޭނެ އެ ދޮރާށި ކައިރީ…” ނައިރާ އުޅޭ ގޭގެ ދޮރާއި ދިމާއަށް އިޝާރާތްކޮށްފައި ފަރުހާން ބުންޏެވެ.

ފަރުހާން އިޝާރާތް ކުރި ދިމާއަށް އިވްޔާ ބަލައިލިއެވެ. ފަރުހާން ބުނި ގޮތަށް ގަރާޖު ހުޅުވާފައި ހުންނައިރު، ނައިރާގެ ގެ، ވަރަށް ރީތިކޮށް ފެނެއެވެ. ގެ އާއި ގަރާޖާއި ދެމެދު އުޅޭނީ ސަތޭކައެއްހައި ފޫޓުގެ ދުރުމިނެވެ. އެ ގެއަށް ދެވޭނީ ގަރާޖު ހުރަސްކޮށްފައެވެ.

“ތިބުނާ ފިރެހެން ކުއްޖަކީ މީތަ؟…” ފޯނުން ތަސްވީރެއް ދައްކައިލަމުން އިވްޔާ ބުންޏެވެ.

އިވްޔާ ދައްކައިލި ތަސްވީރަށް ފަރުހާން ވަރަށް ފުންކޮށް ބަލައިލިއެވެ. އެ ތަސްވީރަށް ބަލަން އޭނަ އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އިވްޔާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނަ ދެއްކީ ކައިލަންގެ ތަސްވީރެކެވެ.

އިވްޔާއަށް ބަލައިލެވުނީ ރައިން އަށެވެ. ނައިރާ އާއި ކައިލަން އާއި ދެމެދު ކޮންމެވެސް ގުޅުމެއް އޮތްކަން އޭނައަށް ކަށަވަރު ވިއެވެ. އެއިން އެއްވެސް ވާހަކައެއް ދުވަހަކުވެސް ކައިލަން އޭނަ އާއި ޚިއްޞާކޮށްފައިނުވާތީ އިވްޔާ ދެރަވިއެވެ. މަޔަކަށްވުރެ ބޮޑަށް އޭނަ ދަރިންނާއިއެކު އުޅެމުންދިޔައީ އެކުވެރިއެއް ހެންނެވެ. ވާހަކަ ދައްކާ، ކަންކަން ޚިއްސާކުރަނީ އެކުދިންނަށް ދުވަހަކުވެސް ވާހަކައެއް ބުނަން ޖެހިލުން ނުވާނޭހައި ގާތްކޮށެވެ.

ފަރުހާން ކިޔައިދިން ގޮތުންނަމަ، ނައިރާގެ މައިންބަފައިން ވަނީ ނިޔާވެފައެވެ. ދިރިއުޅެނީ ބޮޑުދައިތައާއިއެކު މާލޭގައެވެ. އެގޭ މީހުން ނައިރާއަކަށް ހެވެއް ނޫނެވެ. ކަންތައް ކުރަނީ ގޭގައި ގެންގުޅޭ މީހަކާއި މެދުވެސް ކަންތައް ނުކުރާހައި އިހާނެތި ކޮށެވެ. ބައެއް ދުވަސް ދުވަހު، ނައިރާ އެ ގޭ ދޮރާށި ކައިރީގައި އެތައް އިރަކު ރޯން ހުންނަ މަންޒަރު ފެނިފައިވާ ކަމަށްވެސް ފަރުހާން ބުންޏެވެ.

“ތި ހާދިސާއެއް ހިނގި ދުވަހުގެ ހަވީރު، ދޮރާށި ކައިރީ ނައިރާ ރޯން ހުއްޓާ ދެކުނިން… ދެފަހަރަކު ސައިކަލުގެ ބަރުގޮނު އަޅާލި އަޑު އިވިގެން އަހަރެންވެސް އެދިމާއަށް ބަލައިލީ… އޭރު ނައިރާ ހުރީ ޕޭމަންޓްމަތީ… ޒުވާން ފުރައިގެ ދެކުއްޖަކު އިން ސައިކަލުގަ… ދެން ތިބި ދެމީހުން ތިބީ ނައިރާއަށް ގޭތެރެއަށް ނުވަދެވޭނޭހެން ދޮރުމަތީގަ… އެމީހުން ހީހީފަ ވާހަކަތަކެއް ދެއްކި… އޭރުވެސް ނައިރާ ހުރީ ރޯން… ބޮޑަށް ހީވަނީ އެ މީހުން ނައިރާއަށް ޖެއްސުން ކުރީހެން… އެތަނުން އެއް ކުއްޖަކު ނައިރާގެ ނުރުހުމުގަ ގައިގަ އަތްލިތަންވެސް ދެކުނިން…” ދެއަތް ފޮހެމުން ފަރުހާން ވާހަކަ ދެއްކިއެވެ.

“އެނގޭތަ ކޮން ބައެއް ކަން؟…” އިވްޔާ އަވަސްއަވަހަށް ސުވާލުކޮށްލިއެވެ.

“އެތަނުން އެކަކު އެއީ ހަމަ ގައިމުވެސް އެޑިޔުކޭޝަން މިނިސްޓަރުގެ ދަރިއެއް…” ފަރުހާން އެހެން ބުނިއިރު، އިވްޔާ ހުރީ ދޮރުމައްޗަށް ނުކުމެއެވެ.

އެޑިޔުކޭޝަން މިނިސްޓަރަކީ ކާކު ކަން އިވްޔާއަށް އެނގެއެވެ. އެއީ ނަތާޝާގެ މަންމަ ފަރާތު ބޮޑު ދައިތަ އަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އެމީހުންގެ ދެކުދިން ތިބެއެވެ. ފިރެހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.

އިވްޔާ ބޭރަށް ނުކުމެފައި ގުޅީ ނަތާޝާ އަށެވެ. ދުރުދުރުން ވާހަކަ ދައްކަމުން ގޮސް އަސްލު މައުޟޫޢުއަށް ވާހަކަ ދައްކަން ފެށިއެވެ.

“ނާބިހް އަކީ ތިބުނާ ކަހަލަ ކަމެއް ކޮށްފާނެ ކުއްޖެއްހެން ހިއެއް ނުވޭ…” ނަތާޝާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އިވްޔާގެ ވާހަކަތައް ޤަބޫލުކުރަން އޭނައަށް ދަތިވިއެވެ.

“ނާބިހް އާއި ބައްދަލު ކުރެވޭނެ ގޮތް އަހަރެން ހަދައިދޭނަން… މިރޭ އަށްގަޑި ބަޔަށް މިގެއަށް އާދޭ…” ނަތާޝާ ފޯނު ކަނޑާލިއިރު، މުޅި މީހާ ނުތަނަވަސް ވެއްޖެއެވެ.

“ކިހިނެތްވީ؟… ކާކު ގުޅީ؟…” ނަތާޝާގެ ކައިރީގައި އިން ޔުމާން ސުވާލުކޮށްލިއެވެ.

އެ ނަޒަރު ޓީވީ އިން ވަކިކޮށްލުމަށްފަހު، ނަތާޝާއަށް ހުއްޓައިލިއެވެ. ވީގޮތް އެނގުމުން ޔުމާންގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. ފުންމައިގެން ކޮޅަށް ތެދުވި ގޮތުންވެސް ނަތާޝާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

“އަބަދު ކޮންމެވެސް ބޮޑު ކަންތައްގަނޑެއްގެ ތެރޭ އުޅެން މިޖެހެނީ… ބޯ ހަމަޖައްސާލަން ބޭރުތެރެއަށްވެސް ނުކުމެވޭ ވަރެއް ނުވޭ…” ޔުމާންގެ އަޑުގައިވީ ހިތްހަމަނުޖެހުމުގެ އަޞަރެވެ.

ޔުމާން އެއްވެސް އެއްޗެއް ނުބުނެ ގެއިން ނުކުތުމަށް ހިނގައިގަތެވެ. ޖެހިބުދެއްހެން ނަތާޝާ ހުރިއިރު، ސުވާލުތަކުން ހިތްވަނީ ފުރިފައެވެ. ޔުމާން ދެއްކީ ކަމާއި ނުވެސް ގުޅޭ ވާހަކަ ތަކެކެވެ. ހުރިހާ ކަމެއް ގުޅުވައިލީ ދެމީހުންގެ ދިރިއުޅުމާއިކަން އެނގުމުން ނަތާޝާގެ ހިތުގައި ރިއްސައިލިއެވެ. ސޯފާއަށް ތިރިވީއިރު، އެ ދެލޯ ފެންކަޅިވެއްޖެއެވެ.

ޔުމާން ގެއިން ނުކުމެގެން ދަންދެން ބަލަން ނަތާޝާ އިނެވެ. ކައިވެންޏަށް އެތައް ދުވަހެއް ވީއިރުވެސް އޭނައަށް ޔުމާން ދަހެއް ނުވެއެވެ. ދަސްކުރާނެ ފުރުޞަތެއް ޔުމާން ނުވެސް ދެއެވެ. ޔުމާން އޭނަދެކެ ލޯބި ނުވާކަން ނަތާޝާއަށް އެނގެއެވެ. އެކީގައި އުޅެނީވެސް މަޖުބޫރުވެގެން ކަން އެނގެއެވެ. އެކަމާއި ކިތަންމެ ދެރަވިޔަސް އޭނަ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ކެތްކޮށްލައިގެން ހުންނަނީ ޔުމާންދެކެ ވާ ތެދުވެރި ލޯތްބެއްގެ ސަބަބުންނެވެ. ޔުމާން އޭނަދެކެ އިންތިހާއަށް ލޯބިވާނެ ދުވަހަކަށް ނަތާޝާ އަބަދުވެސް އިންތިޒާރު ކުރެއެވެ.

********

ގެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ނާބިހްގެ ދެފައި ހީވީ ބިމުގައި ތަތްލީ ހެންނެވެ. އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ތިބީ ސިޓިންގްރޫމްގައެވެ. އެ އެންމެންގެ ނަޒަރު އަމާޒުވެފައިވަނީ އޭނައަށެވެ. ކަޅި އަޅާލައިގެން ތިބިގޮތުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ނާބިހްއަށް ޔަޤީންވިއެވެ. އެ އެންމެންގެ ތެރެއިންވެސް ނާބިހްގެ ލޮލުގައި އަޅައިގަތީ ނަތާޝާއެވެ. ހިތްހަމަނުޖެހުމުގެ އަޞަރު އެ މޫނުމަތިން ފެންނަމުން ދިޔައިރު، ކުރިޔަށް ހިނގައިގަތްގޮތުން ނާބިހްގެ ހިތް ހީވީ ބޭރަށް ފުންމައިލި ހެންނެވެ.

ނަތާޝާ އައިސް ހުއްޓުނީ ނާބިހްގެ ކުރިމަތީގައެވެ. އޭނަގެ އަތުގައި ހިފައިގެން ކާގެ އާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން ނާބިހްގެ މަންމަ ޚަދީޖާވެސް ދިޔައެވެ. ކާގެއަށް ވަދެވުމާއިއެކު ނަތާޝާ ނާބިހްގެ އަތުން ދޫކޮށްލިއެވެ. ކަޅި އަޅާލާފައި އޭނަ ބަލައިލީ ނާބިހްގެ ދެލޮލަށެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ ސިހުމެވެ. ބިރުވެރިކަމެވެ.

“އަހަރެން މިކުރާ ސުވާލުތަކަށް ތެދުތެދަށް ޖަވާބުދީ…” ނަތާޝާގެ އަޑު މަޑުނަމަވެސް އެ އަޑުގައިވީ ހަރުކަށިކަމެވެ.

“ނައިރާ އެއީ ނާބިހްގެ ކާކު؟…” ނާބިހް އާއި ހަތަރުކަޅި ހަމަކުރަމުން ނަތާޝާ ސުވާލުކުރިއެވެ.

ނާބިހްގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލަމުން އޭނަ ބަލައިލީ ޚަދިޖާ އަށެވެ. ފެންކަޅިވެފައި ހުރި މަންމަ ފެނުމުން ނާބިހްއަށް ހިން ދިރުވައިލެވުނެވެ. ކުށްވެރިއަކު ފަދައިން އިސް ޖަހައިލިއެވެ. އޭރު ދެލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތައް ފައިބަން ފަށައިފިއެވެ.

“ނައިރާ އެއީ ކާކުހޭ؟…” ނަތާޝާގެ އަޑު ބާރުވިއެވެ.

ނަތާޝާގެ އަޑަށް ސިޓިންގްރޫމަށް ވަދެވަދެ ހުރި ޔުމާން ހަރުކޮށް ހިނގާލާފައި އައިސް ކާގެއަށް ވަނެވެ.

ޔުމާން ފެނުމާއިއެކު ނާބިހްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުޑަކަކޫ މައްޗަށް ތިރިވުމާއިއެކު ބާރަށް ރޯން ފެށިއެވެ. ހުރިހާ ކަމެއް ބޭޒާރުވެއްޖެކަން އެނގުމުން ކުރެވޭނެ އެއްވެސް ކަމެއް އެ ސިކުނޑިއަކަށް ނައެވެ. މުޅި ތަނުގައި ގުގުމައިގެން ދިޔަ ނާބިހްގެ ރުއިމުގެ އަޑާއިއެކު އެންމެން ހިމޭންވިއެވެ.

“އަހަންނަށް މަޢާފުކުރޭ… އަހަންނަށް މަޢާފުކުރޭ…” ރޮމުންދިޔަ ނާބިހްގެ ޖުމްލަތަކުން މުޅި ތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ނަމަވެސް…ތިޔަ ހަނދާނޭ ވަނީ – 1 –

Next

ކުށަކާ ނުލާ 27 (ފަހުބައި)

Next
August 28, 2019

ކުށަކާ ނުލާ 27 (ފަހުބައި)

Previews
August 28, 2019

ނަމަވެސް…ތިޔަ ހަނދާނޭ ވަނީ – 1 –

47 Comments!

  1. Emm says:
    August 28, 2019 at 11:07 am

    yey me first dhw

    1. eysh says:
      August 28, 2019 at 1:22 pm

      Yess Emm First.. congratulations dear??❤❤ unmeedhukuran story kamudhaane kamah ?❤??

  2. Shahu says:
    August 28, 2019 at 11:19 am

    Woooooww varah salhi mi part ves. Varah habeys. Good job. Love you eysh ❤️ ❤️ ❤️ ❤️ when next part ? ? ? ?

    1. eysh says:
      August 28, 2019 at 1:24 pm

      Thank u so much Shahu ??❤? v ufaavehje kamudhiyaeema ?❤? kuriyah oiy dhuvaskolhuge gothun Next part faharehga thankolheh lasvedhaane.. ekamves wait kohlahche ???❤

  3. Rai says:
    August 28, 2019 at 11:28 am

    when next

    1. eysh says:
      August 28, 2019 at 1:26 pm

      Next part kudakoh lasvedhaane.. ekam try kuraanan avahah upkohleveytho.. keep waiting ????

  4. Mimmi7 says:
    August 28, 2019 at 11:42 am

    Vrh Reethi mi Bai ves??eyewash aslu vxvrh molhey… Whn nxt prt??

    1. Mimmi7 says:
      August 28, 2019 at 12:33 pm

      Eysh* sry?

    2. eysh says:
      August 28, 2019 at 1:30 pm

      Thank u so much Mimmi ??❤ v ufaavehje story kamudhiyaeema ?❤?? next part faharehga lasvedhaane.. but ill try to bring it soon.. keep waiting..
      Btw “eyewash” nice name ?? hehe. Its ok dear ????

    3. ? says:
      August 28, 2019 at 2:36 pm

      Autocorrect?

  5. Insha says:
    August 28, 2019 at 12:04 pm

    Adhi alah mi eysh ge vaahaka kiyanjehey.v reethi.hunarun furifa huri liyuntherieh

    1. eysh says:
      August 28, 2019 at 1:32 pm

      Ohh so happy to know that dear.. v ufaavehje ????❤ so sweet ?? Thank u so much Insha.. varah ufaavehje story kamudhiyaeema.. unmeedhukuran kuriyah huri baithahves kamudhaane kamah ??❤?

  6. Anonymous says:
    August 28, 2019 at 12:23 pm

    Masha Allah V vec furihama… Hama obi… Bunaane ehcheh vec dhulakah nai… Hama ehaa vec furihama… Yuh r a talented writer… LYSM Sissy…
    ?MY FAV WRITER?
    ❤️❤️LAOBI LOABI EYSH SIS ❤️❤️

    1. ?Neha? says:
      August 28, 2019 at 12:24 pm

      Hey it’s me inge… Nan nujaha Comment kurevuny…

    2. eysh says:
      August 28, 2019 at 2:33 pm

      Thank u so much Neha ???❤? v ufaavehje story kamudhiyaeema ????
      V ufaavey cmnt ge last 2 lines kiyaalaafa ves ???❤ very sweeet.. ly2 dear ?

  7. ?Neha? says:
    August 28, 2019 at 12:24 pm

    Hey it’s me inge… Nan nujaha Comment kurevuny…

    1. eysh says:
      August 28, 2019 at 2:34 pm

      Cmnt ge last 2 line kiyaalaafa engunu Neha kan.. ??

  8. 1234 says:
    August 28, 2019 at 12:58 pm

    Vara reethi mi part ves
    Waiting for the next part

    1. eysh says:
      August 28, 2019 at 2:35 pm

      Thank u so much dear ??❤? v ufaavehje story kamudhiyaeema ??❤?

  9. Unique says:
    August 28, 2019 at 1:25 pm

    Maasha allah
    Mi partves varah reethi

    1. eysh says:
      August 28, 2019 at 2:36 pm

      Thank u so much dear ???❤? v ufaavehje story kamudhiyaeema ??❤

  10. Unbro says:
    August 28, 2019 at 1:36 pm

    Mi film mashah v salhi vejje.varah reethi filmeh.v ?a?a?h?a?k?a

    1. eysh says:
      August 28, 2019 at 2:37 pm

      Thank u so much unbro ???❤? v ufaavehje story kamudhiyaeema ??❤

  11. mooni says:
    August 28, 2019 at 1:57 pm

    varah belihjey upkureytho. Thanks eysh. kiyaafa cmnt kuraanan

    1. eysh says:
      August 28, 2019 at 2:42 pm

      Thank u so much mooni???❤? waiting.. ??

    2. mooni says:
      August 29, 2019 at 11:46 am

      v reethi

    3. eysh says:
      August 30, 2019 at 5:54 pm

      Thank u so much dear ????

  12. IsHa says:
    August 28, 2019 at 2:08 pm

    SALHI. eysh ge age aky ?

    1. eysh says:
      August 28, 2019 at 2:39 pm

      Thank u so much Isha ???❤? v ufaavehje story kamudhiyaeema ??❤

    2. IsHa IsHa says:
      August 31, 2019 at 11:15 am

      Eyshge age aky kobr thr

  13. Aroo says:
    August 28, 2019 at 2:30 pm

    Haadha kurey. Vvvvvv reethi mi part ves.

    1. eysh says:
      August 28, 2019 at 2:41 pm

      Thank u so much Aroo ???❤? v ufaavehje story kamudhiyaeema ??❤ ehen part thakah vure thankolheh dhiguvaane mi part.. In Sha Allaah try kuraanan next part thankolheh dhigukoh genesdheveytho. Keep waiting ???

  14. eysh says:
    August 28, 2019 at 3:03 pm

    Salaam..
    Part 4 of Kafun vevifaa ?
    Unmeedhukuran kamudhaane kamah..
    Next part thankolheh lasvedhaane.. cause im working in a very busy schedule… pls have patience ingey.. ill try to bring it as soon as i can..
    ???

  15. IsHa says:
    August 28, 2019 at 3:51 pm

    eysh thi school kujjeh tha?

    1. eysh says:
      August 30, 2019 at 5:51 pm

      No ?

  16. jiji says:
    August 28, 2019 at 4:31 pm

    Naabih hn haadha hyvey nairaa ah ehn hedhy???..Btw eysh sis..mi bai vx v v v rythi masha allah???❤❤❤???…Nd ibaaraiy kurumaa sifakurun dhn hama hurihaa baeh kahala gothakah hama ? dheyvaruvey..Sis v molhu..keep going..So curious to knw wats gonna be happen next????????????..lysm

    1. Anonymous says:
      August 29, 2019 at 11:49 am

      emeehaky yumaan hen heevanee evaahaka dhekkeema yumaan ulhey gothun vrh shakku heevey

    2. eysh says:
      August 30, 2019 at 5:53 pm

      Thank u so much jiji ???❤? varah ufaavehje story kamudhiyaeema.. hingaa dho balamaa kihineh tho vee.. next part in ves v gina kankan engeyne ? v ufaavehje cmnt kiyaalaafa.. means a lot ?? ly2 dear ??

    3. jiji says:
      August 30, 2019 at 9:58 pm

      Yeah thihn vx vedhaane dhw anonymous..Lets c

  17. Sheen says:
    August 28, 2019 at 7:03 pm

    Maasha Allah ♥ vvv reethi mi baives. V furihama. ?❤️??❤️???❤️???❤️???❤️????❤️???❤️???❤️???❤️?? Hurihaa rahaeh hurihaa baehves vvv furihama. Nimunves ehaa bodu suvaalakun nimmaaleema hama inthixaaru kuranajubooruves vejje. Kiyaa hithun keiy madhuvefa. ????????????????????????????? Waiting waiting.

    1. eysh says:
      August 30, 2019 at 5:57 pm

      Thank u so much sheen ???? varah ufaavehje story kamudhiyaeema.. nd cmnt kiyaalaafa ????❤ keep waiting fr the next part ??❤???

  18. ??? says:
    August 28, 2019 at 7:11 pm

    Wow vvvv reethi

    1. eysh says:
      August 30, 2019 at 5:58 pm

      Thank u so much dear ????❤

  19. mooni says:
    August 29, 2019 at 9:48 am

    v reethi

    1. eysh says:
      August 30, 2019 at 5:58 pm

      Thank u so much dear ????❤

  20. Naju says:
    August 29, 2019 at 4:36 pm

    Masha Allah ??? mi partvx v v v rythi ❤❤❤❤❤… I just love it ?????… naju eysh ge hurihaa stories thakehvx kiyaafa cmnt kuran kthanme fahun kiyunas Insha Allah naju ge cmnt fennaane… Aslu mihaaru ulhenjehey gothun stories thakah kiyan hama v time nuvey bt kitanme gina part eh inas Insha Allah kiyaafa cmnt eh kohlaanan ?????… naju eysh ge ehvx story eh miss eh nukoh laanan insha Allah ?????…

    1. eysh says:
      August 30, 2019 at 6:03 pm

      Thank u so much dear ????❤ varah ufaavehje story kamudhiyaeema ??❤? haadha ufaavehjey ehaa bxy koh ulhemunves story kiyaalaafa cmnt kohlaathee.. eysh story liyan fesheehsure ves enme part ehves miss koh nulaa hurihaa part akah ves Naju ge cmnt eh libey.. varah ufaavey.. v appreciate kuran.. very sweet and kind of u dear.. means a lot… mi cmnt kiyaalaafa vv bodah ufaavehje.. abadhuves v wait kurevey Naju ge cmnt akah.. ? once again thank u so much dear.. ??????❤

Comments are closed.

Next Episodeކަފުން ވެވިފާ…05←


All Right Reserved!