ލޯބިވާތީ 8
‘ސޮރީ ސަރ” ޒައިނާ މަޢާފަށްއެދުނެވެ. ނަމަވެސްް އިތުރު އެއްވެސް އެއްޗެއް ނުބުނިތާ އޭނައާއި ދިމާއަށް ބަލައިވެސް ނުލާ ރާކިން ދިޔައީ އެވެ.
*********************************
ރާކިން ކަންތައް ކުރި ގޮތުން ހިތުގައި ޖެހިފައި ހުރި ޒައިނާ ހިނގައިގަތީ އޭނަގެ ކެބިންއަށް ދިއުމަށެވެެ.
”ހޭއި ހިނގާބަ ކޮފީއަކަށް.” ފަހަތުން އިވުން ފިރިހެން އަޑުން ޒައިނާާގެެ ފިޔަވަޅު މަޑު ޖެހިލިއެވެ. ފަހަތަށް އެނބުރުން ޒައިނާ ޙައިރާން ކަމާއި އެކު ބަލަން ހުރެވުނީ ޤަބޫލް ނުކުރެވިފައެވެ. އެއީ ހަމަ ދެންމެ އޭނަ ދެކެ ހިތްހަމަ ނުޖެހިފައި ދިޔަ އިންސާނާ އެވެ. އެވީ ކިހިނެތް ހެއްޔެވެ؟
” ނުދާނަންތަ… ކިހިނެތްވެފަ ތިހުންނަނީީ، ޒައި އާއޭ މި ވާހަކަ ދައްކަނީ.” ޒައިނާ ހުރިގޮތަށް ބަލަން ހުރުމުން އަނެއްކާވެސް ވާހަކަ ދެއްކީ ރާކިންއެވެ.
”އޯކޭ. ހިނގާ..” ޒައިނާ ކުޑަކޮށް ހަމަ ޖެހިލަމުން ހިނގައިގަތީ ރާކިންގެ ދަޢުވަތު ޤަބޫލް ކުރަމުންނެވެ. އަދިވެސް އޭނަަަަގެ ހިތުގައި ދެންމެ ވީ ކަންތަކާއި ސުވާލު އުފެދިފައި ވެއެވެ. ނަމަވެސް ރާކިން ގެ ފަރާތުން ދެންމެ ކަމެއް ވީ ކަމުގެ ނިޝާނެއްވެސްް ފެންނަން ނެތެވެ.
”ޑޫޔޫ ހޭވްއަ ބޯއީ ފުރެންޑު؟.” ރާކިން ކޮށްލި ސުވާލުން ޒައިނާ އަށް ސިހުން ލިބުނެވެ. މާބޮޑު ވާހަކައެއް ނުދެކެވި ހުރެ ހަމަ ކުއްލިއަކަށް އެހެން އެހުމުން ޒައިނާ އިނީ ބުނާނެ އެއްޗެއް ދުލުކުރިއަށް ނުގެނެވިފައި އެވެެ. މީކޮންކަހަލަ ފިރިހެނެއް ބާއެވެ.
”ނޫން އަދި އެއް ނެތް… އެކަމް ކީއްވެ ތިހެން ތިއެހީ؟.” ޒައިނާ ހަމަޖެހެން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެެ.
”ހަމަ އަހާލެވިދާނެ ނުން، ތިހާލޯބިި ކުއްޖެއް ހުހައް ހުރުމަކީ އަސްލު ޤަބޫލް ކުރަން އުނދަގޫ ވާހަކަ އެއް އިނގޭ… މަވެސް މިވަޤުތައް މިހުރީ ހުސްކޮއް ވީނުން ޖޮއިން ވާން ދެމީހުން އެކުގަ ވަޤުތު ހޭދަ ކޮށްް އެކަކު އަނެކަކު ދަސްވީމަ ކަމު ނުދަންޏާ ވަކި ވާނީީ… ކީކޭ ބުނަނީ؟” ރާކިން ވާހަކަ ދެއްކީ ވަރަށް ހަމަ ޖެހިލައިގެންނެވެ.
ޒައިނާ އިނީ އަނގަ ހުޅުވުންގޮތަށް ލައްޕަން ވެސް ހަނދާން ނެތިފައި އެވެެ. އޭނާ ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ. ރާކިން އަބަދުވެސް އަންހެން ކުދިންނާއި އެކު އުޅޭކަން ފާހަގަވެފައި ވިޔަސް އޭނަ އާއި އެގޮތައް ސަމާސާ ކުރުމުން ހިތުގައި ޖެހުނެވެ. ރާކިން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ އެހެން އަންހެން ކުދިން ފަދައިން އެކުގައި އުޅެ މަޖާކޮށް ހިތްފުރުމުން އޭނަަވެެސްް ދޫކޮއްލާނެއެވެ. އެހެންވާކަށް އޭނަ ބޭނުމެއް ނޫނެވެ. އެހެންކުދިން ރާކިންގެ އެންމެ އިޝާރާތަކުން އޭނަ ކައިރިއަށް ދާން ތައްޔާރަށް ތިއްބަސް އޭނަ އަކީ އެކަހަލަ ކުއްޖެއް ނޫނެވެ.
”ނޯ. އައެމް ނޮޓް ލައިކް އަދާސް… ރާކިން ހީކުރީ އަހަރެންމީ ފެންނަހާ މީހަކާ ރައްޓެހިވެފަ ދެދުވަސް ނުވަނިސް ރުޅިވެފައި، އެހެންމީހެއް ކާރިއަށްދާ ކަހަލަ އަންހެނެއް ކަމަށްތަ؟ އަހަންނަކީ ރާކިން ކަހަލަ މީހެއް ނޫން.” ޒައިނާ އަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.
ބާރަށް ހިނގާފައި ގޮސް ޒައިނާ ވަނީ އަންހެން ކުދިންނަށް ޙާއްޞަ ކޮށް ހަދާފައިވާ ފާހާނާ ތަކުން ފާހާނައަކަށެވެ. އެހިސާބަށް ދެވެންދެން ކަރުނަ ތަށް ހިފަހައްޓާ ލެވުނީ ކިރިއަ އެވެ. މިވީ ކިހިނެތް ހެއްޔެވެ. ރާކިން އަކީ ހަމަ އެހާ ގޮތެއްނެތް މީހެއް ހެއްޔެވެ. މިިއޮއްހާ ދުވަސް ވަންދެން ރާކިންގެ އިންތިޒާރުގައި ޒައިނާ ހުރީ ފޮނި އުންމީދާއި އެކުގައި އެވެ. ޒައިނާ ހިތުގައިވާ ހިތާމައިގެ މައްޗަށް އެހެން އިޙުސާސެެެއް ގަދަވެގަތީ ނުވެސް އެނގިހުއްޓައެވެެ. ރާކިން އެ ކުރިި ކަންތަކުގެ ބަދަލުއޭނައަށް ދޭން ޒައިނާ ބޭނުން ވިއެވެ. އެހެން ހުުރެެ އެވަޤުތުން ވަޤުތައް ކަމެއް ރާވާލިއެވެ. އޭނަގެ ހަޔާތުން ރާކިން ދުރަށް ދިޔަ ދޭކަށް އެއްގޮތަކަށް ވެސް ބޭނުން ނުވިއެވެ.
ފާހާނައިގައި ބައިގަޑިއެއް ހާއިރު ހޭދަ ކުރުމަށް ފަހު ނުކުތްއިރު އޭނަގެ ތުންފަތް މަތިންފެންނަން ހުރީ ފުރިހަމަ ހިނިތުން ވުމެކެވެ.
އޮފީސް ގަޑިި ނިމިގެން ގެއަށް ދިޔައިރު ޒައިނާ އޭނަގެ ޕުލޭނާއި އެއްގޮތަށް ހުރިހާ ކަމެއް ވަނީ ރާވާ ނިމިފައިއެވެ.
*******************************
”ދަރިފުޅާ ރާކިން ދަރިފުޅު މިހާރު މަންމަ އަށް ކަންތަށް ސިއްރު ކުރަނީ ކީއްވެ؟ މަންމަ އެހާ ދުރުކޮށްލީ ކީއްވެ؟.” ކާން އިން ރާކިންއާއިި އަޒްރާ ވާހަކަ ދެއްކިި އިރު އަޑުގައި ވަނީ ހިތާމަ އެވެ.
”މަންމާ ކިހިނެތްވީ؟ އަޅުގަނޑު ކޮންކަމެއް މަންމަ އަށް ސިއްރުން ކުރީ؟ މަންމަ ދެރަވާފަދަ ކަމެއް އަޅުގަނޑަށް ކުރެވުނީތަ މަންމާ؟” ރާކިން އިނީ ވީގޮތެއް ނޭނގިފައިއެވެ.
”ދަރިފުޅު ކުއްޖަކާ ރައްޓެހިވެގެން ކައިވެނި ކުރަން ބޭނުންވާއިރު މަންމަ ހީކުރީ އެޚަބަރު މަންމަ އަށް ލިބޭނީ ދަރިފުޅުގެ ފަރާތުން ކަމަށް. އެކަމަކު އެހެންނެއް ނޫން މިވީ… ކީއްވެ މަންމަ ކައިރީ ނުބުނީ މަންމަ ދެކޮޅެއް ނަހަދާނެ ދަރިފުޅުގެ ހޮވުމަކަށް އެކަން ދަރިފުޅަށް ވެސް އެނގޭނެ ކަމަށް މަންމަ ހީކުރީ.” އަޒްރާ އެންމެ ލޯބިިވާާ ދަރިފުޅު އެވަނީ އޭނަ ދުރުމީހަކަށް ހަދާފައި އެވެ.
”މަންމާ އަޅުގަނޑަށް ކަމުދާ ކުއްޖަކު ދިމާވެއްޖެ ނަމަ އެންމެ ފުރަތަމަވެސް ބުނާނީީ މަންމަ ކައިރީީ އޭނުން. ކާކު މަންމަ ކައިރީގަ ކީއެއްޗެއް ތިބުނީ.” ރާކިން ހުރީ އަދިވެސް މި ވެގެން އުޅޭގޮތް ރަނގަޅަށް އޮޅުން ނުފިލާފައި އެވެ.
”އަދި ވެސް ބުނަން ބޭނުން ނުވަނީތަ މަންމަ ކައިރީ؟ މަންމައަށް ގުޅާފައި އެހެން ބުނީ ދަރިފުޅު ކައިވެނިި ކުރަން ބޭނުންވާ ކުއްޖާގެ މަންމަ. މަންމަ ވާނީ އެމީހުންނަށް މާދަމާާރޭޭ ގެ ކެއުމަށް ދަޢުވަތު ދީފަ ދަރިފުޅުވެސް ވާނެ ބައިވެރިވާން.” އަޒްރާ ބުނަން ބޭނުން ވަރަށް ބުނެފައި އެތަނުން ދިޔައީ އަދިވެސް ރާކިން ކަންތަށް ކުރިގޮތުން ހިތުގައި ޖެހިފައި ހުރެއެވެ.
ރާކިން އިނީ މިވަނީ ކިހިނެތްކަމެއް އޭނަގެ ސިކުނޑިއަށް ނުވިސްނި ފައިއެވެ. އޭނަ ކުއްޖަކާއި ރައްޓެހި ނުވަނިސް އެގޮތަށް ކަންތަށް ކުރާނީ ކާކު ކަމެއް އެއްގޮތަކަށް ވެސް އޭނައަށް ނުވިސްނުނެވެ. ދެން އޮތް ގޮތަކީ މާދަން ރެއަށް އިނަތިޒާރުު ކުރުމެވެ. އެއީ ކާކު ކަން އެނގެން އޮތް ހަމަ އެކަނި ގޮތަކީ އެއީ ކަމުގައި ރާކިން ދެކުނެވެ.
********************************
އާދުވަހެއްގެ ފެށުން އައީ ޒައިނާގެ ތުންފަތަށް ހިނިތުންވުން ގެނެސްދެމުން ނެވެ. އޭނަގެ ރޭވުން ކާމިޔާބު ވާންއުޅެނީ އެވެ. ރާކިން އޭނައަށް ދިން ހިތާމައިގެ ބަދަލު ދޭންް ތައްޔާރުވަނީ އެވެ. ޒައިނާގެ ނާޒުކު ހިތުގައި އެޅިފައިވާ ކޫރުން ފިލުވާނީ ރާކިންގެ ފަރާތުން ބަދަލު ހިފާފައި އެވެ. އޭނަގެ މަޑުމައިތިރި މިޒާޖާއި ރީތި އަޚްލާޤްގެ ފައިދާ ރާކިންގެ ކައިރީ ނުކުރިއެވެ. ހިތުގައި ވަނީ އާދަޔާ ޙިލާފަ ޖޯށެކެވެ. ހިނިތުންވުމާއި އެކު ފެށި ދުވަސް ނިމެންވެސް ބޭނުންވަނީ އޭނަ ފަށާފައި ވާ ކަންތައް ކާމިޔާބުވެ އެ ހިނިތުން ވުމާއި އެެކުު އެވެ.
ގޭ ތެރޭގައިވަނީ ކާއެއްޗެހީ ގެ މީރުވަސް ހިފާލާފައި އެވެ. އަޒްރާގެ އިރުޝާދު ގެ ދަށުން ގޭގައި ގެންގުޅޭ ލަންކާ އަންހެންމީހާ މޭޒު މަތީ ކާތަކެތި އަތުރާލިއެވެ. އެކި ވައްތަރުން ތައްޔާރު ކޮށްފައިވާ ކާތަކެތީގެ ވަސް ޖެހުމުން ވެސް އެތަކެތީގެ ރަހަ ބަލާހިތްވާނެއެވެ.
”ދަރިފުޅާ، މިހާރު އެމީހުން އަންނާނެ ނުކުމެބަލަ ބޭރަށް” ކޮޓަރީގައި އޮތް ރާކިންއަށް އަޒްރާ ގެ އަޑު އިވުމުން އިރުކޮޅަކުން ނުކުންނަނީ ކަމުގައި ބުންޏެވެ.
ރާކިން ބޭރަށް ނުކުތީ ބަޔަކު އައި އަޑު އިވުމުން އެމީހުން އައީ ކަން ޔަޤީން ވުމުން ނެވެ. ހަމަ ޖެހި ލަމުން ބޭރަށް ނުކުތް އިރު އަންހެނަކާއި ފިރިހެނެއް ސޯފާ ގައި ރާކިންގެ މަންމަ އާއި ވާހަކަ ދައްކަން ތިއްބެވެ. ދެން އިންް އަންހެން ކުއްޖާ އިސްޖަހައިގެން އިނުމުން މޫނުު ސާފުކޮށް ނުފެނެއެވެ. ރާކިން ގޮސް ސޯފާ އާއި ދާދި ގާތަށް ހުއްޓި ލިއެވެ.
އިސް އުފުލާ ސީދާ ރާކިންގެ ލޮލަށް ބަލައިލި އަންހެން ކުއްޖާ ފެނުމުން ރާކިން އަށް ޤަބޫލް ކުރަން ދަތިވިއެވެ. އިއްޔެެ ރަށްޓެހިވާން އެހުމުން އޭނަދެކެ ރުޅި އައިސްގެން ދިޔަ އަންހެެންްކުއްޖާ މިޔަދު އެއައީ އޭނަގެެ ކައިވެންޏަށް އެދިގެންނެވެ. ރާކިން އަށް ވާނުވާ ނޭނގި ޙައިރާން ކަމާއި އެކު ބަލަން ހުރެވުނީ އެވެ.
” ދަރިފުޅާ ކިހިނެތް ވެފަ ތިހިރީ؟” ރާކިންއަށް ހަމަ ބިމަށް އާދެވުން ފަދައެވެެ. ރާކިން ހަމަޖެހެން މަސައްކަތް ކުރަމުން ހިނިތުން ވެލިއެވެ. އަދި ސޯފާގައި އޭނަގެ މަންމަ ކައިރީއިށީނެވެ.
އަޒްރާ އިނީ ދަރިފުޅުގެ ހޮވުމާއި މެދު ހިތްހަމަ ޖެހިފައި އެވެ. އަދި ގިނަ ދުވަސް ތަކަކަށް ފަހު ގާތް ރަޙުމަތް ތެރިއަކާއި ދިމާވުމުން އުފާވިއެވެ. ދިމާވިި އިރު ރަޙުމަތް ތެރިކަން އާޢިލީީ ގުޅުމަކަށް ބަދަލުވާން އުޅޭތީ ލިބުން ހިތް ހަމަޖެހުން އިތުރުވެފައި ވިއެވެެ.
މަންމަގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ފެނި ރާކިން އެއްޗެއް ބުނަން ފަސްޖެހުނެެެވެެ. ދެ އާޢިލާއިން ކައިވެނީގެ ތާރީޙް ކަނޑަ އަޅަން އުޅުމުން ޒައިނާ އާއި ވަކިން ވާހަކަ ދައްކަން ބޭނުން ކަމުގައި ރާކިން ބުނެލިއެވެ.
މަންމަ މެންގެ ރުހުން ލިބުމުން ރާކިން ޒައިނާގޮވައިގެން ދިޔައީ ސިޓިންގް ރޫމްއިން ނުކުމެވެން އިންނަ ބެލްކަންޏަށެވެ. ރާކިންގެ ފަހަތުން މަޑު މަޑުން އައި ޒައިނާހުރީ ހިނިތުން ވެލައިގެންް ނެވެެ.
”މީ ކޮންކަމެއް؟.. މަށާ ރައްޓެހިވާން ބޭނުންް ނުވެެގެން އިއްޔެ ރުޅިއައިސް އެއްޗެހި ކިޔާފަ މިޔަދު ތިއައީ ކައިވެނި ކުރަން ބޭނުން ވެގެން… މަށަކަށް ނުވިސްނުން ޒައިނާ ތިހެން ކަންތައް ކުރަންވީ ސަބަބެއް.” ގޭތެރޭ ތިބި މީހުންނަށް އަޑު ނީވޭ ވަރަށް ވާހަކަ ދެއްކި ނަމަވެސް ރާކިންގެ އަޑުގައި ވަނީ ހަރުކަށިި ކަމެވެ.
”އަހަންނަކީ އެކަހަލަ ކުއްޖެއް ނޫނޭ ބުނީމޭނުން. ރައްޓެހި ވެގެން އުޅުމަކީ އަހަރެން ކުރަންް ބޭނުން ކަމެއް ނޫން އެހެންވެ ކައިވެނި ކުރަން ބޭނުންވަނީ.. އަހަރެން އެބަ އޮތް ސުވާލެއް ޖަވާބު ދެވެންޏާ ދިނުންއެދެން.” ޒައިނާ ވާހަކަ ދެއްކީ ސީދާ ރާކިން އާއި ހަތަރު ކަަޅި ހަމަކޮށްގެން ހުރެއެވެ. އެ އަޑުގައި ވަނީސާބިތު ކަމާއި ކެރުމެވެ.
”އަހަރެން ކައިރީ އަހަނީ ކީއްކުރަން،.. ކޯޗެއް އަހަން އޮތީ،.. މިހާރުވެސް ޒައިނާ ބޭނުން ގޮތަށް ކަންތަށް ވަނީނުން… އަހަރެން ބޭނުންވާގޮތެއް އޮޅުން ފިލުވިންތަ؟..” ރާކިންގެ ރުޅި ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ.
”އަހަރެން ކައިރީ ބުނީމޭނުން ވަރަށް ޚާއްޞަ ކުއްޖަކު އޭ ”ކެން” އެނަމުން ކިޔާނީ އެއީ ކާކު؟.. ކޮބާ މިހާރު އެ ކުއްޖާ؟..” ރާކިން ރުޅި އައިސްފައި ހުރިނަމަވެސް އެކަމުުންް ޒައިނާ އަށް އަސަރެއް ނުކުރާާ ފަދައެވެ.
”އެއީ ވަރަށް ކުރިން ދިމާވި ކުއްޖެއް ވަރަށް ޙާއްޞަ ވާނެ… މިހާރު ނޭނގެ ވީތަނެއް އެކަމަކު ހިތްބުނަނީ އެކުއްޖާ އާއި އަދި ދިމާވާނޭ…” ރާކިން ގެ ޙިޔާލު ދަތުރުކޮށްލީ އެރީތި ހަނދާން ތަކާއި ދިމާއަށެވެ.
”އެއީ ވަރަށް ލޯބި ކުއްޖެއް… ”ޕަރީ”..’ ރާކިން ވާހަކަ ދެއްކީ ޙިޔާލަކަށް ގެއްލިފައި ވާމީހަކު ފަދައިން ނެވެ.
”ދެންކީއްވެ އެކުއްޖާ ހޯދަން މަސައްކަތް ނުކޮށް އަބަދު އެހެން އަންހެން ކުދިން ފަހަތުން ތިއުޅެނީ؟..” ޒައިނާގެ ސުވާލުންް ރާކިން ބަލައިލިއެވެ. އޭނަގެ ހިޔާލުގެ ވާފަށް ކެނޑި ހަމަ ބިމަށް އާދެވުން ފަދަ އެވެ.
” އެއީ އަހަރެން އަމިއްލަ ކަމެއްނު… އެހެން ނޫނަސް އަންހެނުން ވަރަށް މަކަރުވެރި ވާނެ… މުއްސަންޖަކު ފެންނަ އިރަށް ހުންނާނީ ފަހަތުން ދާންވެފަ ހެޔޮވާނެ ޢުމުރުން ދޮށީވެފަ މީހަކާ އިނދެގެން އުޅޭ މީހެއްވިޔަސް މުއްސަނދިއްޔާާ އެވީ…” ރާކިންގެ ރާގު ބަދަލުވެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.
”އޯކޭ،. ރާކިން އެހެން ކުދިން ފަހަތުން ނޫޅެ އަހަންނާ ކައިވެނި ކުރާނީ،.. ތިބުނާ އަންހެން ކުއްޖަކު ރާކިންގެ ހަޔާތަށް އައިއްސިިއްޔާާ ރާކިން ބޭނުން ނަމަ އަހަރެން ރާކިންއާ ދުރަށް ދާނަން. އެކަމަކު ކައިވެންޏަށް ފަހު އެހެން އަންހެން ކުދިންނާ ގުޅުމެއް ނުބާއްވާނެ ކަމަށް އުންމީދު ކުރަން… ހުރިހާ އަންހެނުން އުޅޭނީ އެއްގޮތަކަށް ނޫން އިނގޭ…” ޒައިނާ އޭނަ ބުނަން ބޭނުން ވަރަށް ބުނުމަށް ފަހު އެތެރެއަށް ވަދެގެން ދިޔައީ ރާކިންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ.
ރާކިންވެސް ވަދެ އެންމެންގެ ވާހަކައިގައި ބައިވެރި ވިއެވެ. އޭނަގެ ލޯބިވާ މަންމަގެ އުފާވެރި މޫނު ފެނުމުން ހިތްހަމަ ޖައްސާލީ އެވެ. ކޮންމެހެން މި ކައިވެނި ހުއްޓުވާކަށް ވެސް އޭނަގެ ވިސްނުމުގައި ނެތެވެ. ކައިވެނި ކުރުމަކުން ވާނެ ގެއްލުމެއް ނެތެވެ. އޭނަ ލޯބިވާ ނޫނީ ކަމުދާ ކުއްޖަކުވެސް ނެތުމުންނެވެ. އަންހެނުން ނަކީ ރާކިން އިތުބާރު ކުރާ ބައެއް ނޫނެވެ. އޭނަގެ މަންމަ އަށް ކުރާ ޤަދަރު އެހެން އަންހެނަކަށް ނުކުރެވެއެެެެވެެ.
ކައިވެނި ވީހާވެސް އަވަސް ކުރަން ދެއާޢިލާއިން ނިންމީ ރާކިންގެ ބައްޕަގެވެސް ރުހުމާއި އެކު އެވެ. މާބޮޑު ހަފުލާއެއް ބާއްވަން ރާކިންވެސް އަދި ޒައިނާވެސް ޤަބޫލެއް ނުވިއެވެ.
12 Comments!
Comments are closed.

Me first..??
Maa shaa allah varah reethi mi part …?
I also like this part when next
Thank you Nishu sis and Tara. I submitted this part two days ago. But neynge kiyhve kameh ehaa lahun publish kuriy. And next part Insha Allah vara avaha up kohlaanan.
Salhieyy ingey ❤️❤️??
Thanks Maryy??
When is the next… V v reethi story eh… ???????????❤️
Masha Allah. Vrh reethi mibai vx☺️
Alhey mivykihineh so much curiosity….looking forward to read next part????
Vvv reeethi story e
Maa Shaa Allah ♥️
Waiting for next part???
Wow sima? It’s best. I love it????
Sima sis haadha gina dhuvaheh vey up vaan. Avahah up kohdheeba plx☺️
Mi vaahaka up nuvaaniyya evaahaka vx angaalun edhen.. vrh balan mi vaahaka up veytho cuz vaahaka varah reethi ekam up nuvaathy dheraii