Skip to content
އެސްފިޔަ

ވީމޭ ތިޔަ އިންތިޒާރުގައި..3

ހިތުގައި އެޅިފައިވި ކޫރުންތަކަށް ލުއިކަމެއް ލިބޭތޯ ރިޔާޝް ހުރީ ބެލްކަނީގައެވެ. އޭނާގެ ހިތުގައި ވިކަމުން ދިޔައީ ރަޔާގެ ހިޔާލުތަކެވެ. ޖެހިލައި ވައިރޯޅިތަކުން އޭނާގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ނިދިވެސް އޭނާއާ ރުޅިހަދާލައިފައި ވަނީ މާދުރަށް ގޮހެވެ. ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުން ރިޔާޝް ފޫހިގޮތަކަށް ފޯނުގެ ސްކްރީނަށް ބަލައިލިއެވެ.

އެ ފޯނަށް ޖަވާބުދޭން ފަސޭހަ ނުވާނެތީ އޭނާ ފޯނަށް ބަލަން ހުރީއެވެ. ރިންގުގެ އަޑު ކެނޑުމުން ރިޔާޝް އަށް ހަމަހޭވެރިކަން ވިއެވެ. “ކީއްވެތަ ރަޔާ ގުޅީމަ ފޯނު ނުނެގީ؟” ފަހަތުން އެއަޑު އިވޭނެ ކަމުގެ އުއްމީދުގައި ރިޔާޝް ހުއްޓައި ރަޔާ އެތަނަށްއައެވެ. ހުރިގޮތަށް އޭނާ ހުރުމުން ރަޔާއަށް މަޑަކުން ނުހުރެވުނެވެ. “ދޮންބޭ ވަޓްސް ރޯންގް؟؟؟” ރަޔާ ދިޔަ ގޮތަށް ގޮސް ރިޔާސްގެ އެއްކޮނޑުގައި ހިފައި އޭނާގެ މަގަތަށް އަނބުރާލިއެވެ. ރަޔާ ހުރީ ރިޔާޝަށް ލޯ އަޅައިގެންނެވެ. ރިޔާޝަށް އުނދަގޫވީ ރަޔާ އެހައި ކައިރިވުމުންނެވެ. ރަޔާގެ ގައިން އަރަމުންދިޔާ ލުއި ލުއި މީރުވަހުން އޭނާގެ ހިތުގައި މަސްތުކަމެއް އިހުސާސް ވިއެވެ. ރިޔާޝް ރަޔާ އަށް ފުރަގަސް ދެމުން އޭނާއާއި ދުރަށް ހިނގައިގަތެވެ. “ޕްލީސް ޓެލް މީ… ދެޓް އެވްރިތިން ޔޫއާރ ސަފަރިން… ” ރަޔާވެސް ރިޔާޝްގެ ފަހަތުން ހިނގައިގެންފިއެވެ.

ރިޔާޝަށް މޭ ފިތޭ ކަހަލަ އިހުސާސެއް ކުރުވިއެވެ. ރަޔާއާ ދިމާއަށް އެނބުރެން އުޅެފައިވެސް ރިޔާޝް އޭނާގެ ބަސްނާހާ ހިތް މަސަލަސް ނުކުރެވިދާނެތީ އެ ހުރި ގޮތަށް ހުރީއެވެ.

“ޖަސްޓް ލީވް މީ އެލޯން.. ރަޔާ ބުނެބަލަ ކިހިނެތްހަދަންވީ…؟ ކިހިނެތް ހުރިހައި ވާހަކައެއް ބުނަން ކެރޭނީ..ކާކަށްތަ އަންޑަރސްޓޭންޑް ވާނީ.. ކާކު ހެލްޕްވާނީ…؟؟؟” މަޑުން ވާހަކަ ދައްކަންފެށި ނަމަވެސް ލަފްޒަކަށް ފަހު ލަފްޒެއްގެ އަޑު ބާރުވެ ރަޔާ ސިހިއްޖެއެވެ. ރިޔާޝަށް ކޮންމެވެސް ވަރަކަށް އިޙުތިޔާރުންވެސް ބޭރުވެވުނެވެ. ބުނެވުނު އެއްޗަކާ މެދު ވިސްނާލެވުމުން ރިޔާޝަށް އޭނާގެ ކަނައަތު ޝަހާދަތް އިނގިލީގައި ދައިގަނެވުނެވެ. ލޮލުގައި ވިދަމުންދިޔަ ކަރުނަ ރަޔާއަށް ފޮރުވަމުން ރިޔާޝް ރަޔާއަށް ފަސްދީ ގޭތެރެއާ ދިމާއަށް ހިނގައިގަތް އިރުވެސް ހުރި ފިޔަވަޅު މަތީ ރަޔާ ހުރީ ގަނޑުވެފައެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ ދޮންބެ ރުޅިއައިސްގެން އެއްޗެކޭ ބުނިމީ ފުރަތަމަ ފަހަރެވެ. ހިތުގައި ޖެހިގެން ރަޔާ އަށްވެސް ރޮވުނެވެ. “ދޮންބެ ކުރިމަތިއެލަނީ ކޮންކަމަކާބާ؟” ކޮޓަރިޔަށް ވަދެފައި ރަޔާއަށް ބުނެލެވުނެވެ.

ހަގީގަތުގައި ރިޔާޝް ހުރީ ވަރަށް އުނދަގޫވެފައެވެ. ރަޔާ ދެކެ ކުޑަކޮށްވެސް އޭނާ ރުޅިއެއް ނާދެއެވެ. އެއީ އޭނާ ރަޔާއާ ދުރުން އުޅުމަށްޓަކައި އެޅި ފިޔަވަޅެކެވެ. އެހިތަށް ކެތްނުވެދާނެހެން ހީވާންފެށީއެވެ. ރަޔާފެނުމުން ކިތަންމެ ނުބަލަން ހުއްޓަސް ނުހުރެވެނީއެވެ.

ރަޔާ ވަނީ އޮޅުން ބޮޅުން އަރައިފައެވެ. “ކޮން ހުރިހައި ވާހަކައެއް؟؟” ރަޔާގެ ބޮލުތެރޭގައި ހިނގަމުންދިޔައީ ރިޔާޝް ބުނި ވާހަކަތަކެވެ. އޭނާގެ ނިދިވެސް ފިލައިފިއެވެ. ދޮންބެއަށް ހެލްޕްވެދޭން އޭނާ ބޭނުމެވެ.

ނަމަވެސް ހަގީގަތް އެނގުނީމައެއް ނޫންހެއްޔެވެ؟ “ހަގީގަތް ބުނެފިއްޔާ ރަޔާ ހުންނާނެތަ އަހަރެންނާއެކު؟” ރިޔާޝް އޮތީ އޭނާގެ ކޮޓަރީގެ އެނދުގައެވެ. ކައިރީގައި އޮތް ބާލީހަށް ބަލަހައްޓައިގެން އޮވެ މޮޔައަކު ފަދައިން ވާހަކަ ދައްކަމުން ދިޔައެވެ. “ހަމަ ގައިމުވެސް ދޮންބެއަށް ލިބޭ ކޮންމެ ދެރައެއްގައި އަހަރެން ބައިވެރިވާނަން” ރަޔާ ވާހަކަ ދައްކަމުން ދިޔައީ ސީލިންގަށް ބަލަހައްޓައިގެން އޮވެއެވެ. އޭނާ އޮތީ އޭނާގެ ކޮޓަރީގައެވެ. “ޕިސް..އަހަންނަކަށް ނުވާނެ..” ރިޔާޝް ބާލީސް ދަށަށް ބޯ ކޮށްޕާލަމުން ބުނެލިއެވެ. “ކީއްވެތަ ދޮންބެއަށް ނުކެރިގެން އެއުޅެނީ..ބައްޕަވެސް ހުންނާނު ޝެއަރ ކުރަން…؟” ރަޔާ އަށްވެސް ވިސްނެނީ ރިޔާޝްގެ މައްސަލައަށް ހައްލު ހޯދުމާދޭތެރޭގައެވެ.

ކުޑަކޮށްވެސް އެކަމާ އޭނާއާ ގުޅުމެއް ހުރިކަމެއްކަމަށް އޭނާހިވެސްނުކުރެއެވެ. ފިކުރު ބޮޑުވެ ނުނިދިފައި ދެމީހުންނަށްވެސް ނިދުނީ ދަމެއްވީ ފަހުންނެވެ.

ދުވަސްތަށް ހަފްތާތަކަށްބަދަލުވެ ކަލަންޑަރަށް ގުނެމުން ދެއެވެ. ރިޔާޝް ގުޅުނީ އޭނާގެ ބައްޕަގެ ވިޔަފާރިއާއެވެ. ނަމަވެސް ރަޔާގެ ހިޔާލު ވަރަށް ތަފާތެވެ. ކިޔެވުން ނިމުމުން ރަޔާ ގަސްތުކޮށްފައިވަނީ އަމިއްލަ ބޭކަރީއެއް ހުޅުވާށެވެ. ދެމީހުންވެސް ދުނިޔެއަށް ލޯހުޅުވެންފެށީ އަދިކިރިޔާއެވެ. ރިޔާޝް ވަނީ އޮފީހުގައި ބިޒީ މީހަކަށްވެގެން ރަޔާގެ ހަނދާންތަކާ ފުދޭވަރަކަށް ދުރަށް ޖެހިލައިފައެވެ.

ރަޔާވެސް އޭނާގެ މަސައްކަތުގައި އަވަދި ނެތި އުޅެމުންދިޔައެވެ. ދުވަހެއްގެ ހަވީރެވެ. ރަޔާ އޭނާގެ މަންމައަށް ގޮވަމުން އައިސް ވަނީ ރޯމާމެންގެ ކޮޓަރިއަށެވެ. ރަޔާގެ ފައިލެއް ނުފެނިގެން އުޅެއެވެ. އެކޮޓަރީގައިވި ބައެއް ފޮތްލާ އަލަމާރިއަށް ލެވިފައި އޮތްތޯ ބަލަން ވަތްގަނޑެއް ހުޅުވާލިއެވެ. އޭނާގެ ލޯ ބޮޑުވެގެން ދިޔައީ “ރަޔާ” މިހެން ޖަހައިފައި އޮތް ފައިލެއް އެކަބަޑުތެރެއިން ފެނުމުންނެވެ. ރަޔާ އެފައިލު ހުޅުވާލުމުން އަދީ މާބޮޑަށް ހައިރާންވިއެވެ. އޭގައި ވަނީ ސެޓިފިކޭޓްތަކެކެވެ. އޭނާގެ ވިސާ އެކްސްޗޭންޖް  ކޮށްފައި ހުރި ލިޔުންތަކެވެ. އަދި ރަޔާގެ ބައްޕަގެ އިނގިލީގެ ނިޝާންވެސް އިނެވެ. ސުހައިލް އަދި ރަޔާ ގެ ދަރިފުޅަށް ‘ރަޔާ’ މިހެން ނަން ދިނުމަށް އޭނާގެ ބައްޕަ ލިޔެފައިވި ސިޓީ ފެނުމުން ރަޔާގެ ކަނކުލު ހުޅުން ވަރުދޫވިހެން ހީވިއެވެ.

ބޮލަށް އެނބުރުން އަރައިގެން ދިޔަކަހަލަ އިހުސާސެއް ވުމުން ރަޔާ އޭނާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އޭނައަށް ހިނދުކޮޅަކު ނޭވާ ނުލެވޭހެންވެސް ހީވިއެވެ. މީހާވަނީ ދާހިތްލާ ފޯވެފައެވެ. ކަންތަށް އޮޅުން ފިލުވަން ކިތަންމެ ބޭނުންވިޔަސް ރަޔާ ހުރީ އޭނާ ބަލައިބޮޑު ކުރި މަންމަމެން އޭނާ ކައިރީ ނުބުނާ ސިއްރެއް ހާމަވުމުން ހިތްނުތަނަވަސްވެފައެވެ. އަވަސް އަވަހަށް ރަޔާ އެ ފައިލު ނަގައި ހުރި ގޮތަށް ލިޔުންތަށް ބެހެއްޓުމަށްފަހު، އެކޮޓަރިން ނުކުމެގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

އޭރުވެސް ބޮލުގައި ހީވަނީ މީހަކު އެއްޗަކުން ތަޅާހެންނެވެ. އިނގިލިތަކަށް ފިތަމުން ދެއަތް ދެއަތާ މޮޑެމުން ރަޔާ ހުރީ ކުރާނެ ކަމެއް ނެތިފައެވެ.ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އެތަކެއް ފަހަރަކު ރިޔާޝަށް ގުޅަން ފޯނުވެސް ނެގުނެވެ. ނަމަވެސް ބުނަން ނުކެރުނީ ރިޔާޝް އޭނާއާ ދޭތެރޭ ދުރު ހިލޭ ނަޒަރަކުން ދެކިފާނެތީއެވެ. ނަމަވެސް ރޯމާމެން ރަޔާއަށް ހުރިހައި ލޯތްބެއް ދިނެވެ. ރިޔާޝަކާ ވަކި ތަފާތެއްވެސް ނުކުރެއެވެ. މި ޒަމާނުގައި އެހެން އުޅޭ މައިންބަފައިންވެސް ވަރަށް މަދުވާނެއެވެ.

ރަޔާ ހަމައަކަށް އެޅެން މަސައްކަތްކުރިއެވެ. ރަޔާއަކީ އެހެންއަންހެން ކުދިންނާ ތަފާތުކޮށް ހިތްވަރު ގަދަ އަންހެންކުއްޖެކެވެ. ނިކަން ފަސޭހައިން އޭނާ އެކަން ކޮށްފިއެވެ. ނަމަވެސް ހިތުގައިވަނީ އެ ސިއްރުތައް ހޯދުމަށް އަޒުމް ކަނޑައަޅައިފައެވެ. ރަޔާގެ މަގްސަދު ހާސިލް ކުރަން އޭނާ އޭންމެ ބޭނުންވަނީ އޭނާގެ މައިންބަފައިންނާ ބައްދަލުކޮށް އެމީހުން އޭނާ ދިން ސަބަބެއް ހޯދާށެވެ. އެއްވެސް ހަގީގަތެއް ނޭނގޭ އިރު ރަޔާ އޭނާގެ މައިންބަފައިނާ ދޭތެރޭ ގޯސްކޮށް ދެކުނެވެ.

އިރުގެ އަވިން ޖައްވު ދޮން ކޮށްފައި އޮތް ވަގުތެވެ. ރިޔާޝް މިއަދު މެންދުރު ކާން އައީ ގެއަށެވެ. ގޭޓުގެ އެތެރެއިން ވަދެގެން އައި ރިޔާޝް އަށް ބަލަން ރަޔާހުރީ އޭނާ ކޮޓަރީގެ ބެލްކަނީގައެވެ. އޭނާގެ ޗުއްޓީ ދުވަސްތަކުން ދުވަހެއްކަމުން ފޫހުވެގެން ހަލާކުވާން ކައިރިވެފައިހުރި ރަޔާ ވަގުތުން ތިރިޔަށް ދުއްވައިގަތެވެ. ސިޑިން ފައިބަފައިބައި ހުރި ރަޔާގެ ފައި ކައްސާލީ އެއްފައި އެޅުނު ގޮތުންނެވެ. އެވަގުތު ސިޑކައިރިއާ އަރާ ހަމަވި ރިޔާޝް ރަޔާގެ ހަޅޭކުގެ އަޑާއެކު ރަޔާ ބިންމަތީ ޖެހުމުގެ ކުރިން އޭނާ ހިފެހެއްޓިއެވެ.

ރިޔާޝްގެ ފޮހެވެން ފަށައިފައިވި ހަނދާންތަށް އާވާންފެށިކަހަލައެވެ. އޭނާގެ ހިތުގައި އުފެދުނު ކުލަނުވާނެ އިހުސާސްތަށް ކަޅާއި ހުދުން ބޮލުތެރޭ އެނބުރެންފަށައިފިއެވެ. އޭނާއަށް އެންމެ ކަމުދަނީ ރަޔާގެ ގައިން އަބަދުމެ އެ ދުވާ ލުއި މީރުވަހެވެ. މޫނުގައި އަބަދުމެ އެވާ ތާޒާކަމާއި ތުންފަތުގައި އަބަދުމެ އިންނަ ހިނިތުންވުމެވެ.

ރިޔާޝަށް ބަލަން އެ ހިނދުކޮޅު އޮތް ރަޔާއަށްވެސް ހިތުގެ އަޑިން އެހެންކަހަލަ ވިންދެއް ޖހައިލިހެން ހީވިއެވެ. ރިޔާޝްގެ ދޮން މޫނުގައިވި ތުނި ތުނިކޮށް ކޮށާލެވިފައިވާ ތުނބުޅި އިނުމުން އޭނާގެ ފިރިހެންވަންތަކަން ހާމަވެއެވެ. އޮފީހަށް ދާންފެށިފަހުން އެ މޫނުމަތީގައި ހުންނަ ސީރިއަސްކަން އަދި މާ ރީއްޗެވެ. ކަޅު ގަމީހަކާ އެކު އަޅިކަލައިގެ ފަޓިލޫނުގައި ރިޔާޝް ހީވަނީ މޮޑެލްއެއް ހެންނެވެ. އޭނާގެ ގައިން އަރަމުންދިޔައީ ޑާރިޖްގެ ފިރިހެންވަންތަ ވަހެވެ.  ރިޔާޝްގެ ލޮލަށް ބަލަން ރަޔާ އޮތް އިރު އެ ލޮލުގައި ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއްވިއެވެ.

ރިޔާޝް އޯކޭހޭ އަހައިލަމުން ރަޔާ ކުޑަކޮށް ސިހުނެވެ. ރިޔާޝް ރަޔާ ބިންމަތީގައި ބެހެއްޓިއެވެ. “ދެންވެސް ބަލައިގެން އުޅޭނީ..” ރަޔާ ހައިރާންވީ ރިޔާޝްގެ އަޑުގައި ކުޑަ ހަރުކަށިކަމެއް ހުރީމައެވެ. ރިޔާޝް ވަރަށް ބަދަލުވެއްޖޭ އޭނާގެ ހިތައް އެރިއެވެ.

“އައި ވޯޒް ތިންކިން ޓު ގޯ އަ ފެމިލީ ސްޓޭ…މި ވީކެންޑްގަ ރެސޯޓަށް…” ރިޔާޝް ގެ ފަހަތުން އައިސް ރަޔާވެސް ވަނީ ރިޔާޝްގެ ސްޓަޑީ ރޫމަށެވެ. “ވައި ނޮޓް.. ބައްޕަޔާ މަންމަޔާ ދެމީހުންކައިރި ބުނެލާ އެން ހުރިހައި ކަމެއް ފައިނަލް ކުރާނީ ދެން ފަހުން” ރިޔާޝް އޭނާ ބަލައި އައި ފައިލު ފެނުމުން މަޑު ނުކޮށް ގޮސް ކާކޮޓަރިއަށް ވަން އިރު ރޯމާއާއި މަރީނާ ކާންހެދުމުގައި އަވަދިނެތި އުޅެއެވެ. ރަޔާވެސް އައިސް ވަނެވެ. ދެންމެ ހިނގައި ދިޔަ ކަންތަކުން ރިޔާޝް ހުރީ ރަޔާއާ ހަތަރު ކަޅި ހަމަކުރަން ބޭނުން ނުވެފައެވެ. ނަމަވެސް ރަޔާ އޭނާގެ ކުރިމަތީ އިށީނުމުން ފުދޭވަރެއްގެ ހިތްހަމަ ނުޖެހުމެއް އުފެދުނެވެ.

“މަންމާ..ހިނގާ ރެސޯޓަށްދާން ފެމިލީ؟؟..މިހާރު ކޮންދުވަހެއް ދޯ ފެމިލީ ޓްރިޕެއްނުދާތާ؟؟” ރަޔާ ކާންފަށަމުން ވާހަކަ ދެއްކިއެވެ. ރިޔާޝް އިސްޖަހައިގެން އިނދެ ކެއުމާއިގެން މަސްހޫލު ވިއެވެ.

ކައި ނިނމައިފައި ގޮސް ކާރަށް އެރިއިރުވެސް ރިޔާޝްގެ ތެޅެމުންދިޔަ ހިތަށް ލުޔެއް ނުލިބެއެވެ. ހިތަށް އަރަމުންދިޔައީ ރަޔާ އޭނާއާ ދޭތެރޭ ދެކޭނެ ގޮތެކެވެ. އެ ލޯތްބަށް އޭނާ ފުރަގަސް ދެމުންދާއިރުވެސް އޭނާ ކުރިމަތީ ހުންނަން ރިޔާޝްގެ ހިތް އެދޭވަރުން ބުނަން ނުކެރެނީއެވެ. ދޫ ބަންދު ކުރެވިފައި ވަނީ އޭނާގެ މަންމަގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާހެދިއެވެ.

Comments (26)

  1. Xaara

    Masha Allah…. V v reethi mi part vex.. ????❤️❤️❤️❤️

    1. Uhthoo
      Xaara

      Thanks xaara ❤️❤️??

  2. Umny ???

    Masha Allah varah Reethi keep it up???

  3. Umny ???

    When is the next part?

    1. Uhthoo
      Umny ???

      Thanks umny❤️? inshallah ….coming soon next part ?

  4. Sher

    Varah furihama n varah reethi. Waiting for next part ?????

    1. Uhthoo
      Sher

      Thanks sher ❤️? any idea dhn vaane gotheh.???. but already vaahaka liyevi nimifa inee.. ingeyy??❤️❤️

  5. Sham

    When is the next part

  6. Sham

    Varah Reethi mi part ves

    1. Uhthoo
      Sham

      Thank sham ☺️❤️ Next part soon inshallah ?

  7. Anonymous

    ?… Cover ga in firihen kuhjaage body hy vany girl eh ge body hen

    1. Anonymous
      Anonymous

      Cover change kohlevidhaane tha…

    2. Uhthoo
      Anonymous

      Anonymous joking tha?? ? all knows that aee boy eh kann.. Nd thank you for your compliment I don’t think cover change kuran jeheyne kameh.. Totally I love that pic.. or I’ll change it if readers agree.. ?????

  8. Makku

    Varah rythi lysm???

    1. Uhthoo
      Makku

      Lyt ??thanq

  9. Xxx

    Vvv reethi. Luv you Uhthoo.❤???❤???❤??❤?? when will next parf come. Also love this story too??????

    1. Uhthoo
      Xxx

      Soon inshallah.., thanks for your support kyp it upp ???????❤️❤️

  10. Haath

    Mashaa Allah varah loabi …….

    1. Uhthoo
      Haath

      Thanq Haath

  11. jiji

    Wow..v v rythi ingey mi bai..waiting fr da next?????????❤❤❤❤

    1. Uhthoo
      jiji

      Thankoo jiji .. miadhu Jiji ge comment ehme fahun tha miaee ☺️❤️??

    2. jiji
      jiji

      Was really busy..sorry for that uhthoo

    3. Uhthoo
      jiji

      It’s ok.. ☺️ Bxy viyas your time is so important for me ??????????

  12. Maya

    Nice….. intrestin as well . Situations adhi kuda koh detail kohlahchey , bayeh faharu kiyaa iru wany kihineh kan neygey genesdhyfa hunna gothun

    1. Uhthoo
      Maya

      Ok ?.. will try my best ? thanks btw❤️

  13. Sham

    Knirakun tha part 4

Comments are closed.