އަނެއް ދުވަހު ޒާޔާއަށް ހޭލެވުނީ ރާޔާ އައިސް އޭނާއަށް ގޮވުމުންނެވެ. އިރުކޮޅަކު ގޮވުމަށްފަހު ރާޔާ ދިޔައެވެ. ރާޔާ ދިއުމުން ޒާޔާ ކަންނެތްކަމާއި އެކު އެނދުން ތެދުވެ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ހަތެއް ޖެހީއެވެ. “އަޅެ ހާދަ އަވަހަކަށް އެ ގޮވީ…. ރަނގަޅަށް ނިދާ ވެސް ނުލެވޭ” ހެނދުނު ހެނދުނާ ހޭލަން އާދަވެފައި ނުވުމުން ޒާޔާ ޝަކުވާ ކޮށްލިއެވެ. އެކަމަކު ވެސް އެހެން މީހެއްގެ ގޭގައި އުޅޭއިރު ހިތަށް އަރާހާ ގޮތަކަށް ނޫޅެވޭނެ ކަން އެނގޭތީ ޒާޔާ […]
އައްސަލާމު އަލައިކުމް… ވާހަކައިގެ ހުރިހާ ކިޔުންތެރީން ގެ ސަމާލުކަމަށް ދަންނަވާލަން… މި ވާހަަކައިގެ 16 ވަނަ ބައި ދެން ޚިޔާލަށް ލިބޭނީ މިންމިގެ ޓެސްޓުތަކައް ފަހު… އޭގެ ފަހުން ވެސް ފަހަރެއްގައި އަޕް ނުކުރެވި ދާނެ ވީމާ މިކަމަށް މާއަފަށްއެދެން…. މިންމިގެ ޓެސްޓުތަކައް ކުރިޔަށް ދާތީ އައި ވޯންޓް ޓު ކޮންސެންޓްރޭޓް އޮން ދެޓް….. …One again sry to all I hope all will understand
ރާޔާއަށް މާބޮޑު ސަމާލު ކަމެއް ނުދީ ރަޔާން ބާރު ހިނގުމެއްގައި ރާޔާގެ ކޮޓަރިއާއި ދިމަލަށް ދިޔައެވެ. ދެތިން ފަހަރަކު ކޮޓަރީގައި ޓަކި ޖެހުމުން ވެސް ދޮރު ނުހުޅުވިއެވެ. ތަނޑު ނުލާ ހުރުމުން ރަޔާން ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ. ކޮޓަރި ތެރޭގައި ޒާޔާގެ ހިލަމެއް ވެސް ނެތެވެ. ޒާޔާ އަދި ވެސް ފެންވަރާ ނުނިމެނީއޭ ހިތާ އެނބުރި އައި ކޮޅަށް ދާން އުޅުނު ރަޔާން ހުއްޓުނީ ފާޚާނާ އެތެރެއިން ޒާޔާ ގިސްލާ އަޑު އިވުމުންނެވެ. “ޒާޔާ” ދުވެފައި […]
“މަންމާ” ފައިވާން ލާ ހަރުގަނޑައް ފައިވާން ލުމަށް ފަހު ރަޔާން އެތެރެއަށް ވަދެގެން އައިސް އޭނާގެ މަންމަ ރިޝްފާ އަށް ގޮވާލިއެވެ. އޭނާގެ ފަހަތުން މަޑު ހިނގުމެއްގައި މަރުވެފައިވާ މައްޔިތެއް ފަދައިން ޒާޔާއައެވެ. “ލައްބަ.. ކިހިނެތް ވީތަ ދަރިފުޅާ… މަޑު ކޮށްލާ މަންމަ މިދަނީ” ކައްކާ ނިމިގެން ބަދިގެ ތެރޭ ސާފު ކުރަން ހުރި ރިޝްފާ ރަޔާން ގޮވާލި އަޑު އިވުމުން ބުނެލިއެވެ. އަދި އަވަސް އަވަހާއި ބަދިގޭގެ ބާކީ ބައި ސާފު ކޮށްލުމަށް ފަހު އޭނާ […]
ދެގަޑިއެއްހައިއިރު ފަހުން ޒާޔާ ހޭ އެރިއެވެ. މަޑުމަޑުން އެސްފިޔަތައް ހުޅުވާ ލުމަށްފަހު ބޮލުގައި އަތް ޖައްސާލިއެވެ. ބޮލަށް ބާރުވެފައި ހުރުމުގެ ސަބަބުން ފުރަތަމަ ތަންތަން ފެނުނީ ވަރަށް ފުސްކޮށެވެ. ރަނގަޅަށް ފެންނަށް ފެށުމުން ޒާޔާ ވަށައިގެންވާ މާޙައުލަށް ނަޒަރު ހިނގާލިއެވެ. އޭނާ އޮތް އެނދުގެ އެއްއަރި މަތީގައި ބޯއަޅައިގެން ފިރިހެނެއް އޮތެވެ. ކުއްލިއަކަށް ޒާޔާ ތެދުވިއެވެ. އެމީހާ ވެސް ސިއްސައިގެންގޮސް ތެދުވިއެވެ. ޒާޔާ ހީކުރީ އެއީ ޒިޔާން ކަމަށެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި ހުރީ ރަޔާންއެވެ. […]
އެއްވެސް ދިރުމެއް ނެތް މީހެއް ފަދައިން ގެއިން ބޭރަށް ނިކުމެވެން ހުންނަ ސިޑިން ޒާޔާ ފައިބަނިކޮށް ފައި ކައްސާލާފައި ސިޑިން ތިރިއަށްވެއްޓުނެވެ. އެއީ ފުދޭ ވަރަކަށް ދިގު ސިޑިއަކަށްވެފައި ޒާޔާ ވެއްޓުނު އިރު ހުރީ ދެވަނަ ސިޑީގައި ކަމުން ފުރޮޅެމުން ފުރޮޅެމުން އައިސް ޒާޔާގެ ބަނޑު ވަރަށް ބާރަށް ބިންމަތީގައި ޖެހުނެވެ. *********************************************** ވީތަދުން ޒާޔާއަށް ބާރަަށް ހަޅޭލަވައިގަނެވުނެވެ. ލޯމައްޗަށް ފުސްވެ ޒާޔާ ހޭނެތުނެވެ. ބަލަން ނުހުރެ ދުއްވާފައި އައި ރަޔާން ޒާޔާ އޭނާގެ ބާރުގަދަ ދެއަތުން […]
ދުވަމުން ދުވަމުން ގޮސް ޒާޔާ ހައްވާއާއި ފަވާޒްގެ ކޮޓަރިއަށް ވަންއިރު ނަސީބަކުން އެދެމީހުން އަދިވެސް އުޅުނީ ބަދިގޭގައެވެ. ފުރުސަތު ގެ ބޭނުންހިފައި ޒާޔާ އެ ކޮޓަރީގެ އަލަމާރި ހާވަންފެށިއެވެ. ހާވަމުން ހާވަމުން ގޮސް ހެދުންތަކުގެ ބިއްދޮށުގައި ހުރި ކުޑަކުޑަ ފޮއްޓެއް ނަގާ ހުޅުވާލިއެވެ. އަދި އިރުކޮޅެއް ވަންދެން ފޮށި ހާވަން ހުރެފައި އޭގެތެރެއިން ހުދުކުލައިގެ އެއްޗެއްނެގިއެވެ. އޭތި ހިފައިގެން ޒާޔާ ވަރަށް ވަގުވަގަށް އެނބުރި ކޮޓަރިއަށް ދިޔައެވެ. “ކޮއްކޯ… ދެން މަޑުން ހުރެބަ!” ގޭތެރޭގައި ރަޔާންއާއި އޭނާގެ […]
ޕާކިން އޭރިޔާގައި ކާރު ޕާކު ކޮށްލުމަށްފަހު ގެއަށް ވަދެގެން އައި ޒިޔާންގެ ތުންފަތް މަތީގައި ވަނީ ވިޔާނުދާ ހިނިތުންވުމެކެވެ. މިއޮތް ވީހާ ދުވަހު އޭނާއަށް ނުކުރެވިގެން އުޅުނު ކަންތައް ކާމިޔާބު ވީމާ އުފާ ނުވެ ހުންނާނެ ހެއްޔެވެ. އަނެކާގެ ދިރިއުޅުން ބަރުބާދުކޮށް އަނދަވަޅަކަށް ވައްޓާލާފައި ވެސް ޒިޔާން ބޭލީ އަމިއްލަ ބޭނުންތައް ފުއްދޭތޯއެވެ. ******************************************************* އަނެއްދުވަހު ޒާޔާއަށް އިރު އެރީ ގަޑިން ބާރަ ޖަހާ ބޮޑު ވީ ފަހުންނެވެ. އާ ފުރެމުން ކަންނެތްކަމާއި އެކު ޒާޔާ އެނދުން […]
ޒިޔާން ޒާޔާ ގޮވައިގެން ގޮސް އޭނާގެ ގެ ކައިރީ ކާރު މަޑު ކޮށްލިއެވެ. އަދި ކާރުން ފޭބުމަށް ފަހު ޒާޔާ ނިކުންނަން ދޮރު ހުޅުވާލަދީފައި އަތް ދިއްކޮށްލިއެވެ. ޒާޔާ ވެސް ހެވިދިލިގެން ހުރެ ޒިޔާންގެ އަތުގައި ހިފައިގެން ކާރުން ފޭބިއެވެ. “ސޯ ފައިނަލީ ވީއާރ ހިއާ… ބަޓް އެތެރެއަށް ވަނުމުގެ ކުރިން ބޭބީ ޖެހޭނެ ލޯމަތީގައި އަތްއަޅަން” ގޭގެ ބޮޑު ގޭޓާ އަރާ ހަމަ ވުމަށްފަހު ޒިޔާން ބުނެލިއެވެ. “އޯކޭ ބަޓް ވައި” ޒާޔާ ސުވާލުކޮށްލިއެވެ. ” […]