Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގިހުރެ ވެވުނު ލޯބި (6 ވަނަ ބައި)

YoonnaL Level 110 Stories
September 13, 2019 6 Mins Read
16 Comments

ފަތުހީ ސާއިލާ ހޯދުމުގެ މަސައްކަތް އޮސްޓްރޭލިއާގެ ފުލުހުން މެދުވެރިކޮށް ހޯދަން އުޅެ ނާކާމިޔާބުވުމުން އެކަން ޤަބޫލުކޮށް ހުއްޓާލިނަމަވެސް ފަތުހީ ޤަބޫލު ކުރާ ގޮތުގައި ސާއިލާ އަދި ގަދަވެ ސަލާމަތުން ދުނިޔާގައި އެބެހުއްޓެވެ. އަދި އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ފަތުހީމެންނާއި ސާއިލާއަދި ބައްދަލު ވާނެއެވެ. އައިޒަންއަށް އަދިވެސް ސާއިލާއަކީ ކާކުކަން ފަތުހީމެން ބުނެނުދިންނަމަވެސް އައިޒަންއަށް އެކިމީހުންގެ ފަރާތުން ސާއިލާއާއި ބެހޭ އެކި މައުލޫމާތު އިވުނެވެ. އައިޒަންއަށް ސާއިލާއާއި މެދު ޝައުގުވެރިވެވުނީ އެއީ އޭނާގެ އަނބިމީހާކަންވެސް ނޭނގިހުރެ ހަމައެކަނި ނަން އަޑުއިވިލުމުންނެވެ. އެކި ގޮތްގޮތުން ސާއިލާއާއި ބެހޭގޮތުން އައިޒަން މައުލޫމާތު ހޯދަން ފެށީވެސް ހަމަ އެހެންވެއެވެ.

އައިޒަންއަށް އެންމެ އަވަހަކަށްވެސް ރާއްޖެ ދެވެން އޮތީ އަދި އިތުރު އެއްހަފްތާއަށްފަހު ކަމަށްވާތީވެ އެކި މީހުން މެދުވެރިކޮށް    މައުލޫމާތު ހޯދަން އައިޒަން ފެށީ ރާއްޖެ ދެވުމުން އޭނާ އަމިއްލައަށް އެކަން ކުރުމަށް ގަސްތުކޮށްގެނެވެ. ބުނިވަރަކަށް ރުފިޔާ ދިނުމަށް އެއްބަސްވެފައި މީހަކު ލައްވާ އައިޒަން އެހުރިހާ މައުލޫމާތެއް ހޯދުމަށް ހަވާލުކުރިތާ ދެތިން ގަޑިއިރު ތެރޭގައި ޒައިކް ނަމަކަށް ކިޔުނު މި ފިރިހެންމީހާ އައިޒަންއަށް ގުޅުމަށްފަހު ވާހަކަ ދައްކަން ފެށިއެެވެ.

އައިޒަން އެއްވެސް އެއްޗެކޭނުބުނެ އިނީ އަޑު އަހާށެވެ.” ހްމް ތި ބުނާ ކުއްޖާގެ ފުރިހަމަ ނަމަކީ ސާއިލާ އައްބާސް. އުމުރުން ވީ ބާވީސް އަހަރު އަދި މިހާރު ސާއިލާގެ މަންމައާއި ބައްޕަ މިހާރު ނެތް ދުނިޔެއަކު. ވަރަށް ފަހުން މީހަކާއިން އަދި އޭގެ ދާދި ފަހަކުން ހުރި ހަމައެކަނި ކޮއްކޮވެސް ނިޔާވެއްޖެ ކަމަށް ވަނީ. ދަރިޔަކު ހުންނަކަމެއް އިނގިފަކާނެތް. އަދި ސާއިލާ މަސައްކަތް ކުރަނީ އެލް.އެލް ކުންފުނީގަ ސީއީއޯގެ ޕާރސަނަލް ސެކްރެޓަރީގެ މަޤާމުގައި ކަމަށް ވަނީ.” ޒައިކްގެ ވާހަކަތައް އަޑު އަހަން ހުރި އައިޒަން އެކަމާގުޅޭއިތުރު އެއްވެސް އެއްޗެކޭނުބުނެ ފޯނު ކަނޑާލީ ބުނެވުނު އަދަދަށް ރުފިޔާ ޖަމާކޮށްދޭނެ ކަމަށްބުނެޔެވެ.

ކޮނުނުވަރަކަށް ފަސްގިނަވާނޭ ބުނާ އުސޫލުން އައިޒަންއަށް ސާއިލާއާއި ބެހޭގޮތުން ގާތްގަނޑަކަށް ހުރިހާ މައުލޫމާތެއް ލިބުނެވެ. މީހަކާ އިނދެގެން އުޅޭކަން އައިޒަންއަށް އިނގުނު ނަމަވެސް އައިޒަންއަށް ނޭނގުނީ ސާއިލާގެ ހަލާލު ފިރިމީހާއަކީ ޙުދު އައިޒަން ކަމެވެ. އައިޒަންގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އަދި އިތުރަށް ސާއިލާއާއި މެދު އިތުރު މައުލޫމާތު ހޯދަން އެދެމުން ދިޔައެވެ. ނަމަވެސް ސާއިލާއަކީ އައިޒަންގެ ސެކްރެޓަރީ އަށް ވުމުން އައިޒަންއަށް ސާއިލާއާއިމެދު ޝައުޤުވެރިވެވުނީކަމަށް ހިތާހިތުން ނިންމާފައި އައިޒަން ދެން އިތުރަށް ސާއިލާއާއިމެދު ނުވިސްނުމަށް ނިންމިއެވެ.

ހަނދާންތަކެއް ފުހެވިފައި ވީނަމަވެސް އައިޒަންއަށް ނުވިސްނުނީ އެފުހެވުނު ހަނދާންތަކުގެ މުހިންމު ކަމެވެ. ފަތުހީ އާއި އަނުމްވެސް އައިޒަން އަށް ހަޤީގަތް އަންގަން ކިތަންމެ ބޭނުންވިނަމަވެސް ޑަކްޓަރުންގެ އިރުޝާދާ އެއްގޮތައް އެކަންތައް ނާންގާ މަޑުކޮށްލީ ހިތާދެކޮޅަށް އައިޒަންގެ ސިކުނޑިއަށް އެއްވެސް މީހެއްގެ ޕްރެޝަރާނުލައި އަމިއްލައަށް އެހަނދާންތައް އާވަންދެނެވެ. ހަގީގަތް އެންގި ނަމަވެސް ސާއިލާ ވީތަނެއް އަދި ނޭނގޭތީ އައިޒަންއަށް ހަގީގަތް ގަބޫލު ކުރަން އުނދަނގޫ ވާނެކަން ވިސްނާފައި ފަތުހީމެން އެވާހަކަ އައިޒަން ގެ ގާތުގައި ނުދައްކާ އިހަށް މަޑު ކޮށްލަން ނިންމިއެވެ.

***

އިކާންއިނީ އާދައިގެ މަތިން ސާއިލާއަށް ވަރަށް މަޝްހޫރު އިނގިރޭސި ވާހަކަ ފޮތެއް ކިޔައިދޭށެވެ. ސާއިލާ އޮށޯވެ އޮތް އެނދުކައިރީގައި ފޮތް ހިފައިގެން އިކާން އިނީ އޭނާ ހޮސްޕިޓަލުން އައިސްފައިއެވެ. ދިހަވަރަކަށް ސަފްހާ ކިޔާލުމަށްފަހު އިކާން ސާއިލާ ބާއްވާވައިފައި އޮތް އެނދުގެ އަނެއް ފަޅީގައި ބޯ އަޅާލީ ވަރުބަލި ކަން އިހުސާސް ކުރެވެން ފެށުމުންނެވެ. އެހެން އޮށްވާ އިކާންއަށް ހަވީރުގެ އެވަގުތުގައި ނިދުނީ ވެފައި ހުރި ވަރުބައްޔެއްގެ ވެސް ބޮޑުކަމުންނެވެ.

ސާއިލާއަށް ހޭލެވުނުއިރު އޭނާއަށް ފުރަތަމަ ފެނުނީ ތަންތަން ފުސްކޮށްނެވެ. ސާއިލާ އިކާންގެ އަތުގައި ހިފާލުމަށްފަހު އައިޒަން އޭކިޔާފައި ގޮވާލެވުނީ ސާއިލާއަށް ފުރަތަމަ ހީކުރެވުނީ އޭނާގެ ގާތުގައި އޮތީ އައިޒަން ކަމަށްވުމުންނެވެ.

“އައިޒަން! އައިޒަން.” ދެފަހަރަކު އައިޒަންއޭކިޔާފައި ސާއިލާ އިކާންއަށް ގޮވާލިތަނާ އިކާންއަށް ހޭލެވުނެވެ.

“ޔޫ އާ އަވޭކް؟ އޯކޭތަ؟ ބޮލަށް ތަދުވޭ؟”  އިކާން އެފުލުފުލުގައި ދެތިން ސުވާލު ކޮށްލުމުން ސާއިލާއަށް މަޑުމަޑުން އިކާންގެ މޫނު ސާފުވާވަރުވުމުން އިކާންގެ އަތުން އަތް ދޫކޮށްލެވުނީ އެއީ ކާކުކަންވެސް ނޭނގޭތީއެވެ.

“ކާކުތީ؟ ކޮބާ އައިޒަން؟ ” އިކާން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ސާއިލާވެސް ކޮށްލީ އިތުރު ދެ ސުވާލެވެ. މަޑުމަޑުން ފަނޑުކޮށް ސާއިލާގެ ހަނދާނަށް ހުރިހާކަމެއް އަންނަމުން ދިޔައިރު ސާއިލާއަށް އިނދެވުނީ ގަނޑުވެފައެވެ. “ސާރާ ކޮބައި؟” ރޮއެ ގަންނަމުން ސާއިލާއަށް ސާރާ ކޮބައިތޯ އަހާލެވުނު އިރު އިކާން އިނީ ވާނުވާގައެވެ.

“މަޑު ކޮށްބަލަ. ފަސްޓް ނުރޮއެ އިހަށް ކިޔައިދީބަލަ މިހާރު ވެގެން މިއުޅޭގޮތެއް. އަހަންނަށް އަދި ނޭނގެ ތިކުއްޖާގެ ނަންވެސް. ބައިދަވޭ އަހަންނަށް ކިޔަނީ އިކާން. ކާކުތަ ސާރާ އަދި އައިޒަންއަކީ؟؟” އިކާން އެފުލުފުލުގައި ސުވާލުކުރުމުން ސާއިލާ އޭނާއަށް ކިޔަނީ ސާއިލާކަން ބުނެދިނުމަށްފަހު އައިޒަންއަކީ ސާއިލާގެ ފިރިމީހާކަން އަދި ސާރާއަކީ އޭނާގެ އެއްބަނޑު އެއްބަފާ ހުރި ހަަމަ އެކަނި ކޮއްކޮ ކަމަށް ބުނެދިނެވެ. އަދި އިކާންއަށް ސާއިލާ އޮސްޓްރޭލިއާއަށް އައީ ސާރާއަށް ފަރުވާ ހޯދަން ކަމަށް ވެސް ބުނެދިނެވެ. އެއާޕޯޓުން ނައްޓާލައިގެން ހައިވޭއިން ވަންވޭއާއި އިދިކޮޅަށް އައި ޓްރަކެއްގައި ޖެހި އެކްސިޑޭންޓް ވީ ކަމަށް ކިޔައިދިނީ ލޮލުން ކަރުނަ ފައިބާހާލުގައެވެ.

އެހިސާބަށް ސާއިލާގެ ވާހަކަތައް ދިޔުމުން އިކާން އިކާންއަށް ސާއިލާފެނުނު ގޮތް ކިޔައިދީ ކޯމާއެއްގައި އޮންނަތާ ދެހަފްތާއެއްހާވަރު ވެދާނެ ކަމަށް ބުނެދިނެވެ. ބޮލަށާއި ފަޔަށް ނޫން އިތުރު ތާކަށް ގެއްލުމެއް ނުވާ ކަމަށްވެސް އިކާން ސާއިލާ ގާތު ބުންޏެވެ. ފައި ވަރަށް ބޮޑަށް ބިއްލޫރި ގަނޑެއްހެރިގެން ކަފައިން ގޮސް އިންތަން އިންނާނީ ފަހާފައި ކަމަށާއި ބޮލުގައި ބޭސް އަޅާފައި އޭނދީ އެތަން ފުންކޮށް ފެޅިފައި އިނުމުން ކަމަށްވެސް އިކާން ސާއިލާއަށް ބުނެދިނެވެ. އެހުރިހާ ވާހަކަތަކެއް އިކާން ސާއިލާއަށް ކިޔައިދިންނަމަވެސް ސާއިލާގެ ފަރުވާއަށް ހޭދަވި ރުފިޔާގެ އަދަދު އިކާން ސިއްރު ކުރިއެވެ.

އިކާން އެކިގޮތްގޮތުން ހޯދި ހޯދުންތަކުން ޓްރަކު ޑްރައިވަރު އައި ސާރާ ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިންވެސްވީ ނިޔާވެފައިކަން އިނގުނެވެ. އެވާހަކަ ސާއިލާއަށް އިނގުމުން ސާއިލާ އިރުކޮޅެއް ވަންދެން ގަބުވެ ހުއްޓުން އަރާފައި އިނުމަށްފަހު ގިސްލަ ގިސްލާފައި ސާއިލާ ރޯން ފެށިގޮތުން ހުދު އިކާންވެސް އިނީ ދެރަވެފައެވެ.

ސާއިލާ ހީކުރީ އައިޒަން އޭނާއަށް އޮޅުވާލީ ކަމަށެވެ. އެނބުރި ރާއްޖެ ދާން އޭނާ ހުރީ އެއްގޮތަކަށްވެސް ބޭނުން ނުވެފައެވެ. ހަޤީޤަތް ސާއިލާއަށް ނޭނގޭތީ ދެކޮޅު ބަލާނުލައި އޭނާއަށް ކުށްވެރި ކުރެވުނީ އައިޒަންއެވެ.އައިޒަންއަށް ވީގޮތް ސާއިލާއަށް ނޭނގޭ ހާލު އަިޒަން ގަދަވެ ސަލާމަތުން ހުރިކަން ސާއިލާއަށް އިނގުމުން އައިޒަން ސާއިލާ ނުހޯދާ ދޫކޮށްލިއްޔޭ ހިތާ ސާއިލާގެ ހިތުގައި އައިޒަން އާއި މެދު ކުޑަކޮށްވެސް އުފެދެން ފަށާފައި ހުރި އިހުސާސްތައް މަޑުމަޑުން ފޫހިކަމަކަށް ބަދަލުވާންފެށީ ހުދު ސާއިލާއަށްވެސް ނޭނގިއެވެ.

ސާއިލާގެ އަންނައުނެއް ނެތުމުން ޝޮޕިންގް ކޮށްލަން ސާއިލާ ގޮވައިން އިކާން ބޭރަށް ދިޔައީ އިކާންގެ ކާރުގައެވެ. އިކާންގެ ޗޮކްލެޓްކުލައިގެ ބޮޑުބޮޑު ހޫޑީއެއް ލައިގެން ހުރި ސާއިލާ ހުރި އިރު އޭތި ސާއިލާއަށް ވަރަށްވެސް ދުލެވެ. ކަކުލާހަމައަށް އަންނަ އެހޫޑީ ލައިން ސާއިލާހުރިއިރު ތިރިންވެސް ލައިން ހުރީ އިކާންގެ ސްވެޓް ޕޭންޓްސް އެކެވެ. ސްވެޓްޕޭންޓްސްވެސް އިންތިހާއަށް ދޫވެފައި ބޮޑެވެ. ބުރުގަލެއް ނެތުމުން ހޫޑީގެ ހުޑު ގެނެސް ބޮލުގައި އަޅުވާލުމަށްފަހު ދެފަރާތުން ބާރުކޮށްލާފައިވީއިރު ހަމަ ރީއްޗައްވެސް ހީވަނީ ބުރުގަލެއް ހެންނެވެ. ސާއިލާ އަރައިން ހުރީވެސް އިކާންގެ ބޮޑުބޮޑު ސްނިކާރސް އަކަށެވެ.

ސާއިލާ ފަލަމަސްގަނޑު ފަހާފައި އިންނަމަވެސް ސާއިލާއަށް ހިނގާކަށް މާ އުނދަގުލެއް ނޫނެވެ. އޮސްޓްރޭލިއާގެ މަޝްހޫރު ޝޮޕިންގް މޯލަކަށް މަޑު ކޮށްލުމަށްފަހު ސާއިލާ ގޮވައިންގޮސް ޝޮޕިންގް މޯލް ތެރެއަށް ވަން އިރު އެތަން އޮތީ ފުރިބާރުވެފައެވެ. އެކިމީހުން އެކި ފިހާރަ ތަކަށް ވަދެ ނިކުމެ އުޅޭތަން ސާއިލާއަށް ފެނުމުން ސާއިލާހުރީ އެތަނުގެ ބޮޑުކަމާއި ރީތި ކަމުން އާޝޯހު ވެފައެވެ. ސީލިންގުގެ އެކި ތަންތާ އެލުވިފައި ހުރި ބޮޑެތި ޗާންދަލިޔާތަކުގެ ރީތީ އަލިން މުޅި ތަން ދިއްލާ އަޅާފައި އޮތް އިރު ވަރަށްވެސް ބަލާލަން ހިތްގައިމު ވެފައި ރީއްޗެވެ. ކުޑަކުދިންނަށް ހާއްސަ ކޮށްގެން އެކުދިންނަށް ކުޅެވޭނެހެން ވެސް ތަންކޮޅެއް އިންއިރު އެތާ މެދުގައި ވަށްބުރަކަށް ހަދާފައި އިން ތަނެއްގައި ވަރަށް ބޮޑު ބިއްލޫރިން ހަދާފައި އިން ސްޓެޗޫއެއްވެސް އިނެވެ. މާލެވެސް އޮންނަނީ ތޮއްޖެހިފައި ނަމަވެސް މާލެ އެތަންހާ ރީއްޗެއް ނޫންކަން ހުދު ސާއިލާއަށްވެސް އިނގެއެވެ.

ސާއިލާ ވަށައިންވާ ތަންތަން ބަލަމުން އިކާންއާއި އެއްވަރަކަށް ހިނގަމުން ދިޔައިރު ސާއިލާ ކަރު އަނބުރަ އަނބުރާފައި އެތަންމިތަނަށް ބަލަމުންދާ މަންޒަރު ބަލަން އިކާން ހުރީ ވަރަށް ހިނި އައިސްފައެވެ. އެކި ތަނތަނަށް ވަދެ ސާއިލާއަށް ހެޔޮވަރު ވާވަރުގެ އެކި އެއްޗިހި އިކާން ސާއިލާއަށް ގަނެދިންއިރު ސާއިލާހުރީ އިކާންއަށް ބުރައަކަށް ވެވޭތީ ފުދޭވަރަކަށް ކަންބޮޑުވެފައެވެ. ހެދުމާއި ޖިންސާއި ހޫޑީ އާއި ޝޯލް އަދި ފައިވާނާއި ދަބަސްވެސް އިކާން ސާއިލާއަށް ގަނެދިނެވެ.

އެތާހުރި ޗޭންޖިންގް ރޫމްއަށް ގޮސް ވަގުތުން ސާއިލާއަށް ގަތްތަނުން ކަޅުކުލައިގެ ރީތި ކަކުލަށްވުރެ ކުރު އެހެނަސް ފޫކޮޅު ފޮރުވޭވަރުގެ ހެދުމަކާއި ޑެނިމް ޖިންސެއްލައި އެޔާ ގުޅޭހެންގަތް ވަޅުފެހިކުލައިގެ ޝޯލް ވެސް އަވަސް ގޮތަކަށް އަޅާލިއެވެ. އަދި އިކާންގެ ބޮޑު ސްނިކާރސް ބޭލުމަށްފަހު ސާއިލާއަށް ގަތް ތަނުން ބޫޓަކަށް އަރާލައިގެން ސާއިލާ ވަރަށް އަވަސް އަވަސް ކޮށްލައިން ނުކުތްއިރު ފުރަތަމަ ފަހަރަށް އިކާންއަށް އެއްވެސް މޭކަޕަކާ ނުލާ ހުރި ސާއިލާގެ ރީތިކަން ފާހަގަވެ ހިތާހިތުން ތައުރީފުކޮށްލެވުނެވެ. އެހުރިހާއެއްޗެއް ގަނެގެން ސާއިލާއާާއިއެކު އިކާން ދިޔައީ އޮސްޓްރޭލިއާގެ އެކި ތަންތަން ސާއިލާއަށް ދައްކާލުމަށް ދުއްވާލާށެވެ. ދުރު ދުރުން ދުއްވަމުން ގޮސް ރީތި ތަންތަން ދައްކާލުމަށްފަހު އިކާން ސާއިލާ ގޮވައިގެން ރެސްޓޯރެންޓަކަށް ވަދެ ޕިއްޒާ ކެޔެވެ. ސާއިލާއާއި އިކާންގެ ދެމެދުގައި ވީ މިހާރު ކޮންމެވެސް ވަރެއްގެ ރަހުމަތްތެރިކަމެއް އުފެދިފައިކަމުން ބީރައްޓެހިވެ ނުތިބެ ޕިއްޒާ ކަމުންވެސް ފުދޭވަރަކަށް އެކިކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. ޕިއްޒާކައިގެން އިކާންއާއި ސާއިލާ ދެން ދިޔައީ ގެޔަށެވެ.

ދެމަސްފަހުން ސާއިލާގެ ހާލަތް އެއްކޮށް ރަނގަޅުވިނަމަވެސް ސާއިލާއަށް ދުރުން އެއްޗިހި ސާފުކޮށް ބަލަންބޭނުންނަމަ ސާއިލާއަށް ޖެހެނީ އައިނެއް އަޅާށެވެ. ބޭރަށް ނުގޮސް އަބަދު އިކާންގެ ގޭގައި އިނދެގެން ކައިކައިގެން އޮންނާތީވެ ކުރިޔަށް ވުރެ ގައިކުލަ ރީތިވެފައި ސާއިލާ މިހާރު އަދި ކުރިޔަށްވުރެ މާދޮންހެން ވެސް ހީވެޔެވެ. އިކާންގެ ގޭގައި ސާއިލާ އެ އުޅެނީ ސާއިލާއަށް އަދި ދެވޭނެ އިތުރު ތަނެއް ނެތުމުން އިތުރު ގޮތެއް ވަންދެންނެވެ. ސާއިލާ އިކާންގެ އެޕާރޓްމެންޓް އެއްކޮށް ސާފުކޮށް ކައްކާ ތަށިދޮވެ އެހުރިހާ މަސައްކަތެއްގެ އިތުރުން އިކާންގެ އަންނައުނު ދޮވެ އިސްތިރި ކޮށްދީ ހަދާތީވެ އިކާންގެ ގެއަށް ސާފުކުރަން އަންނަ ބޭރު މީހަ މިހާރަކު ނާދެއެވެ.

****

އައިޒަންއަށް ބަރާބަރު ދެމަސްފަހުން އޮފީހަށް ނުކުމެވޭވަރު ވިއެވެ. ސާއިލާގެ ބަދަލުގައި އައިޒަންއާއި އެކު މަސައްކަތް ކުރަން ފަތުހީމެން އާކުއްޖެއް ހަމަޖެއްސީ އައިޒަންއަށް ސާއިލާ ނެތުމުން އުނދަގޫ ވާނެވަރު ވިސްނާފައެވެ. އައިޒަންގެ ޕާރސަނަލް ސެކްރެޓަރީއެއްގެ ގޮތުގައި އައިޒަންގެ އޮފީހާއި އަލަށް ގުޅުނީ ފަތުހީގެ މާގާތް ރައްޓިއްސެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ނަމަކީ ރޫބީއެވެ. ޒުވާން ރީތި އަންހެން ކުއްޖެއް ނަމަވެސް ރޫބީގެ ހެދުން އެޅުމުގެ ސްޓައިލް އައިޒަންއަށް މާ ކަމަކު ނުދެއެވެ.

ރޫބީ އެންމެ ފުރަތަމަ ފެނުމުން ވެސް އައިޒަންއަށް ފާހަގަވީ ރޫބީ ލައިން ހުރި ހެދުމެވެ. ކަކުލުން މައްޗަށް އަރާވަރުގެ ނޭވީބްލޫ ކުލައިގެ ކުރު ޕެންސިލް ސްކާރޓް އާއި އެކު ލާފައިހުރި މަޑުނޫ ކުލައިގެ ގަމީސްކޮޅުހުރީ ޕެންސިލް ސްކާރޓްގެ ދަށަށް ބެގީ ކޮށްފައި ހުރި އިރު ރޫބީގެ ދޮން ދެފައި އޮތީ ހާމައަށް ފެންނާށެވެ. އަރައިން ހުރި ހީލް އިން ރޫބީގެ ހުރީ ހަމަ އިސްކޮޅަށް ވުރެ ދިގުވެފައެވެ. ރޫބީގެ އިސްތަށިގަނޑު އޮތީ އެއްކޮށްލާފައި ފަހަތަށް ވާހެން އައްސާލާފައެވެ. ރޫބީ ހެދުން އަޅާފައިހުރި ގޮތަށް އައިޒަންގެ އޮފީހުގައި ވަރަށް ގިނަ އަންހެން ކުދިންވެސް އާންމުކޮށް ހެދުންއަޅައިން އުޅޭކަން އައިޒަންއަށް އިނގުންނަމަވެސް ގޮތް ނޭނގޭ ސަބަބަކާ ހުރެއައިޒަންއަށް މިއަދު އެ ހެދުން ވީ ވަރަށް އުނދަގު ކުރުވަނުވި އެއްޗަކަށެވެ. ފަނޑު ފަނޑުކޮށް ބުރުގާއަޅާއިން އިން އަންހެން ކުއްޖެއް ރޫބީ އިން މޭޒުކައިރީ އިން ހަނދާނެއް ވަމުން ދިޔަހެން ވެސް އައިޒަންއަށް ހީވިއެވެ.

އައިޒަން ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް އައިޒަން ރޫބީ އާއި ދިމާލަށް ހެދުންއެޅުމާ ގުޅޭގޮތުން އެއްވެސް އެއްޗެކޭ ނުބުނީ އެއީ ރޫބީގެ އަމިއްލަ މިނިވަންކަމަށް ވެފައި ރޫބީގެ ޒާތީ ކަންތައްތަކާއި އައިޒަންއަށް ބެހުމުގެ ހައްގު ލިބިފައިވަކަމަށް އައިޒަންއަށް ގަބޫލު ކުރެވިފައި ނުވުމުންނެވެ.

އެންމެ ފުރަތަމަ ދުވަހުވެސް ރޫބީ އައިޒަންއާއި ވަރަށްވެސް ގައިގޯޅިވާން މަސައްކަތް ކުރާކަން އައިޒަންއަށް ފާހަގަވިނަމަވެސް ނުރުހުމުގެ ގޮތުން ރޫބީއާާއި ދިމާލަށް އެއްވެސް އެއްޗެކޭބުނާކަށް އައިޒަން ބޭނުމެއްނުވިއެވެ. އައިޒަން ރޫބީއަށް ފައިލެއް ހަވާލު ކޮށްލިޔަސް އެޔޮށް ބޮޑު ފައިލުގައި ވެސް އައިޒަންގެ އަތުގައި އަތްނުލައި ހިފޭކަމަކަށް ނުވެޔެވެ. ގަދަ ރަތް ކުލައެއް ރޫބީގެ ތުންފަތުގައި ޖައްސާލައިފައި ހުރި އިރު ވަރަށް ވެސް މޭކްއަޕް ކޮށްގެން ހުރިކަން ފާހަގަވެއެވެ. އަދި އިރު އިރުކޮޅާ މޭކްއަޕް ރަނގަޅު ކޮށްލާ ތުއިވެ ތުއިވެފައި އައިޒަންއަށް ބަލަބަލާފައި ވަހަކަ ދައްކަން މަސައްކަތް ކުރާކަންވެސް އައިޒަންއަށް ފާހަގަވިއެވެ. އެކަމާ އައިޒަން ވަރަށް ހިތްހަމަ ނުޖެހުނު ނަމަވެސް މަސްލަހަތަށްޓަކައި އައިޒަން އެއްޗެކޭނުބުނެއެވެ.

އޮފީސް ނިމުމުން އެއްވެސް ލަހެއް ނުކޮށް އައިޒަން ގެއަށް ދިޔައީ ވެފައި ހުރރި ވަރުބައްޔެއްގެ ބޮޑު ކަމުންނެވެ ރޫބީ އުޅުން ގޮތުން އައިޒަން ވަރަށް ހިތްހަމަ ނުޖެހިފައި ހުރެ އޭނާގެ ގެއަށް ގޮސް ފެންވަރާ ތާޒާވެލައިން ކާން އައިސް ކާން ފެށުމުން މަންމަމެން ދެން ދައްކަން ފެށި ވާހަކައަކުން އައިޒަންގެ ތަބީއަތް ހީވީ ކުރިއަށްވުރެ އަދި އިތުރަށް ގޯސް ވެގެންދިޔަ ހެންނެވެ. އެދައްކަން ފެށި ވާހަކައެއްގެ ސަބަބުން އައިޒަންގެ އަރުން އިތުރަށް ދެން އެންމެ ބަތްފުކެއްވެސް ނުދިރުނީ އައިޒަންގެ މޫޑު ގޯސް ވީވަރުނަނެވެ.

 

  • – ނުނިމޭ –

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

YoonnaL

Level 110 Stories

like to read all genres including dhivehi and english stories Yoonal is just a username.

Other Articles

Previous

އެކުގާ މަންޒިލަށް

Next

ރަސްމީ ގަޑި – 5

Next
September 13, 2019

ރަސްމީ ގަޑި – 5

Previews
September 12, 2019

އެކުގާ މަންޒިލަށް

16 Comments!

  1. Shaako❤️ says:
    September 13, 2019 at 8:30 am

    Mee first dhw Varah reethi mi bai ???when the next part ????

    1. YoonnaL says:
      September 13, 2019 at 2:48 pm

      mifaharu first dho, thankyou so much shaako .inshallah soon

  2. YoonnaL says:
    September 13, 2019 at 10:14 am

    miothy neyngi hure vevunu loabyge havana bai. hope you enjoy.!!

  3. Maii says:
    September 13, 2019 at 12:00 pm

    Mi bai vx varah furihama n varah reethi. Waiting for next part. My???????????

    1. YoonnaL says:
      September 13, 2019 at 2:48 pm

      thankyou so much maii . ill upload it soon inshallah

  4. I.S.H.A.A says:
    September 13, 2019 at 12:03 pm

    Rethi

  5. Maii says:
    September 13, 2019 at 12:03 pm

    Ekam haadha dhera gothekey dhw evee. Aizan aa saailaa ehkon gehlunee. Aizan aa saailaa eh dhen nufennaanetha? So sad??

    1. YoonnaL says:
      September 13, 2019 at 2:49 pm

      keep reading dear

  6. Kiuntheriyaa says:
    September 13, 2019 at 12:27 pm

    I hope Somehow they both will meet nice story eh keep it up dear waiting for the next part?

    1. YoonnaL says:
      September 13, 2019 at 2:50 pm

      lets see dear. thankyou.

  7. Alhugandu nuvedhaane ehmme perfect writer ah but i try to be says:
    September 13, 2019 at 2:53 pm

    Reeethi

  8. ammi says:
    September 13, 2019 at 3:17 pm

    Vvv nice mi part vx. waiting for next part. pls soon up koladhechey 😀

    1. YoonnaL says:
      September 14, 2019 at 8:01 pm

      thankyou so much ammi. inshallah v avahah up kolla dheynan

  9. Cherry? says:
    September 13, 2019 at 4:08 pm

    Its a really nice story ? keep it up❤

  10. NauSh says:
    September 14, 2019 at 7:01 am

    vrh reethi mi bai vx . part thah up kohlaaleh avas nukohdheveyne tha.

    1. YoonnaL says:
      September 14, 2019 at 8:07 pm

      thankyou. ill try my best. last week ga i had wifi issues ehenve i actually lost the actual file that i edited. dhen re edit kohffa up kureema kudakoh lass evee. sorry. ill try to upload 7th part as soon as possible . keep reading naush

Comments are closed.

Next Episodeނޭނގިހުރެ ވެވުނު ލޯބި (7 ވަނަ ބައި)←


All Right Reserved!