Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަފުން ވެވިފާ…06

eysh Level 510 Stories100 Comments100 Login500 Comments
September 13, 2019 4 Mins Read
34 Comments

ނާބިހް އަކީ ދުވަހަކުވެސް ދޮރު ތަޅުލާފައި ބަހައްޓާ ކުއްޖެއް ނޫނެވެ. ކަމަކާއި ހިތްހަމަނުޖެހުނަސް، ކޮޓަރީގެ ދޮރު ތަޅެއް ނުލާނެއެވެ. ނަތާޝާ ހާސްވީ އެވަރަށް ގޮވި އިރުވެސް ނާބިހްގެ ޚަބަރެއް ނުވުމުންނެވެ. ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހިފައިގެން އޭނަ އައެވެ. ތަޅުވަޅަށް ތަޅުދަނޑި ޖަހާފައި ހުޅުވައިލިއެވެ. ހުޅުވިގެންދިޔަ ދޮރާއިއެކު، މުޅި ގެއަށް ޒަލްޒަލާއެއް ގެނުވި ކަހަލައެވެ. ގޭތެރޭގައި ގުގުމާލީ އިވްޔާ އާއި ނަތާޝާގެ ހަޅޭކުގެ އަޑެވެ.

********

ނާބިހް އޮތީ ތަށިމުށިތަކުގެ މަތީގައެވެ. އުއްޑުންވާހެން އޮތްއިރު، ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. އުނުގައި އައްސާލާފައިވާ ތުވާލި ފިޔަވައި އިތުރު އަންނައުނެއް އެ ހަށިގަނޑުގައި ނުވެއެވެ. ގައިގެ އެކި ތަންތަނުގައިވީ، ޒަޚަމުގެ ނިޝާންތަކެވެ. ހީވަނީ މުޅި ގައިގައި ތޫނު އެއްޗެއް އަޅުވައި ދަމާފައި ހުރި ހެންނެވެ. ބައެއް ތަންތަނުން ތެޔޮހަން މަށައިގެން ގޮސްފައެވެ. އަނެއްބައި ތަންތަނުން ލޭ ހިލިފައެވެ.

ނާބިހްގެ ދެލޯ ބޮޑުވެފައިވާއިރު، ކަޅި ވަނީ މައްޗަށް އަރާފައެވެ. ދެލޮލުގައި ވީ މަޑު ރަތްކަމެކެވެ. އަނގަވެސް އޮތީ ހުޅުވިފައެވެ. އަނގައިގެ ތެރެއިން ނުކުމެފައިވާ ހުދުކުލައިގެ ފޮނުތަކުން ބައެއް އަނގައިގެ ދެ އަރިމަތިން ފައިބާފައި ހުއްޓެވެ.

ނާބިހްގެ މުޅި ހަށިގަނޑު ވަނީ ހުދުވެ، ހަރުވެފައެވެ. ދެ އަތް އޮތީ މުށްކެވިފައެވެ. އެއް އަތުގެ ތެރެއިން ރޭޒަރު ތިލައެއްގެ ބައެއް ފެންނަން އޮތެވެ. ތިލައިގައި  ހިފަހައްޓައިގެން  އޮތްލެއް ބާރުކަމުން އަތް ކަފައިގެން ގޮސް އެދިމާލުގައި ލޭގެ ކޯރެއް ހެދިފައި ވިއެވެ.

“ނޫން ނޫން…” ނާބިހްގެ ކައިރިއަށް ތިރިވިއިރު ނަތާޝާއަށް ރޮވިއްޖެއެވެ.

ނާބިހްގެ ގައިގައި ހިފައިގަންނަން އުޅުނު ނަތާޝާ ދުރުކުރީ އިވްޔާ އެވެ. ނަތާޝާ ނަގައިގެން އޭނަ ނުކުތީ ކޮޓަރިން ބޭރަށެވެ. އޭރު ގޭގައި އުޅޭ އެންމެން ކަހަލަ ގޮތަކަށް އެތަނަށް ޖަމާވެއްޖެއެވެ. ޚަދީޖާ ފިޔަވައެވެ.

“ދައްތާ…” ދުވެލާފައި ކަހަލަ ގޮތަކަށް ނާބިހްގެ  ކޮޓަރިތެރެއިން ނުކުތީ ޚަދީޖާގެ ކޮއްކޮ މާރިޔާއެވެ.

މާރިޔާ ދުވެފައި އައިސް ނަތާޝާގެ ކައިރިއަށް ހުއްޓުނެވެ. އެ ދެލޯ ބޮޑުވެފައިވާއިރު، އަވަސްއަވަހަށް ނޭވާލަމުން ދިޔަގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަތާޝާއަށް އެނގުނެވެ.

“މިއޮތީ ޑްރެސިންގްޓޭބަލް މަތީގައި އޮތް ނޯޓެއް…” މާރިޔާ ދިއްކޮށްލީ ފަތްޖަހާފައި އޮތް ކަރުދާސްގަނޑެކެވެ.

ނަތާޝާ އަވަސްއަވަހަސް އެ ކަރުދާސްގަނޑު އަތުލިއެވެ.  އޭގައިވާ އެއްޗެއް ކިޔާލުމާއިއެކު އެ މޫނުމަތީގެ ކުލަވަރު  ބަދަލުވެގެން ދިޔައެވެ. ދެތިން ހަތަރު ފަހަރު އޭނަ އެ ނޯޓު ކިޔެވެ.

“އަހަރެން އަމިއްލައަށް މި މަރުވަނީ އެއްވެސް މީހަކާއި  ކުރިމަތިލާނޭ ހިތްވަރު  ނެތިގެން… ނައިރާއަށް އެހެން  ހެދީ އަހަރެން… އަހަންނަށް  މަޢާފުކުރޭ…” އިނގިރޭސި ބަހުން ލިޔެފައިވާ ނާބިހްގެ ނޯޓުގައި ވަނީ ހަމައެކަނި އެ އިބާރާތްކޮޅެވެ.

“ނުބައި މަގަކުން މީހަކަށް ދެވިދާނެ… އެކަމަކު އަމިއްލަ ފުރާނަ ދުއްވާލާ ވަރަށްވުރެ މާ ވިސްނޭ ކުއްޖެއް ނާބިހް އަކީ…” ނަތާޝާ ވާހަކަ ދައްކަމުން ދިޔައީ ފުން  ވިސްނުމެއްގެ ތެރޭގައި ހުރެގެންނެވެ.

“މީ ކޮންމެވެސް މީހަކު ގަސްދުގައި ކުރި ކަމެއް… އެމީހެއްގެ ބޭނުމަކީ ނާބިހް  ފްރޭމްކޮށް މައްސަލަ ނިންމާލުން…” އިވްޔާ އާއި ދިމާއަށް  ބަލައިލާފައި ނަތާޝާ ވާހަކަ ދެއްކިއެވެ.

“ދެން ތި ނޯޓު؟… ތީ ނާބިހްގެ އަތުލިޔުމެއް ނޫންތަ؟…” އިވްޔާގެ ހިތް،  ސުވާލުތަކުން  ފުރުނެވެ.

“މީ ނާބިހްގެ ލިޔުމެއް ނޫން… އޭނަ އަކީ ވާތްތެރިއެއް… ކިތަންމެ އަވަހަށް އެއްޗެއް ލިޔަން ޖެހުނަސް، ދިވެހި ނޫން ބަހެއް ބޭނުމެއް ނުކުރާނެ…” އަތުގައި އޮތް ކަރުދާސްގަނޑަށް ބަލަމުން ނަތާޝާ ވާހަކަ ދެއްކިއެވެ.

“އަހަންނަށް އެބަ އެނގޭ މިކަން ކުރި މީހަކު…” އިވްޔާގެ އަތަށް ކަރުދާސްގަނޑު ދީފައި ނަތާޝާ އެނބުރުނީ އަނެއް ފަރާތަށެވެ.

ނަތާޝާ ފަސްއެނބުރިފައި، ޚަދީޖާގެ ކޮޓަރި އާއި ދިމާއަށް ދިޔަގޮތުން އިވްޔާއަށްވެސް ލިބުނީ ސިހުމެކެވެ. ނަތާޝާ ގޮސް ޚަދީޖާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އަތުގައި ހުރި ބާރެއް ލާފައި ދޮރު ކޮއްޕައިލުމުން ދޮރު ގޮސް ވަރަށް ބާރަށް ފާރުގައި ޖެހުނެވެ.

ރޮއެރޮއެ ރަތްވެފައިވާ ދެލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް ފޮހެލާފައި ނަތާޝާ އެ ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. ކޮޓަރީގައި ޚަދީޖާއެއް ނެތެވެ. އޭނަ ކޮޓަރިތެރެއަށް ވަދެ، ފަހަރަކު ވަތްގަނޑެއް ހުޅުވައިގެން ބަލަން ފެށިއެވެ. ޚަދީޖާ ފާޙާނާއިން ނުކުތީ ނަތާޝާ އެ ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ހުއްޓައެވެ. ނަތާޝާއަށް ބަލައިލާފައި، ވަކި އެއްޗެއް ބުނުމެއްނެތި، ޚަދީޖާ ގޮސް އެނދުގައި އޮށޯވެލިއެވެ. ނަތާޝާގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ.

“އެވަރުގެ ބޮޑު ކަމެއް ކުރީ ކީއްވެ؟…” ނަތާާޝާގެ އަޑުގައިވީ ހަރުކަށިކަމެވެ.

ޚަދީޖާ ތެދުވިއެވެ. އެނދުގައި އިށީނދެލާފައި ނަތާޝާގެ މޫނަށް، އޭނަ ބަލައިލިއެވެ.  ނަފުރަތުގެ އަލިފާން ފިޔަވައި އިތުރު  އެއްޗެއް އެ މޫނުމަތިން ނުފެނެއެވެ. ދެބުމަ  ގޮށްޖަހާލައިގެން ހުރިގޮތުން ދެންމެދެންމެ ގޮސް  ޚަދީޖާގެ ގައިގައި ހިފައިގަނެދާނޭހެން  ހީވެއެވެ.

“ޖަވާބުދީބަލަ…” ނަތާޝާގެ ރުޅި ގަދަވިއެވެ.

“ތިކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ކިޔަންވީނު…” ޚަދީޖާގެ އަޑުގައިވީ މަޑުމައިތިރި  ކަމެވެ.

“މިބުނީ ކީއްވެހޭ ނާބިހް މަރާލީ؟…” ނަތާޝާ ހަޅޭއްލަވައިގަތެވެ.

“ނަތާޝާ…” ޚަދީޖާވެސް ހަޅޭއްލަވައިގަތެވެ. އޭނަ ކުއްލިއަކަށް ތެދުވެގެން އައިސް، އަތުގައި ހުރި ބާރެއްލާފައި ނަތާޝާގެ މޫނުމަތީގައި ޖެހިއެވެ.

“ތަޅާ މަރާލާ… ނާބިހް މަރާލިގޮތަށް އަހަރެންވެސް މަރާލާ…” ޚަދީޖާގެ އަތް ނަގައި އަމިއްލަ މޫނުގައި ޖަހަމުން ނަތާޝާ ވާހަކަ ދެއްކިއެވެ.

“ނަތާޝާ… ބަލަ އެއީ އަހަރެންގެ ދަރިއެކޭ… އަހަރެންވެސް ދެރަވެއޭ…”  ޚަދީޖާގެ  ދެލޯ ފެންކަޅިވާން އުޅުނެވެ. އެހެނަސް ކަރުނަތައް ހިންދާލަމުން އޭނަ  އިސްޖަހައިލިއެވެ.

“ދެރަވާނަމަ އެފަކީރުގެ މޫނު ދެކިލަންވެސް ދިޔައީހެއްނު… ކިހާ ވަރަކަށް މައިކުލުނު ހުރީމަ ތި ދެލޮލުން ކަރުނައިގެ މިންވަރެއްވެސް ފެންނަން ނެތީ؟… ޚަދީޖާއްތަ  ނާބިހް އާއި ދޭތެރޭ ކަންތައް ކުރިގޮތް އެންމެ ރަނގަޅަށް  އެނގޭ މީހަކީ  އަހަންނޭ…  އޭނަގެ އުމުރުން އެންމެ ދެ އަހަރުގައޭ ޚަދީޖާއްތަ އޭނަ ދޫކޮށް ފިލީ…”  ރުޅި  އައިސްފައި ހުރިވަރުން ނަތާޝާގެ އަޑުވެސް  ތުރުތުރު އަޅަމުން  ދިޔައެވެ.

“ކުޑައިރޫއްސުރެ ނާބިހް ބެލީ އަހަރެން… މި ހިތުގަ ވަނީ މައިކުލުނު…” ނަތާޝާގެ  އަޑު ކުރެހުނެވެ.

“ނާބިހް މަރާލާނެ ކަމަށް ޚަދީޖާއްތަ ބުނިކަމަށް އެންމެންވެސް ހެކިވާނެ… އަހަރެން  އެކަން ފުލުހުންނަށްވެސް އަންގާނަން…”  ނަތާޝާ ކުރިޔަށް ޖެހިލިއެވެ.

“ތިކަހަލަ މީހަކަށް ޙައްޤުވާނީ ޖަލުގެ ތޭރިތަކުގެ އެތެރެ…” ޚަދީޖާ އާއި ދިމާއަށް  އިނގިލި ދިއްކޮށްލާފައި  ނަތާޝާ ބުންޏެވެ.

“ނަތާޝާ…” ޚަދީޖާ އޭނާގެ އަތް ހިއްލައިލީ ނަތާޝާގެ މޫނު މަތީގައި ޖެހުމަށެވެ. އޭނަ އެ އަތް ތިރިކޮށްލިއެވެ.

“މިބުނީނު ތަޅާ މަރާލާށޭ…” ޚަދީޖާގެ އަތް ގެނެސް އަމިއްލަ މޭގައި ތަޅަމުން ނަތާޝާ ހަޅޭއްލަވައިގަތެވެ.

ޚަދީޖާ ގަދަ ހެދިއެވެ. އަތް ތިރިކުރަން މަސައްކަތް ކުރިއެވެ. ދުރަށް ޖެހެން އުޅުނެވެ. އެކަމަކު ނަތާޝާ އެއަށްވުރެ ބާރު ގަދައެވެ. ޚަދީޖާގެ އަތުން ނަތާޝާގެ ގައިގައި ބާރަށް ޖަހަމުން ދިޔައެވެ. އޭރު ނަތާޝާ ދިޔައީ ރޮއެރޮއެފައި އެތައް ޝަކުވާއެއް ކުރަމުންނެވެ.

“ނަތާޝާ…” ޔުމާން ކޮޓަރިތެރެއަށް ވަނީ ދުވެފައެވެ.

“ކޮންކަހަލަ ވިޔާނުދާ ކަމެއް ތިކުރަނީ… ނޭނގޭތަ އެއީ މަންމައެއް ކަހަލަ މީހެއް ކަމެއް… މައިތިރިވެބަލަ…” ޔުމާން ހުރީ ރުޅިއައިސްފައެވެ.

“މިކަހަލަ ދަނޑިވަޅެއްގައި ނަތާޝާއަށް ތިނޫން ކަމެއް ކުރާކަށް ނޭނގުނުތަ؟… ހަމަ މިހާރު ބޭރަށް އާދޭ…” ނަތާޝާގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ޚަދީޖާގެ ކޮޓަރިން ނެރެމުން ޔުމާން ބުންޏެވެ.

“ޔުމާން… އޭނަގެ ގައިން ދޫކޮށްލާ…” އިވްޔާގެ އަޑު އިވިފައި ޔުމާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

ޔުމާން ވަގުތުން ނަތާޝާގެ ގައިން ދޫކޮށްލިއެވެ. ނަތާޝާ ދުވެފައި ގޮސް އެގެއިން ނުކުތެވެ. ފަސް އެނބުރި އިވްޔާ އާއި ދިމާއަށް ބަލައިލިއިރު، ޔުމާންގެ މޫނުމަތިން ފެންނަމުންދިޔައީ ތަފާތު ޝުއޫރެކެވެ. ހިތާމަ އާއި ހިތްދަތިކަން އެ ދެލޮލުގައި ވިއެވެ. އެހާ ދުވަސްވީއިރުވެސް، އިވްޔާގެ ރީތިކަމާއި ފުރިހަމަކަމަކަށް ބަދަލެއް ނާދެއެވެ. ހަމަ އެ ކަޅިރަވަ ރީތި ދެލޮލެވެ. ފުރިހަމަ ރީތި ބައްޓަމެވެ. ޖަންބުކުލަ  އަރާފައިވާ ދެ  ކޯތާފަތެވެ. ދިގު އެސްފިޔަތަކެވެ. ލަސްލަހުން އެސްފިޔަ  ޖަހާލާ އެ ސާދާ މަންޒަރު އަދިވެސް އެ ހިތުގައި ރައްކާކުރެވިފައި ވިއެވެ.

އިވްޔާ ފެނުމުން ޔުމާންގެ ހިތަށް ތަދުވަނީ މާވަރަކަށެވެ. ހަތަރުކަޅި ހަމަކުރަން އުނދަގޫވެއެވެ. ބަލަހައްޓައިގެން ހުންނައިރު، ހިތް އޭގެ މަޤާމުން ފުންމައިލަން އުޅޭހެން ހީވެއެވެ. ޔުމާން އަވަސްއަވަހަށް އިސްޖަހައިލީ އެ ހިތުގެ ޙާލު ބޭޒާރު ވެދާނެތީއެވެ.

“ޔުމާންގެ ހިތުގައި އެއްވެސް ވަރަކަށް ހަމްދަރުދީ ނެތީތަ؟… ނޫނީ ތީ ގަސްދުގަ ނަތާޝާއަށް ދޭ އަނިޔާއެއްތަ؟…” އިވްޔާ ހުރީ ހިތްހަމަނުޖެހިފައެވެ.

“ދަރިއަކުހެން ގެންގުޅުނު ކުއްޖަކު އެހާ ކުއްލިގޮތަކަށް ވަކިވެގެންދިޔައީމަ، ހާދަ ދެރަވާނެއޭ… އެހާލުގަ ހުއްޓާވެސް، ތިގޮތަށް ކަންތައް ކުރީމަ އަހަރެން މިހުރީ ވަރަށް ލަދުގަނެފަ…” އިވްޔާ އިސްޖަހައިލިއެވެ.

“ޔުމާން…” އިވްޔާ އައިސް ޔުމާންގެ ކުރިމަތީގައި ހުއްޓުނެވެ.

“ސަބަބަކީ އަހަރެންތަ؟…” އިވްޔާގެ ސުވާލާއިއެކު ޔުމާން އިސް އުފުލައި  އެ މޫނަށް  ބަލައިލިއެވެ.

ޔުމާންގެ ލޮލުން ވެއްޓުނު ކަރުނަތިކި ރޮނގަކަށް ވާހެން އެ ކޯތާފަތް މަތީގައި  ދަތުރުކޮށްލިއެވެ. ވޭނުން ފުރިގެންވީ ނަޒަރަކުން އޭނަ  އިވްޔާއަށް ބަލަން އިރުކޮޅަކު  ހުއްޓެވެ.

“ޔުމާން… ދިރިއުޅުމައިގެން ކުރިޔަށްދާން ދަސްކުރަން ވާނެ… ލޯބިވާ މީހާ ނުލިބުނަސް، ތިމާދެކެ ލޯބިވާ މީހަކު ލިބުން  އެއީ ކިހާ ބޮޑު ނަޞީބެއް…”

“ނަތާޝާއަށް ދެރަގޮތެއް ނުހަދާތި…” ޔުމާންގެ ޙާލު ފެނި އިވްޔާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

އިވްޔާ ބާރުބާރަށް ހިނގާފައި ގޮސް އެތަނުން ނުކުތެވެ. ގަބުވެފައި ހުރި ޔުމާން ހުރިތަނަށް ތިރިވިއެވެ. ކުޑަކަކޫ މައްޗަށްވާހެން އިނދެ ގިސްލައި ރުޔެވެ. ކަރުނަ ހުސްވަންދެން ރުޔަސް، އިވްޔާ އެބުނި ޙަޤީގަތް ބަދަލު ނުވާނޭކަން އޭނައަށް އެނގެއެވެ. ކަށިން ހިތްވަރު ނެރެގެން ދިރިހުރުމަށް ހިތްވަރު ކުރަމުން އެދަނީވެސް އެ ސަބަބަށްޓަކައެވެ. އެކަމަކު އެކަކަށްވެސް އޭނަގެ ހިތުގެ ޙާލު ނޭނގެނީ ކީއްވެ ހެއްޔެވެ؟ އޭނަ ދިރިހުރީ ބަނޑުއަޅައި ވިހޭ މައިމީހާއަށްޓަކައެވެ. އެކަމަކު އެ މަންމަ ނެތް ދުނިޔެއެއްގައި ދިރިހުންނާނީ ކިހިނަކުން ހެއްޔެވެ؟ ސަކީލާގެ މަރަށްފަހު، އެ ދިރިއުޅުން އެވަނީ ފުންމިން ނޭނގޭ އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ. ތެދުވެ ކުރިޔަށް  ދާން  އުޅުނަސް އެ ހިތްވަރެއް ނުލިބެއެވެ.

********

ތަޚުޤީގު ފެށުނެވެ. އެކަމަށް ގެނެވުނީ ފުލުހުންގެ ޚާއްސަ ޓީމެކެވެ. ނާބިހްގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށް ތައްޔާރުވިއެވެ. ފުއްޕާހަމަކަށް ވައިޖަހާފައި ދޫކޮށްލާހެނ،ް ނާބިހްގެ ޚަބަރު މުޅި މާލެތެރެއަށް ފެތުރެން ފެށިއެވެ. މީޑިއާތަކުގެ ފަލަ ސުރުޙީތަކަށް އެ ޚަބަރު އެރިއެވެ. ނޫސްތަކާއި މުޅި ސޯޝަލް މީޑިޔާގައިވެސް އެ ޚަބަރެވެ. އެއްބަޔަކު ހިތާމަ ފާޅުކޮށް ކޮމެންޓްތައް ކުރަމުންދާއިރު، އަނެއްބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔައެވެ.

ހަވީރުގެ ވަގުތެވެ. އިވްޔާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ނިދިޖެހެމުން ދަނިކޮށް، ކޮޓަރީގެ ދޮރު ހުޅުވާލާފައި ކޮންމެވެސް މީހަކު އެތެރެއަށް ވަނެވެ. އުނދަގޫ ގޮތަކަށް އިވްޔާ ތެދުވިއެވެ. ސައިޑް ޓޭބަލް މަތީގައި ބާއްވާފައި އޮތް އައިނު ނަގައި، ލޮލަށް ހެޔޮވަރުކޮށްލިއެވެ.

“ޝިރޫ…” ދޮރުމަތީގައި ހުރި ޝިރުވާ ފެނުމާއިއެކު އިވްޔާއަށް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

އިވްޔާ ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ބައްދާލުމުން، ޝިރުވާގެ ދެލޯ ފެންކަޅިވިއެވެ. އެތައް އަހަރަކަށްފަހު، އެކުވެރިޔާ އާއި ބައްދަލުވުމުން ކުރެވުނީ ތަފާތު އިޚްސާސްތަކެކެވެ. އެކަކު އަނެކަކާއި ޚިއްސާކުރަންޖެހޭ އެތައް ވާހަކަތަކެއް ހުއްޓެވެ. ޝިރުވާ އެހާ ކުއްލި ގޮތަކަށް އައީވެސް އިވްޔާ ތަހަންމަލް ކުރަމުންދާ ވޭނަށް ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

********

މަގުމަތީގައި ފުދޭވަރަކަށް މީހުން ގިނަ ވަގުތެކެވެ. ކާރޫބާރޫ ބޮޑު މަގުތަކުން އިވެމުން ދިޔައީ ބަރުގޮނުގެ އަޑެވެ. ކައިލަންގެ ކޭސް އާއި ބެހޭގޮތުން ފުލުހުންގެ ތަޙުޤީގަށް ބޭނުންވާ ބައެއް މަޢުލޫމާތު ދީފައި،  ރައިން ފުލުހުންގެ އިދާރާއިން ނުކުތެވެ. އޭރު އިރުއޮއްސުމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ. ރައިން ސައިކަލަށް  އަރައި  ދުއްވާލިތަނައި، ފޯނު ރިންގްވާން ފެށިއެވެ.  މަގުގެ އެއްފަރާތުގައި  ސައިކަލު  މަޑުކޮށްލާފައި، ރައިން އޭނާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖައްސައިލި ރައިން ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ރަސްމީ ގަޑި – 5

Next

ނޭނގޭހެ ހާދަ ލޯބިވޭ

Next
September 13, 2019

ނޭނގޭހެ ހާދަ ލޯބިވޭ

Previews
September 13, 2019

ރަސްމީ ގަޑި – 5

34 Comments!

  1. eysh says:
    September 13, 2019 at 9:02 pm

    Salaam All..
    Here is the 6th part of Kafun vevifaa.. kamudhaane kamah unmeedhu kuran. Formatting ga massala eh ulheythee eysh varah try kurin ragalhu kureveytho. Ekam ehgothakah ves ragalhu nuveema mi upkohlee.. ekamuge sababun kiyumuga dhimaavedhaane dhahchakahtakai kiyuntheringe faraathun maafah edhen..
    Thank u all for the support ??

  2. jiji says:
    September 13, 2019 at 9:06 pm

    Oh me first dhw..was waiting for this..kiyaafa will comment ingey eysh

    1. eysh says:
      September 13, 2019 at 9:07 pm

      Yess jiji first… congratss dear.. waiting ?❤

  3. Sifam says:
    September 13, 2019 at 9:10 pm

    Nice story. Aaanmukoh kanthah hingamun dhaa goiyh sifakohdheefa vanee varahves furihama ah. Adhi mikiyaalevunee mi part ekani. Vaguthu hoadhaigen ehkoh kiyaalaanan. Hope it goes interesting as now.??

    1. eysh says:
      September 14, 2019 at 11:42 am

      Thank u so much dear ??❤ v sweet ?? story kamudhiyaeema v ufa vehje?unmeedhukuran ehen part thah ves kamudhaane kamah.. once again thank u soo much dear ??❤❤

  4. Aalaa says:
    September 13, 2019 at 9:11 pm

    Amazing..Maa shaa allah??
    When next part???
    Sooo excited ???

    1. eysh says:
      September 14, 2019 at 11:44 am

      Thank u so much dear ??❤ varah ufaavehje story kamudhiyaeema ?❤? In Sha Allaah new part eh v avahah genesdheynan… keep waiting ?

  5. jiji says:
    September 13, 2019 at 9:31 pm

    Wow wow wow wow??????…eysh haadha molhey alheyy..Sifa kohdhinumaa ibaaraiy kurun vx haadha ryhchey ma sha allah??????…Kohme jumla eh vx hama ehaa fashuvi koh genesdhyfa ihnany…hama hyvany kurimathin manzaru sifakohleveyny???..Eysh thigothuga kuriah dhahcheyy..I’ll be always there for u upto my last breathe In Sha Allah???…waiting for the next episode curiously..lysm eysh

    1. eysh says:
      September 14, 2019 at 11:47 am

      Thank u so much Jiji ??❤ Jiji ge cmnts kiyaalaafa v motivate vey.. v sweeet as always ??❤ thi dhey support ah v bodah thanks ? In Sha Allaah thigothah support libenyaamu kuriyah dhaan v faseyhavaane.. ly2.. keep waiting fr the next part ??❤❤

  6. IsHa says:
    September 13, 2019 at 9:54 pm

    Wow

    1. eysh says:
      September 14, 2019 at 11:48 am

      Thank u so much Isha ??❤ v ufaavehje story kamudhiyaeema ?

  7. Sheen says:
    September 13, 2019 at 10:16 pm

    Wow. Vvvv furihama vvv reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Komme jumulaehves haadha asaru gadha ey. Ehaa fashuvivefa ehaa shauguveru. ???❤️?❤️?????????❤️???❤️???❤️????????? Kiyaahithun indha nimunee. Anekka. Mi part vvv dhigu. Waiting for the next part. ?????????????????????????????? U r the best writer ????????????????? Lysm ??????????????

    1. eysh says:
      September 14, 2019 at 11:53 am

      Thank u so much sheen??❤ v ufaavey abadhuves thidhey support ah.. motivates.. story liyan fesheehsureves abadhuves hihvaru dheythee vvv ufaavey… varah ufaavey hama hurihaa cmnts thah ves kiyaalaafa.. ??inthizaaruves kurevey.. varah ufaavehje story kamudhiyaeema ? v sweet hama hurihaa cmnts ves.. abadhuves thigothuga huredhehne kamah unmeedhukuran. Ly2.. keep waiting fr the next part ??❤?

  8. Aisha says:
    September 13, 2019 at 10:58 pm

    Salhi…Dhn kon irakun next part

    1. eysh says:
      September 14, 2019 at 11:54 am

      Thank u so much dear ??❤ varah ufaavehje story kamudhiyaeema ? next part In Sha Allaah v avahah genesdheynan.. keep waiting ??❤

  9. Insha says:
    September 13, 2019 at 11:22 pm

    Haadhahaa chaaley.vaahakaeh reethi vaany mivarah.?????

    1. eysh says:
      September 14, 2019 at 11:55 am

      Thank u so much dear ??❤ varah ufaavehje story kamudhiyaeema ? ?❤

  10. Mimmi7 says:
    September 14, 2019 at 12:16 am

    Woww I’m just speechless ???Ehaa vx furihama…. Mimmi Hama inthizaaruge guitar jaha jaha huhta up mivee ???vrh vrh vrh vrh Reethi mi Bai vx? sifakurun thah Hama obii??I loved it…

    1. eysh says:
      September 14, 2019 at 11:59 am

      Thank u so much mimmi ??❤ hehe.. guitar dho ? varah ufaavehje story kamudhiyaeema ? and mimmi ge cmnts kiyaalaafa v enjoy ves kohlevey.. also motivate ves vey.. v ufaavey thi dhey support ah ?

  11. Unique says:
    September 14, 2019 at 12:39 am

    Maasha allah sissy
    In sha allah u will be a successful writer in future
    May allah bless u aameen

    1. eysh says:
      September 14, 2019 at 12:02 pm

      Thank u so much unique ??❤ unique akee v sweet and kind kuhjeh..varah ufaavehje story kamudhiyaeema ? In Sha Allaah I will try my best.. thigothah support dhenyaamu In Sha Allaah I can..
      Aameen
      May Allaah bless u too ❤

  12. ލަމް says:
    September 14, 2019 at 10:54 am

    ހާދަ ފުރިހަމައެވެ. ވަރަށް ވެސް އަސަރު ގަދައެވެ. ސައުގުވެރިކަން އިންތިހާއެވެ. ސިފަކޮށްދިނުން ސަތޭކައެވެ. ޢިބާރާތް ކުރުން އެހާ ނަލައެވެ. އޭޝް ތީ ހަމަ އެންމެ ސަޅި ރައިޓާރއެވެ. ވަރަށް ހަބޭސްއެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން ވަކިވެލަމެވެ. މިވަގުތަށެވެ.

    1. eysh says:
      September 14, 2019 at 12:04 pm

      Thank u so much dear ??❤ ..varah ufaavehje story kamudhiyaeema ? dhuvaskolhakah fahu lam ge cmnt eh libuneema v ufaavehje ?❤?? varah hama wait kurevey… kiyaalaafa v ufaavey.. keep waiting fr the next part ?

  13. ?Neha? says:
    September 14, 2019 at 10:57 am

    Finally up vehje… Mi story kiyaa hithun kehmadhu vefa Mihiry…. Dhen story Varah Varah reethi… It’s aweso❤️❤️me…. Just Speech less… ❤️❤️Neha ah hyvany eysh sis ah enme molhu liyun theriyaage inaamu dheyn jeheyne hen…. ???Hama gaimu vec neha ge faraathun e award dhinees sis neha kaary ga hurinama….neha ge hithun award dheefin ingey… ??
    ?MY FAV WRITER ?
    ❤️❤️LOABI LAOBI EYSH SIS ❤️❤️

    1. eysh says:
      September 14, 2019 at 12:09 pm

      Neha ?❤
      Thank u so much dear ??❤ varah ufaavehje story kamudhiyaeema and ehaa wait kohlikan enguneema ? Awww thats so sweeet of u… varah varah ufaavehje cmnt kiyaalaafa.. mihaa sweeet cmnts kohlaathee eysh ah v inthizaaruves kurevey… motivate vey…
      Sweet Neha ??❤?
      Keep waiting fr the next part ?

    2. ?Neha? says:
      September 15, 2019 at 12:30 pm

      Yuh r most welcome… Luv yuh Sissy..

  14. Unbro says:
    September 14, 2019 at 11:41 am

    Vaahaka v salhiey ??????

    1. eysh says:
      September 20, 2019 at 3:33 pm

      Thank u so much dear. Varah ufaavehje story kamudhiyaeema

  15. Anonymous says:
    September 15, 2019 at 8:10 am

    Naabih suicide kureehen hiyeh nuvey mi v gothun. bodah heevanee thee Yumaan aa e hadheeja raavaagen kuri kameh hen.

    1. eysh says:
      September 20, 2019 at 3:34 pm

      Hingaa dho balamaa vaagotheh

  16. Mives Anonymous says:
    September 15, 2019 at 8:12 am

    BTW story is fab. varah interesting. whn nxt?

    1. eysh says:
      September 20, 2019 at 3:33 pm

      Thank u so much dear. Varah ufaavehje story kamudhiyaeema. New part mihaaru kiyaaleveyne

  17. LaI23 says:
    September 18, 2019 at 10:23 am

    vrh rythi

  18. eysh says:
    September 20, 2019 at 3:34 pm

    Thank u so much dear. Varah ufaavehje story kamudhiyaeema.

Comments are closed.

Next Episodeކަފުން ވެވިފާ…07←


All Right Reserved!