Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް މި ހިތުގައި 3

Rana Level 1
September 11, 2019 3 Mins Read
5 Comments

ތިން މަސް ފަހެވެ. އަހަރެން ދިޔައީ ބައްޕައާއި އެކު ރަށުގެ އުތުރު ފަރާތުން ބަނދަރު ކައިރިއަށް މަސްބާނާށެވެ. މަސްބޭނުމާއި މަސްވެރިކަން ކުރުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. އެހެންކަމުން އާދަވެގެން ކޮންމެ ދުވަހަކު މަސްބާނަންދަމެެވެ. ކުއްލިއަކަށް އަހަރެންނަށް ފޯނެއް އައެވެ. “އައްސަލާމް އަލައިކުމް… ތިއީ ލިއާންތޯ ލިއާންގެ ދޮންބޭ މަގުމަތީގައި ތަޅައިގަނެފައި އޮތްތަން ފެނިގެން އަހަރެން ދެންމެ އޭނާ ހޮސްޕިޓަލްއަށް ގެންގޮސްދީފިން…. ލިއާންގެ ދޮންބެގެ ބުރަކަށި ވަނީ ބިންދައިގެން ގޮސްފަ… އެމަޖެންސީ ރޫމްގަ ފަރުވާދިނުން އެބަ ގެންދޭ” ފިރިހެންވަންތަ އަޑަކުން މީހަކު ބުންޏެވެ.

އަހަރެންގެ ހިތަށް ފިނި ފެންފޮދެއް އޮއްސާލި ކަހަލައެވެ. މަންޒަރު ބަލަން ނުހުރެ ބައްޕައާއި އަހަރެން ދޮށީ އެއްލާލާފައި ދުއްވައި ގަތީ ހޮސްޕިޓަލްއަށެވެ. ކަމަކުދާކަށްނެތެވެ. ހޮސްޕިޓަލުގައި މީހުން އޮތީ ތޮއްޖެހި ފުރިފައެވެ. ހީވަނީ މީހަކު މަރުވެގެން އުޅޭހެންނެވެ. ހޮސްޕިޓަލުގެ ތަޅުންގަނޑު މަތިން ފެށިގެން އެމަޖެންސީ ރޫމްގެ ދޮރާއި ހަމައަށް ލޭ ފެންނަން ހުއްޓެވެ. ގިސްލަ ގިސްލާފައި އަހަންނަށް ރޮވުނެވެ. ދުވެފައި ގޮސް އެމަޖެންސީ ރޫމްގެ ދޮރު ހުޅުވާލީމެވެ.

އަހަރެންގެ ހިތްގަނޑު އަތަށް ނާއީ ހަމަ ކިރިޔާއެވެ. ނަރުހުންނާއި ޑަކްޓަރުންގެ އަވަދިނެތި ދޮންބޭއަށް ފަރުވާ ދެމުން ގެންދިޔައެވެ. ކާފައާއި، މާމައާއި، ބޮޑުބޭބެ އަދި ދޮންމަންމަ، ދޮންބޭ ކައިރީގައި ކަރުން އަޅާ ރޯން ހުއްޓެވެ. ކޮންމެ ގޮތެއް ވިޔަސް މި ވަގުތަކީ އަހަރެންނާއި އަހަރެންގެ ޢާއިލާއަށް ވަރަށް ހިތާމަވެރި ވަގުތުކޮޅެކެވެ. ދޮންބެގެ ގައިގާ ތަފާތު ވައްތަރުގެ އައިވީތަކާއި އެއްޗިހި ގުޅާފައިވެއެވެ. ނަމަވެސް ދޮންބެގެ ގަޔަކު ހަޔެއްނެތެވެ. ލޯ ހުޅުވޭ ގޮތެއް ނުވެއެވެ. އަނގައިން ބަސް ބުނެވޭ ގޮތެއް ނުވެއެވެ. ކުރުގޮތަކަށް ބުނާނަމަ ދޮންބޭ އޮތީ މަރުވެފައެވެ. ހަމަ އެކަނި ހިތް މަސައްކަތް ކުރާކަމެވެ. ދޮންބެ ގައިގާ ތަޅައިގަތް މީހެއް އަހަރެން ހޯދާނަމެވެ. އަދި އެމީހަކަށް އެކަށީގެންވާ އަދަބު ވެސް ލިބެންޖެހޭނެއެވެ. “ދޮންބެގެ ގައިގާ އެމީހެއް ޖެހީ ދޮންބެގެ ކޮން ކުށެއް އޮވެގެންތަ” ހިތާހިތުން އަހަންނަށް ބުނެވުނެވެ.

އަހަރެންނަށް ރޮޔުން ކޮންޓްރޯލެއް ނުކުރެެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ހަމަ އެކަނި ހުރި މީހާއެވެ. އަހަރެންނާއި ރަހީމުގެ ގޮތުންނާއި ލޭގެ ގޮތުން ގުޅިފައިވާ އަހަރެންގެ ލޯބިވާ ދޮންބެއެވެ. ދޮންބެއަށްޓަކާއި ޖާނާއި މާލުން ޤުރުބާން ވާން ޖެހުނަސް އަހަރެން ޖެހިލުމެއް ނުވާނެއެވެ. އިންތިހާއަށް އަހަރެން ދޮންބެދެކެ ލޯބިވެއެވެ. ވެފައި ހުރި ދެރައިން އަހަރެން މަންމައަށް ގުޅާފައި ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ވާހަކަތައް ކިޔައިދީ ނުނިމެނީސް މަންމަ ރޯންފެށިއެވެ. މަންމަ ރޯއަޑު ނެގުމަށް އަވަހަށް ފޯނު ކަނޑާލީމެވެ.

ފަނަރަ ވަރަކަށް މިނެޓު ފަހުން ދެ ޕޮލިހުން އެމަޖެންސީ ރޫމްގެ އެތެރެއަށް ވަނެވެ. އަދި މޭޒުމަތީގައި އޮތް ދޮންބެގެ ފޯނުނެގިއެވެ. ދޮންބެގެ ފޯނު ކޯޑު އަހަންނަށް އެނގޭއެވެ. އެހެންކަމުން ޕޮލިސް މީހާއަށް ކޯޑު ޖަހައިދިނީ އަހަރެންނެވެ. ޕޮލިސް މީހާ އަހަންނާއި އެތަކެއް ސުވާލެއް ކުރިއެވެ. ކުއްލިއަކަށް އަހަރެންގެ ފޯނަށް މެސެޖެއްއައެވެ. ޖީބުން ފޯނުނަގާ ބަލާލިއިރު މެސެޖު ކުރީ ރާޔާއެވެ. “ލިއާން އައި އޭމް ސޮރީ” މިހެން ޖަހާފައި އިނެވެ. މެސެޖު ސީންކޮށްލާފައި ރިޕްލައިއެއް ނުދީ ބޭންދީމެވެ.

ރާޔާއާއި ވާހަކަ ދެއްކުމާއި ރާޔާ ކުރާ މެސެޖުތަކަށް ރިޕްލައި ދިނުމަކީ މިހާރު އަހަންނަށް އެހާ މުޙިއްމުކަމަކަށް ނުވީއެވެ. ރާޔާ ސޮރީ ކިޔާފައި މެސެޖު ކުރުމުން އަހަރެން ހީކުރީ އަހަރެން ވާހަކަ ނުދައްކާތީ ސޮރީ ބުނިކަމަށެވެ. ނަމަވެސް އަހަންނަށް ކުރެވުނީ ކުއްހީއެކެވެ. ކަންތައްވީ އެއަށްވުރެ ބޮޑުކޮށެވެ. ކަންތައްވީ އަހަރެން ދުވަހަކުވެސް ހުވަފެނުންވެސް ހީނުކުރާ ފަދަ ގޮތަކަށެވެ.

ދޮންބެގެ ޤާތިލަކީ ކާކުކަން އެނގުނު ދުވަހުން ފެށިގެން އަހަރެން ރާޔާއާއި ދޭތެރޭ ދެކެމުންއައި ގޮތް ބަދަލު ވެއްޖެއެވެ. އިންތިހާއަށް ވަމުން އައި ލޯބި ދުވަހަކަށް ފަހު ދުވަހެއް ނަފްރަތަށް ބަދަލުވާން ފަށައިފިއެވެ. ރާޔާއަކީ އަހަރެން ހީކުރި ކަހަލަ ކުއްޖެއް ނޫނެވެ. ދޮންބެގެ ޤާތިލަކީ ކާކުކަން އެނގުނު ދުވަހު އަހަރެން ދަންޖެހި މަރު ނުވީ ކިރިޔާއެވެ. ކުރުގޮތަކަށް ބުނާނަމަ ދޮންބެގެ ޤާތިލަކީ ރާޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިކަން އަހަރެން ހޯދި ގޮތަކީ ޕޮލިސް މީހާ ދޮންބެގެ ފޯނު ޗެކު ކުރި ދުވަހު އެންމެފަހު މެސެޖަކަށް އިނީ ރާޔާގެ މެސެޖެކެވެ. “ކޮބާ” މިހެން ބުނެ ކޮށްފައިން މެސެޖެކެވެ. އަދި ރާޔާއާއި ސްކޫލް ކައިރިން ދިމާކުރުމަށް ބުނެފައިވެއެވެ. ދޮންބޭ ހޮސްޕިޓަލްއަށް ގެނެވުނީ ސްކޫލް ކައިރިންނެވެ. އަދި ރާޔާ މިކަން ކުރީ އޭނާގެ ކުރީގެ ލޯބިވެރިޔާ ބުނެގެނެވެ. ރަޔާގެ ކުރީގެ ލޯބިވެރިޔާ “ފަރުހާން” އަކީ އަހަރެންގެ ދޮންބެގެ ވަރަށް ބޮޑު ދުޝްމަނެކެވެ.

ރަށުތެރެ އޮންނަނީ ދެ ގޭންގަކަށް ބެހިފައެވެ. މި ދެ ގޭންގަކީ އެއްބަޔަކު އަނެއް ބަޔަކާ އިންތިހާއަށް ޖެހިފައިވާ ބައެކެވެ. މީގެ ކުރިން ވެސް ދެތިން ރެއެއްގައި މިދެބައި މީހުން ދެމެދު މާރާމާރީ ހިނގިއެވެ. ދޮންބެއަކީ މީގެ އިން އެއްބަޔައް ނިސްބަތްވާ މީހެކެވެ. އަދި ފަރުހާންއަކީ އަނެއް ބަޔަށް ނިސްބަތްވާ މީހެކެވެ. ފަރުހާން އަންނަނީ ދޮންބޭ މަރާލުމަށް ކުރެވޭނެ އޮތްހާ ކަމެއް ކުރަމުންނެވެ. ހިތާމައަކީ އަހަރެންގެ ދޮންބެ މަރާލަން ރާޔާ އެއްބާރުލުން ދިނީތީއެވެ. އަހަރެން ހުރީ ދުވަހަކު ވެސް ރާޔާއަށް މާފު ނުކުރުމަށް އަޒުމް ކަނޑައަޅާއިގެންނެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއަކު މަރާލަން އުޅުނު މީހަކަށް ޙުދު އަހަރެން މާފުކުރަންވީ ކޮން ސަބަބަކާއި ލައިގެން ހެއްޔެވެ. ރާޔާއާއި ދިމާވެ ރާޔާދެކެ ލޯބިވެވުނީތީ އަހަރެން ހިތާމަ ކުރަމެވެ. ރާޔާ އަހަރެންގެ ދޮންބެއަށް ހެދިގޮތުގެ މަތިން އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. ދެރަކަމަކީ ދޮންބެ ރާޔާއާއި ދޭތެރޭޭ އެހާ ރަނގަޅަށް ކަންތައް ކުރަމުން އައި އިރު ރާޔާއަށް އެކަން ނުވިސްނުނީތީއެވެ.

ދެގަޑިއިރުން ކާބޭހެއްހެން ރާޔާ އަހަންނަށް މެސެޖު ކުރެއެވެ. އަދި އޭނާއަށް މާއަފު ކުރުމަށް އެދުމުން ދިޔައެވެ. އަދި ކަންތައް ވީ ގޮތް ކިޔައިދިނެވެ. އަދި އަހަރެން ދެކެ ލޯބިވާ ވާހަކަ ވެސް ބުނަމުންއައެވެ. އެންމެފަހުން އަހަރެންނަށް ކެތް ނުކުރެވިގެން ރާޔާއަށް މެސެޖު ނުކުރެވޭ ގޮތަށް އޭނާ ބްލޮކް ކޮށްލީމެވެ. ރާޔާ ކިޔާ ބޭކާރު އެއްޗިހި އަޑު އަހަން އަހަރެން ބޭނުން ނުވިއެވެ. އެއަށްވުރެ ބޮޑަށް އަހަރެން އައީ ދޮންބޭ އާއި މެދު ވިސްނަމުންނެވެ. ދޮންބޭ ރަނގަޅު ވާނެ ދުވަހަކަށް އިންތިޒާކުރަމުންނެވެ. ދޮންބޭ ރަނގަޅު ވުމުން ދޮންބޭ ގޮވައިގެން ރަށަށް ދިޔުމަށް އަހަރެން ހުރީ އަޒުމް ކަނޑައަޅާއިގެންނެވެ. މި ރަށަށް ދުވަހަކުވެސް ނާއުމަށް އަޒުމް ކަނޑައަޅާއިގެންނެވެ. ދުވަހަކު ވެސް ރާޔާތަ ށް ވަނީވެސް ނޭޅުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް ތަޤުދީރު ބަދަލުކޮށްލީ ހުރިހާ އެއްޗެކެވެ.

Share Article

Follow Me Written By

Rana

Level 1

Other Articles

Previous

ބުނެދޭށޭ ރުހެމޭ 75

Next

ވީމޭ ތިޔަ އިންތިޒާރުގައި..3

Next
September 12, 2019

ވީމޭ ތިޔަ އިންތިޒާރުގައި..3

Previews
September 11, 2019

ބުނެދޭށޭ ރުހެމޭ 75

5 Comments!

  1. I.S.H.A.A says:
    September 12, 2019 at 9:50 pm

    ok

  2. Neevaa says:
    September 13, 2019 at 8:51 am

    Mi vaahaka haadha kurey… Thin part kiyunu iruvx vvvv kuru… Anyway.. vaahaka varah reethi..next part dhigukohla dhinun edhen..

  3. naffah says:
    September 14, 2019 at 11:16 am

    VARAH HADI

  4. Puchykko says:
    September 15, 2019 at 4:03 pm

    Ehnthe

  5. axker says:
    September 18, 2019 at 10:33 am

    bala naffah eyo eyu eh noon comment kohfa eynoo

Comments are closed.



All Right Reserved!