އިރު މަޑުމަޑުން ދަތުރުކުރަމުން ގޮސް ދުނިޔެއާއި އަލްވަދާޢު ކިޔުމަށް ތައްޔާރުވެފައިވާއިރު، މުޅި އުޑުގެ ސަތަހަވަނީ އޮރެންޖުކުލައިން ކުލަޖެއްސިފައެވެ. އޮމާންކަމާއެކު ދުރުދުރަށް ފެތުރެފައިވާ ފުންމިން ވަޒަންކޮށްލަން ނޭންގޭ، ބިޔަ ކަނޑުގެ މަތިން އެ މަންޒަރު ބަލާ ފޫހިނުވާނޭ ގޮތަކަށް ކުރެހިފައިވާތީ ފެނެއެވެ. ހުޅުމާލޭގެ ހުޅަނގުފަރާތުގައި މިމަންޒަރު ދެކިލަން އެތައް ބަޔަކު މަޑުކޮށްލައިގެން ތިބިއިރު، ކޮންމެ މީހަކުވެސް އެމީހެއްގެ ފޯނުގައި އެ ތަސްވީރު ފޮރުވާލަމުން ދިޔައެވެ. އެވަގުތު ކަސްރަތަށް ދުވަމުން އައިސް އެތާ މަޑުކޮށްލި 35 އަހަރުގެ ޒުވާނާއަށް އެތަނުގައި ތިބި […]