ރީތިވާ މޭޒުކައިރިއަށް ވެއްޓިފައި އޮތް ގަނޑަކަށް ރޯމާ އިޝާރާތްކޮށްލިއެވެ. “ކޯއްޗެ؟” އަރޫން ގޮސް އެ ގަނޑު ނަގައިގެން ކިޔަންފެށިއެވެ. “ތި މަންމައާ ބައްޕަ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. އަހރެންގެ މަންމާ… އަހަރެން މިދަނީ ފުރާނަ އެކަނި ހިފައިގެން… ހިތް ވަނީ ތިތާ.. ބުނެފައި މިދަނީވެސް ހާސްނުކުރަންވެގެން.. އަހަރެން ދެންއެދެނީ އެކަނި އުޅެން.. އަބަދުވެސް އަހަންނަށް ވެދިން ހުރިހައި ގުރުބާނީއަކަށް ޝުކުރުވެރިވާނަން…ވަރަށް ލޯބިވޭ…ވަރަށް ބޮޑަށް ތޭންކްސް.. މަންމައާ ބައްޕަ އަހަރެން ހޯދަން ނޫޅެއްޗޭ.. އަހަރެންގެ ހެޔޮދުއާ އަބަދުވެސް […]
“ހިއަރ އިސް ޔުއަރ ނިއުސް!” ދެންވެސް އެރީ ކުޑަ ޖުމުލައެކެވެ. އަހަރެން ފަރުވާތެރިވެ ސްކްރީނަށް ބަލައިލީމެވެ. ވީއޯއެއް ޕްލޭވިއެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ދެ ގޮނޑި މަތީ ކޮށްޅަށް ހުރި ދެ އަންހެން ކުދިންނެވެ. ކަރުގައި މަޅިއެއް ޖަހާފައި އޮތް އިރު، ވާގަނޑަށް ވަނީ ވާން ވެފައެވެ. ކިރިޔަ ކިރިޔާ އެދެކުދިންނަށް ފައި ޖައްސާލައިގެން ތިބެވޭކަމެވެ. އާދައިގެ ދެ އަންހެން ކުދިންނެއް ނޫނެވެ. އަހަރެންްނަށް އެންމެ މުހިންމު މީހުނެވެ. އެކަކަށް އަހަރެންގެ ލޯބިވާ ކޮއްކޮއެވެ. ދެން […]
ވިހަ އޮތަކަސް ބަލި އެނދުގާ ބަލިވެފަ މަޑުމޮޅި ކަމުގާ ހެލިފެލި ނުވެވުނަސް އަދުގާ އުޅެފާ މިހިރީ ކުރިން ހަނދުގާ މާޒީގެ ޙިޔާލަށް ގެނބިގެން ތަންމައްޗެއްގައި މަޑު އޮވެގެން ކުރުގޮތަކަށް ފޮނިކޮށް ބުނެދެން ކުރުވި ހަޔާތް މަގެ ލިޔެގެން ފައިސާގެ ދަޅައިގައި ޖެހިފާ ނަފްސު މަށަށް މަގެ ފެނިފާ އުޅެވުނު ދުވަސްތައް ހެވިފާ ޖަހަމުން ދިޔަ ބެރަކަށް ނެށިފާ ހުރިކަމުގާ ނުބަލާ މަންމާ ހުރިތަނުގާ ދޫކޮށް ބައްޕާ މުޅިތަނުގާ އާޓު މަ ދައްކާ ވިހަ […]
މަޖީދީ މަގަށް ނުކުތްއިރު ތުނިކޮއް ވާރޭ ވެހެމުންދިޔައެއްކަމަކު ލޫން އަޅައެއްނުލިއެވެ. މަގުމައްޗަށް ނަޒަރެއް އެއްލިވަގުތު ފެނުނު މަންޒަރަކުން ލޫންގެ ހިންގުން ހުއްޓި މުޅި މީހާ ގަބުވިއިރު ހީވަނީ ބޮޑު ބިރެއް ފެނުނުހެންނެވެ. އެއީ އިތުރު ދެވަނަ މީހެއްނޫނެވެ. އިއްބާންއެވެ. ދެން ފެނުނު މަންޒަކުން ހީވީ ލޫންގެ ހިތް މިލިޔަން އެތިކޮޅުތަކަށް ކުދިކުދިވެގެން މުޅިތަނަށް ވިހުރިގެން ދިޔަހެންނެވެ. * * * * * * * * * * * * * * * […]
ބޯޑުގައި ލޮނުގަނޑު ކަފަމުން އައިސް ފުށީގެ ހުދު ދޮންވެލިގަނޑުގައި ބީއްސާލުމާއެކު އޭނާ ގޮނޑުދޮށަށް ފުންމާލިއެވެ. ބޯޑު އަތަށް ނަގަމުން އޭނާ އަނެއްކާވެސް ފިތަކަށް ފިއްތާލިއެވެ. އެއާކު އިހުހުރި ގޮތަށް ހަތިޔާރަކަށް ބަދަލުވިއެވެ. ފުންނޭވާ އެއް ދޫކޮށްލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ. ރަށުތެރެއިން ލާފައި ގޮސް އޭނާ ހުއްޓުނީ ބޮޑު ވެލިފުނިތަކެއް ކައިރީގައެވެ. އެދިމާލުން ބިންމަތީގައި ހުރި ވެލިތައް ފަރާތަކަށް ޖައްސާލަމުން އޭނާ ދެފަހަރު ބިންމަތީ ޖަހާލިއެވެ. ހަމަ އެއާއެކު ފެނުނީ ވެލިފުނިތަކުން ދޮރެއް ކެހުނުތަނެވެ. ބަލަން ނުހުރެ […]
” އަޒާން އާ އެއްކޮށް މިއަދު އުޅުނު ސްކޫލަށް އަލަށް އައި ކުއްޖާއަކީ އޭނަގެ ޖީއެފް އޯ… ކޮންމެސް މަލްޝާ އެކޯ ކިޔަނީ… ” ކައިރީގައި ހުރި މޭޒެއްގައި އިން ކުއްޖަކު ބުނެލި އަޑު އިވުމާއެކު މަލްޝާގެ ދެލޯ ބޮޑުވެ އަނގަމަތީގައި އަތް އެޅުނެވެ. ” ވަޓް؟! ” އެ މީހުން ދެއްކި މޮޔަ ވާހަކަ އަޑު އިވިފައި މަލްޝާއަށް ހެވުނީއެވެ. އެއީ ދުވަހަކުވެސް ވެދާނެ ކަމެއް ހެންނެއް މަލްޝާއަކަށް ހިޔެއް ނުވެއެވެ. މި މީހުން ހަަމަ ރަނގަޅަށްވެސް ޖޭ ވަނީ އޭ މަލްޝާގެ ހިތަށް އެރިއެވެ. ” ޒާން ބޭބީ… ލެޓްސް ގޯ އައުޓް… ” މަލްޝާ ތުއި އަޑަކުން ބާރަށް […]
އެންމެ ފަހުން އީނާޝް އެކަމާ ނުވިސްނާ ކުޑަވަގުތުކޮޅަކަށް ނިދާލަން ވަނެވެ. އޭރު މެންދަމުން އަލިވެ ފަހެއް ޖަހަނީއެވެ. ޗެކިން ހަމަޖެހިފައި އިނީ ހެނދުނު ހަތެއް ޖަހާއިރުއެވެ. ****** މާލޭގެ އުސް އިމާރާތްތަކާއި ފެހިކަން ގަދަ ގަހެއް ނެތް އެ މާހައުލު ފެނިފައި އަނެއްކާވެސް ކައިޒީންގެ ގާތަށް އައީ އަމަށަކު ފޫއްސެއް ނޫނެވެ. އުފަން ބިން ދެކެވެސް ކައިޒީން އެއަންނަ ރުޅިއެއް ބުނެދޭންވެސް ނޭނގޭ ކަހަލައެވެ. ފެރީގައި އިން އިރުވެސް މޫނުމަތީގައި އަތް އަޅައިގެން އިން ގޮތުން ހީވަނީ […]
ކޮޓަރިއަށް ވަނުމަށްފަށްފަހު ނިދާފައި އޮތް ކައިރާ އަށް ލަމްޔާ ގޮވިއެވެ.ދެތިން ފަހަރު ގޮވުމުން ލަމްޔާ ހޭލިއެވެ.”ދޭބަލަ ދޮންބެ އަށް ގޮވަން. މިއަދު ވަރަށް ބޮލުގަ ރިއްސާބަ..” ކައިރާ އެހެން ބުނުމުން ލަމްޔާ އެއްވެސް ޝަކުވާ އެއް ނުކޮށް ކައިޒާންގެ ކޮޓަރިއަށް ދިޔައެވެ.ނޭވީ ބްލޫ ކުލަައިގެ ބޮޑު ކިންގް ސައިޒް ބެޑުގައި ކައިޒާން އޮތީ ގަދަ ނިދީގގައެވެ. ކައިޒާންއަޑް ދިހަ ބުރު ގޮވުމުން ވެސް ނުހޭލިއެވެ. ލަމްޔާއަށް މޮޅު ހިޔާލެއް އައެވެ.ފާހަނާ ތެރެއަށް ވަނެ އަތަށް ސައިބޯންޏާއި ފެން […]
ގޭގެ މައިދޮރުގެ ބެލްގެ އަޑާއިއެކު ތަށިތައް ދޮންނަ ހަވާލުވެގެން ހުރެފައި ޒޭބްއަށް ދޮރުހުޅުވަންދާން ޝަލީން އެންގިއެވެ. އެއާއިއެކު ތަށިތައް ޑިސްވޮޝާރއިން ނެގި ގޮތަށް ހޯލްޑަރުގައި ބެހެއްޓުމަށްފަހު ޝަލީން މޭޒުމަތީގައި ފޮނި އެއްޗެހި އަޅާފައިވާ ޓްރޭތައް ނަގަން މޭޒާއި ކައިރިވިއެވެ. އެވަގުތު ބޭރުން ޒޭބް ގޮވާލި އަޑުއިވުނެވެ. ގެއަށް މެހެމާނަކު އައީހެން ހީވިގެން ކުރަން ހުރި މަސައްކަތް ބަހައްޓާފައި ތުވާލިކޮޅަކުން ދެއަތް ފުހެމުން ޝަލީން ލިވިންރޫމްއިން ނިކުތެވެ. ސޯފާވަށައިލައިފައި އޭނަ ދޮރުމައްޗަށް ހުއްޓުމާއިއެކު ޒޭބް ދޮރުގެ ކުރިމައްޗަށްވާގޮތަށް ހުރެފައި […]