ގޭގެ މައިދޮރުގެ ބެލްގެ އަޑާއިއެކު ތަށިތައް ދޮންނަ ހަވާލުވެގެން ހުރެފައި ޒޭބްއަށް ދޮރުހުޅުވަންދާން ޝަލީން އެންގިއެވެ. އެއާއިއެކު ތަށިތައް ޑިސްވޮޝާރއިން ނެގި ގޮތަށް ހޯލްޑަރުގައި ބެހެއްޓުމަށްފަހު ޝަލީން މޭޒުމަތީގައި ފޮނި އެއްޗެހި އަޅާފައިވާ ޓްރޭތައް ނަގަން މޭޒާއި ކައިރިވިއެވެ. އެވަގުތު ބޭރުން ޒޭބް ގޮވާލި އަޑުއިވުނެވެ. ގެއަށް މެހެމާނަކު އައީހެން ހީވިގެން ކުރަން ހުރި މަސައްކަތް ބަހައްޓާފައި ތުވާލިކޮޅަކުން ދެއަތް ފުހެމުން ޝަލީން ލިވިންރޫމްއިން ނިކުތެވެ. ސޯފާވަށައިލައިފައި އޭނަ ދޮރުމައްޗަށް ހުއްޓުމާއިއެކު ޒޭބް ދޮރުގެ ކުރިމައްޗަށްވާގޮތަށް ހުރެފައި އެއްފަރާތްވެލީއެވެ. އެއާއިއެކު ދޮރުމައްޗަށް ހުރަސްވި ފުލުހުންތައް ފެނިފައި ޝަލީންގެ ދެފައިގައި ހިލިހިލާގަނޑެއް ޖެހިފަދައެވެ. ދެލޯ ބޮޑުވެގެން ދިޔައިރު ދޮރުމަތީގައި ތިބި ފުލުހުންނާއި ދިމާލަށް ބަލާލެވުނީ އެބޭފުޅުން މިޑޯވިއުއަށް އަންނަންޖެހޭ ސަބަބެއް ނޭނގިފައެވެ.
“އަޙްމަދު އިޝާރު އުޅުއްވާތަ؟” ކުރިއަށް ފިޔަވަޅެއް އަޅާލަމުން ފުލުސްމީހާ ކުރި ސުވާލަށް ޖަވާބުދޭން ޝަލީންގެ ދޫވެސް ހަރަކާތެއް ނުކުރިއެވެ. އަނގައިން ބަހެއް ބުނުމެއްނެތި އޭނަ ބަލާލީ ލިވިންރޫމްއިން ލާފައި ގޮސް ވަދެވެންގޮސް އިންނަ ނަމާދު ކޮޓަރިއާއިދިމާލަށެވެ. މެންދުރުކެއުމަށްފަހު ކިޔަވާލަން އިޝާރު އެބަޔަށް ވަތްފަހުން އިރުކޮޅެއްވެއްޖެއެވެ.
ޝަލީންގެ ހިމޭން ހަރަކާތުންވެސް ފުލުހުންނަށް ޖަވާބުލިބުނުފަދައެވެ. ދެމީހުންދޭތެރޭގައި ދެކެވުނު ވާހަކަކޮޅަކަށްފަހު އެކަކު ނަމާދުކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ދޮރުމަތީ ބައްދާލައިގެން ތިބި ފުލުހުން އެއްފަރާތްވެލީ ކޮންމެވެސް މީހަކު ވަނުމަށް ތަންދައްކާ ފަދައިންނެވެ. ދޮރުން ވަދެގެން އައި މަޔާންފެނިފައި ޝަލީންގެ ދެލޯ އިހުނަށްވުރެ ބޮޑަށް ބޮޑުކޮށްލެވުނެވެ. މަޔާންގެ ވަޒީފާގެ ގޮތުން މަޔާން އެގޮތަށް ތަނަކުން ފެންނާނީ ކީއްވެގެންކަން ޝަލީންއަށް މާރަނގަޅަށްވެސް އިނގުނެވެ. ނަމަވެސް އެހެންފަހަރުތަކާއިއެކު އެއްގޮތަށް ސަބަބު ޤަބޫލުކުރުމަކީ ފަސޭހަކަމަކަށްނުވިއެވެ. މަޔާންގެ މޫނަށް ނަޒަތު ހުއްޓާލައިގެން ހުރެވުނީ ޖަވާބެއް ބޭނުންވެފައިހުރެއެވެ. ނަމަވެސް ހުދު މަޔާންގެ ދެލޮލުގައި ވީ ހުސްކަމެވެ. ހިތާމައެވެ.
“ޔާން… ކިހިނެތްވެގެން މިއުޅެނީ…” ވާނުވާ ނޭނގި ސިކުންތުތައް ފާއިތުވެގެންދިޔުމަށްފަހު ޝަލީންގެ ކެތްތެރިކަން ކޮޅުންލައި ބާރު ހިނގުމެއްގައި އައިސް މަޔާންގެ އަތުގައި ހިފަހައްޓާ ސުވާލުކުރިއެވެ. ޝަލީންގެ މުށިލޮލުގެ އަމާޒަކަށް މަޔާންގެ މޫނު ވެގެންދިޔަ ވަގުތުކޮޅަކަށްފަހު މަޔާން ދުރުބަލާލިއެވެ. ޝަލީންއަށް ދޭނޭ ޖަވާބެއް އޭނަ އަތުގައެއް ނެތެވެ. އޭނަގެ ދުލާއި ހަމަޔަށް އެބަސްތައް ގެންނާނޭގޮތެއް އޭނައަކަށް ނޭނގެއެވެ. މަޔާން މަޑުމަޑުން ޝަލީންގެ އަތްތިލަ ނައްޓުވާލިއެވެ. އެއާއިއެކު ފުންނަޒަރަކުން ޝަލީންގެ ލޮލަށް ބަލާލިއެވެ.
“ޝަލީ އަހަންނަށް މައާފުކުރައްޗޭ…” ކިތަންމެ މަޑުން ހަމައެކަނި ޝަލީންއަށް އަޑުއިވޭވަރަށް ބުނެލި ޖުމްލަތަކުގައިވީ އަސަރަކުން ޝަލީންގެ ހަށިގަނޑުން ހީބިހިި ނަގުވާލިއެވެ. ނުރައްކާތެރިގޮތަކަށް އޭނަގެ މޭގަނޑު ތެޅިގަތެވެ.
“އެސް. އައި. ކޮމްޕެނީ އެންޑް ލޯފާރމްގެ ވެރިޔާ އަޙުމަދު އިޝާރު…. 1998 ވަނަ އޭ.އެޗް. ފިނޭންޝިއަލްގެ ޗެއަރމަން އަޒްހާން ސުލްތާން އަވަހާރުކޮށްލުމުގަޔާއި އަވަހާރަވި ފަރާތުގެ މުދަލަށް ގެއްލުން ދިނުމުގައި އަލްހާން ސުލްތާންއާއި ތިބޭފުޅާއި ބައިވެރިވެފައިވާކަމަށް އަޅުގަނޑުމެންނަށް ޝައްކެެެއްނެތް މިންވަރަށް ޔަގީންވެފައިވާތީ އަޅުގަނޑުމެން މިއައީ ކޯޓު އަމުރުގެ ދަށުން ދައުވާލިބޭ ފަރާތުން ހައްޔަރުކުރުމަށްޓަކައި… އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމަށް އެއްބާރުލުން ދެއްވާ…” ފަތްޖަހާލައިފައި އޮތް ކޯޓު އަމުރު ނިއުޅާލައި ދިއްކޮށްލަމުން މަޔާން އިއްވާލި ބަސްތަކާއިއެކު ޝަލީންގެ މޫނު ހުދުވެގެންދިޔައެވެ. އިޝާރުގެ ނަން އައިސްފައި އޮތަސް ޝަލީންއަށް ހީވީ އޭނައަށް މަރުގެ ހުކުމް އިއްވުނުހެންނެވެ. ޤަބޫލުކުރަންދަތިވެފައި ހުރެ ދެފަރާތަށް ބޯހޫރައިގަނެވުނުއިރު ކަރުނަތައް އެލޯ ފުސްކޮށްލައިފައިވެއެވެ. ހުއްޓުންއަރާފައި ހުއްޓާ އޭނަގެ ފަހަތުން އައިސް މަޔާންގެ ކުރިމައްޗަށް ހުއްޓުނު އިޝާރު ފެނުނީ ލޮލުގެ ހިމަކޮޅުންނެވެ.
ޝަލީންގެ މޫނަށް އަވަސްނަޒަރެއްދިނުމަށްފަހު ދެންމެ ދެންމެ ލޮލުން އޮހިގަތްފާނެހެން ހީވާ ކަރުނަތައް ހިފަހައްޓާލަމުން އިޝާރު ދަތްތަކަށް ބާރުކޮށްލިއެވެ. ބަހެއްބުނުމަކާއިނުލާ އިޝާރު އޭނަގެ ދެއަތް ފުލުހުންނާއި ދިމާލަށް ދިއްކޮށްލިއެވެ. ދެއަތް ހުރަސްކޮށް އެދެއަތުގައި ފުލުހުންގެ މީހަކު ބިނޑިއެޅުވިއިރު އެ މަންޒަރު ދެކެން ޝަލީންއަކަށް ކެތެއްނުވިއެވެ. ކުށެއްކަމާއިމެދު ވިސްނާލުމެއްވެސްނެތި އޭނަ ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތްކުރިއެވެ. އެ މަންޒަރު ދެކޭނެހާ ހިތްވަރު ނެތިފައި ހުރެވެސް މަޔާން ޝަލީންގެ އަތުގައި ހިފައި ދުރަށްޖެއްސިއެވެ. ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ކުށެއްކަން ހަނދާންކޮށްދިނެވެ.
“ނޫން… ޔާންއަށް ތިއުޅެނީ ކުށްހީއެއްކުރެވިގެން… އަހަރެންގެ ބައްޕައަކީ އެހާ ރަހުމްކުޑަމީހެއްނޫން… ބައްޕަ އެކަހަލަކަމެއް ނުކުރައްވާނެ…” ޝަލީންގެ ދެއަތްތިލަ ހައްޔަރުކޮށްލި މަޔާންގެ އަތްފޮޅުވާލަމުން ޝަލީން ފަހަތަށް ޖެހުނުއިރު ލޮލުގައި ވިދަމުންދިޔަ ކަރުނައިގެ މައްޗަށް ރުޅީގެ ހުޅުކޮޅުތައް ގަދަވެގަނެފައިވެެެެެއެވެ. އެ ދޮން މޫނު ކުލަފަޑުވެގެންދިޔަ ވަގުތުކޮޅު ޝަލީން މަޔާންއާއި ދިމާލަށް ބަލާލީ ދުވަހަކު ބަލާނުލާހާ ރުޅިވެރި ނަޒަރަކުންނެވެ.
“ދަރިފުޅާ… ބައްޕައަށް މިލިބެނީ ބައްޕަައަށް ހައްޤު ޝަޒާ… ބައްޕައަކީ ކުށްވެރިއެއް… މައާފުކުރޭ…” ޝަލީންގެ ހަރަކާތްތައް ދެކެން ކެތްނުކުރެވުނު އިޝާރުގެ ދުލުން ބޭރުވި ބަސްތަކާއިއެކު ޝަލީން ހިލައިގެ ބުދެއްފަދައިން ހުރިތަނަށް ގާވިފަދައެވެ. އެލޮލުގައި ޖާގަހަދަމުންއައި ކަރުނަތަކަށްވެސް މަޑުޖެހުމެއްއައެވެ.
“ނޫން….” ސިކުނޑިއާއި ހަށިގަނޑުގެ ހުރިހާ ސެލްއެއްގެ މަސައްކަތްހުއްޓި ނޭވާވެސް އުފުރިގެން ދިޔަހެން ހީވި ވަގުތުކޮޅަކަށްފަހު ޝަލީން އަނގަމަތީގައި އަތްއަޅާލައިގެން ހުރެ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއިއެކު ލިވިންރޫމްގެ ފާރުތައް ގުޑައިގެންދާހާ ބާރަށް ރޮއެގަންނަމުން ޝަލީން މާބްލްސް މައްޗަށް ތިރިވިއެވެ. ބައްޕަ އޭނައަށް ކުރި ހުރިހާ މަޖުބޫރީތަކެއް އެކުވެގެންވެސް އޭނަގެ ހިތަކަށް އެހާ ބޮޑުވޭނެއްނުދޭނެއެވެ. ނުހައްޤުން ބައްޕަ އޭނަގެ މޫނަށް ވީއްލާލެއްވި އެތިފަހަރުތަކަށްވުރެ އެ ޖުމްލަތައް ދިލަގަދައެވެ. އެންމެ ޖުމްލަައަކުން މުޅިދިރިއުޅުން ބަނަކޮށް ހިތާއި ނަފްސު އިންދިރާސް ކޮށްފިއެވެ.
ހިނދުރީގެ ތެރޭގައި ގުގުމާލި ވޭނީ ރުއިމާއިއެކު މަޔާންއަށް ޝަލީންއާއި ދިމާލަށް ފިޔަވަޅެއް ނެގުނެވެ. ޝަލީން އެއަތުގެތެރޭގައި ފޮރުވާލަން ހިތްވެސް މަޖުބޫރުކުރިއިރު މަޔާން ޖީބަށް އަތްޖަހާލަމުން ފަހަަތަށް ޖެހުނެވެ. އެއީ އޭނަ މިހާރު ހުރި މަޤާމުގެ ގޮތުން ކުރަން އެކަށީގެންނުވާކަމެއްކަން ވިސްނުނީއެވެ. ވަޒީފާއާއި އަމިއްލަ ދިރިއުޅުމަކީ ވަކި ކަމެކެވެ. އޭނަގެ މަސްއޫލިއްޔަތަށް އަމިއްލަ އިހުސާސްތައް އިސްކުރުމުގެ ހައްޤު ނެތްކަން ހަނދާންވެފައި މަޔާން އިސްއޮބާލިއެވެ. އެވަގުތު ފަހަތުން އައިޒާން މަޔާންގެ ކޮނޑުމަތީގައި އަތްއަޅާ ބާރުކޮށްލިއެވެ.
ޝަލީންގެ ވޭނީރުއިން އިޝާރުގެ ކޮންމެ ގުނަވަނެއް އެންމެ ފުނަށް ތޮރުފާލިއިރު ލޮލަށް ނުކުޅަދާނަވެގެން ކަރުނަގަނޑު ވާރޭގެ މިސާލުގައި ލޮލުން ފައިބަގަތެވެ. ޝަލީންއާއި މޫނު ހަމަކޮށްލަން ނުކެރިހުރެވެސް އިޝާރު ދެކަކޫމައްޗަށް ތިރިވިގޮތަށް ރޮއެރޮއެ އިން ޝަލީން ގެނެސް މޭގައި ޖައްސާލިއެވެ. ވަޔާއި ވިހުރެން ދޫކޮށްލެވިފައިވާ އިސްތަށިގަނޑުގައި ފިރުމާލަމުން އިޝާރުއަށް މައްޗަށް ކަޅި ހިންގާލެވުނެވެ. އެއާއިއެކު އޭނަގެ ލޮލާއި ނަޒަރު ބައްދަލުވީ މުށިލޮލުގައިވީކުލަައަކުން އިޝާރުގެ ލޭނާރުތަކަށްވެސް ފިނިވެގެންދިޔައެވެ. ސިޑިން ފައިބަންވެސް ނޭނގިފައި ސިޑީގެ މެދަކާއި ހިސާބުގައި ޝަޔަމް މަޑުކޮށްލައިގެން ހުރިއިރު ޝަކުވާއިން ފުރިގެންވީ ނަޒަރު ސީދާވެފައިވަނީ އިޝާރުގެ މޫނަށެވެ. އެލޮލުގައި ވިދަމުންދިޔަ ކަރުނަތައް އެތަނުގައި ހިނގާދިޔަ ހުރިހާކަމެއް ޝަޔަމްއަށް ފެނުނުކަމަށް ހެކިވިއެވެ.
“އަޅުގަނޑަށް ވަގުތުކޮޅެއްދެއްވާ…” ޝަޔަމްގެ މޫނުން ނަޒަރުވަކިކޮށްލުމެއްނެތި އިޝާރު އެދުމާއިއެކު ޖަވާބުދިނުމެއްނެތި ފުލުސްމީހާ ބަލާލީ މަޔާންއާއި ދިމާލަށެވެ. އެވަގުތު އެކަމަށް އެއްބަސްވަމުން މަޔާން ބޯޖަހާލިއެވެ.
*** *** *** *** *** ***
ޑައިނިންރޫމްގެ ބޮޑު މޭޒުގައި އިޝާރު އަތްވިއްދާލައިގެން ގޮނޑިތަކާއި ކުރިމަތިވާގޮތަށް ހުރިއިރު އެލޮލުގެ ނަޒަރު ގުޅިފައިވީ އޭނާގެ ލޮލުގެ ދެނޫރުކަމުގައިވާ ދެދަރީންނާއެވެ. ޝަލީން ގޮނޑިއަށް ދެފައި ނަގައި ދެފައި ގެނެސް މެޔާލައިބޮޑިކޮށްލައިގެން ކަކޫމަތީ ބޯއަޅާލައިގެން އޮތްއިރު މިވަގުތުވެސް ތާޒާކަމާއިއެކު ކޯތާފަތުން ކަރުނައިގެ ރޮނގުތައް ފާޅުވަމުންދިޔައެވެ. ގިސްލުން ހުއްޓިފައިވިޔަސް ދޭތެެރެއަކުން ނޭފަތް ދަމާލާގޮތުންނާއި ދެތުންފަތުގެ ފާރު ފޫދުއްވާލައިފައި ބޭރުވާ އާޙްތަކުން އިޝާރުގެ ހިތް ޒަަޚަމްވަމުން ދިޔައެވެ. ޝަޔަމްއިނީ ބަހެއްވެސް ބުނަން ބޭނުންނުވެފައެވެ. ގޮނޑީގެ ލެގޭބައިގައި ދަތްދޮޅި އަޅުވާލައިގެން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ފައިދަށުގައި ވިދަމުންދާ މާބްލްސްތަކަށެވެ.
“ދުނިޔޭގެ އެދުމުގެ ދަހިވެތިކަމުގައި ޖެހި ބައްޕައަށް ކުރެވުނު ކުށަކީ މައާފު ހައްޤުވާވަރަށްވުރެ ބޮޑު ކުށެއް… މިއަދު ވަގުތު ފާއިތުވެ މާލަސްވެފައިވާއިރު ދަރިފުޅުމެންގެ ކިބައިން މައާފަށް އެދުމުގެ ބޭނުމެއްވެސް ނެތް… އެކަމަކު ވެގެންވާނަމަ ދެކުދިންވެސް ބައްޕައަށް މަައާފުކޮށްދެއްޗޭ… އޭރުން ބައްޕަގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިދާނެ… ބައްޕަ ކުރި ކުށަށް ބައްޕަ އަދަބުލިބިގަންނާނަން… ތައުބާވާނަން….” އިޝާރު ވާހަކަދައްކަމުން އައިސްފައި ނޭފަތް އެތެރެއަށް ދަމާލިއެވެ. އޭނަގެ ހިތަށް މިވަގުތުކުރާ އަސަރު އެހެން އިންސާނަކަށް އިހުސާސްވެސް ނުކުރެވޭނެއެވެ. އޭނަ ހުރި މަޤާމު ހުރެ ދަރިއަކާއި ކުރިމަތިލާކަށް އެއްވެސް ބަަފައަކު ބޭނުމެއްނުވާނެއެވެ.
“ބައްޕަ ދިޔުމަށްފަހު މަންމައަށް ހިތްވަރުދޭން ތިިބި ބަޔަކީ ދަރިފުޅުމެން… މަންމައަށް އަޅާލައި ރަނގަޅަށް ހިތައްޗޭ… ސެމް ދަރިފުޅު ބައްޕަ ނެތުމަށްފަހު ބައްޕަގެ ހުރިހާ ޒިންމާއެއް ނަގާތި… މަންމައާއި ކޮއްކޮ ރަނގަޅަށް ބަލަހައްޓާތި…” އިޝާރު ޝަޔަމްގެ ކޮނޑުގައި އަތްބާއްވާލުމުންވެސް ޝަޔަމް އިސްއުފުލާ ބަލާލަން ގަސްތެއްނުކުރިއެވެ. އޭނަ އިނީ ވަރަށް ބޮޑަށް ހިތުގައި ޖެހި ހިތްހަމަނުޖެހިފައެވެ. އެތެރެއިން ހިތާމަކުރިޔަސް ބޭރުފުށުން ފެންނަމުންދިޔައީ ރުޅިވެރިކަމެވެ. އިޝާރުގެ އަތްނަގައި ދުރަށްލާން ބޭނުންވިޔަސް ޝަޔަމް ކެތްތެރިވެލިއެވެ. އެއްޗެކޭ ބުނެވިދާނެއަތީ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ.
“ދިޔުމުގެ ކުރީން އެއްވާހަކަ… ދަރިފުޅުމެން ދެކުދީންގެ ދިރިއުޅުމަށް ނުހައްޤުންވެރިވެގަނެގެން ބައްޕައަށް ވަރަށް ގިނަ ދުވަހު އުޅެވިއްޖެ… ދަރީންނަށް ރަނގަޅުގޮތް ހޯދައިދިނުމުގެ މަޤްޞަދުގައި ބައްޕައަށް ދެކުދީންގެ ދިރިއުޅުން ހަލާކުކޮށްލެވުނީ… މައާފަށް އެދުނަސް ދަރިފުުޅުމެން ހުރި ހިތާމަތައް ފިލައިގެން ނުދާނެކަން އިނގޭ…. ދަރިފުޅާ ޝަލީ ބައްޕަައަށް މައާފުކުރައްޗޭ… ބައްޕަ ދިން މުހުލަތުގައި ދަރިފުޅާއި ބައްދަލުކުރަން މަޔާންއަށް ނާނދެވުނީ ބައްޕަގެ ސަބަބުން… ދަރިފުޅުގެ ބަހުގެ ތެދުކަން އިނގިހުރެވެސް އެކަން ސާބިތުކޮށްދޭނޭ ފުރުސަތެއްދޭން ބޭނުންނުވާތީ ބައްޕަ މަޔާން ރަހީނުކުރީ… އަމިއްލަ ދަރިފުޅުގެ އުފާ ލޯމަތީ އޮވެވެސް ބައްޕައަށް މުހިންމުވީ ދުޝްމިނުގެ ފަރާތުން ބަދަލުހިފަން…” އިޝާރު ވާހަކަދައްކަ ދައްކާ ހުއްޓާ ޝަލީންގެ ހުއްޓިފައިވާ ހަށިގަނޑަށް ކުއްލި ދިރުމެއް ލިބުނު ފަދައަކުން އިސްއުފުލާ ބަލާލިއެވެ. އެލޮލުގައިވީ ޝަކުވާއެވެ. ހިތްހަމަނުޖެހުމެވެ. އިޝާރުގެ އަމަލުތައް އެފަދަ ދަރަޖައަކަށް ގޮސްފާނެކަމަށް ޤަބޫލުނުކުރެވޭކަމުގެ އަސަރުތަކެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ކަރުނަވަޅަށްވެސް ނުކުޅަދާނަވެގެން ލޯފުރާލިކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގަތުމުގެ ކުރީން ޝަލީން އިސްޖަހާލިއެވެ.
“ނުރޮއެ… މިއަދު ދަރިފުޅު ބޭނުންވާ އުފާތައް ހޯދުމުގެ ހައްޤު ދަރިފުޅަށް އެބައޮތް… ދަރިފުޅުގެ ކޮންމެ ނިންމުމަކަށް ބައްޕަ ބަސްކިއީ ދުވަސް މާޒީވެ ހިނގައްޖެ… ބޭނުން ނިންމުމެއް ނިންމުގެ އިޙްތިޔާރަކީ ދަރިފުޅުގެ އަތްމަތީގައި އޮންނާނެ ހައްޤެއް… ދަރިފުޅު ބޭނުންނަމަ މަޔާންއާއި ކައިވެނިކުރޭ… ބައްޕަގެ ރުހުން ދަރިފުޅާއިއެކު އަބަދުވެސް ވާނެ….” އިޝާރުގެ ޖުމްލައާއިއެކު ޝަލީންގެ މޫނުން ތަފާތު ކުލަވަރެެއް ނުފެނުނެވެ. އެ ޖުމްލަތައް އަޑުއަހާލަން އޭނަ ހާދަ އުއްމީދެއްކުރިއެވެ. މަޔާންގެ މައްޗަށް ބައްޕަގެ ހިތް ހެޔޮވޭތޯ އެތައް ދުއާއެއްކުރިއެވެ. ނަމަވެސް މިއަދު އެ ޖުމްލަތަކުން އޭނަގެ ހިތަށް އުފަލުގެ ޒަައްރެެއްވެސް ލިބިދާނެ ހެއްޔެވެ؟ އެއްވެސް އިހުސާސެއް މޭރުންނުވާނެހާ ބޮޑަށް ހިތްހަލާކުވެއްޖެއެވެ.
“ކޮންމެ ގޮތަކަށް ކުރެވުނު ކައިވެންޏަކަށްވިޔަސް ވަރިއަކީ ބައްޕައަށް ބަލައިގަނެވޭނެކަމެއްނޫން… އެކަމަކު ބައްޕައަށް ވިސްނާނުލާ ހެދިފައިވާ ގޯސް ރަނގަޅުކުރަން ޖެހިފައި މިއޮތީ… ސެމް… ލައިއާއި ވާހަކަދެއްކުމަށްފަހު ކައިވެނިކުރިއަށްނުދާނެހެން ހީވާނަމަ ދަރިފުޅު ބޭނުންވާގޮތަކަށް ކަންތައްކުރުމަކީ ދަރިފުޅުގެ އަތްމަތީއޮތްކަމެއް… އެކަމަކު ލައިޝާ ވަރިކުރިޔަސް ލައިޝާއަށް އަނިޔާވެރިވެ މަޖުބޫރު ނުކުރާތި….” އެ ޖުމްލަތަކުން އިޝާރު އުއްމީދުކުރިފަދަ ކުލައެއް ޝަޔަމްގެ މޫނަކުން ނުފެނުނެވެ. މާޒީގައި އެ ކައިވެނި ރޫޅާލަން ބޭނުންވެގެން ޝަޔަމް އެތައްވާހަކައެއްދެއްކިއެވެ. އިޝާރުގެ ކުރިމަތީ ގޮތުގައި ހިފެހެއްޓިއެވެ. ނަމަވެސް މިއަދު އޭނާގެ ނިންމުން ބަދަލުވެއްްޖެއެވެ. ލައިޝާއަކީ މިއަދު އޭނަގެ ދިރިއުޅުމެވެ. އޭނަގެ ހިތުގައި ރަނިކަންކުރާ ލޯތްބެވެ.
ދެކެވެމުންދިޔަ ވާހަކަތައް އަޑުއަހަން ހުރެފައި ކޮއްޅަށް ހުންނަން ދަތިވެގެން ޑައިނިންރޫމްގެ ބޭރު ފާރަށް ލައިޝާ ލެގިލިއެވެ. އެސްފިޔަތަކުން ފުރޭނިގެން ކަރުނަތައް ތިިރިއަށް އޮހިގަތްއިރު ރުއިމުގެ އަޑު ބޭރުވެދާނެއަތީ ލައިޝާ އަނގަމަތީގައި އަތްއަޅާބާރުކޮށްލިއެވެ. އަނެއްއަތް ގެނެސް ބަނޑުގައި ޖައްސާލެވުނުއިރު ހިތް ކުދިކުދިވެ އެތިކޮޅަކަށް ފައިބަމުންދަނީހެން ލައިޝާއަށް ހީވިއެވެ. އޭނަ ދެކެން ބޭނުންނުވާ ދުވަސް އެންމެފަހުން އައިސް އޭނައާއި އަރާހަމަކުރީއެވެ. އެދުވަސް ކައިރިވާކަމުގެ އަލާމަތްތައް ފެނިފައިވިޔަސް ޝަޔަމްގެ ހަޔާތުން އަދި ދުވަސްކޮޅެއް ލިބޭނެކަމަށް އޭނަ ހީކުރިއެވެ. އިތުރަށް އެވާހަކަތައް އަޑުއަހާނެހާ ބާރު ހަށިގަނޑުގައި ނެތުމުން އިތުރަށް މަޑުކޮށްލުމެއްނެތި ލައިޝާ ދުވެފައި ގޮސް ސިޑިންއެރިއެވެ.
*** *** *** *** *** ***
އަތުގައި ބިޑިއަޅުވައިގެން ދެ ފުލުހުންގެ މެދަށްވާގޮތަށް އިޝާރު ބަހައްޓައިގެން މިޑޯވިއުއިން ނެރެގެން ގެންދިޔައިރު އިޝާރު ހުރީ އިސްއޮބާލައިގެންނެވެ. ގޭގެ ފެންޑާއިން ނިކުމެވެންދެންވެސް އޭނަ އިސްއުފުލާ ބަލައެއްނުލިއެވެ. އޭރު ޝަލީންއާއި ޝަޔަމް ދޮރުމަތީ މަޑުކޮށްލައިގެން ތިއްބެވެ.
“އިޝާރު…” ކަންފަތުގައި ޖެހުނު އަޑާއިއެކު އިޝާރުއަށް އިސްއުފުލާބަލާލެވުނެވެ. ގޭގެ ގޭޓުން ވަދެގެން އައި އިޔާނާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައިސްފައިވާއިރު އިޔާނާގެ ސުވާލުގެ ނަޒަރު ހުއްޓިފައިވީ އިޝާރުގެ މޫނަށެވެ. އިޔާނާގެ ނަޒަރު ދޮރުމަތީ ތިބި ޝަލީންއާއި ޝަޔަމްގެ މޫނަށް ހުއްޓިގެން ދިޔަވަގުތުކޮޅު އޭނަގެ ހަށިގަނޑު ތުރުތުރުއަޅައިގެން ދިޔައެވެ. އަދި ފުލުސް މީހާގެ އަތުގައި އޮތް ހުުދުކުލައިގެ ކަރުދާސްގަނޑު އިޔާނާއަށް ފެނުނީ ފުރޭތައަކަށް ވުރެ ބިރުވެރިކޮށެވެ. ހިތުގައި ހިނގައިގަތް ބިރުވެރިކަމާއިއެކު ލިބުނު ސިހުމުގެ ބޮޑުކަމުން އިޔާނާގެ އަތުގައި ހުރި ކޮތަޅުތައްވެސް އަތުންދޫވިއެވެ. އެއީ މާޒީގައިވެސް އޭނައަށް ފެނިފައިވީ ދުވަހެކެވެ. ނަމަވެސް މިއަދާއި އެދުވަސް ތަފާތެވެ. ފެންނަމުންދިޔަ ހުރިހާ މަންޒަރެއް އެކުވެ އިޝާރުގެ ކުށްވެރިކަން ސާބިތުކޮށްދޭ ހެކިވެރިއަކަށް ވަމުންދިޔައެވެ.
“އަހަންނަށް މައާފުކުރާތި….” ދެފުލުހަކާއިއެކު އިޝާރު އިޔާނާއި އަރާހަމަވި ޖުމްލަ އިޔާނާއަށް ސާފުކޮށް އިވުނުނަމަވެސް އޭނައަށް ހުރެވުނީ ޖަވާބުދެވޭނޭފަދަ ހާލެއްގައެއްނޫނެވެ. ކައިވެންޏަށްފަހު އެތައްފަހަރު މަތީން އެހިތަށް އަނިޔާދެމުން އައިސްފައި ހިތުގެ ކޫރުމެއްނޭޅި އޮތް ބައިގައި އިޝާރު ވަކިދަމާލި ދަމާލީނޫން ލޭގަނޑު އޮޙޮރާލައިފިއެވެ. އިޝާރުއަށްޓަކައި އޭނަގެ ޒުވާންކަމާއި މުޅި އުމުރު ހުސްކުރުމުން އޭގެ ބަދަލު ލިބުނީ ހިތުން ނުފިލާނޭ ފަދައަކުންނެވެ.
ދެލޯ ކަރުނުން ފުރެމުންދިޔަވަރަކަށް ނޭވާލާން އިޔާނާއަށް ދަތިވިއެވެ. މޭގާ އަތްއަޅާލުމާއިއެކީ އިޔާނާ އުނދަގުލާއިއެކު ފުންކޮށް ނޭވާލާންފެށިއެވެ. އޭރު ނިއްކުރިން ދާތިކިތަށް ވިދަމުންދިޔައިރު އިޔާނާގެ ދެލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ވޭނެވެ.
“މަންމާ…” އިޔާނާ އަރިއަޅައިލި ތަން ފެނުމުން ޝަޔަމްއާއި ޝަލީންއަށް ގޮވާލެވުނީ އެކުއެކީގައެވެ. ބޮޑަށް ހީވީ ހަޅޭލަވައިގެންހެންނެވެ.
*** *** *** *** *** ***
އިރުއޮއްސި ވަގުތުތަކެއް ފާއިތުވެގެންދިޔައިރުވެސް މިޑޯވިއުއަށް ވެރިވެފައިވީ މަރުފަދަ ހިމޭންކަމެކެވެ. އެހެން ރޭރޭ ގަނޑުވަރެއް ފަަދައިން ދިއްލާއަޅާފައި އޮންނަ މިޑޯވިއުއާއި ބަގީޗާވެސް މިރޭ އަނދިރި ކިއްލާއެއް ފަދައެވެ. އިޝާރު ހައްޔަރު ކުރެވުމާއިއެކު މުޅި މިޑޯވިއުގެ ރޫހު ނެތިގެން ގޮސްފައިވާ ކަހަލައެވެ.
އިރުުއޮއްސި ދުނިޔެ އަނދިރިކަމަށް ގެނބިގެންދިޔަަފަހުން ޝަޔަމް އިޔާނާ ކައިރީ އިނދެފައި ގޮސް ކޮޓަރިއަށް ވަދެލިއެވެ. ރޭގަނޑު އިރުއޮއްސުމާއިއެކު ހުދުއަލިތަކުން ލައިޝާ ދިއްލާލައި ކޮޓަރިތެރޭގައިވަނީ އެންމެ ނިދާބޮތްކެއްގެ ފަޑު އަލިކަމެވެ. ލައިޝާނުލައި ކޮޓަރިތެރޭގައިވަނީ ފަޅުކަމެވެ. ޝަޔަމް ވަރުބަލިވެފައި ހުރިވަރުން ސޯފާގައި އޮށޯވެލިއެވެ. ފަޅުކޮށް އޮތް ކޮޓަރިއަށް ނަަޒަރު ހިންގިއިރު ލައިޝާ ހޯދަންކަނޑަނޭޅި ހިތް އެދުނެވެ. މިވަގުތު އޭނަ ވަނީ ލައިޝާ އޯގާތެރިކަމަށް ބޭނުންވެފައެވެ. މި ހިތާމަވެރިވަގުތު އޭނަ ދޫކޮށްލައިފައި ލައިޝާ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ޝަލީން ރޯއަޑަށް އޭނައާއިއެކު ލައިޝާވެސް ތިރިއަށް ފޭބިއެވެ. ނަމަވެސް ފަހުން އޭނައަށް ލައިޝާއެއް ނުފެނުނެވެ. އިޔާނާ ހޭނާރާ އެތައްއިރެއް ފާއިތުވެގެން ދިޔައިރުވެސް ލައިޝާގެ ހަބަރެއްނުވިއެވެ.
ފާހަނައާއި ދިމާލުން ލައިޝާ އޯކާދެމޭއަޑުއިވެންފެށުމާއިއެކު ޝަޔަމް ސޯފާއިން ތެދުވެގެންދިޔަގޮތަށް ކުޑަކޮށް ހުޅުވިފައި ހުރި ފާހަނައިގެ ދޮރު ބޮޑަށް ހުޅުވާލިއެވެ. އޭރު ލައިޝާ އޮތީ މޫނުދޮންނަ ތަށީގެ ދެފަރާތުގައި އަތުން ހިފަހައްޓާލައިގެން ތައްޓާއިދިމާލަށް ގުދުވެއެވެ. ޝަޔަމްގެ ހިޔަނިވެގެން މޫނު ދޮވެގެން ތެދުވިގޮތަށް ޓިޝޫއަކުން މޫނު ފުހެމުން ލައިޝާ ދޮރާއި ކައިރިވީގޮތަށް ދޮރުލައްޕާން އުޅުނެވެ. ނަމަވެސް ޝަޔަމް މާ ހުށިޔާރެވެ. ލައިޝާ ތަޅަށް އަތްފޯރުވާލުމާއިއެކު އޭނަ ދޮރުފަތުގައި އެއްއަތުން ހިފަހައްޓައިފިއެވެ. ޝަަޔަމްގެ އަތްދަށުން ގަދަނުވާނެކަން ޔަގީންވާތީ ލައިޝާ ބަލިޤަބޫލުކުރަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.
“ކީކޭ ޑޮކްޓަރު ބުނީ….” ލައިޝާގެ އަތުގައި ހިފައި އޭނައާއި ދަމައިގަތުމަށްފަހު އެދެމެދުގައި އޮތް ދުރުކަން ކަޑުވާލަމުން ޝަޔަމް ކުރި ސުވާލުން ލައިޝާ ރަނގަޅަށްވެސް ސިހުނެވެ. ޝަަޔަމްގެ މޫނަށް ބަލާލެވުނީ އެކަން ޝަޔަމްއަށް އިނގުނުގޮތެއް ނޭނގިފައި ހުރެއެވެ.
“އިނގުނީ ކިހިނެއްހޭ ނާހާތި… ޑޭމިޓް… އަހަރެން މިއީ ލައިޝާއާއި ވަރަށް ދުރުމީހެއްތަ އެހެންމީހުންގެ ފަރާތުން މަށަށް ހަބަރުތައް އިނގެން…. އައިމް ޔޯރ ހަޒްބެންޑް… ލައިގެ މައްޗަށް އެވަރުގެ ހައްޤެއްވެސް މިހާރު މަށަށް ނެތީތަ؟” ފަހު ޖުމްލައާއިއެކު ޝަޔަމް ހަޅޭލަވައިގަނެފައި ދޮރުފަތަށް އެތިފަހަރެއް ވީއްލާލަން އަތްއުުފުލާލައިފައިވެސް އަތްތިރިކޮށްލިގޮތަށް ދޮރުފަތުގައި ނިއްކުރި ޖައްސާލިއެވެ.
“ލައި ޕްލީޒް… ބުނެބަލަ ވެގެން އުޅޭގޮތެއް… އަހަންނަށް އެއްވެސް ކަމެއް ސިއްރުނުކޮށްބަލަ.. އައި ޑިޒާވްޓު ނޯރ…” ޝަޔަމްގެ އަޑުގައިވީ ތަފާތު އަސަރެކެވެ. އެ ޖުމްލަތަކާއިއެކު ލައިޝާއާއި ދިމާލަށް ބަލާލިއިރު އެ މުށިލޮލުގައި ދަޅައަޅަމުންދިޔަ ކަރުނަތައް ލައިޝާއަކަށް ސިއްރެއްނުވިއެވެ. ލައިޝާ އެއްޗެކޭ ބުނަން އުޅެނިކޮށް ޝަޔަމް އެފުރުސަތު ދިިނުމެއްނެތި ދޮރުފަތުން އަތްދޫކޮށްލިގޮތަށް ދުރަށް ހިނގައިގަތެވެ.
“ސެމް… އަހަރެން ޕްރެގް…” ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ލައިޝާ ބުނެލިވާހަކައިން ޝަޔަމްގެ ފިޔަވަޅުތައް ހުއްޓުނެވެ. ހަށިގަނޑުގައި ދައުރުވެލި އުފާވެރިކަމާއިއެކު ހަށިގަނޑަށް ގެންނާނެ ހަރާކާތެއްވެސް ޝަޔަމްއަކަށް ނޭނގުނެވެ. އޭނަގެ ތުންފަތް ދެފަރާތުން ދެމިގެންދިޔައިރު ޖަވާހިރުކޮޅެއްފަދައިން ލޯވެސް ވިދާލިއެވެ.
އެ ހަބަރާއިއެކު ޝަޔަމްގެ ފަރާތުން އުފާވެރިކަމުގެ ކުލަތައް ދެކެން އުއްމީދުކޮށްގެންހުރި ލައިޝާ ނޭފަތްދަމާލިއެވެ. އެ ބަސްތަކުން ޝަޔަމްގެ ހިތަށް އުފަލުގެ ޒައްރެއްވެސް އިހުސާސްނުވާހާ އެހެރީ ސާފުކޮށް ފެންނާށެވެ. ކައިވެންޏަށް ދެމަފިރިއަށް ލިބޭނެ އެންމެ އުފާވެރި ހަބަރު ލިބުމުން ޝަޔަމް ހިލައިގެ ބުދަކަށްވެއްޖެއެވެ. ޝަޔަމް އުފާވާނެކަމަށް އޭނައަށް އުއްމީދުކުރެވުނީވެސް ކިހިނެތް ހެެއްޔެވެ؟ ޝަޔަމްގެ ފަރާތުން މާބޮޑަށް ކަންކަމަށް އުންމީދުކުރެވެނީ އަދިވެސް އޭނައަށް ޝަޔަމްއަށް ދަސްނުވާތީ ހެއްޔެވެ؟
ލޮލަށް ގިނަވި ކަރުނަަތައް ފުހެލަމުން ލައިޝާ ހިނގާލައިފައި އައިސް ޝަޔަމްއާއި އަރާހަމަވުމާއިއެކު ޝަޔަމް ލައިޝާއާއި ދިމާލަށް އެނބުރިލިއެވެ. އެ މޫނުގެ ކުލަ ނުދެކެން ލައިޝާ ވަގުތުން އިސްޖަހާލިއެވެ. އެންމެ ފަހަރަކު އެ މޫނަށް ބަލާލެވުނުނަމަވެސް ޝަޔަމްގެ ހިތުގެ ހާލަތު އެއްވެސް ފޮރުވުމެއްނެތި ލައިޝާއަށް އިނގުނީހެވެ.
“ސެމް… ޕްލީޒް… އެބޯރޓްކުރަން ނުބުނައްޗޭ… އަަހަރެން ބޭބީ ބޭނުން… ސެމް ބޭނުންވާނަމަ ބޭބީއާއިއެކީ ސެމްގެ ދިރިއުޅުމުން ދުރަށްވެސް ހިނގައިދާނަން… އެކަމަކު ބޭބީ ލޫޒްވެއްޖެއްޔާ އަހަރެން މަރުވެސްވެދާނެ… ޕްލީޒް….” ލައިޝާ އިސްޖަހާލައިގެން ހުރެ ވާހަކަދައްކަނިކޮށް ޖުމްލަތައް މެދުކެނޑުނީ ޝަޔަމް އޭނަގެ ދެކޮޮނޑުގައި ހިފައި ތަޅުވައިގަތުމުންނެވެ. ވަގުުތުން އިސްއުފުލާ ބަލާލެވުނުއިރު ޝަޔަމްގެ މޫނާއި އޭނަގެ ނަޒަރު ހަމަވިއެވެ. އެ ވަރުގަދަ ބުމަ ގޮށްޖެހިފައިވާއިިރު އެދެލޮލުން ފެނުނީ ލައިޝާގެ ބަސްތައް ޤަބޫލުނުކުރެވިފައިހުރިކަމުގެ އަސަރުތަކެވެ.
“ލައިއަށް ތިކިޔޭ އެއްޗެއް އެބަ އިނގޭތަ؟ ތިއީ އަހަރެންގެވެސް ލެޔޭ… އަހަރެންގެވެސް ދަރިއެކޭ… ލައި ހީކުރަނީ އަހަންނަކީ އަމިއްލަ ދަރިފުޅު މަރާހާ ނުބައިމީހެއްކަމަށްތަ؟ ކީއްވެ ލައި އަހަންނާއިމެދު ތިހާ ގޯސްކޮށް ވިސްނަނީ… އަހަންނަކީ އެހާ ރަހުމުކުޑަ މީހެއްނޫނޭ…” ޝަޔަމްގެ ލޮލަށް ގިނަވަމުން އައި ކަރުނަތަކާއިއެކު ދުރުބަލާލީ އެކަރުނަތައް ލައިޝާއަށް ދައްކަން ބޭނުންނުވާތީއެވެ. ލައިޝާ އޭނަދެކެ ވާ ލޯތްބާއިއެކުވެސް ކުރާ އިތުބާރާއި އޭނައާއި ދެކޭގޮތް މިރޭ ހާމަވެއްޖެއެވެ. މީހަކު ބުނީކީ ނޫނެވެ. އަމިއްލަ ކަންފަތަށް އަޑުއިވުނީއެވެ. އެޖުމްލަތަށް އަޑުއިވުމުގެ ކުރިން ކަންފަތުގެ އިވުން ގެންދެވިނަމައޭ ހާސްފަހަރު ޝަޔަމްގެ ހިތަށް އެރިއެވެ. ލައިޝާ އޭނަގެ ހިތް އިރާލިނަމަވެސް އެހާ އަސަރެއް ނުކުރީހެވެ. އޭނަގެ ލެެއާއި ގުޅުވައިގެން އެގޮތަށް ވާހަކަދެއްކުމަކީ އޭނަގެ ހިތަށް ކެތްވާވަރުގެ ކަމެއްނޫނެވެ.
“އަހަރެންނަށް ކުރެވުނު ކުށް އަހަރެން ޤަބޫލުކުރިން… ލައިގެ ގާތުން މައާފަށްވެސް އެދުނިން… އަހަންނަށް އިނގޭ ބޭރުފުށުން ފެންނަންނެތަސް ލައިގެ ހިތުގައި ޒަހަމްތަކެއް ލައްވާލެވުނުކަން… ލައިއަށް އަނިޔާވެރިވެވުނުކަން… އެކަން ލައިގެ ހިތުން ފުހެލަން އަހަރެން ކިހާ މަސައްކަތެއްކުރަންވީ… ކިހާ ލޯތްބެއްދޭންވީ… އަހަންނަށް ފީލްވަނީ ލައި އަހަންނަށް އިތުބާރުވެސް ނުކުރަނީހެން… ބޭބީއާއި ގުޅުވާފައި އެހެން ބުނިއިރު ހީޒް މައިން ޓޫ… އަހަރެން ލޯތްބެއްނުވާނެތަ ބޭބީ ދެކެއެއް… ލައި އަހަރެން ކުށްވެރިކުރިޔަސް ބޭބީއާއި ގުޅުވާފައި ދެން ތިހެން ނުބުނައްޗޭ… ލައިއަށް އިނގޭތަ އަހަރެން އުފާވީވަރު…. ތިއީ އަހަރެމެން ދެމީހުންގެ ދަރިފުޅޭ…” ލައިޝާގެ މޫނުގައި ދެފަރާތުން ހިފަހައްޓާލަމުން ޝަޔަމް ވާހަކަދައްކަމުން ދިޔައިރު ލައިޝާއަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާންކަމުގެ ނަޒަރަކުންނެވެ. ލައިޝާއަށް ހާއްސަވެފައި ނަޒަރާއި އެ ބަސްތަކުންވެސް އޭނަގެ ހިތް އާޝޯޙުކޮށްލިއެވެ. ޝަޔަމްގެ އަތް ގެންގޮސް ލައިޝާގެ ތުނިބަނޑުގައި ޖައްސާލަމުން ހިނިތުންވެލިއެވެ. އެކުޑަ ހަރަކާތުންވެސް ލައިޝާގެ ހަށިގަނޑުގައި ތަފާތު އިހުސާސެއް ދައުރުވެލިއެވެ. އެލޮލާއި ހަތަރުކަޅި ހަމަވީ ވަގުތުކޮޅު އެލޮލުގައިވީ ކުލަވަރު ބަދަލުވެގެންދިޔައެވެ.
“އެކަމް ސެމް އަހަރެން ވަރި….” އިރުކޮޅެއްވަންދެން ޝަޔަމް ލޮލާއި ކަޅި ވަކިކުރަން ބޭނުން ނުވެފައިހުރެފައި ލައިޝާ ސުވާލުކުރުމާއިއެކު ޝަޔަމް ލައިޝާގެ އަނގަމަތީ އަތްއަޅާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
“ލައި.. ޕްލީޒް… ލައިގެ ދުލުން ތިބަސް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން،… އަހަރެން ދުވަހަކު ލައި ވަރިއެއްނުކުރާނަން… ކޮންމެ ގޮތަކަށް ލައި އަަހަރެންގެ ހަޔާތަށް އަޔަސް އަހަރެން މިއަދު ލައިދެކެ މިވަނީ ހަޤީޤީ ލޯބި… އަހަންނާއި ދުރަށްދާން ނޫޅޭ… ލައިގެ ދުލުން އަހަރެންދެކެ ލޯތްބެއްނުވެޔޭ ފޫހިވެޔޭ ބުނާއަޑު އަހަރެން އަހާފާނަން… އެއީ މިއަދު އަހަރެން ލައިއަށްވުރެ ބޮޑަށް ލައިދެކެ ލޯބިވާތީ… ދެވަނަފަހަރުވެސް ލައި އަހަރެންދެކެ ލޯބިވާވަރަށް ލައިއަށް ލޯބިދެވޭނެކަމުގެ ޔަގީންކަން އޮތީތީ… އެކަމަކު އަހަންނާއި ދުރަށްދާން ބޭނުމެއްނުބުނޭ… އަހަންނަކަށް ކެތެއްނުވާނެ…” ޝަޔަމްގެ އަޑުގައިވީ އަސަރާއި ލޮލުން ފެނުނު ކުލަވަރުންވެސް ލައިޝާގެ ހިތް ވިރުވާލިއެވެ. އެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ އަލުން އެޖުމްލަތައް އަޑުއަހާލަން އެދޭ ހާލުގައެވެ. ޝަޔަމްގެ ދުލުން އެބަސްތައް އަހާލަން އޭނަ ހާދަ އިންތިޒާރެއްކޮށްފިއެވެ. އެތައް އަހަރުތަކެއް އުއްމީދުކުރުމުގައި ދުއްވާލިއެވެ. އޭނަ އުއްމީދުނުކޮށް ހުއްޓާ ޝަޔަމްގެ ހިތުގައި އޭނައަށްޓަކައި ވިންދެއް ޖަހާލައިފިއެވެ.
“ސެމް….” ޝަޔަމްގެ ނަމުންގޮވާލަމުން ލައިޝާ ޝަޔަަމްގެ އަތުތެރެއަށްވަދެ އެ މޭގާއި ބޯއަޅާލެވުނުއިރު އުފާވެރިކަމުގެ ކަރުނަތައް ކޯތާފަތުގައި ބޮސްދޭން ފަށައިފިއެވެ.
“އަހަންނަކަށް ނޭނގެ އަހަންނަށް ލައިދެކެ ލޯބިވެވުނީ ކިހިނެތްކަމެއް… އިނގޭހާވެސް އެއްޗަކީ ވަރަށްބޮޑަށް ލޯބިވެވިއްޖެކަން… ލައިއާއި ނުލާ ދެން އަހަންނަށް ނޫޅެވޭނެކަން… އައި ލަވް ޔޫ ބޭބީ… ލައިގެ ލޯބިން އަަހަރެންގެ ހިތް އަނބުރާލަދީ…” ޝަޔަމް މަޑުމަޑުން ލައިޝާގެ މޫނަށް ބޮސްދިނުމާއިއެކު ލިބުނު އަރާމަކުން ލޯ މެރިގެންދިޔައިރު ކަރުނައިގެ ތެރެއިންވެސް ހިނިތުންވެވުނެވެ. ޝަޔަމްގެ އަޑުން ހާސްފަހަރުވެސް އެ ލަފްޒުތައް އަހާލަން އޭނަގެ ހިތްއެދެއެވެ. ހާސްފަހަރު އެ ލަފްޒުތައް އިވުނަސް އޭނަ ފޫއްސެއްނުވާނެއެވެ.
“ސެމްގެ ދުލުން ތިބަސްތައް އިވޭތޯ އަހަރެން ހާދަ އިންތިޒާރުކުރީމޭ… އަހަރެން ހީކުރީ އަހަންނަށް އެކަނިކަމަށް ލޯބިވެވުނީ… ސެމް ބޭނުންވަނީ އަހަރެން…” ލައިޝާ ވާހަކަދައްކަން އުޅުމާއިއެކު ޝަޔަމް ހުރަސްއެޅީ ލައިޝާ ބުނަން އުޅޭ އެއްޗެއް ވިސްނިގެންނެވެ. އޭރު އެތުންފަތްމަތީ ފުން ހިނިތުންވުމެއް ވިއެވެ.
“ލައި ތިއުޅެނީ ބައްޕަ ދެއްކެވި ވާހަކަ އަޑުއަހައިގެން އަމިއްލައަށް ގޮތް ނިންމައިގެންދޯ… ލައިގެ ފިޔަވަޅުގެ އަޑު އިވުނޭ… މޮޔަ ކުއްޖެކޭ… ދެން ނުރޮއެބަލަ… ނޫނީ އަދަބެއްދޭން ޖެހިދާނެ އިނގޭ… ލޯބިވިޔަސް އަހަރެންގެ ވައިލްޑް ބައެއްހުންނަކަން ލައިއަށްވެސް އިނގޭނެ…” ޝަޔަމް ލައިޝާގެ އުނަގަނޑުގައި ހިފައި ގާތަށް ދަމާލަމުން އެ މޫނަށް ބަލާލި ރަކިކޮށްލާ ނަޒަރުން އެމޫނު ފިނިފެންމަލެއްހާ ރަތްވެގެން އަންނާކަށް މިނެޓެއްވެސް ނުނެގިއެވެ.
“ލަވް ޔޫ މައި ވައިފް… އަހަރެންގެ ހިތާއި ލައި ތިކުޅެލީ އަހަންނަށްވެސް ނޭނގި… ދެވަަނަފަހަރަށް އަހަންނަށް ލޯބި ދަސްވީ ލައިގެ ސަބަބުން… ތޭންކްސް ބޭބީ… ބޭބީއާއިއެކު ލައި ހަމަ ރަނގަޅަށްވެސް އަހަރެންގެ ހިތް މިލްކުކޮށްފި… ލަވް ޔޫ މައި ޓޫ ބޭބީސް….” ޝަޔަމް ލައިޝާގެ ބަނޑުގައި ބޮސްދެމުން ލައިޝާ އަތްދަނޑިމައްޗަށް އުފުލާލުމާއިއެކު ލައިޝާގެ ލުއިލުއިހުނުމުގެ އަޑު ކޮޓަރީގައި ހަރުލިއެވެ. ޝަޔަމްގެ އަތްދަނޑިމަތީގައި ލުއިފަތެއްގެ މިސާލުގައި ލައިޝާ ގެންގުޅުނު ވަގުތުކޮޅަކަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. އޭރު މުޅި ކޮޓަރިތެރޭ ގުގުމާލައިފައިވަނީ ޝަޔަމްއާއި ލައިޝާގެ ލުއި ލުއި ހުނުމުގެ އަޑެވެ. މަޑު ބާލީސްތަކުގެ ތެރޭ ސަކަރާތްޖަހަން އުޅުނުއިރު ދެމަފިރިންގެ މޫނުމަތިން ފެނުނީ އުފާވެރިކަމުގެ އިންތިހާއެވެ. ދުނިޔޭގެ ހިތާމަތައް ހަނދާންނެތި ހުރިހާ އުފަލެއް މިލްކުވެ ހުރިހާ އުފަލެއް ފަސްބަޔަށް އެޅިފައިވާފަދައެވެ. އެންމެފަހުން ވަރުބަލިވެގެން އެނދުގައި ދިގުދެމެލިއިރު ލައިޝާ އޮތީ ޝަޔަމްގެ އަތުތެރޭގައެވެ.
*** *** *** *** *** ***
އުޑުމަތީގައި ބޯވިލާތައް ހެދިފައިވުމާއިއެކު ނިކަން ހިތްފަސޭހަ ވައިރޯޅިތައް ޖެހި މާހައުލު ފިނިވެފައިވިއެވެ. އޯކިޑް އަދި ފިނިފެންމަލުގެ މާވަށިތަކުން ފެންޑާގެ ޒީނަތްތެރިކަން އިތުރު ކޮށްލައިފައިވެއެވެ. ނައިނާ ކޯރިޑޯގެ ތަނބަކަށް ލެގިލައިގެން އުޑުމަތީ ދައުރުކުރަމުންދިޔަ ވިލާތަކަށް ބަލަހައްޓައިގެން ހުރީ ހުވަފެނީ ގޮތަކަށެވެ. ތަރިތަކުގެ ވިދުންނުވާތީ މާހައުލުގައިވަނީ އަނދިރިކަމެވެ.
ބާރުގަދަ ދެއަތަކުން ނައިނާގެ ހިމަ އުނަގަނޑު ވަށާލެވުމާއިއެކީ ނައިނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ އެއީ ކާކުކަން އިނގިފައެވެ. އުނަގަނޑުގައި ވަށާލެވިފައިވާ ދެއަތްމަތީގައި އަތްބާއްވާލަމުން ހަށިގަނޑުގެ ބަރުދަން ހައިޒަލްގެ ގަޔަަށް ދޫކޮށްލަމުން ނައިނާ ލޯމަރާލިއެވެ.
“ތޭންކްސް…” ހައިޒަލްގެ ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމާއިއެކު ނައިނާގެ ހިތުގެ ތެޅުންވެސް ބާރުވެގެންދިޔައެވެ.
“ތޭންކްސް އަހަރެންގެ މަންމަ އެހާ ރަނގަޅަށް ބަލައިދިނީމަ… ނެއިންގެ އާންޓް އެންމެ ފަހުން މިވީ މަގޭ މަންމައަށް އިންޓްރަސްޓިންއެއްނޫންތަ… ހިއެއްނުވޭތަ އަހަރެމެންނަކީ ޑެސްޓިނީގައިވެސް ގުޅެން ތިބި ދެމީހުންނެކޭ… މައި ސެލްފޯން….” މާޒީގެ ހަނދާންތައް ހައިޒަލްގެ ތުންފަތްމައްޗަށް ވެރިކުރުވި ހިނިތުންވުމާއިއެކު އެތަށްދުވަހެއްފަހުން އެ ނަމުން ކިޔާލިއެވެ.
“އެހެންނުކިޔަބަލަ ހައި… ކިޔަައިފި އެއްޗެއް ހަނދާންނެތޭގޮތެއްވެސް ނޯވޭތަ….” ނައިނާ ހައިޒަލްއާއި ދިމާލަށް އެނބުރުނުގޮތަށް އެމޭގައި ގޮށްމުށުން ޖެހިއެވެ. އެ ބަސްތަކުން އެކަނިވެސް ނައިނާގެ މޫނު ޗެރީއެއްހާ ރަތްވިއެވެ. އޭރު ހައިޒަލްއާއި ދިމާލަށް އެވަރަށް ހަޅޭލަވައިލާފައި ގަދަކޮށްލައިފައި އުޅުނުއިރު މި ދުވަސް އަންނާނެކަމަކަށް ނައިނާ ހިޔެއްވެސް ނުކުރެއެވެ. ހައިޒަލްގެ ބޮޑާ މިޒާޖު އަދި ޖެއްސުން ބޮޑުކަމުން ނައިނާ އެންމެ ފުރަތަމަ ދުވަހު ނަފްރަތު ކުރިއިރު އެ ނަފްރަތު ލޯތްބަށް ބަދަލުވެދާނޭކަމަށް ހިޔާލެއްވެސް ނުކުރެއެވެ. ފަހުން ފަހުން ހައިޒަލް ސިއްރުތަކާއި ދުނިޔެއަށް ވަންހަނާކުރާ ސިފަތައް ފެނި އެހިތް ހައިޒަލްއަށް ލެބިގެންދިޔައީ ނައިނާ އެކަމަށް އުއްމީދުވެސް ނުކޮށްހުއްޓައެވެ. އޭރުގެ އެ ރުޅިވެރި އަރާރުންވުންތަށް ވީ ލޯބީގެ ބައެއްކަމުގައެވެ.
“ހެހެ…ނުދައްކަންވެގެން އުޅުނު އާންޓްވެސް ފެނުނީދޯ… ނެއިން… ޔޫ އާރ ޑަން ފޯރ ޝުއަރ… މަންމަ ފެވާރ ކުރާނީ މަށަށްދޯ… ދެން އަހަންނާއި ދުރުން އުޅެން ދައްކާނެ ކޮން ބަހަނާއެއް މިލިޓްލް މައިންޑްގައި އެނބުރެނީ…” ހައިޒަލް ނައިނާއާއި ދިމާލަށް ލާނެތްކަމުން ފުރިގެންވީ ނަޒަރަކުން ބަލާލަމުން ނިއްކުރީގައި ފުށްޓަތްކެއް ޖަހާލިއެވެ.
“ހައިގެ ސިފައިގައި ގޯސްޓެއް އައިސްގެންއުޅޭ ދުވަސްކޮޅެއްތަ؟” ނައިނާ ހީނގަތްފައި ހައިޒަލްގެ އަތުގައި ހިފަހައްޓާލިއެވެ. ނައިނާ ހަދާލިގޮތަކުން އެ މަޑު އަތްތިލަ ހައިޒަލްގެ އަތާއި ލާމެހިގެންދިޔައެވެ. ހައިޒަލްވެސް ނައިނާގެ އަތުން ދޫކޮށްލާކަށްނޫޅުނެވެ. ނައިނާ ކޮށްލި ސުވާލުގެ ޖަވާބު ހައިޒަލް ދިނީ ލާނެތް ހިނިިތުންވުމަކާއިއެކު އެހާ ލާނެތް ބަސްތަކަކުންނެވެ.
“މި ހައިގަނޑު މިހާރު ވަރަށް ގޯސްވެއްޖެ… ކޮންތާކުން މާމޮޅެތި ބަސްތައް ދަސްކޮށްގެން ތިއުޅެނީ…” ނައިނާ ސަކަގޮތަކަށް ބުނެލަމުންވެސް ދެލޯ އަޅާލިއެވެ. ވަގުތުން ހައިޒަލްއާއި ދުރުވެލުމުން އެއަތުގައި ހިފަހައްޓާ ދަމާލިގޮތުން ނައިނާ އައިސް ލައްވީ ހައިޒަލްގެ މޭމަތީގައެވެ. ހައިޒަލްގެ ޓީޝާޓް ނައިނާގެ އަތުތެރެއަށް ބޮޑިވެގެންދިޔަވަގުތުކޮޅު ނައިނާ އިސްއުފުލާ ބަލާލިއެވެ. އެ ބާރުމިނުގައި ދުރުބަލާލީ ހައިޒަލްގެ ލޮލުގެ ބާރުން އޭނަގެ ނަފްސު އަމިއްލަ ބާރުގެ ދަށުން ވީއްލާލާނެކަން ޔަގީންވާތީއެވެ.
“ހައި… އަދިވެސް ހުވަފެންތައް ފެނޭތަ؟” ހައިޒަލްގެ އަތުގެ ދިގުމިނަށް އިން ލަކުނުމަތީގައި އިނގިލި ހިންގާލަމުން ނައިނާ ސުވާލުކުރިއެވެ. އަތްކުރު ޓީޝާޓެއްގައި ހުރުމުން މިރޭ އެ ލަކުނު އިނީ ފެންނާށެވެ. މިހުރީ ދުވަހު ހައިޒަލް އަތްދިގު ޓީޝާޓު އަދި ކޯޓްއިން އެލަކުނު ފޮރުވައިގެން އުޅެފިއެވެ. އެއީ އެދުވަހުގެ ހަނދާނެވެ. ސަލާމަތްވުމުގެ ތެރޭގައި ހައިޒަލްގެ ހަށިގަނޑުގައި ލެވުނު ޒަޙަމްގެ ލަކުނެވެ.
“މިހާރު ދުވަސްކޮޅެއްވެއްޖެ ނުފެންނަތާ… އެންމެފަހުން ފެނުނީ ޝަލީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އުޅެނިކޮށް… މިހެންހުރެފައި ފެންނަންވެސް ފަށާފާނެ… އެކަމަކު އެކަމާއި ކުރިމަތިލާހާ ހިތްވަރު އަހަރެންގެ ހިތްވަރު އެބަހުރި… އެއީ އަހަރެންގެ މާޒީ… އަހަރެންގެ ހަނދާންތަކުގެ އެއްބައި އަދިވެސް ނާދޭ… އެހާ ދުވަސްފަހުން ހަނދާންވީއިރު ހުރިހާކަމެއް ހަނދާނަށް ނާންނާނެކަން އިނގޭ… ނައިއަށް އިނގޭތަ… އަހަރެންގެ ހުވަފެންތަކާއި އެ ހަނދާންތަކުން އަރައިގަންނަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ ތިއީކަން… ނެއިން އަަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލީ… އަހަރެންގެ ދިރިއުޅުން މިދުވަސްދެކޭނެއޭ ދުވަހަކު ހީނުކުރަން… ތޭންކްސް ބޭބީ… ތޭންކްސް ފޯރ ކޮމްޕްލީޓިން މީ…” ރަތްވެފައިވާ ނައިނާގެ މޫނާއި ނަޒަރު އަމާޒުކޮށްލައިގެން ހުރެ ހައިޒަލް އެކަންފަތަށް ވިރުވާފައި އަޅާލި ކޮންމެ ޖުމްލައެއްގައިވީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އެއިން ކޮންމެ ޖުމްލައަކުން ހާމަކޮށްދީ ހައިޒަލް ނައިނާދެކެ ވާލޯތްބެވެ. ނައިނާ ހަމައެކަނި އޭނަގެ ހައްގެކެވެ. ހިތުގައި އުފެދިފައިވާ ލޯބި ކަނޑުވާލުމަކީ ދެން އެއްވެސް ކުރެވޭނެކަމެއް ނޫނެވެ. މަޑުމަޑުން ލޯބިވެވެމުންގޮސް ނައިނާ އޭނަގެ މުޅި ދިރިއުޅުންކަމުގައިވެއްޖެއެވެ.
މަޑު މިޔުޒިކެއްހާ ހިތްގައިމުކޮށް އިވުނު އެޖުމްލަތައް އަޑުއަހަން ހުރެފައި ނައިނާ ހައިޒަލްގެ އަތުގެ ތެރެއަށް ބޮޑިވެލިއެވެ. އެމޭގާއި ބޯއަޅާލިއެވެ. އޭރު ފެންޑާގެ ވަަށައގެންވީ ގަސްތައް އެދެލޯބިވެރިންގެ ލޯބީގެ ދުނިޔެ ފުރިހަމަކޮށްދެމުން ލަވަ ކިޔަމުންދިޔައެވެ. މަޑުމަޑުން ޖެހެމުންދިޔަ ވައިގައި ހިފާލައިފައިވަނީ މާތަކުގެ ލުއިވަހެވެ. ދެލޯބިވެރިންނަށްވާ ހިތްފަސޭހަ މާހައުލެކެވެ.
*** *** *** *** *** ***
ރޭގަނޑުގެ ކެއުމަށްފަހު އިޔާނާއަށް ބޭސްދީފައި ޝަޔަމް ކޮޓަރިން ނިކުމެގެން އައިރު ލައިޝާ ހުރީ ލިވިންރޫމްގެ ސޯފާތަކުގެ ކުރިމަތީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޝަޔަމް ފެނުމާއިއެކު ހަލުވި ހިނގުމެއްގައި އައިސް ޝަޔަމްގެ އަތުގައި ހިފެހެއްޓިއިރު އެ މޫނުމަތީގައިވީ ހާސްކަމެވެ. ހިސާބަށް ލޮލަށް ކަރުނަ ޖަމާވެފައިވިއެވެ.
“ލައި… ކިހިނެތްވީތަ؟” ޝަޔަމް ކަންބޮޑުވާގޮތްވިއެވެ. ވަގުތުން ލައިޝާގެ މޫނުގައި ހިފަހައްޓާލިއިރު އެލޮލަށް ގިނަވަމުންދިޔަ ކަރުނަތަކުން ޝަޔަމްގެ ހިތްވެސް އުއްކޮޅެއްފަދައިން ވިރުވާލިއެވެ.
“މަންމަ އެބަ ވަރަށް ގިނައިން ގުޅާ… ސެމްއަށް އިނގެއެއްނު މަންމަގެ ގޮތް… އަހަރެން ބިރުގަންނަނީ ސެމްއާއި ދުރަށްދާން މަންމަ މަޖުބޫރުކޮށްފާނެއަތީ…” ވާހަކަދައްކަމުންދިޔަވަރަކަށް ލައިޝާގެ އަޑުކުރެހެމުން ދިޔައެވެ. ލައިޝާދެކެ ވީނާ ވާ ލޯތްބާއިއެކުވެސް ވީނާގެ ބުރުސޫރަ ރީތިކުރަން ގެންގުޅޭ އާލާތަކަށް ލައިޝާ ހަަދައިގެން ގެންގުޅެނީ އެންމެ ފުރަތަމަ ދުވަހުއްސުރެއެވެ. ލައިޝާގެ އުފަލަށްވުރެ ވީނާގެ އަހައްމިއްޔަތު ކަން ދެވިފައި ހުންނާނީ އަމިއްލަ ޤަދަރާއި އިއްޒަތަށެވެ. އިޝާރު ބަންދު ކުރެވުމާއިއެކު އަމިއްލަ އިއްޒަތް ރައްކާތެރިކުރުމަށް ވީނާ ފައިމުޑި ވިއްދާލާނެކަން ލައިޝާއަށް ކުރިންވެސް އިނގުނެވެ. ޒުވާންވެ ތަސައްރަފު ފުދުނަސް ލައިޝާގެ ނިންމުންތައް ނިންމުމުގެ ބާރު އޮންނަނީ ވީނާގެ އަތުގައެވެ. އަމުދުން ޝަޔަމްއާއި ބެހޭކަންތައްތަކުގައެވެ. ކައިވެންޏަށް ޝަޔަމް އިންކާރުކުރިދުވަހުން ފެށިގެން ޝަޔަމްއާއި ދިމާލަށް ރުހުމުގެ ލޮލަކުން ބަލާލުމަކީވެސް ވީނާ ކުރިކަމެއްނޫނެވެ. ދެވަނަ ފަހަރަށް ލައިޝާގެ ކައިވެނި ޝަޔަމްއާއި ހަމަޖެހިގެންދިޔުމާއިއެކު އޭނައަށް ވެވުނުގޮތަށް ކައިވެންޏަށް ދެކޮޅުހަދާފައިވެސް ވީނާ މައިތިރިވި ސަބަބު ރަސަލްއަށް ނޭނގުނަސް އޭނައަށް ރަނގަޅަށް އިނގެއެވެ.
“ހޭއި… ނުރޮއެބަލަ… އަހަންނާއި ލައި ވަކިކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެކަމެއްނޫނޭ… ލައި އަހަންނާއިއެކީ އުޅެން ބޭނުންވާހާ ހިނދަކު އެކަކަށްވެސް އަހަރެމެން ދުރެއް ނުކުރެވޭނެ… އަހަރެން ޔަގީންކުރަން މިހުރިހާކަމަކަށްފަހުވެސް ލައި އަަހަރެންދެކެ ވަމުން އައި ލޯތްބަށް ބަދަލެއް ނާންނާނެ ކަމަށް…” ލައިޝާގެ ދަތްދޮޅިދަށަށް އިނގިލި ލައްވާ ހިއްލާލަމުން އޭނަގެ ލޮލާއި ނަޒަރު ހަމަކުރުވަމުން ޝަޔަމް ވާހަކަދެއްކިއެވެ. އެ ރީތި ލޯ ތެންމަމުންދިޔަ ކަރުނަތައް އިނގިލިތަކުން ފުހެލަދެމުން ލައިޝާގެ ލޮލުގައި ޝަޔަމް ތުންފަތް ޖައްސާލިއެވެ.
“މަންމައަށް ސެމްއަކީ ޓްރޮފީއަކަށްވިޔަސް އަހަރެން ސެމްދެކެ ލޯބިވަނީ ސެމްގެ ހުރިހާ ސިފަތަކާއި އެކުގައި… ސެމްގެ ދުލުން ލޯބިވާކަމަށް އެއްބަސްވުމަށްފަހުގައި އަހަރެން ސެމްދޫކޮށްލާފައި ދާނެހެން ހީވޭތަ… ނޫން… އަހަރެން ތިހާ ލޯބިވާ އިންސާނެއް ނުވާނެ…” ލައިޝާ ޝަޔަމްގެ އަތުތެރެއަށް ވަތްގޮތަށް އެ ބައިމަތި ފުޅާ ހަށިގަނޑުގައި ދެއަތްވަށާލިއެވެ. މިއީ އޭނަގެ މުޅި ދިރިއުޅުމެވެ. ދުވަހަކު ދޫކޮށްލާފައި ދާން ބޭނުންނުވާ ހަޔާތުގެ ބައިވެރިޔާއެވެ. ނުއުފަން ދަރިފުޅުގެ ބައްޕައެވެ.
ޝަޔަމްއާއި އޭނަގެ ދިރިއުޅުމަށް ބަހާރު މޫސުމް އައުމާއިއެކު ހަރީފުގެ ކުލަތައް ދައްކާލަން ވީނާ ތައްޔާރުވެއްޖެއެވެ. އޭނަގެ ދިރިއުޅުމަށް އެތައް އަހަރެއްފަހުން ލިބުނު އުފާތައް ފެނަށް ހަދާލަން ވީނާ އަތުކުރި އޮޅާލިއެވެ. ނަމަވެސް އޭނަ މިފަަހަރު މަންމައަކަށް ދުލެއްނުކުރާނެއެވެ. އޭނައާއި ޝަޔަމް ދެން ވަކިކުރަންޖެހޭނީ އޭނަގެ ހަށިގަނޑާއި ފުރާނަ ދެތަންކޮށްފައެވެ.
*** *** *** *** *** ***
ޑޯ ބެލްގެ އަޑާއިއެކު ދޮރުހުޅުވާލަން ދިޔަ ލޫސީއަށް ވުރެ ކުރިން ސޯފާގައި އިން ވީނާ އުންޑައެއްހާ ހަލުވިކޮށްގޮސް ދޮރުހުޅުވާލިއެވެ. އެ މަންޒަރު ބަލަން ހުރި ވިޝާކާއަށް ދެފަރާތަކަށް ބޯހޫރާލެވުނެވެ. މެންދުރުއްސުރެ ވީނާ އުޅެމުންދާގޮތުން އޭނަގެ ބޮލުގައި ރިއްސާލައިފައިވެއެވެ. އިޝާރު ހައްޔަރު ކުރެވުމާއިއެކު ވީނާ އުޅެންފެށިގޮތުން ވީނާ އުޅެނީ ސަހަލުކަމަކައިގެން ނޫންކަން އޭނައަށް ރަނގަޅަަށް އިނގުނެވެ. އެއްބަނޑު ކޮއްކޮގެ އަމަލުތަކުން ގޮތް ނިންމަން ނޭނގޭހާ އޭނަ މޮޔައެއްނޫނެވެ.
ދޮރުހުޅުވާލިގޮތަށް ބަހެއްވެސް ބުނުމެއްނެތި ދޮރު މަތީ ހުރި ލައިޝާގެ އަތުގައި ހިފާ ދަމަމުން ވީނާ ސިޑިއާއި ދިމާލަށް ދިޔައިރު އެތެރެއަށް ފިޔަވަޅެއް އަޅާލަން ނުކެރިފައި ހުރި ޝަޔަމް ފެންނަކަމަށްވެސް ހަދައެއްނުލިއެވެ. ވީނާގެ ލޯމައްޗަށް ޝަޔަމް ފަރުދާވެފައިވާފަދައެވެ.
މަތީބައިގެ ބެލްކަންޏަށް ނިކުތްގޮތަށް ވީނާ ލައިޝާގެ އަތުން ދޫކޮށްލަމުން ދޮރުކަނީގައި އަތްވިއްދާލިއެވެ. އެއާއިއެކު ފުންނޭވާއެއް ދޫކޮށްލިއެވެ.
“ދެން ދަރިފުޅު ހުންނާނީ މިގޭގައި.. މަންމަ ކައިރީގައި… މަންމަ ރޭޝްމާން ފޮނުވައިގެން ދަރިފުޅުގެ ސާމާނުތައް ގެންނާނަން… ވަރީގެ ކަންތައް ނިމުނުހާ އަވަހަށް އަހަރެމެން މެލޭއަށް ބަދަލުވާނީ…” ވީނާ ހުރީ ލައިޝާގެ ލަފައަކާއިވެސް ނުލާ ހުރިހާ ކަމެއް ނިންމައިގެންނެވެ. ވަރި އެލަފްޒާއިއެކު ލައިޝާ ސިހުނުވަރުން ކޮއްޅަށް ތެދުވެވުނީ ވީނާ އޭނަގެ މޫނުގައި ހިފަހައްޓާލައިގެން ހުރި އަތް ފޮޅުވާލައިފައެވެ.
“ވަރި… މަންމަ އަހަރެންގެ ލަަފައަކާއިނުލާ އެހިސާބަށްވެސް ކަންތައް ގެންދިޔައީތަ؟ އަހަންނަކީ ޝަޔަމްގެ އަންހެނުންނޭ މަންމާ… މަންމައެއްނޫން އަހަރެން ވަރިކުރުވާނީކީ…. މިހާރު އަހަރެމެން ހަމަޖެހިގެން އުޅެން ފެށީމަތަ މަންމަ ވަރީގެ ވާހަކަ ތިފެށީ….” ރުޅިންގޮސް މުޅި ހަށިގަނޑުގައި ހުޅުހިފައިފާނެހެން ހީވިއިރުވެސް ލައިޝާ ކެތްތެރިވެލިއެވެ. އޭނަގެ ކުލައެއްނެތް ކައިވެނީގައި ކުލަޖެހެންފެށުމާއިއެކު މަންމަ އަތުކުރި އޮޅާލައިގެން އެހުރީ އޭނަގެ ކައިވެނި ރޫޅާލާށެވެ.
“ލައި… މަންމަ ދަރިފުޅަށް ރަނގަޅަށޭ މިގޮތަށް މިވާހަކަ ދައްކަނީ… މިހުރިހާކަމަކަށްފަހު ޝަޔަމްއަށް އަމިއްލަ ފައިމައްޗަކަށް ނުތެދުވޭވޭނެ… އޭނައާއިއެކީ ހަލާކަށް ވެއްޓެން ދަރިފުޅު އުޅޭނޭކަމެއް ނެތް… ލައިއަށް އަދިވެސް ޝަޔަމްއަށްވުރެ ރަނގަޅު މީހުންވާނެ…” ވީނާ އޭނަގެ ވިސްނުން ލައިޝާގެ ބޮލަށް ވެއްދޭތޯ މަަސައްކަތްކުރިއެވެ.
“އަހަންނަށް ރަނގަޅަކަށް ނޫން… އެހެންނޫންނަމަ ޝެމްގާތުން ވަރިވާކަށް މަންމަ ނުބުނާނެ.. އަހަރެން ކައިވެނިކޮށްގެން މިއުޅެނީ އެސް އައި ކޮމްޕެނީއާއިތަ ނޫނީ މުހައްމަދު ޝަޔަމް އިޝާރުއާއިތަ؟ ކޮމްޕެނީ އަޑިއަޅާލީމަ އަހަރެން ވަރިވާންވީ… ދެން ކާކު… ކޮންކޮމްޕެނީއެއްގެ ސީއީއޯއެއް.. ނޫނީ ވާރުތަވެރިއެއް ތައްޔާރުގައި ހުރީ… އަހަރެންގެ ކައިވެނިން މަންމަ ވިޔަފާރިކުރަން ނޫޅޭ… އަހަންނަކީ ބޮޑުއަގުދޭ މީހަކަށް ވިއްކާލަން ތައްޔާރުކޮށްފައި އިން ހިއްސާއެއްނޫނޭ…” ލައިޝާ ރުޅިންގޮސް އަމިއްލަ ނަފްސު މައިތިރިނުކުރެވުނުއިރު ލޮލުން ކަރުނައައެވެ.
“މަންމާ ޕްލީޒް… މަންމަ ތިއުޅެނީ ޝަަޔަމް ކަންތައްކުރިގޮތުން ހިތްހަމަނުޖެހިގެންނެއްނޫން… މަންމަ ދެކޮޅުހަދާފައި އެންމެފަހުން އެއްބަސްވީ ސަބަބު ހަމަ ރަނގަޅަށް އިނގޭ… މަންމައާއި ސެމްގެ ބައްޕައާއި ދެމެދު މަންމައަށް ފާއިދާވާނެހެން މުއާމަލާތެއް ހިނގީނު… މިއަދު މަންމައަށް ގެއްލުން ވެދާނެއަތީ އަހަރެން އެހެންދިމާލަކަށް ދާންވީ…. އަހަރެންގެ ދިރިއުޅުމުގެ ނިންމުންތައް ނިންމަން މަންމަ ނޫޅެބަލަ… އަހަރެން ދުވަހަކު ޝަޔަމް ގާތުން ވަރިއެއްނުވާނަން… އަމުދުން މިހާރު… އަހަރެން މިއިނީ ޝަޔަމްގެ ދަރިއަކަށް ބަލިވެޔޭ މަންމާ…” ކިތަންމެ މަޑުބުނެލިޔަސް ލައިޝާގެ އަޑުން ގޮތްދޫނުކުރާނެ ކަމުގެ އަސަރުތައް ފާޅުވިއެވެ. ވީނާގެ ސިއްރު ލައިޝާއަށް އިނގިގެން ވީނާއަށް ލިބުނު ހައިރާން ކަމަށްވުރެ ފަހު ޖުމްލަ އިވިފައި ހިތަށްވީގޮތް މާ ނުބައެވެ. ވަގުތުން މޫނު ހަދާލެވުނެވެ.
“ހެވޭ… ޝަޔަމް ނެތަސް އަހަރެމެންނަށް ދަރިފުޅު ބެލިދާނެއޭ… ވިހާ ގަދަވީމަ ލައިޝާ އެހެންމީހަކާއި އިންނާނީ…” ވީނާގެ ފަހުގެ ނިންމުން އިވިފައި ލައިޝާގެ ލޭ ހޫނުވެ އަތްމުށްކެވުނެވެ. ވީނާއާއި ދިމާލަށް ބަލާލެވުނީ އެ ބަސްތައް ޤަބޫލުނުކުރެވިފައެވެ. އޭނަގެ ދަރިފުޅުގެ މުސްތަޤުބަލަށްވުރެ ވީނާއަށް މުހިންމީ އަމިއްްލަ ޤަދަރު ހެއްޔެވެ؟
“ވީނާ…” ލައިޝާއަށް ބަހެއްނުބުނެވެނީސް ރަސަލްގެ ބާރު އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ. ވީނާއާއި ލައިޝާއަށް ސިހިފައި ބަލާލެވުނީ ރަސަލްއާއި މުޅިން ބީރައްޓެހި އަމަލެއް ފެނުމުންނެވެ. އެންމެ ކައިރިއަށް ހުރި ކޮޓަރިން ރަސަލް ނިކުމެގެންއައިރު ރުޅިދުރުވެފައި ހުރިލެއް ބޮޑުކަމުން ވީނާއަށްވެސް ބަހެއްބުނާކަށް ނުކެރުނެވެ.
“ވީނާގެ ވިސްނުން ތިހުންނަގޮތަކުން އަހަރެން ހައިރާންވަން… އަމިއްލަ ދަރިފުޅާއިއޭ ތިވާހަކަދައްކަނީ… ޝަޔަމްއަކީ އަހަރެމެންގެ ދަރިފުޅުގެ ފިރިމީހާއޭ… ތިމޭރުމުން ވާހަކަދެއްކުމަކީ ކިހާ ވިޔާނުދާކަމެއް… ލައިޝާއަށް އަހަރެމެން ނަސޭހަތްދޭންވީ ވަރިނުވެ ރަނގަޅަށް އުޅޭކަށްނޫންތަ؟ އަމިއްލަ ދަރިފުޅު ގާތުން ވަރިއަށްއެދޭށޭ ކިޔަން ވީނާ ލަދުގަންނަން ޖެހޭނެ… އަަހަރެމެންނަށް މުހިންމީ ލައިޝާގެ އުފާވެރިކަން… މީހުން ކިޔާނެ އެއްޗިއްސެއް ނޫން… ޝަޔަމް ކަންތައްކުރިގޮތަށްފަހު ދެވަނަ ފަހަރަށް އަމިއްލަ ދަރިފުޅު ޝަަޔަމްގެ އަތްމައްޗަށް ދޫކޮށްލާކަށް އެއްވެސް ބަފައަކު ބޭނުމެއްނުވާނެ… އެކަމަކު އަމިއްލަގޮތުގައި ހިފަހެއްޓުމަށްވުރެ ބޮޑަށް އެދުވަހުވެސް އަހަރެން އިސްކަންދިނީ ލައިޝާގެ އުފަލަށް… މިއަދުވެސް ހުރިހާކަމަކަށްވުރެ އަހަންނަށް މުހިންމީ ލައިގެ އުފާވެރިކަން….” ރަސަލްްގެ ވާހަތަކުން ވީނާވެސް ހިމޭންވިއެވެ. އޭނައަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފައި ކަހަލަ ގޮތަކަށެވެ.
“ލައި.. ދަރިފުޅު… މިއީ ދަރިފުޅުގެ ދިރިއުޅުން… ދަރިފުޅުގެ ނިންމުންތައް ނިންމަދޭނީ ބައްޕައެއްނޫން އަދި މަންމައެއްވެސް ނޫން… ދަރިފުޅު އަމިއްލައަށް… ބައްޕައަށް ޔަގީންކަން އެބައޮތް ފަހުން ހިތާމަކުރަންޖެހޭކަމެއް ލައި ނުކުރާނެކަމުގެ… އެއްވެސް މީހަކަށް އިތުބާރުނުކުރާވަރަށް ބައްޕަ ލައިއަށް އިތުބާރުކުރަން… ފިރިއެއްގެ ގޮތުގައި ދަރިފުޅު ޝަޔަމް ޤަބޫލުކުރާހާ ހިނދަކު ދަރިއެއްގެ ގޮތުގައި ބައްޕަ ޝަޔަމް ޤަބޫލުކުރާނަން…” ލައިޝާގާތަށް ހުއްޓެމުން އެ މޫނުގައި އެއްއަތުން ހިފާލަމުން ރަސަލް ވާހަކަދެއްކިއެވެ. ލައިޝާއަށް ބައްޕައާއިދިމާލަށް ބަލާލެވުނީ ޝުކުރާއި ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އޭނަ ބޭނުންވާގޮތް ދެނެގަންނަން މަންމަ ވީނާއަށްވުރެ ރަނގަޅަށް އޭނަގެ ބައްޕަ ރަސަލްއަށް އިނގެއެވެ. ބައްޕައަކީ އޭނަގެ ހީރޯއެވެ. މިވީހާތަނަށް މަންމަގެ މަޖުބޫރުކުރުންތަކުން ބައްޕަ އެތައްފަހަރަކު އޭނަ ސަލާމަތްކޮށްދީފައިވެއެވެ.
“މިކަމާއި ބެހޭގޮތުން ވީނާ ދެން އެއްވެސް އެއްޗެކޭ ބުނެގެންނުވާނެ… މަޖުބޫރުކޮށްގެން ކަންކަންކުރުވަން ލައިއަކީ ނުވިސްނޭވަރު ކުޑަކުއްޖެއްނޫން… ޝަޔަމްއަކީވެސް އަހަރެންގެ ދަރިއެއް…” ވީނާ ވާހަކަދައްކަން އުޅެނިކޮށް ދޫ ބަންދުވީ ރަސަލްގެ ފަހު ނިންމުން އަޑުއިވިފައެވެ. އެއާއެކު ވީނާ ރަސަލްއާއި ދިމާލަށް ބަލާލީ ރަސަލްގެ ނިންމުމާއިމެދު ހިތްހަމަނުޖެހިފައި ހުރެއެވެ. ލައިޝާގެ އެއްވެސް ކަމެއްގައި ރަސަލްގެ މައްޗަށް އޭނަގެ ބަސް ނުވިކޭނެކަން މާކުރިންވެސް ވީނާއަށް އިނގެއެވެ. ރަސަލްއާއި ޒުވާބުކުރަން ބޭނުންނުވާތީ ހިތްހަމަނުޖެހިފައި ހުރެވެސް ވީނާ ދުރަށް ހިނގައިގަތެވެ.
“ދަރިފުޅު ހާސްނުވައްޗޭ… ބައްޕަ މަންމަ ހަމަޖައްސާނަން… ބައްޕަ ވަރަށް އުފާވެއްޖެ އިނގޭ…” ލައިޝާގެ ބޮލުގައި ފިރުމާލަމުން ރަސަލް ލައިޝާގެ ނިއްކުރިގައި ތުންފަތްޖައްސާލިއެވެ. ލައިޝާގެ ފަރާތުން ލިބުނު ހަބަރާއިމެދު އުފާވިކަން ފާޅުކުރިއެވެ. ކާފަ ދަރިއަކަށް އެދި އޭނަ އިންތިޒާރުކުރާތާ ގިނަދުވަސްތަކެއްވެއްޖެއެވެ. ކާފަދަރީންގެ ހުނުމުގެ އަޑުން ގޭތެރޭގައިވާ ފަޅުކަން ކަނޑުވާލުމަށް ރަސަލް އެދެއެވެ.
ލިބުނު ކާމިޔާބާއިއެކު ލައިޝާ ހިނިތުންވެލިއެވެ. ބައްޕައަށް ޝުކުރުއަދާކުރިއެވެ. މަންމަވެސް ބައްޕަ ވިސްނާގޮތަށް ވިސްނާނެނަމައެވެ. ލައިޝާ އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކުން ދަރީންގެ އުފަލަށް އިސްކަންދިނުމުގެ މުހިންމުކަން މަންމައަށް ވިސްނޭނެކަމަށެވެ. ވީނާގެ ހިތް ބަދަލުކުރަން އޭނަ ހުރީ ނުގުޑާފަދަ އަޒުމެއްގައެވެ.
*** *** *** *** *** ***
މިލީނާއާއި މިޙުރާންއާއިއެކު ކާރަށް އަރާ ދުއްވާލިއިރު މަޔާންގެ ހިތް އަަވަސްވެފައިވީ ހައިޒަލް ގުޅާފައި ދިން ހަބަރަކުންނެވެ. އޭނަގެ ކެތްތެރިކަން ކުޑަވަމުންދިޔައިރު މިލީނާއާއި މިޙުރާންއާއި ދިމާލަށް ބަލާލެވުނީ ނުހަނު ބޮޑަށް ހިނިތުންވެލައިގެން އިނދެއެވެ. މިލީނާގެ ފަރާތުން ކުރިމަތިވާންފެށި ސުވާލުތައް އޮއްބާލަމުން މަޔާން ކާރުދުއްވާލިއެވެ. އޭގެ ކުރިން ޔަޒްދާންއަށް މެސެޖްކޮށްލިއެވެ.
ގޭގެ ބެލްގެ އަޑާއިއެކު ތިރިއަށް ފޭބޭގޮތަށް އިންނަ ސިޑީގެ ރެއިލިންއަށް ލެގިލައިގެން ހުރެ ހައިޒަލް އެކަމަށް އިންތިޒާރުކޮށްގެން ހުރި މީހެއްފަދައިން ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޑައިނިންރޫމްއިން ނިކުމެ ދޮރާއިދިމާލަށް ދިޔަ ހައިލާ ފެނިފައި ހައިޒަލް އޭނަ ހުރި ހިސާބުގައި ހުއްޓިލިއިރު އެ ތުންފަތްމަތީ ސިއްރުވެރި ހިނިތުންވުމެއްވިއެވެ. ދޮރުގެ އަނެއްފަރާތުގައި ތިބި ބަޔަކު އޭނައަށް އިނގޭފަދައެވެ.
ހުޅުވިގެންދިޔަ ބޮޑުދޮރުގެ ނިވަލުގައި ހުރެފައި ހައިލާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ކުރިމަތީގައި ހުރި ޒުވާން ފިރިހެންކުއްޖާއަށް ހުއްޓާލެވުނު ނަަޒަރު އެ ޒުވާނާގެ ފަހަތުގައި ތިބި ދެމަފިރިންނަށް ހުއްޓުމާއިއެކު ހައިލާގެ ލޮލަަށް އުފާވެރިކަމުގެ ކަރުނަތައް ގިނަވެގަތެވެ.
“މިލީ…” ކަންފަތުގައި ޖެހުނު އަޑާއިއެކު މިޙުރާންއާއި ވާހަކައެއްގައި ހުރެފައި މިލީނާއަށް ބަލާލެވުނީ ތެޅިގެންފައެވެ. ކަންފަތަށް އިވުނު އަޑު ޤަބޫލުނުކުރެވިފައި މިލީނާ ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އެއާއިއެކު ކުރިމަތިން ފެނުނު ސޫރައާއިއެކު މިލީނާއަށް ދެތިންފަހަރަކު އެސްފިޔަޖަހާލެވުނީ ލޮލަށް ފެންނަ މަންޒަރުވެސް ޤަބޫލުނުކުރެވިގެންނެވެ.
“ހައި… ތިއީ ހަމަ އަހަރެމެންގެ ހައިތަ؟” ހައިލާގެ މޫނަށް ނަޒަރުހުއްޓާލައިގެން ހުރެ ޖާބީދީފައިވާ ބުދެއްފަދައިން މިލީނާ ފިޔަވަޅުނަގަމުން އައިސް ހައިލާގެ އަތުގައި ހިފަހައްޓާލިއެވެ. އޭރު އެލޮލަށް ކަރުނަތައް އެއްވަމުންދިޔައީ އަހަރުތަކަކަށްފަހު އޭނަގެ ހިތަށް ލިބުނު އުފާތައް ފެނަށްވެގެން ހިނގައިދާނެކަމުގެ ބިރުވެރިކަން ހިތުގައި އުފެދިފައިވާތީއެވެ.
އަރުތެރެ ބެެދެމުންދިޔައިރު ވާހަކަދައްކަން ދަތިވެގެން ޖަވާބެއްގެ ގޮތުގައި ހައިލާ ބޯޖަހާލިއެވެ. އޭރު އެލޮލުން ކަރުނަގަނޑު ފައިބައިގަތްފިއެވެ.
“ހައި…” އިރުކޮޅެއްވަންދެން ހައިލާގެ ބަސް ޤަބޫލުނުކުރާފަދަ ގޮތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު މިލީނާ ރޮއެގަންނަމުން ހައިލާގެ ގައިގައި ހިފައިގަތެވެ. އޭރު ހައިލާއަށްވެސް ރޮވެމުންދިޔައެވެ. އެތަށްދުވަހެއްފަހުން އެކުވެރިޔާ ފެނުމުން އޭނަގެ ހިތަށް އަސަރުތަކެއްކޮށްފިއެވެ. އޭނަގެ ހަނދާނުގައި ފިޔަޖަހާލީ ހަތަރުއެކުވެރިން އެކީގައި ހޭދަކުރި ދުވަސްތަކެވެ. އެއާއިއެކު އަޒްހާން ނެތުމުގެ ފަޅުކަން ހިތަށް އުނދަގޫކުރިއެވެ.
“ސުބްހާނައްﷲ… މިޙުރާން… އަަހަންނަށް މިފެންނަނީ ހަޤީގަތެއްތަ؟” އިރުކޮޅެއްފަހުން ހައިލާގެ ގައިން ދޫކޮށްލިގޮތަށް މިލީނާ މޭގައި އަތްއަޅާލިއެވެ. މިއީ ހަމަ އަސްލަށްވެސް ހަޤީގަތެއް ހެއްޔެވެ؟ ނޫނީ މިއީ ޝައިތާނާ ލޯމައްޗަށް ދައްކާލާ ދަޅައެއް ހެއްޔެވެ؟ އޭރު މިޙުރާންވެސް ހުންނެވީ ހައިރާންވެލެއްވިވަރުން ބުނާނެ އެއްޗެއް ނޭނގިފައި ކަހަލަގޮތަކަށެވެ.
”މަންމާ ހަމަޖެހިބަލަ… ހިނގާ އެތެރެއަށް…” މިލީނާއަށް ޤަބޫލުކުރަން ދަތި ހަބަރާއިއެކު ޝޮކަކަށް ހިނގައިދާނެއަތީ ހާސްވެފައިހުރި މަޔާން ކުރިއަށް ފިޔަވަޅެއް އަޅާލަމުން މިލީނާ ގަޔާއި ކައިރިކޮށްލިއެވެ. ހަރަކާތެއްގެންނަން ނުކުޅެދިފައިވާ މިލީނާގެ ހަށިގަނޑު އަތުލަފިކޮށްގެން ގެނެސް ސޯފާގައި ބޭންދީއެވެ. ހައިޒަލްއާއިއެކު ވަދެގެން އައި ހައިލާގެ ފިޔަވަޅުތައް ވަކި ހިސާބަކަށް މަޑުޖެހުނެެެވެ. ހައިލާގެ ފަސްޖެހުން ފާހަގަކުރެވިގެން ހައިޒަލް ހައިލާގެ އަތުގައި ހިފައިގެން އައިގޮތަށް މިލީނާގެ ގާތުގައި ސޯފާގައި ބޭންދިއެވެ.
“ހައި… ކީއްވެ… މިހުރިހާ ދުވަހު… ދިރިހުރިކަންވެސް އަންގަން ބޭނުންނުވާހާ ދުރުބައެއްތަ އަހަރެމެންނަކީ…” އިސްއުފުލާ ބަލާލިއިރު މިލީނާގެ ލޮލުގެ ތެރޭގައިވީ ކަރުނައާއިއެކު އެލޮލުން ފެނުނީ ޝަކުވާއެވެ.
“ތިހެން ނުބުނޭ މިލީ… އަޒްހާންއާއި އަހަރެންގެ ދަރިފުޅަށްފަހު އަހަންނަށްޓަކައި ތިބިހާވެސް ބަޔަކީ ތިއީ… އަހަންނަށް މަޖުބޫރުވީ… ލޯބިވާފަރާތްތަކާއި ދަރިފުޅާއި ދުރުގައި އަހަރެން ހޭދަކުރީ އުނދަގޫ ދުވަސްތަކެއް… އަހަރެންގެ ސަބަބުން އެންމެންގެ އަމާން ހަޔާތް ހަލާކަށް ވައްޓާލަން ބޭނުންވީ… މިލީއާއި ރާން މަތިން އަަހަރެން ހަނދާންނުވާ އެންމެ ދުވަހަކަށްވެސް އިރުއަރައިގެންނުދޭ… އެހާލުގައިވެސް އަމިއްލަ ހިތުގައި އަތްއަޅާލައިގެން ހުރެ އަހަރެން ކެތްކުރީ…” މިލީނާގެ އަތުގައި ހިފަހައްޓާލަމުން އެ މޫނަށް ބަލާލެވުނުއިރު ހައިލާގެ ލޮލުގައި ކަރުނަބަބުޅަމުންދިޔައެވެ. އޭނަގެ މާޒީ ކޮނެނެގުމަކީ އުނދަގޫކަމަކަށްވިޔަސް ހައިލާ އެވާހަކަތައް ކިޔައިދޭންފެށިއެވެ. ކޮންމެ ޖުމްލައާއިއެކު ލޮލުން ކަރުނަގަނޑު ހޯސްލާފައި އޮހިގަންނައިރު ދޭތެރެއަކުން ވާހަކަ މެދުކަނޑާލަނީ ކުރިއަށް ގެންދަން އުނދަގޫވެގެންނެވެ. އެވާހަކަ އަޑުއަހަން ތިބި އެންމެންގެ ލޯ ފެންކަޅިވަމުންދިޔައެވެ. އެތައް ޝުއޫރުތަކަކާއި ޖަޒުބާތްތަކުން ހިތްތައް ފުރި ބަންޑުންވަމުން ދިޔައެވެ.
“ހައި ތިހުރިހާކަމެއް ހިނގައިދިޔައިރު ކީއްވެ އަހަރެމެންނަށް ސިއްރުކުރީ… މިހުރިހާ އަހަރެއްވިޔަސް ހައިގެ އެކުވެރިޔާ ހައިއަށްޓަކައި އެބަހުރީމޭ…” މިލީނާ ހައިލާ ގެނެސް މޭގައި ޖައްސާލިއެެވެ.
“ދެން ހުއްޓާލާ… މިއަދު ހައިއަކީ އެކަނިވެރިއެއްނޫން… އަޒްހާން ނެތަސް ހައިއަށްޓަކައި އަހަރެމެން އެބަތިބިން… މިއަދު މިއީ ހައި އުފާކުރަންވީވަގުތު… ޒެލްވެސް އެހުރީނު…” އިރުކޮޅެއްވާންދެން ހައިލާ ރޯނެވަރަކަށް ރޯން ފުރުސަތުދީގެން އިނުމަށްފަހު މިލީނާ އޯގާތެރިކަމާއި އެ ކަރުނަތައް ފުހެލަދިނެވެ. މިޙުރާންވެސް ހައިލާގެ އަތުގައި ހިފާލައްވަމުން ހިތްވަރުދިނުމުގެ ދެތިން ބަހެއް ބުނެލެއްވިއެވެ.
“މިއީތަ އަހަރެމެންގެ ޒެލްއަކީ.. މިއީ ހަމަ އަހަރެމެންގެ އަތުގެ ތެރޭގައި ގެންގުޅުނު ދަރިފުޅުތަ؟ ދަރިފުޅާ… މިއީވެސް މަންމައެކޭ…” ތަނުގެ ނުތަނަވަސްކަން ކަޑުވާލުމަށް މިލީނާ ވާހަކައިގެ މައުޞޫއު ބަދަލުކޮށްލަން ބޭނުންވެފައި އިންދާ ހައިޒަލް ލޮލުގައި އަޅައިގަތުމާއިއެކު މިލީނާ ތެދުވެެގެން ދިޔަގޮތަށް ހައިޒަލްގެ ގެނެސް މޭގައި ޖައްސާލިއެވެ. އެއާއިއެކު ނިތަށް ބޮސްދެމުން ދުރުކޮށްލިގޮތަށް މަޔާންގެ އަތާއި ހައިޒަލްގެ އަތް ގުޅުވާލަދިނެވެ.
“ޔާން… މިއީ ދަރިފުޅުގެ ޒެއްލުއަކީ… ދަރިފުޅު ޒެއްލު ނުފެނިގެން ކިހާވަރަކަށް އުޅުނީ… ތިދެކުދިން ވަކިކޮށްފައި ތިތިބީ ހާދަވަރަކުންނޭ…” މިލީނާގެ ޖުމްލައިން މަޔާން ސިހުނުވަރުން ހައިޒަލްގެ އަތުން ދޫކޮށްލިގޮތަށް ސޯފާއިން ތެދުވިއެވެ. ޔަޒްދާންއަށް ހަޤީގަތް އިނގޭއިރުވެސް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އޭނަ ޔަގީންކޮށްގެން ހުރީ ހައިޒަލްގެ އެ ހަނދާންތައް ނެތްކަމަށެވެ.
“ވަޓް…” މަޔާންގެ މޫނަށް ތަފާތުކުލަވަރެއްވެރިވިއެވެ. އޭނަައަށް ހައިޒަލްއާއި ދިމާލަށް ބަލާލެވުނުއިރު ހައިޒަލް އޭނައާއި ދިމާލަށް ބަލާލަމުން ލާނެތްގޮތަކަށް ހިނިތުންވެލީއެވެ. އެއަމަލުން މަޔާންއަށް ޔަގީންވީ ހައިޒަލްއަށް އެކަން މާކުރިންވެސް އިނގޭކަމެވެ. މަޔާން ވަގުތުން ކަޅިއަޅާލިއެވެ.
“ސޮރީ ބްރޯ… ބައެއްފަހަރު ޔާންއަށްވުރެ ރަނގަޅަށް ހަވަނަ ހިއްސު މަސައްކަތްކުރޭ…” ހައިޒަލް މަޔާންގެ ގައިގައި ބައްދާލިގޮތަށް ކަންފަތްދޮށުގަައި އިއްވާލިއެވެ. އޭނަ ހުރީ މަޔާންގެ މޫނަށްވެރިވިކުލަަވަރު ފެނި ނޭނގޭފަދަ ފޯރިއެއް އައިސްފައެވެ.
ތަޤުދީރުގައި ޔާންއާއި ޒެލް ބައްދަލުވާން އޮތީތީވެ ޝަލީންގެ ފިރިއެއްގެ ގޮތުގައި ހައިޒަލް އެދިރިއުޅުމަށް އައީއެވެ. އެދެމެދުގައި ދުޝްމިނުކަން އުފެދިގެންދިޔައީއެވެ. ވަގުތާއި ހާލަތާއިއެކު އެ ގުޅުން ބަދަހިވެގެންދިޔައިރު އެދެޒުވާނުންނަކީ ކުޑައިރުގެ ދެމިތުރުންކަމެއް އެކަކަށްވެސް ނޭންގުނެވެ. ހައިޒަލްގެ ހަނދާން ނެތްއިރު މަޔާންްއަށް ހުރެވުނީ އޮޅުމެއްގެ ތެރޭގައެވެ. މިއަދު ހުރިހާކަމެއް ސާފުވެއްޖެއެވެ. ދެންއޮތީ އެދެކުވެރިންގެ ދުވަހެވެ. އަޒްހާންގެ މިޙުރާންގެ އެކުވެރިކަން އެހެން ސިފައެއްގައި ކުރިއަށް ގެންދިޔުމެވެ.
އެތަށް އަހަރުތަކަކަށްފަހު ބަދަހިވެގެންދިޔަ ގުޅުންތަކާއި ކުރީގެ ވާހަކަތައް ދެކެވެން ފެށިއެވެ. ވިންޓަރ ބްރީޒްއާއި އެވަރޓަން އެކީގައި ހޭދަކުރި އުފާވެރިދުވަސްކޮޅެވެ. ހައިޒަލްއާއި މަޔާން އަދި ޔަޒްދާންގެ ކުޑައިރުގެ ބައެއް ހަނދާންތަކެވެ. އެ ހަނދާންތައް އާވުމުން އެދުވަސްތައް އަނބުރާ އަންނާނެނަމައޭ ހައިލާގެ ހިތަށް ހާސްފަހަރު ހިތަށް އެރިއެވެ.
ވާހަކައިގެ އެންމެ ފޯރި ގަދަވީވަގުތު ޝާދީން ޑައިނިންރޫމްއިން ނިކުމެގެން އައީ ދެއަތުން ބުއިންތައް އަތުރާފައި ހުރި ތަނބަށް ހިފައިގެންނެވެ. ޝާދީންގެ ފަހަތުންކަހަލަގޮތަކަށް އަޒުރާ ނިކުމެގެން އައީ ހެދިކާ ތަށިތައް އަތުރާފައިވާ ތަނބަށް ހިފައިގެންނެވެ. ހައިލާ އެނބުރިއައިފަހުން އަޒުރާ ހުންނަނީ ހައިލާއާއިގެން ފިދާވާން ތައްޔާރަށެވެ. އޭނަ ނިކަމެތިކަމުގައިވީ ދުވަހު ހައިލާ ބޯހިޔާވެހިކަމެއް ދިއްކޮށްލީީތީ އޭނަ އުމުރަށްވެސް ހައިލާއަށް ދަރަނިވެރިވެފައިވާކަމަށް އަޒުރާދެކެއެވެ.
ފަޑު ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ފަރި ގޮތަކަށް ޑައިނިންރޫމްއިން ނިކުމެގެން އައީ ޝާދީންގެ ފިޔަވަޅުތައް މަޑުޖެހުނީ ސޯފާގައި އިން ޔަޒްދާން ފެނިފައެވެ. އޭރު ޔަޒްދާންގެ ނަޒަރު ހުއްޓިފައިވަނީ ޝާދީންގެ މޫނަށެވެ. އެ ނަަޒަރުގައިވީ ހިތިކަމެވެ. އެލޮލުން ފާޅުވަމުންދިޔަ އަސަރުގައި ޖެހިގެންދިޔުމުގެ ކުރީންް ޝާދީން ދުރަށްބަލާލިއެވެ. ސިކުންތުކޮޅަކަށް މޫނަށް ވެރިވިކުލަވަރު ފޮރުވާލަމުން ޝާދީން ކުޑަމޭޒާއި ގާތްވިގޮތަށް މޭޒުމަތީ ތަބަށް ބެހެއްޓިއެވެ. ދެވަނަފަހަރަށް ދެޒުވާނުންގެ ނަޒަރު ހަމަވީ މޭޒުމަތީ ފާޑުވެރިކަމާއި ތަށިތައް ފަތުރާލުމަށްފަހު ޝާދީން ހިންދެމިލަން އުޅުނު ވަގުތެވެ. ޝާދީންގެ އަތުގައި އިން ކޮފީތައްޓާއިއެކު ޝާދީންގެ އިނގިލިތަކުގައި ޔަޒްދާންއަށް ހިފާލެވުނު ވަގުތުކޮޅު ޝާދީންއަށް ބަލާލެވުނީ ސިހިފައިކަހަލަ ގޮތަކަށެވެ. އެކުޑަ ބީހިލުމުންވެސް ޝާދީންގެ ހަށިގަނޑުގެ ތެރޭ ހަރަކާތްހުއްޓާލައިގެން ތިބި ހިއްސުތައްވެސް އަލުން ހަރަކާތްކުރަންފެށިއެވެ. އެސްފިޔަ މައްޗަށް ވެއްޓުނު ކަރުނަ ތިކި ކޯތާފަތުން ތިރިއަށް ފޭދިގެން ދިޔުމުގެ ކުރީން ޝާދީން އިސްއޮބާލިއެވެ. ޔަޒްދާންގެ ހަށިގަނޑުން އެހަށިގަނޑަށް ފޮނުވަމުންދިޔަ ކަރަންޓްގެ ބާރު ގަދަވަމުންދިޔައިރުވެސް ޝާދީންއަށް އަތްދަމައިގަންނާނެހާ ހިތްވަރެއްނުކުރެވުނެވެ.
“ދަރިފުޅާ… ދާން….” އެންމެންވެސް އަމިއްލަ ވާހަކަތަކުގައި މަސްއޫލުވެގެންތިިބިއިރު މިލީނާގެ ނަޒަރު ހުއްޓިފައިހުރީ ޔަޒްދާންއާއި ޝާދީންގެ ހަރަކާތްތަކަށެވެ. އެދެމެދުގައި ނިއުޅިގެންދިޔަ ލޯބީގެ މަންޒަރު ދެކެން އިނދެފައި މިލީނާ ތުންފަތުގައި ދަތްއަޅާލިއެވެ. ޔަޒްދާންގެ ކޮނޑުގައި އަތްބާއްވާލިއެވެ.
މިލީނާގެ ހަރަކާތާއިއެކު ހުވަފެނަކުން ހޭވެރިކަންވީފަދަ މީހެއްފަދައިން ޔަޒްދާން އިނގިލިތައް ދަމައިގަތެވެ. ވަގުތުން އިސްޖަހާލިއެވެ. ޔަޒްދާންގެ އިނގިލިތަށް އޭނަގެ އިނގިލިތަކުން ނެއްޓިގެންދިޔުމާއިއެކު ހަށިގަނޑުގައިވީ ފިނިކަން ކެނޑި ހަށިގަނޑުގައި އަޅައިގަތް ތުރުތުރުލުމާއިއެކު ޝާދީންއަށް މޭޒުމަތީ ޖޯޑުވެސް ބެހެއްޓުނީ ފުދޭވަރަކަށް ބާރަށެވެ. އެއަޑާއިއެކު އެންމެންގެ ނަޒަރު އެމޫނަށް ހުއްޓިގެން ދިޔުމާއިއެކު ޝާދީން ބާރުބާރަށް ހިނގާލައިފައިގޮސް ޑައިނިން ރޫމްތެެރެއަށް ދެމިގަތެވެ. ފާރުގައި ލެގިލިގޮތަށް ޝާދީން ލޯމަރާލީ އޭނަ ލޮލުގެ ތެރޭގައި ގައިދުކުރަމުން އައި ކަރުނަތަކަށް ފުރުސަތު ދެމުންނެވެ.
އިރުކޮޅެއްވަންދެން ލޮލުގައި ގިނަވެފައިވީ ކަރުނަތައް ތިރިއަށް ފައިބަން ދޫކޮށްލައިގެން ހުރެފައި ޝާދީން ލޯފުހެލަމުން ބޭރަށް ބޯދިއްކޮށްލިއެވެ. އޭރު ކުރިއަށްވުރެ ފޯރިގަނޑު ގަދަވެފައިވެއެވެ. ހައިޒަލް ނައިނާއާއިއެކު ސޯފާގައި އިންއިރު ހީވާގޮތުން އެންމެން ދިމާކުރަމުންދިޔައީ އެދެލޯބިވެރިންނާއިއެވެ. މިލީނާ ނައިނާގެ އަތުގައި ހިފާލައިގެން އިނދެ ގާތްގޮތަކަށް ކޮންމެވެސް ވާހަކައެއްދައްކަމުންދިޔައެވެ.
އެ މަންޒަރުތަކުން ހިތަށްކުރި އަސަރުން ދެވަނަފަހަރަށް ލޮލަށް ކަރުނަގިނަވެދާނެހެން ހީވުމުން ޝާދީން އެސްފިޔަތައް ތަޅުވާލިއެވެ. ދުވަހުން ދުވަހަކަށް އޭނައަށް ވިންޓަރ ބްރީޒްގައި އުޅުން އުނދަގޫވަމުން އަންނަނީއެވެ. ހައިޒަލްއާއި ނައިނާ ލޯބިން އުޅޭތަން ފެންނަ ކޮންމެފަހަރަކު އޭނަގެ ހިތަށް ތަދުވެއެވެ. ޔަޒްދާން މަތިން ހަނދާންވެ އެދުވަސްތައް ހަނދާންތަކެއްފަދައިން އައިސް އޭނަަގެ ހިތަށް ތުރާދެއެވެ. އެސޫރަ ލޯމަތީން ފިލައިގެންދާ އެންމެ ވަގުތުކޮޅެއްވެސް ނާދެއެވެ. ހައިލާގެ ފަރާތުން ލިބޭ ލޯބިންވެސް ޢޭނައަށް އުފަލާއި ހަމަޖެހުމުގެ ކުޑިފަށެއްވެސް އިހުސާސެއްނުވެއެވެ. އަމިއްލަ ނަފްސު ކުށްވެރިކަމުގެ ކަސްތޮޅުގައި ބަނދެފައިވަނީ އެއަށްވުރެ ބޮޑަށެވެ. އޭނަގެ ހިތް ޒަޙަމްވެފައިވަނީ އުފަލުގެ ޒައްރެެއްވެސް އިހުސާސްނުވާވަރަށެވެ.
ވޭނާއި ރިހުމުގެ ލޮލަކުން އެންމެންގެ އުފާވެރިކަން ދެކެންހުރިއިރު ޝާދީންގެ ހިތްކުޑިކުޑިވެގެން ފޭބިއެވެ. މިއަދު އެންމެންގެ ދިރިއުޅުމަށް ބަހާރު މޫސުމް އައިސް އުފާތަކުން ހިތްތައް ފުރާލައިފިއެވެ. މާޒީ ހިތިކަން ފަހަތަށް ދޫކޮށްލުމަށް އެންމެންވެސް ކުރިއަށް ފިޔަވަޅުތައް ނަގަންފަށައިފިއެވެ. ދިރިއުޅުމަށް އައި ހަނަފަސްކަމުން އަރައިނުގަނެވިފައި ހުރި ހިސާބުގައި ހުއްޓި، ކުރިއަށް ނުދެވިފައިހުރީ އޭނައެެވެ. އުފާތައް ގެއްލި އޭނަގެ ވަށައިގެންވަނީ ބަނަކަމެވެ. ހިޔާލާއި ހަަނދާންތައްވެސް އޭނައަށް ހަމަޖެހުމެއް ހޯދައިދިނުމުގެ ބަދަލުގައި ހިތުގެ ފިސްވެފައިވާ އެތިކޮޅުތައް އިތުރަށް ފިސްކުރަމުންދަނީއެވެ.
*** *** *** *** *** ***
އިރުއޮއްސެން އުޅެނިކޮށް މިލީނާއާއި މިޙުރާން ވިންޓަރ ބްރީޒްއިން ދުރުވުމުން އިރުކޮޅެއްވާންދެން ޒުވާނުންކޮޅު ލިވިންރޫމްގައި ވާހަކަދައްކާލަން މަޑުކުރިއެވެ. ހައިޒަލްއާއި މަޔާން އަދި ޔަޒްދާން ސޯފާތައް ހިފައިލައިގެން ތިއްބާ މިކްޔާލް އައުމުން ލިވިންރޫމްގައި ފޯރި ހިފާލިއެެވެ. މިކްޔާލްގެ މަޖާވާހަކަތަކާއި ސަކަ މިޒާޖުން ތަނަށް ދިރުމެއް ލިބުނުއިރު އެ ވާހަކަތަކުގައި ބައިވެރިވާފަދަ މޫޑެއްގައި އިނީީ ހައިޒަލް އެކަންޏެވެ. ލޯބީގެ ވާހަކަތައް ދެކެވެންފެށުމުން ޔަޒްދާންއަށް އުނދަގޫވީ ޝާދީންގެ މަތިން ހަނދާންވެފައެވެ. އެކަން ދައްކާލުމެއްނެތި ހައިޒަލްގެ “ތުއްތުއަށް” ވެގެން ޔަޒްދާން އެވާހަކަަތަކުގައި ކޮންމެވެސް ވަރަކަށް ބައިވެރިވިއެވެ.
އޭނަގެ ހިތްވެސް ހަށިގަނޑާއި ވަކިވެ ވީ ޝާދީންގެ ގާތުގައެވެ. އެ ހިތް ކެތްތެރިކަމެއްނެތި ޝާދީން ހޯދަން އެދެމުންދަނީއެވެ. މިވީހާދުވަހު އޭނަގެ ހިތް ތަޅުވާ ދުރުން އުޅުމުގައި ޝާދީން ކާމިޔާބުކޮށްފިއެވެ. ހުރިހާ ޒުވާނުންގެ ވާހަކައާއި ބައިވެރިވެގެން އިންއިރުވެސް ދޭތެރެއަކުން ވަށައިގެން ނަޒަރު ހިންގާލެވެނީ ޝާދީންގެ މޫނު ފެނިލާތޯއެވެ. ނަމަވެސް ޝާދީން އެއްވެސް ފަރާތަކުން ފެނިނުލުމުން ކޮންމެވެސް ވަރަކަށް މާޔޫސްވިއެވެ. އޭނަ ކުރިމައްޗަށް އަންނަންވެސް ބޭނުންނުވެގެން ޝާދީން ފިލީކަން ޔަގީންވިއެވެ. ޝާދީން ބޭނުންވާ ދުރުކަން ދީގެން އޭނަ ހުންނަންވީ ކިހާ ދުވަހު ހެއްޔެވެ؟ ދުރުގައި ހުއްޓަސް އޭނަގެ ހިތަށް ކެތްވަނީކީ ނޫނެވެ.
މަޔާން އޭނަގެ އަމިއްލަ ދުނިޔެއެއްގައި އިނދެ ހުއްޓުމެއްނެތި ޝަލީންއަށް ގުޅަމުންދިޔައެވެ. އެންމެ ކޯލަކާއިއެކު އޭނަގެ ފޯނަށް ޖަވާބުދޭ ޝަލީން އެތައްފަހަރު ގުޅުނުއިރުވެސް ފޯނަށް ޖަވާބުނުދިނުމުންް މަޔާންއަށް ޝައްކެއްވިއެވެ. އިޝާރު ހައްޔަރުކުރެވުމާއިއެކު ޝަލީން އޭނައާއި ދުރުމިން ބަހައްޓަން ފެށީއެވެ. އެކަން އެގޮތަށް ވެދާނެހެން މަޔާންއަށް ކުރީންވެސް ހީވިއެވެ. ޝަލީން މިވަގުތު ހުންނާނޭ ހާލަތު ވިސްނުނަސް އެއީ އޭނައަަށް ޤަބޫލުކުރެވޭނޭކަމެއްނޫނެވެ. އެތައް އުނދަގޫތަކެއް ތަހައްމަލް ކުރުމަށްފަހު ދެލޯބިވެރިންނަށް ގުޅެވުނުއިރު ދެވަނަފަހަރަށް އެގުޅުން ހީނަރުވެގެންދާކަށް އޭނައަކަށް ދުލެއްނުކުރެވޭނެއެވެ. ޝަލީންއަކީ އޭނަގެ ހިތުގެ ވިންދެވެ. ދުނިޔެ ބަދަލުވެ ކޮންމެފަދަ ހާލަތެއްގައި ޝަލީން ހުއްޓަސް އޭނަގެ ހިތުގައި ޝަލީންގެ މައްޗަށް ޖަހަމުންދާ ވިންދުތަކަށް ބަދަލެއްނާންނާނެއެވެ. އެއަށްވުރެ އޭނަ ޝަލީންދެކެ ވާލޯބި ބާރުގަދަވެފައި މަތިވެރިއެވެ.
*** *** *** *** *** ***
އިރުއޮއްސުނީއްސުރެ ހުއްޓާލުމެއްނެތި ބޯކޮށްވާރޭވެހެމުންދިޔައީ މިފިނިރޭ އިޝްޤީ ރެއަަކަށް ހަދައިދެމުންނެވެ. ލޯބިވެރިން ގުޅުވައިދީ ބައެއް ހިތްތަކަށް ހަނދާންތަކެއް އާކޮށްދެމުންނެވެ. ޝާދީން ކޮޓަރީގެ އެނދުގައި ބަންޑުންއޮށޯވެލައިގެން އޮތްއިރު އޭނަގެ ދިރިއުޅުމާއިމެދު ވިސްނުނެވެ. އޭނަގެ އެކަނިވެރިކަމާއި ލޯބީގައި ހިތްދަތިކަން ލިބިފައިވާ ހިތްފޫދުއްވަމުންދިޔައީ ޔަޒްދާންގެ ހަނދާންތަކުންނެވެ. ވެހެމުންދާ ވާރޭ އޭނަގެ ހިތަށް ޔަޒްދާންގެ ހަނދާންތައް ގެނެދެސްމުންދިޔަފަދައެވެ. އޭނާއަށް ޔަޒްދާން ފުރަތަމަ ވާރޭ ތެރެއިން ފެނުނު ދުވަހަށްފަހު ވާރޭ ވެފައިވަނީ އެ ހަނދާންތަކަށް އާކޮށްދޭ ކަމަކަށެވެ. އެދުވަހު ޔަޒްދާން ޝާދީންގެ މައުސޫމް ހިތް މިލްކުރިކުރިގޮތަށް އަދިވެސް އެހިތުގައި ރަސްކަންކުރަނީ ޔަޒްދާންއެވެ. ނަމަވެސް މިއަދު އޭނަގެ ހިތުގެ ރާޖާވަނީ އެ ހިތާއި މާދުރުގައެވެ.
ޝާދީން އެނދުން ފައިބައިގެން ގޮސް ބެލްކަނީގެ ދޮރުގައި މޫނު ޖައްސާލިގޮތަށް ވާރޭގެ ޖާދުވީ މަންޒަރަށް ބަލަހައްޓައިގެން ހުރެފައި ލޯމަރާލިއެވެ. ފަޒާގައިވާ ފިނިކަން ބިއްލޫރިގަނޑުގައި ހިފަމުންދިޔައިރު ބޯ ބިއްލޫރި ފޫދުއްވާލުމަށް މަސައްކަތްކުރަމުންދިޔަ ފިނިން ޝާދީންގެ ކޯތާފަތަށް ފިޔާތޮށި ކުލަ ފާއްދާލިއިރު ތުންފަތް ރަތްލޭކޮޅެއްހެންވިއެވެ. އެެލޮލުން އޮހިގަތްކަރުނަތައް ވާރޭ ތިކިތަކެއް ފަދައިން ބިއްލޫރިގަނޑުގައި ދެމެންފެށިއިރު ޝާދީން ލޯ ހުޅުވާލިއެވެ. އެއާއި ފަޑު މުށިކުލައިގެ ކަޅީގެ ތެރެއަށް ފޭދިގެންދިޔަ ސޫރައާއިއެކު ޝާދީންގެ ދުލުން ދެއަކުރުގެ ނަން ބޭރުވީ އިޙްތިޔާރަކާއި ނުލައެވެ.
ވާރޭގެ ބަރުތިކިތައް ޔަޒްދާންގެ މޫނަށް ފައިބައިގަންނަމުން ތިރިއަށް ދެމެމުންދިޔައިރު އެ މަޑު ތުންފަތުގައި ތުރުތުރުލުމެއް އެކުލެވެމުންދިޔައެވެ. ވާރޭގެ ތެރޭގައިވެސް އެލޮލުން ދެމެމުންދިޔަ ވޭނީ ކަރުނަތައް ފާޅުވަމުންދިޔައެވެ. އެއިންކޮންމެ ކަރުނަތިއްކެއް ފެނަށްވަމުން ވާރޭގެ ތިކިތަކާއި އެކުވަމުން ދިޔައީ ޝާދީންގެ ކުރިމަތީ އެތަށް ވާހަކަތަކެއް ބުނެދެމުންނެވެ. ސިއްރުކޮށްފައިވާ ޔަޒްދާންގެ ހިތުގެ ހާލަތު ފާޅުކުރުމުގައި މަދަދުވެރިވަމުންނެވެ. ކަނޑިއެއްހާ ތޫނުދެލޮލުން ހުރިހާ އަސަރެއް މިރޭވަނީ ހާމައަށެވެ. އެނަޒަރުން ވޭނާއި ޝަކުވާގެ ކަނޑަކަށް ޝާދީން ޣަރަޤުކުރަން މަސައްކަތްކުރާފަދައެވެ.
ދެލޮލުން ވެއްޓެމުންދިޔަ ވޭނީ ކަރުނަތަކާއިއެކު ދެތުންފަތުގެ ދޭތެރޭގައި ގައިދުވަމުންދިޔަ އާޙްތައް ދޫކޮށްލުމަށް ދެތުންފަތް ދުރުކޮށްލާ ކޮންމެފަހަރަކު ޔަޒްދާންގެ އަނގަތެރެއިން ނިކުންނަމުންދާ ފިނި ދުމުން ބިއްލޫރިގަނޑުގެ އަނެއްފަރާތުގައި ހުރި ޝާދީންގެ މޫނު ފުސްވަމުންދިޔައެވެ. ޔަޒްދާންގެ އެއްއަތް ޝާދީންގެ މޫނާއި ދިމާލުން ލޯގަނޑުގައި ޖައްސާލެވިފައިވާއިރު އެ ފުންލޮލުގެ ނަޒަރުތަކުން ޝާދީންގެ ހިތްބަދަލުކުރަން މަސައްކަތްކުރަމުންދިޔައެވެ. ލޯތްބަށް އެދި ބޭޤަރާރުވެފައި ދެހިތާއެކު ދެލޮލުގެ ނަޒަރު ގުޅިލާމެހިގެންދިޔައިރު ޔަޒްދާންގެ ލޮލުގައިވީ ބާރަކުން ޝާދީންގެ ލޮލުން ކަރުނައައުން ހުއްޓުވާލިއެވެ. ބަސްމޮށުމަކާއިނުލާ ނަޒަރުން ވާހަކަދެކެވިގެންދިޔަ ވަގުތުކޮޅަކަށްފަހު ޔަޒްދާންކޮށްލިކަމުން ޝާދީންގެ ހިތަށް ސިހުމެއްލިބުނެވެ. ބިއްލޫރިގަނޑުގައި ޖެހިފައިވާ ޝާދީންގެ ތުންފަތުގައި ޔަޒްދާން ތުންފަތް ޖައްސާލިއިރު އެދެމެދުގައިވީ ހުރަހާއި އެކުވެސް އެ ތުންފަތުގެ ފިނިކަން ޝާދީންއަށް އިހުސާސްކުރެވުނު އެ ފަދައެވެ. ލޯ ފުސްކޮށްލި ކަރުނަތަކާއިއެކު ޝާދީން އަތްއުފުލާލިގޮތަށް ބިއްލޫރިގަނޑުގައި އަތްޖައްސާލީ ހިތްގައިމުކަމުގެ ދެވަނައެއްނުވާ މޫނުގައި އަތްހިންގާލަން ބޭނުންވެފައިހުރެއެވެ. އޭރު ބިއްލޫރިގަނޑުގެ ދެފަރާތުން ދެމެމުންދިޔަ ކަރުނައިގެ ރޮނގުތައް އެކުވަމުންދިޔައެވެ.
“ނޫން…” ޔަޒްދާންގެ ސިހުރެއްފަދަ ލޮލުގެ ބާރުގައި ހައްޔަރުވެގެންދިޔަވަގުތުކޮޅަކަށްފަހު ހަމަހޭވެރިކަންވީ ފަދައިން ޝާދީން ފަހަތަށް ފިޔަވަޅެއް އަޅާލިގޮތަށް ދެފަރާތަށް ބޯހޫރައިގަތެވެ. ޔަޒްދާންގެ އެއަމަލު ޤަބޫލުނުކުރެވިފައިހުރެ ޔަޒްދާންއާއި ދިމާލަށް ބަލާލެވުނުއިރު އެލޮލުގައިވީ ޝަކުވާއެވެ. ޔަޒްދާންއާއި ދުރަށްދާން އޭނަ މަސައްކަތްކުރާއިރުވެސް އެއިންކޮންމެ އަދާއަކުން އޭނަ ގައިދުކުރަން ޔަޒްދާން ބޭނުންވަނީ ކީއްވެހެއްޔެވެ؟ ޔަޒްދާންގެ ސަަބަބުން ހަލާކުވެފައިވާ ހިތުގެ އެތިކޮޅުތައް ހަލާކުކުރަން ޔަޒްދާން އުޅޭއިރު އޭނަގެ ހިތުގައި އަޅާ ވޭން ޔަޒްދާންްއަށް އިހުސާސްނުވަނީ ހެއްޔެވެ؟ ޔަޒްދާން ބޭނުންވަނީ އަދިވެސް އެހިތުގައި ޔަޒްދާންގެ މައްޗަށް ވާލޯތްބަށް ބަދަލެއް ނާންނަކަން އަންގައިދީގެން އެ ހިތަށް އަނިޔާދީ އިތުރަށް އޭނަ ބަލިކަށި ކުރަންހެއްޔެވެ؟
ކަރުނުން ފުރިގެންވީ ނަަޒަރަކުން ޔަޒްދާންއާއި ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ޝާދީން ކުރިއަށް ފިޔަވަޅެއް އަޅާލިގޮތަށް ބެލްކަނީގެ ފަރުދާތައް ދަމާލިއެވެ.
“ޝަވާ…” ޝާދީންގެ އިޝާރާތަކަށް ކެތްމަދުވެފައި ހުރި ޔަޒްދާންއަށް ދެއަތުން ބިއްލޫރިގަނޑުގައި ތަޅައިގަނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
44 Comments!
Comments are closed.






Dears heres the 78 th part of Bunedheyshe Ruhemey.. mi part dhiguvaane dhira aanmukoh up kuraa parts thakah vure.. mee 5000 words ge part eh.. kuriah oih week akee dhira busy vaane week akah vaathee dhen vaahaka upvaanee saturday night.. ehneve dhigu part eh migensdhinee.. ummedh kuran hurihaa kiyuntherinves keihtherikamaai eku dhen oih part ah inthizaaru kuraane kamah.. kiyaalaafa comment eh kohlahjey.. mirey ge baives kamudhaane kamuge ummedhugaa vakivelan.. good night
Wow
thanks dear
vv reethi
when next part
Saturday night ga yo
thankss dear… xin bunihen thursday night ga
Wow… nimen dho mihaaru mi ulheny
thanks dear.. yes mihaaru mi vaahaka nimen miulheny
Dhiraa u made speechless..hama Speechless vefa myny. ..v v furihama..keep going ingey darlinn..ly?????❤❤❤❤
thankss dear
Thanks dhiraa sis. Mibaibes Masha Allah varah reethi ☺️☺️ avahah dhen anna bai busykan filihaa avahah genesdhehchey.
thanks dear
V furihama?
thankss dear
Woww?????? mi Bai ves varah varah reethi ?????????? can’t wait for Saturday night ???? luv it ?????? LYSM???❤️❤️❤️❤️❤️
thanks dear
Wow???♥️♥️keekey bunaaneeves. Bunaane ehchehves nuvisnunun haadha reehchey haadhareechey??. Dhiraathee hama 1 vanaige liyuntherieh. Varah furihama vaahaka genes dheygoi. Konme faharaku komentu nukurevunas vaahaka baraabarah kiyan ingey. Abadhu abadhu balaalevey vaahaka upvefa intho miveni dhuvahaku genes dheynamey bunefa inas vaahkayah inthixaaru kurevey varun???. Uhmeedhu kuran mivaahaka nimunas dhiraa nugehleynekamah. Dhiraage aa vaahakaeh kiyaalan libeynekama.baahjaveri reygadakah edhen dhiraa ah
thanks dear.. maige comment thah loabi kamun abadhu boluga indhey.. ehenve heevanee konme part akunves dhimaavaahen.. theythereakun fenilaathee varah ufaavey.. insha allah dhira ah time vaavarakun vaahaka liyaanan ingey.. dear ah ves baahjaveri re eh
Wowowowow…. Dhiraaa so Nice… Mihaaru Yazdhaan and Shaadheen story finally compete vaan ulhey kamuga asaruthah fennany O… ??? Varah salhi ebaii gene dheefa in goii ??
thankss dear.. complete vaakah noolhe ehnu.. moonu mahchah fothi gadu vihyya e dhamaalee.. shaadheen varah boaharuvaane.. hingaa dhw yazdhan ge hurivareh balan.. varah ufaa vehjje dear ah ebai kamudhiyaima
Masha Allah mi partves vvvvvvvvvvvvvvvvvv reethi waitin next part saturday ah neyge kehvaanekamehves vvv kiyaahihvaane ekamakuves kehkohlaany dhw dhiraa mi story haadha reechey neh bunaane ehves ehcheh vvvv salhi……
thankss dear.. dhen kuda koh keihkohlaa.. dhira busy noonama avahah kureemus.. mifaharu miothy readers keihtherivaan jehifa
Alheyy dhiraa sis hama comment eh nukohlaa nuhurevigenn mi comment kohlee… Haadha habbu eyy.. Hama v obi.. Love you sis.. Whn is the next part???? ❤️???❣️???❤️??❣️???????.. Shavaa and dhaan gulhuvabarrrrr… Once again thnk you for writing such lovely story…
thankss dear.. im so happy to see such a nice and sweet comment.. insha allah saturday night ga.. shavaa and dhaan gulhumakee e dhekudhinge aih mathee oih kameh.. hingaa dhw e couples ah vaa gotheh balan.. mention not dear im more happy to bring this to my loving readers
Varah reethi mi part ves maasha allah. Keep it up dear. Waiting for the next part ??❤
thankss dear
Masha Allah…haadha reecheyy dhiraa mi part…bunaane ehhchehhvss neynge…can’t wait for saturday nyytt..dhiraa u r a great writer..i love this story…dying to read next part
thankss dear… owwn im so happy to hear that.. thankss darla.. keep waiting patiently
aharen mi iny thalin khulhu hikifai varah salhi
owwn.. thank you dear
Wow hama best … Lai n shayam ge bai ves v furihama .. Shaaheen n yazdhaan ge bai otheema hama v happy vi … Sifakurun n all hama amazing … Hee vanee hama story thereby ulheveyhen … I love it … Vvv furihama story e … Love this story from the start…. Once again love u dhiraa ??
thankss dear.. imkko mee hama aslahves shaadheen and yazdhaange lover eh dhw.. im so happy to hear that darla
Woowww thanks dhiraa ekm eba huri igey baeh fili thah goas koh dhen hai ah get nuvi thankolheh eba in that is shaadheen balcony dhoru kairy huhta vaareya themigen yazdhaan eyge aneh faraathah ais huri goiy ethankolhu explain kohdhehchey dhiraa vaahaka ves dhen mihaaru Huriha lovebirds ehvanee dho finally adhi ammaaru ah varugadha bodieh dheefa noonee dhoo nukuraathi igey varah varah reethi komme komme writer akah readers ufaa kohdheyn thihaa dhigukoh nuves liyeveyne hama hai mennah takaa mihaa reethi vaahaka eh genesdheythee we appreciate each and every bit of it igey we love you dhiraa ?????
thanks dear.. avas kohlevifa ehuree.. sorry for that.. e scene dhw.. dear e scene adhi feshifa ehnu einee.. vaki hisaabakun ingeyne yazdhaan ethanah ai goih.. love birds kolhu guluvan mihaaru dhira miulheny.. ahmaaaru dhw eyna ah gotheh nuhaidhaifihyaa vaahaka vaahaka akahves nuvaane ehnu.. all thanks goes to you lovely readers.. love you too dear
vrh reethii mi part vx dhiraa?
thanks dear
dhiraa kbaa next part up nukuran tha
Kobaa next part Mirey up nukurantha? I’m waiting…………….
dhiraaa kbaa answer eh dheeba………. waitinggggggggg
Waitinggggggg………..☹️??????
Mi vahaka liyaa meehunah nimen kairi veema huhnaany thimaa ah thimaa fenifa . Bunaa aduwahakah upload eh nukurane. Dhen thibegen meehun thalhuvaany aadhey kureytho . Ehnve ma nunimenis vahaaka nukiyany. Mashah igey vihya mi dhivehinah baroasa eh nuweweyne kan. ???
kanthah thakuge hageegaiyh balaalaafa inge meehunnaa dhimaalah ehchehi govany… vaanu vaa neyngenyaa mun anga madun laign hurevey thw balan vehje ehnu dhw dhn. dhiraa e ulheny dhiraa family meehaku niyaa vegenney.. mikiyany dhiraa ah kameh vegnneeyy dhw.. family meehaku niyaa vegn ulhey iru dhiraa keehkuran ekaku vx noolheyne vhk liyaakahsheh.. so dhiraa r dhimaalah halheyh nulavaa vhk up kuran dhn madun thibey vey thw balaabala..
Dhn vehje dho mihaaru mivaahaja up kuran….mihaaru eyge fahun ves 2 weeks nimuny…nukurahyya ves bunyma dho egeyny
When next part up vaany