ގަޑިތައް ފާއިތުވަމުން ގޮސް ޕީއީ ގަޑި ޖެހިއްޖެއެވެ.އެންމެން އެއްބަސްވީ ފައިގަތަޅާ ކުޅުމަށެވެ. ކުލާހުގެ ލީޑަރާއި އެސިސްޓެންޓް ލީޑަރު އިސްވެ ހުރެ ދެ ޓީމު ނެގިއެވެ. ކަންދިމާކުރިގޮތުން އީނާލްއާއި ޝާހިން ޖެހުނީ އެއް ޓީމަކަށެވެ. ކޯޓުގެ އެތެރެ ލިބުނީ އީނާލް މެންނަށެވެ. ބޯޅަ އުކަން ފެށުމާއެކު ކޯޓު ތެރޭ ފޯރި ގަދަވާންފެށިއެވެ. އީނާލް ބޯޅައިން ރެކެމުން ދިޔައީ ފަސޭހަކަމާއެކީގައެވެ. ބޯޅަ އަންނަ ދިމާއަށް ހުޝިޔާރުކަމާއެކު އޭނާ އަރައި ބޯޅައެއް ހިފާލީ ކުޅުން ފެށުންތާ 10 މިނެޓުގައެވެ. އީނަލް ފަދައިން […]
ދެން ޑޮކްޓަރ ބުނެލި ތިންބަހަކުން އިއްބާންގެ ދުނިޔެ ފުނޑު ފުނޑު ވެގެން ދިޔަކަމުގެ އިހުސާސެއް ކުރިއިރު އިއްބާންގެ ދެތުންފަތުދޭތެރެއިން މަޑު އާހެއް ބޭރުވެގެން ދިޔައެވެ. ކުއްލިއަކަށް ދެބުމަ ގޮއްޖަހާލަމުން ޑޮކްޓަރާދިމާލަށް ބަލައިލިއިރު އެދެލޮލުގައި ނުރައްކާތެރި ވިދުވަރެއްހުރިއިރު ހީވަނީ ހަމައިން ނެއްޓިހެންނެވެ. * * * * * * * * * * * * * * * * * ކުއްލިއަކަށް އިއްބާން ޑޮކްޓަރުގެ ކޯޓުގައި ހިފަހައްޓަމުން އިއްބާން ދިޔައީ ޑޮކްޓަރުގެ ކަރަށް […]
“އަސްލުވެސްތަ؟ ތަންކޮޅެއް ކުރިން ޝާދު ތިހެން ބުނި ނަމަ ތުއްތުބޭ މެންނާ އެކީ ޑަބަލް ވެޑިންގއެއް ބޭއްވުނީހެއްނު؟” ނަޒްހާ އުފަލުން ބުންޏެވެ. “ޑަބަލް ނޫނަކަސް ނަޒް ބޭނުން ވާ ކަހަލަ ވެޑިންގއެއް ބާއްވަން ވީ ހަމަ. އެކަމަކު އަވަހަށް” ޝާދު ބޭނުން ވީ ނަޒްހާ ބޭނުން ގޮތަކަށް ކަންތައް ކޮށްދޭށެވެ. ޖެހިގެން އައި ދުވަހު ޝާދު އައިސް އާދިލްއާ ނަރީމާއާ ވާހަކަ ދެއްކިއެވެ. ގޭ އެހެން ކުދިންވެސް ވާހަކައިގައި ބައިވެރި ވިއެވެ. ނަޒްހާއާ ޝާދު ބޭނުން […]
ހެންވޭރު މޫންލައިޓް ގެ ހުންނަ މަގަށް ވަދެވުމާއިއެކު، ރައިންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އެއިން ހިސާބަކުވެސް މީހަކު ފެންނަން ނެތްއިރު، މަގުވެސް އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ސައިކަލު ޕާކިން ޒޯނުގައި ބެހެއްޓުމަށްފަހު، ފަހަރަކު ގެއެއްގެ ނަން ބޯޑަށް ބަލަމުން ރައިން ކުރިޔަށް ދިޔައެވެ. ވަކި ހިސާބަކަށް ދިޔަތަނައި ފަހަތުން މީހެއްގެ ހިލަންވެގެން ފަސްއެނބުރި ބަލައިލައިފިއެވެ. ******** ކުއްލިއަކަށް ބޮލަށް އަރައިގެންދިޔަ ހަމަލާ އާއިއެކު މުޅި ތަން އެނބުރިގަތްހެން ރައިންއަށް ހީވިއެވެ. މަންޒަރު ފުސްވެގެންދިޔަ ވަގުތު ކުރިމަތިން ހިޔަންޏެއްހެން […]
ސާރިޔާ ބޭއްވިފައި އޮތް އެނދު ހޮސްޕިޓަލްގެ ތެރެއިން ގެންދެވެމުން ދިޔައިރު އޭގެ ދެކޮޅުގައި ތިބީ އަޔާޒާއި މަސްޢޫދެވެ. އެނދުގެ ފަހަތުން ފެންކަޅިވެފައި ހުރި މަލާކް ވެސް ބާރު ދުވެއްޔެއްގައި އޭނަގެ ގޮނޑި ދުއްވަމުން ދިޔައިރު، ކަންބޮޑުވެފައި ތިބި ނިޝާނާއި ވަސީމާވެސް އޭނައާއި އެކުއެކީހެން އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައެވެ. މަލާކަކީ ޢާއްމުގޮތެއްގައި މިފަދަ ޙާލަތްތަކުގައި ރޮވޭ މީހެއްނޫނެވެ. މިފަދަ ޙާލަތެއްގައި ވެސް އޭނަ އަބަދުވެސް އެންމެ ހެޔޮކޮށް ވިސްނޭތޯ ބަލައެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތެއްނުވީ ބައްޕަގެ […]
ގޭގެ މައިދޮރުގެ ބެލްގެ އަޑާއިއެކު ތަށިތައް ދޮންނަ ހަވާލުވެގެން ހުރެފައި ޒޭބްއަށް ދޮރުހުޅުވަންދާން ޝަލީން އެންގިއެވެ. އެއާއިއެކު ތަށިތައް ޑިސްވޮޝާރއިން ނެގި ގޮތަށް ހޯލްޑަރުގައި ބެހެއްޓުމަށްފަހު ޝަލީން މޭޒުމަތީގައި ފޮނި އެއްޗެހި އަޅާފައިވާ ޓްރޭތައް ނަގަން މޭޒާއި ކައިރިވިއެވެ. އެވަގުތު ބޭރުން ޒޭބް ގޮވާލި އަޑުއިވުނެވެ. ގެއަށް މެހެމާނަކު އައީހެން ހީވިގެން ކުރަން ހުރި މަސައްކަތް ބަހައްޓާފައި ތުވާލިކޮޅަކުން ދެއަތް ފުހެމުން ޝަލީން ލިވިންރޫމްއިން ނިކުތެވެ. ސޯފާވަށައިލައިފައި އޭނަ ދޮރުމައްޗަށް ހުއްޓުމާއިއެކު ޒޭބް ދޮރުގެ ކުރިމައްޗަށްވާގޮތަށް ހުރެފައި […]
ހަތަރު ކުދިން އެކުގައި ވާހަކަ ދައްކަން ހުއްޓާ ދޮރު ހުޅުވުނު އަޑު އިވުނެވެ. ކުޑަކޮށް ދޮރު ހުޅުވާލާފައި ދޭތެރަކުން ދެމިގަތް މީހާ ފެނުމާއެކު އެންމެއައް ހަޅޭލައި ގަނެވުނެވެ. *********************************** އަހާން ކޮޓަރިއައް ވަނުމާ އެކު އެންމެން ހަޅޭ ލަވައި ގަތުމުން ސިއްސައިގެން ގޮސް އޭނާ އައް ވެސް ހަޅޭލެވުނެވެ. “ޕިސް ޕިސް ޕިސް މިހެރަ ބައެއް ހީވަނީ ގެ ވައްޓާލަ ފާނެހެން ތަންކޮޅެއް އަޑުމަޑު ކޮއްގެން އުޅެބަ” އަހާންމެންގެ ހަޅޭކުގެ އަޑަށް ބަދިގޭގައި އުޅުނު ހަނާ އައެވެ. […]
މަރީނާ މުނާ ގައިގަ ބައްދާލު މަށްފަހު ޝައިމްް އާއެކީ ރަނގަޅަށް އުޅޭށޭ ބުންޏެވެ. މުނާ އާނއެކޭ ބުނު މުގެ ގޮތުން ބޯ ޖަހާލިއެވެ. *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-* ކައިރާ ވެސް މުނާ ކައިރީގަ ހެޔޮލަފާ އައިންބަކަށް ވު މަށް ނަސޭހަތް ތެރި ވިިއެެެވެެ. *** މުނާ ޝައިމް ގެއަށް އެއްކޮށް ބަދަލު ވީއެވެ. މުނާ ހުރީ އަދިވެސް ވެޑިންގ ޑުރެސް ގައެވެ. ޝައިމް ފެންވަރައިން ނުކު މެ މުނާ ކައިރީގައި ފެންވަރަން ދާށޭ ބުންޏެވެ. އެހެންވެ މުނާ ތައްޔާރު ވީ […]
އެހުރިހާ ކަމަކުން އެއްކިބާ ވުމަށް ބޭނުންވިއެވެ. އެކަމަކު ލޮލަށް ކުޑަކޮށްވެސް ނިދި ނާންނާނެކަން އޭނާއަށް އިނގެއެވެ. ކުރިމަތީގައިވީ އެނދުގައި ރީތީކޮށް އޮތް އޭނާގެ އަމިއްލަ އަންހެނުން މަތިން ހަނދާންވިއެވެ. އެހުރިހާ ކަމަކުން ސިކުނޑި ދުރުކޮށްލުމަށް ރަނގަޅު ވިސްނުމެއް އައެވެ. ލައިގެން ހުރި ޖިންސު ސޯފާ މައްޗައް ދޫ ކޮށްލަމުން، ބޮކްސާ ކޮޅާއެކު އެނދައް ފުއްމާލިއެވެ. އަދި ބްލޭންކެޓް ނަގާ ދުރައް ވިއްސާލިއެވެ. ހަށި ގަނޑަށް އިތުރު ބާރެއް އެރި ކަހަލައެވެ. އޭނާ އާ […]