އަޔާޒް އެއާރޕޯޓަށް ދިޔުމަށްޓަކައި އެދުވަހު ކާރަށް އެރީ ހަވީރު 4:15 ހިކަށްހާއިރެވެ. އޭނައަށް ގެއިން އެ ނިކުމެވުނީ ދޮންބެއާއި ބޮޑުމަންމަ އޭނައަށް ގޮވާތާ ދިހަވަރަކަށް މިނެޓް ފަހުންނެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ގަރާޖަށް ދިޔައިރު ދޮންބެގެ ކާރު ފެންނާކަށް ނެތެވެ. އަޔާޒް އޭނަގެ ކާރު ސްޓާޓްކޮށް ގަރާޖުން ނެރެން ފެށީ އެކަމާމެދު ހިސާބަކަށް އުފާވެފައި ހުރެއެވެ. އޭނައަށް ރަނގަޅީ ދޮންބެއާއި ބޮޑުމަންމަ ހަދަހަދައިގެން ކިޔައިދޭ އޭނަގެ ‘ލޯބީގެ ފަސާނާ’ އާއި ކުޑަ ވަގުތުކޮޅަކަށް ވެސް ދުރުވެވުނިއްޔާއެވެ. ހަމަ […]
ލޯތްބަކީ ކޮބައިހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ނޭނގުނެއްކަމަކު އަހަރެންނައްވެސް ލޯބިވެވިއްޖެއެވެ. އެ ލޯތްބަށް ހިތް އެދިގޮވަމުންދިޔައެވެ. އަހަރެންނާ ޔުމާންއާ ދިމާވީ ކޮލެޖް ގައި ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. އޭނާއަށް ލިބިފައިވަނީ ރީތި ހަށިގަނޑަކާއި ކަޅުކަންގަދަ ތޫނު ދެލޮލެވެ. އަހަރެންގެ ހިތް އެންމެ ފުރަތަމަވެސް ތެޅިލީ ޔުމާން ބަލައިލާ އެ ތަފާތު ބެލުމުންނެވެ. އެދެލޮލުގައިވާ އަސަރަކުން އަހަރެން މުޅި ދުނިޔެމަތިން ހަނދާންނެތޭފަދަ އިހުސާސެއްކުރުވައެވެ. އެ ފުން ކަނޑެއްފަދަ ދެލޮލުން އަހަރެންނަށް އެކައްޗެއްވެސް ދޭހައެއްނުވެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރެމެން ދެމީހުން […]
“ލުކް…އައިލީން..އެއީ..އެއީ އަހަރެން ގަސްތުގައެއްނޫނޭ..އަ…” އައިޝަމް ބުނަން އުޅުނު ޖުމުލަ ހުއްޓުނީ އައިލީންގެ އަތުގެ ހޫނު ހަމަލާއެއް އައިޝަމްގެ ކަންކަށިމައްޗަށް އެރުމުންމެވެ. ކަންކަށިމަތީގައި އަތް އަޅާލަމުން އައިޝަމް ހިނދުކޮޅެއްފަހުން އައިލީންއާ ދިމާލަށް އެނބުރުނެވެ. އެވަގުތު ފެނުނު މަންޒަރަކުން އައިޝަމްގެ ކަންކަށި މައްޗަށް ނަގަމުންދިޔަ ދިލަވެސް އައިޝަމްއަށް އިހުސާސްނުވިފަދައެވެ. * * * * * * * * * * * * * * ދުވެފައިކަހަލަ ގޮތަކަށް ފާހަނައިން ނުކުންނަންދިޔަ އައިލީން ކައްސާލީ ފާހަނައިގެ ދޮރާ […]
މަގުމަތީގައި ފުދޭވަރަކަށް މީހުން ގިނަ ވަގުތެކެވެ. ކާރޫބާރޫ ބޮޑު މަގުތަކުން އިވެމުން ދިޔައީ ބަރުގޮނުގެ އަޑެވެ. ކައިލަންގެ ކޭސް އާއި ބެހޭގޮތުން ފުލުހުންގެ ތަޙުޤީގަށް ބޭނުންވާ ބައެއް މަޢުލޫމާތު ދީފައި، ރައިން ފުލުހުންގެ އިދާރާއިން ނުކުތެވެ. އިރު އޮއްސުމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ. ރައިން ސައިކަލަށް އަރައި ދުއްވާލިތަނައި، ފޯނު ރިންގްވާން ފެށިއެވެ. މަގުގެ އެއްފަރާތުގައި ސައިކަލު މަޑުކޮށްލާފައި، ޖީބުގައި އޮތް ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖައްސައިލި ރައިން ދިޔައީ ސިއްސައިގެންނެވެ. ******** “ނާބިހް އަމިއްލައަށް […]
ދޮރު ހުޅުވާލީ ހަސަނެވެ. ” ވަ ދޭ އެތެރެއަށް”. ހަސަނު މުނާ މެންނަށް އެތެރެއަށްް ވަންނަން ގޮވިއެވެ *********** މުނާ ހުރީ ހައިރާންް ވެފައެވެ. އެއީ މުނާ ދު ވަހަކުވެސް ޝައިމް މެންނަކީ އެހާ މުއްސަނދި ބައެކޭ ހިޔެއް ނުކުރެއެވެ. ނަމަވެސް ކަންތައް ވީ މުޅިން ހިލާފައެވެ. ޝައިމް މެން ގޭ ތިންް ބުރިއަށް ހަ ދާފަ އި ވާއިރު، މުޅިި ސިޓިންގ ރޫމް ފަރުމާ ކުރެވިފައި ވަނީ މަޑު ނޫކުލަ އިންނާއި ރީތި ސާފު […]
މަންމާ” ކައިޒާން އަށް ބުނެލެވުނެވެ.”މަގޭ ދަރި..” ކައިޒާން ބިން މައްޗަށް ވެއްޓިފައި އޮތްތަން ފެނި ބުނެލިއެވެ.”ކައި ޑޮކްޓަރަށް ގުޅާބަލަ.” މަންމަ ބުނެލިއެވެ. ކައޮޒާންގެ ބައްޕަ ކައިޒާން ނަގައޮގެން ގޮސް ސިޓިން ރޫމް ސޯފާއެއްގައި ބޭއްވިއެވެ.” ސުބުހާނަﷲ އަހަންނަށް މި ކުރެވުނީ ރަނގަޅު ކަމެއްބާ.. ކައިޒާން ބޮލަށް ގޮތެއް ވީބާ؟” ލަމްޔާގެ ހިތަށް އަރަމުން ދިޔައެވެ. ބިރުން މީހާ ރޫރޫ އަޅަމުން ދިޔައެވެ.ތުރު ތުރު ލާ ހާލު ފެން ތައްޓެެް ހިފައިގެން އައިތަނާ ޑޮކްޓަރު ވެސް އައެވެ.ޑޮކްޓަރި ކައިޒާން […]
ޔަމާންދިއުމުން ލިވީވެސް ބޭރަށް ނުކުމެލީ ރީތިކަން ބަލާލުމަށެވެ. ކުރިއަށް ހިނގަމުންގޮސް މޫދާދިމާއަށް މިސްރާބު ބަދަލުކޮށްލީ ހުދު ދޮން ފަސްގަނޑުގައި ހިނގާ ލުމަށެވެ. ވަކިހަމަޔަކުން މުޅިތަނުގައި އުއްބައްތިތަކުން ޖަރީކުރެވިފައި ހުރިހިސާބަކަށް އާދެވުނެވެ. އެތަނުގެ ރީތިކަމަށް ގެއްލިފައި ހުއްޓާ ސިހިގެންދިޔައީ ދާދިކައިރިން މީހެއްގެ ހިލަން ވެގެންނެވެ. އެ ފިޔަވަޅުތަކުންވެސް ހިތައް ބިރުވެރިކަން ވަނެވެ. ބަލާނުލާ ހުއްޓާ ހަށިގަނޑު ރޫރޫ ލައިގެންދިޔައީ އެމީހަކު އަތުގައި ހިފާ އެދިމާއަށް އަނބުރާލުމުންނެވެ. ދުނިޔެ އެނބުރިގަތީ އޮޅެމުން ހެން ހީވެ، ކޮޅަށް ހުރުމަށް […]
ހިނގަމުން ފާލަމާ ހިސާބަށް އާދުވުނު ރިޔާޝަށް ލޯންޗަށް އެރި ރަޔާ ފެނުނެވެ. ނަމަވެސް އޭނަ ރަޔާ ހުއްޓުވާކަށް ނޫޅުނެވެ. އެފަދަ ހިތްވަރެއްވެސް ރިޔާޝްގެ އެވަގުތު ނެތުމުންނެވެ. މުޅި އެރޭ ރިޔާޝް ހޭދަކުރީ ރަޔާއާ މެދު ވިސްނާށެވެ. ގަޑިން 4.30 ވީ އިރުވެސް ރިޔާޝް އޮތީ ނިތްކުރި މަތީ އަތް ބާއްވާލައިގެންނެވެ. “އަނެއްކާ ރަޔާ އަހަރެމެންނާ ދުރަށް ގޮއްސިއްޔާ؟” ރިޔާޝް އޭނަގެ ހިތަށް ވަން ނުބައި ހިޔާލުން ފުންމައިގެން ތެދުވެވުނެވެ. ނަމަވެސް އެ ހިޔާލު ހިތުން ނެރިލަމުން ރިޔާޝް […]
ޔޫސުފް: ޔޫސުފްއަކީ މާނީއާ އާރާޝްގެ ދޮށީ ދަރިފުޅެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި އާރާޝް ފަދައިން ގިނަ މީހުންގެ ސަމާލުކަން ޔޫސުފްއަށް ވެސް ލިބިގެން ދެއެވެ. އާރާޝް ފަދަ ކާމި ޔާބު ޝަޚްސިއް ޔަތަކަށް ވޭތޯ ޔޫސުފް މަސައްކަތް ކުރެއެވެ. ޔާޒް: ނަވްޔާއާއި މާއިޒްގެ ދޮށީ ދަރިފުޅު ޔާޒް ސަބަބުތަކަކާ ހެދި އޭނާގެ މަންމައާ ބައްޕައާ މެދު އޮންނަ ގުޅުން ރަނގަޅެއް ނޫނެވެ. ބޮޑުވެގެން އައިރު ޔާޒް ގެންގުޅުނީ މާ ރަނގަޅު އެކުވެރިންނެއް ނޫނެވެ. މާއިޒް ފަދައިން ޔާޒްއަކީވެސް […]