Skip to content
އެސްފިޔަ

ވީމޭ ތިޔަ އިންތިޒާރުގައި..6

ރީތިވާ މޭޒުކައިރިއަށް ވެއްޓިފައި އޮތް ގަނޑަކަށް ރޯމާ އިޝާރާތްކޮށްލިއެވެ. “ކޯއްޗެ؟” އަރޫން ގޮސް އެ ގަނޑު ނަގައިގެން ކިޔަންފެށިއެވެ. “ތި މަންމައާ ބައްޕަ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. އަހރެންގެ މަންމާ… އަހަރެން މިދަނީ ފުރާނަ އެކަނި ހިފައިގެން… ހިތް ވަނީ ތިތާ.. ބުނެފައި މިދަނީވެސް ހާސްނުކުރަންވެގެން.. އަހަރެން ދެންއެދެނީ އެކަނި އުޅެން.. އަބަދުވެސް އަހަންނަށް ވެދިން ހުރިހައި ގުރުބާނީއަކަށް ޝުކުރުވެރިވާނަން…ވަރަށް ލޯބިވޭ…ވަރަށް ބޮޑަށް ތޭންކްސް.. މަންމައާ ބައްޕަ އަހަރެން ހޯދަން ނޫޅެއްޗޭ.. އަހަރެންގެ ހެޔޮދުއާ އަބަދުވެސް ތިދެމީހުންނަށްވާނެ.. މީ މިހާރު ކުޑަ ކުޑަ ރަޔާއެއް ނޫން.. ދުވަހަކުވެސް ތި މަންމަޔާ ބައްޕަ ދެރަވާ ކަހަލަ ކަމެއް ނުކުރާނަން…ވަރަށް ހަނދާންވާނެ…އަބަދުވެސްލޯބިވާދަރިފުޅު..” ސިޓީ ކިޔާ ނިމުނު އިރު އަރޫންގެ ލޮލުންވެސް ކަރުނަ ވިދާލިއެވެ. ރޯމާއަށް ބަލައިލަމުން އަރޫންގެ އޭނާގެއަތުތެރެއަށް ރޯމާ ގެނައެވެ. އަދި ބައްދާލިއެވެ.

ގިސްލެވެމުންދިޔަ ރޯމާގެ ބުރަކަށީގައި ފިރުމަމުން އަރޫން އޭނާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ކުއްލިއަކަށް ރޯމާ ތެޅިގަނެފައި ގޮސް އަލަމާރި ހުޅުވާލިއެވެ. އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ރަޔާގެ ފައިލު ފެނުމުންނެވެ. ދެލޯ ފޮހެލަމުން އޭނާ އަރޫންއަށް ބަލައިލީ ހިތްހަމަ ޖެހުމުގެ ނަޒަރަކުންނެވެ. ނަމަވެސް އެ ހިތުގައި ނޭނގޭ ބިރުވެރިކަމެއްވިއެވެ.

ކޮޓަރިއަށް ވަދެގެންދިޔަ ރިޔާޝް ގައިގެ ވަރު ދޫކޮށްލަމުން ވެއްޓިގަތީ އޭނާގެ އެނދުމައްޗަށެވެ. ލޮލުން ފައިބައިގެންދިޔަ ކަރުނަތިކި އެނދަށް ފޭދިގެންދިޔައެވެ. ދުވަހަކުވެސް ރިޔާޝް އަދި މިހާދެރަވެފައެއް ނެތެވެ. ރަޔާގެ އެދުމުގެ މަތިން އޭނާ ރަޔާ ދިޔަދިނީއެވެ. އެހެންނޫންނަމަ ބާރުގެ ބޭނުން ކޮށްގެންނަމަވެސް އޭނާ ރަޔާ ގެންނާނެއެވެ. ރަޔާއަށް އޭނާގެ ހިތުގައި ވާ ލޯބި އިހުސާސް ވާނީ ކިހިނަކުން ހެއްޔެވެ؟އޭނާއަށް ރިޔާޝްއަކީ އޭނާގެ ބޭބެ ނޫންކަން ނުވެސް އިނގެއެވެ. އެހެންނޫނަމަ އޭނާ ދޮންބެ އޭ ކިޔައިގެން ރިޔާޝް އާ މުހާތަބް ނުކުރާނެތާއެވެ. ރިޔާޝްގެ ހިތުގައި ވިކަމުންދިޔައީ ހަމަ އެއް ހިޔާލުތަކެކެވެ. ރޯމާ ދިންބޭހުގެ އަސަރުކޮށްގެން ރިޔާޝަށް ނިދުނީ އެހިޔާލްތަކުގައި އޮއްވައެވެ.

އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ ރިޔާޝްގެ އިންތިޒާރަށް މާޔޫސްކަން ވެރިވެގެންދާދުވަހެކެވެ. އެންމެ ކުޑަ މިނުން ރަޔާގެ ކޯލެއްވެސް ނާދެއެވެ.  ހަގީގަތަކަށް ނުވާނޭ އުއްމީދުތަކެއް ކުރެވެމުންދިޔައެވެ.  ނަމަވެސް އެއީ ހަޔާތުގެ ދިގު ރާސްތާގެ ހަރުފަތްތަކުން ހަރުފަތެއް ކަމަށް ރިޔާޝް ދެކެމުންދިޔައެވެ. ރަޔާގެ ހުވަފެންތަކުން އޭނާގެ ހިޔާލީ ދުނިޔެ ޖަރީވަމުންދިޔައެވެ. ރަޔާއާއި އެކުގައިއެއރޭ ހޭދަކުރި ހުވަފެނެއްފަދަ އެ ވަގުތުކޮޅު ރިޔާޝްގެ ހިތުން ނުފޮހެވޭކަހަލައެވެ. ނަމަވެސް…………… ނަމަވެސް އޭނާގެ މި ހުވަފެނީ ހުޅުކޮޅު ކަނިވާން ފެށިއެވެ. ދުވަސްތައް ފާއިތުވަމުންދިޔައީ ރޯމާވެސް ރަޔާއަށް އިންތިޒާރު ކުރުމުގައެވެ. އެގޭގައި ރަޔާގެ ހަނދާންތައް ފޮރުވިފައިވި ރަޔާގެ ކޮޓަރީގައި ރޯމާ ހުއްޓެވެ. ފާރުގައި ހަރުކޮށްފައި ހުރި ރަޔާގެ ބައިވަރު ފޮޓޯ ހުއްޓެވެ. އެ ގޮތަށް ފޮޓޯތަކަށް ބަލަން ހުރުން އެއީ މިހާރު ރޯމާގެ އާދައެކެވެ. ދުވަހުގެ ތާވަލުގެ ހިއްސާއެކެވެ. އެހެންނޫނީ ރޯމާއަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ރަޔާއެ އާއިލާއާއެކީ އުޅުނުއިރުގެ ވަރަށް ގިނަ ހަނދާންތަށް އެ ފާރުގައި ހަރުކޮށްފައިވެއެވެ.ކުއްލިއަކަށް ކަނޑާލިރުކެއްހެން ބިންމައްޗަށް ރޯމާ ވެއްޓުނެވެ

“ހަލޯ…ދަރިފުޅު ކޮންތާކު….؟އާދެބަލަ ވަރަށް އަވަހަށް ހޮސްޕިޓަލަށް…މަންމަ ކުއްލިއަކަށް ފެއިންޓްވެގެން މިއުޅެނީ…”  އަރޫން ވާހަކަ ދެއްކީ ރިޔާޝަށް ގުޅައިގެންހުރެއެވެ. އޮފީހުގެ ޓެރަސް މަތީ ހުރި ރިޔާޝް ފޯނު ޖީބަށް ލަމުން ލިފްޓަށް އެރިއެވެ. މޫނުމަތިން ހާސްކަންފާޅުވިއެވެ. އޭނާ ކާރަށް އަރައި ދުއްވާލިއިރު ވެސް ވިންދު އަވަސްވެފައިވަނީ މަންމައަށް ވީގޮތެއް ނޭނގޭތީއެވެ. ބާރުމިނުގައި ކާރު ދުއްވަމުން އައި ރިޔާޝަށް ކުރިމަތިންދިޔަ ސައިކަލުގައި ނުޖެހި ކާޜު ކޮންޓްރޯލް ކުރެވުނީ ކިރިޔާއެވެ. ފަހަތުން ސައިކަލެއްގެ ބަރުގޮނު އަޑު އިވުމުން އޭނާ ހަމަހޭވެރިކަން އައެވެ. ނޫނެކެވެ. އެއީ ހީވި ވަހުމެކެވެ. މަގު އޮތީ ހުސްކޮށެވެ. ރިޔާޝް ކާރު މަޑު ކޮށްލީ ރަޔާގެ ހަޅޭކުގެ އަޑު އިވުނުހެން ހީވެއެވެ. މަޑުމަޑުން ކާރު ދުއްވަމުން ދިޔައިރު އޭނާގެ މޫނުމަތިން ބިރުވެރިކަން ހާމަވަމުންދިޔައެވެ. ރަޔާގެ ހިޔާލުތަށް މާވަރަކަށް ބޮލުތެރޭ އެނބުރެމުން ދިއުމުން ވީގޮތެއް ކަންނޭނގެއެވެ.

ރިޔާޝް ވަދެގެން ދިޔައިރު ވެސް ހީވަނީ ވައިރޯޅިއެއް ވަދެގެންދިޔަހެންނެވެ. “ކީކޯ ޑޮކްޓަރ ބުނީ…؟ ކިހިނެކޯ ވީ؟؟” ރިޔާޝް އައިގޮތަށް އަރޫންއާ ސުވާލު ކުރަންފެށިއެވެ. “އަދި ވާހަކައެއް ނުދެއްކޭ.. މިއުޅެނީ ބައްޕަގެ ވަރަށް ގާތް ރަށްޓެއްސަކާ ވާހަކަ ދައްކައިގެން.. އެއީ ވަރަށް މޮޅު ޑޮކްޓަރެއް…ދެންމެ އެއައީ އިރުކޮޅެއް ވާނެ ކަމަށް ބުނީ..” އަރޫން ރިޔާޝްގެ ކޮނޑުގައި ޖަހާލަމުން ރަނގަޅުވާނެ ކަމަށް ބުންޏެވެ. ރިޔާޝް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ގަނޑުކޮޅެއްހައި ފިނިވެފައިވި ދެއަތަށް ރިޔާޝް އިރުއިރުކޮޅާ ފުމެލައެވެ. އަރޫންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހިތްދަތިކަމެވެ.ރޯމާއެއީ މިދުނިޔޭގައި އޭނާ އޭންމެ ލޯބިވާ އެއް ފުރާނައެވެ.

“އަރޫން…” ޑޮކްޓާރ ހުމައިދް އަރޫނަށް ގޮވާލަމުން އޭނާގެ ކެބިންއަށް ވަނެވެ. އަރޫންގެ ފަހަތުން ރިޔާޝްވެސް ވަނެވެ. “މީ ދަރިފުޅުތަ؟ހާދަ ބޮޑުވެއްޖޭ ދޯ…” ދެބަފައިންނަށް އިށީންނަން ހުމައިދު އިޝާރާތް ކޮށްލިއެވެ. ނަރުސް ކުއްޖާ ވަދެގެން އައިގޮތަށް ގަނޑުތަކެއް ދީފައި ހިނގައްޖެއެވެ.ހީވާގޮތުން އެއީ ރޯމާގެ ރިޕޯޓްތަކެވެ. “ހުމްމްމް… ސުވާލެއް ކޮށްލަންތަ؟” އަރޫން ބޯ ޖަހައިލިއެވެ. “ރޯމާ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ފިކުރުކުރޭ.. އަދި ވަރަށް ބޮޑަށް ޑިޕްރެސް ވެސް ވެފަ ވަނީ… ކޮންކަމަކާ ތަ ރޯމާ އެވަރަށް ވިސްނަނީ؟؟” އަރޫން އާ ރިޔާޝް އެކަކު އަނެކަކަށް ބަލައިލުމަށްފަހު ދެމީހުންނަށް ވެސް އިސްޖަހައިލެވުނެވެ. “އަރޫން..އިޒް އެވްރިތިން އޯލްރައިޓް..؟” ހުމައިދު ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ސުވާލު ކޮށްލިއެވެ. “ހުމައިދު…ތީވަރަށް ދިގުވާހަކައެއް ..ދެން ކިހިނެއް ހަދަންވީ…އަހަރެން ކީއްކުރަންވީ..ތިކަމަށް؟؟؟” ހުމައިދު ބަލާލީ ރިޔާޝަށެވެ. އޭނާގެ ހިތުގައި ވަނީ ވަރަށް ބޮޑު އޮޅުން ބޮޅުން ގަނޑެއް ހެދިފައެވެ.

ނަމަވެސް އޭނާ ސުވާލު ނުކޮށް މަޑުކޮށްލީ އަރޫން އޭނާއަށް ކިޔައިދޭނެކަން ޔަގީންވެ އެހައި ޕްރެޝަރު އޭނާއަށް ނުކުރުމަށެވެ. އަރޫނަށް ވާހަކަ ދައްކަން އުނދަގޫވީ ރިޔާޝް އެތާ އިނުމުންކަން އެނގި ހުމައިދު އިތުރަށް ވާހަކަ ކުރިޔަށް ގެންދިޔައީ މައުޟޫއު ބަދަލް ކޮށްލަމުންނެވެ. “ގިނަ ވަގުތު ރޯމާއާ އެކީ ހޭދަކުރަން އަހަރެން އެދެނީ…ތިދެ މީހުންގެ ލޯބި ހަމަ މުހިންމީ… ރިޔާޝް… އަދި އެބަހުރި ބައްޕައާ ވަކިން ދައްކަން ބޭނުންވާ ބައެއް ވާހަކަ.. ” ހުމައިދު މިހެން ބުނުމުން ރިޔާޝް އެތަނުން ނުކުމެގެން ހިނގައިގަތެވެ.

 ”ދެން ބުނެބަލަ…އަހަރެންނަށް ފެނުނު އިރުގެ ރޯމާ އެއް ނޫނޭ މިހާރު އަހަރެންނަށް މި ފެންނަނީ” ހުމައިދު އަތުން އިޝާރާތް ކޮށްލަމުން ބެލްކަންޏަށް ނުކުތެވެ. އަރޫންވެސް ފަހަތުން ނުކުތެވެ. ޖެހެމުންދާ ވައިގެ ތެރެއަށް ފުން ނޭވާއެއް މިނިވަން ކޮށްލމުން އަރޫން އޭނާގެ މާޔޫސް ދިރިއުޅުމުގެ ވާހަކަ ކިޔައިދޭން ފެށިއެވެ. މީގެ 23 ވަރަކަށް އަހަރުކުރީގެ ހިތްދތި އެ ހާދިސާގެ ހުރިހައި ވާހަކަތަކެއް ހުމައިދުއާ ހިއްސާ ކުރިއެވެ… އ.

އޭނާ މަޑު މަޑުން ގޮސް ވަނީ ރޯމާ ބާއްވައިފައި އޮތް ކޮޓަރިއަށެވެ. އޮކްސިޖަން ގުޅާފައި އޮތް މާސްކާއެކު ރޯމާއޮތީ ދެލޯ މަރައިގެންނެވެ. އެނދުގެ މަގަތަށް ހުއްޓިލަމުން އަރޫން އޭނާގެ މަންމަ އޮތް ހާލު ފެނި ދެރަވެގެން ރޮވުނެވެ. ހީވަނީ ބޮޑު ބައްޔެއްގައި އޮތް މީހެއް ހެންނެވެ.  “މަންމާ…” އޭނާ ރޯމާގެ އަތުގައި ހިފައި ބޮސް ދިނެވެ. އޭނާގެ ލޮލުން ވެއްޓުނު  ކަރުނަތިކި ގޮސް ރޯމާގެ އަތަށް ވެއްޓުނެވެ. ރޯމާގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލި ކަމެވެ. އިތުރަށް ރިޔާޝަށް އެތާ މަޑެއް ނުކުރެވުނެވެ. ހޮސްޕިޓަލުން ނުކުމެގެންއައި ރިޔާޝް ހުއްޓުނީ ހޮސްޕިޓަލުގެ ބޭރު ފެންޑާގައި ހުރި ތަނބެއްގެ ކައިރިއަށެވެ. ގޮށްމުއް ކަވާލަމުން އޭނާއަށް ތަނބުގައި ޖަހައިލެވުނީ ހިތުގައި އުފެދުނު ނަފްރަތުންނެވެ. ދަތްކުނޑި ވިކާލާފައި އޭނާ ހިނގައިގަތީ ކާރާ ދިމާއަށެވެ. ޓިއުލިޕްގެ ގޭޓުން ވަދެގެންއައި ކާރު ހުއްޓުނީ މަގުގެ މެދެއްހައި ހިސާބުގައެވެ.

ކާރުން ނުކުމެގެން ހިނގައިގަތް ރިޔާޝްފެނިގެން މަރީނާވެސް ބަގީޗާތެރޭގައި ހުރެފައި އާދެއެވެ. ނަމަވެސް އެއްޗެއް ނުބުނެވެނީސް ރިޔާޝް ގޭތެރެއަށް ވަދެގެން ހިނގައިގަތެވެ. ރިޔާޝް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިހެން ހީވެ މަރީނާ އޭނާ އެކަނިވާން ދޫކޮށްލާފައި އަނެއްކާވެސް އައިކޮޅަށް ގޮއްސިއެވެ. ބާރު ހިނގުމެއްގައި އައި ރިޔާޝް ވަދެގެން ދިޔައީ ގޭގެ ގުދަނަށެވެ. އޭނާ ހިތްހަމަ ޖެހޭވަރުގެ ކުޑަ ފޮށިގަނޑެއް ފެނުމުން އެ ނަގައިގެން ހިނގައިގަތީ ރަޔާގެ ކޮޓަރިޔާދިމާއަށެވެ. މަރީނާއަށް މިތަންފެނި އޭނާވެސް ރިޔާޝްގެ ފަހަތުން އައިސް އެ ކޮޓަރީގެ ބޭރުގައި މަޑުކޮށްލިއެވެ. ވަދެގެން ދިޔަ ރިޔާޝް އެނދުމަތީގައި ފޮށިގަނޑު ބަހައްޓަމުން  ކޮޓަރީގެ ހުރިހައިދިމާއަކަށް ނަޒަރު ހިންގާލިއެވެ. އަދި ފުންނޭވާއެއް ލަމުން ޖީބަށް އަތް ޖަހައިލިއެވެ.

“ރަޔާ…. ތިއުޅޭ ތަނެއްގަ ހާދަ ހިތްހަމަ ޖެހިގެންނޭދޯ ތިއުޅެނީ…ރަޔާއަށް ކެތްކުރެވޭކަމާމެދު އަހަރެން ހަމަ އަޖައިބުވެ އަންތަރީސްވަން…” ފޮޓޯތަކަށް ބަލަން ހުރެ ރިޔާޝް ވާހަކަދައްކަން ފެށިއެވެ. “ރަޔާ ގެ އަސްލު އަހަރެންނަކަށްވެސް ނޭނގެ…އެކަމަކު އަހަރެންގެ މަންމައާ ބައްޕަ ރަޔާ ބަލައި ބޮޑު ކުރީ އަހަރެންފަދައިން…މި ހަތަރު ފާރުގެ އެތެރޭގައި މިހިރީ ރަޔާދެކެ އެމީހުން ލޯބިވާވަރު ހާމަވާން… އެމީހުންނަށް އަހަރެން ފަދައިން ރަޔާވެސް މުހިންމުވަރު ހާމަވާން…އެކަމަކު ތީ…ތީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް…  މިއަދު އަހަރެންގެ މަންމަ އެހާލުގަ ގަނަތެޅުމުގެ ސަބަބަކީތީ… އަހަރެން ރަޔާދެކެ ލޯބިވެވުނީ ނުވެސް އެނގި… ރަޔާ އަހަންނަށް ކުރެވުނު ކުޑަ ކުޑަ ކުށަށް ތިހައި ބޮޑު ސަޒާއެއް ތި ދެނީ ކީއްވެ؟……..” ރިޔާޝް ދެ ކަނކޫ މައްޗަށް ތިރިވިއެވެ. އޭނާއަށް ގިސްލެވެންފެށުނެވެ. އޭނާގެ ހިތުގައިވި ހުރިހައި ހިތާމައެއް ޝަކުވާތަކެއްގެ ސިފައިގައި ބޭރު ކުރަމުންދިޔައިރު މަރީނާ ހުރީ ކަނުލައި އަޑުއަހަންށެވެ. ހުދު އޭނާގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ.

އަނގަމަތީ އަތް އަޅައިގެން ހުރީ އޭނާއަށް ކުރިން އެނގިފައިނެތް ވާހަކަތަކެއް އެނގުމުންނެވެ. އެހުރި ގޮތަށް ހުރެފައި އޭނާ ހިނގައިގަތީ އޭނާގެ ކޮޓަރިޔާ ދިމާއަށެވެ. ރިޔާޝް އެ އިންގޮތަށް އިރުކޮޅަކު އިނދެފައި އިސްއުފުލައި ރަޔާގެ ފޮޓޯތަކަށް ބަލައިލިއެވެ. އޭނާގެ އެ ބެލުމުގައި ވީ ނަފްރަތެވެ. “އަހަރެން ކަލޭދެކެ ވީ ލޯބި ހަނދާން ނައްތާލާނަން…ކަލޭގެ ހުރިހައި ހަދާނެއް އަހަރެން ފޮހެލާނަން…އަހަރެންގެ ހަޔާތުން ދެން ކަލެއަށް ޖާގައެއް ނުދެވޭނެ.. ޓިއުލިޕްއިންވެސް..އައި ހޭޓް ޔޫ ރަޔާ…އައި ހޭޓް ޔޫ…”  ރުޅިވެރިކަމާއެކީ ރިޔާޝް ބުނެލިއެވެ. އެއަށްފަހު ރިޔާޝް ރަޔާގެ ކޮންމެ ފޮޓޯއެއް އޭނާ ގެނައި ފޮށިގަނޑަށް އަޅާ ހުރިހައި ފޮޓޯއެއް ނެގިއެވެ. ބޭނުމަކަށްވީ އޭނާގެ މަންމައާ ބައްޕަވެސް ރަޔާގެ ހަނދާންތަކާ ދުރު ކުރުވުމެވެ. ރިޔާޝް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

********************************************************

އަނދިރި ގުދަނެއްކަހަލަ ކޮޓަރި ތެރޭން ރަޔާ އަށް ހޭވެރިކަމެއް ވިއެވެ. ބޮލުގައި އަތް އަޅައިގެން ރަޔާ ތެދުވާން މަސައްކަތް ކުރިއެވެ. ނިތްކުރީގައި ލޭގެ ނިޝާން ހުއްޓެވެ. ރަޔާގެ އަތްބަނދެފައި ވުމުން އޭނާ ތެދުވާން މަސައްކަތް ކުރަން ޖެހުނީ ވަރަށް އުނދަގުލުންނެވެ. އެ އަނދިރި ކޮޓަރިއަށް ރަޔާ ނަޒަރު ހިންގާލިއެވެ. މަކުނުވާއިން ފުރިފައިވި ތަނެކެވެ. ތަރުތީބެއް ނެތްހެން އެއްޗެހިތަށްވަނީ އެތަން މިތަނަށް އުކާލެވިފައެވެ. ހީވާގޮތުން އެއީ ގުދަނެކެވެ. ދެލޯ ބޮޑުކޮށްލަމުން ރަޔާ ފަހަތަށް ޖެހެން ފެށިއެވެ. އެއާއެކު މީހެއްގެ ހިޔަނި އޭނާގެ މޫނަށް އެޅުނެވެ………………ނުނިމޭ

Comments (21)

  1. Uhthoo

    Salaam.. finally cover changed.. same couple Hama… hope you all like it.. pls leave a comment here.. love you all?❤️❤️❤️❤️?

  2. Mixx

    Mi part vess v salhi❤️❤️❤️❤️❤️❤️❤️

    1. Uhthoo
      Mixx

      Thankoo ❤️?

  3. Faree

    Mi baives v reethi ❤❤❤
    Gud luck for next part
    Uhthoo love u more

    1. Uhthoo
      Faree

      Thankoo loabss ????❤️❤️

  4. Beautym

    Varah reethi mi part vx… When next part? Waiting for next part???….<3

    1. Uhthoo
      Beautym

      Sooooon inshallah ????

  5. Aff

    Hello ehves kuhjakah ingey aifa nazim kiyaa kuhjeh ulhe ennu story eh .. black beauty ehgothah ekuhjaa sifa kohfa innaani story .. loon kiyaa baby ehvs ulheyne .. ingeynyaa alhe bunela dheeba kaaku liyefa in story eh tha eyee .. plxx avas koh ingey kuhjaku buneladhehchey

    1. Uhthoo
      Aff

      Sorry alhugandakah neynge ?

  6. Meekkomee

    Woww????Varah reethi Masha Allah ????whn is next part waiting ???????lysm???❤️❤️❤️❤️

    1. Uhthoo
      Meekkomee

      Thankooo ????❤️

  7. Sham

    Mi part ves Varah reethi ❤️❤️❤️

  8. jiji

    ???❤Salhi mi part vec

    1. Uhthoo
      jiji

      Thank yuh ??❤️

  9. Kylie

    Maasha Allah v Reethi Mi part vs…. LYSM❤️❤️❤️❤️❤️????

  10. Sham

    When is next part……. ❤️❤️❤️❤️

  11. Uhthoo

    Soon inshallah ❤️

  12. Anonymous

    Hmm miothy cover change kohla dheyshey buneema ekan vec amaa buneema farah dhaa usoolun kohfa… Mihaaru eyndha firihineh hyvany bangaalhi eh hen… Uthoo ah neynge ny tha rythi firihen kuhjehge pic eh laan.. Bangaalhin kanne dhw Uthoo ah rythy…

  13. Fathun

    Kobaa next part.. waiting waiting ?

  14. aish

    koba 7 vana part mihaaru kihaa dhuvahe vejje adhi ve snunikume kon irakun tho e bai ni kunn nanee?thankolhe dhigu ko e bai nere ba pls

  15. ރޫރޫރޫރޫ

    Kon irakun next part up kolladheynee

Comments are closed.