ވިހަ އޮތަކަސް ބަލި އެނދުގާ ބަލިވެފަ މަޑުމޮޅި ކަމުގާ ހެލިފެލި ނުވެވުނަސް އަދުގާ އުޅެފާ މިހިރީ ކުރިން ހަނދުގާ މާޒީގެ ޙިޔާލަށް ގެނބިގެން ތަންމައްޗެއްގައި މަޑު އޮވެގެން ކުރުގޮތަކަށް ފޮނިކޮށް ބުނެދެން ކުރުވި ހަޔާތް މަގެ ލިޔެގެން ފައިސާގެ ދަޅައިގައި ޖެހިފާ ނަފްސު މަށަށް މަގެ ފެނިފާ އުޅެވުނު ދުވަސްތައް ހެވިފާ ޖަހަމުން ދިޔަ ބެރަކަށް ނެށިފާ ހުރިކަމުގާ ނުބަލާ މަންމާ ހުރިތަނުގާ ދޫކޮށް ބައްޕާ މުޅިތަނުގާ އާޓު މަ ދައްކާ ވިހަ […]
ރަންކަމާ….. އެކަނިވެރި ޙަޔާތުގާ މަށާ ދިމާވި ކުއްޖަކާ ވެވިއްޖެ ލޯބި ގަސްތަކާ ނުލާ މަ ހުއްޓަ މަސްތުގާ ހީތަކަށް މަ ހެއްލިފާ ލަދު އޮތީމަ ހިތްފުރާ ވީމެ މަންމަނެއް ފަދައިން ދުރުވެފާ މަ ބަސްތަކާ ވީމަ ކަން މިހެންވެފާ ކުރިމަތީގަ ވީ ތުރާ ހިއްސުތައް މަގޭ ބުނާ ނުވާނެޔޭ މަށަށް ގިރާ ދުވަސްތަކެއް އެތައް ހިނގާ ކުރިއެރުން މަށަށް ނުވާ ކުރި އެކީ ބެދެން ފަށާ ވެއްޖެ ގޮތް މަ ހުސްވެފާ […]
މެންދަމުގެ ވަގުތެވެ. އަހަރެން އޮތީ ނުނިދިފައެވެ. ނިދޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ބިރުވެރި ހިޔާލުތަކެކެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ސިފަވެގެން އަންނަނީ އެ ނާމާން ރޭގެ ހަނދާންތަކެވެ. ލޯ ހުޅުވައިގެން ހުންނަ ވަގުތުތަކުގައި ވެސް ސިފަވަނީ ހަމަ އެ މަންޒަރެވެ. އެއީ މީގެ ދެރޭ ކުރިއެވެ. ހަމަ މިފަދަ މެންދަމުގެ ވަގުތެކެވެ. އަހަރެން އިނީ ހަލުވިކަމާއެކު ދުއްވަމުންދިޔަ ލޯންޗުގެ ފަހަތު ސީޓުގައި އިށީދެގެންނެވެ. އެކުގައި ހުރީ މައްތު އެވެ. މައްތުއަކީ […]