އީނާލްއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ޒައިންގެ ޓީޝާޓު އަތަށް ބޮނޑިކޮށްލެވުނެވެ. ޒައިންގެ ދެލޯ ސީދާ ވެފައި ހުރީ އީނާލްގެ މޫނަށެވެ. އީނާލްގެ ފަން އިސްތަށިގަނޑުގެ އެއްބައި އޮތީ މޫނަށް އެޅިފައެވެ. ޒައިންއަށް އެމޫނުން ކިރިޔާވެސް ތަންކޮޅެއް ފަރުދާވުން ބަރުދާސްތު ނުވިއެވެ. އޭނާގެ އަތުން އީނާލްގެ މޫނަށް އެޅިފައިވާ އިސްތަށިކޮޅުތައް ކަންފަތް ކައިރިއަށް ލައްވާލަ ދިނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އީނާލްގެ މޫނު މަޑުމަޑުން ރަތް ވާންފެށިއެވެ. ދެމީހުންގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. ދެހިތުގެ ތެޅުން […]
*************** ސިފައިންނަށް ހާއްސަ ކޮށްފައިވާ އޭރިޔާގެ ބޯރޑާރ ގޭޓު ކައިރީ އަފްލާހް މަޑުކޮށްލައިގެން ހުރީ ޒާޝާގެ އިންތިޒާރުގައެވެ. ނޫ ގަމީހަކާއި ކަޅު ޖިންސެއްގައި އަފްލާހް ފެންނަލެއް ހިތްގައިމެވެ. އަންހެން ކުދިންގެ ހިތް ފަތަޙަކޮށްލާ ފަދަ ރީތިކަމެކެވެ. ކިތަންމެ އާދައިގެ ފެންވަރުގެ ހެދުން އެޅިކަމުގައިވިޔަސް އެ ވަރުގަދަ ޝަހުސިއްޔަތަކަށް ބަދަލެއް ނާދެއެވެ. ޖީބުން ކުޑަ މަހުމާ ފޮށްޓެއް ނަގަމުން އަފްލާހް ހިނިތުންވެލިއެވެ. ފޮށި ހުޅުވާލުމާއެކު އޭގެން ނެގީ ތަޅުދަނޑި ފުލެއް ލާފައި އިން ރިހި ފަށެކެވެ. އެ […]
ޒެރާޝް މި ވާހަކަ ލިޔުމަށް އަޅުގަނޑަށް ވަނީ ދަތި ތަކެއް ދިމާވެފައެވެ. އަދި މިހާރަކީ ވަރަށް އުދަނގޫ ވަގުތަކަށް ވުމާއެކު އަޅުގަނޑު ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ. އަޅުގަނޑަށް ވީ އެންމެ އަވަހަކަށް ޒެރާޝް ގެ ބައިތައް ގެނެސް ދެވޭތޯ ބަލާނަމެވެ. އަޅުގަނޑު އެދެނީ ކެތްތެރިކަމަށެވެ. މިހާ ތަނަށް އަޅުގަނޑުގެ ވާހަކަ އަށް ދެއްވި ތައުރީފަށް އަޅުގަނޑު ޝުކުރު ދަންނަވަމެވެ.
މިޒްރާން އީނާލް އަތްދަނޑި މައްޗަށް އުފުލާލިއެވެ.އަދި ކައިރީގައި ހުރި މީހާއާ ދިމާލަށް ދެލޯ އަޅާލިއެވެ.”ކަލެއަށް މި ވަރު ކަމެއް ނުވިތަ؟؟ ކަލޭމެން ހުރެގެން މަށަށް ކޮން ފައިދާއެއް ވަނީ؟؟؟މަށަށް ހުރިހާ ކަމެއް….މަ ނެތިއްޔާ ގަލެއްވެސް ހިއްލާ ނުލެވޭ އެއްވަރުގެ ގަމާރުން….” ބޮޑާ ކަމާ އެކީ މޭ ފުއްޕާލަމުން މިޒްރާން އީނާލް ގޮވައިގެން ދުރުގައި އޮތް ކާރަށް އެރިއެވެ. އެމީހާ ފަހަތުން އައެވެ. އީނާލްގެ ގޭ ފަހަތުގައި ނިވާވެގެން ހުރި ޒައިންގެ ދެ އަތް މުށް ކެވުނެވެ. ހާލަތު […]
ކޮނޑުގައި އޮތް ކަޅުކުލައިގެ ދަބަސް ޒައިން އީނާލް ކައިރީގައި ބައިންދަމުން މަގާ ދިމާލަށް ބޯ ދިއްކޮށްލިއެވެ. އޭރު މާސްކު އެޅި މީހަކު އީނާލް ހޯދަމުން ދިޔައެވެ. އީނާލްވެސް ޒައިންގެ ފުރަގަހުން ބޯ ދިއްކޮށްލިއެވެ. އެމީހާ ފެނި އޭނާގެ ހައިރާންކަން އިތުރު ކުރުވައިފިއެވެ. އެވަގުތު އީނާލްގެ ލޮލުގައި އަޅައިގަތީ އެމީހާ ކައިރީ ހުރި ގަހުގައި އިން ކުޅަނދުރު ހަތައެވެ. އޭނާގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައެވެ. އަރައިގެން ހުރި ފައިވާން ކިބަ އަތަށް ނަގަމުން އޭނާ ތެދުވިއެވެ. ޒައިން […]
ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ފުން ނިންޖަށް މީހުން ގެނބެމުން ދިޔައިރު ޒައިންގެ ހިތް ނުތަނަވަސް ވަމުން ދިޔައީ އޭނާގެ އެއްވެސް އިހްތިޔާރަކާ ނުލައެވެ. އީނާލްއާ މެދު ކަންބޮޑުވެފައި ދެކޮޅަށް ހިނގާލަ ހިނގާލަ ހިނގާލާ ހުރީއެވެ. އޭނާގެ ލޯ ކުރިމަތީ ސިފަވަނީ އެ ހިނިތުންވުމެވެ. އެސޫރައެވެ. ޒައިން އަށް ވަމުން ދާ ގޮތް ބަލަން އައިޒަން ހުރީ ކަމެއް ޔަޤީން ކުރާ ކަހަލަ ގޮތަކަށެވެ. ރަނާއަށް ވެސް ކުރިމަތިން ފެންނަމުންދާ މަންޒަރު ޤަބޫލުނުކުރެވޭ ކަހަލައެވެ.ޒައިންގެ ފަރާތުން މިފަދަ ކަމެއް […]
ގަޑިތައް ފާއިތުވަމުން ގޮސް ޕީއީ ގަޑި ޖެހިއްޖެއެވެ.އެންމެން އެއްބަސްވީ ފައިގަތަޅާ ކުޅުމަށެވެ. ކުލާހުގެ ލީޑަރާއި އެސިސްޓެންޓް ލީޑަރު އިސްވެ ހުރެ ދެ ޓީމު ނެގިއެވެ. ކަންދިމާކުރިގޮތުން އީނާލްއާއި ޝާހިން ޖެހުނީ އެއް ޓީމަކަށެވެ. ކޯޓުގެ އެތެރެ ލިބުނީ އީނާލް މެންނަށެވެ. ބޯޅަ އުކަން ފެށުމާއެކު ކޯޓު ތެރޭ ފޯރި ގަދަވާންފެށިއެވެ. އީނާލް ބޯޅައިން ރެކެމުން ދިޔައީ ފަސޭހަކަމާއެކީގައެވެ. ބޯޅަ އަންނަ ދިމާއަށް ހުޝިޔާރުކަމާއެކު އޭނާ އަރައި ބޯޅައެއް ހިފާލީ ކުޅުން ފެށުންތާ 10 މިނެޓުގައެވެ. އީނަލް ފަދައިން […]
ބޯޑުގައި ލޮނުގަނޑު ކަފަމުން އައިސް ފުށީގެ ހުދު ދޮންވެލިގަނޑުގައި ބީއްސާލުމާއެކު އޭނާ ގޮނޑުދޮށަށް ފުންމާލިއެވެ. ބޯޑު އަތަށް ނަގަމުން އޭނާ އަނެއްކާވެސް ފިތަކަށް ފިއްތާލިއެވެ. އެއާކު އިހުހުރި ގޮތަށް ހަތިޔާރަކަށް ބަދަލުވިއެވެ. ފުންނޭވާ އެއް ދޫކޮށްލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ. ރަށުތެރެއިން ލާފައި ގޮސް އޭނާ ހުއްޓުނީ ބޮޑު ވެލިފުނިތަކެއް ކައިރީގައެވެ. އެދިމާލުން ބިންމަތީގައި ހުރި ވެލިތައް ފަރާތަކަށް ޖައްސާލަމުން އޭނާ ދެފަހަރު ބިންމަތީ ޖަހާލިއެވެ. ހަމަ އެއާއެކު ފެނުނީ ވެލިފުނިތަކުން ދޮރެއް ކެހުނުތަނެވެ. ބަލަން ނުހުރެ […]
އޭރު އިނާލްގެ މޫނުމަތިން ފެނިލީ ނުރައްކާތެރި ކުލަވަރެކެވެ. އީނާލް ހިތްހަމަޖެހޭވަރުވުމުން ދުނިދަނޑި ތިރި ކޮށްލިއެވެ. ޝާހިން އަށް އޭނާ އެއްމިޔަކަނިން ހީލީ ލާނެތް ފާޑާކަށެވެ. އީނާލްގެ ދިގު ފަންއިސްތަށިގަނޑު ލުއި ހުޅިއެއް ޖަހާފައި ހުރުމުން ސާދާ ގޮތެއް ހުއްޓެވެ. ހުޅިން ދޫވެގެން ދެއަރިމަތިން އިސްތަށިކޮޅެއް ވެއްޓިފައި އޮތުމުން އީނާލްގެ ރީތިކަން ވީ އިތުރެވެ. ލައިގެން ހުރީ ކަޅުކުލައިގެ އަތް ދިގު މަތިކޮޅަކާ ކަޅު ސްކިނީއެކެވެ.” ކިރިޔާ ހިތް ނުހުއްޓުނީ….އީންގެ ކަމަކީ ތި….ތީގެން އަތް ދޫކޮށްލާނީވެސް އާދޭސް ކޮށްގެން…..ހިނގާބަލަ […]