އެރައިވަލްސް އިން ނިކުތް ޒުވާން ޖޯޑަށް އެންމެގެ ނަޒަރު ވަނީ ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެއީ ރާއްޖޭއަށް އެންމެ ރީތި ނަން ހޯދާދީފައިވާ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާރާޝްއާއި އޭނާގެ އަންހެނުން މާނީއެވެ. މާނީ ކޮނޑުގައި ބޯ އަޅާލައިގެން ތިން އަހަރުގެ ޔޫސުފް އޮތެވެ. ނޫސްވެރިންނާއި އާންމުންގެ ކެމެރާތަކަށް އާރާޝްގެ ކުޑަކުޑަ އާއިލާ އެރިއެވެ. ރާއްޖެ އަންނަން އާރާޝް ބޭނުންނުވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. ކުޑަ ގައުމަކަށް ވުމުން މީހުންނަށް […]
“ނޫނޭ ބޮޑުމަންމާ….ބޮޑުމަންމަ ކައިރި އެއްޗެކޭ ބުނެލަން ބޭނުންވެގެން މި ގުޅާލީ….އަހަރެން ބޭނުން މަލާކްއާ އިންނަން…” ފޯނުގެ އެކޮޅުން އިވުނު ބަސްތަކުން ލިބުމާއެކީ ކޮޓަރީގެ ރީތިވާ މޭޒުކައިރި ހުއްޓިހުރި ވަސީމާއަށް ސިހުމެއް ލިބުނެވެ. އެ ބަސްތައް ޤަބޫލުކުރަން ނޭނގިފައި އޭނައަށް ސިކުންތުކޮޅަކަށް ހުރެވުނެވެ. މިއީ ހަމަ ޙަޤީޤަތެއްތޯ ހިތަށްއެރި ވަގުތު އޭނައަށް ވާހަކަ ދެކެވުނެވެ. “އަޔާޒް ކީއްވެތަ ކުއްލިއަކަށް ތިހެން ތިބުނީ؟ މަލާކްއާ އިންނަން ބޭނުންނުވަންޏާ ނުއިންނައްޗޭ….އެއީ ރަނގަޅުކަމެއް ނޫން.” ވަސީމާއަށް އެހެން ބުނެލެވުނީ ހިސާބަކަށް އަމިއްލަ […]
ޔުމާން ބުނެބަލަ… ތިހާ ސައިލެންޓްވީމަ، އަހަރެންގެ ހިތް ބިރުގަންނަން ފަށައިފި… ކޮންމެވެސް ކަމެއް ގޯސްވާހެން ހީވެއޭ އެބަ… އާދޭސްކޮށްފައި ބުނަން… އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު… ޔުމާންވެސް އެދަރިފުޅުދެކެ ލޯބިވަންޏާ އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހާ ވާހަކައެއް ކިޔައިދީ…” އިވްޔާ ތެދުވިއިރު، ފެންކަޅިވެއްޖެއެވެ. އޭނައަށް ޔުމާންގެ އަތުގައި ހިފައިލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. “އައިމް ސޮރީ… އައިމް ސޯ ސޮރީ އިވީ… އަހަންނަށް ވަނީ ވަރަށް ބޮޑު ގޯހެއް ހެދިފައި…” ޔުމާން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. […]
ލޫން ފެނުމާއެކު ހުއްޓުންއެރި ޝާހިދުގެ ދެލޯ ބޮޑުވިގޮތަށް މުޅި މީހާއަށް ޝޯކެއްޖެހުނު ފަދައެވެ. * * * * * * * * * * * * * * * * * އައިލީންއާ އައިޝަމްވެސް ތިބީ އެހާލުގައެވެ. އައިލީންއަށް ކުރިމަތިން ހީކުރެވުނީ އަމިއްލަ ސޫރަ ފެނުނުހެންނެވެ. ތަފާތަކީ ލޫންގެ ކަޅުކަންގަދަ ވިދުމެއްލިބިފައިވާ ދެލޮލާއި އައިލީންގެ އަޅިފެހިކުލައިގެ ދެލޮލެވެ. ޝާހިދު ކުރިޔަށް ފިޔަވަޅެއް އަޅަމުންގޮސް ލޫން ކައިރީގައި މަޑުކޮއްލީ އިއްބާން ހުރި ފަރާތުގެ […]
ރައުލްއާއެކު މަލްޝާ އެންމެން ކުޅެން ތިބި ހިސާބަށް ދިޔައިރު އެންމެން ވަށް ބުރެއް ހަދައިގެން ކުޅެން ތިއްބެވެ. ރައުލްއާ މަލްޝާވެސް މަޑު ކަފަ ކޮޅެއް ފަދަ ވިނަގަނޑުމަތީގައި އިށީނދެލިއެވެ. މަލްޝާއާ ޖެހިގެން އިން އީވާއާ ސުވާލުކުރުމަށްފަހު މަލްޝާއާ ޖެހުމުން މަލްޝާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަތްފައި ފިނިވެފައި ވިއެވެ. ” ޓްރުތް އޯރ ޑެއަރ… ” އައިލީޝް ބުމަ އަރުވާލަމުން އަހާލުމާއެކު މަލްޝާ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ޓްރުތް އޭ ބުނެލިއެވެ. ” […]
ދެގަޑިއެއްހައިއިރު ފަހުން ޒާޔާ ހޭ އެރިއެވެ. މަޑުމަޑުން އެސްފިޔަތައް ހުޅުވާ ލުމަށްފަހު ބޮލުގައި އަތް ޖައްސާލިއެވެ. ބޮލަށް ބާރުވެފައި ހުރުމުގެ ސަބަބުން ފުރަތަމަ ތަންތަން ފެނުނީ ވަރަށް ފުސްކޮށެވެ. ރަނގަޅަށް ފެންނަށް ފެށުމުން ޒާޔާ ވަށައިގެންވާ މާޙައުލަށް ނަޒަރު ހިނގާލިއެވެ. އޭނާ އޮތް އެނދުގެ އެއްއަރި މަތީގައި ބޯއަޅައިގެން ފިރިހެނެއް އޮތެވެ. ކުއްލިއަކަށް ޒާޔާ ތެދުވިއެވެ. އެމީހާ ވެސް ސިއްސައިގެންގޮސް ތެދުވިއެވެ. ޒާޔާ ހީކުރީ އެއީ ޒިޔާން ކަމަށެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި ހުރީ ރަޔާންއެވެ. […]
އެރީތި ސޫރަ ބަލާލުމުގެ ފުރުސަތު ލިވީއަށް އެ ލިބެނީ ހާދަ ދުވަހަކަށް ފަހުއެވެ. އުފަލުން ހިތް ނުހުއްޓުނިއްޔާ ހެވެވެ. އޭނާއަށް ދުވަހަކުވެސް ޒައިކު މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެއަށްވުރެ ޒައިކު ދެކެ ލޯބިވެވިފައި ވާތީއެވެ. ޝިފާ އަށް ޓަކައި އޭނާ އުފާކުރިއެވެ. އޭނާއަށް ޒައިކު ދޫކޮށްލަން ޝިފާ ދެބަހެއް ނުވާނެކަން ގައިމެވެ. އެހެން މީހުންގެ އުފާތަކަށްވުރެ މިހާރު މުހިންމީ އޭނާގެ އަމިއްލަ އުފާތަކެވެ. ހަމަ ގައިމުވެސް ޒައިކު އަށްވުރެ މުހިންމު މީހަކު މިދުނިޔެއަކު ނެތެވެ. […]
“ހޭއި ދޮންތި” ލިވްޔާއެހެން ބުނެލި އިރު ހީވަނީ އެންމެ ލޯބިވާ ދައްތަ ހެންނެވެ.މިހެން ވާންވީ ކީއްވެ ހެއްޔެވެ.؟ “ލިވްޔާ އެންމެ ފަހަރަކުވެސް އެ ލަމްޔާ އާ ދިމާލަށް ބަލާލާގެން ވެސް ނުވާނެ… ނުވި ތާކަށް ފެންނަ ހިސާބަށް އައިސްގެން ވެސް ނުވާނެ..އަހަރެން މިހާރު ތި ލިވްޔާ ދެކެ ވަރަށް ފޫހިވޭ.. ދުރަށް ޖެހޭ ދާން ވެއްޖެ…” ކައިޒާން ހުރީ ރަތް ވެފައެވެ. ރުޅި ގަދަވެގެން ގޮސް މީހާ ރޫރޫ އަރަމުން ދިޔައެވެ.ލިވްޔާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެހެންވެ […]
“ދަރިފުޅާ.. މިހާރު ކައިވެނީގެ ހަފްލާ ފެށޭ ގަޑި ޖެހެނީ… އަދިވެސް ތައްޔާރު ނުވަންތަ…” ލިސާން ތައްޔާރުވާން ނޫޅެ އަދިވެސް އެނދުގަ އިށީންދެގެން އިންތަން ފެނިފަ ކޮޓަރިއަށް ވަދެގެން އައި ނާދިޔާ ހުރީ ކުޑަކޮށް ހިތްނުތަނަވަސް ވެފައެވެ. ” މަންމާ.. އަހަރެންނަށް މިކުރެވެނީ ރަނގަޅު ކަމެއްތަ.. އަހަރެންނަށް ހިއްޔެއް ނުވޭ ނީރާ ދެކެ ވެވުނު ލޯބި އެހެން މީހެއްދެކެ ވެވިދާނެހެން..” ކައިރީގަ އިށީންނި ނާދިޔާ އާ ވާހަކަ ދައްކަމުން ލިސާން ބުނެލިއެވެ. އެ ހިތުގަ އެފަދަ އެތަށް ޝައްކުތަކެއް ވާނެކަން ނާދިޔާވެސް ގަބޫލް ކުރެއެވެ. […]