ބޯޑުގައި ލޮނުގަނޑު ކަފަމުން އައިސް ފުށީގެ ހުދު ދޮންވެލިގަނޑުގައި ބީއްސާލުމާއެކު އޭނާ ގޮނޑުދޮށަށް ފުންމާލިއެވެ. ބޯޑު އަތަށް ނަގަމުން އޭނާ އަނެއްކާވެސް ފިތަކަށް ފިއްތާލިއެވެ. އެއާކު އިހުހުރި ގޮތަށް ހަތިޔާރަކަށް ބަދަލުވިއެވެ. ފުންނޭވާ އެއް ދޫކޮށްލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ. ރަށުތެރެއިން ލާފައި ގޮސް އޭނާ ހުއްޓުނީ ބޮޑު ވެލިފުނިތަކެއް ކައިރީގައެވެ. އެދިމާލުން ބިންމަތީގައި ހުރި ވެލިތައް ފަރާތަކަށް ޖައްސާލަމުން އޭނާ ދެފަހަރު ބިންމަތީ ޖަހާލިއެވެ. ހަމަ އެއާއެކު ފެނުނީ ވެލިފުނިތަކުން ދޮރެއް ކެހުނުތަނެވެ. ބަލަން ނުހުރެ އޭނާ އެތަނުން އެތެރެއަށް ދެމިގަތެވެ.
ކުރިއަށް އޮތް މަގުން ހިނގަމުން ދިޔަވަރަކަށް އަލިވަމުން ދިޔައެވެ.ދޮރާ ހަމަޔަށް އެރުމާއެކު ދޮރު ކައިރީ ހުރި މީހާއަށް އޭނާ ބަލާލިއެވެ. އިހްތިރާމްގެ އިޝާރާތަކާއެކު އޭނާ ދޮރުގެ ކޯޑު ޖަހާދީފައި ދޮރު ހުޅުވާލިއެވެ. ބޮޑު ހޯލެއް ކަހަލަ ތަނެކެވެ. ކޮމްޕިއުޓަރުތަކާއި ސީސީޓީވީ ފުޓޭޖްތައް ދިރާސާ ކުރުމުގައި އެއްބަޔަކު އަވަދިނެތި އުޅެމުން ދިޔައިރު އަނެއްބަޔަކު ފައިލުތައް ހޯދާ ބަލަމުން ދެއެވެ. އޭނާ ހޯލު ތެރެއިން ލާފައި ގޮސް ވަނީ މީޓިން ރޫމް އަކަށެވެ. އެކޮޓަރީގެ މެދުގައިވާ ބޮޑު މޭޒުގެ ދެފަރާތުގައި އޭނާއާ އެއްއުމުރުފުރައިގެ ބަޔަކު ތިއްބެވެ. އެމޭޒުގެ ކުރިމައްޗަށްވާ ގޮތަށް އިން އަފްލާހް އޭނާ ފެނުމުން ބުމައަރުވާލިއެވެ. ” ޒައިން…” ޒައިންއާ ދިމާލަށް ބަލަން ހުރެފައި އަރިމަތީ އިން ގޮނޑިއަށް އަފްލާހް އިޝާރާތް ކޮށްލިއެވެ. “ޓާރގެޓް ކާމިޔާބުތަ؟” ޒައިން އައިސް އިށީނުމާއެކު އަފްލާހް ސުވާލުކޮށްލިއެވެ. ޒައިން ބޯ ޖަހާލިއެވެ. އެއާއެކު އެތަނަށް އަންހެނަކު ވަނެވެ. އަވަސް އަރުވާލަފައި އައިސް އޭނާ ހުރިހާ އެންމުންނަށް ގަނޑުތަކެއް ބަހާލިއެވެ. އަދި ސްކްރީނުން ޕޮރެޒެންޓޭޝަނެއް އަޅުވާލިއެވެ.
” ނަން : ހަސަން މިޒްރާން މުފީދު…ރަށް:ކުމުންދޫ…ރާއްޖޭގެ ބޮޑު މާފިއާ ގޭންގު ރަފާސްގެ ބޮސް ޒަފަރުގެ ރައިޓް ހޭންޑްގެ ސެކްރެޓެރީގެ ފިރިހެން ދަރިފުޅު… ފެރިދޫއަށް ޑްރަގް ޑީލްއެއްގަ އައިސް އެހެރީ…މިފަހުން ގެއްލުނު 4 އަންހެން ކުދިންވެސް ތިބީ އޭނާގެ ބެލުމުގެ ދަށުގައި….އެކަކު ފެރިދޫގެ ޑީލްގައި ވިއްކާލަން ގެނެސްފައި އެބަހުރި….ރަސްދޫއަށް ކުޅޭ މެޗުގެ ފޯރވާޑަކަށް އައީ މީހަކަށް ޝައްކު ވިޔަ ނުދޭން…ފެރިދޫގައި އޭނާ ހުންނަނީ ރައުފް ރަޝީދުގެ ނަމުގައި….”އެއް ނޭވައިން ލަޔާލް ހުރިހާ އެއްޗެއް ކިޔާލުމާއެކު އެންމެން އިސްޖެހީ ނުހޭން ވެގެންނެވެ. އަފްލާހް ގަނޑުތަކަށް އަޒަރު ހިންގާލަމުން މާނޭވާ ލެވިފައި ހުރި ލަޔާލްއަށް ބަލާލިއެވެ. ” އޯކޭ ލަޔާލް…. ޔޫ ކޭން ގޯ ނައު… އިތުރަށް އިންފޮމޭޝަން ލިބޭތޯ މަސައްކަތް ކުރޭ…ފައިންޑް ތަ އަދަރ ގާރލްސް. އިމީޑީއަޓްލީ…..” އަފްލާހް އެހެން ބުނެލުމުން ކައިރި ގޮނޑިއެއްގައި އިން ފިރިހެން ކުއްޖަކު ބާރަށް ކަރުކެހިލިއެވެ.
އަފްލާހް އެދިމާއަށް ބަލާލިއިރު ދެން ތިބި މީހުންނަށް ހިންދިރުވާލެވުނީ ވާނެގޮތް އެނގޭތީއެވެ ” ޝުކުރިއްޔާއޭ ބުނެލިއްޔާ އަފްލާހް ސަރ ވިރޭކަށް ތީ ގަނޑުފެނެއް ނޫނޭ…ގައިމު މޭމް އުފާވާނެދޯ ކުރި މަސައްކަތަށް ރީތި ރެސްޕޯންސެއް ލިބުނިއްޔާ… ރަތް ބޮކި މިތާ ދިއްލޭނެ އޭރުން…” ލާނެތް ރާގަކަށް އައިޒަން އަފްލާހާ ދިމާލަށް ނިތް އަރުވާލިއެވެ. އަފްލާހް ފާޑަކަށް އައިޒާންއާ ދިމާލަށް ކަޅިއަޅާލިއެވެ. ދެން ތިބި މީހުން އެތެރެއިން ހިނި ހިފަހައްޓާލި އިރު ލަޔާލް ހުރީ ލަދުން ގޮސް ރަތްވެފައެވެ. ޒައިންވެސް އައިޒަންއާ ދިމާލަށް ބަލާލީ އެއްމިޔަކަނިން ހިނިއައިސް ހުރެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެކަން ފޮރުވާލީ މީހަކަށް ހިލަންވެސް ނުވާ ގޮތަކަށެވެ. އަފްލާހަށް ބަލާލެވުނީ ލަޔާލްއަށެވެ.
އައިޒަންގެ އަނގަޔާ ހުރެ އަފްލާހަށް އިތުރު ގޮތެއް ނުވިއެވެ. ” ޝުކުރިއްޔާ ލަޔާލް…” މޫނުމަތީ އަސަރެއް ނެތް ގޮތަކަށް އަފްލާހް ބުނެލިއެވެ. ލަޔާލް ބޯޖަހާލަމުން ނިކުތެވެ.”އައިޒަން…..ފޯކަސް…” އަފްލާހް އެއްޗެކޭ ނުބުމުން ކައިރީގައި ރަނާ އައިޒަންގެ ކޮނޑުގައި ޖަހާލަމުން ވައިއަޑަކުން ބުންޏެވެ. ކޮނޑުގައި ފިރުމަމުން އައިޒަން ތަދުވާ ކަމަށް ހެދުނެވެ. އަފްލާހް އަވަހަށް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.” ސީރިއަސް… ތިމީހުންގެ މިޝަން އަކީ ޑީލްއާއެއްކޮށް އެމީހުން އަތުލައިގަތުން… ރިޔާޝާ ސަލާމަތް ކުރުން…. އެންޑް އޭނަ ބައްޕަ ވީ ހިސާބު ހޯދުން…. ޒައިން…ޑީލްގެ ލޮކޭޝަން ޓްރެކް ކުރޭ….ޒިނާން…ދީލް ހަދާ ބަޔަކު ހޯދާ ޗެކް ކުރޭ…ޒާރާ.. މީޓީން މިހާ ހިސާބަށް ނިމުނީ…. ގޯ ބެކް ނައު..” އަފްލާހް ކޮންމެ މީހެއްގެ އޭޖެންޓް ނަމުން މުޙާތަބު ކުރަމުން މިޝަން ހަވާލު ކުރިއެވެ.” އަދި އެއްކަންތައް….ޒައިޝް މާދަން އާދޭއެބަ މިޓީމަށް ޖޮއިން ކުރަން…އޭނާ ވެސް ބައިވެރިވާނެ…. ޓީމް ވޯރކް މީގައި ވަރަށް މުހިންމު ވާނެ…” އެންމެން ތެދުވުމާއެކު އަފްލާހް އިތުރު ކޮށްލިއެވެ.
ޒައިން ފިޔަވާ ދެން ތިބި ދެމީހުން ނިކުތެވެ. “ޒައިން…” ޒައިންގެ ކޮނޑުގައި އަފްލާހް ހިފާލިއެވެ.” ކޮން ދުވަހަކުން ޒަފަރު އަތުޖެހޭނީ….މިހުރިހާ ކަމއް ނިމޭނީ ކޮންދުވަހަކުން…؟؟؟” ޒައިންގެ ސުވާލުން އަފްލާހް އަށް ހައިރާން ކަމެއް ލިބުނެވެ. 6 އަހަރު ފާއިތުވީއިރުވެސް ޒައިންގެ ފަރާތުން އެއީ އިވުނު ސުވާލެއް ނޫނެވެ. ޒައިން ކެތްތެރިކަމާއެކު ކުރި އިންތިޒާރު ކައިރިން ދެކިފައިވަނީ އަފްލާހެވެ. ޙުދު އޭނާއާ އެކު އެހިތްދަތިކަމުގައި ފަރުދާވެގެން ޒައިން އުޅުންއިރު އޭނާގެ ސުވާލު އަމާޒުވެފައިވަނީ ޒާޝާއާ ގުޅޭގޮތުން އެކަންޏެވެ.” މިހާރު މިއޮތީ ކައިރީގައި….6 އަހަރުގެ ދިގު އިންތިޒާރު ނިމޭނެ ވަރަށް އަވަހަށް…” އަފްލާހް ބުނެލިއެވެ. ޒައިންގެ ލޮލަށް ކަރުނަ ފާޅުވިއެވެ. އޭނާ ކަރުނަތައް ހިންދާލަމުން އެތަނުން ނިކުންނަން ދިޔައެވެ. ދަމުން ފަހަތަށް އެނބުރުނެވެ. “ސަރގެ މޫނާ ސީރިއަސް ކަމަށް ވުރެން ހިނިތުންވުމެއް މާ ގުޅޭ…” ޒައިން ބުނި ބަސްތަކުން އަފްލާހަށް ސިހެވުނެވެ. ހަމަ އެ ބަސްތަކެވެ. އެ ލޮލެވެ. ޒައިން ނިކުތް ތަން ބަލަން ހުރެފައި އަފްލާހް ގޮނޑިއަށް ތިރިވިއެވެ.”އަދިވެސް މިހިތުގައި ތިނަން ވޭ…” ވޭނުން ފުރިފައިވާ ގޮތަކަށް އަފްލާހް ލޯމަރާލިއެވެ.
ކުލާހުގައި އިން އީނާލްއަށް ޓީޗަރު ކިޔަވައިދެމުން ދިޔަ ފިލާވަޅު އަޑުއިވޭ ކަމަކަށް ނުވިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިއްޔެ އޭނާގެ ސަމާލުކަން ހޯދުމުގައި ކާމިޔާބުވީ ފިރިހެންކުއްޖާއާ މެދުއެވެ. ކުލާހަށް ސުޕަވައިޒަރު ވަންއިރުވެސް އޭނާ އަށް ރޭކާވެސް ނުލިއެވެ. އެހެން ކުދިން އިހްތިރާމް އަދާ ކުރުމަށް ތެދުވިއެވެ. “އީން….ތެދުވޭ…” ފަހަތުގައި އިން ޝާހިން ގަލަމަކުން އީނާލްގެ ބޮލުގައި ޖެހިއެވެ. ކުއްލިއަކަށް އީނާލް އަށް ތެދުވެވުނެވެ. ނަސީބަކުން މިތަން ސުޕަވައިޒަރަކަށް ނުފެނުނެވެ. މިއަދު މި ކުލާހަށް އަލަށް ޖޮއިންކުރާ ކުއްޖެއް…. ކުޑަ ތައާރަފެއް ދީބަލަ…” ކައިރީގައި ހުރި ފިރިހެން ކުއްޖާ އަށް އޭނާ އިޝާރާތް ކޮށްލިއެވެ.” އަހްމަދު ހިޝާމް…ދެން…އެ ނިމުނީ ހުރިހާ އެއްޗެއް …” އޭނާ ދިން ޖަވާބުން ކުލާހުގައި ގުގުމާލީ ހުުނުމުގެ އަޑެވެ. “ހިޝާމް… ގޯ ޓޫ ޔުއާރ ސީޓް…” ޓީޗަރު އަވަހަށް އަޑު މަޑު ކުރަމުން ހިޝާމް އަށް ބުނެލިއެވެ. “ވާވް….” ޝާހީންއަށް ދެއަތް ދަތްދޮޅީގައި ވިއްދާލައިގެން ބަލަން އިނދެވުނެވެ. ޓީޗަރު އަށް ފެނިގެން މާކަރު އޭނަޔާ ދިމާލަށް ހޫރުވާލިއެވެ. އެވަގުތު ޝާހިންއާ ހަމަޔަށް ދިޔަ މާކަރު ފަންސޫރެއްގައި ޖެހިފައި އެހެން ދިމާލަކަށް މިސްރާބު ޖެހީ މަޑު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
އީނާލް އަށް މިމަންޒަރު ރީތިކޮށް ފެނުނެވެ. މާކަރު ޖެހުނީ ސަކަރާތް ޖަހަން ފަހަތު ބަރީގައި އިން ފިރިހެން ކުއްޖެއްގެ ބޮލުގައެވެ. އެކުއްޖަާ މައިތިރިވުމާއެކު އީނާލް ބަލާލީ ފަންސޫރު އައި ދިމާލަށެވެ. އޭރު ހިޝާމް ގޮނޑީގައި އިށީންނަނީއެވެ.އީނާލްގެ ހިތުގައި ޝައްކެއް އުފެދުނެވެ. ” ސަކަރާތް ނުޖަހާ….ޝާހީން….މިކޮޅަށް ސަމާލުކަން ގެނޭ..” ތީޗަރު ފާޑަކަށް ހުރެ ބުނެލިއެވެ. އޭނާވެސް ހައިރާން ވެއްޖެއެވެ. ޝާހީން އަވަސް އަވަހަށް ބަލާލިއެވެ. ހިޝާމް ކުޑަކޮށް ހީލިތަން އީނާލްއަށް ފެނުނެވެ. ސުވާލުތައް އޭނާގެ ހިތުގައި ފުނި ޖެހުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.



Heyy everyone….sorry for the late upload?…..GC veema v busy koh mi ulheni….episode tha las vedhaane up vaaleh?….kuda massala eh dhimaa vaathi mi ulheni….hope everyone understand…..mi 3 vana bai???…..reethi vaane kamah umeedhu kuran…..??????…lots of love to my viewers and fans
Varah Reethi. ❤️❤️❤️
Kon irakun next part ?
Avaha genes dheveytho masakai kuraanan…..Thanks for ur love to this story Nilma…???????
Ok
Vv habbu ingey story..alhey so curious for the next part ingey darla..good luck for ya exam then.. ly n waiting for the next????
Nice
Keep it up
And please write until end
Perfect !! I love this story !! varahh unique ehen story’s aabalaafa !! Hope u will continue this unique story till the last episode
????????????????????????
Insha allah……Tae is my bias too…lots of love to u..?????????
Purple u too ???????????????????????with lots of love
story varah rythi vaane henn Heevey… waiting for the next episode?
Thy Alif Atoll kuhjeh tha… Hama ahaaly ingey… Cox I am from Alif Atoll v Ma…
Hehehe lots of army’s bias are taetae
Heyyy anonymous l purple u tooo lots of love from Tae lol
????????????????????
I’m from Ha Alif Atoll….
IM FRM H.DH
@Hya you BTS fans ehtha..
Wowww….varah reethi mi part ves…..whn next…❤♥
Story v nice Ha ge konrashe?blakpink,BTS,astro,redvelvet balandhoa
Tae hyung and jimin cosert leave kohfa aisgen thr???????. Story hama habeys.????????? And i also a vvvvvvvvvv big fan of taehyung…and bts. By the way waiting for next part and xain… cause in this story taehyung is xain….?????????
Hahahaha I think so !! i here tooo ??? lol
Purple u army
IM FRM H.DH
@Hya you BTS fans ehtha..
Yes vkook….im an army….????
Hey frm which island..
This story is amaizing…curioisly waiting for the next part..gud luck for ur exams.?
this is cool.. v all army should be frnds dhw.. lol.. i purple you maldivian army
Heyy vkook yhhh let’s be friends purple u too
????????????????????