” އަޒާން އާ އެއްކޮށް މިއަދު އުޅުނު ސްކޫލަށް އަލަށް އައި ކުއްޖާއަކީ އޭނަގެ ޖީއެފް އޯ… ކޮންމެސް މަލްޝާ އެކޯ ކިޔަނީ… ” ކައިރީގައި ހުރި މޭޒެއްގައި އިން ކުއްޖަކު ބުނެލި އަޑު އިވުމާއެކު މަލްޝާގެ ދެލޯ ބޮޑުވެ އަނގަމަތީގައި އަތް އެޅުނެވެ. ” ވަޓް؟! ” އެ މީހުން ދެއްކި މޮޔަ ވާހަކަ އަޑު އިވިފައި މަލްޝާއަށް ހެވުނީއެވެ. އެއީ ދުވަހަކުވެސް ވެދާނެ ކަމެއް ހެންނެއް މަލްޝާއަކަށް ހިޔެއް ނުވެއެވެ. މި މީހުން ހަަމަ ރަނގަޅަށްވެސް ޖޭ ވަނީ އޭ މަލްޝާގެ ހިތަށް އެރިއެވެ.
” ޒާން ބޭބީ… ލެޓްސް ގޯ އައުޓް… ” މަލްޝާ ތުއި އަޑަކުން ބާރަށް ބުނެލުމަށްފަހު އަޒާންގެ އަތުގެ މުލަށްދަނޑީގައި އޮޅުލައިގަތެވެ. އެންމެންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓުމާއެކު އަޒާން، އީވާ އަދި ރައުލްވެސް ބަލާލީ ހައިރާންވެފައެވެ. ތިރީ ތުންފަތުގައި ދަތް އަޅާލަމުން މަލްޝާ އެއް ލޯ މަރާލި ތަން ފެނުމާއެކު އަޒާން ފަހަތުން މަލްޝާގެ އުނަގަނޑުގައި އަތް ޖައްސާލުމަށްފަހު ދެމީހުން އެކުގައި ހިނގައިގަތީ ބޭރަށެވެ. އަޒާންގެ ހިތުގައި އުފާވެރި ރާގެއް ކުޅެވެމުން ދިޔައިރު ހިތް ހީވީ އާސްމާނުގައި އުދުހެމުން ދިޔަ ހެންނެވެ. މޫނުމަތީގައި ސުވާލު މާކެއް ޖަހައިގެން ހުރެ ރައުލް އީވާއަށް ބަލާލުމަށްފަހު އަނެއްކާވެސް އަޒާންއާ އީވާ ނިކުމެގެން ދިޔަ ދޮރާ ދިމާލަށް ނަޒަރު ހުއްޓާލިއެވެ. ރައުލްއާ އީވާގެ ހަތަރުކަޅި ހަމަވުމާއެކު ރައުލް ބުމަ އަރުވާލީ މީ ކިހިނެއް ވާ ކަމެއް ހޭ އަހާލާ ފަދަ ގޮތަކަށެވެ. އީވާ ދެކޮނޑު އަރުވާލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.
ކެންޓީން ތެރޭގައި އެ ވާހަކަ ފެތުރި ކުދިންނަށް މަލްޝާގެ ފަރާތުން ފެނުނު ހަރަކާތްތައް ވެގެން ދިޔައީ ލިބުނު އިތުރު ހިތްވަރަކަށެވެ. ފޮނި ތޮށި ކާފޫރުތޮޅި އަޅައިގެން އެ ވާހަކަ ދައްކަމުން ދިޔައެވެ. ކުރިން ގަބޫލު ނުކުރެވިފައި ތިބި ކުދިންނަށް ގަބޫލުކުރަން މަޖުބޫރު ކުރުވަމުންނެވެ. ލޯ ކުރިމަތީގައި ތަމްސީލުވި މަންޒަރެއް ދޮގު ކުރާނެ ހާ ހިތްވަރު ނުހުންނާނެ ކަން ޔަގީން ވާތީ އެވެ.
ކަނެއްގައި އިން މޭޒެއްގައި އައިލީޝްއާއެކު އިން ޒޭބާ އިނީ ރުޅިއައިސްގެން ގޮސް ހަލާކުވާ ވަރުވެފައެވެ. ދަތްތައް ފިއްތާ ބާރުކޮށްގެން އިން އިރު މުށްކަވާލެވިފައިވީ ދެއަތުން އިރުއިރު ކޮޅުން މޭޒުގައި މަޑުމަޑުން ޖަހާލައެވެ. ” ހުރިހާ ކަމެއް ފަނި ވީ… މަ ހިޔެއް ނުކުރަން އޭނަ މިހެން ކޫލް ވާނެ ކަމަކަށް… ” ޒޭބާ މޫނުމަތި ދެއަތުން ފުހެލަމުން ބުނެލިއިރު އަޑުގައިވީ ހިތްހަމަ ނުޖެ އެވަގުތު ދުރުން ހިނގާފައި އައި އީވާއާ ރައުލް ފެނި އަތުން ހަނާ އަޅާލިއެވެ. ” އޭ… ކޮބާ؟! ކިހިނެތް މިވީ؟! ހުރިހާ ކަމެއް ޗޮކުންނެއްނު މިދިޔައީ… އެހެންމަ ހަމަ އަސްލުވެސް އެ ދެމީހުން ރިލޭޝަންޝިޕްއެއްގަ އުޅެނީ ކަން ނޭނގެ ދޯ؟! ” ޒޭބާގެ ވައަތް ފަރާތުން ހުސްކޮށް އިން ގޮނޑި ދަމާލުމަށްފަހު އިށީންނަމުން ރައުލް އަހާލިއިރު އޭނާގެ މޫނުމަތީގައިވީ އެކަން އިނގެން ބޭނުންވެފައިވީ ފަދަ އަސަރެކެވެ. އީވާ އެއާ ޖެހިގެން އިން ގޮނޑީގައި އިށީނުމަށްފަހު ޒޭބާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ” ހެލް ނޯ… އެހެން އެކަން ވިޔަ ދީގެން ނުވާނެ… އަސްލު އަހަރެން ހީކުރީ އެންމެން އެހެން ކީމަ އޭނަ ހީކުރާނީ މީ އަޒާން ކިޔައިގެން އުޅޭ އެއްޗެކޭ ކަމަށް… އެކަމަކު ޝީ ޓުކް އިޓް ޕޮސިޓިވް… ހައު ކުޑް ޝީ ޖަސްޓް… އާރގްހް… ދެޓް ބ** ހުވާ މި ބުނީ ކުޅި ދައްކާލާނަން… އޭނާ ކީކޭ ހިތަށް އަރައިގެން ތަ އެ އުޅެނީ؟! ފެންވަރު އޮޅިގެން… ބަލައްޗޭ… އޭނަ އެ ކުޅުނީ ކިހާ ވަރެއްގެ މީހަކާ ކަން ދައްކާލާނަން… ޔޫ ވިލް ރިގްރެޓް ދިސް މަރްޔަމް މަލްޝާ… ދިސް އިޒް އަ ޕްރޮމިސް ދެޓް އައި މޭޑް ފޯރ މައި ސެލްފް… ” ޒޭބާގެ މުށިކުލައިގެ ލޮލުގަައިވީ ނުރައްކާތެރި ވިދުވަރެކެވެ.
* * * * * * * * * * * * *
” ވަޓް އާރ ވީ އަޕް ޓު؟! ” އެތަނުން ނިކުމެވުމާއެކު އަޒާން މަލްޝާގެ ހަށިގަނޑުން އަތް ދޫކޮށްލަމުން އަހާލީ މަލްޝާ ކުރަން އެ އުޅޭ ކަމެއް އިނގެން ބޭނުންވެފައި ހުރެއެވެ. ” ޔާ… އެކްޗުއަލީ އެމީހުން މާ ޖެލަސް ވާތީ އައި ޖަސްޓް ވޯންޓެޑް ޓު މޭކް ދެމް ޖެލަސް… ” މަލްޝާ ފުޅާ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮށްލަމުން ބުނެލުމާއެކު އަޒާން ޖަހާލީ ހިނިގަނޑެކެވެ. މަލްޝާގެ ދުލުން ނިކުތް ލަފްޒުތަކުގެ ސަބަބުންނާއި އެ ތުންފަތްމަތީގައިވި ފުރިހަމަ ހިނިތުންވުމުން އަޒާންގެ ހިތަށް ދިރުން ލިބިގެން ދިޔައެވެ. ” އޯކޭ… ދެން ކިހިނެކޯ ވާން ވީ؟! ” އަޒާން އަހާލީ ދަތްދޮޅީގައި އަތް އަޅުުވާލައިގެން ހުރެއެވެ. ” ހުމް… ސޯ ލެޓްސް ޕްރިޓެންޑް ވީ އާރ އިން އަ ރިލޭޝަންޝިޕް… ދެޓް ވުޑް ބީ އޯކްވާރޑް އައި ނޯ… ބަޓް… ” އަޒާންގެ ހިތަށް މީހަކު ފިތާލި ފަދަ އިހްސާސެއް ކުރެވިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލަމުން މަލްޝާއާ ދިމާލަށް ބަލާލެވުނީ ގަބޫލު ކުރަން ބޭނުން ނުވެފައި ހުރެއެވެ. ” ޕްރިޓެންޑް؟! ” މަލްޝާއާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރި ނަމަވެސް އެ ދުލުން އިތުރު ލަފްޒެއް ނުނިކުތުމުން އަޒާން އަހާލީ އަޑު އިވުނީ ރަނގަޅަށް ކަން ޔަގީން ކޮށްލުމަށެވެ. ” ޔާޙް… އައި މީން ލައިކް ލެޓްސް ޖަސްޓް އެކްޓް ލައިކް ވީ އަރ އިން އަ ރިލޭޝަންޝިޕް… އިފް ދެޓްސް އޯކޭ ވިތް ޔޫ… ” މަލްޝާއަށް ފާޑަކަށް ބުނެލެވުނީ އަޒާން މި ކަމާ ހިތްހަމަ ނުޖެހުނީ ކަމަށް ހީކޮށެވެ.
އަޒާންއަށް ހިތާ ވީ ފަޅީގައި އަތް ޖައްސާލެވުނީ މެޔަށް ދިލަ ތަދެއް އަރައިގެން ދިއުމުންނެވެ. މަލްޝާ މި ކަން މަޖަލަކަށް ހަދައިގެން ކުރަން އުޅުނަކަސް އޭނާއަށް މިކަން މަޖަލަކަށް ހަދައިގެން އެކްޓު ކުރެވިދާނެ ބާ އެވެ؟ ދެމީހުން އެކުގައި އެ ގޮތުގައި ހޭދަ ކުރާ ކޮންމެ ސިކުންތެއް އޭނާއަށް ޒަހަރަށް ވުރެވެސް ވޭން ދެނިވި ވާނެކަން ޔަގީނެވެ. ” ވަޓް އެބައުޓް ގޮއިން ފޯރ އަ ރިއެލް ވަން… ” އަޒާން މޫނުމަތީގައިވި ކުލަވަރުތައް ލާނެތް ހިނިތުންވުމެއްގެ ފަހަތުގައި ވަންހަނާ ކޮށްލިއެވެ. ސަމާސާއަކަށް ހަދާފައި ވިޔަސް އޭނާގެ ހިތުގެ ހާލު މަލްޝާއަށް ބަޔާންކޮށް ދެވޭތޯ އަޒާން މަސައްކަތް ކުރިއެވެ.
* * * * * * * * * * * * * * *
” އެކަމު އެމީހުން ރިލޭޝަންޝިޕްއެއްގަ އުޅެންޏާ އަހަރުމެންގެ ދެން ހުރި ހުރިހާ މިޝަންއެއްވެސް ފަނި ވީނު… ” މޭޒުގައި ނިޔަފަތިގަނޑުން ތަޅާލަ ތަޅާލަ އިން އައިލީޝް އިސް އުފުލާ ބަލާލަމުން ބުނެލިއެވެ. ” ހޫން… ދެން ތި ވާހަކަ ދައްކާނީ ފަހުން… މިހާރު ބެލްވެސް ޖަހައިފި ކަން ނޭނގެ ދޯ… ” އީވާ އަތުގައި އޮތް ރަންކުލައިގެ ހިމަ ގަޑިއަށް އަވަސް ނަޒަރެއް ދެމުން ގޮނޑިން ތެދުވިއެވެ.
* * * * * * * * * * * * * * *
އޮއްސުމަށް ތައްޔާރުވަމުން ދިޔަ އިރު ކަނޑުގެ ސަތަހައިގެ ތެރެއަށް ގެއްލިގެން ދާކަށް މާ ގިނައިރެއް ނެތެވެ. ރަތާއި، އޮރެންޖު އަދި ފިޔާތޮށީގެ ކުލަ މަޖާގަނޑަކުން އުޑުމަތި ރަންގުކޮށްލާފައި ވެއެވެ. މޮޅު ކުރެހުންތެރިއެއްގެ ފިއްސަކުން ކުރަހަންވެސް ނުކުޅެދޭހާ ފުރިހަމަ މަންޒަރެކެވެ. މަލްޝާ އޭނާގެ ފޯނުން އެ މަންޒަރު ނަކަލުކޮށްލެވޭތޯ އުޅުނެވެ. ހިތްހަމަ ޖެހޭ ވަރުގެ ފޮޓޯއެއް ނެގުމުން ތުންފަތް،ައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ހިނގައިގަތީ އެއްގަމާ ދިމާލަށެވެ. އޭރު އަޒާން ތަންކޮޅެއް ދުރުގައި ހުރި އުނދޯއްޔެއްގައި ފޯނާ ކުޅެން އިނެވެ.
” ހޭ… ލެޓްސް ގޯ… ” އުނދޯލީގެ ވާގަނޑުގައި ހިފާ ހުއްޓުވަމުން މަލްޝާ ބުނެލުމާއެކު އަޒާން އިސް އުފުލާ ބަލާލިއެވެ. އުނދޯލިން ތެދުވެގެން ހިނގައިގަތް އިރުވެސް އަޒާންގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފޯނަށެވެ.
” ސާބަސް… ގެއަށް ގޮއްސަވެސް ދެން ތި ބިޓަކާ ވާހަކަ ދެއްކި ދާނެއްނު… ” އަޒާންގެ ތުންފަތްމަތީގައިވި ހިނިތުންވުމުންނާއި ފޯނުން ނަޒަރު ހުއްޓާ ނުލާ ހުރުމުން މަލްޝާއަށް މާނަ ނެގުނީ ނުބައި ކޮށެވެ. ” ޔޫ ޖެލަސް؟! ” އަޒާންގެ ފޯނު އަތުލާފައި އެއަށް ނަޒަރު ހުއްޓާލައިގެން ހުރި މަލްޝާ ފެނުމުން އަޒާން ބުމަ އަރުވާލަމުން އެއް މިޔަ ކަނިން ހީލިއެވެ. ” ވަޓް؟! ނޯ… ވައި ވުޑް އައި ބީ؟! ” މަލްޝާ ކަޅި އަނބުރާލަމުން ބުނެލިއެވެ. ” ހޫމް… ތިހެން ބުނީމަ އޭ މި ހަނދާންވީ… ކޮބާތަ ޖަވާބު؟! ” އަޒާން މަލްޝާގެ އަތުގައި އޮތް އޭނާގެ ފޯނު ޖަހައިގަންނަމުން އަހާލިއެވެ. ” ޖަވާބު؟! ކޮން ޖަވާބެއް؟! ” މަލްޝާއަކަށް އަޒާން ބުނި އެއްޗެއްގެ މާނައެއް ނޭނގުނެވެ. ” އެއްކަލަ އިރު… ރިލޭޝަންޝިޕް ޖަވާބު؟! ހަނދާން ވެއްޖެ؟! ” އަޒާން މަލްޝާގެ ބޮލުގައި އަތުން ޖަހާލަމުން ބުނެލިއެވެ. ” ރިއެލީ؟! އަޒާން ސީރިއަސްކޮށް ބުނި އެއްޗެއް ތަ އެއީ؟! ” މަލްޝާ އަހާލީ ގަބޫލު ނުކުރެވިފައެވެ. ” ޔާ… ” އަޒާން ދެކޮނޑު އަރުވާލަމުން ޖަވާބު ދިންއިރު އިހްސާސްތައް ފޮރުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. މާ ކުރިންވެސް މަލްޝާއަށް ގަބޫލު ނުކުރެވޭނެކަން އޭނާއަށް އިނގެއެވެ. ނަމަވެސް އެއީ ހަގީގަތެވެ. އޭނާގެ ހިތުގެ ހާލެވެ.
” ވަރަށް ފޫހިވޭ… ދޮގެއް ވިއްޔާ ހަދާތި… މިރޭ އެބޮތް އެއްކަލަ ޒޭބާމެން ގްރޫޕްއާއެކު ކޮންމެސް ތާކަށް ދާންވެސް… ” ފޫހި ވައްތަރެއް މޫނަށް ޖައްސާލައިގެން ހުރެ މަލްޝާ ބުނެލިއެވެ. ” އެޔޯ؟! ކީއްކުރަން އެމީހުންނާ އެކު ދަނީ؟! ” އަޒާން އަހާލީ ފާޑަކަށެވެ. ” އީވާ ކިޔާ ވަރުން ދެން ނޯ އޭ ބުނަން ނުކެރިގެން… ” މަލްޝާ ބުނެލިއެވެ. ” ރައުލްވެސް ދޭ؟! ” އަޒާން އަހާލިއިރު މޫނުމަތިން ފެނުނީ ގަޔާ ނުވެފައި ހުރި ފަދަ ކުލަވަރެކެވެ. ” ޔާހް… ހީވަނީ… ” މަލްޝާ ފައިން ވެލިގަނޑާ ކުޅެލަމުން ބުނެލިއެވެ. ” ހުމް… ބަލައިގެން އުޅޭތި… ” އަޒާންގެ އަޑުގައި ހުރީ އަމުރުވެރި ގޮތެކެވެ. މަލްޝާ ދަތްކޮޅު ފެންނަ ވަރަށް ހީލަމުން ބޯ ޖަހާލިއެވެ.
* * * * * * * * * * * *
އައިލީޝްގެ ގޭގައި ހުރި ބަގީޗާ ތެރޭގައި ހުރި ބެންޗެއްގައި އިށީނދެގެން އިން މަލްޝާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ވަށައިގެން ހިނގާ އެއްވެސް ކަމެއްގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. ހަނދުވަރު ނުދޭ ރެއަކަށް ވާތީ އުޑުމަތި ފެންނަނީ ވަރަށް ބަނަކޮށެވެ. ދެންމެ ދެންމެ އަޅި ވިލާތައް ފޫއަޅުވާލާފައި ވާރޭގެ ތިކިތައް އުދުހިގަނެފާނެ ހެން ހީވެއެވެ. ގަދަ ވައިގެ ބޫން އަޑުން މާހައުލުގެ ހިމޭންކަން ނަގާލާފައިވެއެވެ. ” މަލް… ” އީވާ އައިސް މަލްޝާ ކައިރީގައި އިށީންނަމުން ކޯކްތައްޓެއް ދިއްކޮށްލިއެވެ. ” ތެންކްސް… ” މަލްޝާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ކޯކް ތަށީގައި ހިފިއެވެ.
” މިއުޅެނީ ޓްރުތް އޯރ ޑެއަރ ކުޅެން… ކުޅޭނަން؟! ” އީވާ މަލްޝާގެ ލޮލަށް ބަލާލަލުން އަހާލިއެވެ. މަލްޝާ ތުންފަތުގައި ދަތް އަޅާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ކުރީ ފަހަރު ކަންތައް ވެގެން ދިޔަ ގޮތް ފަހަރެއްގައިވެސް އޭނާ ހަނދާނެއް ނުނެތެއެވެ. ” އައި ނޯ ކުރިން ފަހަރު ކަންތައް ވީ ގޮތުން މަލްޝާ ވަރަށް ހިތްހަމަ ނުޖެހިފަކަން ތި ހުންނަނީ… ” އީވާ އިސްޖަހާލައިގެން އިނދެ އޭނާގެ އަތުގެ ތެރެއަށް މަލްޝާގެ އަތްތިލަ ލަމުން ބުނެލިއެވެ. ” އޮން ބިހާފް އޮފް ދެމް އައި އެޕޮލޮޖައިޒް… ” މަލްޝާއާ ހަތަރުކަޅި ހަމަކޮށްލަމުން އީވާ ބުނެލުމާއެކު މަލްޝާ ދުރު ބަލާލިއެވެ. ” މަލް ކުޅެން ބޭނުން ނުވަންޏާ އަހަރެންވެސް މަޑުކުރާނަން މަލް އާއެއްކޮށް… ” ” ނޯ… އީވާ ދިޔަޔަސް އޯކޭ އޭ… އައިލް ބީ ފައިން… ” މަލްޝާ ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރަމުން ބުނެލިއެވެ. ” މަލް ދަންޏާ ދާނީ… ” އީވާ ގޮތުގައި ހިފަހައްޓާލިއެވެ.
ގޭ ތެރެއިން ޒޭބާ އީވާއަށް ގޮވާލި އަޑު އިވުމާއެކު އީވާ ވަން މިނެޓް އޭ ބުނެ ހިނގައިގަތީ އެދިމާލަށެވެ. މަލްޝާ ކޯކްތައްޓަށް ބަލަހައްޓައިގެން އިނުމަށްފަހު އެ ތަށި ތުންފަތުގައި ޖައްސާލިއެވެ. ކަރުން އެތެރެ ވުމާއެކު މުޅި ހަށިގަނޑަށް އޭގެ ފިނިކަމާއި ރާހަތު ލިބިދިނެވެ. މަލްޝާ ލޯ މަރާލައިގެން އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލީ ކައިރީގައި މީހަކު ހުރި ފަަދަ އިހްސާސެއް ކުރެވިގެންނެވެ.
ދުރުކޮށްލެވުނު އެސްފިޔަތަކުގެ ދޭތެރެއިން ފެނުނީ އެންމެ ހީނުކުރި މީހާއެވެ. މަލްޝާއަަށް ދެލޯ ބޮޑުކޮށްލައިގެން އިނދެ ބަލަހއްޓައިގެން އިނދެވުނީއެވެ. ” ތި ވަރަށް ބެލީމަ މަވެސް ލަދުގަނެއޭ އަންހެން ކުއްޖެއް ނޫނަސް… ” ރައުލް އެއް މިޔަކަނިން ހީލައިގެން އިން އިރު ދުނިޔެ މަތީގެ ކަމެއް ހެނެއް ހިޔެއް ނުވެއެވެ. އެ އަޅި ލޮލަށް ދިއްލާފައި ހުރި ހޮޅިބުރީގެ އަލި އެޅިފައިވުމުން އެ ލޮލުގެ ވިދުން ދެގުނަ ވެފައިވެއެވެ. މަލްޝާއަށް ރައުލްގެ ފުން ދެލޮލަށް ބަލަހައްޓައިގެން މާ ގިނައިރަކު ނީނދެވުނެވެ. އިސްޖަހާލަމުން ދެއަތް ދެއަތާ މޮޑެން ފެށުނީ އިޚްތިޔާރުން ބޭރުގައެވެ. މުޅި ހަށިގަނޑު ފިނިވެފައިވީ ގޮތުން ގަނޑުފެން ކޮޅެއް ފަދައެވެ.
މަލްޝާގެ ދޮން ކޯތާފަތަށް ޖަންބުކުލަ ވެރިވެގެން ދިޔަ މަންޒަރު ބަލަހައްޓައިގެން އިން ރައުލްގެ ތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. ހީވީ އޭނާގެ މަގުސަދަކީ އެއީ ހެންނެވެ. ” ކީއްވެ ޔޯ އެންމެންނާ ވަކިން ތި އިންނަނީ… އަނެއްކާވެސް އަހަރެންނަށް ތި ރަހަ މީރުކަން އިހްސާސްކޮށްލަން ލިބިދާނެތީ ބިރުގަންނަނީ؟! ” ރައުލްގެ ނަޒަރު މަލްޝާގެ ފައިން ފެށިގެން ބޮލާ ހަމައަށް ދަތުރުކޮށްލިއެވެ. ރައުލް ތިރީ ތުންފަތުގައި ދޫ ކާއްތާލަމުން ނުލަފާ ގޮތަކަށް ހީލުމުން މަލްޝާއަށް ހަށިގަނޑުގައި އަތް ވަށާލެވުނެވެ. މަލްޝާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލިއެވެ.
” ޖަސްޓް ކިޑިން… ހިނގާބަ ކުޅެން ދާން… ޕްލީޒް… ” ރައުލް މޫނުމަތީގައިވި ކުލަވަރު ބަދަލުކޮށްލިލެއް އަވަސްކަމުން މަލްޝާ ހައިރާންވިއެވެ. މަލްޝާ ރައުލްގެ މޫނަށް ބަލާލުމަށްފަހު އަނެއްކާވެސް އިސްޖަހާލިއެވެ. ” ޕްލީޒް؟! ” ރައުލްގެ އަޑުގައިވީ އަސަރަކުން މަލްޝާ ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުކުރުވިއެވެ. މަލްޝާގެ ހިތަށް ރައުލް ބާރު ފޯރުވާ ލާލެއް އަވަސްކަމުން މަލްޝާ ބިރުވެސް ގަތެވެ. ” ދާނަން ދޯ؟! ” ރައުލް އަހާލުމާއެކު މަލްޝާ ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ނިންމަމުން ބޯ ޖަހާލިއެވެ. ” ތެންކްސް… ” ރައުލް އިން ތަނުން ތެދުވެލުމަށްފަހު މަލްޝާއަށް ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެ ހިނިތުންވުން މަލްޝާގެ ހިތަށް މި ނިންމުނީ ރަނގަޅު ނިންމުމެއްކަން ޔަގީންކޮށް ދިނެވެ.
ރައުލްއާއެކު މަލްޝާ އެންމެން ކުޅެން ތިބި ހިސާބަށް ދިޔައިރު އެންމެން ވަށް ބުރެއް ހަދައިގެން ކުޅެން ތިއްބެވެ. ރައުލްއާ މަލްޝާވެސް މަޑު ކަފަ ކޮޅެއް ފަދަ ވިނަގަނޑުމަތީގައި އިށީނދެލިއެވެ. މަލްޝާއާ ޖެހިގެން އިން އީވާއާ ސުވާލުކުރުމަށްފަހު މަލްޝާއާ ޖެހުމުން މަލްޝާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަތްފައި ފިނިވެފައި ވެއެވެ. ” ޓްރުތް އޯރ ޑެއަރ… ” އައިލީޝް ބުމަ އަރުވާލަމުން އަހާލުމާއެކު މަލްޝާ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ޓްރުތް އޭ ބުނެލިއެވެ. ” އާރ ޔޫ އަ ވާރޖިން؟! ” އައިލީޝްގެ ސުވާލާއެކު މަލްޝާގެ ނަޒަރު ރައުލްއާ ދިމާލަށް ދަތުރުކުރީ އަލި ދަތުރުކުރާ ބާރުމިނުގައެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




Wow
thanks gurll… ????
Me first dhw. Varah furihama n varah reethi mi part vx… Waiting for next part?? love you emm
yes u r first darla… ??? congrats… ??? thank u so much for the sweet sweet comment… ❤❤❤ next part soon, in sha allah… keep waiting… ??? luv yuh more… ???
Me second dhw. .kiyaafa comment eh kohlaanan ingey darla?❤?
Alhey alhey haadha loiibbey mi bai vx❤❤❤????♥♥♥???…Hama hyvany real life hen…kohme scene ehama, kohme jumla ehvx ehaa fashuvi..Alhe dhen aileesh hama ehn Ahan jeheytha dhw..waiting for the next ingey..ly bodukoh?????????????????????
Correction:kohme scene eh
yes mi faharu second dhw… ??? better luck next time… ❤ awwwn… thanks a bunch deary… ??? i really appreciate ur support… ??? keep waiting dhoony… ??? luvs much more… ???
Varah reethi ingy mi part ves emm….❤?
?♥
awwwnn… ??? thanks sweatie… ? luv yuh loadxx… ????❤
hello dears… here is the 11th part of shakuvaa hithah kurevey romun… ??? hope u all like it… ??? plx leave a comment after reading… ??? plx point out the mistakes… ur support will be my biggest mortivation… ??? at the chance, i want to thank all my readers n supporters for the endless support… ??? sorry for the inconvienience caused by typos n for the delay… ??? will try my best to upload it ASAP… ??? Luv yuh all… ???
Woww ???? mi part ves varah reethi???? waiting for next part????
so sweet… ??? thanks meekko… ❤❤❤ keep waiting… ??? luv yuh!???
ooooooohhhh nooooo …… now what… ooooo shitoooooooooooooooooooooooooooo…. not that question.. ma vs gara vehjje…. kiriyaa lap vahtaanulevuny ungu mathin…
??? hey rysh dhoony… ??? hws u? hope u r doing okay… ??? naseebehnu nu vehtunu kan dhw… ? btw thanks dear… ??? luv yuh ???
OMG… V salhi Ingey Mi part vs….. ??? can’t wait for nxt part❤️?????????
awwnn… ??? thanks dear… ??? miadhu up kohla dhevey thw miulheny… mi week vrh busy v ma delay vany… ? sorry dears… luv yuh! ❤❤❤❤❤❤❤❤❤❤❤❤❤❤❤
wow varah rythi emm keep it up sis???
??? thanks dear… ❤❤❤ luv yuh! ???