ހެންވޭރު މޫންލައިޓް ގެ ހުންނަ މަގަށް ވަދެވުމާއިއެކު، ރައިންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އެއިން ހިސާބަކުވެސް މީހަކު ފެންނަން ނެތްއިރު، މަގުވެސް އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ސައިކަލު ޕާކިން ޒޯނުގައި ބެހެއްޓުމަށްފަހު، ފަހަރަކު ގެއެއްގެ ނަން ބޯޑަށް ބަލަމުން ރައިން ކުރިޔަށް ދިޔައެވެ. ވަކި ހިސާބަކަށް ދިޔަތަނައި ފަހަތުން މީހެއްގެ ހިލަންވެގެން ފަސްއެނބުރި ބަލައިލައިފިއެވެ.
********
ކުއްލިއަކަށް ބޮލަށް އަރައިގެންދިޔަ ހަމަލާ އާއިއެކު މުޅި ތަން އެނބުރިގަތްހެން ރައިންއަށް ހީވިއެވެ. މަންޒަރު ފުސްވެގެންދިޔަ ވަގުތު ކުރިމަތިން ހިޔަންޏެއްހެން ފެނުނީ ފިރެހެނެއްކަން ޤައިމުވިއެވެ. ރައިން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. ނަމަވެސް ޖެހިލެއް ބާރުކަމުން ނިތްކުރިމަތިން ފަޅައިގެން ގޮސް ލޭތައް އޮހެރޭކަށް ގިނައިރެއް ނުނެގިއެވެ. އިނގިލިތަކުގެ ދޭތެރެއިން ލާފައި ފައިބަމުންދިޔަ ލޭތަކުން ރައިންގެ ޓީޝާޓު ތެންމަމުން ދިޔައެވެ. އެހާލުގައިވެސް އަމިއްލަ ސަލާމަތް ހޯދުމަށް ރައިން މަސައްކަތް ކުރިއެވެ. ދުއްވައިގަންނަން އުޅުނެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ބޮލުގެ ފުއްކިބައަށް އަރައިގެން ދިޔަ ހަމަލާ އާއިއެކު ރައިންގެ ހަރަކާތް ކެނޑުނެވެ. ކަނޑައި ވައްޓައިލި ރުކެއްހެން ބަނޑުވަތަށް ވެއްޓުނެވެ. ބިންމަތީގައި ޖެހުމާއިކު އަނގަމަތި ފަޅައިގެން ގޮސް، އަނގައިގެ ތެރެއިން އައީ ހުސް ލެޔެވެ.
********
ރައިންގެ އިންތިޒާރުގައި އިވްޔާ ހުރީ ދެކޮޅަށް ހިނގާލަހިނގާލައެވެ. ބާރަ ޖެހިއިރުވެސް ގެއަށް ނައުމުން ހިތް ބިރުގަންނަން ފެށީ މާ ވަރަކަށެވެ. ފޯނު ރިންގްވާންފެށި އަޑު އިވުމާއިއެކު އިވްޔާ ހީކުރީ ރައިން ކަމަށެވެ. އެހެންނަމަވެސް ހިތް މާޔޫސްވާގޮތްވީ ސްކްރީނަށް އަރާފައި އޮތް ނަތާޝާގެ ނަން ފެނުމުންނެވެ. ޙާލަތުގެ ގޮތުން އިވްޔާ ހުރީ އިތުރު މީހަކާއި ވާހަކަ ދައްކާނެހައި ހިތްވަރު ނުލިބިފައެވެ. އެހެން ނަމަވެސް ނަތާޝާ ތަކުރާރުކޮށް ގުޅަން ފެށުމުން އެ ކޯލު ނުނަގައި ފަރުނުޖެހޭނޭކަން އޭނައަށް އެނގުނެވެ.
“ދޮރު ހުޅުވާލަދީފާނަންތަ؟…” ނަތާޝާގެ އަޑު ވަނީ ކުރެހިފައެވެ.
އިވްޔާއަށް ހައިރާންވެފައި ބަލައިލެވުނީ ފޯނުގެ ސްކްރީނަށެވެ. ފޯނުގެ އަނެއްކޮޅުން އިވުނީ ނަތާޝާގެ އަޑުކަން ޤައިމުވި ނަމަވެސް، އެފަދަ ވަގުތެއްގައި ނަތާޝާ އެގެއަށް އައިސްދާނެއޭ ހީނުވާތީއެވެ. އިވްޔާ ދެން ބަލައިލީ ގޭގެ ދޮރާއި ދިމާއަށެވެ. ގޭގެ ބެލް އަޅާލި އަޑު އިވުނީ އިވްޔާ ބަލަހައްޓައިގެން ހުއްޓައެވެ. ވަކި އެއްޗެއް ބުނުމެއްނެތި، އިވްޔާ ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ނަތާޝާ އެކަންޏެވެ. އިވްޔާާ ފެނުމުން އޭނަ އެތެރެއަށް ދެމިގަތެވެ.
ނަތާޝާގެ ދެލޯ ވަނީ ރަތްވެފައެވެ. ތާޒާ ކަރުނަތައް އޭރުވެސް ދެލޮލުގެ ތެރެއިން ވިދަމުން ދިޔައެވެ. މުޅި މޫނުމަތިވެސް ހީވަނީ ފޮއްސިވެފައިވާހެންނެވެ. ނޭފަތް ދަމަމުން ކަހަލަ ގޮތަކަށް ނަތާޝާ ގޮސް ސިޓިންގްރޫމުގައި ބަހައްޓާފައިވާ ސޯފާގައި އިށީނެވެ. ހަމައެހާ އަވަހަށް ފައިގެ ފަލަމަސްގަނޑުގައި ދެއަތުގެ އުޅަނބޮށި ވިއްދައި، ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލިއެވެ.
“ނަތާ… ކިހިނެތްވީ؟…” އިވްޔާ އައިސް ނަތާޝާގެ ބުރަކަށީގައި އަތް ޖައްސައިލިއެވެ.
އިވްޔާގެ އޯގާތެރި އަޑުއިވުމުން، ނަތާޝާގެ ހިތުގައި މާބޮޑަށް ޖެހުނެވެ. ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް، އެ އަތުގެ އިނގިލިތަކުގެ ތެރެއިން ފުރޭނިގެން ތިރިއަށް ދެމިގެންދިޔަ މަންޒަރު އިވްޔާއަށް ރީތިކޮށް ފެނުނެވެ.
ބުނާނެ އެއްޗެއް ނޭނގިފައި އިވްޔާއަށް ހުރެވުނީ ނަތާޝާގެ ކުރިމަތީގައި ކޮޅަށެވެ. ކުއްލިއަކަށް މީހަކު އައިސް ކުރިމަތީގައި ރޯން ފެށުމުން ކޮންމެ މީހަކުވެސް ހުއްޓުން އަރާނޭކަން ޤައިމެވެ. ކުޑައިރުކޮޅެއްފަހުން، ނަތާޝާ އޭނާގެ މޫނުމަތިން އަތް ނެގިއެވެ. ކަރުނަތައް އަތުގެ ނުފުށުން ފޮހެލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އިވީ… އަހަރެންގެ ހުރިހާ އުއްމީދެއް ގެއްލިއްޖެ… އަހަރެން މުޅީން ވަރުބަލިވެއްޖެ…” ކޮޅަށްހުރި އިވްޔާ އާއި ދިމާއަށް ބަލައިލަމުން ނަތާޝާއަށް ބުނެވުނީ އެހިސާބަށެވެ. ގިސްލެވެން ފެށުމުން އަނެއްކާވެސް ވާހަކަދެއްކުން ހުއްޓާލައިފިއެވެ.
ނަތާޝާގެ ކައިރީގައި އިވްޔާ އިށީނެވެ. އުނގުމަތީގައި އޮތް ނަތާޝާގެ ދެއަތުގައި ހިފައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެއަށްފަހު، ނަތާޝާ ދައްކަމުންދިޔަ ވާހަކައަށް ފުރިހަމަ ސަމާލުކަން ދިނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަމިއްލަ މީހާގެ ނުތަނަވަސްކަމުގެ މަތީން އޭނަ ހަނދާން ނެތުނެވެ.
“ޔުމާންގެ ލޯބި ހޯދަން އަހަރެން ނުކުރަނީ ކޮންކަމެއް؟… ކާ އެއްޗެހިން ފެށިގެން ލާން ގެންގުޅޭ އަންނައުނާ ޖެހެންދެން ޔުމާންއަށް ކަމުދާނޭހެން ދިރިއުޅުމުގެ އެންމެހާ ކަމެއް ބަދަލުކޮށްލައިފިން… ޔުމާން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، އަހަރެން ދުވަހަކުވެސް ޝަކުވާއެއް ނުކުރަން… އެކަމަކު…” ނަތާޝާގެ އަރު ބެދުނެވެ. ވާހަކައެއް ނުދެއްކުނެވެ. ދެން އިވުނީ މަޑު ގިސްލުމުގެ އަޑެވެ.
“ޔުމާން އެއްޗެކޭ ބުނީތަ؟…” ހިތްވަރު ދިނުމުގެ ގޮތުން، ނަތާޝާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން އިވްޔާ ސުވާލުކުރިއެވެ.
ނަތާޝާ ދެފަރާތަށް ބޯ ހޫރާލިއެވެ.
“ދެން ކިހިނެތްވީ؟…” އިވްޔާގެ ސުވާލުތައްވީ އިތުރެވެ.
“އަހަރެން މިއައީ ކޮންމެހެން އަހަރެން ކޮށްދިން ކަންތަކުގެ ވާހަކަ ދައްކާ، ކަލަ ގޮވާކަށް ނޫން… އެކަމަކު ދެރަވީމަ، ނުބުނަން ހުންނަ ވާހަކަތައްވެސް ބުނެވެނީ… އިވީ…” ވާހަކަ ދައްކަމުން ގޮސް ނަތާޝާ އޭނާގެ ކޯތާފަތްމަތީގައިވާ ކަރުނަތައް ފޮހެލިއެވެ. ބޮޑު ވާހަކައެއް ބުނަން އުޅޭކަހަލަ ގޮތަކަށް އޭނަ އިވްޔާ އާއި ދިމާއަށް ބަލައިލިއެވެ.
“އަހަންނަށް ހީވަނީ… ހީވަނީ…” ނަތާޝާއަށް ވާހަކައެއް ނުދެއްކުނެވެ. އަނެއްކާވެސް ފެށީ ރޯށެވެ.
“ނަތާ… ހިތްވަރުކުރަންވާނެ… ތިހިތުގަ އޮތް އެއްޗެއް އަހަރެން ކައިރީ ބުނަން އެއްގޮތަކަށްވެސް ޖެހިލުންވާނެ ކަމެއް ނެތް… އަހަންނަށް ވީވަރަކުން ނަތާއަށް އެހީވާނަން…” އިވްޔާ ހިތްވަރު ދިނެވެ.
“ޔުމާން އާއި ނައިރާގެ ކޮންމެވެސް ގުޅުމެއް އެބައޮތް… ވެދާނެ އަަހަންނަށް ޔުމާން އުފާކޮށްނުދެވެނީ ކަމަށްވެސް… ނޫނީ ޔުމާންއަށް އަހަރެން ކަމުނުދަނީ ކަމަށްވެސް…” އެއްނޭވާއިން ހުރިހާ ވާހަކައެއް ބުނެފައި ނަތާޝާ އިސްޖަހައިލިއެވެ.
“ނަތާ…” އިވްޔާއަށް ގޮވައިލެވުނީ ތަންކޮޅެއް ބާރަށެވެ.
“ތިކަހަލަ ވާހަކަ ތިހާ ޔަޤީންކަމާއިއެކީ ދައްކަންވާނީ އެކަމުގެ ޙަޤީގަތް ލޮލަށް ފެނުނީމަ… ނަތާއަށް ފެނުނުތަ؟…” އިވްޔާގެ އަޑުގައި ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުމުގެ އަޞަރުވިއެވެ.
ނަތާޝާ ދެފަރާތަށް ބޯ ހޫރާލިއެވެ. އިވްޔާ ބުނިހެން އެވަރުގެ ބަދުނާމެއް މީހެއްގެ ބޮލުގައި އެޅުވުމުގެ ކުރިން އެކަމެއް ޔަޤީންކުރަންޖެހޭނެއެވެ. އަނެއްކޮޅުން ޔުމާންއަކީ އޭނަގެ ފިރިމީހާއެވެ. އަމިއްލަ ނަފުޞު ކުށްވެރިކުރާ ޙާލު އޭނައަށް އިވްޔާ އާއި ދިމާއަށް ބަލައިލެވުނީ ގޮތް ހުސްވެފައި އިނދެއެވެ.
“ނައިރާގެ ވާހަކަ ބުނާއިރަށް ޔުމާންގެ މޫނުމަތިން އެ ފެނުނު ކުލަވަރާއި، ނާބިހްގެ ކަންތައް ޔުމާންއަށް އެނގުނު ގޮތާއި، އެހުރިހާ ކަމެއް ގުޅުވާލެވުނީމަ އަހަރެންގެ ހިތުގަ ޝައްކު އުފެދުނީ…” ނަތާޝާ އިނީ ދެރަވެފައެވެ.
“ވެދާނެއެއްނު ކޮންމެވެސް އެހެންކަމެއް ވެގެން ކަމަށްވެސް…” ޔުމާން އެފަދަ ނުބައިކަމެއް ކޮށްފާނޭކަމަށް ޤަބޫލުކުރަން އިވްޔާއަށް ދަތިވިއެވެ.
“އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ…” އާދޭހުގެ ރާގެއްގައި ނަތާޝާ ބުންޏެވެ. އިވްޔާ އަވަސްއަވަހަށް ބޯ ޖަހާލިއެވެ.
“އަހަރެން ވާހަކަ ދައްކައިގެން ޔުމާންގެ ފަރާތުން އެއްވެސް ކަމެއް ނުހޯދޭނެ… ޔުމާން ގޯސް މަގަކުން ދާކަށް އަހަރެން ބޭނުމެއް ނޫން… ޔުމާން އަދިވެސް ލޯބިވަނީ އިވީދެކެ… އިވީ ދައްކާ ވާހަކަ އޭނަ ގަބޫލުކުރާނެކަން އަހަންނަށް ޔަޤީންވޭ… ޕްލީޒް، ޔުމާން ކައިރީ އަހައިދީބަލަ، މައްސަލައަކީ އަހަރެންތޯ… އަހަރެން ކަމަށްވަންޏާ، ޔުމާންގެ ޙަޔާތުން ދުރައްދާން އަހަރެން މިހުރީ ތައްޔާރަށޭ ބުނެދީ…” ނަތާޝާގެ އަޑު ތުރުތުރުލަމުން ދިޔައެވެ.
ޔުމާން އާއި ވަކިވުމަކީ ނަތާޝާ ދުވަހަކުވެސް ބޭނުންވިގޮތެއް ނޫނެވެ. ކުރިން ބޭނުންވީ ކޮންމެގޮތަކުންވެސް އެކީގައި އުޅުމަށެވެ. އެކަމަކު މިއަދު ޔުމާންއަށްޓަކައި، އެ ލޯބީގެ މަތިވެރި ހައްޤުގައި އޭނަ އެހުރީ ޔުމާން އާއި ދުރަށްދާންޖެހުނަސް، އެކަންވެސް ކުރުމަށް ނިންމައިގެންނެވެ.
********
ޔުމާން އިނީ “ބްލޫހެވަން” ރެސްޓޯރެންޓްގައެވެ. ފުލުފުލުގައި އެތައް ކޮފީއެއް ހުސްކުރިއިރުވެސް، ޔުމާންގެ ސިކުނޑިއަށް ލުއިކަމެއް ނުލިބުނެވެ. ބޮލުގައި ހީވަނީ ބޮޑު ބަރެއް ބާއްވާފައި އޮންނަހެންނެވެ. ބޯން އިން ކޮފީތަށި ހުސްވުމާއިއެކު، ވޭޓަރަށް ގޮވާލާފައި، އިތުރު ކޮފީ ތައްޓެއް ގެނެސްދިނުމަށް އެދުނެވެ. ފޯނު ރިންގްވާން ފެށީ ވޭޓަރު ކޮފީތަށި ގެނެސް މޭޒުމަތީގައި ބެހެއްޓިތަނާއެވެ.
“އިވީ… ކިހިނެތްވީ؟… ކަމެއް ގޯސްވީތަ؟…” އެހާ ދަންގަޑިއެއްގައި އިވްޔާ ގުޅުމުން ޔުމާން ނުތަނަވަސްވިއެވެ.
އިވްޔާ އެދުނީ އެގެއަށް އައިސްދިނުމަށެވެ. މުހިއްމު ކަމަކު ކަމުގައި ބުނުމުން ކޮފީތަށި ދޫކޮށްލާފައި ޔުމާން އަވަސްވެގަތީ އިވްޔާގެ ކައިރިއަށް ދިޔުމަށެވެ. ޔުމާން ގޮސް ބެލްއަޅާލުމާއިއެކު އިވްޔާ ދޮރު ހުޅުވައިލިއެވެ. ހީވީ ޔުމާން ނައިސްގެން ލަސްވެފައި ހުރިހެންނެވެ.
“މީހަކަށް ކަމެއްވީތަ؟…” ގޭތެރެއަށް ނަޒަރު ހިންގައިލަމުން ޔުމާން ސުވާލުކުރިއެވެ.
“އެކަހަލަ ކަމެއް ވެގެނެއް ނޫން… ޔުމާން އައިސްބަލަ…” ކުރިޔަށް ހިނގައިގަންނަމުން އިވްޔާ ބުންޏެވެ.
އިވްޔާ ގޮސް ސޯފާގައި އިށީނދެފައި ކައިރީގައި އިށީނުމަށް ޔުމާންގެ ކައިރިން އެދުނެވެ. އިވްޔާ ބުނި ކޮންމެ ގޮތެއް ހަދަމުން ދިޔަނަމަވެސް، ޔުމާންގެ ހިތްވަނީ، ސުވާލުތަކުން ފުރިފައެވެ.
“އަހަރެން މިކުރާ ސުވާލުތަކަށް ވަރަށް ތެދުތެދަށް ޖަވާބުދީބަލަ…” އިވްޔާ އާދޭހާއިއެކު އެދުނެވެ.
“އަހަރެންދެކެ އަދިވެސް ލޯބިވޭތަ؟…” އިވްޔާގެ ސުވާލާއިއެކު ޔުމާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ޖަވާބެއް ނުދީ އެތައް އިރަކު އިނދެފައި، އެކަމަށް އެއްބަސްވުމުގެގޮތުން، ޔުމާން މަޑުމަޑުން ބޯޖަހާލިއެވެ. އިވްޔާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނަ ޔުމާންގެ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ.
“ޔުމާން… އަހަރެން އުއްމީދުކުރަން އަހަރެން މިދޭ ނަޞޭހަތް ކަނުލައި އަޑުއަހާނެ ކަމަށް… ކައިލަންއަކީ ޔުމާންގެ ދަރިއަކަށްވުން އެއީ ޔުމާންގެވެސް އަދި އަހަރެންގެވެސް މައްސަލައެއް ނޫން… އެއީ ތަޤްދީރުގައި ކަންހިނގުމަށް ލިޔުއްވާފައިވީ ގޮތް… އެކަން ބަދަލެއްވެސް ނުކުރެވޭނެ… އިއްތިފާޤުން ޔުމާންއަށް އަހަރެންދެކެ ލޯބިވެވުނަސް، އަހަންނަށް ލޯބިވެވުނީ ރައިން ދެކެ…” އިވްޔާ ދެލޯ މަރާލީ މާޒީގެ ހަނދާންތައް އާކޮށްލަމުންނެވެ.
“މިހާރު އަހަރެންވެސް، ޔުމާންވެސް، އެހެން މީހުންނާއި އިނދެގެން ދަރިން ލިބިއްޖެ… އަހަރެން ޤަބޫލުކުރަމޭ، އެމީހެއްގެ ފުރަތަމަ ލޯބި ހަނދާން ނައްތައިލަން އެހާ ފަސޭހައެއް ނުވާނެކަން… އެކަމަކު، ޔުމާން ވިސްނާލީމަ އެނގޭނެ، ޔުމާންއަށް ތި އިޚްސާސްކުރެވޭ ކަންކަން ނަތާއަށްވެސް އިޚްސާސް ކުރެވޭނެކަން… ޔުމާންއަކީ ނަތާގެ ފުރަތަމަ ލޯބި… ލޯބިވާ މީހާ ނުލިބުމުން އެ ކުރެވޭ އިޚްސާސްތައް އޭނައަށްވެސް ކުރެވޭނެއޭ…” އިވްޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ޔުމާން… ނަތާ ކަހަލަ ރަނގަޅު ކުއްޖަކު މިޒަމާނުގަ ހޯދަން ވަރަށް އުނދަގޫވާނެ… މީހުން ބުނެއެއްނު، ތިމާ ލޯބިވާ މީހަކު ހޯދުމަށްވުރެ، ތިމާދެކެ ލޯބިވާ މީހަކު ހޯދުން މާ ރަނގަޅުވާނެއޭ… އެއީ ކޮންމެ ފަދަ ހާލެއްގައިވެސް އެމީހަކު ތިބާ އާއިއެކުގައި ވާނޭކަން ޤައިމުވާތީ…” ޔުމާންއަށް އަންނަމުންދިޔަ ބަދަލުތަކަށް ވިސްނަމުން އިވްޔާ ވާހަކަ ދެއްކިއެވެ.
ޔުމާން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނީއެވެ. އިސްޖަހައިލިގޮތަށެވެ. އިވްޔާ ބޯއަރިކޮށް ބަލައިލުމުންވެސް އިސް އުފުލައި ބަލައި ނުލިއެވެ. ހީވަނީ އަމިއްލަ ނަފުޞު ކުށްވެރިކުރެވުނު ވަރުން، އިސްއުފުލައި ބަލައިލަންވެސް ނުކެރިފައި އިންހެންނެވެ.
“ކައިލަން އާއި ބެހޭގޮތުން ހަޤީގަތުގަ، އަހަރެން ވާހަކަދައްކަން ޖެހޭނެ މީހަކީ ޔުމާން… އެއީ ޔުމާން ތީ ކައިލަންގެ ބައްޕައަށްވާތީ… އަހަންނަށް އެނގޭ ކައިލަންއަށް ވީގޮތުން ޔުމާންވެސް ތިހުރީ ވަރަށް ހާސްވެ ކަންބޮޑުވެފަކަން… މިދަނޑިވަޅަކީ މީ ކައިލަން ސަލާމަތްކުރަން އަހަރެމެން އަތުކުރި އޮޅާލަންވީ ވަގުތު… ޔުމާންވެސް ޔުމާންއަށް އެނގޭ މިންވަރަކުން ކަންކަން ޚިއްސާކުރީމަ، އަހަރެމެންނަށް އަހަރެމެންގެ ދަރިފުޅު ސަލާމަތްކުރެވޭނީ…” އިވްޔާ އޭނާގެ ވާހަކައިގެ މިސްރާބު މަޑުމަޑުން ބަދަލުކުރަމުން ދިޔައެވެ.
“ޔުމާން… އަހަންނަށް އެނގޭ ޔުމާން ކޮންމެވެސް ކަމެއް އެބަ ސިއްރުކުރާކަން… އަހަންނަށް ޔުމާން ވަރަށް ރަނގަޅަށް އެނގޭތީ މިބުނަނީ… ހީވާގޮތެއް ބުނަންތަ؟….” ޔުމާން އިސްއުފުލައި ބަލައިލުމުން އިވްޔާ ސުވާލުކުރިއެވެ.
“ޔުމާންއަށް ނައިރާގެ ކޮންމެވެސް ހަޤީގަތެއް އެނގޭ ދޯ… ނޫނީ ޔުމާން އާއި ނައިރާ ކުރިންވެސް އެކަކު އަނެކަކަށް އެނގެނީތަ؟…” ޔުމާންގެ މޫނުމަތިން މާބޮޑު ޢަޞަރެއް ނުފެނުމުން، އިވްޔާ ސުވާލުކުރަން ފެށިއެވެ.
ޔުމާން ކުއްލިއަކަށް ކޮޅަށް ތެދުވިގޮތުން އިވްޔާ ސިހުނެވެ. ހާސްކަން އެމޫނުމަތިން ފެންނަމުންދިޔައިރު، ކޮންމެވެސް ނުބައެއް އުޅޭކަން އިވްޔާއަށް ކަށަވަރު ވިއެވެ. ހިތް ތެޅިގަތީ މާވަރަކަށެވެ.
“ޔުމާން ބުނެބަލަ… ތިހާ ސައިލެންޓްވީމަ، އަހަރެންގެ ހިތް ބިރުގަންނަން ފަށައިފި… ކޮންމެވެސް ކަމެއް ގޯސްވާހެން ހީވެއޭ އެބަ… އާދޭސްކޮށްފައި ބުނަން… އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު… ޔުމާންވެސް އެދަރިފުޅުދެކެ ލޯބިވަންޏާ އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހާ ވާހަކައެއް ކިޔައިދީ…” އިވްޔާ ތެދުވިއިރު، ފެންކަޅިވެއްޖެއެވެ. އޭނައަށް ޔުމާންގެ އަތުގައި ހިފައިލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.
“އައިމް ސޮރީ… އައިމް ސޯ ސޮރީ އިވީ… އަހަންނަށް ވަނީ ވަރަށް ބޮޑު ގޯހެއް ހެދިފައި…” ޔުމާން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.





Reethi
Thank u so much ?
Masha allah sissy mi partves varah reethi…
Thank u so much unique ?
Mashallah sweetie vrh Reethi mi Bai vx ?????
Thank u so much mimmi ?
Reethi.. Dhn in part up kohkeveyneee kithah dhuvas fahun..
Thank u so much ? In Sha Allaah type kohlevunuhaa avahah genesdheynan
Salaam
Here is the 8th part of Kafun vevifaa.. kamudhaane kamah unmeedhukuran..
Mi story akee Eysh kurin liyunu FEVIFAA THINANVEY MIHITHUGAA e story ge main characters thah himanaigen liyefaivaa story eh.. e story ga Ivya, Rain, yumaan dhimaavigothaa emeehunge life ga hingaa kanthah thakakun gulhunthakah kuraa asaruthah aa naaik nd shiruva gulhunugoi genesdheefa vaane. Ivya and Rain ge gulhun fesheynee nafurathuge thereyn..
Story genesdhinun avaskurun othee kiyuntheringe aiymatheega.. Eysh v motivate vefa huriyya part v avahah liyelevey.. readers ge faraathun libey support v bodu hihvarakah vey..
In Sha Allaah lasnukoh dhen in part ves genesdheyn masakkaiy kuraanan.. vaki dhuvaheh bune nulanee mivaguthu kanthahthah huri gothun promise kohlaafa e date ah gens nudhevidhaanethee..
Unmeedhukuran evves kuhjaku Eysh aa dhetherey goaskoh nudhekeyne kamah..
Thank u all
Once again thank u all fr the support.. really appreciate… ?
Adhi ebain ekkameh faahagakohlan beynunvaa.. format ga massala eh ulheythee v try kurin ragalhuveytho. Ekam upvi iru eynee v bodah format gellifa.. ehenve kiyumuga dhimaavedhaane dhahchakahtakai maafah edhen..
story feshigen nimendhenves varah shauguverikamaa ekee kiyaali vaahaka eh e story aky. varah ufaavey eyge aneh season genesdheyn fesheema
Thank u so much dear. Varah ufaavehje story kamudhiyaeema
Maasha Allah ???????????????? Vvvv salhi ingey mi part ves.. Ivy ge vaahaka thah vvv asarukuranivi ibaaraathun liyelaafa huree. Vv emotional koh. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Rain alhe ekani keehkuranthah ethanah dhiyaee? Adhi meeheh kaireeves nubune. Rain ge bolah dhin hamalaa sifakoh dheefa in gothun e hamalaage nurakkaatherikamaa anuyaaverikan sifaveeleh bodu kamun gain heebihi nagaigendhiyaee ??????????????????? Nathaage vaahaka genesdheefaingothun nathaa dheravefahurivaraa eyna hithaamakoh roefa hurivaru hama lolah fenna fadha ??????????????? Yumaan ge kanthah hurigoiy Sifakohdheefa inleh furihama kamun eyna haasvefahurivaraa kameh foruvaakan v rangalhah sifavegen dhey.. ??????????????????? Mulhi part ves vvv interesting. V kiyaahithun hama kiyaalevunu . ???????????????????? Jumulahthahves v saadhaavefa kiyaalan hiygaimu gothakah huree. ??????????????? Mibai kiyai nimunu iru mivanee funmin neyngey kandakah garaguvefa. Yumaan ah hedhu goahakee kobaibaa ey hithah araaa ❓❓❓❓❓❓❓❓❓❓❓❓❓❓ Rain ah ehen hedhee kaakukan v beynun balan,❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓ Rain ah dhen vaanee kihinehbaa.. ❓❓❓❓❓❓❓❓❓❓❓❓❓❓ Anekka yumaan eh noontha mi nubai mi hadhanee ❓❓❓❓❓❓❓❓❓❓❓❓❓❓ Dhen komme akas mu jehunee mi suvaaluge kanduthereygai fathaan. ?????????????????? Kuriah oiy bai kiyaahithun hama keuy nuvaa haaluga. ????????????????????? Mifaharu thi nimmaalee adhi maa dhahivaa kahala suvaalakun viysa. Eysh hama kiyuntherin curious kuruvan molhee ey. Hama perfect meehakee. ?????????????????
Thank u so much sheen ? varah ufaavehje cmnt kiyaalaafa ? very sweeet. keep waiting fr the next part.
alhey Yumaan ge dhariekey kailan aee⁉unbelievable.. anyway mi part vx v rythi masha allah❤❤❤❤❤❤❤ sifakohlaafa hurileh v kamudhey??????N rain ah dhera gotheh nuhadhahchey eysh..v curious vefa mihury dhen oiy bai kiyaa hithun??????mihaarun sure inthixaaru ge guitar jahan feshey ingey mii????..hehe.. Lysm eysh ?????????
fevifaa thinan veyey mihithugaa e vaahakaige aneh seoson mee. ey varah salhi vaahaka eh. fenvaru.com ga ebain vaahaka.
Yes dear. Kailan akee yumaange kuhjeh. Lover ebunihen eysh kurin litefa in vaahaka akaa gulhuvaalaafa eyge characters thah laigen mivaahaka liyelaafa innaanee.. Thank u so much jiji. Varah ufaavehje story kamudhiyaeema. Keep waiting fr the next part.
What? Rain maraanulahchey plx plx. varah heevey naabihu ves maraaly yuman hen. story varah reethi. dhen in bai avaskohdhehchey inge
Lets see wht happns. Thank u so much dear. V ufaavehje story kamudhiyaeema. In sha allaah try kuraanan avahah genesdheyn. Keep waiting.
Masha Allah haadha furihamaey…. Varah lahun dhw comment mi kohlevuny.. Sorry for that.. Assu school busy Kamun vagutheh nuvey…. Dhen story hama habbu… Alhe rain ah dhera gotheh nuhadhah chey… Eyrah neha Varah dhera vaane… Varah Gina suvaalu ebahuri.. Avahah eheh part eh up kohlaa.. Varah curious vefa mihury.. Lysm
?MY FAV WRITER ?
❤️❤️LOABI LOABI EYSH SIS ❤️❤️
Its ok dear.. ehenve vaane ehnu baeh faharu.. ehaa varu kameh noon.. v ufaavehje story kamudhiyaeema.. thank u so much dear.. keep waiting fr the next part..
-Sweet Neha-
Vaahaka varah salhi .adhives eyafaharu vaahaka photo ah bunelan othy thy mihaathanah vaahakayakun fenun emme match vaa photo ey
Thank u so much dear.. varah ufaavehje story kamudhiyaeema.. and cmnt kiyaalaafa.. keep waiting for the next part..
This story is one of my favourite story in esfiya…….eysh sis ge hurihaaa story ehvx kairaa ah hama varah reethi…and luv u eysh sis……..❤️❤️❤️❤️❤️❤️❤️
Awwwww thank u so much dear.. so sweeeet.. varah ufaavehje story kamudhiyaeema and cmnt kiyaalaafa.. means a lot.. once again thank u so much dear..