Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާނަން އުމުރަށް – 29 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
September 25, 2019 3 Mins Read
47 Comments

ދެން ޑޮކްޓަރ ބުނެލި ތިންބަހަކުން އިއްބާންގެ ދުނިޔެ ފުނޑު ފުނޑު ވެގެން ދިޔަކަމުގެ އިހުސާސެއް ކުރިއިރު އިއްބާންގެ ދެތުންފަތުދޭތެރެއިން މަޑު އާހެއް ބޭރުވެގެން ދިޔައެވެ. ކުއްލިއަކަށް ދެބުމަ ގޮއްޖަހާލަމުން ޑޮކްޓަރާދިމާލަށް ބަލައިލިއިރު އެދެލޮލުގައި ނުރައްކާތެރި ވިދުވަރެއްހުރިއިރު ހީވަނީ ހަމައިން ނެއްޓިހެންނެވެ.

* * * * * * * * * * * * * * * * *

ކުއްލިއަކަށް އިއްބާން ޑޮކްޓަރުގެ ކޯޓުގައި ހިފަހައްޓަމުން އިއްބާން ދިޔައީ ޑޮކްޓަރުގެ ކަރަށް ބާރުކުރަމުންނެވެ. ނޭވާނުލެވިގެން އުޅޭފަދަ ގޮތަކަށް ޑޮކްޓަރު ތެޅިގަތެވެ. އިއްބާންގެ ދެލޮލުގައި ފުދޭވަރެއްގެ ރަތްކަމެއް ހުރިއިރު ކަރުނަތައް ބޮޑިވަމުން ދިޔައިރު ރުޅިވެރިކަންވެސް އެ ދެލޮލުން ފާޅުވަމުންދިޔައެވެ. އޭނާއަށް އިވުނު ތިން ބަހަކުން އެ އިހުސާސްތަކުގެ މައްޗަށް ރުޅިވެރިކަން އިސްކުރެވުނީއެވެ. އެއީ އޭނަގެ ކުށެއްކަމަށް އެ ހިތް ތަކުރާރުކޮށް ބުނަމުން ދަނީއެވެ.

“ބެން…” އިއްބާން ހޯދަމުންއައި އައިޝަމްއަށް އިއްބާން ޑޮކްޓަރުގެ ކަރަށް ބާރުކުރަމުންދިޔަ މަންޒަރު ފެނުމާއެކު ގޮވާލެވުނީ ބާރަށެވެ. އެއަޑު މުޅި ތަނުގައި ގުގުމާލައިގެން ދިޔައެވެ. ނަމަވެސް އެ ހިސާބުގައި މީހެއްގެ ހިލަމެއްވެސް ނެތެވެ. އިއްބާންއަށް އެ އަޑު ނީވޭފަދައެވެ. އެ ހިތްވަނީ ހަލާކުވެފައެވެ. ދެއަހަރު ފާއިތުވިފަހުން އިއްބާންއަށް ލޫން ފެނުނެއްކަމަކު އެހިތަށް ތަދުކުރަމުން ދިޔައީ ދެންމެ ހިނގާދިޔަ ހާދިސާގެ ހިތި ނަތީޖާ އެނގުމުންނެވެ.

“ބެން….މޮޔަވީތަ….” އިއްބާންގެ އަތް ޑޮކްޓަރުގެ ކަރުން ނައްޓާލުން އައިޝަމް ބުނެލީ ރުޅިވެރިކަމާއެކުގައެވެ. ނަމަވެސް އިއްބާންގެ އަނގައިން ބަހެއްވެސްް ބޭރުނުވެއެވެ. އޭރު ޑޮކްޓަރު ދިޔައީ ކެއްސުމުގެ ތެރެއިން ފުންނޭވާތަކެއް ލަމުންނެވެ.

“ޑޮކްޓާރ…..ޕްލީޒް…..ލޫން ރަނގަޅު ކުރެވޭނެ އެއްވެސް ގޮތެއް ނެތްތަ….” ލޮލުން ބަންޑުންވަމުންދިޔަ ކަރުނަތަށް މިނިވަންކަމާއެކު ފައިބަން ދޫކޮއްލަމުން އިއްބާން ޑޮކްޓަރާ ދިމާލަށް ބަލާލީ އާދޭހުން ފުރިގެންވާ ނަޒަރަކުންނެވެ.

ނަސީބަކުން އެ ޑޮކްޓަރަށް އިއްބާންގެ ހާލު ފެނުމުން ހަމްދަރުދީ ވެވުނީކަންނޭނގެއެވެ.

“ސޮރީ ސަރ….އެކަމު އެއްވެސް ހޯޕް އެއް ނުދެވޭނެ އަޅުގަނޑަކަށް….ބަޓް ޔޫ ކޭން ޓްރައި…ރާއްޖޭން ބޭރަށްގޮސް ރަނގަޅު ތަނަކަށް ދައްކާލަބަލަ….އޭރުން ފަހަރެއްގާ ހޯޕް އެއްވެސް ލިބިދާނެ..” އިއްބާން އާ ދިމާލަށް ބަލާލަމުން ޑޮކްޓަރު ބުނެލިއެވެ.

“ޑޮކްޓަރ….ލޫން ރަނގަޅު ވެދާނެތަ..” އިއްބާން ޑޮކްޓަރު ކައިރިން ޔަގީންކަން ހޯދަން ބޭނުންވިކަހަލައެވެ.

“ވެދިޔަ އެކްސިޑެންޓްގައި އެހެންވީ….ޝީ ކާން ސީ….އެކަމް ޔަގީންކަމެއް ނުދެވޭނެ ލޫންގެ ލޮލުގެ ފެނުން އަނބުރާ ލިބޭނެކަމުގެ….އިންޝާ ﷲ ލިބޭނެ…ދުޢާ ކުރޭ…..” ހީލަމުން ޑޮކްޓަރު ބުނެލިއެވެ. އަދި އިއްބާން އާ އައިޝަމް ކައިރީ އެތެރެއަށް ވަނަސް އޯކޭ ކަމުގައިބުނެ އެދަނުން ދާން ހިނގައިގަތެވެ.

“ބެން…ކާކު ލޫން އަކީ؟…” ދެބުމަ ގޮއްޖަހާލައިގެން ހުރެ އައިޝަމް އަހާލިއެވެ.

“ދޮންތަ އެބަ އުޅޭތަ މިތާގަ…” އައިޝަމްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލު އިއްބާންވެސް ކޮއްލީ ސުވާލެކެވެ.

“އާން…އެބަ އުޅޭ….” އައިޝަމް ބުނެލިއެވެ.

“ދޮންތަ ކައިރީ އަހާލަބަލަ…ދޮންތަ ނުބުނާނަމޭ ބުނެފިޔާ ބުނޭ އަހަރެން ބުންޏޭ ލޫން ބޭވަފާތެރިވިޔަސް އަދިވެސް އަހަރެން ލޫން ދެކެ ލޯބިވެއޭ….” އިއްބާން އެހެންބުނެލުމުން އައިޝަމް ހުރީ ޝޮކެއްގައެވެ. އޭނާއަށް އެނގޭ ގޮތުގައި އިއްބާން އަދި މީހަކާ ރައްޓެއްސެއް ނުވެއެވެ. ދެފަރާތަށް ބޯހޫރާލަމުން އައިޝަމް ދިޔައީ ޒިލްވާ ހޯދާށެވެ.

* * * * * * * * * * * * * * * * *

މުޅި ތަނަށް މަރުފަދަ ހިމޭންކަމެއް ވެރިވެފައިވާއިރު އިވެމުންދިޔައީ މެޝިންތަކުގެ އަޑެވެ. އެނދުމަތީގައި އޮތް ލޫންއަށް އިއްބާންގެ ނަޒަރު އަމާޒުވެފައިވެއެވެ. ލޫންގެ މޫނުމަތިން އިއްބާންއަށް އެއްވެސް ތަފާތުކަމެއް ނުފެނުނެވެ. އެ ރީތިކަން އިންތިހާއަށް ރީތިވެފައިވާއިރު އިއްބާންއަށް ފާހަގަވީ އެންމެ ކަމެކެވެ.

އެއީ އިއްބާން ލޫންއަށް ދިން ރިހިކުލައިގެ އަނގޮއްޓި އެއަތުގައި އޮތުމުންނެވެ. އެއީ އިއްބާން ލޫންއާ ރައްޓެހިވިތާ ދެވަނަ ދުވަހު ލޫންއަށް ދިން އެއްޗެކެވެ. ލޫންގެ އިނގިލީގައި އެ އަނގޮއްޓި އަޅުވަމުން އިއްބާން ލޫން ލައްވުވާ ވައުދު ކުރުވީ ދުވަހަކުވެސް އެ އަނގޮއްޓި ލޫންގެ އަތުން ވަކިނުކުރުމަށެވެ. އެ އަނގޮއްޓީގެ އިތުރުން ފަށެއްވެސް ދިނެވެ.

އިއްބާން ސިހުނީ ލޫން އެސްފިޔަތައް ތަޅުވާލިހެން ހީވުމުންނެވެ. ހީވި ހީވުމެއްކަމަށް ނިންމަމުން އިއްބާން ގޮނޑީގައި ލެގިލަމުން ދެލޯ މަރާލިއެވެ. ކުއްލިއަކަށް މަޑު ގިސްލުމަކާއެކު ވާހަކަ ދައްކަން ފެށި އަޑު އިވުނެވެ.

“ބާން…ބާން…އަހަރެން ބާން ދޫކޮއްލާފަ…ދެވުނީ ކުރެވުނު ކުންހީއަކުން…އެކަމަކު..އެކަމަކު އަހަރެން މިހާރު އެދުވަހު ބާން ދޫކޮއްލާފަ ދެވުނީމަ ހިތާމަކުރަން….ކީއްވެ؟..ކީއްވެ؟…އަހަރެން ހާދަ ކެއްކުރީމޭ….ދެ އަހަރު ފާއިތުވި އިރު އަހަރެން ހާދަ ކަރުނައެއް އޮއްސީމޭ…ކިންމެ ރެއަކު ނިދެނީ ތި ހިޔާލުގަ އޮއްވާ…އެކަމް…ބާން މިހާރު މީހަކާވެސް އިނދެފި…އަންހެނުން އޭނީ ބަންޑުބޮޑުވެ….އަހަރެން މި ހުންނަނީ އިއްބާންގެ އިންތިޒާރުގާ…އެކަމް…އޭނަ…އަހަރެން މަތިން ހަނދާންވެސް ނައްތާލާފި ކަންނޭގެ…އޭނަ އަހަރެން މަތިން ހަނދާން ނައްތާލިއަސް އަހަރެން އޭނަ މަތިން ހަނދާން ކުރާނަން…އަދިވެސް ވަރަށް ލޯބިވޭ….ބާން އަހަރެން ދެކެ ލޯބިނުވިއަސް….އަހަރެން ލޯބި ވާނަން…ލޯބިން…ވާނަން އުމުރަށް…” ގިސްލަ ގިސްލަމުން ލޫން ބުނަމުންދިޔަ ބަސްތަކަކުން އިއްބާންގެ ހިތުގެ އެތިކޮޅުތައް ދިޔައީ ކުދިކުދިވަމުންނެވެ. ލޫން ދެލޯ މަރައިގެން އޮވެ އެހުރިހާ އެއްޗެއް ކީއިރު އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތަށް ފައިބަމުންދިޔައެވެ. އެ ތަނުގައި އިތުރު ފުރާނައެއް އިންކަން ނޭނގިހުރެ ލޫން ދިޔައީ ހިތުގެ އުދާސްތަކާއެކު ކަރުނަ އޮއްސަމުންނެވެ. މަންޒަރު ބަލަން ހުރި އިއްބާންގެ ހިތްވެސް ފުނޑުފުނޑުވެ އެތިކޮޅުތަކަށް ވަމުން ދިޔައީ ލޫން އޭނާ ދޫކޮއްދިޔަ ސަބަބު އެނގުމުންނެވެ.

ލޫން އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކުރަމުން މިދަނީ އޭނަގެ ހިތާއި ފުރާނަ ކައިރީގައި ހުރިކަމުގެ ހިލަމެއްވެސް ނުވެ އޮވެއެވެ. ކުއްލިއަކަށް ލޫން ދެލޯ ހުޅުވާލީ އަތުގައި ފެންތިއްކެއް ޖެހުނުހެން ހީވުމުންނެވެ. ނަމަވެސް ލޫންއަށް ފެނުނީ ކަޅު އަނދިރިކަމެވެ. ހާސްވެފައި ވާފަދަ ގޮތަކަށް ލޫން ދެފަރާތަށް ބޯހަލުވާލީ މުޅިތަނަށް އަނދިރިކަން ވެރިވެފައި ވުމުންނެވެ. ލޫންއަކީ އަނދިރި ކަންދެކެ އިންތިހާއަށް ބިރުގަންނަ އަނދިރި ތަންތަނުގައި އެކަނި ހުންނަން ނުލާހިކު ޖެހިލުންވާ ކުއްޖެއްކަން އިއްބާން ދަނެއެވެ. ލޫންއަށް މިޔަދު އެހާލު ދިމާވީ އޭނާގެ ސަބަބުންކަން އިއްބާން ގަބޫލުކުރެއެވެ.

“އެއްވެސް މީހަކު އެކަ އުޅެންތަ؟….ޕްލީޒް ލައިޓު ޖައްސާލަ ދީބަލަ….” އަވަސް އަވަހަށް ލޫން ބުނެލީ އެނދުގެ ދެފަރާތުގައި އަތުން ހިފާ ބާރު ކޮއްލަމުންނެވެ.

“ލިނީ…..” ފުންނޭވާއެއްލަމުން އިއްބާން ލޫންއަށް ގޮވާލީ އެތައް އަސަރެއް އެ އަޑުގައި ވާފަދަގޮތަކަށެވެ.

ކުއްލިއަކަށް އެ ކޮޓަރިއަށް ވަނީ އައިލީންއާ އައިޝަމް ، ޒިލްވާގެ އިތިރުން ޝާހިދެވެ. ޝާހިދު މާލެ ބަދަލުވިފަހުން އޭޑީކޭ ގައި މަސައްކަތްކުރާތާ ދެ އަހަރު ވެއްޖެއެވެ.

ލޫން ފެނުމާއެކު ހުއްޓުން އެރިއިރު ޝާހިދުގެ ދެލޯ ބޮޑުވިގޮތަށް މުޅި މީހާއަށް ޝޮކެއްޖެހުނުފަދައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

އެދިގެން ތި ލޯތްބަށް 5

Next

ޒެރާޝް 4

Next
September 25, 2019

ޒެރާޝް 4

Previews
September 25, 2019

އެދިގެން ތި ލޯތްބަށް 5

47 Comments!

  1. malsamalkkomal says:
    September 25, 2019 at 8:26 pm

    Hello guys…mi part ves kamudhaane kamah ummeedhukuran..
    shaahid ah evii kihineh baa dhw?
    Kiyunterinnah heevaa gothehves bunelhahchy…feel free to comment your viwes…
    Lve u alll
    Nyts.♥

    1. Ok says:
      September 25, 2019 at 10:46 pm

      Loon and aileen eii twins. E dhekudhinnakyves shaahid ge dharin. Ehenveema shock jeheyne dho. Konmes kameh dhima vegen loon gellifa vany kanneyge. bayaku kidnap kohgen loon gengulhenee kamahves vedhaane loon ge bappa olhuvaalaagen.

    2. Malsa Moosa says:
      September 26, 2019 at 2:30 pm

      Yeah….vedhaane dhw…balamaa vagothehves….thanks ingy “ok” dheky goii ves buneladhaldheneema….balamaa vaa gotheh??..

  2. Maisha says:
    September 25, 2019 at 8:30 pm

    Me first dhw… Varah furihama and varah reeeeethi

    1. Malsa Moosa says:
      September 26, 2019 at 2:31 pm

      Thanks mai….yeah…mai first..congrats??..

  3. Ifaa says:
    September 25, 2019 at 8:32 pm

    Varah reethi….❤

    1. Malsa Moosa says:
      September 26, 2019 at 2:31 pm

      Thanks ifaa..?

  4. Maisha says:
    September 25, 2019 at 8:33 pm

    Neynge adhi shahidh evee kihineh kameh. Konirakun 30 vana part up kohla dhenii.. Waiting ingey.. Lysm malooooo?❤?????

    1. Malsa Moosa says:
      September 26, 2019 at 2:32 pm

      Yeah…nyge dhw..mal akah ves nygunu evii kihineh kameh…next part kiyaaleema engyne…and insha allah varah avahah next part up koalaanan…thanks…ly to..?♥

  5. Fortnite says:
    September 25, 2019 at 8:44 pm

    Wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow mal… Just wow.. V salhi ingey… Hama habeysss… Good Luck mal.. A great, fantastic, marvellous, nice and a good story. Kihineiybaa dhen vaanee???? Curious about that.. Vaahaka v salhi. Varah salhi. Varah salhi ingey. Keekey dhen bunaanee mal. Fortnite au 12 years gaves neynge mihaa molhau vaahaka liyaakau. Ekam 12 years ge kujjeiy mihaa reethi molhu vaahakaeiy liyaathan Fenuneema hama ajaibuvefa hurevunee. Hithau eree mee hama dhuniyeyge haiy ajaibun eh ajaibey.. Hehehe. Good luck mal and keep going like this. Insha Allah you can do it. May Allah bless you.

    1. Malsa Moosa says:
      September 26, 2019 at 2:38 pm

      Awwwwn…thanks shai…neyge dhw dhn vaane gothehves..next part kiyaaleema engyne insha allah….mal meenee mi comment ah dhyne reply ehves nygifa…angain bas hus vesfa meenee…thanksss shaii….???❤?……lysm…varah ufaavy thihaa support kuraatheeve…♥

  6. I.s.H.a says:
    September 25, 2019 at 9:36 pm

    Vvv nice ingey malllu sis… vv loab

    1. Malsa Moosa says:
      September 26, 2019 at 2:38 pm

      Thanks isha..?

  7. Yaanee says:
    September 25, 2019 at 10:16 pm

    Varah reethi…maasha Allah..
    Thankolhei kuruhen heevani but reethi hama…Thankolhei bodah Aileen nd Aisham ge bai genes dheebala please please please please please please…Abadhu loon men nei noon..???When is next part…waiting for the next part

    1. Malsa Moosa says:
      September 26, 2019 at 2:40 pm

      Thanks yaanee…next part dhigu koalevytoa masaikai kuraanan….Ehehe…okyy ginain dhn levytoa balamaa dhw….next part insha allah varah avahah..??.

  8. Luc!F3r says:
    September 25, 2019 at 11:08 pm

    Damn damn damn.. I knew she wudnt lose her voice but her eyes.. really?

    1. Malsa Moosa says:
      September 26, 2019 at 2:41 pm

      Thanks luci…Ehehe…yeah….dhn e dhiyaio dhw…keekuraanee??….thanks bro..?

  9. shyher says:
    September 26, 2019 at 12:36 am

    alhuganduves miulheny vaahaka upload kuran kamah kihineh vaany mal n mi part ves v rythi mee mivaahakaige enmme kiyaa hihvvi part

    1. Malsa Moosa says:
      September 26, 2019 at 2:43 pm

      Awwn..thanks shyher….??……shyher ves vaahaka liyan tha?…

  10. jiji says:
    September 26, 2019 at 1:46 am

    alhey did really she lost her seeking ???..mal no ehn nahadhahchey..plx plx..Then next konirakunthaa?????..Waiting for the next part curiously mallu???❤❤❤???..I guess loon n Aileen r twins n loon is the another daughter of shahidh..anyway ly ingey

    1. Malsa Moosa says:
      September 26, 2019 at 2:44 pm

      Thanks jiji…Yeah…mal ves varah dheravy loon ah ehn veema….next part insha allah varah avahah…nyge dhw…vedhaane..dhn balamaa dhn anna part in vasgothehves…thanks jiji..??..

  11. Cutie says:
    September 26, 2019 at 7:45 am

    Waaaau❤️❤️ haadha molhey mallu? varrah reethi mi part ves ? I love it? Ly?Tc❤️curious to read next part❤️❤️❤️❤️❤️

    1. Malsa Moosa says:
      September 26, 2019 at 2:45 pm

      Thanks cutie….???..

  12. O says:
    September 26, 2019 at 10:34 am

    kurin esfiyain keen kanneyng accident vegen loa adhirivaa kujjehge vaahaka. is that your story mal? kinda same hama situation. ehnve ahaaly

    1. Malsa Moosa says:
      September 26, 2019 at 2:46 pm

      Noon O…mal eh nuliyan…

  13. Meekkomee says:
    September 26, 2019 at 12:11 pm

    ❤️❤️❤️❤️❤️❤️❤️Woww?????varah Varah reethi ???????? whn is next part ??? luv it ???? waiting for it????? LYSM ❤️❤️❤️❤️❤️❤️?❤️???❤️?

    1. Malsa Moosa says:
      September 26, 2019 at 2:47 pm

      Thanku meekko….next part insha allah varah avahah..?..

  14. Taehyung ?? says:
    September 26, 2019 at 12:38 pm

    Dhn kihhinehh baa vaanee !! I’m curiously waiting 4 next part hope up vaanehh kamahh avahahh !!
    ????????????????????????

    1. Malsa Moosa says:
      September 26, 2019 at 2:48 pm

      Thanks taehyung….nyge dhw vaane gothehves..next part in engyne insha allah..yeah..will try avahah up koaladhevytoa..??..

  15. Ali haisham says:
    September 26, 2019 at 12:46 pm

    I gotta say it is beautiful, but I still can’t believe a 12 yr old kid is writing such a great stry, I mean just wow!

    1. Malsa Moosa says:
      September 26, 2019 at 2:49 pm

      Thanks haisham….Ehehehe….??…thanks…??..

  16. Kattey says:
    September 26, 2019 at 12:57 pm

    Mal this part is really awesome. When next? Waiting Ingey

  17. malsamalkkomal says:
    September 26, 2019 at 2:50 pm

    Thanks kattey…
    Next part insha allah varah avahah…??..

    1. Fortnite says:
      September 26, 2019 at 4:05 pm

      Mal.. Kobaatha dhonthy mihaaru?? Kurin v comment koffa kobaa mihaaru?

    2. Malsa Moosa says:
      September 26, 2019 at 4:26 pm

      Jungkook e bunee thedheh….?

    3. Jungkook says:
      September 26, 2019 at 4:09 pm

      Dhonthy bungnehnu November ga ahnaanameyy?

  18. Fortnite says:
    September 26, 2019 at 4:19 pm

    Ehentha.. Thanks jungkook bunedhineema. Dhen dhonthy aeema dhw eyna aa vaahaka dhakkaaleveyneeves. Ekam fortnite eyrau vaairau esfiya aa vakivaan jehidhaane.. Because raajjein beyrau dhaan jehey thee

  19. malsamalkkomal says:
    September 26, 2019 at 4:27 pm

    Ohhh….fortnite bali v tha..GWS inshaa allah..

  20. Fortnite says:
    September 26, 2019 at 4:39 pm

    Noon.. Iraadhakurevviyyaa bayyeiy nuvey. Hehe.. Kiyavanvegen dhanee..

  21. Anonymous says:
    September 26, 2019 at 5:44 pm

    Achhiii mes kinfadha vaahaka eh. Mi kahala vahushy vaahaka evevs varakaha malsa akaa nugulheyy…

    1. Maisha says:
      September 26, 2019 at 6:59 pm

      Alhe hama konme part akah vx thikahala comment nukoh nuvaneetha???.

    2. cutie❤️?❤️ says:
      September 26, 2019 at 8:24 pm

      keevegen tha thi ulhenyy Anonymous???? konme vaahaka akah ves mihen hadi koh comment kuraakah nujehey!!! vaahaka kamu nudhanyaamun vaahaka nukiyaanyy!! thihaa hadi koh comment koh mal dera kohlaakah nujehey konme faharaku!! mal dhera nuvahchey emeehun e kiyaa ehchisaa hedhyygen. keep going like this you are doing hamma best. masha Allah vaahak varrah reethi
      I love it❤️❤️❤️❤️ asluves mal haadha molhey???? meehun kiyaa ehchisah alhaalaa ehcheh noon. ingey mal? Tc❤️❤️ mihaaru ves mi haa hadi comment e kuranyy Nasha hen heevanyy cutie ah❤️

    3. Kattey says:
      September 26, 2019 at 10:02 pm

      Yeah cutie thi bunee thedheiy. E NASHA JESSUN mihaaru anonymous ge nan beynun koggen e comment kuranee. Huvaa jessun kuran gadha golaeiy mi ulhenee mithanuga. NASHA JESSUN mihaaru e ulhenee amilla namuga comment Kuran nukerigen????? Adhives ehen meehunaa dhimaalau echchehi govaa. Ehenmeehunau echchehi goveema veegoiy fenijennu ??????Amilla namuga nukerunu comment kollanves ?????

  22. I.s.H.a says:
    September 26, 2019 at 9:04 pm

    Mallu story liyany phnuntha?

    1. malsamalkkomal says:
      September 29, 2019 at 3:21 pm

      yh

  23. shyher says:
    September 29, 2019 at 2:14 pm

    noonekey mal shyher mibuny vaahakaeh up kuran kamashey miulheny ☺☺☺??

  24. malsamalkkomal says:
    September 29, 2019 at 3:22 pm

    Ohh……

Comments are closed.

Next Episodeވާނަން އުމުރަށް – 30 –←


All Right Reserved!