ލޯތްބެއްގެ ފެށުން 37
އެހުރިހާ ކަމަކުން އެއްކިބާ ވުމަށް ބޭނުންވިއެވެ. އެކަމަކު ލޮލަށް ކުޑަކޮށްވެސް ނިދި ނާންނާނެކަން އޭނާއަށް އިނގެއެވެ. ކުރިމަތީގައިވީ އެނދުގައި ރީތީކޮށް އޮތް އޭނާގެ އަމިއްލަ އަންހެނުން މަތިން ހަނދާންވިއެވެ. އެހުރިހާ ކަމަކުން ސިކުނޑި ދުރުކޮށްލުމަށް ރަނގަޅު ވިސްނުމެއް އައެވެ. ލައިގެން ހުރި ޖިންސު ސޯފާ މައްޗައް ދޫ ކޮށްލަމުން، ބޮކްސާ ކޮޅާއެކު އެނދައް ފުއްމާލިއެވެ. އަދި ބްލޭންކެޓް ނަގާ ދުރައް ވިއްސާލިއެވެ.
ހަށި ގަނޑަށް އިތުރު ބާރެއް އެރި ކަހަލައެވެ. އޭނާ އާ ދިމާއަށް ޝިފާ ލޯ ބޮޑު ކޮށްލައިގެން އޮތެވެ. އެހުރިހާ ކަމެއް ވުމަށްފަހު ޒައިކު ފަރާތުން އެކަހަލަ ކަމަކަށް އުންމީދު ކޮށްފައި ނުވާކަހަލައެވެ. ތިރި ވެލުމަށްފަހު ޝިފާ ގައިގާ ބައްދާލިއެވެ. އަދި ހަށިގަނޑުގައިވީ މަސްތުކަން އިތުރުވީވަރަކަށް ނޭވާތައް އަވަސްވެގެން ދިޔައެވެ. މިރޭ ޒައިކުގެ ހަރަކާތްތައް ހުރީ އަވަސް މިނެއްގައެވެ. ޝިފާ ލައިގެން ހުރި ނައިޓީ ބޭލުމުގެ ބަދަލުގައި ދެއަތުން ހިފުމާއިއެކު އިރާލިއެވެ. ހުދު ބެޑުޝީޓުމަތީގައިވީ ރަތްކުލައިގެ ފިނިފެންމަލުގެ ފިޔަތައް އެނދާއި ފިތެމުން އޭގެ ކުލަ ބެޑުޝީޓަށް އަރަމުން ދިޔައެވެ.
ޝިފާއަށް އޭނާގެ ދެއަތުގެ ނިޔަފަތިތަކުން ޒައިކު ބުރަކަށީގައި އަޅުވާލެވުނީ ، އެއްވެސް މަޑުމައިތިރި ކަމެއް ޒައިކު ފުށުން ނުފެނުނީތީއެވެ. މިރޭ ޒައިކު ބޭނުންވާ ކޮންމެ ކަމެއް އޭނާ ކޮށްދޭނެއެވެ. އެއީ އެފުރު ސަތު ލިބޭނެ އެންމެ ފަހު ރެއަށްވެސް ވެދާނެތީއެވެ. އަނގައިން ބުނުމެއް ނެތި އަނެއްފަރާތައް އެނބުރުނު ގޮތައް އިރުކޮޅަކު އޮތުމަށްފަހު ދެން ޒައިކު ބުނި ޖުމްލައަކުން ޝިފާގެ އަނގަމަތީ އަތްއެޅުމާއެކު ލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފެށިއެވެ. އޭނާއަށް ޒައިކު އަކީ ހަށިގަނޑުގެ ދިރުމެވެ. ހިތުގެ ވިންދެވެ. ދުވަހަކު ވަކިވާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު އެ ބުނެލީ ކޮންކަހަލަ ވިހަ ޖުމްލައެއް ހެއްޔެވެ؟ އެ ޖުމްލަ އަނބުރާ ގެންދާނެ ނަމައެވެ.
އެތައްއިރަކު ޒައިކުގެ ހާމަވެފައިވާ ހަށިގަނޑަށް ފޫހިކަމެއްނެތި ބަލަން އޮވެވުނެވެ. ހިތުގައިވީ ޝަކުވާތަކާއިއެކުވެސް މަޑުމަޑުން ކައިރިވެލުމަށްފަހު ބުރަކަށީގައި ފިރުމާލިއެވެ. އޭރު އެދެލޮލުން ކަރުނަ ފައިބައެވެ. ޒައިކު ނިދިކަން ޔަގީން ކޮށްލުމަށްފަހު އެނދުން ތެދުވެ ފާހާނާ އާ ދިމާއަށް ދިޔައެވެ. މޫނު ދޮންނަ ތަށި ކައިރީ ވާ ލޯގަނޑުން ފެންނަމުން ދަނީ ކަރުނަ ހުސްވުމެއްނެތް ދެ ލޮލެވެ. ފޮހެމުން ދިޔަވަރަކަށް އިތުރަށް ފައިބައެވެ.
” ވަޓް ދަ ހެލް ޝިފް، ޔޫ ކޭން ސްޓޮޕް ނައު….ޔެސް އައި ވިލް…” އަމިއްލަޔަށް ވާހަކަ ދައްކަމުން ހިތާމައިގެ ކުރިއަށް ރުޅިވެރިކަން ނެރެމުން ހިތްވަރު ނެރުނެވެ. އަމިއްލަޔަށް ހަނދާނަށް ގެންނަން ބޭނުންވަނީ ޒައިކު ނިދީގައިވެސް އެންމެ ފަހުން ބުނި ޖުމްލަ މަތިންނެވެ. އެ ޖުމްލަ އިވިފައި ފައިދަށުން އަލިފާން އަރާހެން މިހާރުވެސް އޭނާއަށް އެބަ ހީވެއެވެ. އަވަސްވީ ގޮތަކަށް ރީތިވެލައިގެން ކޮޓަރިއަށް ވަދެ އޭނާގެ ފޮއްޓަށް އަންނައުނުތައް އަޅާލައި ޕާސްޕޯޓް އަދި މުހިންމު އެއްޗެހިތައް ހަމަކޮށްލިއެވެ.
ދުރަށް ޖެހިލުމަށްފަހު ފޯނުނަގައި ކަމެއް ހަމަޖައްސާލީ ކުރަން އުޅޭ ކަންތަކުން ހިތްވަރު ހޯދަމުންނެވެ. މެންދަމުގެ އެންމެ ފަހު ވަގުތުތައް ގުނަމުން ދިޔައިރު މިރެއަކީ އުޑުމަތީގައި ހަނދުގެ ރިހި އަލި ރަނިކަން ކުރާރެއެކެވެ. ރަސްކަމުގެ ދަރުބާރުގައި އެތައް ލޯބިވެރިންނެއް ގުޅުވާލަދޭއިރު، އެތައްބަޔަކު ވަކި ވުމަށް އެއަލިކަން ގަދަ އަޅަމުން ދިޔައެވެ. މޫދާއި އުޑުމަތީގެ ހިތްގައިމުކަން ހިތައް އުފާވެރިކަން ނުގެނަ ނަމަވެސް ޝިފާގެ ހިތައް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިއްޖެއެވެ.
ދޮރު ލައްޕާލަމުން ފޯނު ނެގީ ރިންގު ވަމުން ދިޔައީތީއެވެ. ދާންވީ ގަޑި ޖެހުނީއެވެ. ފަހު ފަހަރަށް ޒައިކު އާ ކައިރި ވެލުމަށްފަހު އެ ތުންފަތުގައި ބޮސްދިނީ ހިތް ފުރޭ ވަރުވޭތޯއެވެ. ކުޑަކޮށް ޒައިކު އަރިއަކަށް ޖެހިލަން އުޅުނުހެން ހީވުމުން ސިހިގެން ގޮސް ދުރަށް ޖެހިލިއެވެ. ހިތް ހަމައަކަށް އަޅުވާލީ ލޯބިކޮށް ނިދާލާފައި އޮތުމުންނެވެ. އެވަގުތު ފޯނުގައި އެތައް ފޮޓޮއެއް ރައްކާކޮށްލިއެވެ. އަދި ސައިޑު ޓޭބަލް މަތީ ޓިޝޫ ފޮށި ދަށަށް ނޯޓުކޮޅެއް ލުމަށްފަހު އަލަމާރި ހުޅުވާލިއެވެ. ޒައިކުގެ އެކި ގަމީހާއި ޓީޝާޓު ތަކުން ވަސްގަނެލިއެވެ. ހަމަ އެހަށިގަނޑުގައި ދުވާ މީރުވަހެވެ. ފަހަރަކު އެއްޗެއް ބަލަމުން ގޮސް މެދުގައި ހުރި ހުދު ކުލައިގެ ޓީޝާޓުގައި ނޭފަތް ޖައްސާލުމަށްފަހު ތުންފަތުގައި ކޮށްފައިވާ ގަދަ ރަތްކުލައިގެ މޭކަޕުން ތުންފަތް ޖައްސާ ބާރުކޮށްލިއެވެ. އަލުން ދުރުވެލުމަށްފަހު ހިނިތުންވެލިއެވެ.
*******************
ބަންޑުން އޮތް ޒައިކު އަށް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލެވުނެވެ. އޭރު ހަމަ ރަނގަޅަށްވެސް އިރުގެ ރަންދޯދިތައް އޭނާގެ މޫނަށް އުނދަގޫ ކުރަމުން ދިޔައެވެ. ތުންފަތައް ހިނިތުންވުމެއް ވެރިވީ ޝިފާ މަތިން ހަނދާންވެފައެވެ. އެނދުގެ އަނެއް ފަޅީގައި އަތް ހިންގާލިއިރު ހުސްކޮށް އޮތުމުން ބަލާލިއެވެ. ޝިފާ ނެތީ ކަން ޔަގީން ވުމުން ބޭރަށް ނުކުމެލީކަމަށް ހިތައް އަރުވާލިއެވެ.
ކަންނެއްވެ ތެދުވާހިތް ނުވެފައިވެސް ބްލޭންކެޓް އެއްފަރާތް ކޮށްލުމާއިއެކު ލޮލުގައި އަޅައިގަތީ އެނދުމަތީގައިވީ ފިނިފެން މާ ފިޔަ ތަކެވެ. އެ ފިނިފެންމާ ފިޔަތައް މޯޅިވާފަދައިން ޝިފާވެސް ލަދުން މޯޅިވާކަން އޭނާއަށް އެނގެއެވެ. އެ އަތުގެ އެންމެ ބީހިލުމަކުންވެސް އޭނާގެ ހިތްސުތައް ކޮންޓްރޯލް ކުރަން އުނދަގޫވެއެވެ.
ޖޮގިން ކޮށްލުމަށް ތައްޔާރުވެގެން ނުކުމެ ހެނދުނުގެ ހިތްގައިމު މަންޒަރުތަކުން ހިތައް އުފާވެރިކަން ލިބުނެވެ. ވަކިހަމަޔަކުން ލިވީ އުޅެމުން ދިޔަ ރޫމް ކައިރިން ދެވުމުން ހުއްޓެވުނެވެ. އަދި ވެސް އޭނާއަށް މިއުޅެނީ ޗޫޒް ކުރާނެ މީހަކު ނޭނގިގެނެވެ. ޝިފާ ދޫކޮށްލުމަކަށް އޭނާގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު ބޭނުމެއް ނޫނެވެ. އެކަމަކު ލިވީ އެކަނި އެހުރިހާ ހިތާމަ ތަކަކާއި ކުރިމަތިލުމުން އޭނަ މިހުރީ ލިވީ އަށް އެހީވުމަށް ނިންމައިގެނެވެ. އިތުރަށް ވިސްނުމަކަށް ނުގޮސް ބެލް ޖަހާލިއެވެ.
” އިޒޫ ކައިރީ ބުނަމެއްނު ކީ ކާޑު ހިފައިގެން ދާށޭ ދާ ތަނަކަށް ” އާ ފުރެމުން ލިވީ ދޮރު ހުޅުވާލިއިރުވެސް ލޮލެއް ނުހުޅުވެއެވެ. ބަލާލުމެއް ނެތި އަލުން އެނދާދިމާއަށް ގޮސް ވެއްޓިގަތެވެ. އޭރު ޒައިކު ހުރީ އެތެރެއަށް ވަދެއެވެ.
މަޑުމަޑުން ގޮސް އެނދަށް ވެއްޓިގަތުމުން ލިވީ ލޯ ހުޅުވާލުމަށްފަހު ފުންމައިގަތެވެ. އޭނާ މިހުރީ ނިވާކަން ކުޑަ އެއްޗެއް ލައިގެނެވެ. އަދިވެސް އެގޮތައް ޒައިކު ކުރިމަތީ ހުންނަން ވުމުން ލަދުގަނެއެވެ. ލޮލުން ހާސްކަން ފެނުނު އިރު އަމިއްލަ ހަށިގަނޑަށް ލޯ ހިންގާލުމަށްފަހު އަނެއްކާ ޒައިކު އާ ދިމާއަށް ބަލާލިއެވެ.
” ކިހި…ކިހިނެއް ؟ ”
” އަދި ވެސް ބަލާނުލާ ދޮރު ހުޅުވައްޗޭ ، މިފަހަރު ހަމަ ކާލާނީ ” ލިވީ ކައިރިކޮށްލުމަށްފަހު އޭނާގެ ގައިމައްޗައް ވައްޓާލިއެވެ. އެތައް ދުވަހަކަށްފަހު ދުރުވެފައިވާ ދެލޯބިވެރިން އެއްތަން ވީއެވެ. ޒައިކު ލޮލުން އޮހޮރުނަ ކަރުނައިގެ ބަދަލް ލިބެން އުޅެނީއެވެ. ހަ އަހަރު ދުވަހު ލިވީ ކުރި ހިތާމަ މަދު ސިކުންތު ކޮޅެއްގައި ކަނިވެ އުފާވެރިކަމުގެ ކުލަ ޖެހެނީއެވެ.
ހަށިގަނޑަށް ފިޓްވެފައިވާ ޓީޝާޓު ވަނީ ދަލުން ފޯވެފައެވެ. ޒައިކު ގައިން ދުވާ މީރުވަމުން ލިވީ ނޯށް ދަމާލިއެވެ. ލިވީ އަށް އެނދު މަތީ ޖެހެވުނުކަން އެނގުމާއިއެކު ކައިރި ވަމުން ދިޔަ ޒައިކު ލައިގެން ހުރި ޓީޝާޓު ގައި ހިފުމަށްފަހު ދަމައިގަތެވެ. އޭރު ލިވީ އަށް އުފަލުން ތުންފަތުގައި ދަތް އަޅައިލެވުނެވެ.
އެރީތި ސޫރަ ބަލާލުމުގެ ފުރުސަތު ލިވީއަށް އެ ލިބެނީ ހާދަ ދުވަހަކަށް ފަހުއެވެ. އުފަލުން ހިތް ނުހުއްޓުނިއްޔާ ހެވެވެ. އޭނާއަށް ދުވަހަކުވެސް ޒައިކު މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެއަށްވުރެ ޒައިކު ދެކެ ލޯބިވެވިފައި ވާތީއެވެ. ޝިފާ އަށް ޓަކައި އޭނާ އުފާކުރިއެވެ. އޭނާއަށް ޒައިކު ދޫކޮށްލަން ޝިފާ ދެބަހެއް ނުވާނެކަން ގައިމެވެ. އެހެން މީހުންގެ އުފާތަކަށްވުރެ މިހާރު މުހިންމީ އޭނާގެ އަމިއްލަ އުފާތަކެވެ. ހަމަ ގައިމުވެސް ޒައިކު އަށްވުރެ މުހިންމު މީހަކު މިދުނިޔެއަކު ނެތެވެ. އެހުރިހާ ދުވަހަކު ޒައިކު ދޫކޮށްލުމަށްފަހު ފިލައިގެން އުޅެވުމުން ޝަކުވާ ކުރެވުނެވެ. އނަ އެދުވަހު އައިނަމަވެސް ޒައިކު އޭނާއަށް މާފުކޮށް އަލުން ގުޅުނީސްކަން ޔަގީނެވެ. މިއަދުވެސް ޒައިކު އޭނާ އުފަލުން ބަލައިގެންފިއެވެ. އެހެން ނޫންނަމަ އޭނާގެ ކައިރިއަށް އަނބިމީހާ ދޫކޮށްލާފައި ނައީހެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.





me firtst dhw haadha kuey and zaik livy aa ehkoh chee
sorry bsy kamun kurukoh liyevuny bt next dhigukoh up kohlaanan, ebunaahen xaik kihinehtha miulheny dhi
Vaahaka ga kyhkuran kurin part ge Bai ehaa bodah thihimanany. Ehaa lahun genesdhey iruves ehaa kuru kon thi gennany.
sorry, hama bsy kamun kurukoh genesdhevuny, next dhigukohlaanan
Me second dhww mifaharu ? keeve livy n zaik ????? shifa dhiya we dhwww??????? anyways varah reethi ????? whn is next part ????? can’t wait for the next part ??? luv this story ????LYSM???❤️❤️❤️❤️❤️???❤️
next today or tomorrow up kohlaanan, thanks
Livy kihinei ulheynamey hithaatha eulheni….Zaik vx moya vefa huh..Livy are zaik kairi vaairu zaik hadhaanei nuhurey tha ae meeheige firi eh kamei vx….Shifa ah dhera gothei nahadhah chey please…Shifa are zaik are dhuru nukuruvaathi ingey…Livy ah saif ehureenu dhen ekanyei nuvaane dhw…
But mi part Varah Varah reethi…Maa sha Allah
ebunaahen Livvy kihinehtha miulheny…. thanks Lullu
Mi zaik mee konkahala meehehtha jehunu gondakah viyyaa kuni ukamun dhuvaa meeheh dho haadha foohsey meena Miulhey vahtharakun anhenaku hama fenna irah thimaage halaalu anbimeehaa mathin handhaan nethey edhun bolah araigen ulhey githelekey ehvaru dhen thi ulhey Livy aneh dakaithu midheythi Miulhey gothakun mihaaru mi vaahaka mathunves foohi vey eba edheythi nugulhuvaathi?
hehe Noor thanks,
story was awesome ?..When next part?
Thanks Manu, Today or Tomorrow
dhn alhey he is cheatin on shiff i hate xaik.. thihen nahadhabala plxx at the endga xaik nd shiff gulhuvabala
Thanks Xaa, Let’s C dho Xaa
midhen konfadha kameytha. please dhen shif dhurunukurabala. dhen hadikoh ey ulhyne mehaaru
hehe
V reethi mi part ves
Thanks Mal
Dhen kihinei tha Zaik nd livy eulheni..Varah hadi dhw egoeh meehaku firi eh vihyya..Zaik vx moya vefa dhw…Zaik are livy dhen eah vuren mahchah nugen dhaathi please…Mihaaru vx eoh thelhey gothei…Zaik are Livy Mihaaru eulhey gothun dhuru kuruva bala..Dhen Zaik livy are dhemedhu kamei nuhiganees dhuru kuru va bala please….Zaik are shifa dhuru nukuru vaaathi please please…Zaik are livy kairi nuvaagothah dhuru kuruva bala.Kada gothakah noolhenees..Livy ah Saif vx ehureenu…
Mi part salhi.Maasha Allah
Thanks Naanu Lets C Dho
When next
Konirakun next part .varah reethi mi vaakah