Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒެރާޝް 4

🌸Hya Level 1100 Login10 Stories
September 25, 2019 4 Mins Read
21 Comments

ގަޑިތައް ފާއިތުވަމުން ގޮސް ޕީއީ ގަޑި ޖެހިއްޖެއެވެ.އެންމެން އެއްބަސްވީ ފައިގަތަޅާ ކުޅުމަށެވެ. ކުލާހުގެ ލީޑަރާއި އެސިސްޓެންޓް ލީޑަރު އިސްވެ ހުރެ ދެ ޓީމު ނެގިއެވެ. ކަންދިމާކުރިގޮތުން އީނާލްއާއި ޝާހިން ޖެހުނީ އެއް ޓީމަކަށެވެ. ކޯޓުގެ އެތެރެ ލިބުނީ އީނާލް މެންނަށެވެ. ބޯޅަ އުކަން ފެށުމާއެކު ކޯޓު ތެރޭ ފޯރި ގަދަވާންފެށިއެވެ. އީނާލް ބޯޅައިން ރެކެމުން ދިޔައީ ފަސޭހަކަމާއެކީގައެވެ. ބޯޅަ އަންނަ ދިމާއަށް ހުޝިޔާރުކަމާއެކު އޭނާ އަރައި ބޯޅައެއް ހިފާލީ ކުޅުން ފެށުންތާ 10 މިނެޓުގައެވެ. އީނަލް ފަދައިން ޝާހިންއަށްވެސް އެއީ ކަމެއްހެން ވެސް ހީނުވެއެވެ. 2 އަހަރުގެ މާޝަލް އާރޓް ކޯސް އެއްގައި އީނާލްއާއެކު ބައިވެރިވުމުން އޭނާގެ ހަކަތަ ކުރިއަށް ވުރެ ބޮޑަށް ގިނަހެން ހީވެއެވެ.ހިޝާމްގެ ކުޅުން އަދި މާ ހުނަރުވެރިއެވެ.ކޯޓުގެ އެއްކޮޅުން އެއްލާ ބޯޅަ ރެކެން ތިބި ކުދިންގެ ގައިގައި ނުޖެހޭނަމަ ވަންނަނީ ސީދާ ހިޝާމްގެ އަތަށެވެ. ހިޝާމްގެ އުކާ ބޯޅަތަކުން އީނާލްމެންނަށް  ރެކެވެމުން ދިޔަނަމަވެސް އެހެން ކުދިންނަށް އެކަންވީ އުދަނގޫކަމަކަށެވެ.

ކޯޓު އެތެރޭގައި މިހާރު ތިބީ އީނާލްއާއި ޝާހިން އެކަންޏެވެ.ހިޝާމް ޝާހިން އާ ދިމާލަށް ބަލާލީ ބޯޅަ އަތަށް ނަގަމުންނެވެ. ޝާހިން ލައިގެން ހުރި އެކްޓިވިޓީ ހުރީ ގަޔަށް ހިފާފައެވެ. ފުންނޭވާ ތަކެއް ލަމުން އޭނާ ހިޝާމްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ހިޝާމް ނިތްމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އަތުން ފަހަތަށް ޖައްސާލިތަން ބަލަން ޝާހިންއަށް ހުރެވުނެވެ. ނުރައްކާތެރި ބެލުމަކުން ހިޝާމް އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރުމުން އޭނާގެ ހިތުގައި މީހަކު ހިފެހެއްޓި ކަހަލައެވެ. ހިޝާމް ބޯޅަ ބާރުލާފައި އެއްލުމާއެކު އީނާލް އަށް ބަލާލެވުނީ ޝާހިންއަށެވެ.

އީނާލް އެދިމާލަށް ދާން ހުރެފައިވެސް ހުއްޓުނީ ބޯޅައިގެ އަމާޒު ހުރި ދިމާ އިނގުމުންނެވެ. ޝާހިންގެ ކައިރިންލާފައި ބޯޅަ ޖެހުނީ ކޯޓާ ތަންކޮޅެއް ދުރުގައި ހުރި ފިރިހެންކުއްޖެއްގެ ބޮލުގައެވެ. އެ ފިރިހެން ކުއްޖާ ވެއްޓުމުން ހުރިހާ ކުދިން ދުއްވައިގަތީ އޭނާއާ ދިމާލަށެވެ. ޝާހިން ހުއްޓުން އަރާފައި ހުރެފައި ބަލާލީ އީނާލްއަށެވެ. އީނާލްގެ ނަޒަރު ހުރީ ޓްރެކްސޫޓުގެ ދެޖީބަށް އަތް ޖަހާލައިގެން ހަމަޖެހިފައި ހުރި ހިޝާމަށެވެ. މަޑުމަޑުން ޝާހިންގެ ކައިރިން ލާފައި ދިޔަ ހިޝާމް ދިޔައީ ވެއްޓިފައި އޮތް ފިރިހެން ކުއްޖާއާ ދިމާލަށެވެ. އީނާލްގެ ސިކުނޑިއަށް ފަހަރަކަށް ވުރެ ފަހަރެއް ސުވާލުވީ ގިނައެވެ. އަދި މިއުޅެނީ ހިޝާމް މި ސްކޫލަށް އައިތާ 24 ގަޑިއިރުވެސް ނުވެގެންނެވެ. އީނާލް ވާނުވާގައި ހުރި އިރު ހިޝާމްގެ ހިތުގައި އަނދަމުން ދިޔައީ ރުޅިވެރިކަމުގެ އަލިފާނެވެ.

45 މިނެޓް ކުރިން

ފޯރީގައި ފައިގަތަޅާ ކުޅެވެމުން ދިޔައިރު ހިޝާމް ގެ ނަޒަރު ހުއްޓިފައިވަނީ ޝާޙިންއަށެވެ. އެދޮން މޫނުގައި ދާތިކި ވިދަމުން ދިޔައިރުވެސް ތުންފަތްމަތިން ހިނިތުންވުމެއް ނުފިލައެވެ.މިވީހާ ތަނަކަށް އަންހެން ކުއްޖަކު މިހެން ކުޅޭތަން ހިޝާމްގެ ލޮލަށް ނުފެނުމާއެކު އޭނާގެ ހިތުގައި ޝައުޤުވެރިކަމެއް އުފެދުނެވެ. ހަމައެއާއެކު އީނާލްގެ އާދަޔާ ޙިލާފް އުކުޅުތައްވެސް އޭނާ ހައިރާން ކޮށްލިއެވެ. ކުޅުމުގެ ތެރެއިން ހިޝާމްގެ ލޯ ދަތުރުކުރީ ދުރުގައި ހުރި ހިރުނދުގަހެއް ކައިރީގައި މަޑުކޮށްލައިގެން ތިބި ދެމީހުންނަށެވެ. ސްކޫލްގެ އިސްޓީޗަރަކާއި އެކު ހުރި ފިރިހެންކުއްޖާ ފެނި އޭނާގެ ލޭ ކެކިގަތެވެ. އެފިރިހެންކުއްޖާ ވާހަކަ ދައްކަމުން ކުޅެން ތިބި އެންމެންނަށް ބަލަމުން ގެންދިޔައެވެ. އޭނާގެ ނަޒަރު ޝާހިންނާއި އީނަލްއަށް ހުއްޓުން ތަން ހިޝާމްއަށް ފާހަގަ ވިއެވެ.

ހިޝާމްގެ ސިކުނޑިއަށް އައީ މޮޅު ހިޔާލެކެވެ. އޭނާގެ އަތަށް ބޯޅަ އެރުމުން ޝާހިންއާ ދިމާލަށް ބަލާލިއެވެ. އަތަށް ބޯޅަ ހެޔޮވަރު ކޮށްލަމުން ބާރުލާފައި ޝާހިންގެ ކައިރިން ދާނެހެން ހޫރުވާލިއެވެ. ބޯޅަ ފުލް ސްޕީޑުގައި ގޮސް ޖެހުނީ ފިރިހެން ކުއްޖާގެ ބޮލުގައެވެ. އެހެންކުދިންތައް އޭނާ އާ ދިމާލަށް ދުއްވައިގަތުމުން ހިޝާމްގެ މޫނުމަތީ ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ދެއަތް ޖީބަށް ޖަހާލަމުން އޭނާއާ ދިމާލަށް ބަލަހައްޓައިގެން ތިބި ދެމީހުންނަށް ބަލާލިއެވެ. ޝާހިން ގަބު އަރާފައި ހުރުމުން ހިޝާމްގެ ހިތަށް އުދަނގޫ ވިއެވެ. ނަމަވެސް ހާލަތު ހުރި ގޮތުން އޭނާއަށް އެއްޗެކޭ ބުނެވޭކަށް ނެތެވެ. މިތަނަށް އައި މަޤްސަދު އޭނާ ފުރިހަމަ ކުރަންޖެހެއެވެ.

ފަރުވާ ކުޑަ ގޮތަކަށް ޝާހިން ކައިރިން ލާފައި ހިޝާމް ހިނގައިގަތީ ވާ އުދަނގުލާ ހަނގުރާމަ ކުރަމުންނެވެ.” ސޮރީ….މާ ބާރަށް ބޯޅަ އެއްލުނީ… ވަރަށް ބޮޑަށް ތަދުވިތަ؟؟؟؟” އެއްވެސް އަސަރެއް ނެތް ގޮތަކަށް ހިޝާމް އަހައިލިއެވެ. އޭރު އެ ފިރިހެންކުއްޖާ ތެދުވަންނަނީއެވެ.” ނޫން…ފިރިހެނުންނަށް އެވަރުގެ ބޯޅައަކުން ތަދުވޭތަ؟؟” ގައިން ވެލި ފޮޅާލަމުން އޭނާ ބުނެލިއެވެ. ” އާނ… ފިރިހެންނުނަށް ތަދުނުވާނެ ދޯ ވަޒަނެއް އެރިޔަސް….” ޖެއްސުމުގެ ރާގަށް ހިޝާމް ރައްދުދިނެވެ. އެފިރިހެން ކުއްޖާ ހިޝާމްއާ ދިމާލަށް ބަލާލީ ފާޑަކަށެވެ.އޭރު އީނާލްއާއި ޝާހިން އެތަނަށް އަތުވެއްޖެއެވެ.” ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟؟” ލީޑިން ޓީޗަރު ހިޝާމްއާ ދިމާލަށް ބަލާލީ ހިތްހަމަ ނުޖެހިފައެވެ.” މަޖާ ކޮށްލީ….އެހެން ބުނީމާ…” މަލާމާތުގެ ހިނިތުންވުމެއް ހިޝާމް ހަދިޔާ ކޮށްލިއެވެ.

ލީޑިން ޓީޗަރު އެއްޗެކޭ ބުނަން އަނގަ ހުޅުވާލިނަމަވެސް ފޯނެއް އައުމުން އޭނާ ދުރަށް ހިނގައިގަތެވެ. ފިރިހެންކުއްޖާގެ ފަރާތުން އަންނާނެ ރައްދަކަށް ހިޝާމް ހުރީ ތައްޔާރުވެގެންނެވެ.. ނަމަވެސް ހިޝާމްއާ ދިމާލަށް ބަލާލަމުން އޭނާ އެނބުރުނީ އީނާލްމެންނާ ދިމާލަށެވެ.” ފާތިހު….ކޮން ނަމެއް ކިޔަނީ ދެ މީހުންނަށް؟؟؟…ވަރަށް އިމްޕްރެސިވް ކުޅުމެއް…” ޝާހިންނާ ދިމާލަށް އަތް ދިއްކޮށްލަމުން ފާތިހު ހިނިތުންވެލިއެވެ. އޭނާ ޝާހިންގެ ބޮލުން ފެށިގެން ފަޔާ ހަމަޔަށް ނަޒަރު ހިންގާލިއެވެ. ހިޝާމްގެ އަތް މުށްކެވުނުއިރު އީނަލްގެ ހިތަށް ވެރިވީ ފޫއްސެކެވެ. ފާތިހުގެ ނިޔަތް ރަނގަޅު ނޫންކަން އޭނާ ަގައިގަތެވެ.”ޝާ..ޝާހިން…މި އީނާލް..ލް ” ފާތިހުގެ އަތުގައި ހިފަމުން ޝާހިން ޖަވާބު ދިނެވެ. “ރީތި ނަމެއް….ހޯޕް ޓު ސީ ޔޫ ސޫން…” އެއްލޯ މަރާލަމުން ފާތިހު ބުނެލިއެވެ. ކުލާސް ކުދިން ހޯ ލައްވަން ފެށިއެވެ. ފާތިހު ދިއުމުން ޝާހިން އެނބުރުނީ އީނާލްއާ ދިމާލަަށެވެ. ބަހެއް ނުބުނެވެނީސް އިވުނީ ބެލް ޖެއްސި އަޑެވެ. އީނާލްއާ އެކު ޝާހިން ކުރިއަށް ހިނގައިގަތެވެ.

” ހީ ވޯޒް ފްލާރޓިން ރައިޓް..ލަދުން ބޯ ހަލާކު…ކުލާހުގައިވެސް ދިމާކޮށް އެއްލާ އެބަ” ސްކޫލުން އަންނަމުން ޝާހިން ބުނެލިއެވެ. “ޝާހީ….. ޑޮންޓް ޓޯކް ޓުހިމް އަގެއިން…ރަނގަޅު ހެންނެއް ހިޔެއެއްނުވޭ….” އީނާލް ޝާހިންގެ އަތުގައި ހިފާ ހުއްޓުވަމުން ބުނެލިއެވެ.”އާނނ.. ހީ އިޒިންޓް އީވެން މައި ޓައިޕް…” ހީލަމުން ޝާހިން ބުނެލިއެވެ.” ދެން ކާކު ޝާހިންގެ ޓައިޕަކީ… ހިޝާމްތަ؟؟” އީނާލް ދިމާކޮށްލިއެވެ.”ވަޓް؟؟…ކީއްވެ ތިހެން ތިބުނީ؟؟” ޝާހިންގެ މޫނަށް ރަތް ކުލަ ވެރިވިއެވެ. އީނާލް ހެމުން ޝާހިން ކޮނޑަށް އަތް ވައްޓާލިއެވެ.” އައި ނޯ އެވްރިތީންގް އެބައުޓް ޔޫ….އެހެންވެއޭ ނޫން ތަ މިބުނީ…”އީނާލް އާ ޝާހިން ސަމާސާ ކުރަމުން ދާތަން ބަލަން މީހަކު ހުއްޓެވެ.ފޯނުން މީހަކަށް ގުޅާލަމުން އޭނާ ނުބައި ގޮތަކަށް ހީލިއެވެ.

“ހަލޯ… ޑީލް އަށް އިތުރަށް ދޭނެ ހަދިޔާއެއް ލިބިއްޖޭ…ކަމުދާނެ ކަމަށް އުއްމީދު ކުރަން… މާދަމާގެ ރޭ މިޑްޕޮއިިންޓް ވެއަރ ހައުސް އަށް ސަޕްލަޔާރ ގެންނާތި..ގަޑިއަށް ނިންމަންޖެހޭނެ” ފޯނުން ވާހަކަދައްކަމުން ދިޔައިރު ފާރުމައްޗަށް އަރައި ހުރި ހިޝާމް އަށް ރީތިކޮށް އަޑުއިވުނެވެ.އިއަރފޯނުން އޭނާ ވާހަކަ ދެއްކިއެވެ. “އަލްފާ…ޒައިޝް ރިޕޯރޓީން…ޓާރގެޓް ގެ ލޮކޭޝަން ލިބިއްޖޭ…” ފުންނޭވާ އެއްލަމުން އޭނާ ރިޕޯރޓް ކުރިއެވެ. އެކޮޅުން ބުނި އެއްޗަކަށް އޭނާ އާނއެކޭ ބުނެލިއެވެ. އަދި މީހަކަށް ފެނުމުގެ ކުރިން ސްކޫލްތެރެއަށް ފުންމާލިއެވެ.

ހަވީރުގެ ވަގުތެވެ. އީނާލް ދުނިދަނޑި ހިފައިގެން އަތިރިމައްޗަށް ނިކުތެވެ. ވަލުތެރެއާ ކައިރި ހިސާބަކަށް ވުމުން އޭނާ އަމާޒު ރުކެއްގައި ހަރުކޮށްލިއެވެ. އޭނާ އެކި ދިމަދިމާލުން ތީރުޖަހަމުން ދިޔައެވެ.1 ގަޑިއިރު ފަހުން ވަރުބަލި ފިލުވާލަން އޭނާ ދޮންވެލިގަނޑުމަތީ އިށީނެވެ.ރާޅުޖަހާ ހިސާބުގައި އޭނަ މޫދާ ދިމާލަށް ބަލަން އިނީ އޭނާގެ ސިކުނޑިގައި އެނބުރެމުން ދިޔަ ފިރިހެން ކުއްޖާ އާ ހިނގާ ކަންތަކުގެ ހިޔާލުގައެވެ. މޫނަށް ލޮނު ބުރަން ފެށުމުން އީނާލް ތެދުވިއެވެ. އެވަގުތު ހީވީ ކަރުގައި ނޭވާވެސް ތާށިވިހެންނެވެ. ބޮލުން ފެންފޮޅަމުން ލޮނުގަނޑުން ހިއްލާލީ ހަމަ އޭނައެވެ.އީނާލް ދެލޯ ބޮޑުވެފައި ބަލަން ހުރެވުނެވެ. އޭނާ ހިތްދަމައިގަންނަ ކަހަލަ ގޮތަކަށް ބޯ ހޫރުވާލިއެވެ. ކުރިމަތީ ހުރި އީނާލް ފެނުމުން އޭނާގެ މޫނުމަތިންވެސް ފެނުނީ ބުނެދޭން ނޭނގޭ އަސަރެކެވެ.

“މިތަނުން ވެސް ފާރަލަނީތަ؟؟..” އޭނާގެ އަޑުއިވިފައި އީނާލްއަށް ހޭވެރިކަން ވިއެވެ. “ނޫން….އަހަންނަކަށް މިފަހަރު ހަމަ އެއްގޮތަކަށްވެސް ނޭނގި ހުރެ އާދެވުނީ…” އީނާލް އަވަސްއަވަހަށް ބުނެލިއެވެ. އޭނާގެ މޫނަށް ޖަންބު ކުލަ އެރުމުން އެފިރިހެން ކުއްޖާ މަޑުމަޑުން ހީލިއެވެ.” ދެން ކުރިން ފަހަރު އައީ ފާރަލާންދޯ…”އީނާލްގެ ކުރިމައްޗަށް އަރަމުން އޭނާ އަހާލިއެވެ. އީނާލް ގަތް ލަދުން އިސްޖަހާލިއެވެ.” ތީރު ޖެހުމަކީ އަންހެން ކުދިން ކުރާހިތްވާ ކަމެއްތަ؟؟” އޭނާ އަނެއްކާވެސް އަހާލިއެވެ. އީނާލް ބަލާލީ ދުނިދަނޑިއަށެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ.”އީނާލް…” އޭނާގެ ނަމުން ގޮވާލުމުން ސިހިފައި އީނަލް ބަލާލިއެވެ.

އޭނާގެ ހަތަރުކަޅި ހަމަވުން އީނާލް އަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކުކަމެއް ނޭނގުނެވެ. އެފިރިހެންކުއްޖާވެސް އީނާލް ގެ މޫނަށް ބަލަހައްޓައިގެން ހުރީ ދުރުވާން ނޭނގިފައެވެ. އެތޫނު ނަޒަރުން ސަލާމަތް ވުމަށް އަނެއްކާވެސް އީނާލް އިސް ޖަހާލިއެވެ. “ކިހިނެއް ނަން އެނގުނީ؟؟؟…” އީނާލް އަހާލިއެވެ. ނޭނގޭ ސަބަބަކާ ހުރެ އީނާލްއަށް އޭނާގެ ކިބައިން ނުރައްކަލެއް ފާހަގައެއް ނުވިއެވެ.” ހަމަ އެނގުނީ…ނާހާނަންތަ އަހަރެންގެ ނަމެއް؟؟؟” އެފިރިހެންކުއްޖާ ބޮލުގައި އަތް ހިންގާލަމުން ބުންޏެވެ.” އަހަރެން އަހަންވީތަ؟؟” އީނާލްވެސް ކޮށްލީ ސުވާލެކެވެ. އެ ފިރިހެންކުއްޖާއަށް ހިނިތުންވެވުނީ އިހްތިޔާރަކާ ނުލައެވެ.” ނޭހިޔަސް ބުނެވިދާނެ….ޝަރުތެއް މަތިން….އެކެއް ކައިރީވެސް ބުނެގެން ނުވާނެ…” އޭނާގެ ޖަވާބު އިވިފައި އީނާލް އަށް ހެވުނެވެ. އީނާލް ހޭތަން ފެނުމުން އޭނާ ހިތް ތެޅިގަތެވެ. އިހްތިޔާރަކާ ނުލައި ކުރިއަށް ފިޔަވަޅު އެޅެން ފެށިއެވެ.

އީނާލް ހުނުން ހުއްޓާލިއެވެ. އޭނާ ފަހަތަށް ޖެހެމުން ގޮސް ރުކެއްގައި ޖެހުނެވެ. އެ ފިރިހެން ކުއަޖާ ރުކުގައި އަތް ވިއްދާލިއެވެ. އީނާލް އިސް ޖަހާލީއެވެ. އެފިރހެން ކުއްޖާ ގުދުވެލިއެވެ. އީނާލް ގެ މޫނަށް ބަލާލަމުން ކަންފަތާ އަނގަ ކައިރިކޮށްލިއެވެ.”ޒައިން…ނަން މިއޮތީ އެނގިފައި…” އެހެން ބުނެލަމުން ދުރަށް ޖެހިލިއެވެ.” މިގަޑީ ދަނީ…އިތުރަށް ހޯދަން ނޫޅއްޗޭ….ދެން ފަހަރަކުން އަދި މާ ނުރައްކާވެދާނެ….”އީނާލް ލަދު ގަންނަވާލުމުގެ ނިޔަތުގައި ޒައިން ބުނެލިއެވެ. އެކަން ކާމިޔާބުވެސް ވިޔެވެ. އީނާލް ގެ މޫނު ރަތްވިއެވެ. ޒައިން އެތަނުން ދިޔައީ ދާހިތަކުންނެއް ނޫނެވެ. ހުދު އޭނާވެސް އެކަމާ ހައިރާންވެއްޖެއެވެ. އެހާ ފަސޭހައިން އޭނާގެ ނަން އީނާލް ކައިރީ ބުނެވުން އިރު ޒައިން ބޭނުންވީ އަދިވެސް އީނާލްއާ ވާހަކަ ދައްކާށެވެ. އެހެންނަމަވެސް އޭނާ އަށް ފުރަތަމަ އޮތީ އީނާލް ސަލާމާތް ކުރުމެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌸Hya

Level 1100 Login10 Stories

As a Teenage Girl ??....I love writing stories??.....Please feel free to comment...I hope my stories bring u joy and happiness??????????

Other Articles

Previous

ވާނަން އުމުރަށް – 29 –

Next

އެކުގާވުމަށް ހިތް އެދުނަސް….

Next
September 26, 2019

އެކުގާވުމަށް ހިތް އެދުނަސް….

Previews
September 25, 2019

ވާނަން އުމުރަށް – 29 –

21 Comments!

  1. Hya says:
    September 25, 2019 at 11:39 pm

    My fans???….this is 4th part….ketherikamaa eku wait kuree thi thank u all☺☺☺….upvaaleh las vedhaane….once again im really sorry….and yes…all the armys??….purple u??? all….Hope u all love this episode….???

  2. Sheri says:
    September 26, 2019 at 12:05 am

    Me first dhw.. Varah reeeeethi ingey. Waiting for next part??

    1. Hya says:
      September 26, 2019 at 5:58 am

      Thank you sheri..????

  3. Kim taehyung/v/tae tae says:
    September 26, 2019 at 6:02 am

    Oh my…. this part is too good. And ur so sweet???????. When is the next part waiting.love u,ur story and xain. Xain ah salaam bunaathi ingey….??????????purple u????????????????????????????????

    1. Hya says:
      September 26, 2019 at 9:31 am

      Hehe…ok??….glad to know u like it???….my bias is tae too?….??

  4. shyher says:
    September 26, 2019 at 9:25 am

    hama salhi ingey

    1. Hya says:
      September 26, 2019 at 9:32 am

      Thanks….???

  5. Taehyung ?? says:
    September 26, 2019 at 10:00 am

    Wow varah salhi omg I can’t wait 4 next part I purple u Hya ARMY !! KEEP GOING FORWARD !!
    ????????????????????????

    1. Hya says:
      September 26, 2019 at 9:02 pm

      Hehe….thanks taehyung stan???….look forward to the next one…..???

  6. jiji says:
    September 26, 2019 at 10:02 am

    Habeys ???.. kon irakun next part hya..waiting for it ingey ?????????❤❤❤???????..lysm

  7. vkook says:
    September 26, 2019 at 10:46 am

    shaaheen e ey girl ehtha? v confuse vaa gotheh hurey baeh hisaabuga..like get nuvanee liyefa hun na gothun..
    btw nice story..lookimg forward 4 more improvements.
    i purple you armys..saraghae..

    1. ?Hya says:
      September 26, 2019 at 11:09 am

      Yes…Shaahen is a girl….unique name eh veema ehn ve heevany e.???..????thanks

  8. Meekkomee says:
    September 26, 2019 at 4:23 pm

    Woww varah reethi???whn is next part ?????? waiting for it?????????????❤️❤️❤️❤️❤️ LYSM ❤️❤️❤️❤️❤️❤️❤️????????

  9. Maya says:
    September 26, 2019 at 10:57 pm

    Enaal is in some danger dhw, warah intrestin n thafaathu mi story , kiyaa warakah confuse wes wey? , curiously waitin for the next part???

  10. Anonymous says:
    September 27, 2019 at 1:21 pm

    Story hama habeys. Nd Zain eii insaanei tha?????

    1. Hya says:
      September 27, 2019 at 7:26 pm

      Feshigen 1st part in keema egeyne….thanks for the compliment…???

  11. Nash says:
    September 30, 2019 at 3:11 pm

    When next part?

    1. Hya says:
      September 30, 2019 at 5:56 pm

      Very soon….look forward nash…..???

  12. Kairaa says:
    October 2, 2019 at 11:23 am

    Wowwww….mi part vx varah reethi……whn nxt part……waiting for the nxt part……❤️❤️❤️❤️❤️❤️❤️❤️❤️luv u dear

  13. ? KPOP LOVER ? says:
    October 2, 2019 at 11:29 am

    Mi part vx varah salhi…….. HYA are you an ARMY or a KPOP fan??

  14. Jk 1997 says:
    October 10, 2019 at 5:14 pm

    Wow!Astro ge Eunwoo aai blakpink ge rosè dhoa vaahaka v reethi

Comments are closed.

Next Episodeޒެރާޝް 5←


All Right Reserved!