ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ފަތިހުގެ ހިތްގައިމު ވަގުތެވެ. ކޮވެލި ތަކުގެ ނަލަ ނަލަ އަޑުން ތަފާތު ރާގު ރާގަށް ލަވަ ކިޔަމުން ދާއިރު އުޑުމަތީ ގައި ހަނދު އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެ އާއި އަލްވަދާޢު ކިޔަން ތައްޔާރު ވަމުން ދިޔަ އެވެ. ހަދީޖާ ފަތިސް ނަމާދު ކޮށްލައި ގެން އޭނާގެެ ދެ ދަރިން ގޭ ގައި ތިބި ތޯ ބެލުމަށް ފަހު، ގޭގެ އިމާއި ގުޅިފައިވާ […]
އިންސާނާގެ ހަޔާތަކީ ވަރަށް ތަފާތު އެއްޗެކެވެ. މޫސުމަށް ބަދަލު އަންނަ ފަދައިން ބަދަލު އަންނަ އެއްޗެކެވެ.އަހަރެންނަށް މިކަން ވަނީ މާކުރިން ސަމާސާ އަކަށްވެ ނިމިފައެވެ. އަހަރެންނަށް އިންސްޓަގުރާމަކީ ވަރަށް މުހިންމު އެއްޗެކެވެ. އެއީ އަހަރެނަގެ ފޮޓޯ އެޅުމަށެވެ. އިންސްޓަގްރާމް އަށް ލާ ކޮންމެ ފޮޓަ އަކަށް 100 އަށް ވުރެ ގިނަ ލައިކްސް އަހަންނަށް ލިބެއެވެ.( ……..like and comment?) އަހަރެންނަކީ ގުރޭޑް 8 ގައި ކިޔަވަމުންދާ ކުއްޖަކަަށް ވެ ހުރެވެސް މި ކަންކަން ކުރިއަށް ގެންދަމެވެ.ގޭ […]
ހެއި ރީޑަރސް!…. މި ވާހަކައިގެ އުޅޭ އާނިޝާ އެންޑް އާނިޝް ގެ ނަން މާބޮޑަށް ގުޅޭތީވެ، އާނިޝާ ގެ ނަން ..*އަފްރީން*.. އަށް ބަދަލު ކޮށްލައިފީމެވެ. ”ޔާޝާ…. ދީބާ ނަންބަރު” އާނިޝާ ބުނެލިއެވެ. ޔާޝާ ނަމްބަރު ދިނުމުން އާނިޝާ އަށް މިސް ކޯލް އެއް ޖަހާލާފައި މިރޭ ކޮންމެސް ވަގުތެއްގެ ގުޅާނަން ކަމަށް ބުނެ، އަނުމް މެން ކައިރި އަށް ދިޔައެވެ. *** ހެނދުނުގެ ވަގުތެވެ. ޔާޝާ އޮފީހައް ގޮސް ވަތްއިރު އޮފީހުގައި އުޅެނީ އައިޝަން އެކަންޏެވެ. […]
ރަނގަބީލުގެ އަޑާއެކު ކޮންމެ ކުއްޖަކުވެސް އެކުއްޖަކު އިށީންދެގެން ތިބި ތަންތަނަށް ބެހިގެން ދިޔައެވެ. ދިވެހި ގަޑި ނަގައިދެއްވަން މިއަދު އައީ މުޅިން އާ ޓީޗަރެކެވެ. އެއީ ވަރަށް ޒުވާން ޓީޗަރެކެވެ. ލޫޅާފަތި ހަށިގަނޑަކާއި ފަންއިސްތަށި ގަނޑެއް ފިލިފައިވާ އޭނާ ހުރީ އާދައިގެ އިސްކޮޅެއްގައެވެ. އޭނާގެ ހަމުގެ ދޮންކަމާއި މޫނު މަތީގެ ރީތިކަމުގެ ޖާދޫގައި ކުލާހުގެ ހުރިހާ ފިރިހެން ކުދިން ތިބީ ޖެހި އާގަމަ ވެފައެވެ. އެ މުދައްރިސް ދުރުވެ ހުރިހާ ކުދިންނަށް އޭނާގެ ތައާރަފެއް ދިނެވެ. އޭނާގެ […]
މެޗު ނިމުމާއެކު ނޫސްވެރިންގެ ކެމެރާތަކުގެ އަމާޒަކަށް އަލްޔަސްއާ ޔޫސުފް ވިއެވެ. ރާއްޖެއިން ޖެހި ތިން ލަނޑަކީވެސް އެދެކުދިންގެ ބައިވެރިވުމުން ޖެހި ތިން ލަނޑެވެ. *** ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުން މާ އުނދަގޫ ކަމަކަށް އަލްޔަސްއަށާ ޔޫސުފްއަކަށް ނުވިއެވެ. ދެކުޅުންތެރިންވެސް ސަޕޯޓަރުންނަށާއި ކޯޗަށް ޝުކުރު އަދާކުރިއެވެ. ދެކުޅުންތެރިންނަށް އިތުބާރުކޮށްފައި މެޗަށް އެރުވުމުންނެވެ. ޔޫސުފް އޭނާގެ ބައްޕައަށާ އާއީލާއަށް ޚާއްސަކޮށް ޝުކުރު އަދާކުރިއެވެ. އަލްޔަސްވެސް އަކްމަލްއަށް ޚާއްސަ ޝުކުރެއް އަދާކުރިއެވެ. އިންޓަވިއު ނިންމާލާފައި ދެކުޅުންތެރިން ޓީމުގެ އެހެން […]
މަޖްބޫރު ލޯބި ޝިޒާނާ އާއި ބެހޭގޮތުން ހުރިހާ މީހުން ވެސް ދައްކާނީ އެއްވާހަކައެކެވެ. ޝިޒާނާ މާމަޑުން އިންނަ ވާހަކައެވެ. އެކަމަކު ކިޔެވުމުގައި އެންމެންނަށްވުރެ ކުރީގައި އުޅޭވާހަކައެވެ. ގިނަ މައިންބަފައިން ޝިޒާނާ އެމީހުންގެ ދަރީންނަށް ނަމޫނާއަކަށް ދައްކައެވެ. ރާހުލް އާއި ޝިޒާނާ ބައްދަލުވީ ޝިޒާނާ ގުރޭޑް 7 ގަ ހިތަދޫގެ ސުކޫލެއްގައި އުޅެނިކޮށެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް ރާހުލްގެ ހިތުގައި ޝިޒާނާއާއި މެދު ގާތްކަން އުފެދުނެވެ. އެކަމަކު ޝިޒާނާއަކީ އޭނާގެ ދަރިވަރަކަށް ވާތީ މިފަދަ ކަމެއް އޭނާ ހާމަ […]
އާދައިގެމަތިން ނީލް މިއަދުވެސް ކެމެރާ ހިފައިގެން ގެއިން ނިކުތީ އަތިރިމަތީގެ އިރުއޮއްސޭ މަންޒިރުގެ ރިތިފޮޓޯކޮޅެއެއް ނަގާލުމުގެ ނިޔަތުގައެވެ. ނީލް އޭނާގެ އަތުގައި އޮތް ކެމެރާ ކޮނޑުގައި އަޅުވާލައިގެން ، ސައިކަލަށް އަރާ މިސްރަބުޖެހީ އަތިރި މައްޗަށެވެ. ނީލްއައް ސައިކަލުގައި ދުއްވާފަ ދެވުނީ ވަކި ހިސާބަކަށެވެ. ވަރަށް ކަޅު ވިލާތަކެއް ދުނިޔެމައްޗަށް ރަސްކަން ކުރަން ފަށައިފިއެވެ. އިރުކޮޅެއްނުވަނީސް ބޯކޮން ވިއްސާރަ ވެހެން ފަށައިފިއެވެ.މަގުގެ އެއްކައިރީގައި ސައިކަލު ޕާކް ކޮއްލުމައްފަހު ނީލް އޭނާގެ ސައިކަލުގެ ވަށިގަނޑުގައި އޮތް އެނާގެ ކުޑަޔާ […]
ނަމަވެސް ބައްޕަ އަށް ހުރިހާ ކަމެއް ކިޔާދޭން ޖެހޭނެ ކަން އަހަރެންނަށް އެނގެއެވެ.. ނަމަވެސް ކިހިނަކުންތޯ…… “ބައްޕާ .އަ… އަހަ..ރެން ވަރަށް ބޮޑަށް.. ނޫން ނޫން ބައްޕަ ދެކެ ލޯބިވާރަށް ވުރެ ކުޑަކޮށް .. އެހާ ކުޑަ ކޮށެއްވެސް ނުން.. މިދިޔަ އަހަރު ޑިސެންބަރ މަހުގެ ކޮންމެވެސް ދުވަހަކުން ފެށިގެން ..ގޮތް ނޭނގޭ..” އަހަރެންނަށް ކިޔުނު ނުކިޔުނު އެއްޗެއް ނޭނގުނެވެ. “ދަރިފުޅާ.. ކީކޭތަ ތިކިޔަނީ.. ބައްޕަ އަށް ސާފުވާގޮތަކަށް ކިޔާބަލަ” “މި..ބައްޕަ އަށް އިނގޭނު” އަހަރެން ބުނަން […]
ތެމިދާނެ ކަމުގެ އެއްވެސް ފަރުވާލެއްނެތި އިން އިސްރާއަށް ސިހުން ގެނުވީ އޭނާގެ ކޮނޑުމަތީގައި މީހަކު އަތްއަޅާލުމުންނެވެ.އެއީ ކާކުގެ އަތެއްކަން އިހުސަސްވީ ހިނދު އެތަނުން ތެދުވެ ދުއްވައިގަންނަން ނެގި ފުރަތަމަ ފިޔަވަޅުން އިސްރާއަށް ފަހަތަށް އެނބުރި ބަލާލެވުނީ ޔޫސުފް އޭނާގެ ނަމުން ގޮވާލުމުންނެވެ. “އިޒީ” ލޯބިން ފުރިގެންވީ އަޑަކުން އިސްރާއަށް ޔޫސުފް ގޮވާލިއެވެ. އެތަށް ދުވަހަކަށް ފަހު ޔޫސުފް އޭނާއަށް އެނަމުން ގޮވާލުމުން އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްގޮތަށް އިސްރާއަށް ޔޫސުފް އާއި ދިމާލަށް ބަލާލެވުނީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ.ޔޫސުފްގެ މަޑު މުށިކުލައިގެ ދެލޮލުގެ ތެރެއަށް ގެނބިގެން ގޮސްދާނެހެން ހީވި ވަގުތުކޮޅަކަށްފަހު އިސްރާއަށް ދުރުބަލާލެވުނީ ލޮލަށް ގިނަވެފައި ހުރި ކަރުނަތަށް ޔޫސުފްއަށް ފޮރުވުމުގެ ނިޔަތުގައެވެ. އިސްރާގެ ފަރާތުން ފެނުނު މާޔޫސްކުރުވަނިވި ހަރަކާތަށްފަހު ޔޫސުފް އަނެއްކާވެސް އިސްރާއަށް ގޮވާލީ އެހިތުގައިވި ހުރިހާ […]